ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް އަޔާޒަށް ރިޔާޝާދެކެ ލޯބިވެވިއްޖެއެވެ. އެހެންކަމުން އޭނާގެ ލޯބި އަތުން ބީވެއްޖެކަން އެނގުމުން އޭނާއަށް އިސްޖަހާލެވުނެވެ. އަވަހަށް ޝިފާނާށް ފުރަގަސްދިނީ އޭނާގެ މޫނު ދައްކަން ބޭނުންނުވާތީއެވެ. އޭނާގެ ލޮލުން ފޭދުނު ކަރުނަތިކި، ކިތަންމެ ސިއްރުން ފޮހެލިނަމަވެސް ޝިފާނަށް އެމަންޒަރު ފެނުނެވެ. ޝިފާން ގާތަށް އައި ހިނި ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ބާރުބާރަށް ހޭންފެށުމުން އަޔާޒް ފަހަތަށް އެނބުރި ހައިރާންވެގެން ބަލަން ހުއްޓެވެ.
“ބަލާބަލަ މީހާއަށް ވެފަ ހުރިގޮތް. މީ ކޮން އެއްޗެއް؟” އަޔާޒްގެ ލޮލުގެ ހިމަކޮޅުގައި އިނގިލި ޖައްސާލާފައި ޝިފާން އަޔާޒަށް ދައްކާލިއެވެ. “ކަރުނަ. އެހެންމީހަކު ރިޔާޝާދެކެ ލޯބިވާ ވާހަކަ ބުނީމަ އަޔާގެ ލޮލުން ކަރުނަ އަންނަންވީ ކީއްވެ؟ ވިސްނަބަލަ.” ޝިފާން އެހެން ބުނުމުން އަޔާޒް ފާޑަކަށް ރަކިވިއެވެ. ޝިފާނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއޭ އަޔާޒްގެ ހިތަށް އެރިއެވެ. “އަދިވެސް ބުނާތި އޭނަދެކެ ލޯތްބެއްނުވެޔޭ.” ޝިފާން މަލާމާތްކޮށް ހޭންފެށުމުން އަޔާޒް ޗޮކެއް ކަނޑާލިއެވެ. ޝިފާން އެކުރީ ސަމާސާއެއްކަން އެނގުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“ހޫން. ދެން ބުނެބަލަ. އަސްލުވެސް ލޯތްބެއްނުވޭތަ؟” ޝިފާނަށް އެނގިހުރެވެސް ބޭނުންވަނީ އަޔާޒް ލައްވާ އެއްބަސް ކުރުވާށެވެ. “އޭތް. ކީއްވެ އެއްޗެކޭ ނުބުނީ؟ ބޭޒާރު ވެދާނެތީ ދޯ؟” ޝިފާން އެހެން ބުނުމުން އަޔާޒް ބޯހޫރާލިއެވެ. “އެންމެ ރަނގަޅު. އޭނަ ނުފެނި ގިނައިރު ވީމަ ހިތް ނުތަނަވަސްވޭތަ؟ ފެނުނީމަ ހިތްހަމަޖެހޭތަ؟ އޭނަގެ ކޮންމެ ކަމަކާ ޝަޢުޤުވެރި ވެވޭތަ؟ ވެއެއްނު ދޯ؟ ޔަޤީން އެހުރިހާ ގޮތެއްވެސް ވާނެކަން. ނޫންނަމަ އޭނަގެ ނަން ބުނާ ކޮންމެ ފަހަރަކު ތިތުންފަތަށް ހިނިތުންވުމެއް ވެރިއެއްނުވާނެ. އެނގޭތަ؟ ތިއަށް ކިޔަނީ ލޯބި.” ޝިފާން ވަރަށް ސީރިއަސްކަމާއެކު ވާހަކަދެއްކިއެވެ. އަޔާޒް ހިނިތުންވެލައިގެން ޝިފާންގެ ވާހަކަތައް އަޑުއަހަން އަނގައިންވެސް ނުބުނެ ހުއްޓެވެ.
“އޭތް. ހިނިއައިސްފަ ބަލަހައްޓައިގެން ހުންނަންވީކީ ނޫން. ދެންވެސް އަވަހަށް އޭނަ ކައިރީ ބުނަންވީ. ނޫނީ ތެޔޮނާށި ކާޅު ޖަހައިގެންފާނެ. މަވެސް ބޭނުމެއްނުވާނެ ދޯ އަޔާއަށް ދެރައެއް ލިބޭކަށް. ތީ ހަމަ މަގޭ ކޮއްކޮއެއް ކަހަލަ މީހެއް. އަޔާ ބޭނުމިއްޔާ އަހަރެން މިހުރީ އެހީވާން ތައްޔާރަށް.” ޝިފާން އަޔާޒް ގައިގައި ބައްދާލަމުން ބުނެލިއެވެ. “ހޫން. ދެން ތިވާހަކަ ބާއްވަބަލަ.” އަޔާޒް ޝިފާން އަދިވެސް ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.
ޝިފާން ދިޔުމުން އަޔާޒް ވިސްނާލިއެވެ. އޭނާއަށް ހަމަ ޙަޤީޤަތުގައިވެސް ރިޔާޝާދެކެ ލޯބިވެވުނީ ހެއްޔެވެ؟ ޝިފާން އެބުނި ހުރިހާ ގޮތެއްވެސް އޭނާއަށްވެއެވެ. އެއީ ހަމަ ލޯބި ވެވުމުން ވާގޮތްތައް ހެއްޔެވެ؟ އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރިޔާޝާއަށް ލޯބި ހުށަހަޅަންވީ ހެއްޔެވެ؟ ނަމަވެސް ރިޔާޝާ އޭނާއާއި ވާހަކަދައްކާކަށްވެސް ބޭނުމެއްނުވެއެވެ. އެހެންވީއިރު ރިޔާޝާއަށް އޭނާގެ ހިތުގެ ހާލަތު އަންގައިދީފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
މިޖެހުނީ ކިހާ ބޮޑު ކަމެއްހެއްޔޭ އަޔާޒްގެ ހިތަށްއެރިއެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ އަންހެންކުއްޖަކަށް ލޯބި ހުށަހަޅާފައެއް ނުވެއެވެ. ފިރިހެންކުދިން އަންހެންކުދިން ރުއްސަންވެގެން ކުރާ މޮޔަ ކަންތައްތައް ފެނި އޭނާ ހުންނަނީ އެކަމުގެ މަތިން ފޫހިވެފައެވެ. ނަމަވެސް އެންމެފަހުން އޭނާ އެންމެ ފޫހިވާ ކަންތައްވެސް ކުރަން ޖެހުނީއޭ ހިތަށްއެރިއެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ދައުރުވަމުން ދިޔައެވެ. އަޔާޒް ރިޔާޝާއާއި ބައްދަލުވުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔައެވެ. އެންމެފަހުން އޭނާ ޝިފާންގެ ލަފައެއް ހޯދަން ނިންމިއެވެ.”ހަލޯ!ޝިފާން! މިގެއަށް އައިސްދީފާނަންތަ؟ ކުޑަ ކަމަކާ ޑިސްކަސް ކޮށްލަންވެގެން.” “އެހެންތަ؟ މިވަގުތު ނެތޭ ދެވޭކަށް. މިއުޅެނީ ކުޑަ ކަމެއްގަ. އަނެއްކާ ކޮންކަމަކާ ޑިސްކަސް ކޮށްލަން؟” ޝިފާން އަހާލިއެވެ.
“މީ… މީ… މަބުނީ ރިޔާޝާއާ ދިމާވާނެ ގޮތެއް އިނގޭތަ؟” އަޔާޒް ކުޑަކޮށް ޖެހިލުންވެފައިހުރެ އަހާލިއެވެ. ޝިފާން ދިމާކުރާނެކަން އެނގޭތީއެވެ. “ހޫމްހޫމް. މިހާރު ތިހުރީ މާ ބޮޑުވަރުވެފަ. ދެންވެސް…””ޝިފާން ޕްލީޒް. ސީރިއަސްކޮށޭ.” އަޔާޒް ޝިފާންގެ ވާހަކަ މެދުކަނޑާލާފައި ބުންޏެވެ.”މަށަށް އޭނަ ވަރަށް ގިނައިން ފެނޭ އާޓިފިޝަލް ބީޗުން ރޭގަނޑު 8:30 ހާއިރު.” ޝިފާންވެސް ސީރިއަސްވިއެވެ. “ތޭންކްސް ބްރޯ.” އަޔާޒް އުފަލުން ޝިފާންއަށް ޝުކުރު އަދާކޮށްފައި ފޯނު ބޭއްވިއެވެ.
ރިޔާޝާއާއި ބައްދަލުވޭތޯ އެރޭ 8:30 ހާއިރު އަޔާޒް އާޓިފިޝަލް ބީޗަށް ދިޔައެވެ. އޭރު ރިޔާޝާ އެތާނގައި ހުރި ހިލަ ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. އަޔާޒް މަޑުމަޑުން ރިޔާޝާ އިން ދިމާއަށް ހިނގައިގަތްއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އަތްފައި ފިނިވިއެވެ. އޭނާ މިހާ ފިނޑި މީހަކަށްވީ ކޮންއިރަކު ހެއްޔޭ ހިތަށް އެރިއެވެ.
މަޑު ހިނގުމެއްގައި އަޔާޒް ގޮސް ރިޔާޝާ ކައިރީގައި އިށީންއިރު، ރިޔާޝާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެހެންކަމުން އޭނާއަކަށް ކައިރީގައި މީހަކު އިންކަމެއް ނޭނގުނެވެ. އަޔާޒް އިނީ ކަޅިޖަހާނުލާ ރިޔާޝާއަށް ބަލާށެވެ. އޭނާއަށް ރިޔާޝާގެ ރީތިކަން ފާހަގަކުރެވުނީ އަދި ކިރިޔާއެވެ. ތުނިތުނި ފަތި ހަށިގަނޑަކާއި ހެދިހުރި އިސްކޮޅެއް ލިބިފައިވެއެވެ. ކުލައަލި ހަން އޮމާން ހަށިގަނޑެކެވެ. ވަށް މޫނުގައި އެވާ ބޮޑު، ތޫނު ކަޅިރަވައިން ހިތްތައް ކަތިލާހާވެއެވެ. ފަން ދިގު އިސްތަށިގަނޑަކީވެސް ރިޔާޝާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ސިފައެކެވެ.
އަޔާޒް ރިޔާޝާއަށް ބަލަން އިންދާ، ކުއްލިއަކަށް ރިޔާޝާއަށް އެދިމާއަށް ބަލާލެވުނެވެ. ކުއްލިއަކަށް އެހާ ކައިރިން މީހަކު ފެނުމުން އޭނާއަށް ސިހުމެއްވެސް ލިބުނުމެއެވެ. އަޔާޒް ފެނުމުން ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަވަސްއަވަހަށް ތެދުވެ ދެފަޔަށް ބާރުލާ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އަޔާޒަށް ރިޔާޝާ ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ ގޮވާލަންވެސް ނުކެރިފައެވެ. ރިޔާޝާގެ މި ފަރުވާކުޑަ ޢަމަލުން އަޔާޒްގެ ހިތަށް ތަދުވިއެވެ.
“ރިޔާ! ރިޔާ!” ހެނދުނު ހެނދުނާ ޢައިޝާ ރިޔާޝާއަށް ގޮވަމުން ވަދެގެން އައެވެ. “އޯތް. މަ ފާޚާނާގައޭ މި އުޅެނީ.” ރިޔާޝާ ބުނި އަޑު އިވުނެވެ. ޢައިޝާ ސޯފާގައި ޖައްސާލީ ރިޔާޝާ ނުކުންނާންދެނެވެ. “ސާބަހޭ. ތަނެއްގަ ރޯވީތަ؟” ރިޔާޝާ ސިޓިންގްރޫމަށް ނުކުުންނަމުން އަހާލިއެވެ. “ނޫނޭ. ހިނގާބަލަ ކުޅެންދާން. މިހާރު ކިހާ ދުވަހެއް ބަށިކުޅެން ނުދާތާ.” ޢައިޝާ އޭނާ އައި ބޭނުން ބުނެދިނެވެ. “ސާބަހޭ ޢައިޝާ! ހަމަ ތިވާހަކަ ބުނަންތަ ތިއައީ؟” ރިޔާޝާ އަނގައަށް ވައްތަރެއް ޖައްސާލަމުން އަހާލިއެވެ.
“ހޫމް. ނޭނގެ. މިއަދު ހަމަ މާބޮޑަށް ބަށިކުޅެން ދާހިތްވީ.” ޢައިޝާ ބުންޏެވެ. “މަ ބިރޭ ގަތީ ތިހާ ބާރަށް ގޮވަމުން އައިމަ.” “މަ ރޭގަވެސް އައިމޭ ރިޔާ ހޯދަން. ކުޅެން ދާންވެގެން.” ޢައިޝާ ބުނެލިއެވެ. “ކިހާ އިރަކު؟” “8:30 ހާއިރު. ރިޔާ ނެތް ގެއަކު.” ޢައިޝާ ބުނެލިއެވެ. “އެކަމަކު އެގަޑީގަ… އާނ. ހަނދާންވެއްޖެ. އޭރު މަ ދިޔައީ އާޓިފިޝަލް ބީޗަށް ފިނިކޮށްލަންވެގެން.” ރިޔާޝާ ބުންޏެވެ.
“އޭތް ޢައިޝާ! ތިހެން ބުނީމައޭ މި ހަނދާންވީ. އިނގޭތަ؟ ރޭގަ މަ އާޓިފިޝަލް ބީޗްގަ އިންދާ އެއްކަލަ އަޔާޒް އައިއްސިއެއްނު އެތަނަށް. މަ އިނީ ވަރަށް ހަމަޖެހިލާފަ. އެހާ އަރާމު ވައި ޖެހޭވިއްޔަ. އިންދާ ކުއްލިއަކަށް އޭނަ ފެނުނީމަ ނޭނގެ ވީގޮތެއްވެސް. ކިރިޔާ ބިރުން ހަލާކުނުވީ. އޭނަ ފެނުނުއިރަށް މަގޭ މޫޑް ސަކަރާތްވެއްޖެ. އަވަހަށް މަ އައީ ގެއަށް. ސަހާދެއް މިބުނީ ބޮޑު ނުހޮރުއްޕާނެއް.” ރިޔާޝާ ހިތްހަމަނުޖެހިފައި އިނދެ ޢައިޝާއާއި ރޭގައި ހިނގި ޙާދިސާ ހިއްސާކުރިއެވެ.
“އެހެންތަ؟ ތީ ދެން އެހާ ރުޅިއަންނަވަރުގެ ކަމެއް ނޫނެއްނު.” ޢައިޝާ ބުނެލިއެވެ.”އޭނަ މަގޭ މޫޑް ޚަރާބުކޮށްލާތީ ރުޅިއާދެވެނީ. އޭނަ ހިތްހަމަޖެހޭވަރަށް އަދިވެސް މަށަށް ޖެއްސުން ނުކުރެވެނީ ކަންނޭނގެ. މަ ދުނިޔޭގަ ހުރެގެން ކަންބޮޑުވަނީ ކަންނޭނގެ. މަށަށް ހީވަނީ މަ މަރުވެގެން ކަށްވަޅުގަވެސް ނޯވެވޭނެ ކަންނޭނގެ އޭނަގެ ދުއްޕާނާހުރެ.” ރިޔާޝާ ރުޅިއައިސްފައި އިނދެ ބުނެލިއެވެ.
“ރިޔާ! އެކަމަކު ތީދެން ބޮޑުވަރު އިނގޭ. ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެ. އަހަރެން މިބުނާ އެއްޗަކުން ރުޅި ނާންނައްޗޭ. އަސްލު މަށަށް ހީވަނީ ރިޔާ އެންމެ ފަހަރަކު އޭނަ ދައްކާ ވާހަކައެއް އަޑުއަހާލަނިކޮށް އޭނަ ރިޔާ ފަހަތުން އުޅުން ހުއްޓާލަފާނެހެން. ފަހަރެއްގަ ވެދާނެއެއްނު އޭނައަށް އޭނަގެ ކުށް ޤަބޫލުކުރެވިގެން މާފަށް އެދެން އުޅެނީ ކަމަށްވެސް.” ޢައިޝާ އޭނާއަށް ފެންނަގޮތް ބުނެލިއެވެ.
“އޭނަ މީހެއް ކައިރިން މާފަށް އެދޭނެތަ؟ ނެވަރ. މުއްސަންޖެއްނު. ވަކި ސަހަލުވާނެތަ؟ އެމީހުންނަށް މީހެއް ކައިރިން މާފަށް އެދެވޭނީ އެމީހުންގެ ކުށެއް އެމީހުންނަށް ފެނިގެންތާ. އެމީހުން ހިތުން އެއީ ހަމަ އަލިފުތަކެއްް.” ރިޔާޝާއަށް އަޔާޒާއި ދޭތެރޭ ރަނގަޅަށް ވިސްނޭނެ ހަމަ އެއްގޮތެއްވެސް ނުވިއެވެ. ކަންތައްވެފައި އޮތްގޮތުން އެއީ ނުވެނުދާނެ ގޮތެކެވެ.
“ތީކީ އަދި ރަނގަޅު ވިސްނުމެއްނޫން. ހުރިހާ އެންމެން އެއްގޮތެއްނުވާނެ. އެހެންނޫނަސް އޭނަ ދައްކާ ވާހަކައެއް އަޑުއަހާލިއަކަސް އެއީ މައްސަލައެއް ނޫނެއްނު. އަހަންނަށް ފެންނަނީ ރިޔާ އެންމެ ފަހަރަކު ނަމަވެސް އޭނަ ދައްކާ ވާހަކަ އަޑުއަހާލަން. ދެން އަހަރެން މިވަގުތު ގޮސްލާނަން. އަހަރެން މިބުނި ވާހަކައާ ދޭތެރޭ ވިސްނާލައްޗޭ. އަންނާނަން މިރޭ ކުޅެންދާން. ރެޑީވައްޗޭ.” ޢައިޝާ ރިޔާޝާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ނުކުމެގެން ދިޔައެވެ.
ރިޔާޝާ ވިސްނާލިއެވެ. “ޢައިޝާ އެބުނީވެސް ދޮގެއްނޫން. އަހަރެންވެސް މާ ބޯހަރީ. އޭނަ ދައްކާ ވާހަކައެއް އަޑު އަހާލިޔަސް އެއީ މައްސަލައެއް ނޫން. ދެން ފަހަރަކުން އޭނަ ދައްކާ ވާހަކައެއް އަޑު އަހާލަން މަޑުކޮށްލާނީ. އޭރުން އެނގިދާނެތާ އޭނަ ދައްކާ ވާހަކައެއްވެސްް.” ރިޔާޝާ ހިތާހިތުން ކިޔާލިއެވެ.
އަޔާޒަށް ރިޔާޝާއާއި ދިމާވީ އާޓިފިޝަލް ބީޗުން އޭގެ ދެރޭ ފަހުންނެވެ. އަޔާޒް ގޮސް ރިޔާޝާއާއި ދާދި ގާތުގައި އީނދެލިއެވެ. އަދި “ސޮރީ” އޭ ބުނެލި އަޑަށް، ވިސްނުމަކަށް ގެއްލިފައި އިން ރިޔާޝާ ސިހިފައި ބަލާލިއެވެ. “ވަރަށް ބޮޑަށް ސޮރީ. އަހަރެންނަށް ރިޔާޝާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. އެކަމަކު އެއީ އަހަރެން ނިކަމެއްޗަކަށް ދެރައެއް ދޭންވެގެން ކުރިކަމެއް ނޫން.” އަޔާޒް ދެރަވެލާފައި ބުނެލިއެވެ.
ރިޔާޝާ އިނީ ޤަބޫލު ނުކުރެވިފައެވެ. އަޔާޒް ހަމަ އޭނާ ގާތުން މާފަށް އެދުނީ ހެއްޔެވެ؟ ޤަބޫލެއް ނުކުރެވެއެވެ. އޭނާ ހީވަނީ 70ގެ އަހަރުތަކުގެ މީހެއްހެންނޭ ބުނެ، އޭނާއަށް ދުއްތުރާތައް ކުރިމަތިކުރުވީ ކީއްވެ ހެއްޔެވެ؟ އެއީ ނިކަމެއްޗަކަށް ދެރައެއް ދިނުންނޫން ދެން ކޮންކަމެއް ހެއްޔެވެ؟ އަޔާޒަށް މީހަކަށް ދެރައެއް ދެވުނުކަމަށް ވަނީ ކިހާވަރެއް ކުރެވުމުން ހެއްޔޭ ރިޔާޝާގެ ހިތަށްއެރިއެވެ. އެހުރިހާ ކަމަކާއި އެކުވެސް ރިޔާޝާ އަޔާޒަށް މާފުކުރިއެވެ.
“ރިޔާޝާ މިތާ ކީއްކުރަނީ؟ އަހަރެންނަށް ވަރަށް ގިނައިން މިތަނުން ރިޔާޝާ ފެނޭ.” އަޔާޒް ވަރަށް ގާތް ގޮތަކަށް އަހާލިއެވެ. “ދިރިއުޅުމާ ދޭތެރޭ ކުޑަކޮށް ވިސްނާލަން ހަމަ އިނީ. އަހަރެން ކަމަކާ މާޔޫސްވެ ހިތް ނުތަނަވަސްވެއްޖެއްޔާ، ހިތްހަމަޖައްސާލަން އަންނަނީ މިތަނަށް.” ރިޔާޝާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “މާނައަކީ މިތަނަށް އަންނަން ބޭނުންވެއްޖެއްޔާ މާޔޫސްވެ ހިތް ނުތަނަވަސްވުމަކީ ކޮންމެހެން ލާޒިމް ކަމެކޭދޯ.” އަޔާޒް އެހެން ބުނުމާއެކު ދެމީހުން އެއްފަހަރާ ހީނގަތެވެ.
“ރިޔާޝާ ތި ވިސްނާ އެއްޗެއް އަހަރެންނަށް ބުނެދީފާނަންތަ؟” އަޔާޒް ރިޔާޝާއާއި ގާތްވާން މަގު ކޮށަމުން ދިޔައެވެ. “ވަކި އެއްޗެއް ނޫން. އަޔާޒް މިތާ ކީއްކުރަނީ؟” ރިޔާޝާ އަހާލިއެވެ. “ހަމަ ރިޔާޝާއާ ދިމާވޭތޯ އައީ.” “ކީއްކުރަން؟” ރިޔާޝާ ކުޑަކޮށް ހައިރާންވެސްވިއެވެ. “މާފަށް އެދެންވެގެން. އެރޭ ރިޔާޝާ އެއްޗެހި ކިޔާފަ ދިޔަފަހުން އަހަރެންނަކަށް ރަނގަޅަކަށް ނުވެސްނިދޭ. އެރޭ އަހަރެންނަށް އިހުސާސްކުރެވުނީ މީހަކަށް ވަރަށް ބޮޑު ދެރައެއް ދެވިއްޖެކަން. ތޭންކްސް ވަރަށް ބޮޑަށް. ރިޔާޝާ ހިނިތުންވެލިއެވެ. “އަހަރެންނާހެދި ރިޔާޝާއަށް ވަރަށް އުނދަގޫވޭ ދޯ؟” ކުއްލިއަކަށް އަޔާޒް އެހެން އަހާލުމުން ރިޔާޝާއަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. އަޔާޒް އިނީ ރިޔާާޝާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.






wow sandy.. varah reethi ??????
when next part ???
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 5ވަނަ ބައި ގެނެސްދޭނަން
wow sandy.. varah reethi ??????
when next part ???
wow sandy.. varah reethi ??????
when next part ???
V nice .. dhn nxt part avahah up kohdhehcheyy…. Im waiting…
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 5ވަނަ ބައި ގެނެސްދޭނަން
V reethi waiting for next part..
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 5ވަނަ ބައި ގެނެސްދޭނަން
Nice but kuru
Aslu mahsala feshunyma thankolheh tafseelukoh gennaathi
Mihaaru thidhany point thakah jump kuramun kahala gothakah
ޝުކުރިއްޔާ! ތިޔަ ޚިޔާލު ބަލައިގަނެފިން
Masha Allah warah warah furima ehaame reeti keep it up waiting for next part ???
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 5ވަނަ ބައި ގެނެސްދޭނަން
HAADHA KUREY
ކުރުތަ؟ އެހެން ބައިތަކަށްވުރެ ދިގުކޮށް މިބައި މި ގެނެސްދިނީވެސް… 5ވަނަ ބައި މިއަށްވުރެ ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން
Mivaahaka kiyaairu hama sifavani ethoofaanee rey film . V rythi
ޝުކުރިއްޔާ ވާހަކަ ކިޔާލީތީ
Mivaahaka kiyaairu hama sifavani ethoofaanee rey film . V rythi
ޝުކުރިއްޔާ ވާހަކަ ކިޔާލީތީ
Oh no haadha salhiey. Dhen adhi maakiyaa hihvaa goiy evanee. Thanx
ޝުކުރިއްޔާ
Mee film funasaru dho
ވާހަކަ ކިޔާލީތީ ޝުކުރިއްޔާ
Wow? Gadha??Ayaaz aa Riyaashaa aa gulhu vachey?? waiting for the next part ??
ޝުކުރިއްޔާ! އިނގިދާނެތާ ވާގޮތެއް… އިރާދަކުރެއްވިއްޔާ މާދަމާ 5ވަނަ ބައި އަޕްކޮށްލާނަން
Haadha saltier
ޝުކުރިއްޔާ
Wow amazin v rythi v furihama ayaaz n riyaashaa dhw ayaaz ah adhives bodah nikamethinge ihusaastha angaaladhy n aisha lavva riyaashaa avves naseyhaiydhygen riyaashaage boaharukan filuvan fennany v v habeys mistry keep it up n well done
ޝުކުރިއްޔާ