ލޯބިވަން ޔާރާ އޭ 18
ލޯބިވަން ޔާރާ އޭ 18
އެންމެން އަލަތު ދެމަފިރިން ނަށް މަރުހަބާ ކިޔަމުން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ކަމެވެ. ހިނދުކޮޅެއް ކުރިން ވެފައި ހުރި ދެރަ ވެސް ޔޫލީ ހަނދާން ނެތުން ފަދައެވެ. ދާއިންގެ މަންމަ އެކޭ ސޫޒަން އެކޭ ތަފާތެއް ނެތެވެ. ލޯބިން ގޮސް ހީވަނީ ޔޫލީ އުރާލަފާނެ ހެނެވެ.
އެތައް ސަކަރާތެއް ޖެހުމަށް ފަހު އެންމެން ގެއަށް ދިޔައިރު 12 ޖަހަން އުޅެނީއެވެ. މާއިރާ ދާއިން އާއި ޔޫލީ ކޮޓަރިއަށް ދިއުމުގެ ކުރިން ޔޫލީ އަށް އެތައް ކަމެއް ކިޔައިދިނެވެ. އޭނާ އަކީ އަމިއްލަ މަންމަ ކަމަށް ދެކިގެން އުޅުމަށާއި އެ ގޭގައި ޔޫލީ އަށް މަނާ އެއް ކަމެއްވެސް ނޯންނާނެ ކަމަށް ބުންޏެވެ. އެ ހުރިހައި އިރަކު ވެސް ޔޫލީ ހަނދާން ވަމުން ދިޔައީ ސޫޒަން މަތިން ނެވެ. މާއިރާ އާއި ސޫޒަން އާއި ވައްތަރު ގޮތެއް ހުރިހެން ވެސް ޔޫލީ އަށް ހީވިއެވެ. މާއިރާ އެންމެ ފަހުން ނިދަން ދަނީ ކަމަށް ބުނެ އެތަނުން ދިޔައީ އެ ދެމަފިރިން ނަށް ވަގުތު ދިނުމުގެ ގޮތުން ނެވެ. މާއިރާ ގޮސް ކޮޓަރިއަށް ވަނުމާއި އެކު ދުރުގައި ހެވިފައި ހުރި ދާއިން އަށް ޔޫލީ ބަލައިލިއެވެ. މައުނަވީ ހިނިތުން ވުމަކާއި އެކު ދާއިން ގޮސް ޔޫލީ ގާތު ހުއްޓެމުން ޔޫލީ ގެ ފިނި ވެފައި އޮތް އަތުގައި ހިފައިލިއެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް ބުނާނޭ އެއްޗެއް ދާއިން ގެ ދުލަކަށް ނައެވެ. މަޑުމަޑުން ޔޫލީ އެ ބާރުގަދަ އަތްދަނޑިމަތީ އުފުލައިލިއެވެ.
“ހީކުރި ވަރަށް ވުރެ ބަރު އިނގޭ” ދާއިން ލާނެތް ކަން ދައްކައިގެންވެސް ޔޫލީ ގެ ހިތުން މިރެއަކީ ބޮޑު ރެއެއް ކަން ނެރެލަން ބޭނުންވެއެވެ. އެ ޖުމްލަ އާއި އެކު ޔޫލީ މޫނަށް ގޮތެއް ހަދާލަމުން ދާއިންގެ މޭގައި މަޑުމަޑުން ޖަހައިލިއެވެ. ކޮޓަރި ހުޅުވާލި އިރު ތައްޔާރު ކޮށްފައިވާލެއް ފުރިހަމަކަން ފެނި ދާއިންގެ ހިތް މިޝެލް މެންގެ މަސައްކަތަށް ތައުރީފު ކުރިއެވެ. ކްއީން ސައިޒް އެނދުމަތީގައި ރަތް ފިނިފެންމަލުގެ ފިޔައިން ހިތެއް ގެ ބައްޓަން ގެނެސްފައި ވާއިރު ހުދު ބެޑްޝީޓް ތެރެއިން ފެންނަނީ ވަރަށް ރީތިކޮށެވެ. މުޅި ޓައިލްތައް މަތި ވެސް ފިނިފެންމަލުގެ ފިޔައިން ފުރާލާފައިވާ އިރު ކޮޓަރި ތެރޭގައި މަލުގެ މީރުވަސް ހިފާލާފައި ހުއްޓެވެ. ރަތް ކުލައިގެ އުއްބައްތި ތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ލިބިފައިވެއެވެ. އެނދު ކައިރީ ހުރި ސައިޑް ޓޭބަލް މަތީ އެތެރެ ފެންނަން ހުރި ބޯތަށީގައި ފުރެންދެން ސްޓްރޯބެރީ އަޅާފައި ހުއްޓެވެ. ދާއިން ޔޫލީ ޓައިލްސްތައް މަތީ ބަހައްޓައިލަމުން އެ މޫނަށް ބަލައިލީ މަސްތީ ނަޒަރަކުން ނެވެ.
“ކިހިނެތް ވަނީ؟” ދާއިން ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ޔޫލީ ގާތު އަހައިލިއެވެ.
“އައި ލަވް އިޓް. ތެންކިޔު ސޯމަޗް” ޔޫލީ ދާއިން ގެ ކުރިމަތީ ހުއްޓިލަމުން އެ ދެއަތުން ދާއިންގެ ކަނދުރާގައި ވަށައިލިއެވެ. ދާއިން ވެސް ޔޫލީގެ އުނަގަނޑުގައި ހިފާ ބޮޑަށް ގަޔާ ކައިރި ކޮށްލަމުން އެ ތުންފަތުގައި މަޑު މަޑުން ބޮސް ދިނެވެ. އިރުކޮޅަކު އެގޮތަށް ތިބުމަށް ފަހު ދާއިން ޔޫލީ ގެ ނިތުގައި ދާއިން ގެ ނިތްކުރި ޖައްސްއިލަމުން ނޭވާ ހަމައަކަށް އަޅުވައިލިއެވެ.
“ތީ ހަމަ އެކަނި މިލައިފަށް އައި އަންހެން ކުއްޖަކީ. ޔޫލީ އާ ދުރަށް ދިޔަ ފަހުން ހިއެއް ނުކުރަން ދެން ތި ލޯބީގެ ނަސީބެއް ލިބޭނެ ކަމަކަށް، އެކަމު ވަރަށް ދުޢާ ކުރިން ކޮންމެވެސް ގޮތަކުން ޔޫލީ ޑޭން އަށް ލިބުމަށް އެދި. ނޭނގެ ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް. އަލުން މި ލައިފަށް ޔޫލީގެ ބައްޕަ އާ ދެކޮޅަށް އައިމަ ވަރަށް އުފާވި. އެއީ ތި ލޯބި ދެވަނަ ފަހަރަށް ވެސް ލިބުމުން. އެކަމު ދެރަވެސް ވި، ޔޫލްގެ ބައްޕަ އާ ޔޫލް ދުރު ވުމުގެ ސަބަބަކަށް ޑޭން ވީމަ. ޕްލީޒް ފޮގިވް މީ” ދާއިން މަޑުމަޑުން ވާހަކަ ދެއްކި އިރު އެ އަޑުގައި ވާ އަސަރަކުން ޔޫލީ ގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
“ޑޭން ދުވަހަކުވެސް ދެން މާފަށް ނޭދެއްޗޭ. ޖަސްޓް ބީ ވިތް މީ. އެއީ ޑޭންގެ ފަރާތުން ޔޫލް އެދޭނެ ކަމަކީ، ކޮންމެ ވަގުތަކުވެސް ޔޫލް އާ އެކީ ޑޭން ވުން. ހުރިހާ ހާލެއްގައި ވެސް. އައި ލަވް ޔޫ ސޯ މަޗް” ޔޫލީ ދާއިންގެ މޭގައި މޫނު ފޮރުވައިލި އިރު އެ ރީތި ދެލޮލުގައި ހުރި ކަރުނަތައް މިނިވަންވިއެވެ. އެގޮތުގައި އެތައް އިރަކު ތިބުމަށް ފަހު ދާއިން އެދުމުން ޔޫލީ ފާހާނާ އަށް ވަނީ އެއްޗިހި ބަދަލު ކުރާށެވެ. ލައިގެން ހުރި ބޮޑު ހެދުން ބޭލުމަށް ފަހު ކައިވެނީގެ ފުރަތަމަ ރެއަށް ޔޫލީ ގަތުން ރަތް ކުލައިގެ ލޭސް ފޮތީގެ ނިދާހެދުން ލަމުން ޔޫލީ ނުކުތީ އެ ދިގު އިސްތަށިގަނޑުވެސް ނިއުޅާލައިގެން ނެވެ. ފާހާނައިގެ ދޮރު ހުޅުވުނު އަޑަށް ކުޑަދޮރު ކައިރީ ބޭރަށް ކަޅިހުއްޓާލައިގެން ހުރި ދާއިން އަށް ފަސް އެނބުރި ބަލައިލެވުނެވެ. ކިރިޔާ ބުޑުކޮޅު ނިވާ ވާ ވަރުގެ ރަތް ނައިޓީ ގައި ޔޫލީ ފެންނަނީ ވަރަށް ވެސް ރީތި ކޮށެވެ. އެ ދޮން ހަންގަނޑާ ރަތްކުލަ ނުހަނު ގުޅެއެވެ. ދާއިން އަނގަ އަށް ޖަހައިގެން ހުރި ސްޓްރޯބެރީ ގައި ކުޑަކޮށް ދަތް ޖައްސައިގެން ހުރެ ޔޫލީ އާ ދިމާއަށް ހިނގައި ގަނެވުން އިރު ހީވީ އެ ދެމެދުގައި ދަމާ ބާރެއްވާހެނެވެ. ލަދުރަކި ހިނިތުންވުމަކާއި އެކު ޔޫލީ އިސްޖަހާލައިގެން ހުއްޓެވެ. ދާއިން ގޮސް ޔޫލީގެ ހިމަ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލަމުން އެ އަނގައިގައި އޮތް ސްޓްރޯބެރީގެ ބޭރަށް އޮތްބައި ޔޫލީ ގެ ތުންފަތުގައި ޖައްސާލުމުން ޔޫލީ އޭގައި ދަތް އެޅަމުން އެބައި ވަކި ކޮށްލިއެވެ. ދާއިން ގެ މޫނުގައި ވާ މަސްތީކަން ޔޫލީ ދާއިން އާ އިތުރަށް ގާތްވާން ބޭނުން ވާ ސަބަބަކަށް ވިއެވެ.
” މިހިތަށް ތިވަރު ކުރަންޏާ ދެން ކިހިނެތް ތަ ދުރުގަ ހުންނާނީ” ދާއިން މަޑުމަޑުން ޔޫލީ ލައިގެން ހުރި ނައިޓީގެ ކަރަށް އައްސާފައި އިން ވާކޮޅު މޮހައިލިއެވެ. ދާއިން ޔޫލީގެ މޫނުކޮޅުގައި ބޮސްދެމުން އެ އަތްމައްޗަށް އުފުލައިލަމުން ގެންގޮސް ބާއްވާލީ ފިނިފެންމަލުގެ ފިޔަ ތަކުން ޖަރީ ކޮށްފައިވާ އެނދުގެ މަޑު ތަންމަތީއެވެ. އެ އާއިއެކު ދެ ޖިސްމު އެކު ވާކަށް މާ ގިނަ އިރެއް ނުނެގިއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ބޭނުން ވެފައި ތިބީ ނުހަނު ބޮޑަށެވެ. އެތައް އިރެއް ވަންދެން އަމިއްލަ ދުނިޔެ އެއްގައި އުޅުމަށް ފަހު ދެމީހުނަށް ނިދުން އިރު ހުރީ ފަތިސްވާން ކައިރިވެފައެވެ.
ކިތަންމެ ލަހުން ނިދި ކަމުގައި ވިޔަސް ޔޫލީ ފަތިހު ތެދުވެ ފެންވަރާލައިގެން ނަމާދު ކޮށްލުމަށްފަހު ކޮޓަރިން ނުކުތީ ބަދިގެ އަށެވެ.
އޭރު މާއިރާ ރޮށި ފިހަން ފުށްގަނޑު މޮޑެން ހުއްޓެވެ. ޔޫލީ ފެނުމާއި އެކު މާއިރާ ހިނިތުންވެލިއެވެ.
“ދަރިފުޅު ކީއްކުރަން މިގަޑީގަ ދެން ތި އައީ؟ މަންމަ އަކަށް އުނދަގުލެއް ނުވާނެއޭ. އެހެން ނޫނަސް މީދެން ވިއްސަކަށް ރޮށި ވިއްޔަ” މާއިރާ ޔޫލީ އަށް ޝަކުވާ ކޮށްލިއެވެ.
“ދެން އަޅުގަނޑަށް ހޭލެވުނީމަ އައީ އޭ މަންމާ. އަދި އެހެން ނޫނަސް ބައިވަރު ކަންކަން ދަސްކުރަން އެބަ ޖެހޭ. މަންމަ އާ ބައިވެރިވާން އައިމަ އެއްނު އަޅުގަނޑަށް ދާއިން ގެ ފޭވަރިޓް އެއްޗިސް ކައްކަން ދަސް ވާނީ، އަދި ޑިއުޓީ ވެސް ނުވައެއް ޖަހާއިރު އޮވޭ” ޔޫލީ މާއިރާ ވަކި ކުރަމުން ދިޔަ ފުށްގުޅަތައް ރީތި ކުރަންފެށިއެވެ.
“ދަރި ފުޅަކަށް ޗުއްޓީއެއް ނުލިބޭތަ؟” މާއިރާ ހައިރާން ކަމާއި އެކު ސުވާލު ކޮށްލިއެވެ.
“އަދި ހޮސްޕިޓަލަށް ޖޮއިން ކުރިތާ މާ ގިނަ ް ދުވަސް ނުވާތީ ދެން އަޅާނުލީ. ދެން ޑޭން އަކަށް ވެސް ޗުއްޓީއެއް ނުލިބުން ވިއްޔަ.” ޔޫލީ މާއިރާ އާ ވާހަކަ ދައްކާ އިރު އެއްވެސް ކަހަލަ ބީރައްޓެހި ކަމެއް ނެތުމުން މާއިރާ ހުރީ ނުހަނު އުފަލުންނެވެ. ދެމީހުން އެކީ އުޅުމުން ހުރިހައި ކަމެއް ވަރަށް އަވަހަށް ނިންމާލެވުނެވެ.
“ދަރިފުޅު ދެން ދޭ ދާއިން އަށް ގޮވަން. އޭނަ އަށެއް ޖަހަން ވާއިރަށް އޮފީހަށް ދާން ޖެހޭނެ” މާއިރާ ޔޫލީ ގާތު ބުނުމުން ޔޫލީ ހިނިތުން ވެލަމުން ގޮސް ކޮޓަރިއަށް ވައިން އިރު ދާއިން އިނީ ނަމާދު ކުރާށެވެ. އެ މަންޒަރު ފެނިފައި ޔޫލީ ގެ ހިތައް ބަޔާންކުރަން ދަތި ފިނި ކަމެއް ލިބިގެން ދިޔައެވެ. ދާއިން ނަމާދު ކޮށް ނިމެންދެން ޔޫލީ އެނދުގައި އިށީނދެލިއެވެ. ފަސް ވަރަކަށް މިނިޓު ތެރޭ ދާއިން ސަލާމް ދެމުން ނަމާދުން އަވަދިވިއެވެ.
“ހޭއި. ހާދަ އަވަހަކަށް ތެދުވެގެން ތި އުޅެނީ. ޑޭން އަށް ގޮވާލި ނަމަ. އިރު އެރި ފަހުން މި ނަމާދު ކުރެވުނީ.” ދާއިން ޝަކުވާ ކޮށްލިއެވެ.
“ސޮރީ. ދެން ގޮވާނަން.” ޔޫލީ ތެދުވަންނަމުން އެނދުމަތި ހަމައަކަށް އަޅުވަން އުޅެގަތެވެ. ދާއިން ފަހަތުން ގޮސް ޔޫލީގެ ގައިގައި ބައްދާލިއެވެ. ދެމީހުން އެކަނި ތިބިއްޔާ ދާއިން އަށް ޔޫލީ އާ ދުރުގައި ހުންނަން އުނދަގުލީ ކަންނޭނގެއެވެ.
“ލޯ މަރާބަލަ” ދާއިން ބުނެލުމާއި އެކު ޔޫލީ ފާޑަކަށް ހުރެފައި ވެސް ލޯ މަރައިފިއެވެ. ދާއިން ޖީބުގައި އޮތް އަނގޮއްޓި ނަގަމުން ޔޫލީގެ ވާއަތު ކަށި އިނގިލީގައި އަޅުވާލިއެވެ. ލޯ މަރައިގެން ހުރި އިރުވެސް ޔޫލީ އަށް ދާއިން އެ ކުރި ކަންތައް އިހުސާސް ވުމުން ހިނިތުން ވެވުނެވެ. ލޯހުޅުވާލާފައި ބަލައިލިއިރު އިނގިލީގައި އިން ހުދު ރަނުގެ އަނގޮއްޓި ފެނިފައި ޔޫލީ އުފަލުން ދާއިންގެ ގައިގާ ބައްދާލިއެވެ. ހުދުކުލައިގެ ރޫބީ އެއް ޖަހާފައި އިން އިރު އެ އަނގޮއްޓި ވަރަށްވެސް ރީއްޗެވެ.
“ތެންކިޔު ޑޭން. އައި ލަވްޔޫ” ޔޫލީ ދާއިންގެ ހަށިގަނޑުން ދޫނުކޮށް ހުރެ ޝުކުރު އަދާ ކޮށްލިއެވެ.
ދުވަސްތައް ހަފްތާ ތަކަށް ހަފްތާ ތައް މަސް ތަކަށް ބަދަލު ވަމުން ގޮސް މިޝެލް މެންގެ ކައިވެންޏަށް ވެސް ތިން މަސް ވެއްޖެއެވެ. އެ ދެމަފިރިން އުޅޭލެއް ލޯބި ކަމުން ބައެއް މީހުން ހަސަދަވެރިވެސް ވާނެއެވެ. އީތަން އޮފީހަށް ދާން ކާރަށް އެރުމުގެ ކުރިން އޭނާ ގެ ކައިރީ ހުރި މިޝެލް އަށް ލޯބީގެ ހަދިޔާއެއް ދިނުމަށް ފަހު ބައްދާލިއެވެ.
“ފޫހި ވަންޏާ އޯކޭ ކޮންމެސް ތާކަށް ގޮސްލިޔަސް. މާދަން ހަނީމޫން އަށް ފުރުމުގެ ކުރިން މަންމަ ގާތަށް ވެސް ގޮސްލަން ވާނެއެއްނު ދޯ. ބާއި ޓޭކް ކެއާ ލަވް.” އީތަން ފަހު ފަހަރަށް މިޝެލް ގެ މޫނުގައި ބޮސްދެމުން ކާރަށް އަރާ ދުއްވާލިއެވެ. ހިނިތުން ވެގެން ހުރެ މިޝެލް ގޭތެރެ އަށް ވަނީ އަންނަން އުޅޭ ތޫފާނުގެ ހަބަރެއް ނުވެ ހުރެއެވެ.
އަލްހާން އަށް ޖޫސް ތައްޓެއް ހިފައިގެން ޓެރެސް އަށް ވަންނަން ހުރި ދޮރު ކައިރީ ސޫޒަން މަޑު ކޮށްލީ އަލްހާން މީހަކާ ވަރަށް ސިއްރުން ނަމަވެސް ރުޅިގަދަވެފައި ހުރެ ވާހަކަ ދައްކާހެން ހީވުމުންނެވެ. ފަހަކަށް އައިސް އަލްހާން އުޅޭ ސިއްރުވެރި ގޮތް ފެނުމުން ސޫޒަން ހުންނަނީ އަލްހާންގެ އަމަލުތަކަށް ވަރަށް ބަލައިގެންނެވެ.
“މަމި ބުނީނު އެ ގޭގަ ކެމެރާ ހަރު ކޮށްފައެއް ނުހުންނާނޭ. ކަލެއަށް މިއަދު އެކަން ނުވެއްޖެއްޔާ ނިމުނީ. ހަމަ މިހާރު ދޭ. މިވަގުތު އީތަން ވާނީ އޮފީހުގަ. މިކަހަލަ ވަގުތެއް ރަނގަޅުވާނީ” އަލްހާން ގޮން އަރުވައިގެންފައި ބުނި ޖުމްލައިން ސޫޒަން އަށް ހީވީ އޭނާގެ ފައި ދަށުންން ބިންގަނޑު ދެމިގަތްހެނެވެ.
“ސުބްހާނަﷲ. ޔަގީން އަލްހާން އެ އުޅެނީ މިޝެލްއަށް ކޮންމެވެސް ކަމެއް ކުރަންކަން.” ސޫޒަންގެ އަތް ތުރުތުރު އަޅާ ހާލުގައި ވެސް އިތުރަށް އަލްހާން ދައްކާ ވާހަކަ އަޑު އަހަން ނުހުރެ އަވަސްވެގަތީ އެތަނުން ދުރަށް ގޮސް އީތަން އަށް ގުޅުމަށެވެ. އަވަހަށް ސިޓިން ރޫމަށް ނުކުތުމަށް ފަހު ދެކޮޅަށް ނަޒަރު ހިންގާލަމުން ފޯނު ނަގައި އީތަންގެ ނަމްބަރަށް ޑަައިލް ކޮށްލިއެވެ. ނަމަވެސް ތިންފަހަރު ގުޅުމުން ވެސް އިވެނީ އެއް އަޑެކެވެ. އީތަން ފޯނު ނުނަގާތީ ރިންގު ވެފައި ކެނޑެނީއެވެ. މިކަހަލަ ވަގުތުތަކުގައި އަދި ފޯނެއްވެސް ނުނަގާނެ އޭ ސޫޒަން ގެ ހިތަށް އެރި އެވެ. ސޫޒަން ގެ ނިތްކުރިން ދާހިއްލަން ފެށީ މީހާ ހާސްވާން ފެށުމުންނެވެ. ދެކޮޅަށް ހިނގަމުން ސޫޒަން އެންމެފަހުން ގެއިން ނުކުމެ ގަރާޖަށް ވަނީ ކާރު ނެރޭށެވެ.
މިޝެލް ބޭރަށް ދާން ތައްޔާރުވެލީ ބޭސްފިހާރަ އަކަށް ދިއުމަށްޓަކައެވެ. ޕީރިއަޑް މިސް ވުމާއި އެކު ކުރީގައި ނުވާ ގޮތްތަކެއް ވާން ފެށުމުން މިޝެލް އޭނާގެ ޝައްކު ޔަގީން ކުރަން ބޭނުންވިއެވެ. ޔަގީން ނުވާތީ މިޝެލް އީތަން ގާތުވެސް އެ ވާހަކަ ނުބުނެއެވެ. ސިޑިން ފޭބިއިރު ބޭރަށް ނުކުންނަ ދޮރު ހުޅުވާލާފައި ހުރުމުން މިޝެލް ހައިރާން ވިއެވެ. އޭނާ ކޮޓަރިއަށް ދަމުން ދިޔައީ ދޮރު ލައްޕާ ތަޅުވެސް ލާފައޭ މިޝެލް ގެ ހިތައް އެރިއެވެ. އީތަން އަބަދުވެސް އެކަނި އުޅޭ އިރު ދޮރު ތަޅުލައިގެން އުޅެން ބުނާތީ މިޝެލް ބަހައްޓަނީ ދޮރު ތަޅުލާފައެވެ. މިޝެލް ދެފަރާތަށް ބޯހޫރާލަމުން ދޮރާ ދިމާއަށް ދާން އުޅެފައިވެސް ޑައިނިންގް ރޫމަށް ވަނީ ފަހަކަށް އައިސް މިޝެލް އަށް އަލްމަންޑް މާ މީރުވެގެން އުޅޭތީ ބޭރަށް ނުކުތުމުގެ ކުރިން އޭގެ ޕެކެޓެއް ނަގާށެވެ. ކަބަޑު ލައްޕާލަމުން މިޝެލް ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުންް ފަހަތަށް އެނބުރިލުމާއި އެކު ކަޅު މާސްކަކުން މޫނު ފޮރުވައިގެން ހުރި މީހާ ފެނިފައި ހަޅޭއް ލަވައިގަންނަން އަނގަ ހުޅުވާލި ތަނާ ހިތާ ދިމާލުން މެއަށް އަރައިގެން ދިޔައީ ތޫނު ވަޅީގެ ތިލައެވެ. މިޝެލްގެ ކަޅި މައްޗައްއެރުމާއި އެކު ޓައިލްސް ތައް މައްޗަށް ވެއްޓުން އިރު މުޅި ތަން ލެއިން ފެވިގެންދިޔައެވެ. މިޝެލް މަރުވާނެ ކަން ޔަގީން ކުރަމުން އާލިމް އެ ގެއިން ނުކުތުމަށް އަވަސްވެ ގަތެވެ. ބޭރު ގޭޓުކައިރީ ފިލާ ހުރެ އާލިމް ބޭރު ބަލައިލީ މީހެއްގެ ހިލަމެއް ވޭތޯއެވެ. މަގުމަތި އޭނާ އަށް ޓަކައި އަމާން ވުމުން މޫނުމަތިން މާސްކް ނަގަމުން އާލިމް ބޭރަށް ނުކުމެ ހަމަޖެހުމުގެ ނޭވާއެއް ލަމުން އަތުގައި އަޅާފައި އޮތް އަންގި ބާލަމުން ހިނގައިގަތެވެ.
ދުއްވުނު އެންމެ ބާރަކަށް ސޫޒަން ކާރު ދުއްވަމުން ދިޔައިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ ހެއްދެވި ފަރާތަށް ދުޢާ ކުރަމުން ދިޔައީ މިޝެލް އާއި އީތަން ސަލާމަތް ކޮށްދެއްވުމަށް އެދިއެވެ. ދިހަވަރަކަށް މިނެޓު ދުއްވުމަށް ފަހު ސޫޒަން އަށް އީތަން ގެ ގެއަށް އާދެވުނެވެ. ކާރުގެ ސީޓް މަތީ އޮތް ފޯން ނަގައިގެން ސޫޒަން ދުއްވައިގަތީ މިޝެލް އަށް ގޮވަމުންނެވެ. ދޮރު ހުޅުވާލާފައި ހުރުމުން ސޫޒަންގެ ބިރުވެރިކަން އިތުރު ވިއެވެ. ސިޑިން މައްޗަށް އަރަން ދިމާކޮށްލިތަނާ ޑައިނިން ރޫމް ގެ ޓައިސްތައް މަތީ މީހަކު އޮތްހެން ހީވެގެން ސޫޒަން އެފަރާތަށް އެނބުރިލުމާއިއެކު ސޫޒަން އަށް ހަޅޭއް ލަވައިގަނެވުމާއި އެކު މިޝެލް އާއި ދިމާލަށް ދުއްވައިގަތެވެ. ސޫޒަން ރޮމުން މިޝެލް ގާތު ކުޑަ ކަކޫ ޖަހައިލަމުން ވަޅީގެ މުއްގަނޑުގައި ހިފަން އުޅެފައިވެސް އަތްލާކަށް ނުކެރުނެވެ. ވިންދު ހުރިތޯ ބަލައިލަމުން ސޫޒަން ފޯން ނަގައި އެމްބިއުލާންސް އަށް ގުޅިއެވެ. ސޫޒަން މިޝެލް ގާތު އިނދެ ރޮމުން ކަރުން ހަންދާ ވަރަށް ގޮވައިލީ އަލްހާން އަށެވެ. އެ އަޑުގައި ނަފުރަތާއި ރުޅިވެރިކަން ވިއެވެ. މިފަހަރު ސޫޒަން އަށް އާދެވުން ލެއް ލަސްވި ކަމަށް ޓަކައި އަމިއްލަ ނަފްސުވެސް ސޫޒަން އަށް ކުއްވެރި ކުރެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.



Me 1st dhw v reethi mibaivess love it ???????
Hey guys.. Here is 18th episode.. Please enjoy.. Those who love my story, thank you so much for supporting me and for telling me the mistakes.. I love you all.. Please feel free to leave a comment and tell me how you guys feel about this part.. 😀
i love this story it was awesome ?
Nice..?
Alhe waaau. Mirey aneh part upkohdhechey shooty. Your story is awsome. Mishel maraa nulahche
Alhey Haadha ryhcheyy v v interesting mivaahaka next part avahah up kndhehchey plx waiting shooty Haadha molhey keep it up???
V nice bt maa kury whn nxt prt. Avahah up kohdhehchey plxxxc
Alhey… Shooty haadha molhey.. Maashaa allah… Kiyaa hithun hureveny ehves noon.. Vrh rythi story.. Pls next part mirey viyas up kihdhyba.. Plx plx plx.. Cant wait..
Luv u shooty..?
haadha kurey…please next part varah avahah up kohdheeba thankolhey dhigu kon
V nice. Waiting for next part
Hei mi part varah varah varah salhi ??
Nd if yuh cn plxx mireyga aneh part up koh dhyba ???
Mishel maraa nulahchey???
Alheyyy.. ..
Poor mishel… ..
Btw nice pp
Haadha salhi ey… ??? Shooty dhen vaany kihinei ta????
Keep it up dear….
Salhi. Ekm haadha kurey
Shooty mishal maraa nulhahchey plx plx
mishel numarabala plxxxxxxxx..eyrun vr foohivaane
Alhey haadha kuruhen hyveye. Ekamaku Ekujja maraanulaathi. Vaahaka hadi vaane Ekujja nethiyya
dn mishel eh numaraane dw..
Wow. … varah reethi. .. misheal ah dhera gotheh nuhadhahchey ?.
N Shooty ah bunelan beynun vanee hurihaa meehun ge faraathun positive cmnts nulibeyne ey. Emeehunah nubalaashe. Ur one of the best writer. .. love Ur story. …
V v v ryti..mishel ah gotheh nahadhaaty
Finally☺ v hiyaahithun indha a nimuny… shooty mishel maraanulahchey… vvv reethi mibaives. ..thnx shootyyy ❤ ❤ ❤
alhey haadha reechey…. can’t wait for next part
VVVV lobi mibaivas……….
pls pls pls dont kill her pls
Alhey mishel maru nuvaane dhw???
Don’t kill her. V nice can’t wait. U r best writer masha allah
haadha kuray ekamaku v.reethi
Love this story..
? hiyfalhifalhi v haadha dheraey thihen hadhaafa mishel maraanulaathi vvvvvvvv salhi mi partves
Hey loabi gandaa! Michelle maraa nulachey?????? story vrh reeeeeethi??❤️ When next part?
Wow.. VVV nice…
pls pls pls mishel akama nukurachay … if pregnent baby akama nukurathi…
Waiting………..
????
V reethi vaahakaeh
So nice and waiting for next episode. …
Whn next part..?
Wow…pls mirey next part genesdheeba
Dhen maadhama ah inthizaru kohlla ingey shaya.. And huriha kudhin.. Love you guys..
VVVVVV VVVVVVVVVV REETHI……….
PLs pls Mishel kama nukurathi…..
Wowwwww the story is awesome….shooty you are the best writer in this site…..luv u r story soooo much….plzzzzz v v v v v v avahah nxt part up kohdhehchey….cant wait to read nxt part…vrh ufaavey daily up kohdheythy…u r the best…
Shooty thanks komey dhuvahaku up kuraathee avaha next part up kodheythi
Avahah up kohdhyba… PULEEZZZ.. kehmadheyy..
Me vaahaka meray ap kodheebala puleez v reethi
Varah nice
Shooty and flowe are the best ??
Nice alhe avah up kohla dhybala pls
Wow……….
Mishel ge mom aa eethan ge mom aee dhebentha….edhemeehun vahtharu hen ves heevaa vaahaka bunefa ineema…ehen venjaa mishel and eethan vaani cousins ah dho
Yah shaai. They are cousins.. 😀
Shooty vvvvvvvvvvv reeeeeeeethi ingey hamekani mi paat mirey ekeni pls dhen konme dhuvahaku nerenikon ok pls pls kiaahithun dhen ketheh nukureveyne pls akamaku neruneema kieyleveyneevesdhow. Pis pis kehtherikan kolhun lyfi mivaahaka ehkonavahah nuninmaathi ingey vvvvv teethi.⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
Cousins ah merry kureveynetha….kaiveni sahkha vaanebaa
Yah sahha vaane 😀
yageennves cousin ah merry sahkhvaane ehkirumain nuvayaam mivaahakaa gy nubune dhow eethan mom mishel ah gaathun dhinvaahaka eh noonee dhaain mom yool ah dhin vaahaka eh.
Mishel preg vaani kahnyge..and mishel maru nuve bbe ah kahnyge kameh verni
LOVE THIS STORY;-) UR THE BEST
When next part upkohdheny
Heevany hindhi drama eh balaa hn.. Vrh talented .. Yh r da best. Waiting for nxt part.
Heevany hindhi drama eh balaa hn.. Vrh talented .. Waiting for nxt part.