“ނޫނޭ. އަސްލު މަށަށް ހެވުނީ އަޔާ އަދިވެސް އެއްބަސްނުވާތީ.” ޝިފާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮންކަމަކާތަ މަ އެއްބަސްނުވެގެން ތިއުޅެނީ؟” އަޔާޒް ރުންކުރު ގޮތަކަށް އަހާލިއެވެ. “އޭނަދެކެ ހޫމްހޫމް ވާކަމަށް.” “އަޅެ ކަލެއަށް ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭތަ؟ ދާންއުޅޭ މިތަނުން. މަ ބޭނުމީ އެކަނިވެލަން.” އަޔާޒް ހަޅޭއްލަވައިގަތެވެ. “އޯކޭ އޯކޭ. މަމިދަނީ. ފަހުން އަންނާނަން އިނގޭ ތިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތްކޮށްލާފަ. އެހެން ކުއްޖަކު ހޯދައިގެން.” ޝިފާން ދޮރު ލައްޕަމުން ބުނެލި ޖުމްލައިން އަޔާޒްގެ ލޭ ކެކިގަތެވެ. “ނާންނާތި!” އަޔާޒް އެނދުން ބާލީހެއް ނަގާ ދޮރާއި ދިމާއަށް ހޫރާލިއެވެ.
އަޔާޒް ޝިފާންއާއި ދިމާއަށް އެތިވަރު ގޮވައިގަތެވެ. “މިޝިފާން މީ ކިހިނެއްވެގެން އުޅޭ ފިރިހެނެއްތަ؟ މަ މިއުޅެނީ ފަހެ އިންނާނެ މީހަކު ނުވެގެންތަ؟ އަދި އެ ރިޔާޝާ ނޫން މީހަކާވެސް އަޅުވާ ކިޔާކަށް ނޭނގުނޭ. ހުރެބަލަ ނިކަން. ދެން އަންނަ އިރަކުން ހޭއަރުވާލާނަން.” އަޔާޒް ފުން ނޭވައެއްލަމުން ދެލޯ މަރާލިއެވެ. އެއަށްވުރެ އަވަހަށް އޭނާ ލޯ ހުޅުވިއެވެ. ލޯ މަރާލިއިރަށް ރިޔާޝާ ފެނުމުން އޭނާއަށް ހައިރާންކަމާއެކު އެނަން ކިޔާލެވުނެވެ.
އެރޭގެ ފަހުންވެސް އަޔާޒް ރިޔާޝާއަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ބައެއްފަހަރު ފޯނު ނެގިނަމަވެސް ރިޔާޝާއާއި ދިމާވާގޮތެއްނުވެއެވެ. ރިޔާޝާ އަދިވެސް އުޅެނީ އެގޭގައޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް ކުރިން ދުވަހަކު އޭނާ އެގެއަށް ގުޅައިގެން އުޅެނިކޮށް އޭނާއަށް ރިޔާޝާގެ އަޑު އިވުނުހެން ހީވިއެވެ. އޭނާ އެގެއަށް ގުޅުން ހުއްޓާނުލި ސަބަބަކީވެސް އެއީއެވެ.
އަޔާޒް ރިޔާޝާގެ ގެއަށް ގުޅީ މެންދުރު ކައިގެން ގެއަށް އައިސްފައެވެ. އަޔާޒްގެ ނަސީބުވެސް ރަނގަޅީތާއެވެ. ފޯނު ނެގީ ސީދާ ރިޔާޝާއެވެ. ފޯނު ނެގީ ކާކުކަން ޔަޤީންކޮށްލުމަށްޓަކައި އަޔާޒް ވާހަކަނުދައްކާ މަޑުކޮށްލިއެވެ. ގުޅީ އޭނާކަން އެނގިއްޖެނަމަ، ރިޔާޝާ އެގޭގައި އުޅޭ އެހެން މީހަކާ ފޯނު ހަވާލުކުރާނެކަން އަޔާޒަށް އެނގޭތީއެވެ.
“ރިޔާޝާ! ޕްލީޒް. އަޅެ އިހަށް ފޯނު ނުބާއްވައްޗޭ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވެގެން.” އަޔާޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ކީއްކުރަން؟ އަދިވެސް އަޔާޒް ހިތްހަމަޖެހޭވަރު ނުވަނީތަ؟ އަޔާޒް ބޭނުންވެގެން ތިއުޅޭ ކަމެއް ނިކަން ސާފުކޮށް ބުނެދީބަލަ. ކީއްވެތަ ބުނަން ނުކެރިގެން ތިއުޅެނީ؟ އަހަރެން ނިކަމެތި އަންހެނަކަށްވީމަ ހީނުކުރައްޗޭ ބޭނުންހާ ގޮތެއް ހެދިދާނެޔޭ.” އަޔާޒް ބުނާ އެއްޗެއް އަޑުއެހުމެއްނެތި ރިޔާޝާ ފޯނު ބޭއްވިއެވެ. ފޯނު ބާއްވާފައި ދާން ހިނގައިގަތްތަނާ އަނެއްކާވެސް ގުޅިއެވެ.
“މީ ދެން ކިހާ ދެރަ ކަމެއްތަ؟ އަހަރެންގެ އިހުބަހާ ފަހުބަސް މީ. އަޔާޒް އަހަރެންނާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. އަޑު އިވިއްޖެތަ؟ މީގެ ފަހުން މިގެއަށް ނުގުޅާތި! އާންމު އުނދަގޫ ކުރަންޏާ ރިޕޯޓުކުރަން ޖެހިދާނެ!”ރިޔާޝާ އެހެން ބުނުމަށްފަހު ފޯނު ބޭއްވިތަނާ އަތްތިލަބަޑި ޖަހަންފެށި އަޑަށް ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ އަވަށްޓެރިއެއްކަމަށްވާ ޢައިޝާ ވަދެގެން އަންނަނީއެވެ.
“ސާބަހޭ. މަ ނަމަވެސް ހަދާނީ ހަމަ ތިހެން. ކުރިންވެސް ތިހެން ހެދިނަމަ މަށަކަށް އެހުރިހާ ދޮގުތަކެއް ހަދާކަށް ނުޖެހުނީހެއްނު.” ޢައިޝާ ބުނެލިއެވެ. ޢައިޝާއަކީ ރިޔާޝާގެ މާގާތް އެކުވެރިއެކެވެ. މީގެ ކުރިން އަޔާޒް އެގެއަށް ގުޅި ދުވަސްތަކުގައި ރިޔާޝާގެ އެދުމުގެ މަތިން ވާހަކަދެއްކީ ޢައިޝާއެވެ.
“މަ ކުރިންވެސް އޭނައާއި ދިމާއަށް ހާދަ އެއްޗިއްސެއް ކީމޭ. އަދި އެވެސް މަގުމަތިން. ހަފްތާއެއް ވަންދެން ވަރަށް އަމާން. މިހާރު އަނެއްކާވެސް އެފެށީ. ފޮނި ބޮޑުވެގެން އުޅުނަސް އެއީ ދެން ބޮޑުވަރެއްނު ދޯ.” ރިޔާޝާ ފޫހިވެފައި އިނދެ ބުނެލިއެވެ. “ވެދާނެއެއްނު އޭނަ ރިޔާއަށް ހިތްކީ ކަމަށް.” ޢައިޝާ ދިމާކޮށްލިއެވެ.
“އައްޗީޑި. މަ އޭނަޔާ؟ ނެވަރ. އިންނާނެ މީހަކު ނުވިޔަސް މަށެއް އޭނައަކާ ނީންނާނަން. އޭނަ ހުރޭ ބޮޑާކަންމަތީ މީހުންނަށް ފޮނި ދައްކަން.” ރިޔާޝާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. “ތިހެން ނުބުނޭ. ކިހިނެއް ކަންތައްވާނެ ގޮތް އިނގޭނީ؟” ޢައިޝާ ބެލީ ރިޔާޝާއަށް ވިސްނައިދެވޭތޯއެވެ. “ދެން ހެވޭ. މަގުމަތީ ސަލާންޖަހަން ޖެހުނަސް އެ ބޮޑާ ފިރިހެނާއަކާ މަށެއް ނީންނާނަން.” ރިޔާޝާ ބުނެލިއެވެ.
“ހޫން. މީ ދެން ކޮން ވާހަކައެއް؟ އޭނަގެ ވާހަކަ ދައްކަންވެއްޖެއްޔާ ދައްކާ ކޮޅަކުން ނުލާނެ. ދެންވެސް ހިނގާބަލަ އަވަހަށް ތި ދާންއުޅޭ ފިހާރައަކަށް ދެވޭތޯ އުޅެން. މިހާރު އެހެރަ 3 ޖަހަނީ. މިހެން ވާހަކައިގައި ތިއްބާ ކަންނޭނގެ ޢަޞްރަށް ބަންޤި ގޮވާނީ.” ރިޔާޝާ ބުނެލިއެވެ. އަދި ދެމީހުން އެކުގައި ފިހާރައަށް ދާން ނުކުތެވެ.
އެދުވަހުގެ ފަހުން އަޔާޒް ރިޔާޝާއަކަށް ނުގުޅައެވެ. އޭނާގެ ސަބަބުން ރިޔާޝާއަށް އިތުރު އުނދަގުލެއްވާން އޭނާ ނޭދޭތީއެވެ. އޭނާއަށް މިލިބުނީ ހާދަ ބޮޑު ނާކާމިޔާބީއެކޭ ހިތަށް އެރިއެވެ. އޭނާ ރިޔާޝާއަށް ގުޅީ އުނދަގޫކުރާކަށް ނޫނެވެ. ނަމަވެސް ރިޔާޝާ އެވާހަކަ އަޑު ނޭހީއެވެ. ކަންތައްވެފައި އޮތްގޮތުން ވާނީ އެހެންކަންވެސް އަޔާޒަށް ވިސްނެއެވެ. ހުރިހާ ކަމެއްވެސް މި ދިމާވީ އޭނާގެ ސަބަބުންކަން އޭނާ ޤަބޫލުކުރެއެވެ.
ކުރިންރޭ އަޔާޒްގެ ގެއިން ދިޔަފަހުން ޝިފާންއެއް އެގެއަކަށް ނާދެއެވެ. ގެއަށް ނައިތާނގައި ގުޅާވެސްނުލިއެވެ. ކޮންމެވެސް މީހަކާއި ދިމާކޮށް ރުޅިއަރުވާލުމަކީ ޝިފާންގެ މިޒާޖެވެ. އެކަން އެނގިހުރެ އަޔާޒް މާގަދައަށް ރުޅިއައުމުން ޝިފާން ނައީކަމުގައި އޭނާ ނިންމިއެވެ. ނަމަވެސް އޭނާވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ޝިފާނަށް ގުޅަން އުޅެފައިވެސް އެޚިޔާލު ދޫކޮށްލިއެވެ. އެހެނަސް އޭނާއަށް އެގޮތުގައި ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކުއެވެ. އޭނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނީ އެވާހަކަ ކޮންމެވެސް މީހަކާއި ހިއްސާކޮށްލެވިގެންނެވެ. އެހެންކަމުން އޭނާ ޝިފާނަށް ގުޅިއެވެ.
“ހަލޯ! އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަރެންނަކަށް ނުގުޅާނެކަމަށް.” އަޔާޒަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް ޝިފާން ފެށިއެވެ. އޭނާ އެހުރީ އަދިވެސް ހިތްހަމަނުޖެހިފައިކަން އޭނާގެ ރާގު ހުރިގޮތުން އެނގެއެވެ. “އެކީއްވެ؟ އަހަރެން މިހާ ހާލުގައި އުޅޭއިރުވެސް ޝިފާން މިގެއަށް އައިސްނުލި. ކުޑަމިނުން ގުޅާލާފަ ހާލުވެސް ބަލާނުލި. ޝިފާނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ޝިފާންގެ އެހީ ބޭނުންވާނެވަރު. ތީ ހަމައެކަނި އަހަރެންގެ ބެސްޓް ފްރެންޑެއްނޫން. ތީ އަހަރެންގެ ބޭބެއެއް ކަހަލަ މީހެއް.” އަޔާޒް އޭނާގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ. ޙަޤީޤަތުގައިވެސް އަޔާޒް ހުރީ ވަރަށް ދެރަވެފައެވެ.
“އަހަރެން ބޭނުންވި ދާން. އެކަމަކު ހިތަށްއެރީ އަޔާއަކަށް އަހަރެންގެ އެހީ ބޭނުމެއްނުވާނެއޭ.” ޝިފާން ބުނެލިއެވެ. “އެކީއްވެ؟” ބޭބެއެއް ގޮތަށް ދެކެމުންއައި އޭނާގެ އެންމެ ގާތް އެކުވެރިޔާ، އޭނާ އެހާ ދުރުކޮށްލީތީ އަޔާޒް ވަރަށް ދެރަވިއެވެ. “އެހެންވެގެންތާ އަހަރެން ކައިރީ ނާންނާށޭ ބުނީ.” ވީގޮތް އަޔާޒަށް ރޭކާލީ އަދި ކިރިޔާއެވެ.
“ދެން އާދޭ!” އަޔާޒް ނުރުހިފައި ބުނެލިއެވެ. “ތިހާ ރުޅިއައިސްފަ ބުނީމަ ނުދާނަން.” ޝިފާން ކުޑަކުއްޖެއްހެން ބޮޑާ ހާކާލުމުން އަޔާޒް ގާތަށް ކުޑަކޮށް ހިނިވެސްއައެވެ. “ދެން އާދެބަލަ.” އަޔާޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ހެހެހެ. 15 ވަރަކަށް މިނެޓުތެރޭ މި ގާތްކުރަނީ.” ފޯނު ބާއްވާފައި ޝިފާން ދެފަރާތަށް ބޯހޫރާލިއެވެ. “ކޮބާ؟ މިފަހަރު ގޮތްދޫނުކޮށެއް ނުހުރެވުނެއްނު.” ޝިފާން ހިތާހިތާ ކިޔާލިއެވެ.
ޝިފާން އައިސް ދޮރުގައި ޓަކި ޖަހާލުމުން އަޔާޒް ދޮރު ހުޅުވިއެވެ. “ޕިސްޕިސްޕިސް. ނޫނޭ ވާ ރަނގަޅު!” ތަރުތީބު ގެއްލިފައިވާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ޝިފާން ބުނެލިއެވެ. “ތީ ދެން މާރަނގަޅު މީހެއްތަ؟” އަޔާޒް ރުންކުރު ގޮތަކަށް އެހެން ބުނެލުމުން އަޔާޒް އަދިވެސް އެހުރީ ހިތްހަމަނުޖެހިފައިކަން ޝިފާނަށް އެނގުނެވެ.
“މަ ނުބައިވެގެން ކީއްތަ ކުރީ؟” “ހަމަ މަ އެހެން ބުނެގެން ޖެހޭތަ ނައިސް ހުންނަން؟” އަޔާޒް ހިތްހަމަނުޖެހިފައި ހުރިވަރުން އެހެން ބުނެވުނީވެސް އާދައިގެ ވަރަށްވުރެ ބާރަށެވެ. “އާނ. ދެން ގޭގެ ވެރިންގެ ހުއްދަ ނެތީސް ނުވާނެތާ އެގެއަކަށް ވަންނާކަށް.” ޝިފާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “އަލަށް ބުނި އެއްޗެއް ނޫންދޯ އެއީ؟ އެހެންނޫނަސް އެއީ ސީރިއަސްކޮށް ބުނާ އެއޗެއް ނޫންކަންވެސް ޝިފާނއަށް އެނގޭނެ. ގައިމު އެހެން ފަހަރުތަކުގައި ތިހެން ނައިހެއް ނުހުރޭ. ދެން ކީއްވެ މިފަހަރު؟ ޝިފާން ހަމަ އަހަރެން ދުރުކޮށްލީ.” އަޔާޒް ދެރަވެލާފައި ބުންޏެވެ.
“އޭރާއި މިހާރު ވަރަށް ތަފާތެއްނު.” ޝިފާން މާނަވީ ގޮތަކަށް ބުނެލިއެވެ. “މިހާރު ވަކި ކޮން ތަފާތެއްހުރީ؟” އަޔާޒް ހައިރާންވެފައި އަހާލިއެވެ. “ވިސްނަބަލަ. އަޔާވެސް ކިހާ ތަފާތު. މިހާރު ކުރީގައިހެން ކުޅެންގޮސް މަޖާކޮށެއްވެސް ނޫޅެމެއްނު. އޭރު އަބަދު ތިހެން ގޭގައެއްވެސް ނޯންނަމެއްނު.” ޝިފާން އެބުނި ވާހަކައާއި ދޭތެރޭ އަޔާޒް ވިސްނާލިއެވެ. ތެދެކެވެ. އޭނާގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގައި އޭނާވެސް ޤަބޫލުކުރިއެވެ.
“އޭތް. ކިހިނެއްވެފަ ތި ހުންނަނީ؟” ވިސްނުމަކަށް ގެއްލިފައި ހުއްޓާ ޝިފާން އަޔާޒްގެ ކޮނޑުގައި ޖަހާލުމުން ސިހުނެވެ. “ކީކޭ؟” “މަބުނީ ކިހިނެއްވެފަހޭ ތިހުރީ؟” ޝިފާން ބުނެލިއެވެ. “ކަމެއްނުވޭ.” އަޔާޒް ގޮސް އެނދުގައި އޮށޯވެލިއެވެ. “އޭތް. އެބައޮތް ވަރަށް އުފާވެރި ޚަބަރެއް. ރިޔާޝާ އެބައިން އާޓިފިޝަލް ބީޗްގައި.” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ޝިފާން ބުނެލިއެވެ. އަޔާޒް ކުއްލިއަކަށް ތެދުވިއެވެ. “ކިހިނެއް ޝިފާނަށް އެނގުނީ؟” އަޔާޒް ހައިރާންވެފައި އަހާލިއެވެ. “ބަލަ މަމިއައީ އެތަނުންނޭ.” ޝިފާން އެހެން ބުނެލުމުން އަޔާޒްގެ މޫނުގެ ކުލަ ފަނޑުވިއެވެ.
“ހަމަ ރިޔާޝާއާ ދިމާ ނުވެގެންތަ ތިހުރިހާ ގޮތެއް ތިވަނީ؟” ޝިފާން އަހާލި ގޮތުން އަޔާޒް ބަލާލިއެވެ. “އާނ. އޭނަ ކައިރިން މާފަށް ނޭދެވެނީސް މަށަކަށް ހަމަޖެހުމެއް ނުލިބޭނެ. މީހަކަށް ދެރައެއް ދެވުނުކަން އިހުސާސްކުރެވުމަކީ ކިހާ ހިތް ނުތަނަވަސްވާ ކަމެއްކަން ޝިފާނަށް ތިއުޅެނީ އަދި ނުވިސްނިގެން.” އަޔާޒް ވަރަށް ސީރިއަސްކަމާއެކު ބުނެލިއެވެ.
“ނޫނޭ. އެހެނެއްނޫން. ރުޅި ނާންނައްޗޭ. މީ އަހަރެން ވަރަށް ސީރިއަސްކޮށް ބުނާ ވާހަކައެއް. އަހަރެންނަށް ހީވަނީ އަޔާއަށް ތިހެން ތިވަނީ ހަމައެކަނި އޭނަ ކައިރިން މާފަށް ނޭދެވިގެނެއް ނޫންހެން.” ޝިފާން ބުނެލިއެވެ. “ދެރަ ކަމެއްނުދޯ. ތިނޫން އެއްޗެއް ކިޔާބަލަ. ބަލަ ޝިފާންވެސް އުޅުނިންދޯ އޭނަގެ ޚަބަރެއް ނުވެގެން. ދެން އެއަށް ކިޔަންވީ ލޯބި؟ ތިހެންވިއްޔާ މަށަށްވެސް ބުނެވިދާނެ ދޯ ޝިފާން އޭނަދެކެ ލޯބިވަނީއޭ.” އަޔާޒް ހިތްހަމަނުޖެހިފައި ބުންޏެވެ.
“އެހެންދޯ ވާނީ އަހަރެން އޭނަދެކެ ލޯބިވަންޏާ.” ޝިފާން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އަޔާޒް ހައިރާންވެފައި ޝިފާނަށް ބަލާލިއެވެ. އަޔާޒްމެން ރިޔާޝާއާއި ދިމާއަށް އުނދަގޫކޮށް ހަދާ ކޮންމެ ފަހަރަކު ޝިފާން ރިޔާޝާގެ ދިފާއުގައި ވާހަކަދައްކާ ހަދައެވެ. އެހެންކަމުން އޭނާއަށް އަބަދުވެސް އެދެމީހުންގެ ގުޅުމެއް އޮންނަ ކަމަށް ޝައްކުވެއެވެ. އޭނާއަށް އެދެމީހުންގެ ގުޅުމާ ދޭތެރޭ ޝައްކުވީ ނަމަވެސް މިހާ ފާޅުކަންބޮޑު ގޮތެއްގައި ޝިފާން އެއްބަސްވާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. “އާނ. އަހަރެން ނޫޅެން ކޮންމެހެން އެއްބަސްނުވާކަށް. އަހަރެން ރިޔާޝާދެކެ ވަރަށް ލޯބިވޭ.”
(ނުނިމޭ)
3438 Comments
Comments are closed.
Aishoo
October 16, 2016 at 10:18 amReethi ????
Saandy
October 16, 2016 at 12:04 pmޝުކުރިއްޔާ
aik
October 16, 2016 at 10:37 amNice..?
Saandy
October 16, 2016 at 12:05 pmޝުކުރިއްޔާ
shaadhow
October 16, 2016 at 10:44 amthi hindhi kon filmeh kan bunevidhaanetha vaahaka dhaaleh reethi kamun film balan varh beynun vehje pls
Saandy
October 16, 2016 at 12:05 pmޝުކުރިއްޔާ! ވާހަކަ ނިމުނީމަ ބުނެލާނަން ފިލްމުގެ ނަން
liyaa
October 16, 2016 at 11:05 amnice
Saandy
October 16, 2016 at 12:06 pmޝުކުރިއްޔާ
Appy
October 16, 2016 at 11:13 amWhat shifan love’s riyasha …
Saandy
October 16, 2016 at 12:08 pmޝުކުރިއްޔާ ވާހަކަ ކިޔާލީމަ
raahil
October 16, 2016 at 11:22 amPis pis hama meehaku vaahakaeh liyaairah bunaane knmes film ehge copy ekey…..bala film vx kulhenee vaahaka liyumah fahugaey..pls vaahaka ige kuri numarabala
Saandy
October 16, 2016 at 12:09 pmޝުކުރިއްޔާ
Reethi
October 16, 2016 at 11:56 amDheevana vaahakai ge thanthan kolhu kiyey hen mivaahaka keema heevanee e vahakaige shifan n naveen he dialogu v .ehgoh anyway rethi
Saandy
October 16, 2016 at 12:09 pmޝުކުރިއްޔާ
nayha
October 16, 2016 at 12:09 pmBeautiful story. I love this story. Plx next part up soon ……………………. l am waiting for next part ????????
Saandy
October 16, 2016 at 12:10 pmޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 4ވަނަ ބައި ގެނެސްދޭނަން
vishaa
October 16, 2016 at 2:12 pmވަރަށް ރީތި
Saandy
October 16, 2016 at 7:51 pmޝުކުރިއްޔާ
metal 01
October 16, 2016 at 2:17 pmReethi vaanehen heevany
Keep it up
Saandy
October 16, 2016 at 7:51 pmޝުކުރިއްޔާ
NAIN
October 16, 2016 at 3:16 pmvarah reethi mi.partves.vaahaka kuriyah dhaa goives vvv reethi.mi story up kollaafa angaala dhee fiyyaa varah ufaavaane..noonee up kollaa dhuvasthah bubela dhiniyyaa rangalhu..varah interest story. keep it up.
Saandy
October 16, 2016 at 7:52 pmޝުކުރިއްޔާ! ކަމެއް ދިމާނުވަންޏާ ކޮންމެ ދުވަހަކު އަޕްކޮށްދޭނަން… އިންޝާ ﷲ
riyassha
October 16, 2016 at 5:19 pmethoofanee rey ge dialogues tha meega riyasha beynun kohfa mi hury…
gabool nukuran ya kudhin kudhin alhe balaalaba..
Saandy
October 16, 2016 at 7:52 pmޝުކުރިއްޔާ ވާހަކަ ކިޔާލީތީ
Samoo
October 16, 2016 at 11:58 pmDhen aneh partves avas kodhecehy
Mi partves vvv reethi….
Saandu..
Saandy
October 17, 2016 at 9:56 amޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު 4ވަނަ ބައި އަޕްކޮށްލާނަން
riyaashaa
October 17, 2016 at 12:44 amVarahreethi shukuriyaa
Saandy
October 17, 2016 at 9:56 amޝުކުރިއްޔާ
Ree
October 17, 2016 at 3:25 amOh..mi story v nice ey hama..huttaanula kuriah gendhaache..
Saandy
October 17, 2016 at 9:59 amޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިވާހަކަ ނިމެންދެން ގެނެސްދޭނަން
anu
October 17, 2016 at 7:54 amV Reethi.
Saandy
October 17, 2016 at 10:03 amޝުކުރިއްޔާ
Depika
October 17, 2016 at 9:09 amV reethi thankolheh kuru mi part
Saandy
October 17, 2016 at 10:04 amޝުކުރިއްޔާ! ކުރުތަ؟ އެހެންވިއްޔާ 4ވަނަ ބައި ތަންކޮޅެއް ދިގުކޮށްލެވޭތޯ ބަލާނަން
no one care
October 17, 2016 at 9:26 amreeethi hama mi part vx
Saandy
October 17, 2016 at 10:04 amޝުކުރިއްޔާ
saamee
October 24, 2016 at 12:04 amNice story saandy
Saandy
October 24, 2016 at 8:15 amޝުކުރިއްޔާ