ރޭގަނޑު އަށެއް ޖެހި އިރު ނައިޝާ ހުރީ ރާޅުގަނޑު ސަރަހައްދުގައެވެ.ސައިފްގެ އިންތިޒާރުގައި ފަސްވަރަކަށް މިނެޓް ވީފަހުން ނޫކުލައިގެ ވޭވް 125އެއްގައި، ސައިފް އައިސް މަޑުކޮށްލި އެވެ.”ވަރަށް އިރުވެއްޖެތަ އިންތިޒާރުގަ ހުންނަތާ؟” ސައިކަލުން ފައިބަމުން ސައިފް އަހާލިއެވެ. ” ނޫނޭ.. ފަސްވަރަކަށް މިނެޓް ކަންނެ ވާނީ” ނައިޝާ ސައިފަށް ބުންޏެވެ. ” ސޮރީ ކުޑަކަމެއް ދިމާވީމަ ލަސްވީ” ސައިކަލުން ފައިބައިގެން އައިސް، ތޮށިގަނޑުމަތީ އިށީނަމުން ސައިފް ބުންޏެވެ. ތޮށިގަނޑު މަތީ ތިބެ ދެމީހުންވެސް އެކަކު އަނެކަކުގެ ވަނަވަރު ކިޔައިދީ، […]
ރެ އި ން ފެށިގެން އަދި ވާރޭ ނުހުއްޓައެ ވެ. ރިޝްމީ އޭ ނާގެ ހިންމިއަ ކަށް ހުޅުވާފަ އި ހުރި ދެ ލޮލުން ކުޑަދޮރުން ބޭރު ބަލާލި އެވެ.އެ އާ އެ ކު އޭ ނައައް ހީވީ އޭ ނަގެ މުޅި ހަށިގަނޑުގަ އި ކަރަންޓު ޖެ އްސިހެންނެވެ.އެ އާ އެ ކު އޭނަމާޒީގެ ތެރެޔަ އް ގެބިގެން ދިޔަ އެވެ. ……………………… ރިޝްމީ އޭނާއައް ކޮފީއެއް ހަދާލާގެން ބެލްކަނިއައް ނުކުތެވެ. އެއާއެކު އޭނާގެ ގާގާ […]
ކިޔުންތެރިންގެ ސަމާލުކަމަށް: !މިވާހަކައަކީ ތަފާތު ކުށްތަކުގެ ވާހަކަ ދެކެވި، އެކަންކަން ހިމެނިގެންދާނެ ވާހަކައެއްކަމުން، މިވާހަކައިގެ މިހިސާބުން 16އަހަރުން ދަށުގެ ކުދިންނާ ނުގުނޭ ކަންކަން ހުރެދާނެ ވާހަކައެއްކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނަމެވެ! ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް: މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ […]
ފޯނު ބޭއްވުމާ އެކު ނައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.ކަައިވެނި ކުރާކަށް ނައިޝާގެ ހިތަކު ދެނެއް ނެތެވެ.ފަސް އަހަރު ކުރިން ފިރިހެނުންނާއި ދޭތެރޭ އުފެދުނު ފޫހިކަން އަދިވެސް ނައިޝާ ގެ ތާޒާކަން މަތީގައި އެބަހުއްޓެވެ. ނައިޝާ އުޅެނީ ކޮސްމެޓިކްސް އާއި އަންނައުނާއި އެއްޗެހި ވިއްކާ ވަރަށް ހިނގާ ފިހާރައެއްގައެވެ. ފިހާރައިގެ ވިޔަފާރި ރަނގަޅު ކަމުން އޮންލައިން ކޮށް ވެސް އެ ފިހާރައިން ވިޔަފާރި ކުރާ މީހުން ގިނައެވެ.ނަައިޝާގެ ވަޒީފާ އަކީ އޮންލައިން ވިޔަފާރި ކުރާ ރަޝީދުތައް ބެލެހެއްޓުމާ،އޮންލައިންކޮށް ކަސްޓަމަރުންނަށް […]
އެހެން އިނދެ މަޑުމަޑުން ހަޔާތު ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ކިޔާއެއްޗެއް އެކަކަށްވެސް ސާފެއް ނުވިއެވެ. އެހެންކަމުން ދެމީހުންނަށް އެއްފަހަރާ ކީކޭހޭ އަހައިލެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ވާހަކަ ދައްކާކަށް ހަޔާތު ގަސްތެއް ނުކުރިއެވެ. ދިއްކޮށްލީ އޭނާގެ ފޯނެވެ. ފޯނުގައި އިން މެސެޖް ޒަންމަތުއާއި ނަވާޒްއަށް ދެއްކުމަށެވެ. އެއާއިއެކު އަނެއްކާވެސް އޭނާއަށް ރޯން ފެށުނެވެ. އެ ހިތް މިއަދު ފުނޑު ފުނޑުވެގެން ގޮސްފިއެވެ. އެތައް ހާސް ހަންޖަރުތަކަކުން އެހިތް ޒަހަމްކޮށްލާފިއެވެ. ފެންކަޅިވެފައިވި ދެލޮލުން ޒަންމަތު ހަޔާތުއަށް ބަލައިލެވުނެވެ. އުނގުގައި […]
ނޯޓު: މިއީ އެއްވެސް ހާލަތެއްގައި ހިނގާފައިވާ ނުވަތަ ހިނގާފާނެ ކަމަށް ލިޔެފައިނުވާ، އަސްލެއް ނެތް ޚިޔާލީ ވާހަކައެކެވެ. ނައިޝާއަށް ހޭލެވުނީ ފޯނުން އެލާމް ރިންގުވި އަޑަށެވެ.ކަންނެތް ގޮތަކަށް ފުރޮޅެލުމަށްފަހު، އެނދު ކައިރި ހުރި ކުޑަ ކަބަޑުމަތީ އޮތް އަައިފޯން ނަގާ ރިންގުއޮފް ކޮށްލިއެވެ.ނިދީގެ އަސަރު ނުފިލާ ހާލު، އެއްލޯ ހުޅުވައިގެން ހުރެ ފޯނުގެ ސްކްރީނަށް ނައިޝާ ބަލައިލި އެވެ.އޭރު ގަނޑިން ފަތިހު 4.45 ހިނގާ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ނައިޝާ ގައިމަތީ އަޅާފައި އޮތް […]
ނައުފް އަށް ވުރެ ކުރިން ނައުފާ އާއި ރައުލާ އަދި ރައުފާ ގޮސް ކިޔާރާ ފެނުން މައްޗަށް ނެގިއެވެ.ނަމަވެސް އޮއިވަރު ބޭރަށް ހުރުމުން އެމީހުނަކަށް ކިޔާރާ އެއްގަމައް ގެންދެވޭ ވަރެށް ނުވިއެވެ.އެހެންކަމުން ނައުފް އަންނަންދެން އެމީހުން ތިބިތާ ކިޔާރާ ގޮވައިގެން މަޑުކުރީ އެވެ. އުޝާ ހުރީ އޭނަގެ ޕްލޭން ހަރާބު ވެދާނެތީ ވަރަށް ބިރުންނެވެ.ނަމަވެސް ކިޔާރާއަށް އޭނާ ނުފެންނާނެކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ. ނައުފް އައިސް ކިޔާރާ އޭނާގެ ކޮނޑަށް ލައިގެން އެއްގަމައް ދިޔައެވެ.އަދި […]
ރަތްވިލާ އޮއްސި އަނދިރިވާތަން ބަލަން އަހަރެން ބްރިޖް ވިއުގައި ހުރީ އެއްވެސް ފޫހިކަމެއްނެތިއެވެ. އުޑުމަތީގައިވާ ވިލާކޮޅުތައް ފަވާލެވިފައިވާ އިރުގެ ރަތް ދޯދި ތަކުގެ ރީތިކަން ބަލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ އަހަރެން މި އިންނަނީ ޖޫގޯ އެއް ބޯލަ ބޯލާ މިތާ އުޅޭ ޖޯޑުތަކުގެ ކުޅިވަރު ބަލާށެވެ. ބަޔެއްފަހަރު ލަދުން މޫނުމަތީ އަތް އަޅާވަރުވެސް ވެއެވެ. މިހެން އެތައް އިރެއް ވަންދެން އިނދެފައި އަހަރެން ހިނގައިގަތީ އާރޓިފިޝަލް ބީޗާ ދިމާއަށެވެ. އާދައިގެ މަތިން ހުއްދަ ލިބިފައިވާ ދުއްވާއެއްޗެއް ނޫނީ […]
ކޮންމެ ދުވަހެކޭ އެއްފަދައިން ރީހާން އިޝްހާ އޮފީހަށް ލުމަށްފަހު އޭނާ ވެސް އޮފީހަށް ދާން މިސްރާބުޖެހިއެވެ. ކައިވެންޏާ ގުޅިގެން އީމާ އޮފީހުން ޗުއްޓީއެއް ނަގާފައިވާތީ އާދަޔާ ހިލާފަށް އިޝްހާ ފޫހިވިއެވެ. ބްރޭކް ގަނޑީގައި ވެސް އޮފީހުގެ ކެންޓީނުން ކާލުމަށް ފަހު މަސައްކަތް ކުރަން އިޝްހާ ފެއްޓީ ރީހާން ކުރި މެސެޖް އަށް ރިޕްލައި ދެމުންނެވެ. ގެއަށް ދާން ކައިރިވެފައި ވަނިކޮށް ފޯނުން އަޑެއްކިޔާލުމާއެކު އިޝްހާ އޭނާގެ ފޯނުހުޅުވާލީ ރީހާން ގެ މެސެޖް އެތްކަމަށް ހީކޮށެވެ. ނަމަވެސް އައިސްފައިވަނީ […]