Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ-7

aminath shiyaa Level 110 Stories
February 5, 2018 4 Mins Read
11 Comments

“އޯކޭ ޓެންކިޔޫ” މިހެން ބުނުމައްފަހު ކުރަމުން ދިޔަ މަސައްކަތައިގެން ޔާން މަސްއޫލުވިއެވެ. އިތުރު ވާހަކައެއް ޔާން ނުދެއްކުމުން ނިޝާއައް އިތުރަށް މަޑު ކުރާކަށް ނުކެރުނެވެ.

ޑިޕާޓްމެންޓް ހެޑް މުޙައްމަދު އަރީފް ހުރިހާ ޑޮކްޓަރުންގެ ސަމާލުކަމައްޓަކާ މާލެއިން ޓްރެއިނިންގް ޕްރޮގްރާމް ތަކެއް ހިންގުމައްޓަކާ ޑޮކްޓަރުންގެ ޓީމްއެއް އަންނަ ވާހަކަ ބުންޏެވެ. އަދި ޓީމް އައުމައް ހަމަޖެހިފައި ވަނީ ފެށޭހަފްތާގެ އާދިއްތަ ދުވަސްކަމުން ޓީމްގައި ހިމެނޭ ބައިވެރިންނައް މަސައްކަތުގެ މާހައުލުން ވީހާވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށް ދިނުމައް ބުންޏެވެ.

ޔާން މީޓިން ނިންމާލުމައްފަހު އިތުރު ޕޭޝަންޓެއް ބަލަން ނެތުމުން ޖީބުން ފޯނުނަގާ ޒިދް އައް ގުޅާލިއެވެ.

“ހަލޯ ޒިދް ބިޒީ ގަޑިއެއްތަ؟” ޒިދާން ފޯނުނެގުމާ އެކު ޔާން ބުނެލިއެވެ.

“ނޫނޭ ހަމަ ދެންމެ ފުރީވެލީމި، ކިހިނެއްވީ ތިހެންތިއެހީ؟ ޒިދާންވެސް ކޮށްލީ ސުވާލެކެވެ.

“ކަމެއްވީކީ ނޫނޭ، ފުރީވެއްޖެއްޔާ އާދެބަ ހޮސްޕިޓަލްއާ ޖެހިގެން މީނަ މޫންކައި ކެފޭއަށް ކޮފީއެއް ބޯލަން، ބުނީމެއްނު ވާހަކައެއް ކިޔާދެންވެފަ އެބައޮތޭ އެހެންވެ” ހޮސްޕިޓަލް ތެރޭ އިންދާފައި ހުރި ހުދު ފިނިފެންމާ ގަހުން ފިނިފެންމަލެއްގައި ވަސްބަލަމުން ޔާން ވާހަކަ ދެއްކިއެވެ.

“އޯކޭ ބަޑީ މި ނައްޓާލީ ، ޖަސްޓް ފައިވް މިނެޓްސް” ޒިދާން އޮފީހުން ބޭރައްނުކުމެ ޕާކިން ޒޯންގައި ޕާކްކޮށްފައި ހުރި ސައިކަލް ސްޓާޓް ކޮށްލުމައްފަހު ހޮސްޕިޓަލްއާވީ ދިމާލައް މިސްރާބުޖެހިއެވެ.

މާގިނައިރު ޔާން އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޒިދާން ހޮސްޕިޓަލްއާ ކައިރި ކޮށްލުމައްފަހު ޕާކިން ޒޯންގައި ސައިކަލް ޕާކު ކުރުމައްފަހު ޔާންގެ ކައިރިއަށް އައެވެ. އޮފީސް ހެދުމުގައި ޒިދާންވެސް ފެންނަނީ ވަރަށް ސުމާޓް ޒިންމާދާރު މީހެއްގެ ގޮތުގައެވެ. ފެންނަ ކޮންމެ އަންހެން ކުއްޖަކަށްވެސް އެދެ ޒުވާނުންނައް ބަލާނުލާ ނުދެވޭނެކަން ހަމަ ޔަގީނެވެ.

ދެމީހުން މޫންކައި ކެފޭއަށް ވަދެ ހުސްމޭޖެއް ކައިރީ އިން ގޮޑީގައި ހަމަޖެހިލިއެވެ.

“ހޫން ދެންބުނެބަލަ ތި ނުބުނެގެން އުޅޭވާހަކަ؟” ވޭޓަރަކަށް އިޝާރާތް ކޮށްލަމުން ޒިދާން ބުނެލިއެވެ.

އެއްޗެއް ބުނުމައް ޔާން އަގަ ހުޅުވާލިއިރަށް ވޭޓަރު އޯޑާ ނަގަން އައެވެ. ދެ ނެސްކެފޭ މިލްކް ކޮފީއަށް އޯޑާދިނުމައްފަހު ޔާންގެ ވާހަކަ ފެށިއެވެ.

“ބުނަން މި ވާހަކަ ނުނިމެނީސް ޒިދާން އެއްޗެއް ނުބުނާތި، ޒިދާން ވަރަށް އަގަ ހިރުވާނެ ވިއްޔަ އެހެންވެ؟” ޔާން ލާނެއް ހިނިގަނޑެއް ޖަހާލުމައްފަހު ބުންޏެވެ.

“ހޫން މަނޫޅެމޭ، މީނީ ޓޭޕް އަޅައިގެން ދެންވެސް ތިކިޔަން އުޅޭ ވާހަކައެއް ނިކަން ކިޔާބަލަ” ވޭޓަރު ގެނައި ކޮފީތަށިން އެތި ފޮދެއް ބޯލުމައްފަހު ޒިދާން ބުނެލިއެވެ.

“މިފަހަރު ކިޔަވާ ނިންމާލުމައްފަހު އެއާޕޯޓްއިން އައި މަގުމަތީ ދިމާވި އަންހެން ކުއްޖެއް ، ވަރަށް ރީތި އައިމީން ވަރަށް ލައިކްވާ ގޮތެއް ހުރެޔޭ، އަބަދު ހިޔާލައް އަންނަނީ އެކުއްޖާ، ނޭގޭ ނަމެއް އުޅޭތަނެއް ވެސް ، އަޅެ ޒިދް ހެލްޕްވެބަލަ މިކަމުގަ….” ޔާން ފުންނޭވާއެއް ބޭރުކޮށްލުމައްފަހު ބެނެލިއެވެ.

“އޯ މީދޯ މިވާގޮތަކީ ، ތިހުރީ ހަމަ ރަންގަޅައްވެސް އިޝްކުގަ ޖެހިފަ، ޔާން ތީ ވަރަށް ނުރައްކާތެރި ބައްޔެއް އެގޭ ސަމާލުވޭ، އެންޑް މަ ކިހިނެއް ތިކަމުގަ ހެލްޕް ވާނީ ، ފޮޓޯއެއްހާ ހިސާބުވެސް އޮތްނަމަތާ ފޭސްބުކުގަ ވޯންޓެޑް ޖަހާލެވޭނީ” ޒިދާން ޔާން އާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“އެއްކަލަ ޒިދާން ، ތިޔޭ މައްސަލަޔަކީ، ނެއްތަ އެހެން ގޮތެއް މިކަމުގަ؟  ޔާން ބޭނުން ވީ ވާންއޮތް ކޮންމެ ގޮތަކުން ވިޔަސް އެއަންހެން ކުއްޖާގެ މައުލޫމާތު ހޯދުމަށެވެ.

“އުހު އެބައޮތް ގޮތެއް އެއީ ޔާން އުމުރު ދުވަހު އިންތިޒާރު ކުރޭ އެކުއްޖާއަށް ، ޔާންގެ ލަކް ރަންގަޅިއްޔާ ހަމަ ދިމާވެތާނެ؟ ޒިދާން ފޯނުން ފޭސްބުކް ނިއުސްފީޑް ބަލަމުން ބުނެލިއެވެ.

“އާންދޯ، ދެން އޮތީ ތިގޮތް އިންތިޒާރު ކުރާނީ ، މީހުން ބުނޭނު ނިޔަތް ދެތުވެރި ވެއްޖެއްޔާ ތިމާ ކުރަން އުޅޭ ކަމެއް ހާސިލް ވާނޭ” ޔާން ވޭޓަރަށް ގޮވާ ބިލްދެއްކުމައްފަހު ޒިދާން ކައިރީ ޕޭޝަންޓުން ބަލާ ގަޑި ކައިރިވެއްޖެ ކަމައް ބުނެލިއެވެ.

ހަފުތާފެށި ޝާޔާ ފުރުމައް ހަމަޖެހިފައި އޮތް ވަގުތު ކުޑަތަންވެއްޖެއެވެ. ނަސީމާ އަދި ލަބީބްގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އެނެއް ކާ ލޯބިވާ ދަރިފުޅު އެމީހުންނާ ވަކިން ނުވެސް ދަންނަ ބައެއް ކައިރިއަށް ފޮނުވަންޖެހޭތީއެވެ. އެހެންނަމަވެސް ލޯބިވާ ދަރިފުޅުގެ އުފަލައްޓަކާ މިނޫން އެހެން ގޮތެއް ނެތެވެ. ޝާޔާ އެންމެ ކުޑަ އިރުއްސުރެ ބޭނުން ވަނީ ކާމިޔާބު ޑޮކްޓަރަކަށް ވާށެވެ. އެހެންކަމުން ޝާޔާގެ ކާމިޔާބީ ދަތުރުގައި ހުރަހަކަށްވާން އެދެމަފިރިން ބޭނުން ނުވަނީއެވެ.

އެއާޕޯޓްއަށް ދިޔައިރު ލަބީބްގެދެމަފިރިންނާކީ ތިޔާވެސް ޝާޔާފުރުވުމައްޓަކާ އައިސްހުއްޓެވެ.

“އަޅެ ޝާ ހަމަ ދަނީތަ؟ ނުގޮސް ވާނެ އެހެން ގޮތެއް ނެއްތަ؟ މިއަންނަ މަހު ހަތަރަކަށް ވެޑިންޑޭޓްވެސް ފައިނަލްކޮށްފަ އިންނާނީ … ހަމަތެދެއް މިބުނީ ޝާ އެދުވަހައް ނައްޔާ ވެޑިން ކެންސަލް ކުރާނަން” ތިޔާ ކުޑަކުއްޖަކު ފަދައިން ޝާޔާގެ އަތުގައި ހިފައިގެން ކުއްތަޅަންފެށިއެވެ.

“މިހިރަ މޮޔަގަނޑާ، ހަމަރަންގަޅަށްވެސް އެގޭނު ތިޔާއަށް އަންނަ އެންމެ އުފާވެރި ދުވަހު ޝާ ނުހުރެ ނުދާނެ ކަން..އެހެން ނޫނަސް މިދަނީ އެންމެ ވީކް އަކަށްނު …ސޯ ޖަސްޓް ޗިލް” ޝާޔާ ތިޔާގެ ހިތްހަމަޖައްސާ ދެމުން ބުނެލިއެވެ.

“ދަރިފުޅާ ގޯސްގޮތަކަށް ނޫޅޭތި، މަންމަ މެން ދެރަވާނެ ފަދަ އަޑެއްނާރުވާތި…އެގޭ މިހެން ބުނާ އިރުވެސް ދަރިފުޅުތީ އެހެން އުޅޭނެ ކުއްޖެއްނޫންކަން .. އަންހެން ދަރިއަކަށް ވީތީ ކޮންމެހެންވެސް މަންމަ މިވާހަކަ ތައް ހަދާން ކޮށްލަދޭންމިޖެހެނީ” ނަސީމާ ޝާޔާގެ ގައިގައި ލޯބިން ފިރުމާލަމުން ބުނެލިއެވެ.

“މަންމާ އަޅުގަނޑަށް އިތުބާރުކުރޭ..މަންމަ އާ ބައްޕަ ދުވަހަކުވެސް ލަދު ގަނެ ދެރަވާފަދަ ކަމެއް އަޅުގަނޑު ނުކުރާނަން…” ޝަޔާ މަންމަމެންނައް ޔަގީންކަން ދިނުމުގެ ގޮތުން ބުނެލިއެވެ.

ޗެކިން ކުރަން ވަންނަ ވަގުތު ޖެހުމުން އެންމެނާ ސަލާމްކުރުމައްފަހު ދަތުރުގެ އެހެން ބައިވެރިންނާ އެއްކޮށް ޝާޔާއެއާ ޕޯޓްގެ އެތެރެއަށް ވަނެވެ. ފުލައިޓް ނައްޓާލުމައްފަހު މާގިނަ އިރުތަކެއް ނުވެ އިފުރު އެއާޕޯޓްއަށް ފުލައިޓް ޖެއްސިއެވެ. ހުރިހާ ބައިވެރިން ނާއެކޮށް އެއާ ޕޯޓްގެ ކަންތައް ނިންމާ ލުމައްފަހު އެއާޕޯޓްއިން ބޭރަށް ޝާޔާ ނުކުތެވެ.

“ހޭ ލިއޫ މީ ފުނަދޫއެއްނޫންދޯ؟ ޝާޔާ ވަށައިގެންވާ މާހައުލައް ނަޒަރު ހިންގާލަމުން ދަތުރުގައި ޝާޔާއެއް ކޮށް ބައިވެރި ވި ޑޮކްޓަރެއް ކަމުގައިވާ ލިއުޝާކައިރީ އަހާލިއެވެ.

“އާން ހިޔެއްނުވޭ މީ ފުނަދޫ ހެނެއް ދޯ، ލިއު ވެސް ދުވަހަކުސް މި ހިސާބަކަށް ކުރިޔަކުން ނާނަންވިއްޔަ…ވަޑުކުރައްޗޭ އޭ ނާޒިމް މީ ކޮންރަށެއްތަ؟” ލިއުޝާވެސް ދެންޖެހިގެން ހުރި ބައިވެރިޔާއާ ކޮށްލީ ސުވާލެކެވެ.

“ސާބަސް ތިމީހުންނައް މީ ރާ އަތޮޅެއްނު، ފުނަދޫ އެއީ އަދި ށަވިޔަނި އަތޮޅޭ… މިހާރު މިދަނީ ލޯޗް ފެރީއާވީ ދިމާލައް.. މަ ވަރަށް ފަރިތަވާނެ މިހިސާބައް” ނާޒިމް ގެ މޫނުމަތިން އެއްވެސްކަހަލަ ޖެހިލުންވުމުގެ އަސަރެއް ފެންނާކަށް ނެތެވެ.

ލޯޗްފެރީއަށް ޓީމްގައި ހިމެނޭ ފަސްބައިވެރިން އެރުމާއެކީ ލޯޗް ނައްޓާލިއެވެ. ތިރީސް މިނެޓްގެ ދަތުރަކަށް ފަހު ފުނަދޫ ފަޅުތެރެއަށް ލޯޗްއައިސް ވަނެވެ. ފާލަމާ ކައިރިކޮށްލުމައްފަހު ހޮސްޕިޓަލް އިން ބައިވެރިން ބަލާއިސް ހުރި ޤައިސް އަދި މުޙައްމަދު އަރީފްގެ އެހީގައި ހުރިހާ ބައިވެރިން ފޭބިއެވެ. ބަދަރު މައްޗަށް ނަޒަރު ހިންގާލިޔަސް ރީތި ހިތްގައިމު ރަށެއްކަން އެގެއެވެ. ރާއްޖެތެރެއަށް ޝާޔާއައި މީ ފުރަތަމަ ފަހަރުކަމުން ޝަޔާގެ ނަޒަރު ވަނީ މުޅި އެރަށައް ހުއްޓިފައެވެ.

“ކޮބާ ހުރިހާ ކުދިން ރަންގަޅުތަ؟ ދަތުރުމަތީގައި އެއްވެސް ކަހަލަ ދަތިތަކަކާ ދިމާވިތަ؟” ޤައިސް އަދި އަރީފް ފަހަރަކު ބައިވެރިޔަކާ ސަލާމް ކޮށް ތައާރަފުވެލިއެވެ.. ޤައިސްއަކީ އަރީފްގެ ދަށުން މަސައްކަތް ކުރަމުންދާ އެންމެންގެ އިޙްތިރާމް ލިބިފައިވާ މީހެކެވެ.

އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ވަރަށް ރަންގަޅު، އަދި ދަތުރުމަތީ ހުރިހާ ކަމެއްވެސް ހަމަ ވަރަށް ބަރާބަރަށް ދިޔައީ” ނާޒިމް ފަހަރަކު ބައިވެރިއެއްގެ މޫނައް ބަލައިލަމުން ހިނިތުން ވެލުމާއެކު ބުނެލިއެވެ.

ޝާޔާ ފެރީން ފޭބީން ސުރެ އަރީފްގެ ނަޒަރުވަނީ ޝާޔާއަށް ހުއްޓިފައެވެ. ޝާޔާގެ ރީތިކަން ފިޔަވާ އަރީފްއަށް އެއްވެސް އެހެން ތަނެއް ނުފެންނަ ކަހަލަ އެވެ. އަރީފް ޝާޔާ ދިމާލައް ބަލާވަރުން ހުދު ލިޒީވެސް އެވާހަކަ ޝާޔާކައިރީ ބެނެފިއެވެ. އެހެންނަމަވެސް ޝާޔާ މެންގެ ހުރިހާ ކަމަކާ ހަވާލުވެހުންނެވި ބޮޑުމީހާ ކަމުން އެއީ އެހާ ވަރުގެ ކަމަކަށް ހަދާކަށް ޝަޔާބޭނުމެއް ނުވިއެވެ.

ހުރިހާ ބައިވެރިންނާ އެއްކޮށް އަރީފް އަދި ޤައިސްވެސް ވެހިކަލްއަށް އެރިއެވެ.

“ހޮސްޕިޓަލް އަށް ވަދެލާފަ ދޯ ދާނީ ، މާދަމާ ތިކުދިން ހޮސްޕިޓަލް އަށް ނުކުންނަ އިރު މިޔަދު ކަންތައްތައް ބަލައިލާފަ ދިޔައްޔާ ފަސޭހަވާނެ”  އަރީފް ބައިވެރިންނަށް އިޝާރަތް ކުރަމުން ބުނެލިއެވެ.

“އާދެ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއްނެއް ދޯ މިއާން” ޓީމްގައި ހިމެނޭ އަނެއް ފިރިހެން ބައިވެރިޔާ ކަމައްވާ މިއާންގެ ކޮޑުގައި ޖަހާލަމުން ނާޒިމް ބުނެލިއެވެ. ބޮލުގެ އިޝާރާތުން މިއާން އާއެކޭ ބުނެލިއެވެ. އަނެއް ތިން ބައިވެރިންނެކޭ އެއްވަރަށް މިއާންވެސް ހުރީ ދަތުރު ވަރުބަލިވެފައެވެ. އެހެންނަމަވެސް އަރީފްގެ ނިންމުމައް އިޙްތިރާމް ކުރުމުގެ ގޮތުން ހުރިހާ ބައިވެރިން އެކަމައް އެއްބަސް ވިއެވެ.

ވެހިކަލް ހޮސްޕިޓަލްއާ ކައިރި ކޮށްލިމައްފަހު ޑުރައިވަރު ކައިރީ މަޑުކޮށްލުމައްބުނެ ބައިވެރިން ގޮވައިގެން އަރީފް އަދި ޤިޔާސް ހޮސްޕިޓަލްގެ އެތެރެއަށް ވަނެވެ.

ފުދޭ ވަރަކަށް ބޮޑު ހޮސްޕިޓަލެކެވެ. ޒަމާނީ ފެންވަރަށް ހަދަފައި ހުރި ރީތި ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލަކީ އަތޮޅުގައި ހުރި ހަމައެކަނި ހޮސްޕިޓަލް ކަމުން ގިނަބަޔަކު ޑޮކުޓަރަށް ދެއްކުމައްޓަކާ އައްނަނީ މިތަނަށެވެ.

ފައިލް ތަކެއް ހިފައިގެން ނުކުއިން ޔާންގެ ނަޒަރު ހުއްޓުނީ އަރީފްމެންނާއެކު މަޑުކޮށްލައިގެން ހުރި ޝާޔާއަށެވެ.

“އެއާޕޯޓް ގާލް” ޔާގެ އަގައިން މަޑުމަޑުން ބުނެލެވުނެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ލޯބިއެހެނަސް..7

Next

ހިތާ ފުރާނައިން… (29)

Next
February 5, 2018

ހިތާ ފުރާނައިން… (29)

Previews
February 5, 2018

ލޯބިއެހެނަސް..7

11 Comments!

  1. Icy♡ says:
    February 5, 2018 at 6:16 pm

    WOW
    Nice

    1. aminath shiyaa says:
      February 5, 2018 at 6:51 pm

      Thank you icy ?

  2. Lai says:
    February 5, 2018 at 6:46 pm

    Alhe ehnme fahun dhimaavee dhw v salhi

    Keep it up shiyaa

    1. aminath shiyaa says:
      February 5, 2018 at 6:53 pm

      Hello lai
      Yeah ehnme fahun dhimaa vehjje
      And thank you so much for the feedback

  3. Inaaya says:
    February 5, 2018 at 6:47 pm

    V reeethi when is nxt part

    1. aminath shiyaa says:
      February 5, 2018 at 6:54 pm

      V avahah aneh baives genes dheynan
      Thank you inaa

  4. Miru says:
    February 5, 2018 at 7:06 pm

    Varah salhi

  5. Pinky shifoo says:
    February 5, 2018 at 9:17 pm

    Alhey mi part vx varah varah reethi ???… Haadha inthizaaru kohfymey mi story ah ???… Next part avahah genesdhehchey shiyaa ???… Keep up the good work… Waiting for next part

    1. aminath shiyaa says:
      February 10, 2018 at 10:56 am

      Thank you pinky shifoo… miyadhu anehbai up vaane ?????

  6. Xaaan says:
    February 6, 2018 at 8:44 am

    މާޝާﷲ ރީތި

  7. Misha says:
    March 26, 2018 at 6:53 pm

    Dhimaa v dho..not bad

Comments are closed.

Next Episodeއިންތިހާ – 8←


All Right Reserved!