ހުޅުމާލެއިން އާދެވުނުއިރު ހަތެއްޖަހަނީއެވެ. އަހަރެން އަވަހަށް ނަމާދުކޮށްލަން ބޭނުންވިއެވެ.ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން ނީންތައާއި ރިޔާޒުބެއަށް ގެނައި އެއްޗެހި ހިފައިގެން ބޭރަށް ނުކުތް އިރު އެއްވެސް މީހަކު ފެންނަން ނެތުމުން ނީންތަ ކޮޓަރިދޮރުގައި ޖަހައިލީމެވެ. ދޮރުހުޅުވީ ރިޔާޒުބެއެވެ. “ނީންތަ ނަމާދު ކުރަން އިނީ” ދޮރުހުޅުވާލަމުން ރިޔާޒުބެ ބުންޏެވެ. އަހަރެން ރިޔާޒުބެއަތަށް އެއްޗެހި ދިނުމުން މީ ކޮންއެއްޗެއްތޯ އަހައިލުމަށްފަހު އެތެރެއަށް ވަނެވެ. އަހަރެން ދާން ހިނގާގަތްތަނުން ނީންތަ ނުކުމެ އަހަންނަށް ގޮވާލައިފައި އަށެއްޖަހާއިރު ބޭނުންވާއެއްޗެހި ގަންނަން ބޭރަށްދާން ނުކުންނަންވާނެ ވާހަކަ […]
“އައި ލަވްޔޫ” ކުރުވަމުން ދިޔަ ނޭވާ އެތެރެއަށް ދަމާލަމުން ދާނިޝް ޔީޝާގެ ތުންފަތުގެ ކަނަވާއާ ދިމާލުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ޓޫ” ޔީޝާ އެހެން ބުނުމާއެކު ދެމީހުންގެ ތުންފަތް މަތީ ކުޅެލީ ހިނިތުންވުމެކެވެ. ނަމަވެސް ދެވަނަ ސިކުންތު ދެމީހުންގެ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑުންނެވެ. ***** އެއަޑު އައީ އެމީހުން ތިބި ދިމާލުގެ ގަސްތަކު ތެރެއިންނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ދެމީހުން ގިނިހިލަ ބަލަން ދިޔަ ރޭވެސް ގަސްތަކު ތެރެއިން […]
ދުވަހަކުވެސް އަހަރެން ކައިރީގައި ރައިން މަސައްކަތް ކުރާ ތަނުގެ ވާހަކަ ދައްކާފައި ނުވާތީ ރައިންގެ ފަހަތުން ދިޔުމަށް ނިންމީމެވެ. މިސްރާބު ހުރީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގާ ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ރައިން އެތާނގަ ހުރި ސައިކަލަކަށް އަރައިގެން ހިނގައްޖެއެވެ. އަހަރެން އެތާނގެ އަނދިރިގަނޑެއްގެ ތެރޭގައި މަޑުކޮށްލައިގެން ރައިންގެ އިންތިޒާރުގައި ހުރީމެވެ. ރައިން އަންނާނެ ކަމުގެ އުއްމީދުގައެވެ. މިއީ ހަމަ ރައިން ހެއްޔެވެ؟ ވިއްސަކަށް މިނެޓު މަޑުކޮށްލައިގެން ހުއްޓާ ރައިން ސައިކަލުގައި އަތުވެއްޖެއެވެ. އަޅައިގެން […]
ދެމީހުން ވާހަކަދައްކަން ތިއްބަ ޝާމިން ކޮޓެރިން އިސްޖަހާގެން ހުރެ ނުކުތެވެ. އޭނަގެ މޫނުމަތިން ކަމަކާ ހިތާމަ ކުރާކަން ހުދު ލީޒާއަައްވެސް އެނގިގެން ދިޔައެވެ. 2 ވަނަ ބައި ” އޭ ކޮންކުއްޖެއް؟ “ލީޒާ ހިނިތުން ވުމާއެކު އަހާލިއެވެ. ” އެއީ މަގޭ ދަރި ޝާމިން “ޒާހިރު ޝާމިން ގެ މޫނައް ބަލާލުމައްފަހު ޖަވާބުދިނެވެ. ޒާހިރު ޝާމިންއަށް ސައި ބޯން ގޮވިއެވެ. ޝާމިން އިސްޖަހާގެންހުރެ އައިސް މޭޒު ގާތު އިން ގޮނޑިޔަކު އިށީނެވެ. ޒާހިރުވެސް ސައިބޯން އިށީނުމުން ލީޒާ […]
” އައި ޓޯލްޑް ޔޫ ދެޓް ޔޫ ވޮންޓް ޓްރަސްޓް” އަނާރާ ހިނިގަނޑެއް ޖަހާލިއެވެ.” ނޯ އިފް ޔޫ އަރ ރިއަލް ދެމީހުން އެއްކޮއް ނަގާފަ އިން ޕިކް އެއް ދައްކަބަލަ” ޝިމާން ފޮނިވެލާފަ ބުންޏެވެ.” އަނާރާއާއި ޒާރާ އެކީ ނަގާފަ އިން ފޮޓޮލެއް ދައްކާލިއެވެ.”ނޯ ދެޓްސް ނޮޓް ޓްރޫ…ދެޓްސް އަ އެޑިޓް” ޝިމާން އައް ގަބޫލު ކުރަން އުނދަގޫވުމުން ބުންޏެވެ.” އޯކޭދެން މާދަމާ މި ވަގުތު މި ފިހާަރައިގަ އިންނަންޏާމުން މަ އޭނަ ގެންނާނަން މި […]
ސައިކަލު ޕާކުކޮއްލުމަށްފަހު އަހަރެން ގެއާދިމާލަށް ދުއްވައިގަތީ ވިއްސާރައާ ނުތެމެންވެގެންނެވެ. އަހަރެންގެ ގޭގެ ކައިރީގައި ހުންނަ ބެންޗުތަށް މިހާރު ހުންނަނީ ހިޔާކޮއް ރީތި ކޮއްފަކަމުން އޭގެ ފައިދާ އެސަރަހަށްދު އެންމެންނަށް ކުރެއެވެ. މިކަންމިހެން އޮންނައިރު ގިނައިން ވިއްސާރަރޭތަކައި އެތަނަށް އެންމެ ބާރުބޮޑު ރޭތަކެކޭ ބުންޔަކަސް އެއީ ދޮގެއްހެންނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އުޑުމަތިން ރޭގަނޑުގެ ފަޅުފިލުވައިދޭން ކޮންމެރެއަކު ވެސް ހުންނަ ތަރިތަށްވަނީ ގެއްލި ރޭގަނޑު ގެ ހަމަޖެހުންވެސް ގެއްލުފައެވެ. މިހާރު އެއް އަޑަކައް އިވިގެން ދަނީ ވައިގެ އަޑެވެ. ނަމަވެސް […]
އުމް އެރިކް ވެއިޓް އޭޒް އިން އެރިކް ޙައްދިދް؟ ޗެލްސީއަށް ގެނައި؟” ޔަޤީން ކުރުމުގެ ގޮތުން އިޝަލް އަހާލިއެވެ. އެއާއެކު މިއާ ލަސް ލަހުން ބޯ ޖަހާލިއެވެ. ** ލައިބްރަރީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން އޭނާ ހިތުގައި ބިންވަޅު ނެގިފައިވި ޒުވާާނާ ފެނޭތޯ ކޮންމެ ދުވަހަކުވެސް މިންހާ ބަލައެވެ. އެހެނަސް ހަފްތާއެއް ވީ ފަހުން ވެެސް އެ ޒުވާނާއާ ދިމާވާ ގޮތް ނުވުމުން މިންހާގެ ހިތް މާޔޫސްވިއެވެ. މެޗު ދުވަހަށް ވުމުން މިއަދު ކޮފީ ޝޮޕަށް […]
ގަޑިން 12 ޖެހި އިރު ޝާދިން ހުރިހާ މީޓިންއެއް ނިންމާފަ އޭނަގެ ބައްޕަގެ ގެއަށް ދާން ކާރަށް އެރިއެވެ. މާލެއަށް ދާންޖެހޭތީވެ ތަންކޮޅެއް ކުރިން ޝާދިން ދިޔައެވެ. ޑްރައިވަރު ކާރު ދުއްވަމުން ދިޔައިރު ޝާދިން އިނީ ފަހަތު ސީޓުގައި ލޯމަރާލައިގެން ކަމަކާ ވިސްނާށެވެ. ބައްޕަގެ ގެއަށް ގޮއްސިއްޔާ އަބަދުވެސް ކޮންމެވެސް ކަންތައްގަޑަކާ ލައިގަންނާނެއެވެ. އެގެއިން ނިކުމެ ވަކިން ޝާދިން އުޅެންފެށީވެސް މައްސަލަގަނޑުތެރޭ އުޅެން ބޭނުން ނުވާތީއެވެ. މިއަދު މަލްދާ އެވަރަށް ނުގުޅި ނަމަ އޭނަ އެގެއަކަށް […]
އުލްވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަފާ ކައިރީ އެވަރަށް އުލްވީ ކޮންސެޓަކަށް ނުދާނަމޭ ބުނުމުންވެސް ގެންދިޔައީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އާދެވިފައި ހުރުމުން ފަސް އެނބުރި ދާން ނުކެރުނީ އެކުވެރިޔާ އަށް ވިސްނާފައެވެ. އުލްވީ ނަސީބަކުން ހެޑްސެޓެއްވެސް ގެނެވުން ކަމުން މުޅި ކޮންސަރޓް ގަޑީ ފޯނުން ލަވަ އަޑުއަހަން ހެޑްސެޓް ކަންފަތުގައި ޖަހައިން ހުރެވޭނެއެވެ. ކޮނސަރޓްގެ މެދު ތެރޭން އުލްވީގެ ދައްތަ މަލާކު މެސެޖް ކުރީ ނުނިދިގެން ކަމަށް މެސެޖް ކޮށްފައި އޮތުމުން ގުޅަންވެގެން […]