
“ދޮންތާ… ނަމާދުކޮއްލައިގެން ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މައިލީން ބުނެލިއެވެ. އެހެން ބުނިއިރުވެސް މައިލީން އަށް މި ބުނެވެން އުޅޭ ވާހަކައިގެ ބޮޑުކަން އިހްސާސްވަން ދިޔައެވެ.
ކޮފީ ތަށި ހަދައިގެން މޭޒު ދޮށުގައި އިށީނަސް އެ ބޮވޭ ގޮތެއްނުވިއެވެ. ދޮންތަ އަށް ހަގީގަތް ކިޔާ ދިނުމުން ބަދަލް ވާނި ކޮންކަމެއްތޯ އޭނާ އަމިއްލަ ންފްސާ ސުވާލުކުރިއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އެހެނެއްކަމަކު އިތުރަށް ހިތް ދަތި ވުން ނޫންކަމެއް ނުވާނެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި ހާސްވުން ނޫން ކަމެއްނުވާނެއެވެ.
އެކަހަލަ ތަފާތު ވިސްނުން ތަކުގައި އޭނާ އިންދާ ދޮންތަ ކޮޓަރިން ނުކުތްތަން އޭނާއަށް ފެނުނެވެ. އެއާއެކު ޝާލީން އަށް ހަގީގަތް ކިޔައިދޭން ޖެހޭ ވަގުތު ކުޑަތަން ވެއްޖެކަމުގައި ހީވެ މީހާ ހާސްވެއްޖެއެވެ.
“އިލީ” ޝާލީން ގޮނޑިއެއް ދަމާލާ މައިލީން އަށް ކުރިމައްޗަށް ވާ ގޮތަށް އިށީންނަމުން ގޮވާލީ މައިލީން އަށް އޭނާ އެތަނަށް އައިކަން ވެސް ނޭގުނީމައެވެ. ސިއްސައިގެން ގޮސް މައިލީން ޝާލީން އަށް ބަލާލިއެވެ. އެއާއެކު ޝާލީން މައިލީން އަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އޭނާއަށް މައިލީން އޭނާ ގެނައި ބޭނުން އިނގޭކަހަލައެވެ.
އެހެންކަމުން އޭނާ ބޭންންވީ މައިލީން ގެ ހާސްކަން ދުރުކޮއްދިނުމަށެވެ. އެހެން ކަންތައް ކުރެވޭނީ އޭނާ އެ ހުރީ މައިލީން އާ އެކީގައި ކަމަށް މައިލީން އަށް އިހްސާސް ކޮއްދީގެންކަން އޭނާގެ ސިކުނޑިއަށް ވިސްނުނެވެ.
އެތައް އިރަކު ވާހަކަ ފަށަން ވީ ގޮތެއް ނޭގިގެން ޝާލީން އަށް ބަލަން މައިލީން އިނެވެ. ދެން އެއަށް ފަހު އިސްޖަހާލިއެވެ. “ދިޒް އިޒް އެބައުޓް ޔެސްޓަރޑޭ ރައިޓް” ޝާލީން އަހާލިއެވެ. އޭނާ އަށް މައިލީން ގެ ހާލަތު ވިސްނި ވާހަކަ ފަށަން އެހީވެދިނީއެވެ.
މަޑުމަޑުން މައިލީން ބޯ ޖަހާލިއެވެ. އެއާއެކު ޝާލީން ހިނިތުންވެލިއެވެ. އަދި އަނެއްކާވެސް މައިލީން އަށް ގޮވާލާ އޭނާ އާ ދިމާލަށް ބަލާލުމަށް ބުނެލިއެވެ. މައިލީން މަޑުމަޑުން އިސް އުފުލާލާ އޭނާ އާ ދިމާލަށް ބަލާލިއެވެ. އޭނާއަށް ފެނުނީ ޝާލީން ގެ ހިނިތުންވެފައިވާ މޫނެވެ. އެހެން ކަމުން އޭނާއަށް ލިބިފައިވާ ނުތަނަވަސްކަމަށް ކުޑަ ހައްލެއް ލިބުނެވެ. އެއީ އޭނާގެ ހިންހަމަޖެހުމަށްތަކައި ދޮންތަ ދިން ހިނިތުންވުމެއްކަން އޭނާއަށް ޔަގިނެވެ. ދޮންތަ އޭނާއަށް ޓަކައި އެވާ ގުރުބާނީ އަށް ޝުކުރު ކުރާނީ ކިހިނެތްކަން ނުވިސްނުމާއެކު އޭނާގެ ދެލޯ ވަގުތުން ފެން ކަޅީވެގެން ދިޔައެވެ.
ބޯ ޖަހާލަމުން އަނެއްކާވެސް އިސްޖަހާލަން މަޖުބޫރިވީ އެއީ ދައްކަން އެހާ ފަސޭހަވާހަކަ ތަކަށް އޭނާ އަށް ނުވީމައެވެ.
“އިލީ…. ދޮންތަ އަށް އިނގިއްޖެ… އެކަމަކު އިލީ ގެ ދުލުން ބުނުމުން ނޫނީ ދޮންތަ ގަބޫލް ކުރާކަށް ބޭނުމެއްނޫން” ޝާލީން ގެ އަޑާއެކު މައިލީން ބޯ ޖަހާލިއެވެ.
“ތިބުނީ އެއީ…. އެއީ އޭތާ ޔަޝްމް ގެ ބައްޕަ އަކީ” ޝާލީން އަހާލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ.
“އޭނާއަށް އިނގޭތަ؟” ޝާލީން ގެ ދެވަނަ ސުވާލާ އެކީ މައިލީން ދޮގު ހެދިއެވެ. އޭނާ އެވަގުތު ޔުއާން އަށް އެނގެޔޭ ބުނާކަށް ނުކެރުނެވެ. އެކަމަށް އޭނާގެ ނަފްސު ތައްޔާރެއްނޫނެވެ. އެ ސުވާލުގެ ޖަވާބާ އެކީ ދޮންތ ތަފްސީލް ބޭނުންވާނެއެވެ. ކޮން އިރަކު ހެއްޔެވެ؟ ކިހިނެތް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ މިވަގުތު އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދެވޭނެ ހިތްވަރެއް އޭނާގެ ނެތެވެ.
“މާ ބޮޑަށް ނުވިސްނާ އިލީ… ހުރިހާ ކަމެއްވެސް ރަގަޅުވާނެ. އިންޝާ ﷲ…” ޝާލީން ބުނެލިއެވެ. މައިލީން ބޯ ޖަހާލިއެވެ.
ޝާލީން އޭނާ އިން ގޮނޑިން ތެދުވެގެން އައިސް މައިލީން ގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއާއެކު މައިލީން ޝާލީން އަށް ބަލާލިއެވެ. ޝާލީން ބޯ ޖަހާލަމުން ލޯ މަރާލިއެވެ. އަދި ކުޑަ އިރުކޮޅަކަށްފަހު ލޯ ހުޅުވާލިއެވެ. މައިލީން ގޮނޑިން ތެދުވެލާ ޝާލީންގެ ގައިގައި ބައްދާލިއެވެ. “ދޮންތާ…” މައިލީން ގޮވާލިއެވެ. “ކީކޭ އިލީ” ޝާލީން މައިލީން ގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
“ދޮންތަ ނެތް ނަމަ އަހަރެން ކިހިނެތްތަ ހަދާނީ” މައިލީން ގެ އަޑު ވަނީ ކުރެހިފައެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. “އިލީ…” ޝާލީން މައިލީން ދުރުކޮއްލަމުން އެ ދެލޮލުން އަިއފައި ހުރި ކަރުނަތަށް ފޮހިލިއެވެ. އަދި ނުރުއިމަށް ބުނަމުން ދެފަރާތަށް ބޯ ހުރާލިއެވެ.
“ޔޫ އާ ބްރޭވް މައި ގާލް” ޝާލީން ބުނެލިއެވެ. “ޔޭސް އައި އޭމް” މައިލީން ވެސް ލުއި ހީލުމަކާއެކީ ބުނެލިއެވެ. އެއާއެކު ދެމީހުންގެ މަޑު ހުނުމުގެ އަޑު ގުގުމާލިއެވެ.
ހެނދުނު އަށެއް ޖެހީއިރު އާދައިގެ މަތިން ޑިއުޓީ ދުވަހަކަށް ނުވާތީ މައިލިން އުޅެމުން ދިޔައީ ބަދިގޭގައެވެ. އެހެން ހުއްޓައި ކުއްލިއަކަށް ފޯނަށް މެސެޖެއް އައިސްގެން އޭނާ ބަލައިލިއެވެ. އެއާއެކު ލުއި ހިނިތުންވުމެއް ވެރިވެގެން ދދިޔައެވެ. އޭރު ޝާލީން ސްކުލަށް ދާން ނުކުންނަނީއެވެ. އާރާވެސް އޮފީހަށް ދާ ދަބަސް އަޅުވައިގެން ނުކުމެގެން އާދެއެވެ. “ދޮންތާ އާރާ ކޮންމެވެސް އެއްޗެއް ކާލަން ވީނު… މިހުރީ އޮމްލެޓް އާ އެއްޗެހި އަޅާފަ” މައިލީން ގޮވާލިއެވެ. “ކޮބާ ދޮންތަބޭ” މައިލީން އެހުމާއެކު ޝާލީން އޭނާގެ ޑިޔުޓީ އޮތީ މެންދުރުކަމަށް ބުނުމުން ދެން ބުނީ އަވަހަށް ނުތެދުވާނެވާހަކައެވެ.
“ދޮންތާ” އެންމެނާ އެކީ ކާމޭޒުމައްޗަށް އަރަމުން މައިލީން ގޮވާލިއެވެ. އެއާއެކު ޝާލީން ގެ ނަޒަރު މައިލީން އަށް ހުއްޓުނެވެ. “ޔަޝޫ… ޑޮކްޓަރަށް ދައްކަން މިއަދު އެބަ ދަން” މައިލީން ބުނެލިއެވެ. ޝާލީން ބުމަ އަރުވާލަމުން ބޯ ހަލުވާލިއެވެ.
“ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކަށް ދައްކާ ވާހަކަ ބުނީމެއްނު” މައިލީން ބުނެލިއެވެ. އެއާއެކު ޝާލީން ބޯ ޖަހާލިއެވެ. “ދޮންތައަކަށް ނެތޭ ދެވޭކަށް…. އިލީ އެކަނި ތަ ދާނީ” ޝާލީން އަހައިލިއެވެ. މައިލީން އެ ގޮތްވެސް އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ.
“މިއަދު ވިއްޔަ އެ މެސެޖް އައީ… އަވަހަށް ދާންވީ…” މައިލީން ޝާލީން އަށް ބަލާލަމުން އަނެއްކާ ބުނެލިއެވެ.
މައިލީން ހެދުނު ސައޮބޮއިހަދައިގެން އާރާމެން ދިޔުމާއެކީ އަވސްވެގަތީ ޔަޝްމް އަށް ގޮވާށެވެ. ނިދިފައި އޮތް ޔަޝްމް ބޮޑާހޭކިއެވެ. މައިލީން ހުރި މިއަދު މައިލީން ގެ ސްކޫލް ކެންސަލްކޮފައި ޑޮކްޓަރަށް ދައްކަން ދާށެވެ.
“މަން….. މީ….. ނޯ ނޮ… ނުދާނަން… މެ” ޔަޝްމް ބުނެލިއެވެ. އޭނާ ބޭނުނވީ އަދިވެސް އަރާމުކޮއް ނިދާލާށެވެ. މައިލީން އަނެއްކާވެސް ގޮވާލިއެވެ. ޔަޝްމް ތެދުވާ ހިޔާލެއް ނުކުރިއެވެ. “ދޫނީ ދެން ތެދުވޭ… އެހެން ނޫނީ މަންމި ދެރަވާނެ. އެއްކަލަ ފެން ތައް ފައިބާ ތަނަށް ދާން ވެސް ނުތެދުވާނަންތަ؟” މައިލީން ދެރަވާކަމަށް ހަދަމުން ބުނެލިއެވެ. އެއާއެކު ޔަޝްމް ކުއްލިއަކަށް ލޯ ހުޅުވައިފިއެވެ. އެނާ ފުންމައިގެން ތެދުވިއެވެ. އެއާއެކު އޭނާ ވަރަށް ބާރަށް ކެއްސައިގަތެވެ. މައިލީން ޔަޝްމް ގެ ކެއްސުން މަތަކުރަންވެގެން ބުރަކަށީގައި ދެފަހަރަކު ފިރުމާލާ ކުޑަކޮއް ތަޅާލިއެވެ. ކުޑަކޮއް ލުއި ވެއްޖެހެން ހީވުމުން އޭނާ ރަނގަޅުހޭ އަހައިލިއެވެ.
“ޔަޝްމް އަދިވެސް އުނދަގޫ ގޮތަކަށް ދެފަހަރަކު ކެއްސާލުމަށްފަހު ހަމަޖެހުނެވެ. އޭނާ ހާސްވިއެވެ. އިރުކޮޅަކު ޔަޝްމް ގެ ބުރަކަށީގަޔާ މޭގައ ފިރުމާލަން އޭނާއިނެވެ.
ޔަޝްމް ރީތިކުރަން އުޅުނު މައިލީން އަށް މިއަދު ވަރަށް ފަސޭހެވިއެވެ. އެހެން ދުވަސްދުވަހަށް ވުރެ ވަރުދެރަކަމަށް ޔަޝްމް ދައްކައެވެ. އެހެންކަމުން އޭނާ ހާސްވަމުން ދިޔައެވެ. ޔަޝްމް އެ ގޮތަށް ހުރުމުން އޭނާއަށް ރީތިކުރަން ފަސޭހަ ވިޔަސް އެކަމުން އޭނާގެ ނަފްސަށް އުދަގޫވަމުން ދިޔައެވެ. ހިތުގެ ހަމަ ޖެހުން ގެއްލެމުން ދިޔައެވެ.
“އާދޭ ބޫޓަށް އަރަން ބޭރަށް” މައިލީން ޔަޝްމް ރީތިކޮއްފައި ކޮޓަރިން ބޭރަށް ނުކުންނަމުން އިޝާރާތް ކޮއްލީ ބޭރަށް އައުމަށެވެ. ސޯފާގައި ބައިންދާފައި ޔަޝްމް ލައްވާފައި ހުރި ރަތާ ހެދުކުލައިގެ ވައްތިރި ހެދުމާ ގުޅޭ ރަތް ކުލައިގެ ބޫޓެއް ހިފައިގެން އައިސް އެ އަށް އަރުވަން ފެށިއެވެ.
“މަމީ… ޑެޑީ ވަރަށް ބޭނުން” ޔަޝްމް ކުއްލިއަކަށް ބުނެލި ވާހަކައިން މައިލީން ސިހިއްޖެއެވެ. އޭނާގެ ހަރަކާތް ހުއްޓުނެވެ. ލައްވަން ގެންގުޅުނު ބޫޓް ވެއްޓި ނަފްސު ހަރުކަށިވެގެން ދިޔަ ފަދަ އިހްސާސްއެއްކުރެވިގެން ދިޔައެވެ. “މަންމި އަށް ޔަޝްމް ބޭނުންވާ ކަންތައް ނުކޮއްދެވެނީތަ؟” ކުޑަ ދަރިފުޅަކަށް ބައްޕަ އެއްގެ ލޯބި ކިތަންމެ މުހިންމު ވާނޭކަން އެނގުނަސް އެވަގުތު އޭނާއަށް ބޭރުކުރެވުނީ ޝަކުވާއެވެ.
“ޑޭޑީ ވަރަށް… ރަނގަޅޫ… ވާ… ނޭ އާންޓީ ބުނީ” ޔަޝްމް ބުނެލިއެވެ. އެއާއެކު މައިލީން ގެ ލޮލުން އަނެއްކާވެސް ކަރުތައް އޮހިގަތީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. އޭނާ ގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. “މަންމި އަށް ވުރެ ޔަޝޫ އަށް މުހިންމު ވަނީ ބައްޕަ ތަ؟” މައިލީން އަށް އަނެއްކާވެސް ޝަކުވާކުރެވުނީއެވެ. އެ ތުއްތު ދަރިފުޅަށް އެއްވެސް އެއްޗެއް ފަހުމް ނުވާއިރުވެސް މެއެވެ. އެހިތަށް ކުރާ އަސަރުތައް ޔަޝްމް އަށް ނޭގޭނެ ކަންވެސް އެނގެއެވެ. އެހެންނަމަވެސް އެހިތަށް ކެތް ކުރަން ދަތިވަނީއެވެ.
“މަންމި އޭ ހުރިހާކަމެއް ކޮއްދިނީ… ބައްޕި އަކީ ރަނގަޅު މީހެއްނޫނޭ… އެހެން ކުދިންގެ ބައްޕަ ރަނގަޅަސް… ކަންތައް ކޮއްދިނަސް ޔަޝޫ އަށް ކަމެއް ކޮއްދޭކަށް ޔަޝޫގެ ބައްޕަ އެއް ނާންނާނެ… މަންމަ އަށް ކަމެއް ކޮއްނުދެވޭ ކަހަލަ އިހްސާސް ތިކަހަލަ ވާހަކަތަކުން ނުކޮއްދީބަލަ” މައިލީން ގެ ހިތުގައިވިއެވެ.
އޭނާ ކަރުނަތަށް ހިންދާލަމުން ފުން ނޭވާއެއްލަމުން މީހާ ހަމަޖެހިލިއެވެ. އަދި ބޫޓް ލައްވާލަމުން ޔަޝްމް ތިރީގައި ބެހެއްޓިއެވެ. ދެން އެ ތުއްތު އިނގިލި ތަކުގައި ހިފާލަމުން ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ.
ޔަޝްމް ރީތިކޮއްލައިގެން މައިލީން ގޭން ނުކުތެވެ. ޔަޝްމް ލައްވާފައި ހުރީ ރަތާއި ހުދުކުލަ ހިމެނޭ ވައްތިރި ހެދުމެކެވެ. އޭގައި އުނަގަނޑާ ހިސާބުން ބެލްޓެއް އަޅާލާފައި ވާއިރު އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮއްލެވިފައެވެ.
މައިލީން ލީ ގަޔަށް ދޫ ޓޮޕަކާ ޖީންސެކެވެ. އޭނާ ރާޅު ބާނީއެއްގޮތަށް ހަދާފައިވާ އިސްތަށިގަނޑު ގައި ފުނާއަޅާލިއެވެ. އޭނާގެ ވެސް އޮންނަނީ ޔަޝްމް ކަހަލަ ފަން ފަން އިސްތަށިގަނޑެކެވެ. އެހެންނަމަވެސް އޭނާ އެ އިސްތަށިގަނޑު ބޭނުންނުވީ މާޒީގެ އެތައް ހަދާނަކާ އެ އިސްތަށިގަނޑާ ވެސް ގުޅިފައިވާތިއެވެ. ޔުއާން ކޮންމެ ފަހަރަކުވެސް ލޯބިން އޭނާގެ ފަން އިސްތަށިތައް އެއްފަރާތް ކޮއްދޭނެއެވެ. ފަން ކަމުން ވޫލް ކޮޅު ދޫވާނޭކަމަށް ބުނުމުން ޔުއާން އަބަދުވެސް ބުނާނީ ފަން އިސަތަށިގަނޑު ހާވާލާފައި އޮތުމުން އެނާ އަށް މާރީ ތީކަމުގައެވެ. ޔުއާން ގެ ހަދާން ތަކާ ދުރަށް ދާން އޭނާ ނުކުރާ ކަމެއްނެތެވެ. އެންމެން ރީތިވެގެން އުޅުނު ފަންއިސްތަށިގަނޑު ބަދަލްކޮއްލީއެވެ. އެ ހުރިހާއެއްޗެއް ފޮއްޓަކަށް އަޅާ ބަންދުކުރީއެވެ. އެއްލައިލަން އޭނާގެ ހިތް ގަބޫލް ނުވީމައެވެ. އެހުރިހާކަމަކުން ވެސް މައިލީން ވީ ތެދުވެރި ލޯބިކަން އެނގިގެންދެއެވެ.
ޔަޝްމް ގޮވައިގެން ދާން ވުމުން މައިލީން ގެއާ ކައިރި ކަމަށް ވިޔަސް ޓެކްސީއެއްނެގިއެވެ. އޭނާ ހޮސްޕިޓަލް އަށް އާދެވުމުން އަވަސް އަވަހަށް ޔަޝްމް ގޮވައިގެން ފޭބިއެވެ. މީހުން ގިނައެވެ. މައިލީން ވެސް ފަރާތް ފަރާތަށް ހޯދަމުން ޔަޝްމް ގެ ފަހަތުން އަތުގައި ހިފައިގެން ދިޔައެވެ.
ތިންވަނަ ފްލޯއަށް އާދެވުމާއެކު މައިލީން ކައުންޓަރ އަށް ގޮސް އައިޑީކާޑް ދައްކާލާ އޭނާ އައި ބޭނުން ބުނެލިއެވެ. އެކުއްޖާ ހިނިތުންވުމަކާއެކު މައިލީން އަށް މެމޯކޮޅު ދިނެވެ. އަދި ދާންވީ ދިމާ އޮޅުން ފިލުވައިދިނެވެ. މައިލީން ގޮސް ގޮނޑިބަރީގައި އިށީނެވެ. އަދި ކައިރީގައި ޔަޝްމް ބައިންދާލިއެވެ.
ނަމްބަރު ޖެހުމާއެކު އޭނާ ޑޮކްޓަރުގެ ކޮޓަރިއަށް މިސްރާބުޖެހިއިރު ހިތް އާދަޔާހިލާފު ބާރަށް ތެޅެއެވެ. އޭނާ އަށް މޭގައި ފިރުމާލަމުން ފުން ނޭވާއެއްލެވުނެވެ. އަނެއްކާ މިފަހަރު ލިބޭނީ ކޮން ކަހަލަ ހަބަރެއްބާއެވެ.
ރޫމް ގެ އެތެރެއަށް ވަނުމާއެކު އޭނާ އާ ފުރަތަމަވެސް ބައްދަލު ކުރީ ރީކަލް ގެ ހިތްހޮޔޮ ހިނިތުންވުމެކެވެ. ރީކަލް އަކީ ބޭރު ރަޝިއާ ޑޮކްޓަރެކެވެ. ބާމަތި ފުޅާ ހަށިގަނޑެއް ލިބިފައިވާކަށް އެނގެއެވެ. އިސްތަށިގަނޑުގައި ވަނީ ފާޑެއްގެ މަޑު މަޑު ޗޮކްލެޓް ކުލައެކެވެ. ކަޅުކަންދަގަ ބުމައަކާ އެކު ދެން ލިބިފައިވަނީ އަޅި ކުލައިގެ ލޮލެކެވެ.
އޭނާ މައިލީން ގެ ގާތުގައި ހުރި ކުޑަ އަންހެން ކުއްޖާއަށް ނަޒަރެއްދިނެވެ. އެއާއެކު އެ ކުއްޖާ ޑޮކްޓަރު ކައިރީގައި ހުރި ގޮނޑީގައި ބެއިންދުމަށް އިޝާރާތް ކޮއްލިއެވެ. ޔަޝްމް އެ ގޮތަށް ކަންތައް ކުރުމަށްފަހު އޭނާވެސް ދެން ހުރި ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.
“ޑޮކްޓަރު މެމޯ ކޮޅުގެ ވާހަކަ އެހުމާއެކީ މައިލީން މެމޯ ކޮޅު ޑޮކްޓަރާ ހަވާލުކޮއްލިއެވެ. ތަރުޖަމާކުރަން އިން ކުއްޖާގެ ނަޒަރުވެސް ވަނީ ޔަޝްމް އަށް ހުއްޓިފައެވެ.
ޔަޝްމް ދިޔައީ އެވަގުތު އޭނާގެ އަތުގައި އޮތް ތަނޑުގަނޑަކާ ކުޅެމުންނެވެ. އޭނާގެ ސަމާލުކަންވަނީ އެއަށް ގޮސް ހުސްވެފައެވެ. ރީކަލް މެމޯ ގައިވާ ނަން ކިޔާލިއެވެ. “ޔަޝްމް” އެއާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މައިލީން ބޯޖަހަލިއެވެ.
“ޝީޒް ސެޕެޝަލް” ރިކަލް ބުނެލިއެވެ. އެއާއެކު މައިލީން އަށް ބޭއިޚްތިޔާރުގައި ބުމަ އަރުވާލެވުނެވެ. އެއާއެކު ޑޮކްޓަރ ރީކަލް ކުރު ގޮތަކަށް ލާވިޔާ ޔަޝްމް ގެ ވާހަކަ ބުނެފައި އޮތްކަން ބުނެދިނެވެ. ދެން އޭނާ އަވަސްވެގަތީ ޔަޝްމް އަށް ދިމާވާ މައްސަލަ ހޯދުމަށެވެ. އޭނާ ޔަޝްމް ގާތަށް ޖެހިލާ ކުޑަކޮއް ދަތް ދޮޅީގައި ކޮއްޓާލިއެވެ.
“ސޯ ޝީޒް އަ މޭޖަރ ހާރޓް ޕޭޝެންޓް” ރީކަލް ބުނެލިއެވެ. މައިލީން އަނެއްކާވެސް ބޯ ޖަހާލިއެވެ. “އެކްޗްއަލީ ޑރ ލާވިޔާ ހޭޒް ގިވެން މީ ދަ ޑީޓެއިލްސް. ބަޓް އައި ވުޑް ލައިކް ޓް ސީ ދި ރިޕޯޓްސް” މައިލީން އޭނާގެ ދަބަހުން ރިޕޯޓް ތައް ނަގާ ދައްކާލިއެވެ. ރީކަލް ފަރުވާތރިކަމާއެކު ބަލާލިއެވެ. މައިލީން އިނީ ނޭވާ ހިފައްޓައިލައިގެންނެވެ.
“އައި ތިންކް ވީ ޝުޑް އޯލްސޯ ޑޫ ސަމް ލަންގް ފަންގްޝަނިން ޓެސްޓްސް” އޭނާ ބުނެލިއެވެ. ޔަޝްމް އަށް ވަމުން ދާ ގޮތްތަކުގެ ތަފްސީލް މައިލީން ދިނެވެ. “ރިޕޯޓް ތައް ބަލާ ނިންމާލުމަށްފަހު ރީކަލް ހިނިތުންވެލިއެވެ. “ޑރ ލާވިޔާ އޯލްސޯ ޓޯލްޑް ޝީޒް ރިއަލީ ޝްޕެޝަލް ކޯޒް ޝީ އިޒް ދަ އޮންލީ އޯޓިސްޓިކް ޕޭޝެންޓް އޮފް ހާރ…. އައި ތިނކް އައި ޝުޑް އޯލްސޯ އެޑް ޔަޝްމް އިން ދެޓް ލިސްޓް” ޑޮކްޓަރ އެންމެ ފަހު ފަހަރަށްވެސް ރީތި ހިންހެޔޮ ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. ތަރުޖަމާ ކުރަން އިން ކުއްޖާ ވެސް އިނީ ހެވިފައެވެ. އޭނާވެސް ޔަޝްމް އާ ކުޑަކޮއް ވާހަކަ ދައްކައިލިއެވެ.
ރީކަލް ހަދަންވީ ޓެސްޓް ތައް ލިޔެދެމުން ދިޔައެވެ. އެނާ ބުނީ މިގަޑީގައިވެސް ޓެސްޓް ހެދިދާނޭކަމުގައެވެ. އެހެން ކިޔާފައި މިގަޑީގައި ހަދަން އާރޖެންޓް ކަމގެ ލިޔުމެއްވެސް ދިނެވެ. “ތެންކިޔު” މައިލީން ނުކުމެގެން ދިޔައީ ޔަޝްމް ގެ އަތުގައި ހިފައްޓައިލައިގެން ހުރެއެވެ.
އޭނާ ގެ މިސްރާބުހުރީ ހަމަ އެ ފްލޯގެ އަނެއްފަރާތުގައި ހުންނަ ޓެސްޓް ތައް ހަދާ ބަޔަށް ދިޔުމަށެވެ.
ކައުންޓަރަށް ދައްކާލުމާއެކު އެތަނުން އޭގެ މެމޯ ހައްދާދިނެވެ. ޔަޝްމް ގެ ކުރިއަށް އިނީ އެންމެ ނަމްބަރެކެވެ. ވިއްސަކަށް މިނިޓް މީ ފަހުން ޔަޝްމް އަށް ގޮވާލިއެވެ. އޭނާ ޔަޝްމް ގޮވައިގެން ވަނެވެ. އެތނުގައި ހުރި ތަފާތު ވައްތަރުގެ އެއްޗެހި ފެނި މައިލީން ހާސްވިއެވެ. އެހެނެއްކަމަކު ޔަޝްމް މިވަގުތު ހުރީ ހަމަޖެހިލާފައެވެ.
ޓެސްޓް ތައް ހަދާ ނިންމާލުމަށްފަހު އެމީހުން ޔަޝްމް ކުޑަ ވަގުތު އޮކްސިޖަން ގުޅާފައި ބޭއްވީ ޔަޝްމް އަށް ކުޑަކޮއް ނޭވާ ލާން ދަތިވާތީއެވެ. ދެން އިރުކޮޅަކުން ފޮނުވާލިއެވެ.
އޭރު ގަޑިން މެންދުރު އެކެއްޖަހަނީއެވެ. މައިލީން ޔަޝްމް ގެ އަތުގައި ހިފައިލައިގެން ހިނގައިގަތެވެ. އެވަގުތު އެތަނުން އޭނާ އަށް ރީކާ ފެނުނެވެ. އެހެން ނަމަވެސް އޭނާ ގޮވާލާކަށް ގަސްތެނުކުރެއެވެ.
މައިލީން ހޮސްޕިޓަލުން ނުކުތެވެ. އޭނާ ޔަޝްމް ގޮވައިގެން ޓެކްސީއަކާ ދިމާލަށް ހިނގައިގަތެވެ. ޓެކްސީއަށް އަރާ ދާންވީ މަންޒިލް ބުނެލުމާއެކު ޓެކްސީ ދުއްވާލިއެވެ. މައިލީން އަށް ލިބިފައިވާ ހަސްކަން ދުރުކޮއްދެމުން ދިޔައީ ޔަޝްމް ގެ ލޯބިވެތި ވާހަކަތަކުންނެވެ. ބޭރުން ބަލަހައްޓައިގެން އިން އިރު ތަފާތު އެކި އެކި ވާހަކަ ތައް ދައްކަމުން ދިޔައެވެ. ބައެއްފަހަރު ޑްރައިވަރު ވެސް ލުއި ހުނުމަކާއެކު ޔަޝްމް މެންނާ ބައިވެރިވެލައެވެ.
ގޭގެ ދޮރުމައްޗަށް ކާރު ހުއްޓުމާއެކު އޭނާ ޔަޝްމް ގޮވައިގެން ފޭބިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. އޭނާ ފޯން ހުޅުވާލަމުން ކިޔާލިއެވެ.
އެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރުން އެގައި އޮތް އެއްޗެއް ދެނެގަންނަން އުނދަގުލެވެ. ނޭގޭ އެތައް އިހސާސްތަކެއް އެމޫނުމަތިން ފެންނަމުންދިޔައެވެ. މައިލީން މެސެޖަށް ގެއްލި ހުއްޓައި ސިހުނީ ޔަޝްމް އޭނާގެ އަތަށް ދަމާލަމުންނެވެ. އޭނާ ޔަޝްމް އަށް ބަލާލާފައި ފޯން ބޭގަށް ލިއެވެ. އަދި ޔަޝްމް އާއެކު ގެއަށް ވަންނަން ހިނގައިގަތެވެ.
އޭނާ ގެއަށް ދިޔައިރު އެއްވެސް މީހެއް ނޫޅެއެވެ. ޝިޒާޒްވެސް ވާނީ ޑިއުޓީގައެވެ. އޭނާ އެކަނިވީއެވެ. ޔަޝްމް ގޮވައިގެން ކޮޓަރިއަށް ވަދެފައި ގޭގައި ލައްވަން ގެންގުޅޭ ތަންކޮޅެއް އާދައިގެ ޓޮޕެއް ލައްވާލުމާށްފަހު ދޫ ހަރުވާޅެއް ލައްވާލިއެވެ. ދެން އޭނާ ޔަޝްމް އަތަށް ފޯނުން ގޭމެއް އަޅުވާފައި ދިނުމަށްފަހު ފާހާނާއަށް ވަނީ ހޫނުވާ ވަރުންނެވެ. ފެން ވަރައިލައިގެން ނުކުތް މައިލީން ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. ބޮލަށް އަޅައިގެން ފެން އެޅުމުގެ ސަބަބުން އެ އިސްތަށިގަނޑުގައިވަނީ ތެތް ކަމެވެ.
މޫނުމަތިންވެސް ތާޒާކަން ދައްކައެވެ. މައިލީން އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އޭނާ ލޯ ގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ޓީޝާޓް އަކާއި ދޫ ހަރުވާޅެއްގައި އޭނާ ހުރު އިރުވެސް ސާދާއެވެ. އެއްވެސް މޭކަޕެއްކޮއްފައި ނުވާއިރުވެސް އެ ރީތިކަން ފަނޑެއް ނުވެއެވެ.
ދެން އެނާ އަވަސްވެގަތީ ޔަޝްމް އަށް ދޭން ކާއެއްޗެއް ތައްޔާރުކުރުމަށެވެ.
ނިދާފައި އޮތް ޔުއާން އަށް ހޭލެވުނީ ރިންގް ވަމުން ދިޔަ ފޯނުގެ އަޑުންނެވެ. އޭނާ ކަންނެތް ކަމާއެކު މޯޅިއަކަށް ދެމިލަމުން ފޯން ބަލާލިއެވެ. އެއާއެކު އޭނާގެ މޫނު މައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ.
ފޯން ސައިލެންޓަށް ލުމަށްފަހު އޭނާ އަނެއްކާވެސް ނިދީއެވެ.
ލާވިޔާ ގުޅަ ގުޅާވެސް ޔުއާން ފޯނެއް ނުނަގައެވެ. އެހެންކަމުން އޭނާ ހުރީ މާޔޫސްވެފައެވެ. ޔުއާން އަށް އޭނާގެ ފަރާތުން ނުފެންނަނީ ކޮން ސިފައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
އާރާ އޮފީހުގައި މަސައްކަތް ބުރަކަމުން މިއަދު މެންދުރު ދެ އެއް ޖަހާ ބޮޑު ވިއިރުވެސް ގެއަށް ދެވޭ ގޮތެއްނުވެއެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމާއެކު އޭނާ ކޮންޕިއުޓަރ ސްކްރީނުން ނަޒަރު ވަކިކޮއްލަމުން ފޯނަށް ބަލާލިއެވެ. އަރާފައިވާ ނަންފެނިގެން ހިނިތުންވެލަމުން އޭނާ ފޯން ނެގިއެވެ.
“ލަވް… އަދިވެސް ނުނިމޭތަ… މިހުރީ އިންތިޒާރުގަ…” އާއިކް ގެ މެސެޖެކެވެ. މެސެޖް ކިޔާލުމާއެކު އޭނާ ގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. އެނާ ރިޕްލައިކޮއްލިއެވެ. އިރުކޮޅަކުން އޭނާ ސިއްސައިގެން ދިޔައީ ކައިރީގައި މީހަކު ހުރިހެން ހީވެގެންނެވެ. އޭނާއަށް ފެނުނީ އާއިކްއެވެ.
އާއިކް އެތަނުން ގޮނޑިއެއް ދަމާލައިގެން އައިސް އާރާ ގަތުގައި އިށީނެވެ. އާރާ ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލިކަމުގައިވިޔަސް އާއިކް އިނމުން މަސައްކަތަށް ސަމާލުކަން ދެވޭނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ.
“އަހަރެންގެ ހިތުގެ….”އެވަގުތު ކޮންޕިއުޓަރުން ލިޔަމުން ދިޔަ އާރާއަށް ކުއްލިއަކަށް ލިޔެވުނު ޖުމްލަ ފެނުމާއެކު އާއިކް ހީލިއެވެ. އާއިކް ގެ ލުއި ހީލުމުން އާރާ އަށް ލިބުނީ ސިހުމެކެވެ. އެނާ އާއިކް އަށް ބަލާލިއެވެ. އެއާއެކު އާއިކް ކޮންޕިއުޓަރ ސްކްރީން ދައްކާލިއެވެ. އެއަށް ބަލާލި އާރާ ލަދުން އިސްޖަހާލިއެވެ. ލަދުން އެ މޫނު ރަތް ވެގެން ދިޔައެވެ.
“އިޓްސް އޯކޭ… ވިލް ވެއިޓް ސީޔާ” ދަމުން އާއިކް ދިޔައީ އާރާގެ ކޯތާފަތުގައި ކުޑަކޮއް އަތް ޖައްސާލާފައެވެ. އާއިކް ދިޔަފަހުންވެސް އާރާ އަށް އިނދެވުނީ އެ ކޮލުގައި އަތް ޖައްސާލައިގެންނެވެ. ކުއްލިއަކަށް އޭނާ ހަމަ ޖެހިލަމުން އަވަސް އަވަހަށް މަސައްކަތް ކުރަން އަވަސްވެގަތެވެ. އާރާ ނިމެންދެން އޭނާގެ ކެބިންގައި އިން އާއިކް ދިޔައީ ވިސްނަމުންނެވެ. އޭނާ އެންމެ ފުރަތަމަ މިވާހަކަ ދައްކަން ބޭނުން ވަނީ ޔުއާން އާއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އެ ހިތުގައި ވެއެވެ. ކުރިންދުވަހުވެސް އޭނާ ގަސްތުކޮއްގެން ހުރީ ވާހައެއް ދައްކަން ޖެހޭ ކަމަށް ބުނާށެވެ. އެދުވަހު ދޮންބެ ބިޒީވުމުން ނުބުނެވުނީއެވެ. އާއިކް ގޮނޑީގައި ބޯ ޖައްސާލައިގެން ސީލިންގަށ ނަޒަރު ހުއްޓައިލައިގެން އޮތެވެ. ބައްޕަ އަށް ވެސް އަންގަން ބޭނުންވެއެވެ. އޭނާ މިހާރު ބޭނުންވަނީ އަވަހަށް ހަޔާތެއް ފަށާށެވެ.
އެހެންނަމަވެސް އާރާ ކިޔަވާ ނިމެންދެން އާރާބުނެފި ކަމުގައި ވާނަމަ އޭނާ މަޑުކުރާނެއެވެ. އާރާ ގެ އާއިލާ މީހުންނާ ވެސް ވާހަކަދައްކަން ވަގުތު ދޭން ޖެހޭނެއެވެ. ދެމީހުންވެސް ބޭނުންވަނީ އާއިލާ އަށް އެނގިގެން އެ ގުޅުން ކުރިއަށް ގެންދާށެވެ. އެހެންނަމަވެސް އާރާ އަށް އަދި އެވާހަކަ އެއްވެސް މީހަކު ގާތުގައި ދައްކާކަށް ނުކެރޭނެއެވެ. ދޮންތަ ބުނެފައިވަނީ ކިޔަވާ ނިމިގެން ނޫނީ ކުއްޖަކާ ރައްޓެހި ނުވުމަށެވެ. އެހެންކަމުން އޭނާގެ ހިތުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެއެވެ.
އަނެއްކާ އާއިކް އަށް އާބަސް ބުނެވުމަކީ އޭނާއަށް ހެދުނު ގޯހެއްހެން ހީވާން ވެސް ހީވެއެވެ. އޭނާގެ ހިތް އެއީ ގޯހެއް ކަމަށް ގަބޫލް ކުރަން ބޭނުން ނުވަނީ ކީއްވެކަމެއް ހުދު އޭނާއަކަށް ވެސް ނޭގެއެވެ. އަންހެން ކުއްޖަކަށް ވީތީ ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެއެވެ. އަދި އަމްދުން އާރާއަކީ މަންމަ އަދި ބައްޕަ ވެސް ނެތް ކުއްޖަކަށް ވުމާއެކީ ޝާލީން މެންނާ ދެކޮޅަށް ކަމެއްކުރާނެ ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ. ޝާލީން މެންނަކީ އޭނާއަށް އެންމެ ބޭނުންވިދުވަހު އަޅާލިމީހުންނެވެ. އަމިއްލަ ކޮއްކޮ އެތް ގޮތަށް ގެންގުޅުނެވެ. ކަމަކަށް ދަތިވީ އަކަ ނުދެއެވެ. ރިވާޔާ ދުނިޔޭގައިވެސް މައިލީންއާއި ޝާލީން އާއި އޭނާ ދުވަހަކުވެސް ތަފާތެއްނުކުރެއެވެ. އެދެމީހުންނަށް ހޯދައިދޭ އެއްޗެއް ވިއްޔާ ހޯދައިދެއެވެ. އެދެމީހުންނަށް ކޮއްދޭ ކަމެއް ވިއްޔާ ކޮއްދެއެވެ. އެފަދަ އިހްސާން ތެރިކަމެއް އޭނާ ހަނދާން ދުވަހަކުވެސް ނުނައްތާލާނެއެވެ. މީ ހަމަ އާރާ ގެ އަމިއްލަ ދުލުން އާއިކް ގާތުގައި ދެއްކި ވާހަކަ ތަކެވެ.
އޭނާ ވިސްނުމަކަށް ގެއްލިފައި އޮއްވާ އާރާ އައިސް ގޮވާލިއެވެ. އޭނާ އާރާއަށް ހިނިތުންވެލަމުން ދެމީހުން އެއްކޮއް ހިނގައިގަތެވެ.
މިއަދުވެސް ދެމީހުން ހިނގާލާފައި ދިޔަ މަންޒަރު ފެނުނީ އައިކަލް އަށެވެ. އެނާ ހިނިތުންވެލިއެވެ. އޭގެ އިތުރުން އެހެންމީހަކަށް ވެސް އެމަންޒަރު ފެނުނެވެ.
ހަވީރުގެ ވަގުތެވެ. ޝާލީން އާއި އާރާވެސް ސިޓިން ރޫމް ގައި ތިބީ ފިލްމެއްބަލާށެވެ. އޭރު ޔަޝްމް ވެސް އެތާގައި ކުޅޭ އެއްޗެހި ތަކެއް އަތުރައިގެން އިނެވެ. އެނާ އިނީ އެކަމަށް ގެއްލިފައެވެ. މައިލީން ގެއަކު ނެތެވެ.
އޭނާ ޔަޝްމް ގެ ޕޭރެންޓް މީޓިން އަކަށް ގޮސްފައި އައި މަގުމަތީގައި ލާވިޔާ އާ ދިމާވިއެވެ. އޭރު ލާވިޔާގެ އަތުގައި ދެކޮތަޅު އޮތެވެ. ހީވާގޮތުން ބާޒާރުކުރަނީއެވެ.
“މައިލީން ކީއްކޮއްލަނީ” އޭނާ އަހައިލިއެވެ. “މައިލީން ހީލަމުނ ލާވިޔާ ކުރި ސުވާލަށް ޖަވާބުދިނެވެ. “އީމޫ މީ މައިލީން އަހަރެންގެ ވަރަށް ހާއްސަ ޕޭޝެންޓެއްގެ މަންމަ” ލާވިޔާ ކައިރީގައި ހުރި ކުއްޖާއަށް ބަލާލަމުން މައިލީން ތައާރަފްކޮއްދިނެވެ.
މައިލީން ވެސް ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮއްލިއެވެ. “ވަރަށް އުފާވެއްޖެ ދިމާވީމަ” އެންޑް ބައިދަވޭ ރީކަލް ބުނެލި އޭ މައިލީން ދިޔަ ވާހަކަ… އަހަރެން ގޮތަށް ޔަޝްމް ދެކެ ރީކަލް އަށްވެސް ލޯބި ވެވިއްޖެ ހެން ހީވަނީ ހެހެހެ” ލާވިޔާ ހީލިއެވެ. އެކަމުން މައިލީން ގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިކުރުވިއެވެ.
ލާވިޔާ ކިޔާވަރުން މައިލީން އެންމެ ފަހުން ރެސްޓޯރެންޓްއަކަށް ވަނެވެ. އެތަނުގެ އެތެރޭގައި އޭނާ ގިނައިން މައިލީން އާ ވާހަކަ ދެއްކީ ޔަޝްމް އާ ބެހޭގޮތުންނެވެ. ޔަޝްމް އަށް ކަންތައްތައް ކޮއްދޭންވީ ގޮތްތަކުގެ ލަފާ ލާވިޔާ ދިނެވެ. އެނާގެ ހިތުގައި ވެސް ޔަޝްމް އާދޭތެރޭ އުފެދިފައިވަނީ ވަރަށް އެހެންކަހަލަ ލޯތްބެކެވެ. އެ ތުއްތު ކުއްޖާ އޭނާއަށް ހާއްސަވީ ކީއްވެކަމެއް ނޭގެއެވެ. އެ ކުއްޖާ ފެންނަ ކޮންމެ ފަހަރަކު ޔުއާން ސިފަވާތީހެއްޔެވެ؟ އެ މަޑު މުށި ކުލައިގެ ލޮލުން އޭނާއަށް ޔުއާން ސިފަވާންވީ ކީއްވެހެއްޔެވެ؟ މީގެ ކުރިން އެތައް ފަހަރަކު އެހެން އޭނާގެ ހިތަށް އެރިކަމުގައި ވިޔަސް އަދި އަދަށް ދާންދެންވެސް އެ ސުވާލު އޭނާ ބޭއްވީ ހިތުތެރޭގައެވެ. އެ ކުއްޖާ ޔުއާން އާ ވައްތަރު ވާހެން އޭނާއަށް ހީވެއެވެ. އެހެނަސް އެކަން ވާނީ ކިހިނެތްހޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެ ހިޔާލު ސިކުނޑިން ނެރެ އެއްލާލަނީއެވެ.
ލާވިޔާ އާ ވާހަކަ ދައްކާލެވުމުންމައިލީން އަށް އާދަޔާހިލާފު ހިންހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ޔަޝްމް ހައްތަހާ ބޮޑަށް ހާލަތު ދަށަށް ދާވަހަ އޭނާއަށް ބުނެވުނީ ކަރުނަވީ ދެލޮލާއެކުއެވެ. މައިލީން ގެ އަޑުގައި ވި ރިހުން އޭނާ ގެ ހިތަށް ވެސް ތދުކުރުވިއެވެ. “ޔަޝްމް އަށް އެއްވެސް ކަމެއްނުވާނޭ…. މައިލީން” ލާވިޔާ އަށް ބުނެވުނެވެ. އޭނާ ވެސް ވަރަށް ދެރަވެއެވެ. ދުވާލަކު އެތައް ޕޭޝެންޓުންނަކާ އޭނާ ކުރިމަތިލައެވެ. އެހެނަސް ޔަޝްމް ހާއްސަ ވީ ވަރަށް ދުވަހަކުވެސް އެހެން މީހަކު އޭނާއަށް ހާއްސަ ވެފައެއްނުވެއެވެ. ޔަޝްމް ރަނގަޅުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެއެވެ.
މައިލީން ގެ ލޮލުން އޭނާއަށް ފެންނަނީ އެ ކުއްޖާއަށް ޓަކާ އިންތިހާ ދަރައިގެ ލޯތްބެވެ. މީގެ ކުރިން އެހެން މީހެއްގެ ފަރާތުން ނުފެންނަ އެތައް ބުނެދޭން ނޭގޭ އިހްސާސްތަކެއް އޭނާއަށް ވަނީ މައިލީން ގެ ފަރާތުން ފެނިފައެވެ. ޔަޝްމް ގެ ހާލަތު ލާވިޔާ ބަޔާން ކޮއްދޭ ކޮންމެ ފަހަރަކު އެ ދެލޯ ފުރިގެން ދާ ގޮތަކީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ދޭނޭ ކަމެއްނޫނެވެ. މަޔަކު ދަރިއަކު ދެކެވާ މަތިވެރި ލޯބި ފެނި އޭނާ ހުރީ އާޝާހް ވެފައެވެ. ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އިގިފައިވާ ގޮތުގައި ޔަޝްމް ބަލަމުން ދަނީ މައިލިން އެކަންޏެވެ.
މައިލީން ގެއަށް ދިޔައިރު ސިޓިން ރޫމް ބަލާލަން ނުކެރެއެވެ. އެ އިރު އެއްއަޑަކަށް ޔަޝްމް ގެ ހަޅޭކުގެ އަޑު ގޭތެރޭގައި ގުގުމާފައި ހުއްޓެވެ. އޭނާ އަޑު އައި ދިމާލަށް މިސްރާބުޖެހިއެވެ. އަޑު އަންނަނީ ގޭ ކާބަޔާ ފަރާތުންނެވެ. ޔަޝްމް ގެ ހަޅޭކާ އެއްވަރަށް ޝާލީން ގެ އަޑާއި އާރާގެ އަޑު ވެސް މަޑު މަޑުން އިވި އިވި ހުއްޓެވެ. އޭނާ ފިޔަވަޅުތަކަށް ބާރުލަމުން ގޮސް ބަލާލިއެވެ. ޔަޝްމް އަތުން ނަޓްސް ތައް އަތުލަން އުޅުނު ޝާލީން އަށް މައިލީން ފެނުނެވެ. “އިލީ ޔަޝްމް އަލްމަންޑްސް ކާންވިއްޔޯ” ގޮތް ހުސްވެފައި ހުރި މީހަކު ފަދައިން ޝާލީން ވާހަކަ ދެއްކިއެވެ. މައިލީން ދެފަރާތަށް ބޯ ހޫރާލަމުން ޔަޝްމް ގާތަށް ހުއްޓުނެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ ޔަޝްމް ހައްދާލެވޭތޯއެވެ. އެ އަތުލެވޭތޯއެވެ. މައިލީން ޔަޝްމް ގާތަށް ތިރިވެލަމުން އިށީނުމާއެކު ޔަޝްމް މައިލީން ގެ އިސްތަށިގަނޑަށް ދަމައިގަތެވެ. އަދި ހަޅޭއްލަވައިގަތެވެ. އޭނާ އެ ދަޅުން އަލްމަނޑް ނަގާ އަނގަޔަށް އަލާލިއެވެ.
“ޔަޝްމް” މައިލީން ބާރަކަށް ބުނެލިއެވެ. ހަމަ އެސިކުންތުގައި ޔަޝްމް ގެ އަތުގައި އޮތް އަލްމަންޑް ފުޅި އެއްލާލިއެވެ. ބިއްލޫރި ފުޅިއެއްކަމުން އެވަގުތުން ތެޅުނެވެ. ޔަޝްމް ގެ ދެލޯ ބޮޑުވީ ގަތް ބިރުން ކަންނޭގެއެވެ. “ނެރޭ… ހަމަ މިހާރު ނެރޭ… އަނގައިގަ ހުރި އެއްޗެހި ނެރޭށޭ” މައިލީން ބާރަށް ބުނެލިއެވެ. އަދި ޔަޝްމް ގެ އަނގައިގެ ތެރޭގައި ހުރ އެއްޗެހި ނެރެން އުޅެގަތެވެ. ޔަޝްމް ބާރަށް ރޯންފެށިއެވެ. އެއާއެކު އެނާގެ އަނގައިގެ ތެރޭގައި ހުރި އެއްޗެހި ވަރަށް ފަސޭހަ ކަމާއެކު މައިލީން ނެރުނެވެ. އޭނާ ދެން ގޮސް ޒިންކަށް އެއަޅާލަމުން ޔަޝްމް އަށް ބަލާލިއެވެ. އޭރުވެސް ޔަޝްމް ދިޔައީ ބަރަށް ރޮމުންނެވެ. އޭނާ ދެރަވިއެވެ.
ދެންމެ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ ހިތާ ގޮސް ޔަޝްމް ގާތަށް ތިރިވިއެވެ. އެއާއެކު ޔަޝްމް މައިލީން ގެ ގައިގައި ތަޅައިގަތެވެ. ޔަޝްމް ހެދިހާ ގޮތެއް ވަރިހަމަވެގެން މައިލީން އިނެވެ. އޭނާގެ ލޮލުން ވެސް ކަރުނަ އާދެއެވެ.
އެހެން އިން އިރު ތަންކޮޅެއް ކުޑަ ޔަޝްމް ތަންކޮޅެއް ކުޑަ އިރެއްގެ ހަނދާނެއް އޭނާ ވިއެވެ.
***
“ދޫނީ ބޭނުންތަ ނަޓްސް” މައިލީން އޭނާގެ ގެންގުޅުނު އަލްމަންޑް ފުޅިން ނަޓްސް ޔަޝްމް އަށް ކާން ދިނެވެ. ޔަޝްމް އަށް ކާންދީފައި އޭނާ ކޮޓަރިއަށް ވަނީ ކޮޓަރީގައި އޮތް އޭނާގެ ފޯން ރިންގް ވާން ފެށުމުންނެވެ. އެ ފޯނަށް ޖަވާބު ދީފައި ނުކުތް އިރު ޔަޝްމް ކެއްސަނީއެވެ. ވީ ގޮތެއްނޭގެއެވެ މައިލީން ހާސްވިއެވެ. އޭނާ ފެންތައްޓެއް ގެނެސް ދިނެވެ. އެކަމަކު ކެއްސުން މަޑެއްނުވިއެވެ. އެވަގުތު ޝާލީން ގޭޣައި އުޅޭ ކަމުން އޭނަ ޝާލީން އަށް ގޮވިއެވެ. އެހެންނަމަވެސް ދެމީހުންނަށް ވެސް ކަމެއް ކުރެވޭ ގޮތެއްނުވިއެވެ. ދާން ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ޝާލީން އާ އެކު އެންބިއުލެންސްގައި އިން އިރު އޭނާ އަށް ރޮވެނީއެވެ.
އެމަރޖެންސީގައި ފަރުވާ ދިނުމަށްފަހު ޔަޝްމް އެލާޖިކް ވީ ކަމަށް ބުނުމުން މައިލީން ކުށްވެރިކުރީ އަމިއްލަ ނަފްސެވެ.
***
މިމަންޒަރު ބަލަން ތިބި ޝާލީން އާއި އާރާވެސް ތިބީ ފެންކަޅީ ވެފައެވެ. “ޔަޝޫ.. ޔަޝޫ އަށް ރަނގަޅަށޭ މަންމި އަތުލީ” މައިލީން އަށް ބުނެވުނެވެ. އޭނާ ޔަޝްމް ގައިގައި އަތްލަން އުޅުނެވެ. އެއާއެކު ޔަޝްމް ރޮމުން ރޮމުން ދިޔައީ ޝާލީން ގާތަށެވެ. ޔަޝްމް ދިޔަ ދިމާލަށް ބަލަން އިން މައިލީން ރޮމުން ދިޔައެވެ. އާރާ މައިލީން ގާތަށް އައިސް ހުއްޓިލާ މައިލީން ނެގިއެވެ. އޭރު ޝާލީން ޔަޝްމް މަތަ ކުރަން އުޅެއެވެ.
“ވަޓް ހޭޒް ހެޕެންޑް ޓްމީ” މައިލީން އަށް އަމިއްލަ ނަފްސް ކުއްވެރިކުރެވެމުންދިޔައެވެ. “އާރާ އަހަރެން ކިހިނެތް ހަދާނީ ބުނެބަލަ…. ” މައިލީނަށް ބުނެވުނެވެ. އޭރު އެ އަޑުގައި މަޑު މަޑު ތުރުތުރެއް ހުއްޓެވެ.
އެރެއަކީ މައިލީން ގެ ޑިއުޓީ އޮންނަ ރެއަކަށް ވުމާއެކު އޭނާ ރީތިވެލައިގެން ޝާލީން ގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ޔަޝްމް އިނީ އެނދުމަތީގައި ދެފައި ވަށްކޮއްގެން އާރޓް ފޮތެއްގައި ކުރަހާށެވެ. “ދަރިފުޅާ ކޯއްޗެއްތަ ތި ކުރަހަނީ ދައްކަބަ މަންމި ބަލާލަން” މައިލީން ބުނެލިއެވެ. އަދި އައިސް ލޯބިން ޔަޝްމް ގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު ޔަޝްމް ރުޅިއައިސްގެން މައިލީން ގެ އަތް ދުރަށްލިއެވެ. އޭނާ ރުޅިވެރި ދެލޮލުން މައިލީން އާ ދިމާލަށް ބަލާލިއިރު ޔަޝްމް ގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ.
ރުޅިއައިސް އިނަސް ޔަޝްމް ނުހަނު ލޯބިއެވެ. މައިލީން ދެރަވިޔަސް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. އެއާއެކު ޔަޝްމް ވަކިން ބޮޑަށް ރުޅިއައިހެން ހީވެއެވެ. އިސްތިރިކުރާ މޭޒުދޮށުގައި ޝިޒާޒް ގެ ޕޮލިސް ޔުނީފޯމެއް އިސްތިރިކުރަން ހުރި ޝާލީން އަސް މައިލީން ބަލާލިއެވެ. އެވަގުތަކީ ޝާލީން އަށް ވެސް އެ ދިމާލަށް ބަލާލިވަގުތެވެ. މައިލީން ޔަޝްމް އަށް ބަލާލަމުން ލޮލުން ޝާލީން އަށް އިޝާރާތް ކޮއްލިއެވެ. ޝާލީން ބުނީ އިރުކޮލަކުން ހަމަޖެހިދާނޭކަމުގައެވެ. އެހެންކަމުން އޭނާ ވެސް ހަމަޖެހިލަމުން ޔަޝްމް ގެ ކޮލަށް ދޮނެއް ދިނުމަށްފަހު ނުކުމެގެން ދިޔައެވެ. ދަމުން އަދިވެސް އެއްފަހަރު ޔަޝްމް އަށް ބަލާލަމުން ސޮރީ އޭ ވައި އަޑުން އޭނާއަށް ބުނެވުނެވެ.
އެރޭ ޔުއާން އެއް މައިލީން އަކަށް ނުފެނެއެވެ.
ހަފްތާއެއްފަހެވެ. މިއަދު މައިލީން އެ ދަނީ ޔަޝްމް ގެ ހުރުހާ ރިޕޯޓެއްހަމަވުމުން އެ ނަގައިގެން ރީކަލް އަށް ދައްކާލާށެވެ. އޭނާ ހުރީ ޑިއުޓީއަށް ދާ ޔުނީފޯމްގައެވެ. އޭރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެއްޖެއެވެ. ކައުންޓަ ގައި ކުއްޖަކު ބެއިންދުމަށްފަހު އޭނާ މިސްރާބުޖެހީ ރީކަލް ކައިރިއަށް ދާށެވެ. ރިޕޯޓް ތައް ނެގިގޮތަށް އެއަށް ބަލާލުމެއްވެސް ނެތި މައިލީން ދިޔައީ ހިތަށް ވެރިވެފައިވާ ބިރިވެރިކަމެއްގެ ބޮޑުކަމުންނެވެ.
އޭނާ ކައުންޓަރު ކައިރީގައި މަޑުކޮއްލުމާއެކު އެ ކުއްޖާ ކިހިނެތް ހަދަން ވީ ތޯ ސުވާލުކުރިއެވެ. މައިލީން ރިޕޯޓް ގެ ވާހަކަ ބުނުމުން އެ ކުއްޖާ ބުނެލީ މަޑުކޮއްލުމަށެވެ. ކުރިއަށް ތިބި ދެމީހުން ބަލާނިންމާފައި ގޮވާލާނޭ ކަމުގައި ބުނުމުން މައިލޫން މަޑުކޮއްލިއެވެ.
މާގިނަ އިރު މަޑު ކުރާކަށްނުޖެހުނެވެ. ގޮވާލުމާއެކު އޭނާ ވަދިގެން ދިޔައެވެ. މައިލީން ފެނުމާއެކު ރީކަލް ހިނިތުންވެލިއެވެ. އަދި އިށީދުމަށް އިޝާރާތް ކޮއްލިއެވެ.
“ކޮބާތޯ ރިޕޯޓް ތައް” ރީކަލް އަހާލީ އިނގިރޭސިންނެވެ.
އޭނާ ރިޕޯޓް ތައް ދިން އިރު އަތުގައި ވެސް މަޑު މަޑު ތުރު ތުރެއް އެފެދިފައިވިއެވެ. ރީކަލް ގެ ހިނިތުންވުން ފުޅާވެގެން ދިޔައީ މައިލީން ލާފައި އިން ޔުނީފޯމް ފެނިފައެވެ.
ރީކަލް ވަރަށް ފަރުވާތެރިވެ އެ ރިޕޯޓް ތައް ބަލަން ފެށިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވޭތޯ މައިލީން އިނީ ވަރަށް ފަރުވާތެރިވެއެވެ. އެހެނަސް އޭނާއަށް އެއްވެސް އަސަރެއްނުފެނުނެވެ. ހިތާހިތުން ދުއާ ކުރެވުނީ ޔަޝްމް ހެޔޮހާލުގައި ލެއްވުމަށެވެ.
(ނުނިމޭ)
44 Comments!
Comments are closed.
free vegen phone kulhey time ga mi vaahaka up vefa huhta mifennanee konme faharaku ves … varah ufaavey thihaa avahah up kohla dheythi
Thanks Aki. Vvv ufaavehjje vhk kiyaathy. And hurihaa kudhin miothy 29 th vana part. ???
hehe. thanks aki. vvv ufavehjje. 🙂
Wow
Vrh vrh vrh reethi mi prt ves
Thankyou Hi Mi for this lovely story
Hajja Zara
Afeer koba vaahaka reethitha
hello XoXo. thnks. 🙂
Vahaka dhigukurann beykaaru vahaka gina koffa hunnahenn heevanee. … Mi varah nice haadhisa eh.. vahaka reethi..
sorry Naani. and thanks. hurihaa hiyaal thakakah ves ufalaaeki maruhabaa kiyan. hiyaal thah gabool kogne kuri ah dheyveyne kamah Hi Mi abadhuves gabool kurani. 🙂
Yuan and molten ge baeh netheema..not interested… Beykaaru vaahaka
Its okay dear. ehenves vaane. dhen in part ga innaane. hiyaal thakah hama maruhabaa:)
very happy every day two parts kiyaalan libeythi. alhey miharu neyva hifahattalaigen hunnan mi vi. please dnt let anything happen to her. varah reethi mi part ves. cant wait for leen and yuan to get back together.
HIngaa balamaa vaa gotheh dw dear. vvv uvaavey konme part akun ves comment fennaathy. lets see wherther hey get back togther or nt. thaanks again. 🙂
Thanks vara sali
thanks anonymous. 🙂
Wow, loabivaa Hi Mi mihaaru khonireh story ah inthixaaru kureveythaa.. Hama kiyaa hithun kehmadhu Vefa.. Abadhuves hithaharany dhenvaany kihinehbaaey.. Ehaaves mi story kiyaahiyvey.. Ehaa molhah story athurailaigen kuriah thigendhany.. Hithah arany inthaa indhe ehkoh kiyaalan mi story libeyne namaey.. V v ves rythi.. Masha Allah.. Luv u n Miss u Hi Mi dhoony
alhey. vvv ufaavehjje. shann ge comment akah hama varah inthixaar kurevey. thanks dear. konem part eh ves liyumuge kurin raavaalaigen liyeveythoa balan. vvv ufaavehjje. :):):) am apeechless hama.
Wow… Thee hama emme best writer… Story hama habeys.. V ufaavey mihaa avahah kiyaalan libeythee… When next part❤
next part mihaaru kiyaaleveyne. thaks shaya vvv ufaavehjje. it meaans a lot igey. ur support. 🙂
story vvvrythi mihaaru ? keep going..
thanks. sav. In Sha Allah balaanan. v ufavehjje. 🙂
Ohhh Hi Mi I’m soooooo happy story kiyaalan libunyma n aeeevx ehaa dhigukoh ????… Varah varah happy vehje ??… Story as usual hama superb ????.. Maasha Allah mi part vx hama varah varah varah reethi ????… I loved it ❤️❤️❤️❤️… Ehaa interesting mi part vx ??.. Mi Story ge mihaa hisaabah dhiya iru vx knme partehvx ehaame reethi n intresting ??… Vaahaka kuriah dhaa varakah shaugverikan ithuruvanee ????… Vaahakaige shaugverikan gehligeneh nudhey Maasha Allah ??????… Buneveynee hama mi Story akee best story ey ❤️❤️❤️… N ur are the best Hi Mi ❤️❤️???… Maasha Allah Hi Mi vaahaka liyan varah varah molhu ❤️❤️??… Keep up the good work dear ??????… I’m always with you ??… Hi Mi ah ingeytha mi Story kiyaalan libunyma pinky ah haadha hihhama jehun libeyey??… Varah varah ufaavey ??… Abadhuvx mi story ah inthizaaru kurevey ??… Curiously waiting for the next part ???.. Love you Hi Mi ❤️❤️❤️❤️❤️??????????????????????????????????
what a lovely comment my dear pinky. varah nthixaaru kurevey pinky ge comment ah abadhuves. ehaa loabi vaane kan ingey viyya comment. vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv uvaavehjje. hama speechless. and sorry for the late reply i knw pinky varah inthixxru kuraakan reply ah. love u mlre dear. abadhuves pinky ge comment aki libey hiyy vareh. 🙂
Wooooooooooooow himi darlin masha allah mi baives vvvvvvvvvv reethi waiting next part hi mi maileenge hih falhaigenvhingaidhaane plx maileen happy kohlaber xaan v dheravey maileen roathy???????? himi haadha ragalhey hedhunu parteh up kohlaafa anehkaa parteh up kuryna thnx sweet❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ luv u bodu bodukoh?????????????????????????????
hingaa balamaa vaa gotheh dw dear. vvv ufaavehjje. xaan ge konme comment eh ves ehaa loabi vaane. hehe. vvvvvv ufaavehjje ingey. thi dhey supoort ah hama saabas dheyhaa vey. 🙂
?❤?Varah reethi… V v habeys.. hi mi
?Waiting for next part
thasnk zoe. nw kiyaaleveyne. v ufaavehjje. 🙂
Hi mi mailee n yuaan ge thankolhe next part ga genes dhehchey plx plx?????? ….yasoo gothe nuhadhaathi❤❤❤❤❤❤ …… waiting 4 next part …..
yes. e part ganinnaane i gey dear. v uaavey support kuraathy. rangalhu kohlan jehey kameh othas n=bunelaathi ingey dear. 🙂
Wooooowww ???
thanks Xxxx:)
Mivaahakaige kureebai vvv reethi vv interesting ekamu mihaaru maaginain beykaaru vaahakathah ginaiy ehenve miohreethi vaahakaige reethikan gehli foohikan ihsaas vey eba.
hey ina. thanks for the comment ingey dear. v ufaavhejje comment fenifa. thanks dear. Hi Mi gaathu bunelima hi mi ah ingeyni dhen gennan v change aki kobaa thoa. thikahala hiyaal thakaki hama libigendhaa kuri wrumeh kamugai dheken. thi kahala konme comment akun ves iturah rangalhu kohlan hiyy varu libey. 🙂
Wow himi vvvvvvv reethi. Haadha molhey himi. And sorry. Adhi ehkon type koh nunimeythy nufoanuvigen miulheni. V avahah fonuvaadheynan.
thanks Tee. am waiting cant wait hama mihaaru. v inthixaaru eba kurevey. v ufaavehjje. thanks again dear. 🙂
Wow varah reethi mi part ves…… waiting 4 next part ???????
thanks dear. v ufaavehjje. nw kiyaaleveyne. e part ves kiyaalaafa do comment ingey. 🙂
Masha Allah…… varah varah varah reethi
Waiting…..
thanks zuam v ufaavehjje. 🙂
Abadhh mee ga ulhey girl roa vaahaka onnany. Ehen noony beykaaru baithah. Aslu mi story aky v asaru gadha koh liyeveyne vaahaka eh hen heevey kiyaaleema. Ekam thi genesdhey goi reethi nun. Gina kiyuntherin reethi bunany konkamakah balaafa .baa
thanks me. hiyaalah varah ufalaa eki maruhabaa kiyan. thikahala comment un Hi MI ah ragalhu kohlan ithuru hiyy vareh libigen dhey. In Sha Allah… thikahala hiyaal thakah visnaa kuri ah dhiyumah masahkai kuraanan. thanks dear. v ufaavehjje. 🙂 comment un rangalhu kuran jehey kanthah ingigendhey. 🙂
Haadha reeiichey❤️ varah kiyaaalaa hithun indha thi nimmaaly.. Waiting for the next part ..varah interesting story eii meee
ތޭންކްސް މިޒުހަން. ވވ އުފާވެއްޖެ. 🙂
Tnanx hi mi …. mihaa dhigukoh genes dhineeema…. adhi mi kiyunee mi part sorry ingey…. due to wi fi prblms……