މާގަނޑުން އޮހެމުންދިޔަ ފެންތަކާއެކު އިޔާން ވިސްނަމުން ދިޔައީ ޒީކް ކައިރިއަސް ގޮސް ހަދާނެ ގޮތަކާ ދޭތެރޭގައެވެ. ފެންވަރައިގެން ނިކުމެ ކަޅުކުލައިގެ ޓީޝާޓަކީ ކަޅުކުލައިގެ ސޯޓެއް ލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެގެން ބޯ ރީތި ގޮތަކަށް ހަދަމުންދިޔައެވެ. ސެންޓްފުޅި ނަގައިގެން ޖަޔަށް ޖަހާލަމުން ލޯގަނޑު ކުރިމަތިން ދުރަށް ދިޔައީ އިޔާންއަސް ކަމުދާވަރަށް ތައްޔާރުވެވުމުން ކަމަށް ވެދާނެއެވެ. އަލަމާރި ހުޅުވާލަމުން ރަތްކުލައިގެ ކުޑަކުޑަ ފޮށްޓެއް ނެގިއެވެ. ފޮށި ހުޅުވާލެވުނުއިރު އިޔާންގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުންވުމެވެ. ހިތުގެ ބައްޓަމަށް އިން ހުދުކުލައިގެ ޖަވާހިރުޖެހި އަނގޮޓިއަށް ބަލާލަމުން ސޯޓުގެ ޖީބްތެރެއަށް ލައި ރައްކާކޮށްފިއެވެ. އަދި ކޮޓަރިން ނިކުންނަމުން ޒީކްގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ހުޅުވިފައިވާ ކޮޓަރީގެ ދޮރާ ދިމާއަށް އިޔާން ހިނގަމުން ދިޔައީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަނދިރިކަމުން ފުރިގެންވާ ކޮޓަރިއަށް ބޭރުގައި ދިއްލާފައި ހުރި ބޮކިން ފަނޑު އަލިކަމެއް ވެރިވެފައިއެވެ. ހަމަހިމޭންކަން ރަސްކަންކުރަމުން ދިޔަ ކޮޓަރީގެ ހަމަހިމޭންކަން ފޫއަޅުވާލީ އިޔާންގެ ދެތުންފަތް ހަރަކާތްކޮށްލަމުން ޒީކްގެ ނަމުން ގޮވާލުމުންނެވެ. ނަމަވެސް އެތަނުގައި އިޔާންއަށް ޖަވާބުދާރީ ވާނެ މީހަކު ނެތްކަން އިޔާންއަށް އެނގޭނީވެސް ކިހެނެއް ހެއްޔެވެ.
“ޒީކް ޒީކް” ޖަވާބެއް ނުލިބުމުން ލައިޓް ޖައްސާލަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގައި ލިއެވެ. ފަޅުކަންވެރިވެފައިވާ ކޮޓަރި ތެރެއިން އިޔާން ދުށުމަށް އެދިއެދި ހުރި މޫނެއް ނުފެނުނެވެ. އޭނާގެ ދެލޯ އަބަދުވެސް އިންތިޒާރުކުރަމުން ދިޔަ އޭނާގެ ހިތުގެ މަލަކާ އެތަނުގައި ނެތުމުން އިޔާންގެ މޫނަށް ނުތަނަވަސްކަން ފެތުރުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެއަށް ފަހު ޒީކް ހޯދުމަށް ހިނގައިގެންފިއެވެ. ގޭގެ އެއްވެސް ތާކުން ޒީކްގެ ހަބަރެއްވެސް ނުވުމުން އަނެއްކާވެސް ޒީކްގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އަބަދުވެސް ފޮތްތައް ތަރުތީބުން ބަހައްޓާފައި މޭޒުމަތިން އިޔާންއަށް ފެނުނީ ހުސްކަމެވެ. އެހިނދު އިޔާންގެ ހިތް އާދަޔާ ހިލާފަށް ތެޅިގަނެގެންދިޔައެވެ. އިޔާންގެ އެ ތާޒާ މޫނު މިލާ މޯޅިވެގެން ހިނގައްޖެއެވެ. މާލެއާދެވުމުން ލިބުނު އުފާވެރިކަންވެސް ހިތާމަޔާ ފޫހިކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މޭޒުމަތީގައި އިން ބިއްލޫރިތައްޓަށް ޖަހާފައިހުރި ތާޒާމާ ތަކުން ޒީކް އެތަނުން ނިކުމެގެން ދިޔަފަހުން މާގިނައިރެއް ނުވާނޭ އިޔާންގެ ހިތް ބުނަމުން ދިޔައެވެ. ކުރިން އެކަންތައް ފާހަގަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟
އެނދުމަތީގައި އޮށޯވެލައިގެން ނިތްކުރިމަތީގައި އަތްބާއްވާ ލައިގެން އިޔާން އޮތީ ފުސްވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޗުއްޓީ ލިބުނަސް އެހާ އަވަހަށް ފުރައިގެން ހިނގައިދާނެކަން އިޔާންއަށް ނުވިސްނުނީތީ ދެރަވެފައެވެ. އިންތިޒާރުގެ ދުވަސްތައް އަނެއްކާވެސް ދިގުދެމިގެންދާނެތީ ހިތަށް ލިބެމުންދިޔައީ މޮޅިވެރިކަމެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުމުންވެސް ކާހިތްނުވެފައި އޮތީއެވެ. މިސައިބާ އިޔާން ހޯދަންއައީ ކާން ނުދިޔުމުންނެވެ.
“ދަރިފުޅާ” މިސައިބާ އައިސް އެނދުގެ މަގަތުގައި އިށީދެއްޖެއެވެ.
“މަންމާ” އިޔާން ތެދުވެ އިށީންނަމުން ބުނެލިއެވެ.
“ބަލީތަ؟؟ ކާން ނުދިޔައީމަ މަންމަ މިއައީ” އިޔާންގެ މޫނަށް ބަލާލަމުން މިސައިބާ ލޯބިން އަހާލިއެވެ.
“ބައްޔެއް ނޫނޭ. ކުޑަކޮށް ވަރުބަލިވީމަ ނިދާލަން ބޭނުމީ” އިޔާން ނިދިއަންނަ ގޮތް ދައްކާލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު އަވަހަށް ނިދާލާ” އިޔާންގެ ބޮލުގައި ފިރުމާލަމުން މިސައިބާ ހިނގައި ގަނެފިއެވެ.
އިރުމަތި ފަރާތް ދޮންކުރަމުން ދިޔަ މަންޒަރު ބަލަން އުފާވެފައި ޒީކް އިނެވެ. ރަށަށް ލެފެން ގިނައިރުތަކެއް ނެތުމާއެކު ޒީކްގެ އިންތިޒާރުވެސް ނިމުމަކަށް އަންނަނީއެވެ. އަލްޔަންއަށް ހޭލެވުމާއެކު ޒީކް ކޮބައިތޯ ބަލާލެވުނެވެ.
“އަދިވެސް ދެވޭކަށް ނޫޅޭތަ؟” އަލްޔަން ނިކުމެ ޒީކް ކައިރީގައި އިށީންނަމުން އަހާލިއެވެ.
“ނޫނޭ މިހާރު ވަރަށް ކައިރިވެއްޖެ” ދުރުދުރުން ފެންނަން އޮތް ރަށް ދައްކާލަމުން ބުނެލިއެވެ.
“ވަރަށް ކައިރިވެއްޖެއެއްނު. . . އަދިވެސް ގަޑިއަކު އިރު ނަގާނެ ކަންނޭގެ” އަލްޔަން ފޫހިގޮތަކަށް ބުނެލިއެވެ.
ޒީކްމެން ދަތުރު ކުރަމުންދިޔަ ބޯޓް ބަނދަރުކޮށްލުމާއެކު ރަށަށް ފޭބުމަށް މީހުންތައް އަވަސްވެ ގަނެފިއެވެ. ރަށުގައި ފައިޖެހުމާއެކު ހިތަށް ފިނަކަމެއް އިހްސާސް ކުރެވުނެވެ. މީހުންތަކުގެ ތެރެއިން ނިކުމެގެންގޮސް ތަންކޮޅެއް ދުރުގައި އަލްޔަން ފޮށި ހިފައިގެން އަންނަދެން މަޑުކޮށްލައިގެން ހުއްޓެވެ.
“ހިނގާ ދާން” އަލްޔަން ފޮށި ހިފައިގެން އައިސް ހުއްޓެމުން ބުނެލިއެވެ.
“ހިނގާފަ ދާން ވެއްޖެއްޔާ އަލްޔަން ވަރުބަލިވާނެ. ރަށުގެ އަނެއް ސައިޑްގައޭ ގެހުންނާނީ” ޒީކް އެތަނުގައި އޮތް ޓެކްސީއަކާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ކާރަށް އަރައި ހަމަޖެހިލުމަށްފަހު ގޭގެނަން ބުނުމާއެކު ކާރުދުއްވާލައިފިއެވެ. ކާރުގޮސް މަޑުކޮށްލުމާއެކު ޒީކް ދުވަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަލްޔަންވެސް ފޮށި ހިފައިގެން ގެއަށް ވަނުމަށްޓަކައި ޒީކްގެ ފަހަތުން ހިނގައިގަތެވެ. އެހިނދު ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައި ލެވުނެވެ.
ކުޑަކުޑަ ގޭގެ ވަށައިގެން ތިން ފޫޓް އުސްމިނުގެ ތިރި ފާރެއް ރާނާފައިވެއެވެ. ފާރުމަތިން ފެންނަވަރުގެ ކުދި ގަސްތަކެއް ގޯތިތެރޭގައި ހެދިފައިވެއެވެ. ގޭގެ އެއްފަރާތެއްގައި މަގުމަށްޗަށް ވާގޮތަށް ބޮޑު ބަނބުކެޔޮގެހެއް ވެއެވެ. އެބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯލި ވައިޖެހުމުންދާތީ ހެލިލަހެލިލާ ހުއްޓެވެ. އެކުޑަގޭގެ މަތިން ގޯތިތެރޭގައި ހެދިފައިވާ ރުއްތަކާއި އެކިވައްތަރުގެ ގަސްތައް ފެންނަން ހުއްޓެވެ. ތެޅިގަލުން ރާނާފައިވާ ފާރުތަކުގައި ސިމެންތިޖަހާފައެއްނުވެއެވެ. ފުރާޅުގައި ލާފައިހުރި ޓިނުތަކުގައި ދަބަރުޖެހުމުގެ ސަބަބުން ވަނީ އެކިދިމަދިމާގއި ލޯވަޅު އެޅިފައެވެ. އަލްޔަން ފޮށިހިފައިގެން ގޭގެ މައި ދޮރާ ދިމާއަށް ދިޔައިރު ޒީކްއާއި ހަފީޒާ ނިކުންނަނީއެވެ.
“މިއީތަ އަލްޔަން އަކީ؟” ހަފީޒާ އަލްޔަންއަށް ބަލާލަމުން ބުނެލިއެވެ.
“އާނ މިއީ… އެމީހުންގެ ދަރިފުޅު” ޒީކް އެހެން ބުނަމުން އެތެރެއަށް އައުމަށް އަލްޔަންއަށް އިޝާރާތްކޮށްލިއެވެ.
“އަހަރެން ހިތަށްއަރާ މިގޭގަ ސައްވިސްގަޑިއިރުވެސް ކެތްވާނެބާއޭ؟” ކޮޓަރީގެ ދޮރުން އެތެރެއަށް ވަންނަމުން ޒީކް ބުނެލިއެވެ.
“ޒީކް އުޅޭ ކޮންމެ ތަނެއްގަ އަހަރެން ހުންނާނީ އުފަލުން” އަލްޔަން ހިނިތުންވެލަމުން ބުނެލިއެވެ.
“މިއީ އަލްޔަންގެ ކޮޓަރި އަހަރެން ނިދާނީ މާމަ ކައިރީގަ” ޒީކް ކޮޓަރިތެރޭގެ ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ބަލާލަމުން ބުނެލިއެވެ.
އަލްޔަން ކޮޓަރި ތެރެއަށް ބަލާލިއެވެ. ކުޑަކުޑަ ކޮޓަރިއެއްކަމަކު ވަރަށް ސާފުކޮށް ބަލަހައްޓާކަން ހިރަފުހުގެ އެއްވެސް އަސަރެއް ފެންނަން ނެތުމުން އެނގެއެވެ. ކޮޓަރީގެ އެއްފަރާތެއްގައި އެނދެއް ބަހައްޓާފައި ހުއްޓެވެ. އެނދުމަތީގައި ފަށްފަށް ޖަހާފައި ބޯރަޖާ ގަނޑެއް އަޅާފައިވެއެވެ. ގޮދަޑިއެއްނެތުމުން އަލްޔަންއަށް ނުނިދިދާނެތީ ކަމަށް ވެދާނެއެވެ. އެނދުގައިރީގައި ހުރި ލަކުޑި މޭޒެއްގެ މަތީގައި ކުޑަފެން ޖަގަކާއި ތައްޓެއް ބަހައްޓާފައި ހުއްޓެވެ. ފާރުކައިރީގައި ބަހައްޓާފައިހުރި ހަރުގައި ދެތިން ކޮނޑު އަޅުވާލާފައި ހުއްޓެވެ.
“ކަމަކަށް ބޭނުން ވަންޏާ ބުނޭ އިނގޭ” ޒީކް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
“ޒީކް ފެންނަ ހިސާބުގައި ހުންނަންޏާ އޯކޭވާނެ” އަލްޔަން ލާނެތްކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
“އެހެންތަ!!! ދޭ ފެންވަރައިގެން އަންނަން ކާން. މާމަ ކާން ހަދަން އެބައުޅޭ މިހާރު” އަލްޔަން ވާހަކަ ދައްކަން ފެށުމުން ޒީކް ބުނެލިއެވެ.
އިޔާންއަށް ހޭލެވުނީ މިސައިބާ އައިސް ގޮވަން ފެށުމުންނެވެ. އޭރު ގަޑިން އެގާރަ ޖަހަން އުޅެނީއެވެ. ގަދަކަމުން ދެލޯހުޅުވާލަމުން މިސައިބާއަށް ބަލާލިއެވެ.
“ދަރިފުޅާ ތެދުވަން އުޅޭ ދެން. ޗުއްޓީއެއް ލިބުނަކަސް ތިވަރަށް ނިދާކަށް ނުވާނެޔޭ” މިސައިބާ އެނދުކައިރިއަށް ހުއްޓެމުން ބުނެލިއެވެ.
“މިތެދުވަނީއޭ ނުވެސް ގޮވަމެއްނު އެހާ ލަސްވިއިރުވެސް. އަދި މިއަދު މިހިރީ އާލިންބެއާއެކީ އޮފީހަށް ގޮސް އެހީތެރިވެދޭން ކަމަށް ނިންމައިގެން” އިޔާން ތެދުވެ އިށީނެވެ.
“ދަރިފުޅާ މިއަދުމީ ހުކުރު ދުވަހޭ. އާލިންބެ އެބައުޅޭ ގޭގަ” މިސައިބާ ހެމުން ބުނެލިއެވެ.
“އާނ! ތެދެކޭދޯ ހަނދާނެއްވެސް ނެތް” އިޔާން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.
“ދޮންބޭ . . ދޮންބޭ” ރައުނާ ދުވަމުން އައިސް ރުއާންގެ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ދަބަހަށް އެއްޗެހި އަޅަންހުރި ރުއާން ފެނުމުން ބުނަން އައި އެތިވެސް ހަނދާން ނެތިއްޖެއެވެ.
“ދޮންބެ ކޮންތާކަށް ދާން ތިއުޅެނީ” ރާއިނާ އެނދުމަތީގައި އިށީދެލިއެވެ.
“ލީވް ލިބުނީމަ ރަށަކަށް ޖައްސާލަންކަމަށް” ރުއާން އައިސް ރާއިނާ ގާތުގައި އިށީނެވެ.
“އަޅެ މަ ގޮވައިގެން” ރާއިނާ ބޮޑާ ހާކާގޮތް ދައްކާލިއެވެ.
“ނޫން ކޮކީ . . ދޮންބެ އަންނާނަމޭ އެހާ ގިނަދުވަހެއް ނުކޮށް. އެހެން ނޫނަސް ކޮކީއަށް އެނގެއެއްނު މާގިނަ ދުވަހު ކޮކީއާ ދުރުގަ ނުހުރެވޭނެކަން . . . މިސް ވާލެއް ބޮޑުކަމުން އަންނަންކަން ޖެހޭނީ” ރާއިނާގެ ކޮލުގައި ހިފާލަމުން ރުއާން ބުނެލިއެވެ.
“ދޮންބެ އަބަދުވެސް ތިހެން ހަދާނީ. ދޮންބެއާ ރުޅި” ރާއިނާ ތުންއޫކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



helo readers, here is the new part. pls do comment ur views after reading this part .
mi vaahaka ah varah inthizaaru konfin .. alhey haadha kurey mi part
inthizaaru kureethee shukuriyya, maadhamaa hendhunu aa baeh genesddheynan in sha allah
Raain akee zeek ge twince dho……
*Ruaan
lets see what is going to happen
V v v loabi but maa kuru
thank you 🙂
V reethi mibai ves….. waiting for next part
thank you 🙂
Varah reethi mivaahaka
thank you 🙂
?Dhn in bai nereny kn irakun
It would be gud if this story is very long. I really luv this story. This is the second best story that i read in my entire life. Waiting for the next part, hope i can get to read the next ?part soon,luv it?
Dhn in part release kuraanee kn iraku thr??? Waiting for it
Alheyyyyyyy…. Avahah hendhunu vaanama dhw, story kiyaahithun moya vanee mi…. 6 hours to go, i mean hendhunu vaan
Vrh reethi
thank you 🙂
Vvv reethi ekam kuru veema varah dheravey migothah nugenes dhinas ok vaane
thank you 🙂
މާޝާﷲ ވަރަށް ރިތި
thank you 🙂
Wow varah reethi……. dhen konirakun upload vaany…..?????