Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (30)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
February 6, 2018 7 Mins Read
44 Comments

ރީކަލް ވަރަށް ފަރުވާތެރިވެ އެ ރިޕޯޓް ތައް ބަލަން ފެށިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވޭތޯ މައިލީން އިނީ ވަރަށް ފަރުވާތެރިވެއެވެ. އެހެނަސް އޭނާއަށް އެއްވެސް އަސަރެއްނުފެނުނެވެ. ހިތާހިތުން ދުއާ ކުރެވުނީ ޔަޝްމް ހެޔޮހާލުގައި ލެއްވުމަށެވެ.

“އައި ވިލް ކީޕް ދިސް ވިތް މީ ފޯ އަ ވައިލް” ރީކަލް ރިޕޯޓުން ނަޒަރު ވަކިކޮއްލަމުން ބުނެލިއެވެ. މައިލީން ގެ މޫނުމަތިން ކަންބޮޑުވުން ފެނިގެން ދިޔައެވެ. އޭނާއަށް އަހާލެވުނީ މައްސަލަ އެއް އުޅެނީހެއްޔެވެ؟.

ރީކަލް ނިންމީ އެ ރިޕޯޓް ތައް ލާވިޔާ އާ މަސްވަރާ ކުރުމަށްފަހު މައިލީން އަށް އޮޅުން ފިލުވައިދޭށެވެ. އެހެންކަމުން އޭނާ ބުނީ ޑޮކްޓަރަކާ މަސްވަރާ ކޮއްލަން ބޭނުންވާކަމުގައެވެ.

މައިލީން ޝުކުރު އަދާކުރުމަށްފަހު ހިނގައިގަތީ ނުކުތުމަށެވެ. އޭނާ ނުވަވަނަ ފްލޯއަށް އެރި އިރު ޔުއާން  ފެންނަން ހުއްޓެވެ. ހިސާބެއްގެ ފޫހިކަމެއް ވެރިވިއެވެ. އޭނާ ދިޔުމާއެކު ކައުންޓަރުގައި އިން ކުއްޖާ ހިނިތުންވެލަމުން ތެދުވިއެވެ. އަދި މައިލީން ގާތު ވާހަކަ ދައްކަން ހުރެލާފައި ދިޔައެވެ. އެހުރިހާ އިރު އެތަގައި ހުރި ޔުއާން ގެ ނަޒަރު ހުއްޓިފައި ހުރީ މައިލިންއަށެވެ. އެކަމަކު މައިލީން އަޅައެއްނުލައެވެ. އޭނާ ކުރަން ހުރި މަސައްކަތް ކުރަން އަވަސްވެގަތެވެ.

ޔުއާން އެތާ ހުއްޓާއި ރިވަމް ނުކުތީ ވޯޑް ގެ ތެރެއިންނެވެ. “ހައު އިސް ހީ” ޔުއާން އަހައިލިއެވެ. “ބެޓާ ދެން ބިފޯ” ރިވަމް ހީލިއެވެ.

ޔުއާން އާއެކު ރިވަމް ހިނގައިގަތީ ރިވަމް ގެ ރޫމްއަށެވެ. އެއާއެކު މައިލީން ފުންނޭވާއެއްލިއެވެ. ޔުއާން ގެ ކުރިމަތީގައި އޭނާ އިހްސާސްތައް ހިފައްޓައިލައިގެން ހުންނަނީ ހާދަ ހިތްވަރުންނެވެ.

ރިވަމް އާ ވާހަކަ ދައްކާލާފައި ޔުއާން ނުކުމެވެސް ގެއަށް ދާ ހިޔާލެއްނުކުރެއެވެ. މިރެއަކީ އޮފް ރެއަކަށް ވިޔަސް ހޮސްޕިޓަލް އަށް އާދެވުނީމާ ގެއަށް ދާ ހިޔާލު އޭނާ ދޫކޮއްލީއެވެ. އޭނާ ގޮސް އޭނާ ގެ ރޫމް އަށްވަނެވެ. އަދި ގޮނޑިއަށް ވެއްޓިގަތެވެ. އޭސީ ހުރީ ނިއްވާލާފައެވެ. އެހެންކަމުން އޭނާ އޭސީ ޖައްސާލިއެވެ. އަދި ހަމަޖެލިއެވެ. އެއާއެކު އޭނާގެ ވިސްނުން ދަތުރުކުރަންފެށީ އަނެއްކާވެސް މައިލީން އާ ދިމާލަށެވެ. “ޔަޝްމް” އެ ނަން އޭނާގެ ދުލުން ކިޔާލެވުނެވެ.

އެއާއެކު އަނެއްކާވެސް އޭނާގެ ދަރިފުޅަށް ވީ ގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ. އެހިތް ކެތްމަދުވަނިއެވެ. ޔަޝްމް އުރާލާ ލޯބި ކޮއްލުމަށް ހިތް އެދެނީއެވެ. އެހެން ނަމަވެސް އޭނާގެ އަމިއްލަ ނަފްސް ވިސްނައިދެމުން ދިޔައީ އަދި މަޑުކުރުމަށެވެ. ކެތްކުރުމަށެވެ. އެނާ ދިޔައީ ކެތް ކުރެވޭނޭ އެންމެ މައްޗަކަށް ކެތް ކުރަމުންނެވެ. “އެއީ އަހަރެންގެ ދަރިއެއް… އަހަރެންނަށް ވެސް އިނގުމުގެ ހައްގު ލިބގެންވޭ” ޔުއާން ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އެ ހެން ހިތަށް އެރިކަމުގެ މޮޔަ ހީވިއެވެ.

ދަރިފުޅާއޭ ކިޔުމުގެ ހައްގު އޭނާއަށް އޮތްތޯ އަމިއްލަ ނަފްސާ ސުވާލުކޮއްލެވުނެވެ. އެ ދަރިފުޅު މިއޮތް ހުރިހާ ދުވަހުވެސް ދިރި ހުރީ އޭނާގެ އެއްވެސް އެހީތެރިކަމަކާ ނުލައެވެ. ނުވިތާކަށް އޭނާ އަށް މައިލީން އާ ދިމާލަށް ބުނެވުނު ބަސްތަކުގެ ސަބަބުންވެސް އެ ހިތަށް މިއަދު އެބަ އަސަރުކުރެއެވެ. ކީއްވެހެއްޔެވެ؟

މައިލީން މަސައްކަތަށް ގެއްލިފައި އިންދާ މެސެޖެއް އައުމާއެކު އޭނާ ފޯނަށް ބަލާލިއެވެ. ސައިލެންޓަށް ނުލާ އޮތުމުން އޭނާ  ފޯން ސައިލެންޓައް ލިޔެވެ. އަދި މެސެޖް ހުޅުވާލާ ބަލާލިއެވެ. “އަބަދު ދެކޭހިތް ވަނީ ކީއްވެހެއްޔެވެ؟ ނުފެނުމުން މިހިތަށް އުނދަގޫ ވަނީ ކީއްވެހެއްޔެވެ؟ ހަދަންވީ ކިހިނެތްހެއްޔެވެ؟. މިހިތަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެހެއްޔެވެ؟” މައިލީން އަށް މެސެޖް ކުރާ ނަމްބަރުން މިފަހަރު ކޮއްފައި އޮތީ ސުވާލުތަކެކެވެ.

އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް މައިލީން ޖަވާބެއްނުދެއެވެ. އޭނާ ފޯން އެއްފަރާތުގައު ބާއްވާލިއެވެ.

އާރާ ނުނިދާ އާއިކް އާއި ޗެޓް ކުރަން އޮތް އިރު އެ ތުންފަތުން ހިނިތުންވުން ފިލާނުދެއެވެ. ޝާލީން އެވަގުތު އާރާގެ ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އާރާ ދިޔައީ ސިއއްސައިގެންނެވެ. އެނާ އަށް ފޯން ވަގުތުން ފޮރުވުނެވެ. “ސިއްސައިގެންނޭ އެ ދިޔައީ ދޮންތާ” އާރާ ބުނެލިއެވެ. އޭނާ އެވަގުތު މަސައްކަތްކުރީ ހާސްވެފައި ހުރި ވަރު އަޑުން ފޮރުވޭތޯއެވެ. ޝާލީން އަށް ޝައްކުވިއެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ.

“ކިހިނެތްވީ ދޮންތާ؟” އާރާ ސުވާލުކޮއްލިއެވެ. “ޔަޝްމް ގެ ބޭސް ދޭންވާގޮތް ކިޔައިދޭން އާދެބަ.. ދޮންތަ ހަނދާން ނެތުނިއްޔޭ” ޝާލީން ގެ އެދުމަށް އާރާ ފޯން ބޭއްވުމަށްފަހު ދިޔައެވެ. އޭނާ ޝާލީން އަށް ކިޔައިދިނުމަށްފަހު އަނބުރާ ކޮޓަރިއަށް އައިއިރު ވައިބާއިން އާއިކް ގެ ފަންސާހަކަށް ވުރެ ގިނަ މެސެޖް އައިސްފައު ހުއްޓެވެ. އެންމެ ފަހުން ފޮނުވާފައި އިން އެމޯޖީ ފެނިގެން އޭނާ ހިނިތުންވެލިއެވެ. އަދި އައި ލަވް ޔޫ ޖަހާފައި އިން ސްޓިކާއެއް ފޮނުވާލިއެވެ.

އެއާއެކު އަނެއްކާވެސް އާއިކް ގެ މެސެޖްތައް ފުލުފުލުން އަންނަން ފެށިއެވެ. ކިހިނެތްވީތޯ ސުވާލުކުރަންފެށިއެވެ. އާރާ ޖަވާބުދޭންފެށިއެވެ.

“ސޮރީ އަދި ހަނދާން ނެތުނިއްޔޭ… މިގޭގަ އޮންނާނެ ބޭބީއެއް….މިހެން ބުންޏަސް ފައިވް އިޔާޒް އިނގޭ… އެ ބޭބީގެ ބޭސް ދޭން ގޮތް ދޮންތަ އަށް ކިޔައިދޭން ވެގެން މި ދިޔައީ”

“ދޮންތަ ގެ ބޭބީއެއްތަ؟” އަނެއްކާވެސް އާއިކް ގެ ސުވާލެކެވެ. އެ ސުޥާލުގެ ޖަވާބް އާރާ ދޭން ބޭނުން ނުވުމާއެކު ހިނިތުނެވފައިވާ އެމޯޖީ އެއް ފޮނުވާފައި ދެން ވާހަކަ ބަދަލް ކޮއްލިއެވެ.

އާއިކް ވެސް އިތުރަށް އެ ވާހަކަ އަހަން ނޫޅުމުން އާރާ ހިންހަމަ ޖެހުނެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު ނިދަން ދަނީކަމަށް ބުނެ އާރާ ފޯން ބޭއްވީ އަދިވެސް އެއްފަހަރު ލޯބިވާ ވާހަކަ ބުނެލާފައެވެ. ފޯން ބާއްވާފައި ނިދަން މަސައްކަތް ކުރަން އުޅެ އުޅެވެސް އާރާ އަށް ނިދޭ ގޮތެއްނުވިއެވެ. ދޮންތަ ވަނީ ވަރަށް ސާފުކޮއް ކުއްޖަކާ ރައްޓެހި ވެގެން ނުވާނެކަމަށް ބުނެފައެވެ. އެކަން ކުރަން ޖެހޭނީ ކިޔަވާ ނިމިގެންކަމަށް އޭނާ ގާތު ގައި ދޮންތަ ބުނި ދުވަހާ އެ އިބާރާތް ތައް އޭނާގެ ކަންފަތުގައި އަދިވެސް ވަނީ ހަރުލާފައެވެ.

އެހެން އޮއްވައި އާއިކް ގެ މެސެޖެއް އަނެއްކާވެސް އާރާއަށް އައެވެ. މާދަމާ އާރާ ދެކުލުމަށް ކެތް މަދުވެފައިވާ ކަމަށް ބުނެ ލޯބިވާ ވަރު ބަޔާން ކޮއްދީފައި އޮތް މެސެޖް ފެނިފައި އޭނާގެ ހާސްކަން ކުޑަ ވަގުތު ކޮޅަކަށް ވެސް ފިލައިގެން ދިޔައެވެ.

އޭނާ ފޯން ބާއްވަމުން ލޯމަރާލީ އޭނާ އާއި އާއިކް ގެ ހުވަފެނީ އާލަމަށް ގެނބިގެން ދާށެވެ.

ފަތިހު ވެހެން ފެށި ވާރޭ އިރު އިރުވެސް ހުއްޓާ ގޮތެއްނުވިއެވެ. މައިލީން ދޮރުމަތީގައި މަޑުކޮއްލައިގެން ހުރި އިރު ފިނިކަމުން އޭނާ ހުރި ދެއަތް ހުރަސްކޮއްލައިގެންނެވެ. ގަދަ ވަޔާއެކު ބޯކޮއް ވެހހެމުން ދިޔަ ވާރޭ ނުހުއްޓާނެކަން އެނގުމާއެކު އޭނާ މާޔޫސްވާގޮތްވިއެވެ. ޓެކްސީ ސެންޓަރަށް ގުޅަ ގުޅާވެސް ފޯނެއްނުނަގައެވެ. ބިޒީކޮއްލަނީއެވެ. މިކަމާ ހެދި މައިލީން ހުރީ ކޮންމެވެސް ވަރަކަށް ރުޅިއައިސްފައެވެ. އޭރުވެސް ވާރޭ ދިޔައީ ބޯކޮއް ވެހެމުންނެވެ. އޭނާ ހުރީ ހޮސްޕިޓަލް ގެ ވަންނަ ދޮރާ ކުރިމައްޗަށް ވާގޮތަށް ހަދާ ހިޔާކޮއްފައިވާ ތަނުގެ ދަށުގައެވެ.

ވައި އަންނަމުން ދިޔަލެއްބާރުކަމުން އޭނާ ގެ އިސްތަށިތައް ވިހުރެމުން ދިޔައެވެ. އޭނާ ދައްޗެއް ބޭގް ތެރެއިން ނެގިއެވެ. އެޖަހަން އުޅެ އުޅެ ޖެހޭ ގޮތެއްނުވިއެވެ. އެހެންކަމުން އޭނާ އެންމެ ފަހުން އެކަންތައް ހުއްޓާލިއެވެ. އަދި ދަތި ބޭގް އަށް ލާން އުޅުނެވެ. ‘ހޭ އިލީ” އޭނާ ސިހުނީ ފަހަތުން އޭނާއަށް ގޮވާލުމުންނެވެ. “ޒިލް” މައިލީން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އެވަގުތު ނުކުމގެން އައި ޔުއާން އަށް މިމަސްޒަރު ފެނުނެވެ. އޭރުވެސް މައިޅިން އުޅުނީ އޭނާގެ އިސްތަށިގަނޑި މަތަ ކުރުމަށެވެ. “އަޅެ އިލީ އިސްތަށިގަނޑަށް ކިހިނެތްތަ ހަދާފަ ތިހުރީ” އޭނާ ސުވާލުކޮއްލިއެވެ. ޔުއާން ހުރީ އެމީހުންގެ ފަހަތުގައި ކަމުން އެ އަޑު ވަރަށް ރިއްޗަށް އޭނާއަށް އަޑު އިވުނެވެ. “ކިހިނެތްވީ” މައިލީން ލުއި ހީލުމަކާއެކު ބުނެލިއެވެ.

އެ ހުނުމުން މި ފަހަރު ޔުއާން ގެ ހިތުގައި ރޯވީ ރުޅިވެރިކަމުގެ އަލިފާނެވެ. މައިލީން ޖަޒިލް އާ އެހާ ހެވިފައި ވާހަކަ ދައްކާތަން އޭނާ އަށް ފެނުމާއެކު ރުޅި އާދެވެނީ ކީއްވެކަން އޭނާއަކަށް ނޭގެއެވެ.

އިސްތަށިތައް އައްސަން އަނެއްކާވެސް މައިލީން އުޅެނެވެ. މި ފަހަރު ވަރަށް ހާލުން އެކަން ވިއެވެ.

އޭނާ ސިހުނީ ކުއްލިއަކަށް އެ އިސްތަށިގަނޑު އަނެއްކާ ވިހުރެން ފެށުމުންނެވެ. މީހަކު ގަސްތުގައި ދަތި ނައްޓާލި އިހްސާސްއެއްކުރެވުގެން އޭނާ ބަލައިލިއެވެ.

މާޒީގެ ހިޔާލްތަކުން އޭނާ ވަށަމުން ދިޔައެވެ. އެއީ ޔުއާންވެސް އޭރު ވަރަށް އާއްމުކޮއް ކޮށް އުޅުނުކަމެކެވެ.

“ދެން ޒިލް” މައިލީން އެނބުރުނު ވަގުތު ޖަޒިލް ހުރި އެ ދަތިދައްކައިލައިގެންނެވެ. އޭރު އޭނާ ގެ ތުންފަތް މަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އެއާއެކު މައިލީން ގެ ނަޒަރު ދެން ހުއްޓުނީ ޔުއާން އަށެވެ. އޭނާ ގެ ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިޔައެވެ. އޭނާ ބަލަން ހުއްޓާ ޔުއާން ގޮސްހޮސްޕިޓަލް ތެރެއަށް ވަދެއްޖެއެވެ.

“އިލީ… ތިއުޅެނީ އިސްތަށިގަނޑު ބުޅިކޮއްލައިގެން… އިލީ ރީތީ ކުރިން ހުންނަ އިރު”

“ވަގުތާ ހާލަތަށް ބަލާފައި ހުރިހާއެންމެންވެސް ބަދަލުވާނެ ޒިލް” މައިލީން ޔުއާން ދިޔަ ދިމާލަށް ބަލަން ހުރެގެން އަނެއްކާވެސް ބުނެލިއެވެ. ޖަޒިލް އަށްމައިލީން ބުނި އެތި ފަހުމެއް ނުވިއެވެ. އެއާއެކު މައިލީން ގެ ނަޒަރު ހުރި ދިމާލަށް އޭނާ ބަލައިލިއެވެ. އެހެން ނަމަވެސް އެތަނުން އެއްވެސް މީހެއް އޭނާއަކަށް ނުފެނުނެވެ.

“ކީކޭ ޒިލް” ދެފަރާތަށް ބޯ ހޫރާލުމާއެކު މައިލީން ޖަޒިލް އަށް ސަމާލުކަން ދިނެވެ.

“އެތެރެއަށް ވަންނަން ވީނު ނޭގެއެއްނު ވާރޭ ހުއްޓާނޭ އިރެއްވެސް” ޖަޒިލް ބުނެލިއެވެ. ޖަޒިލް ގެ އެދުމަށް މައިލީން ދެކޮޅެއް ނުހަދައެވެ. ޖަޒިލް އާ އެކީ މައިލީން ދިޔައީ ތިރީގައި ހުންނަ ޑޮކްޓާސ ލައުންޖަށެވެ. އެތަނުގައި އެވަގުތު އިތުރު ތިން ޑޮކްޓަރަކުވެސް ތިއްބެވެ. އެތަނުން އެއް ޑޮކްޓަރަކު ޖަޒިލް އަށް ގޮވާލިއެވެ. ޖަޒިލް ހިނިތުންވެލާ ޖަވާބުދިނެވެ.

އޭނާ މައިލީން އެތާ ތިބި ޑޮކްޓަރުންނަށް ތައާރަފް ކޮއްދިނެވެ.

“މިއީ މައިލީން… ވަރަށް ކްލޯޒް ފްރެންޑެއް…” ޖަޒިލް ބުނެލިއެވެ. އޭނާ ދެން އެތަނުގައި ހުރި ކޮފީ މެޝިނުން ކޮފީއެއް ހަދަމުން މައިލީން ބޭނުންތޯ ސުވާލުކޮއްލިއެވެ. މައިލީން ބޯ ހޫރާލުމުން އޭނާ އައިސް ދެންތިބި ޑޮންޓަރުން ގާތު ވަށްމޭޒުދޮށުގައި ގޮނޑިއެއްގައި އިށީނެވެ. މައިލީން އަށް އިޝާރާތް ކޮއްލުމާއެކު އޭނާވެސް އައިސް އިށީނެވެ.

“ދަނީއޭ ޖަޒިލް” އެތަނުން އެއް ޑޮކްޓަރަކު އެހެން ބުނެފައި ދިޔައެވެ.

ލާވިޔާ ޑިއުޓީ ނިންމާލާފައި އައި ގަޑީގައި އެތެރެއަށް ވަދެގެން ދިޔަ ޔުއާން ފެނި ގޮވާލިއެވެ. ޔުއާން ގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އެހެނަސް އޭނާ ފަހަތަށް ބަލާލިއެވެ. ލާވިޔާ އެ ދިމާލަށް އަންނަމުން ދިޔައެވެ. އެވަގުތު އޭނާގެ ސިކުނޑި މޮޅު ރޭވުމެއް ރާވާލިއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވެސް ޔަޝްމް ގެ ހަގީގަތް ފާޅުކުރެވޭތޯ ބަލަން ވީއެވެ. އެކަމަކު ކިޔާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. އެހެން ހިޔާލުތަކުގައި ހުއްޓާ ލާވިޔާ އައިސް އޭނާއާ އަރާ ހަމަކޮއްފިއެވެ.

“ޔުއާން… ހާދަ ވިއްސާރަވެއްޖެޔޭ ދޯ…. ލާވި ގެ ކާރު ހަލާކުވެފަ އޮތީމަ ގެއަށް ވެސް ނުދެވޭނެ… ބައްޕަ އަށް ވެސް ގުޅުން ބިޒީ ކޮއް އުޅުއްވާތީ ނުދުރުވެވޭނޭ ބުނީ” ލާވިޔާ ވާހަކަ ދެއްކިއެވެ. ލާވިޔާ ނުސީދާކޮއް ބުނަން އުޅެނީ ކީކޭކަން ފަހުމް ވުމާއެކު ޔުއާން ދޮގެއްހަދާލިއެވެ. “އަހަރެންވެސް މިއަދު ކާރު ހަލާކުވެފަ އޮތީމަ އައީ އިކް އާ އެކީގައޭ” ޔުއާން ބުނެލިއެވެ. އެއާއެކު ލާވިޔާގެ ލުއި ހީލުމުގެ އަޑު އިވުނެވެ.

“އަޅެ އަހަރެން ނުބުނަން ޔުއާން އައީ ކިހިނެތްހޭ؟ ހެހެ…” ލާވިޔާ ބުނުމާއެކު ޔުއާން ގެ އަނގަ ސަކަރާތްވިއެވެ. އޭނާ ހިސާބަކަށް މޮޔަ އީ އޭވެސް ހިތަށް އެރިއެވެ.

“އެންޑް ވަން މޯ ތިންގް… އަހަރެން ދެކުނީމޭ ޔުއާން ރޭގައި ޔުއާން ކާރުގައި އައިސް ޕާރކްކޮފައި އައިސް ވަންނަނިކޮއް… ދެން އޯކޭޔޭ… ނުގެންދާނަމޭ ބުންޏަސް…” ޔުއާން ގެ އަނގަ މިފަހަރު ވެސް ސަކަރާތްވީ ލާވިޔާ ބުނި ވާހަކައިންނެވެ. އޭރު ލާވިޔާ ގެ ތުންފަތް މަތިން ފެނިގެން ދަނީ ހިނިތުންވުމެކެވެ.

“ވަރަށް ފިނި ދުވަހެއްނު… ހިނގާބަލަ ކޮފީއެއްބޯން… ލައުންޖަށް” ލާވިޔާ ބުނެލިއެވެ. އެއާއެކު ޔުއާން ވެސް ދެބަސްވުމެއްނެތި މި ފަހަރު ހިނގައިގަތީ އޭނާގެ ހިތުގައިވެސް އެދުމެއް އޮތީމައެވެ. ދެމީހުން ދިޔައިރު އެތަނުގައި ތިބި ގިނަ ބައެއްގެ ނަޒަރުވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ބައެއް މީހުން ސިއްރުސިއްރުން އެތަކެއް ވާހަކަ ތަކެއް ދައްކަމުންދިޔައެވެ. ޔުއާން ހުރީ ފޫހިވެފައެވެ. އަނެއްކޮޅުން ލާވިޔާ ހުރީ އުފަލުން ފޮޅިފައެވެ. ވާނީވެސް އެހެންތާއެވެ. ޔުއާން އެ ހުރީ އެނާގެ ކައިރީގައެވެ. އޭނާ ގަބޫލް ކުރާ ގޮތުގައި ޔުއާން މިފަހަރު އޭނާގެ އެދުމުގައި ކޮޅުފައިން ނުޖަހާ އައުމަކީ އެނާއަށް ލިބުނު ކުރިއެރުމެކެވެ. އެހެންނަމަވެސް އޭނާއަށް ނޭގުނުކަމަކީ ޔުއާން އެ ކަންތައް އެގޮތަށް ކުރީ އެނާގެ ވެސް ބޭނުމެއް އޮތީމައިކަމުގައެވެ.

ދެމީހުން ލައުންޖަށް ވަދުނެވެ.

‘ދޮރު ހުޅުވާލާފައި މީހަކު ވަތް އަޑަށް ތިން މީހުންވެސް ބަލާލިއެވެ. މައިލީން ގެ ނޭވާ އަރުތެރޭގައި ތާށިވިކަހަލަލައެވެ. އޭނާގެ ދެލޯ ބޮޑުކޮއްލެވުނެވެ. އެއާއެކު ލާވިޔާގެ މޫނަށް އޭނާއަށް ބަލާލެވުނެވެ. ޔުއާން ގާތު ޔަޝްމް ގެ ވާހަކަ ލާވިޔާ ދައްކަފާނެހެއްޔެވެ؟ އެއީ އޭނާ ބޭނުންވާކަމެއްނޫނެވެ.

ޔުއާން ފެނިގެން ޖަޒިލް ގެ މޫޑުވެސް ސަކަރާތްވިއެވެ. އެބަގުތު އެތަނުގައި އިން ޑޮކްޓަރު ބަލިމީހަކުކައިރިއަށް ދާން ޖެހިއްޖެކަމަށް ބުނެ ފޯނަށް ބަލާލަމުން ތެދިވިއެވެ. ދަމުން އޭނާ ދިޔައީ ޔުއާން ގެ ކޮނޑުގައި ޖަހާލާފައެވެ. ޔުއާން ވެސް ހިނިތުންވެލިއެވެ. މާހައުލަށް ވެރިވީ އާދަޔާހިލާފު ނުތަނަވަސް ކަމެކެވެ. މައިލިން ގެ ހިތުގައި ވަނީ ކީކޭ ކަމެއްނޭގއެވެ. އޭނާ ވަގުތުން އިސްޖަހާލިއެވެ. ލާވިޔާ ގޮސް އިށީންނަމުން ޔުއާން އަށް ގޮވާލިއެވެ. ޔުއާން ވެސް ނާންނަން ހުރެފައި އައިސް އިށީނެވެ. އެތަނުގައި ވި ނުތަނަވަސްކަން ލާވިޔާ އަށް ފާހަގަވީކަންނޭގެއެވެ. އޭނާ ފުރަތަމަ ވާހަކަ ދައްކަން ފެށިއެވެ.

“އައި ނޯ ޔޫ……. ނަމެއް ހަނދާނެއްނެތް؟” ޖަޒިލް އަށް އިޝާރާތް ކޮއްލަމުންލާވިޔާ ބުނެލިއެވެ. “ޖަޒިލް… ކުރިން ދުވަހު ދިމާވީ ކެންޓީނުން… ތި ކުއްޖާ ގައިގައި ޖެހިފައި ވެއްޓުނީއެއްނު” ކެންޓީނުން ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެއް އާ ކޮއްލަމުން ޖަޒިލް ވެސް ޖަވަވާބުދިނެވެ.

“އޯހް… އަދި ހަނދާން ނެތުނިއްޔޭ ކޮފީއެއް މަތިން… ޔުއާން ބޭނުން؟” ޔުއާން އާ ލާވިޔާ ސުވާލުކޮއްލިއެވެ. އެއާއެކު ޔުއާން ބޯ ޖަހާލިއެވެ. އޭނާ އިނީ އެތަނަށް އާދެވުނުކަމގެ މޮޔަ ހީވެފައެވެ. މިވީ ގޮތުން ދެން މިއަދު ނުވެސް އިނގޭނެއެވެ. އޭނާއަށް ލިބުނީ ނާކަމިޔާބީއެވެ. އެއާއެކު ހިސާބަކަށް މާޔޫސް ކަމެއް ވެރިވެގެން ދިޔައެވެ.

ޔަޝްމް އަށް ވެގެން އުޅޭ ގޮތާ ބެހޭގޮތުން އިގުމަށް އެ ހިތް ބޭގަރާރު ވެވެނީއެވެ. އޭނާއަށް ހަގީގަތް އެނގެން އޮތީ ދެ ގޮތަކަށެވެ. އެއްގޮތަކީ މައިލީން ބުނުމެވެ. އެކަމަކު މައިލީން އެކަން އެގޮތަށް ނުކުރާނެކަން އޭނާއަށް އެނގެއެވެ. ދެން ހުރީ ލާވިޔާއެވެ. ލާވިޔާ އަކީވެސް އޭނާ ގެ ޕޭޝެންޓާ ބެހޭގޮތުން މީހުންގާތު ވާހަކަ ދައްކާނޭ މީހެއްނޫނެވެ. އެހެންނޫނަސް މައިލީން އެކަމާ ދެކޮޅު ހަދާފައި ވުމުން އަދި އަމްދުން އެނާ އެކަން ނުކުރާނެކަން އެނގުނެވެ.

“ޔުއާން ކޮފީ” ޔުއާން ސިއްސައިގެން ދިޔއީ ލާވިޔާގެ އަޑަށެވެ. އޭނާ ވިސްނަމުން ދިޔަ ކަންތަކާ ހެދި ބޯ ގޮވާ ހިސާބަށް ދިޔައެވެ. އެއާއެކު ކޮފީތަށި ނަގާ ކޯވަރެއްބޯލިއެވެ. އެއާއެކު ޔުއާން ގެ ދެލޯ ދިޔައީ ބޮޑުވެގެން ނެވެ. ކޮށިއެރިއެވެ. ދެލޮލުން ފެން އައެވެ. ޔުއާން ކެއްސާ ގަތުމާއެކު މައިލީން އަވަސްއަވަހަށް ޔުއާން ގެ ބުރަކަށީގައި ތަޅާލިއެވެ.

“ބަލައިލައިގެން އުޅެބަލަ. ހޫނު އަލިފާނޭ ތި އަނގަޔަށްލީ” މައިލީން އަށް ބުނެވުނެވެ. އެއަޑުގައި ހާސްވެ ކަންބޮޑުވުން ވިއެވެ.

“ހޫނޭ…ފެން ފެން” ޔުއާން އަށް ބުނެވުނެވެ. އެއާއެކު މައިލީން ލާވިޔާ ގާތު ފެން ގެނައުމަށް އެދެމުން ދިޔައެވެ. ލާވިޔާ ވެސް އަވަސް އަވަހަށް ފެން ގެނައެވެ. އޭރު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވަމުންދިޔައެވެ.

ޖަޒިލް އިނީ މައިލީން ގެ ހަރަކާތް ތަކަށް ބަލާށެވެ. އެހެން އިން އިރު އެތަކެއް ހިޔާލުތަކަކުން އޭނާގެ ސިކުނޑި ދިޔައ ފުރެމުންނެވެ. މައިލީން އާއި ޔުއާން އާ އޮންނަ ގުޅުން އެނގެން އޭނާ ބޭނުންވެއެވެ. އެހެނަސް ކިހިނެތްހެއްޔެވެ؟ މައިލީން ހަމަ ރަނގަޅަށްވެސް މީހަކާ އިނީހެއްޔެވެ؟ އޭނާ އަށް މި ހީވާ ހީވުމަކީ ރަނަގޅު ހީވުމަކަށް ވެދާނެހެއްޔެވެ؟.

ލާވިޔާ ފެން ތަށި ދިއްކޮއްލުމާއެކު ޔުއާން އޭގައި ހިފައި ބޯލިއެވެ. އޭނާ އަނގައިން ނޭވާލަމުން އަދިވެސް އުޅުނީ މީހާ ހަމަޖެހޭށެވެ. އޭނާ އަށް ބަލާލެވުނީ މައިލީން އަށެވެ. އެބަގުތު އޭނާއާއި މައިލީން ގެ ލޯ އަމާޒުވެގެން ދިޔައެވެ. ދެ ހިތުގައިވެސް ވިންދެއްޖަހާލިއެވެ. ދެހިތުގެ ވިންދުވެސް އަވަސް ވެގެން ދިޔައެވެ. ނޭގޭ ޖަޒުބާތުތައް ހަށިގަނޑުގައި އުތުރިގަތެވެ. ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވިއެވެ.

މައިލީން އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާ ޔުއާން ގެ ގައިން އަތް ނަގާ ބުރަކަށީގައި އޮތް އަތް ވެސް ދުރުކޮއްލިއެވެ.

“ހޫނޭ އެ ކޮފީ…. ކޮން ހިޔާލެއްގަ އިނދެގެން ތަ ތި ބޮއިލީ” ލާވިޔާ ކުޑަކޮއް ނުރުހުންވެފައި ސުވާލުކޮއްލިއެވެ. ޔުއާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އަވަސް އަވަހަށް އެތަނުން ނުކުމެގެން ދާން މިސްރާބުޖެހިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

މަސްވެރިގަރލް

Next

ތިޔަ އަސަރު 24

Next
February 6, 2018

ތިޔަ އަސަރު 24

Previews
February 6, 2018

މަސްވެރިގަރލް

44 Comments!

  1. Hi Mi says:
    February 6, 2018 at 9:13 am

    Assalaamu Alaikum. Kuree baige comment ah reply nukohlevunithy v bodah maafah edhen. Miadhuge vagutheh ga reply kohleveytho balaanan. In Sha Allah. What do u think about what hpnd to yuaan today?. Hehe. Thankyou all. Jazakallah Khairan.

  2. Chim says:
    February 6, 2018 at 9:22 am

    Vadhuneve
    Nukiyaane ehen…Hehe

    Vvvv reethi story eh mi..comment kohnulevunas baraanarah story kiyan…

    1. Hi Mi says:
      February 6, 2018 at 12:45 pm

      hanks chim. ufavehjje kiyaakan ingunima. ethna kolhu rangalhu kolhaanan. IN Sha Allah. 🙂

  3. annoying reader says:
    February 6, 2018 at 9:26 am

    varah reethi mi part ves himi ur the best. varah heevey yuan and maileen gulhen ulhe hen. if that happens i will b the happiest. hehe waiting for the nxt part.

    1. Hi Mi says:
      February 6, 2018 at 12:45 pm

      lest see dear. a lot is comming up. :)thankyou so much. v ufaavehjje.

  4. Sav says:
    February 6, 2018 at 9:26 am

    vvvvrthi story ?

    1. Hi Mi says:
      February 6, 2018 at 12:45 pm

      thanks sam:)

  5. Sham says:
    February 6, 2018 at 9:36 am

    Hey Hi Mi? this is my very first comment for this story ☺️ I really love this story.. infact Hi Mi liyaa konme story eh vx so far? Hi Mi you are the best ?? regular koh upload kohdheyne… Vrh reethi vaahaka.. n I like yuan now? because he realized his mistake.. avahah ilee n yuan gulhuvaa?? vrh molhu Hi Mi.. good luck dear ?? one request.. adhi one part upload kohdheveyne tha????

    1. Hi Mi says:
      February 6, 2018 at 12:48 pm

      Thankyou dear. hingaa balamaa. Sham. unmmeedhukuran kuriah oi thnugawi ves sham ge comment thah fenigendhaane kamhah. readers happy vaa gothah luri ah dheveythoa try kuran. vvvv ufaavejje. HI MI ah yageen kameh nudhveyne. kuDa cahnage eh eba kohlan jehey. viyya mirey genes dheynan. or else tomorw IN SHA ALLAH. 🙂

  6. Shann says:
    February 6, 2018 at 9:40 am

    Mihaaru story up vehjetho belun adhadhuves neynge.. Miyoh furihama kameh dhw.. Hama mulhin kosvehje.. Mihira sifa kohdhinumeh.. Hama bunaane ehcheh ves neynge.. Hurihai gothakunves v v furihama story eh mee.. Anehka story liyaa kuhjaa kiyun therinnaa ehaa frndly.. Ehenve adhi story v v kiyaa hiyvey.. Khonme comments akahves rply kohdhyfa hunnany ehaa loabikoh n ehaa frndlykoh.. Thy hama number one.. Luv u so much Hi Mi dhoony

    1. Hi Mi says:
      February 6, 2018 at 12:50 pm

      thanks dear. what a comment hama speechless vehjje. vvvvvv ufaavehjje. bunaane ehcgeives neygey. hehe. thanks dear. hi mi gabool kyrani kuri ah dhaani kiyuntheringe hiaal thakaa ehgothah kuri ah gos genkamah. v ufaavehjje. thank dear. 🙂

  7. Black beauty says:
    February 6, 2018 at 9:46 am

    Adhi ehpart pls??

    1. Hi Mi says:
      February 6, 2018 at 12:50 pm

      balaanan dear. mirey veytho. nuviyya tomo In Sha Allah. 🙂

  8. Zoe says:
    February 6, 2018 at 9:46 am

    ?Vvvvv salhi
    ?Hi Mi your the best
    Avahah next part up kohdhy.. ??Kiyaahithun hurevenykee noon

    1. Hi Mi says:
      February 6, 2018 at 12:51 pm

      thanks Zoe. v ufaavehjje. 🙂 it means a lot.

  9. Yueen says:
    February 6, 2018 at 9:49 am

    Himi mi story nimen kaarivehjetha
    BTW story varah salhi.. Love u

    1. Hi Mi says:
      February 6, 2018 at 12:51 pm

      hello. yueen. ehen bunaakah neygey. alot is commig up. 🙂 thanks dear. 🙂

  10. sof says:
    February 6, 2018 at 10:22 am

    varah reethi story konme part comment nukuriyas mee varah gavaidhu kiyaa vaahakaey … alhe miadhu adhi ey part upvaane nama… story hama varah shiey buneveynee….????

    1. Hi Mi says:
      February 6, 2018 at 12:52 pm

      thanks dear. v ufaavehjje. mirey veytho mi balani. nuviyya tomo. IN SHA ALLAH… 🙂

  11. Fathun says:
    February 6, 2018 at 10:36 am

    Hmmm…. Konme episode ehaa Uaan and leen ge vaahaka annanjeheyne.. Eyrun v kiyaahihvey…. V v reethi vaahakaeh

    1. Hi Mi says:
      February 6, 2018 at 12:53 pm

      hehe. thanks dear v ufaavehjje. hiyaal ah hama varah bodah maruhabaa kiyan 🙂

  12. aisha says:
    February 6, 2018 at 10:37 am

    ވާހަކަ ވ ރީތި.އެކަމަކު އިބާރާތް ކުރުން ރަނގަޅު ކޮށްލަން އެބަޖެހޭ.

    1. Lily says:
      February 6, 2018 at 11:05 am

      Yes, I agree with Aisha

    2. Hi Mi says:
      February 6, 2018 at 12:54 pm

      thansk lily and aisha. v ufaavehjje. ekam dhen faharakun kihinethoa buneladhehhey. eyrun hi mi ah ingeyni. hi mi aki adhi alah story mi gothah up kuran feshi kujjakah v ma mistakes huredhaane. hiyaal thakah abadhuves ufalaa eki maruhabaa kiyan. 🙂

  13. Aki says:
    February 6, 2018 at 11:07 am

    haadha furihama ey mi vaahaka.. adhi miadhu one part up kohla dheebaa

    1. Hi Mi says:
      February 6, 2018 at 12:55 pm

      mi balani ingye dear. v ufaavey comment fennaathy. 🙂 thanks a lotsssssss 🙂

  14. Xaaaan says:
    February 6, 2018 at 11:19 am

    Wooooooooooooòw himeeeeeeeee masha Allah haadha reecgey mi partves????????????? himi darlin jazil aa laaviyaa gulhuvaa eyrun maileen aa yuaan aa dhemeehunnah ragalhah ulheveyny???? himi darlin dhigukoh genes dheythy v ufaave?????yasm ah dheragotheh nahadhahchey ingey yuaan yasm dheke ehaaloabivey dhen keehve yasmu kairiah nudhany xaan nama kethehves nuvaane vaahaka kiyaaleema heevaby saives bovijjehen v ufaave nw konme dhuvahaku kiyaa leveythy????? thanx xaange lovely himi luv u ummmmmmmmmmah??????????????waiting next part❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Hi Mi says:
      February 6, 2018 at 12:57 pm

      again Xaaaan ge comment eh yayayayya. hehe. hingaa balamaa laaviyaa ah vaa gothakaa jazil ah ves and yuan and maileen too a lot is comming up. yuan dw. lets see what he will do next. 🙂 . 🙂 vvvvv ufaavehjje. thanks dear. 🙂

  15. Xxxx says:
    February 6, 2018 at 11:30 am

    Wooooowww ??? v.nice dear

    1. Hi Mi says:
      February 6, 2018 at 12:57 pm

      thanks dear. 🙂

  16. Zuam says:
    February 6, 2018 at 12:03 pm

    Wow…. varah varah reethi….. waiting
    ❤❤❤❤❤

    1. Hi Mi says:
      February 6, 2018 at 12:57 pm

      thnks zuma u faavehjje. 🙂

  17. Pinky shifoo says:
    February 6, 2018 at 12:08 pm

    Wow ❤️❤️❤️… It’s amazing ???… Varah varah varah reethi ???… Hurihaa manzareh sifavegen dhey ???… Sifakurunthah haadhahaa reehchey Maasha Allah ???… Hi Mi u are the best hama n mi story vx hama ehaa best ???… Love you soooooo much Hi Mi n I love this story too ❤️❤️❤️.. Abadhu inthizaaru kurevey mi story ah ???… U are toooooo good Hi Mi ???… Curiously waiting for the next part ????????????❤️❤️❤️❤️❤️❤️❤️❤️❤️????????????????????

    1. Hi Mi says:
      February 6, 2018 at 12:59 pm

      again pinky ge comment eh yayayayyyyyyyyy vvvv uvaavehjje. sifakurevemun dhaa varah masahkai kohfa hunaane hi mi ah v varakun. thanks dear. bunaane ehchei ves neygey pinky ge comment fenifa konme faharkuves hama speechkess? anyway how are u dear? v ufaavehjje again. thanks. 🙂

  18. Aail says:
    February 6, 2018 at 1:01 pm

    Mihaaru story ga maa beykaaru vaahaka gina kamah faahaga kurevey. Abadhu eh kanthakeh vany. Evves progress eh naadhey. Kudakoh foohivaan fashaifi. Hope dhen huri baithah interesting vaane kamah. ?

    1. Hi Mi says:
      February 6, 2018 at 1:03 pm

      ލެޓްސް ސީ އައިލް. އުފާ ވެއްޖެ ކޮމެންޓް ފެނިފަ. ކުރި ހ ވަރު ކަންތައް އަދި ވާނެ. ބަލާނަން އެ ބައ ތައް އަވަހަށް ގެނެސްދެވޭތޯ. ހިޔާލަށް ހަމަ މަރުހަބާ އުފަލާއެކީ 🙂

  19. Icy♡ says:
    February 6, 2018 at 1:13 pm

    Wow Hi Mi
    Nice
    Vrh vrh reethi mi part ves

  20. sam♥ says:
    February 6, 2018 at 1:43 pm

    alhey v lobii mi stry… hurihaa part eh ves v furiihamaaa .. love ♥

  21. Pinky shifoo says:
    February 6, 2018 at 2:20 pm

    Hiii my lovely Hi Mi ❤️❤️❤️???… I’m fine Maasha Allah ???.. Hi Mi darling kihineh???? ???… I was speechless Hi Mi ge replies kiyaalaafa ???… Varah varah varah ufaavehje…. I’m sooooooooooo happy Hi Mi ???????????… Thanks a lot for the lovely replies ??????… Love you a lot ❤️❤️❤️❤️❤️… Kury part ge reply vx ehaa loabi… Knme partehga reply vx vvvv vvvv vvv vvv loabi ❤️❤️❤️❤️❤️.. I’m soooooo happy n thanks again Hi Mi ❤️❤️❤️❤️❤️????????????????????

  22. Blue beauty says:
    February 6, 2018 at 2:49 pm

    Wow……..varah loabi mi part ves…. dhen konirakun next part…….?‍??‍??‍??‍?????❤❤❤❤❤

  23. N@-B says:
    February 6, 2018 at 2:50 pm

    Varah reethi mi part ves.. waiting for next part. .?

  24. Maa says:
    February 6, 2018 at 3:58 pm

    Heart touching………. wen next part himi…..hama vvvvvv reeethi ingey………?????????

  25. Ara says:
    February 6, 2018 at 4:08 pm

    Very great part , now this is the most interesting parts of the ✔main story. Story is amazing.you are the best @Hi Mi

  26. Kai says:
    February 6, 2018 at 7:15 pm

    Jaxil tha mi mailee ah msg kurany?????……HI MI midhiya part tha ehaa ehaa ehnun bt nyc ingey…. hi mi ah mi ah vure ves nyc kn liyeveyne kan yagyn ….watinggg… gd luk ❤❤❤❤❤❤

Comments are closed.


All Right Reserved!