Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (21)

Crystal Level 210 Stories100 Comments
February 5, 2018 4 Mins Read
13 Comments

ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ.

*******************

ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ.

ބަދިގެތެރޭގައި ޒާރާ ހުރީ ފުށް މޮޑެގެން ރޮށިދަމާށެވެ. ޒާރާ ދަމާވަރަކަށް ވަފިއްޔާ ރޮށިތައް ފިހަމުންގެންދެއެވެ.

********************

ޔަޒްދާންއާ ޗެޓްކުރި ދުވަސްވަރުގައި އެހުމުން ޒާރާ ވަނީ ޔަޒްދާން ގާތުގައި ކާއެއްޗެހި ހަދަން އަދި ކައްކަން ނޭނގޭ ކަމަށް ބުނެފައެވެ.

” އަހަރެން ޒާރާއަށް ކައްކަން ދަސްކޮށްދީފާނަން. އާދޭ ކައްކަން އަހަންނާއެކު.. އަހަންނަށް ކައްކަން އިނގޭ.. ” ޗެޓް ކުރި ދުވަސްވަރުގައި އެއްދުވަހަކު ޔަަަޒްދާާާާން ޒާާާާރާ ގާތުގަައި ބުނެލިއެެެވެ.

” ދެން ތިކަހަލަ ޖެއްސުން ނުކުރޭ.. ” ޒާރާ ހީކުރީ ޔަޒްދާން އެހެން ބުނީ މަލާމާތްކޮށްލަން ކަމަށެވެ.

” މަލާމާތެއް ޖެއްސުމެއް ނޫނޭ މިއީ.. އަހަރެން ހަމަ އަސްލުވެސް ދަސްކޮށްދީފާނަމޭ.. ދަސްކޮށްދޭން ވެގެންނޭ މިހެން މިބުނީ.. ޒާރާއަށްވެސް އަދި ދަސްވާނެ.. އަހަރެން ހެލްޕް ވާނަމޭ.. ” ޔަޒްދާން އިތުރަށް ކިޔާދިނެވެ.

” ދާން ދަސްކޮށްދޭން އުޅުނަސް ދަސްނުވާނެއޭ..  ދަސްވާނެނަމަ މިހާރު ދަސްވެއްޖީސް.. ބަދިގޭގަވެސް އަހަރެސް އުޅެމޭ.. ރިހަ ކައްކާއިރު ގައްޔާއި އެހެން ކާއެއްޗެހި ހަދާއިރުގަވެސް.. އެކަމަކުވެސް ހުންނަނީ ރިހަ އެއްޗިއްސަށް އަޅާ އެއްޗިހިވެސް ހަނދާންނެތިފަ.. ހަމަ ހަނދާން ނެތެނީ.. މިހާރު ވަރަށް ހަނދާން ބަލިވެއްޖެ.. ކުދިކުދި ކަންތައްތައްވެސް ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނުހުރޭ.. އެއްޗެހި ލެވޭ ތަންތަންވެސް ނޭނގޭ.. ކިޔަވާ އެއްޗިހިވެސް ނުހުރޭ ހަނދާނެއް.. ކުރީގަ ވަރަށް ހަނދާންގަދަ ވާނެ.. ” ހަނދާންނެތޭވާހަކަ ޒާރާ ޔަޒްދާން ގާތުގައި ބުންޏެވެ.

” އެހެންތަ؟ މިހާރު ކީއްވެ އެހެންވަނީ ؟ ޒާރާ މާބޮޑަށް ވިސްނަނީދޯ ؟ ” ޔަޒްދާން އަހާލިއެވެ.

” ހުމްމް.. ވިސްނާތީ އެހެންވަނީ.. ސިކުނޑިގެ  ލިމިޓް ހަމަވީ ކަންނޭނގެ.. އެކަމަކު ކަންތައްތައް ހުންނަ ގޮތުން ނުވިސްނާ ވެސް ނުހުރެވެނީ..” ޒާރާ ކިޔާދިނެވެ.

” އެހެންތަ.. ކޮންކަމަކާ އެހާވަރަށް ތިވިސްނަނީ.. އަހަރެންނަށް ހެލްޕްވެވެންޏާ ތިކަމުގައި ޒާރާއަށް  އެހީވާން ކަމެއްވެސް ކޮށްދެވިދާނެއެއްނު.. އަޅެ ބުނެބަލަ.. ” ޔަޒްދާން ބޭނުންވީ އެކަމެއް ހޯދާށެވެ.

” ދާންއަކަށް ހެލްޕެއް ނުވެވޭނެ ކަންނޭނގެ.. އަޅާނުލާ އެކަމާ ދެން.. މިހާރު ދެން މިހިރީވެސް ސިކުނޑީގެ ލިމިޓް ހަމަވެފަ ކޮންމެގޮތެއް ވިއަސް.. މިވާހަކަ ދައްކައިގެން ފައިދާއެއް ނުކުރާނެ.. މިވާހަކަ ނުދައްކަމާ.. ” އެވާހަކަ އިތުރަށް ދައްކާކަށް ޒާރާ ބޭނުމެއް ނުވިއެވެ.

” އޯކޭ.. ޒާރާ ބުނެފިއްޔާ ނުދައްކަފާނަން.. އެކަމަކު އެހާ ވަރަށް ނުވިސްނައްޗޭ އިނގޭ.. އެހާ ގިނައިން ވިސްނަންވެއްޖިއްޔާ މީހާ ހަލާކުވެދާނެ.” ޒާރާއަށް ވިސްނައިދިނުމުގެ ގޮތުން ޔަޒްދާން ބުނެލިއެވެ.

” ހުމްމް.. ބަލާނަން އިނގޭ.. ” ޒާރާ އެއްބަސްވިއެވެ.

” ބަލާނީއެއް ނޫން.. އަހަންނަށް ވައުދުވޭ ދެން ޒާރާ އެވަރަށް ނުވިސްނާނެކަމަށް.. ” ޔަޒްދާން ބޭނުންވީ ޒާރާ ލައްވާ ވައުދެއް ކުރުވާށެވެ.

” ވައުދެކޭ؟ އެކަމަކު ކިހިނެއް ވައުދެއް ކުރާނީ؟ ވައުދެއް ނުކުރެވޭނެ.. އެކަމަކު ބަލާނަން ނުވިސްނާ ހުރެވޭތޯ.. ތިހެން ވައުދެއް ކުރާތަނުން ވިސްނައިފިއްޔާ ވާނީ ދޮގުހެދިކަމަށް… އަހަރެން ދާން ޖެހިއްޖެ.. މަންމަ އެބަގޮވާ.. ޓޭކްކެއާ. ބައި” ޒާރާ އަވަސްއަވަހަށް އެގޮތަށް މެސެޖެއް ފޮނުވިއެވެ.

” އޯކޭ.. ޔޫ ޓޫ.. ބައި. ” ޔަޒްދާން އެހެން ފޮނުވީ ފޮނުވާހިތަކުންނެއް ނޫނެވެ. އަދިވެސް ޒާރާއާ ވާހަކަދައްކަން ޔަޒްދާން ހުރީ ބޭނުންވެފައެވެ.

އެހެންނަމަވެސް ދެން ޔަޒްދާން އޮންލައިންވި ދުވަހަކު ޒާރާއެއް އޮންލައިންގައެއް ނެތެވެ. ދުވާލަކު އެތައް ފަހަރެއްގައި ޒާރާ އޮންލައިން ވޭތޯ އެކި ގަޑި ގަޑީގަ ޔަޒްދާން އޮންލައިންވިއެވެ. އެހެންނަމަވެސް ޒާރާގެ އެއްވެސް މެސެޖެއްވެސް ނައެވެ.

” އަހަރެން މީ މިހެން ހުއްޓަކަސް ކިހާ ބޮޑު މޮޔައެއް. މިއޮއް ހުރިހާ ދުވަހަކު އަހަރެން މި ބެލީ ޒާރާ އޮންލައިންވޭތޯ.. އެންމެ ކުޑަމިނުން ޕްރޮފައިލްއިންތޯ ވެސް ބަލާނުލެވުން.. ” އެއްހަފްތާ ވަންދެން ޒާރާ އޮންލައިންވޭތޯ ބެލުމަށްފަހު ޔަޒްދާން އެންމެފަހުން ޒާރާގެ ޕްރޮފައިލް އެފް.ބީ އިން ފެނޭތޯ ބަލާލިއެވެ.

” އަޅެ.. ކޮބާ ޒާރާ.. މިއޮތީ ޑީއެކްޓިވޭޓްކޮށްފަ.. އެފްބީ.. މެސެންޖަރ.. އިންސްޓަގްރާމް.. ޓްވިޓަރ ވެސް.. އަނެއްކާ ކިހިނެއްވީބާ؟ ދެން ކިހިނެއް އަހަރެން ޒާރާއާ ވާހަކަދައްކާނީ؟ މިއުޅެނީ އަދި ޒާރާދެކެ ލޯބިވާކަންވެސް ހާމަނުކުރެވިގެން.. ޒާރާގެ ނަންބަރ ވެސް އަތުލާކަށް އަހަރެން ހަނދާނެއްނެތް.. މިވީގޮތް ހާދަ ދެރައޭ.. އަހަންނަށް ޒާރާ ގާތުގައި ލޯބިވާ ވާހަކަ ކުރިން ބުނެވުނުނަމަ.. މިހެންނެއް ނުވީސް ކަންނޭނގެ.. ” ޒާރާގެ އެއްވެސް ޕްރޮފައިލެއް ފެންނަން ނެތުމުން ޔަޒްދާންއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.

އެހެންނަމަވެސް މަގުމަތިން ނަމަވެސް ޒާރާއާ ދިމާވޭތޯ ލިބޭ ހުސްވަގުތުތަކުގައި މާލޭގެ މަގުތައްމަތީގައިވެސް ޔަޒްދާން ސައިކަލް ދުއްވިއެވެ.

އެހެން އުޅެނިކޮށް އެއްދުވަހަކު ޔަޒްދާންއަށް މަގުމަތިން ޒާރާ ފެނުނުވެސް މެއެވެ. އެހެންނަމަވެސް އޭރު ޔަޒްދާން އިނީ ޓްރެފިކްގައި ޖެހިފައެވެ. ޓްރެފިކް ލައިޓް ދިއްލިފައި އިނީ ރަތްކުލައިންނެވެ.

” ޒާރާ.. ޒާރާ.. ” ޔަޒްދާން ޒާރާއަށް ދެފަހަރަކު ގޮވާލިނަމަވެސް ދުއްވާއެއްޗިހީގެ ބަރުގޮނުތަކާއި ދުއްވުމުގެ އަޑުފައްގަނޑު ހުރުމުގެ ސަބަބުން ޒާރާއަކަށް ޔަޒްދާން ގޮވިއަޑެއް ނީވުނެވެ.

ޒާރާއާ އެއްވަރެއްގެ އަންހެންކުއްޖަކާ ވާހަކަދައްކަމުން ދައްކަމުން ޒާރާ ލޯމަތިން ގެއްލޭންދެންވެސް ޔަޒްދާންއަށް ޖެހުނީ ބަލަހައްޓައިގެން އިންނާށެވެ. ޒާރާމެން އެޅީ ގޯޅިއަކަށް ވާގޮތަކަށް އިން މަގަކުންނެވެ.

އިރުކޮޅެއްފަހުން ޓްރެފިކް ލައިޓް ފެހިކުލައަށް ބަދަލުވުމުން ޒާރާ ދިޔަ މަގުން ޔަޒްދާން ސައިކަލު ދުއްވާލިއެވެ. އެކަމަކު ޒާރާއެއް ނުފެނުނެވެ.

އެހިސާބުން ޒާރާ ފެނުނީތީ ޔަޒްދާން އަބަދުވެސް އެ މަގާއި ދިމާލުގައި ސައިކަލު ދުއްވައެވެ. އެކަމަކު އެދުވަހަށްފަހު އެއްވެސް މަގަކުން ނޫނީ އެއްވެސް ތާކުން ޔަޒްދާންއަކަށް ޒާރާއެއް ނުފެނެއެވެ.

” އަނެއްކާ ޒާރާ ރަށަށް ދިޔައީ ކަންނޭނގެ.. ނޫނީ ރާއްޖެއިން ބޭރަށް ކިޔަވަންވެސް ގޮސްދާނެ.. ނޭނގެ.. އެކަމަކު ޒާރާ މީހަކާ ނީންނަކަމެއްވެސް ކިހިނެއް އަހަންނަށް އެނގޭނީ.. ” އެކިކަހަލަ ފިކުރުތައް ޔަޒްދާންގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައެވެ. ޒާރާ ގާތުގައި ލޯބިވާ ވާހަކަ ނުބުނެވުނުކަމުގެ ހިތާމައިގައި ޔަޒްދާންއަށް އިނދެވުނީ އަބަދުވެސް އަމިއްލަ ނަފްސު ކުށްވެރިކުރުމުގައެވެ.

އެއްއަހަރަށް ވުރެ ގިނަދުވަސްވަންދެން ޔަޒްދާން އުޅުނީ އެގޮތުގައެވެ. އެވީ ދުވަސްތަކުގެ ތެރޭގައި ޒާރާގެ މަތިން ޔަޒްދާންއަށް އެއްގޮތަކަށްވެސް ހަނދާންނައްތައެއް ނުލެވުނެވެ. އެހެންކުއްޖެއްދެކެ ލޯތްބެއްވެސް ނުވެވުނެވެ. ކޮންމެވެސް ދުވަހަކުން ޒާރާ ފެންނާނެ ކަމުގެ އުއްމީދުގައި ޔަޒްދާން ހުރިއެވެ.

އެއުއްމީދަށް ކިރިޔާވެސް އަލިކަމެއް ލިބޭގޮތްވީ ޒާރާގެ ޑައިރީ ޔަޒްދާންއަށް ފެނުނު ދުވަހުގައެވެ.

****************

” ވަފިއްޔާއްތާ.. މިހެން ހުއްޓަސް އަހަންނަށް އެހާ މޮޅަށް ކައްކާކަށް ނޭނގޭނެ. ކުދި ކުދި އެއްޗިހި އިނގޭނީ.. ރޮށިދަމާލާ ފިހެލަން.. ސޭންޑްވިޗް މަސްހުނި ޕިއްޒާ ޕާސްޓާ އެއްޗިހި.. ނޫޑުލްސް އަދި ބަތް އެއްޗިހި ކައްކަން.. ގިނަ އެއްޗިހި އަޅައިގެން ކައްކާ އެއްޗިހި ވިއްޔާ ހަނދާން ނެތޭ.. ރިހަވެސް ނޭނގޭ.. ވަކި ހިސާބަކުން ހަނދާން ނެތެނީ.. ” ރޮށި ދަމަން ހުރެފައި ޒާރާ އެހެން ބުނެލިއެވެ.

” އެހެންތަ.. އަސްލު ތިއީވެސް ވަރަށް ބޮޑު ވަރެކޭ.. މިހާރު މިއުޅޭ ގިނަކުދިންނަށް ނޭނގޭނެ ތިވަރަށް ވެސް.. ކަންތައް ދަސްވާނެ ކުރަން ފެށީމަ.. ޒާރާއަށް ނޭނގެންޏާ ވަފިއްޔައްތަ މިހިރީއެއްނު.. ބުނެދޭން.. ” ޒާރާއާ ދިމާއަށް ބަލާލާފައި ހީލަމުން ވަފިއްޔާ ވާހަކަދެއްކިއެވެ.

” އާނ އަސްލު އެނގެންވާ މިންވަރަކަށް ނޭނގޭ.. ވަރަށް ލަދުގަނޭ ނޭނގޭތީވެސް.. އެކަމަކު ހަމަ ހަނދާންނެތޭވަރުން ގޮސް ވާގޮތް މީ.. ދަސްކުރަން ބަދިގޭގަވެސް އުޅެން.. އެކަމަކުވެސް ވަނީ އެހެން..” ޒާރާ ބުނެލިއެވެ.

” އެކަން އަދި ރަނގަޅުވެދާނެ.. ޒާރާއަށް ރަނގަޅަށް ދަސްވަންދެން ބުނެދޭނަން.. ” ވަފިއްޔާ ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

ވަފިއްޔާއާއި ޒާރާ މަސައްކަތުގައި އަވަދިނެތި އުޅޭތަން ސިއްރު ސިއްރުން އިރުކޮޅަކު ބަލަން ހުރެފައި ޔަޒްދާން މަޑުމަޑުންގޮސް ވަފިއްޔާގެ ކޮޓަރިއަށް ވަނެވެ.

” ޒާރާގެ އައިޑީ ކާޑް ފެނޭތޯ ވަތްގަނޑުތައް ކަންނޭނގެ ބަލަންވީ.. ” އެހެންހިތާ އެކޮޓަރިތެރޭގައި ހުރި ކަބެޑެއްގެ ވަތްގަނޑު ހުޅުވާލިތަނާ އެތާއޮތް ވޮލެޓެއް ޔަޒްދާންގެ ލޮލުގައި އަޅައިގަތެވެ.

އެވޮލެޓު ނެގިތަނާހެން އެތެރޭގައި އިން ޒާރާގެ ފޮޓޯއެއް ފެނުނެވެ. ” މިއޮތީ ޒާރާގެ ވޮލެޓު.. ވޮލެޓުގައިވެސް ކާޑުއޮވެދާނެ.. ” ފޮޓޯ ފެނުމުން އެއީ ޒާރާގެ ވޮލެޓުކަން ޔަޒްދާން ދެނެގަތެވެ. ވޮލެޓުގެ އެކި ކާޑުލައްވާ ތަންތަން ބަލަނިކޮށް ޒާރާގެ އައިޑީ ކާޑު ޔަޒްދާންއަށް ފެނުނެވެ.

” އައިޝަތު ޒާރާ އިޔާޒް.. ސްްްްްނޯފްލޭކް.. ށ.ފުނަދޫ..” އައިޑީީީކާާާާރޑްގައިވާ މައުލޫމާާާާާާާތުކޮޅުު ޔަަަޒްދާން ކިޔާލީ ފޯނުުުން އައިޑީކާޑުގެ ދެފުށުގެ ފޮޓޯތަކެއް ނެގުމަށްފަހުގައެވެ.

ޒާރާ ކޮޓަރިއަށް ވަދެފާނޭތީ އަވަސްއަވަހަށް އައިޑީކާރޑް ކުރިންވެސް އިންގޮތަށް ވޮލެޓަށް ލުމަށްފަހު ޔަޒްދާން ވޮލެޓުވެސް ވަތްގަނޑަށް ލިއެވެ. އެއަށްފަހު ޔަޒްދާން އަވަހަށް އެކޮޓަރިން ނުކުތެވެ.

*****************

” ވިއާމް.. ޒާރާ އެއީ ހަމަ ށ.ފުނަދޫ.. މަޑުކުރޭ.. އެބަފޮނުވަން އައިޑީ ކާރޑް ފޮޓޯއެއް.. ” ޔަޒްދާން އޭނާގެ ކޮޓަރިތެރޭގައި ހުރެގެން ވިއާމްއާ ފޯނުންވާހަކަ ދައްކަމުން ގެންދިޔައެވެ.

އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ  މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ.

” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ބްރޯ ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ ބްރޯ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ.

” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ ނަގައިގެން.. އެ އެބައުޅޭ ހަމަ ވާން.. ދެން އިނީ އެންމެ ހަފްތާއެއް.. ނޫނޭ.. އަމިއްލައަކަށްނު ކުރަންވާނީ އަމިއްލައަށް ވަންޏާ.. ވިއާމް އަދި އަހަރެންގެ ރައްޓެއްސަކަށްވިއަކަސް.. ވިއާމްއަށް އެނގޭތަ.. ޒާރާއަކަށް ނޭނގޭނެ އަހަރެން އަދާކުރާ ވަޒީފާއެއްވެސް.. އަދި ޔުނީފޯރމްލައިގެން ހުއްޓާ ޒާރާއަކަށް ނުފެނޭ.. އަދި އެނގޭތަ.. ޒާރާ ހުންނަނީވެސް މިގޭގައޭ.. އެވާހަކަވެސް އަހަރެން ކިޔާދޭނަން.. ފަހުން.. ” ވިއާމްއަށް ނޭނގޭކަމެއްގެ ވާހަކަ ޔަޒްދާން ކިޔާދިނެވެ.

” އެހެންތަ.. އެހެންވީމާ މާދަމާ ހިނގާ ކޮފީއަކަށް ދާން.. މިހާރު ދެން ޒާރާ ވާނީ އަހަރެންގެ ފަހަރިއަކަށްނު. ކުރީގައިވެސް ބްރޯ ހާދަ ހާލަކު އުޅުނީމޭދޯ.. ފަހަރި ނުފެނިގެން.. އަހަންނަށް ފެނުންވިއްޔަ ބްރޯ އުޅުން ގޮތް.. ” ކުރީގެ ކަންތަކުގެ މަތިން ހަނދާންކޮށްފައި ވިއާމް ބުނެލިއެވެ.

” ހުމްމް.. އެދުވަސްތައްވެސް ދެން އެދިޔައީ.. އޯކޭ.. ގުޅާ އެހެންވީމަ.. އިނގޭ.. ” އެހެން ބުނެފައި ޔަޒްދާން އޮފްލައިންވިއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ހިތާ ފުރާނައިން… (28)

Next

ތިޔަ އަސަރު 23

Next
February 5, 2018

ތިޔަ އަސަރު 23

Previews
February 5, 2018

ހިތާ ފުރާނައިން… (28)

13 Comments!

  1. Hairaan says:
    February 5, 2018 at 4:21 pm

    Varah reethi

  2. Icy♡ says:
    February 5, 2018 at 4:25 pm

    Nice

  3. Pinky shifoo says:
    February 5, 2018 at 5:32 pm

    Nice mi part vx ???… Waiting for next part ???

  4. Crystal says:
    February 5, 2018 at 6:08 pm

    Thankyou hurihaa kudhin.
    .. hairaan
    Icy and shifoo.. comment kohllathy abadhuves varah ufaavey ☺

  5. chumpu says:
    February 5, 2018 at 8:39 pm

    Nice

    1. Crystal says:
      February 5, 2018 at 8:53 pm

      Thankyou chumpu ☺

  6. chumpu says:
    February 5, 2018 at 10:05 pm

    Mivaahaka biruveri vaaka noolheytha comment nukurevunas hurihaa vaahakaeh vx alhugafu kiyan

    1. Crystal says:
      February 8, 2018 at 1:23 am

      Yeah eha biruveri eh nuvaane jinni eh ulhunas . Thankyou chumpu. ☺ ???Mivaahakaiga miulheny eha birunugannavaa jinni eh kannyge Dho ?

  7. Beauty?? says:
    February 6, 2018 at 6:00 pm

    Story salhi

    1. Crystal says:
      February 6, 2018 at 6:57 pm

      Thankyou beauty ☺

  8. Hudha says:
    February 6, 2018 at 10:21 pm

    Nice story.. keep going??

    1. Crystal says:
      February 7, 2018 at 5:09 pm

      Thankyou hudhaa ☺???

  9. Jail_amm18 says:
    March 10, 2018 at 5:33 pm

    great story

Comments are closed.


All Right Reserved!