Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 26

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 7, 2018 8 Mins Read
77 Comments

“ޝަނުން ލޯބިވާ ކުއްޖާއާއި މެރީ ނުކުރީ ކީއްވެކަން ބުނެދީފާނަންތަ” މީ ވަގުތު ކުރަން އެއްމެ ރަގަޅު ސުވާލު ހެއްޔެވެ؟

“އެއީ ކުއްޖާއަކީ ތެލެސީމިއާ ކެރިއާކަށް ވީމަ” އެހެން ބުނެލުމަށްފަހު ޝަނުމް ފާހަނައަށް ވަނެވެ.

ޝަނުމް ފާހަނައަށް ވަނުމް ރީމް އެނދުގައި އޮށޯތެވެ. ލައިގެން ހުރި ބޮޑު ހެދުމުގެ ސަބަބުން މާ ގިނައިރަކު އެހެން އޮވެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޝަނުމް ފާހަނައިން ނިކުންނަންވާއިރަށް ބެލްކަންޏަށް ނުކުތެވެ.

ޖެހޭ ފިނިވައިރޯޅިތަކުން މުޅި ފަޒާގައި ފިނިކަމެއް ވެއެވެ. މިފަދަ ހިތްގައިމު ރެއެއްގެ އުފާ ލިބޭނީ މަދު ފަހަރެއްގެއެވެ. ހަނދާއި ހަނދުގެ ބައިވެރީންނަށް ހިތުން އެތައް ތައުރީފެއް ކޮށްލުމަށްފަހު ރީމް ބެލްކަނިން ތިރި ބަލާލިއެވެ. ވަގުތަކީ ދަންވަރުގެ ކަމުން މަގުމަތީގައި ދުއްވާ ތަކެއްޗާއި މީހުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތިރި ބަލައިލުމާއި އެކު ރީމްއަށް ދެލޯ ކުޑަކޮށްލެވުނީ ހައިރާންވި ވަރުންނެވެ. ހިތަށް އެވަގުތު ވަން ބިރުވެރިކަމާއި އެކު ރީމް ފަހަތަށް ޖެހިލިއެވެ. އޭނާއަށް ފެނުނު މަންޒަރަކީ ތެދުތޯ ބަލާލުމަށް ރީމް ދެވަނަ ފަހަރަށް ތިރި ބަލާލަލަން ކުރިއަށް ޖެހިލިއެވެ.

“ނުވާނެ” އަތް މެޔާއި ކައިރިކޮށްލަމުން ރީމް އެހެންބުނެލީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އެއްމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތި ރީމް ދުއްވައިގަތީ ކޮޓަރި ތެރެއަށެވެ. އަދި ގޮސް ފާހަނާއިގެ ދޮރުގައި ބާރަށް ތަޅައިގަތެވެ.

“ޝަނުމް، ޝަނުމް، ދޮރުހުޅުވާލަބަ އަވަސް” ވެގެން އުޅޭގޮތް ނުބުނެ ރީމް ޝަނުމްއަށް ގޮވަމުން ދިޔައެވެ. ހާސްކަން މަތީގައެވެ.

“ކިހިނެތްވީ” ރީމް ގޮވާލިތާ މާގިނަ ވަގުތެއް ނުވަނީސް ޝަނުމް ދޮރުހުޅުވާލިއެވެ. ރަގަޅަށް ފެންވެރުނު ކަމެއްވެސް ނޭނގެއެވެ. ތުވާލި އަދެގެން ހުރި އިރު  ފެންތިކިތައް ބޮލުން ފެށިގެން މުޅިހަށިގަނޑުގައި ވެއެވެ.

ޝަނުމް ދޮރުހުޅުވާލުމާއިއެކު ރީމް ޝަނުމްގެ ކައިރިއަށް ޖެހިލައި އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

“ވެގެން އުޅޭ ގޮތެއް ބުނެބަލަ” ރީމްގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމުން ޝަނުމް ކުޑަކޮށް ހާސްވެފައި އަހާލިއެވެ. ރީމް ދުލުން ބަހެއް ނުބުނެ އިގިލި ދިއްކޮށްލީ ބެލްކަންޏާއި ދިމާލަށެވެ.

ރީމްގެ އަތް ދުރުކޮށްލުމަށްފަހު ޝަނުމް ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ. މިގަޑީ ރީމް ހާސްވެގެން އުޅޭނީ ކޮންމެވެސް ކޫސަނި ކަމަކާކަން ޔަގީނޭ ހިތަށް އަރުވަމުންނެވެ. ބެލްކަންޏަށް ނުކުމެ ޝަނުމް ބެލްކަނީގެ ބޮކި ދިއްލާލުމަށްފަހު ބެލްކަނީގެ ތަޅުންގަނޑަށް ދެތިން ފަހަރެއްގެ މަތިން ބަލާލިއެވެ. ރީމް ހާސްވެގެން އުޅޭ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

“މިމަގުގެ ކަންމަތީގައި ހުރެއެއްނު ބޭކަރީއެއް، އެތަން ބަލާލަބަ” ޝަނުމް ތަޅުންގަނޑު ހޯދާތީ ރީމް  ބުނެލިއެވެ. އެމީހާ އެތާގައި ހުރިހާ ހިދަކު ރީމްއަށް އަލުން އެތަނަށް ބަލަން ނުކެރޭނެކަން ޔަގީނެވެ.

ޝަނުމް ރީމްއަށް ބަލާލުމަށްފަހު ރީމް އެބުނި ތަނަށް ބަލާލަން ބޯ ތިރިކޮށްލިއެވެ. ޝަނުމްއަށްވެސް ލިބުނީ ރީމްއަށް ލިބުނު ހައިރާންކަމެވެ. އެމީހުން ތިބީ ފަސްވަނަ ބުރީގައި ކަމަށްވިޔަސް މަގުމަތީގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލިން އެއީ ރީމް ފަހަތު އަޅުވައިގެން އުޅޭ މީހާކަން ދެނެގަންނަން އުދަގުލެއްނުވިއެވެ.

“އާދޭ އެތެރެއަށް” ޝަނުމް ރީމްގެ އަތުގައި ހިފައިގެން ބެލްކަނިން ނުކުތެވެ. އަދި ބެލްކަނީގައި ތަޅުލައި ރީމް ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.

“ޝަނުމް އޭނައަށް ކިހިނެތް އެގުނީ އަހަރެން މިތާ ހުރިކަން، ދެން ކިހިނެތް ހަދާނީ” ރީމް އޭނާ ކައިރީގައި އިން ޝަނުމް ކައިރީ އަހާލިއެވެ.

“ކޮންމެވެސް ގޮތަކުން ޕާޓީ އޮތްތަން އޭނައަށް އެގުނީ ކަމަށް ވާނީ” އިންތަނުން ތެދުވަމުން ޝަނުމް ބުނެލިއެވެ. އަދި އަލަމާރި ކައިރިއަށް ގޮސް އޭގެން ލާނެ ފަޓުލޫނެއް ނެގިއެވެ.

” ދެމީހުން މިރޭ ތިބޭނީ މިހޮޓެލުގައި ކަން އެގޭނީ ގޭގެ މީހުންނަށް އެކަނި. އިތުރު އެއްވެސް މީހެއް ކައިރީ ނުބުނަން، އެކަމަކު މިރޭވެސް އޭނަ އަހަރެން އުޅޭ ތަނެއް ހޯދައިފި، މިހާރު ޔަގީންވެއްޖެ އަހަންނަށް ފާރަލާ މީހެއްކަން” ޝަނުމް އަންނައުނު ލަމުން ދާތީ ކުޑަކޮށް އިސްޖަހައިގެން ހުރެ ރީމް ބުނެލިއެވެ.

“ރީމް ތިހާ ވަރަށް ހާސްނުވޭ.. އަހަރެން އެއީ ކާކުކަން މިރޭ ހޯދާނަން އިނގޭ” ރީމްއަށް ލިބިފައިވާ ހާސްކަން ކަނޑުވާލުމުގެ ގޮތުން ޝަނުމް ބުނެލިއެވެ.

“އެކަމަކު ޝަނުމް އެއީ ކޮންމެ މީހަކަށް ވިޔަސް އަހަންނަށް ފާރަލައިގެން ކޯއްޗެއްތަ ލިބޭނީ” ރީމް އިންތަނުން ތެދުވެ ޝަނުމް ކައިރިއަށް ޖެހިލަމުން އަހާލިއެވެ. އޭރު ޝަނުމްއަށް ލެވުނީ ފަޓުލޫނު އެކަންޏެވެ.

“އެމީހެއް ކައިރީ އަހައިގެންވިޔަސް ތިއެއް ހޯދާނަން މިރޭ، ރީމް ތިހާ ހާސްވާނެ ސަބަބެއް ނޯންނާނެކަން ޔަގީން” ޝަނުމް އުޅުނީ އަލަމާރިން ޓީޝާޓެއް ނަގަން ކަމުގައި ވިޔަސް ރީމްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން ޝަނުމް ރީމް ގޮވައިގެން ގޮސް އެނދުގައި އިށީދެލިއެވެ. އަދި އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ޕޮލިހުގައި އުޅޭ މީކާއިލް ރައްޓެއްސަށް ގުޅާލަން އުޅުނެވެ.

“އަހަރެން އެބަ އަންނަން އިނގޭ ޕޮލިހުގައި އުޅޭ ކުއްޖަކަށް ގުޅާލާފަ، އޭނަ ކައިރީ އަހައިގެން ދެން ހަދަންވީ ގޮތެއް ޔަގީންކުރާނީ” ރިންގުވަމުން ދިޔަ ފޯނު ކަންފަތުގައި ޖައްސާލަމުން ޝަނުމް ހިނގައިގަތީ ބެލްކަންޏާއި ދިމާލަށެވެ.

“އާން އެމަގުގައި ހުންނާނެ ކަންމައްޗަކަށް ވާގޮތަށް ބޭކަރީއެއް، އެތާ ކުރިމަތީ އޭނަ އެބަހުރި ، މީގެ ދިހަ ވަރަކަށް މިނެޓެކުރިންވެސް ހުރި ތަނުގައި އެހެރީ، މިހާރު ފޯނުން މީހަކާއި ވާހަކަދައްކާހެން އެބަ ހީވޭ، ނޫކަލަ ނޫނީ ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރީ، އިސްތަށިގަނޑު ކޮނޑާއި ހަމައަށް އަރާ..” އެމީހާއަށް ބަލަން ހުރެ ޝަނުމް އެމީހާގެ ސިފަތަކާއި ކުރަމުން ދާ ކަންތައް މާހިލްއަށް ކިޔައިދެމުން ދިޔައެވެ.

“ތަންކޮޅެއް އަވަސްކޮށްލައްޗޭ، މިމީހާ ރީމްގެ ފަހަތުން ނުނެއްޓިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ” ފޯނު ކަނޑާލުމުގެ ކުރިން ޝަނުމް ބުނެލިއެވެ. އަދި އިރުކޮޅަކު އެމީހާގެ ހަރަކާތްތަކަށް އިތުރު ބަދަލެއް އަންނަތޯ ބަލަން ހުރެފައި އެތެރެއަށް ވަނެއެވެ.

ޝަނުމް އެތެރެއަށް ވަންއިރު ރީމް އިނީ އެނދުމައްޗަށް އަރައި ދެފައި ވަށްކޮށްލައިގެންނެވެ. އަދި ބާލީހެއް ގަޔާއި ކައިރިކޮށް އޭގައި ބޯ އަޅައިލައިގެންނެވެ. ޝަނުމް އައިސް ރީމް ކައިރީ އިށީދެ މާހިލް އެކަންތަކާއި އެބަ އުޅޭ ވާހަކަ ބުނެލިއެވެ. އަދި އެނދު ކައިރީގައި ހުރި ޖަގުން ފެންތައްޓެއް އަޅައިލައި ރީމްއަށް ދިނެވެ.

“ޝަނުމް، އަހަންނަށް ހީވަނީ މިރޭ ވަރަށް ބޮޑު ކަމެއް ވާން އުޅޭހެން” ފެން ފޮދެއް ބޯލުމަށްފަހު ޝަނުމްއަށް ތަށި ދިއްކޮށްލަމުން ރީމް ބުނެލިއެވެ. އަދި ޝަނުމްއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ޝަނުމްގެ ގައިގައި ބައްދާލިއެވެ. ރީމްގެ އެކުއްލި ހަރަކާތާއި އެކު ޝަނުމް ރީމްއާއި ދުރުވާން ބޭނުން ވިޔަސް އެކަން ނުކުރެވުނެވެ. މިވަގުތުގައި ޝަނުމްއަށް ރީމްގެ ނުރަގަޅު ކަންތަކުގެ ބަދަލުގައި ރީމް ފެންނަމުން ދިޔައީ އޭނާގެ އަބިމީހާގެ ގޮތުގައެވެ. އަދި އަބިމީހާގެ ހައްގުތަކާއި އަބިމީހާގެ ހިމާޔަތުގައި ހުންނަން ޖެހޭނެކަން ޝަނުމް އޭނާގެ ހިތަށް ވިސްނައިދެމުން ރީމްގެ ކޮނޑުގައި އަތް ވަށާލިއެވެ. އަދި މަޑުމަޑުން ރީމްގެ ގައިގައި ފިރުމާލިއެވެ.

ފާއިތުވެގެން ދިޔައީ ދިހަ ސިކުންތުގެ ކުރު ވަގުތުކޮޅެކެވެ. ރީމްގެ ލޮލުން އޮހެރުނު ކަރުނަތަކުގެ އަސަރު ޝަނުމްގެ މޭމައްޗަށް ކުރިއެވެ. ޝަނުމްގެ ރީމްގެ ބޮލުގައި ފިރުމާލިއެވެ. އަދި އިސްއުފުލައި މޫނަށް ބަލާލިއެވެ.

“އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަގަޅުވާނެ” ރީމްގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފުހެދެމުން ޝަނުމް ބުނެލިއެވެ.

“ރީމް ކައިރިއަށް އަންނަން ޖެހިލުންވާތީ މިއޮތް ހާ ދުވަހުވެސް ދުރުދުރުން އެއުޅެނީ، މިރޭވެސް ނުކުރެނޭ މިހިސާބަށް އަންނަން، އަޔަސް އަހަރެން ހުރިހާ ހިނދަކު ރީމް ކައިރިވާކަށް އެއްވެސް މީހަކަށް ފުރުސަތު ނުދޭނަން…” ރީމް ހަމަޖެއްސޭތޯ ޝަނުމް މަޑުމައިތިރިކަމާއި އެކީ ވާހަކަ ދައްކަމުން ދިޔައެވެ. ރީމް އޭނާއަށް އިތުބާރު ކުރާނެކަމާއި މެދު ޝަނުމްގެ ހިތުގައި ޝައްކެއް ނެތެވެ.


 

ހިންދުގެ ހަރަކާތްތައް މަޑުވުމުން ހިންދުއަށް ނިދުނީކަމަށް ބަލައި އަޝްވިންވެސް ނިދޭތޯ ދެލޯ މަރާލިއެވެ.

“އަޝްވިން” ދެލޯ މަރާލިތާ ތިރީސް ސިކުންތުވެސް ނުވެއެވެ. އިވުނީ ހިންދުގެ އަޑެވެ. ނުހަނު ކައިރިން ކަމުން އަޝްވިން އަވަސް އަވަހަށް ދެލޯ ތަންމިނަށް ހުޅުވާލިއެވެ.

“އައި ލަވް ޔޫ އަޝްވިން، އަހަރެން ބިރުގަތީމަ ދުރަށް ކޮއްޕާލެވުނީ، އަހަންނަށް މާފުކޮށްދޭނަންތަ” ހިންދުގެ އަޑުގައިވީ އާދޭހެވެ. ފިރިމީހާގެ އެދުމަށް ނުކިޔަމަންތެރިވެވުނީތީ ލަދުގެންފައިވާކަން ލޮލުން ހާމަވަމުން ދިޔައެވެ.

“އެއީ މާފަށް އެދެންވީ ވަރުގެ ކަމެއް ނޫނޭ، އަހަންނަށްވެސް މާ އަވަސް އަރުވާލައިގެން އުޅެވުނީ” އަޝްވިން އޮތްތަނުން ތެދުވެ ހިންދުގެ ކުރިމަތީގައި އިށީނެވެ.

“މެރީކޮށްގެން އުޅޭއިރު އަވަސް އަރުވާލުމަކީ ދެއްކޭނެ ބަހަނާއެއް ނޫންކަންނޭނގެ” އިސްޖަހައި ހިންދު ބުނެލިއެވެ.

“ތިހާ ރީތި ކުއްޖެއްވީމަ ކެތްތެރިކަން ކޮޅުންލީ، އެކަމަކު ބުނަން ދެން އެހެންނުވާނެ އިނގޭ، ދެމީހުންވެސް ރެޑީވީމަ އެކަމައިގެން އުޅޭނީ… ލަސްކުރިއަސް އަހަރެންގެ މައްސަލައެއް ނެތް، ހިންދު ތީ މިހާރު ހަމައެކަނި އަހަރެންގެ ހައްގެއް” އަޝްވިން ހިންދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ހިންދުގެ ހަމަޖެހުން ފެނިފައި މާޔޫސްވަމުން ދިޔަ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ.

“އަޝްވިން ތިހިރީ ތައްޔާރަށްތަ” އިރުކޮޅަކު އިސްޖަހައިގެން އިނދެފައި އިސްއުފުލާލައި އަޝްވިންއާއި ދިމާލަށް ބަލާލަމުން ހިންދު އަހާލީ މައުނަވީ ގޮތަކަށެވެ. އަޝްވިން ހިނިތުންވެލައި ދެބުމަ މައްޗަށް އަރުވާލީ އޭގެން އޭނާގެ ޖަވާބު ލިބޭނެކަމަށް އުއްމީދުކޮށެވެ.

“އަހަރެންވެސް” ހިންދު ބުނެލީ އެހިސާބަށެވެ. ކުރިއަށްޖެހިލައި އަޝްވިންގެ އަތުގައި ހިފައި ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. އަޝްވިންއަށް ލިބުނީ ކުއްލި އެހެންނަމަވެސް ބަޔާންކުރަން ދަތި އިހުސާސެކެވެ. ހިންދުގެ ހަށިގަނޑުގައި އަތް ވަށާލައި ގަޔާއި ކައިކޮށްލިއެވެ.

“އައި ލަވް ޔޫ ޓޫ” އެހެން ބުނެލަމުން އަޝްވިން ހިންދު އެދުމަތީގައި ބާއްވާލިއެވެ. އަދި ނުހަނު ލޯބިން އަދި ވަރަށް އޯގާތެރިކަމާއި އެކީ ހިންދުގެ ކަރުދޮށުގައި ބޮސްދިނެވެ. ދެމީހުންގެ ހިތުގެ ތެޅުންވެސް އިހުނަށްވުރެ ބާރުވެގެން ދިޔައެވެ. ދީވާނާވެ ބެހެމުންދާ ހިތް އޮޔާދާން ދޫކޮށްލީ އޭގެ މަންޒިލަކީ ކައިރީގައި ހުރި ބައިވެރިޔާކަން ޔަގީންވާ ފަދައިންނެވެ. އަޝްވިންގެ ކޮންމެ ފިރުމުމެއް ހިންދުއަށް ސިފަވަމުން ދިޔައީ ލޯބީގެ އާލަމުގައި އޭނާއަށް ލިބެމުންދާ އުފާތަކެއް ހެންނެވެ. ހިންދު އޭނާއަށް ކުރާ އިތުބާރު ފެނިފައި އަޝްވިންއަށް ހިންދުދެކެ އިތުރަށް ލޯބިވެވޭހެން ހީވެއެވެ.


 

މާހިލްއަށް ގުޅިތާ އެއްގަޑިއިރު ފާއިތުވެގެން ދަނީއެވެ. ހަބަރެއް ނުވާތީ ލަސްވެގެން ޝަނުމް މާހިލްއަށް ގުޅާލިއެވެ.

“ކޮންތާކު ދެމީހުން ތި ތިބީ” ފޯނު ނަގައި ޝަނުމްއަށް ހަލޯ ނުބުނެވެނީސް އެކޮޅުން މާހިލް ވާހަކަދެއްކިއެވެ.

“އަހަރަމެން އަދިވެސް ހޮޓަލުގަ މިތިބީ، އެމީހާ ފެނިއްޖެތަ މިހާރު” ޝަނުމް ޖަވާބު ނިއްމާލީ ސުވާލަކުންނެވެ.

“ޝަނުމް ގުޅިއިރު އަހަރެން ހުރީ ތަންކޮޅެއް ދުރުގަވީމަ އެވަގުތު ތިއޭރިއާގައި ހުރި ޕޮލިހެއް ފޮނުވިން ތި ތަނަށް. އޭނަ ކުޑައިރުކޮޅެއް ކުރިން އަހަންނަށް ރިޕޯޓު ކުރި އެހިސާބުން ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ދެ  މީހެއް ފެނުނު ވާހަކަ. ދެމީހުންގެވެސް އިސްކޮޅު ގާތްގަނޑަކަށް އެއްވަރުގަ ހުރީމަ އެތަނުން އެމީހަކީ ކާކުކަން ޔަގީންނުކުރެވުނު. ދެމީހުންނަށްވެސް ސަސްޕެކުޓް ކުރެވޭތީ އެމީހުން ފެނޭތޯ އޮފިސަރުން އެބަ މަސައްކަތް ކުރޭ” މާހިލް ވެގެން އުޅޭ ގޮތް ކުޑަ ގޮތަކަށް ކިޔާ ދިނެވެ.

“ޝަނުމް އަހަރެން އިހަށް ދަނީއޭ، އެކަކު ފެނިގެން އެބަ އުޅޭ” ޝަނުމްއަށް އިތުރު އެއްޗެއް އެހުމުގެ ފުރުސަތު ނުދީ މާހިލް ފޯނު ކަނޑާލިއެވެ. ކަންފަތުން ފޯނު ނައްޓަމުން ޝަނުމް ރީމްއަށް ބަލާލިއެވެ. ޝަނުމްގެ މެއިން މޫނުފޮރުވައިގެން އޮތް އިރު ރީމްގެ ހިތަށް ބިރުވެރިކަން ވަދެފައިވާކަން އެގެއެވެ.

“ރީމް” ރީމްގެ ބޮލުގައި މަޑުމަޑުން ހިފާލަމުން ޝަނުމް ގޮވާލިއެވެ.

“ހެނދުން ބަދަލުކޮށްލައިގެން އަންނަންވީނު. ތިހެދުން ލައިގެން މާގިނައިރު ހުންނަންވީމަ އުދަގޫވާނެއެއްނު” ރީމް ބަލާލުމުން ޝަނުމް ބުނެލިއެވެ. ރީމް ބޯ ޖަހާލިއެވެ. އަދި ޝަނުމްގެ ގައިން ދޫކޮށްލައި އެނދުން ފޭބިއެވެ.

“ކީކޭ މާހިލް ބުނީ” އަލަމާރިން ހެދުމެއް ނަގައި ޝަނުމް ކައިރިއަށް އަންނަމުން ރީމް އަހާލިއެވެ. އެސުވާލަށް ޖަވާބު ދޭން ޝަނުމް ފަސްޖެހުނެވެ. ރީމް އިތުރަށް ބިރުގެންފާނެތީއެވެ. ޝަނުމްގެ ހަމަހިމޭންކަމުން ރީމްއަށް ނުސީދާ ޖަވާބެއް ލިބުނު ކަހަލައެވެ. އިސްޖަހައިލައި ފުންނޭވާއެއް ލިއެވެ.

“އެމީހުން އައިއިރު އެމީހާ ފިލަންވެގެން އުޅުނީ، އެކަމަކު މިހާރު އެމީހާ ފެނިޖެއްޔޭ މާހިލް ބުނީ” ޝަނުމް ބުނެލިއެވެ. ރީމް ޝަނުމްއަށް ބަލައި މަޑުމަޑުން ބޯ ޖަހާލިއެވެ. ޝަނުމް ކަމެއް ސިއްރުކުރަން އުޅޭކަން އެނގޭ ހާލުވެސް ރީމް ޝަނުމްއަށް ކުރާ އިތުބާރުގެ މިންވަރު ހާމަވެގެން ދިޔައެވެ.

ރީމް ފާހަނާއާއި ދިމާލަށް ދާން އެބުރިލިއެވެ. ނަމަވެސް ދެން ކުރިއަށް އެރި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނީ އިވުނު އަޑަކާއި އެކީގައެވެ. ރީމްއާއި ޝަނުމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝަނުމް އަވަހަށް ތެދުވެ ރީމްގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. މިގަޑީ ދޮރުގައި ޓަކި ޖަހާނީ ފަހެ ކާކު ހެއްޔެވެ؟

ޝަނުމް ރީމް ކައިރީ ހެދުން ބަދަލުކޮށްލަން އެދުނީ މިބިރުވެރިކަމުން ސަލާމަތްވުމަށްޓަކައެވެ. ޝަނުމް އުޅުނީ ރީމް ގޮވައިގެން އެހެން ކޮޓަރިއަކަށް ބަދަލުވާށެވެ. އެމީހާއަށް އެމީހުން ތިބި ކޮޓަރި ހޯދުން ދަތިކަމަކަށް ނުވާނެކަން ވިސްނުމާއި އެކީގައެވެ. އެހެންނަމަވެސް އެފުރުސަތު އެމީހުންނަށް ލިބޭނެ ހެއްޔެވެ؟ ދެވަނަ އަދި ތިންވަނަ ފަހަރަށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އަދި ފަސްވަނަ ފަހަރަށް ދޮރުގައި ތަޅައިގަތް އަޑެވެ.

ރީމް އޭނާއަށް ލިބުނު ބިރުވެރިކަމާއި އެނދުން ތެދުވަން އުޅުނެވެ. އެހެން ނަމަވެސް ހެނދުމުގެ ފަސްބައިގައި ފައި ތާށިވެ މީހާ މޫނު ވަތަށް ބިން މައްޗަށް ވެއްޓުނެވެ.

ޝަނުމް ކުރިއަށް ޖެހިލައި ރީމް ކޮޅަށް ތެދުވާން އެހީވެދިނެވެ. ހާސްވެފައި ހުރި ވަރުން އަވަސްއަރުވާލަން ހަދައިގެން ދެމީހުންނަށްވެސް ހެދޭ ނުހެދޭއެއް ނޭނގުނެވެ.

“ޝަނުމް!!!!” އަނެއްކާވެސް ދޮރުގައި ތަޅައިގަތް އަޑުއިވުނެވެ. އަޑު ފުރޭނިގެން އަންނަ އިރު އެއީ ކާކުގެ އަޑު ކަމެއް ބުނާކަށް ނޭނގެއެވެ.

“މިތާ އިށީދޭ! އަހަރެން އެބަ އަންނަން” ރީމް އެނދުގައި ބޭން ދުމަށްފަހު ޝަނުމް ގޮސް ދޮރުހުޅުވާލަން ހިފާލަމުން ރީމް އަށް ބަލާލިއެވެ. ޝަނުމް ރީމްއަށް ބަލާލަން އުޅުނު ގޮތުން އެއީ އެމީހުން ހީކޮށްގެން ހުރި މީހާއަށް ވުން ގާތްކަން ރީމްއަށް އިހުސާސްވިއެވެ. އެހަނަސް ޝަނުމް ހުއްޓައި އޭނާއަށް ރައްކާތެރިކަން އޮންނާނެ ކަމަށް ރީމް އޭނާގެ ހިތަށް ވިސްނައިދޭން އުޅުނެވެ.

ޝަނުމް ދޮރު ހުޅުވާލުމާއި އެކު އިވުނީ އަޝްވިންގެ އަޑެވެ.

“ހިނގާ އަވަހަށް މިތަނުން ދާން.. ދެވަނަ ފަންގިފިލާގަ އަލިފާން ރޯވެގެން އެއްމެން ނިކުންނަން އަންގައިފި” ޝަނުމްއަށް ވާހަކަ ދައްކާލަން ފުރުސަތު ނުދީ އަޝްވިން ބުނެލިއެވެ. އަލިފާންގަނޑުގެ ބޮޑުކަމުން ދުމުގެ އަސަރު މިހާރު އެހިސާބަށް ކުރަން ފަށައިފިއެވެ.

“ކިހާ ބޮޑު އަލިފާންގަނޑެއްކަން އެގޭތަ” ޝަނުމްއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ހީކޮށްގެން ހުރި ކަންތައް ކަމަށް ނުވި ނަމަވެސް މެއެވެ.

“ނޭނގެ އަހަންނަކަށްވެސް މާ ބޮޑު މައުލޫމާތެއް. އެގޭހާވެސް އެއްޗަކީ އަލިފާންގަނޑު ވަރަށް ބާރަށް ފެތުރެމުން ދާކަން.. އެހެންވެ ތި ތިން މީހުން އެއްކޮށް ގެޔަށް ފޮނުވާލާފަ އަހަރެން މިއުޅެނީ އަނިޔާ ލިބުނު މީހުންނަށް އެހީވެދޭން ދާން ” އަޝްވިން ބުނެލިއެވެ. އޭނާއަށް އެހަބަރު ދިނީ ހޮޓަލުގައި އުޅޭ މަސައްކަތު މީހެކެވެ.

” އަހަރެން ވެސް ބޭނުން މިތާ މަޑުކޮށް އެހީވެ ދޭން.. އެއްމެ ފުރަތަމަ ހިނގާ ރީމް އާއި ހިންދު މިތަނުން ނިކުމެވޭތޯ ބަލަން…” ރީމްއަށް ބަލާލުމަށްފަހު ޝަނުމް ބުނެލިއެވެ.

“ކޮބާ ރީމް… ނިދާފަތަ އޮތީ” އަޝްވިން ކައިރީ ހުރި ހިންދު އަހާލިއެވެ.

“ނޫން ހޭލާ ހުރީ.. ހިންދު ރީމްއަށް އެހީވެދޭން އެތެރެއަށް ވަދެލަންވީ އެއްނު” އެހީވެދޭންވީ ކަމެއް ޝަނުމް ނުބުންޏަސް ހިންދު ޝަނުމް ބުނިހެން ރީމް ކައިރިއަށް ދާން އެކޮޓަރިއަށް ވަނެވެ. ހިންދުއަށް ވަދެވުމާއި އެކު ޝަނުމް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ރީމް ހެދުން ބަދަލުކުރަން އެފުރުސަތު ދޭށެވެ.

“އަދިވެސް ހެނދުމުގަތަ؟؟ އަވަހަށް ތެދުވެގެން ހިނގާ ހެދުން ބަދަލުކުރަމާ.. ތިހެން ހުރުގެން މިތަނުން ނިކުންނަން ވަރަށް އުދަގޫވާނެ” ކޮޓަރިއަށް ވަދެވުމާއި އެކު ހިންދު ބުނެލިއެވެ.

“އަހަރެން ނުދާނަން މިތަނުން” ރީމް ގަދަ ހަދާލިއެވެ.

“ދެން މިތާ އިދެ އަޅިއަށް ވާންތަ ބޭނުމީ… ” ހިންދު ބޯހޫރުވާލުމަށްފަހު ބުނެލިއެވެ. އަދި ރީމްގެ އަންނައުނު އަޅާފައި ހުރި ފޮށިން ހެދުމެއް ނަގައިގެން ގޮސް ރީމް އަތަށް ދީ ހެދުން ބަދަލުކޮށްދޭން އެހީވެ ދިނެވެ. އަމިއްލަ ހެނދުން ބަދަލުކުރަން އެހާ ވަގުތު ނެގި އިރު ރީމްއަށް އެހާ ވަގުތެއް ދެވެން ނެތުމުންނެވެ.

ހެނދުން ބަދަލުކޮށްގެން ރީމް އަނެއްކާވެސް ބެލްކަނީގެ ދޮރުން ބޭރު ބަލާލިއެވެ. އެމީހާ އަދިވެސް އެތާގައި ހުރިތޯއެވެ. އެހެންނަމަވެސް ފެނުނީ މުޅިން ހައިރާންކުރުނަވި މަންޒަރެކެވެ. އެމީހާއާއި އެއްކޮށް ހަމަ އެކަހަލަ ޓީޝާޓެއް ލައިގެން އެހެރީ މާޒިން ނޫން ދެވަނަ މީހެއް ނޫނެވެ. ރީމްގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅައިގަތެވެ. އަލިފާނުން ސަލާމަތްވެގެން އެތަނުން ދާންވީ ކަމެއް ނޫނީ މާޒިންއާއި ކުރިމަތި ލާން ވީ ކަމެއް ނޭނގުނެވެ.

 

ރީމް އަށް ހެދުން ބަދަލުކޮށްލަން ފުރުސަތު ދީ އަޝްވިން ދޮރުހުޅުވާލިއިރު ހިންދު ރީމްގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ރީމްގެ އަނެއް އަތް އަނގަމަތީގައި ވީ އިރު މީހާ ހުރީ ބިރުން ސިހިސިހިއެވެ.

“ކިހިނެތްވީ ” ކަންބޮޑުވެފައި ޝަނުމް އަހާލިއެވެ.

“މި ހުރިހާ ކަންތަކަކީ މާޒިންގެ ކަންތައް…އަލިފާންގަނޑު ރޯކޮށްލީވެސް ހަމަ އޭނަ… މާޒިން އެއުޅެނީ އަހަރެން މަރާލަން ކަންނޭނގެ” ރީމްއަށް ކިޔޭ ނުކިޔޭއެއް ނޭގުނެވެ.

“ކޮން މާޒިންއެއް” ޝަނުމް އަހާލިއެވެ. އެނަން ކިޔާ މީހަކު އޭނާ ނުދަންނާތީއެވެ.

“އިތުރަށް ވާހަކަ ނުދައްކާ ހިނގާ އަވަހަށް މިތަނުން ދާން…” އަޝްވިން ބުނެލިއެވެ. ވާހަކަ ފަހުން ދެއްކުނަސް ފުރާނަ ސަލާމަތް ކުރަން ނޭވާ ހޮޅިއަށް އެޅެނީއެވެ.

ހަތަރު މީހުން އެކުގައި މީހުން ނެރޭ ސަރަހައްދަށް ދިޔައިރު އެތާގައި ކާއިން ހުއްޓެވެ.

ހޮޓަލަކީ ރާއްޖޭގެ އެއްމެ މަތީ ފެންވަރުގެ ހޮޓަލަކަށް ވުމުން މުޅިތަން ވަނީ މީހުންނާއި އެކީ ފުރިފައެވެ. ކުދަކުދިން ރޯ އަޑާއި މައިންގެ އެތައް ބިރުވެރިކަމެއް ފެންނަމުން ދިޔައެވެ. އަލިފާންގަނޑު ބޮޑުވަމުން ދިޔަ ވަރަކަށް މީހުންނަށް ލިބެމުން ދިޔަ އަނިޔާތައް ވީ އިތުރެވެ. ތަނަކީ ކަރަންޓު އެހީގައި ދޮރުތައް ލެއްޕި ހުޅުވޭ ތަނަކަށް ވުމުން އެތައް ބަޔަކު ތަންތަނުގެ އެތެރޭގައި ތާށިވެފައި ތިއްބެވެ. މިފަދަ އިމަޖެންސީ ހާލަތަކަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ހުރި ކަމުގައި ވިޔަސް މުޅި ތަންވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ.

މި މަންޒަރު ލޯ ކުރިމަތިން ފެނި އެހީގެ އަތެއް ނުދީ ދިޔުމަށް އަޝްވިންއާއި ޝަނުމްއަށް ނުކެރުނެވެ. އެއީ އެމީހުންގެ ޒިންމާއެކެވެ. ޑޮކްޓަރަކާއި ސިފައިންގެ މީހަކަށް ވުމުގެ އިތުރުން ފަރުދީ ޒިންމާއެކެވެ.

“ކާއިން! ރީމް އާއި ހިންދު ގޮވައިގެން ގެޔަށް ދޭ އިނގޭ… އަހަރެމެން ދާނަން މިތަނަށް ހަމައަކަށް އެޅުނާ އަވަހަށް” އަޝްވިން އިސްނަގައި ކާއިން ކައިރީ އެދުނެވެ.

ރީމް ޝަނުމް ނުލައި އެތަނުން ދާން ފަސްޖެހުނެވެ. މިތަނުގެ ބިރުވެރިކަމުން ސަލާމަތްވެގެން ތިރިއަށް ފައިބާއިރު މާޒިން އޭނާއަށް ގޯނާއެއް ކުރަން ތައްޔާރަށް ހުރެދާނެތީއެވެ. އެހެންކަމުން ޝަނުމް ރީމް ބަހައްޓައިގެން ކާއިން ކައިރީ ރީމްއަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދުނެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް ރީމް ކާއިންއަށް ފެންނަ ހިސާބުގައި ބެހެއްޓުމަށް އެދުނެވެ.


 

 

ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަޝްވާ އޮތީ ކާއިންގެ ފޯނު ނަގައިގެންނެވެ. ދެމީހުން ގެންގުޅެނީ އެއް ވައްތަރެއްގެ ފޯނު ކަމުން އަޝްވާ އަށް އޮޅުމަކުން ގެޔަށް އާދެވުނީ އޭނާގެ ފޯނު ކަމަށް ކާއިންގެ ފޯނު ހިފައިގެންނެވެ.

ކާއިން އަކީ ޝައިމް ހެން ކެމެރާ ކުރުމަށް ފޯރި ހުންނަ މީހަކަށް ވުމުން އަޝްވާ ކާއިންގެ ފޮޓޯތައް ހާވާލަން އުޅުނެވެ. ކާއިން އެވަރަށް އަންހެން ކުދިން ގެންގުޅޭއިރު އެއިން އެއްވެސް މީހެއްގެ ފޮޓޯއެއް ނެތެވެ. އަންހެން ކުއްޖެއްގެ ފޮޓޯއަށް ހުރީ ހަމައެކަނި އަޝްވާ އެއްމެ ފަހުން މަލަކާމެން ރަށަށް ދިޔައިރު އަޝްވާއަށް ނޭނގި ކާއިން ނަގާފައި ހުރި ފޮޓޯއެވެ.

ފޮޓޯތައް ހާވަމުން ގޮސް އަޝްވާގެ ސަމާލުކަން ހުއްޓުނީ ކާއިންގެ ލެޕްޓޮޕު ވަގަށް ނަގައިގެން ދިޔަ މީހާގެ ސީސީޓީވީ ފޮޓޯ އަށެވެ. އެދުވަހަށް ފަހު އަޝްވާ އޭގެ މަތިން ހަނދާން ނެތުނަސް މިރޭ އެފޮޓޯ ފެނުމާއި އެކު މީހާ ދިޔައީ ސިހިގެންނެވެ. އެއީ އެދުވަހުވެސް އަޝްވާއަށް ޝައްކުކުރެވުނު މީހާއެވެ. އެދުވަހު މާޒިން ހުންނާނީ ޖަލުގައި ކަމުންނާއި މާޒިންގެ ފައިގައި އެހާ ގިނަ ލަކުނު ހުންނާނެ ކަމާއި މެދު އަޝްވާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހަނަސް މިހާރު މާޒިން ޖަލުން މިނިވަންވެ އޭނާއަށް މާޒިން ފެނިއްޖެއެވެ. މި ފޮޓޯއިން ފެންނަނީ ހަމައެކަނި މީހެއްގެ ފައި ކަމުގައި ވިޔަސް އެއީ މާޒިން ގެ ފައި ކަމަށް އަޝްވާއަށް ޔަގީނެވެ. އެއީ މާޒިންގެ ކަކުލުގައި މިކަހަލަ ބޮޑު ކަޅުކުލައިގެ ލަފެއް ހުންނާނެކަން އެގޭތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (އެކާވީސްވަނަ ބައި)

Next

ޒާރާ (23)

Next
February 7, 2018

ޒާރާ (23)

Previews
February 7, 2018

ކުރިން އެނގުނުނަމަ (އެކާވީސްވަނަ ބައި)

77 Comments!

  1. maroon says:
    February 7, 2018 at 3:01 pm

    Again more answers for u… kaain ge laptop negi meehaa aai and reem fahathun ulhey meehaa ge kanthahves. Emyhunge beynunves kuriah huri baithakun egeigen dhaane… enjoy. Leave a comment if u like the story.. and komme story aku first love emmenakah nulibeyne. Loves
    Tc ???
    If you hate the story plz tell me why so i can improve

  2. Ruby❤ says:
    February 7, 2018 at 3:04 pm

    Thanks maroon ❤❤

    1. maroon says:
      February 7, 2018 at 3:26 pm

      Thanku ruby ?

  3. tiger says:
    February 7, 2018 at 3:14 pm

    Yay mere first dhw
    Vvvvvvvvvvv reethi mi part ves.
    Pls pls pls ashva and kaain gulhuvadhybala.
    Kaain is my fav.

    1. maroon says:
      February 7, 2018 at 3:28 pm

      Thanku tiger ?
      Ashwa libeyne meeheh egeyne adhi fahun. Hama vedhaane kaain ah ves. ?

  4. annoying reader says:
    February 7, 2018 at 3:16 pm

    varah reethi mi part ves. so i was right dhw. mazin huriha echeh ves hadhani. ashwa kain salaamah kurachey. mazin mi nulafa meeheh dhw aniyaveri vumuga ves. waitin for the next part. adhives qs ginavani. and im still curious abt reemge twins

    1. maroon says:
      February 7, 2018 at 3:29 pm

      Hehe.. twins dhw. Still will not say anything abt it…questions thakah answer dhemun dheynan kuriah huri baithakun… yh u were right maazin seems to be doing all this dhw.. thanku dear ?

  5. tiger says:
    February 7, 2018 at 3:21 pm

    Maroon do u hate kaain
    Mihen mibuny 25 th vana part ah kohfain comment akun.I love him .I just love kaain
    Please reply.
    And its a request please kaain goos meehakah nuhadhaathi
    OK ashvaa aa Kaain as nugulhu viyas ekm kaain goos meehakah nuhadhaathi pls pls pls

    1. maroon says:
      February 7, 2018 at 3:26 pm

      Oh dear..keekey comment ga othy???

    2. Tiger says:
      February 7, 2018 at 9:32 pm

      “Kaain ves maa molhuvegen ulhuny and may b has a hidden reason”

    3. maroon says:
      February 8, 2018 at 8:22 am

      Hehe. He might be hiding something. Lets see how deals with the problems

    4. maroon says:
      February 7, 2018 at 3:38 pm

      And dear i LOVE him… he is my fav too…

  6. Shaai says:
    February 7, 2018 at 3:24 pm

    Ekamaku v hurt very SANUM AH REEM libunima.
    V rhythm ekamaku

    1. maroon says:
      February 8, 2018 at 8:28 am

      Thanku shai ?

  7. mal says:
    February 7, 2018 at 3:32 pm

    Haadha rychey mi story. Abadhu inthixaaru kureveny

  8. chumpu says:
    February 7, 2018 at 3:45 pm

    Yay v nice vvv reeethi vv ufaavey part 25kiyaa nimun thanaa26 e up vee so 2part ekkoh kiyaalevunyma v v v fahi ey lobi vevidhaane eky ulhelevunyma eiy ehn vaa ehcheh nun viyya kmmw meehakyvx care kuranyaa lobi vaan eiy undhagu kameh nun

    1. maroon says:
      February 7, 2018 at 5:23 pm

      Yes love is simple but yet can be complicated. Thanku chumpu ?

  9. Zaaraa says:
    February 7, 2018 at 3:52 pm

    Salaam maroon ? vaahaka varah reethi ?? waiting for next part ?

    1. maroon says:
      February 7, 2018 at 5:24 pm

      Salaam zaaraa. Thanki ?

  10. Shai says:
    February 7, 2018 at 3:54 pm

    Wow fantastic

    1. maroon says:
      February 7, 2018 at 5:24 pm

      Thanku shai ?

  11. Iku says:
    February 7, 2018 at 3:55 pm

    I think maroon wants kain as ashwas life partner

    1. maroon says:
      February 7, 2018 at 5:25 pm

      I love both of them. So i will try to make them happy ? thanku

  12. maikko says:
    February 7, 2018 at 4:13 pm

    Varah reethi story…..kain ah dhera gotheh nahadhahchey…..ashwaa and kain aa gulhuvahchey……ashwin md hindhu varah cute…… Lots of love ❤?

    1. maroon says:
      February 7, 2018 at 5:25 pm

      Yes. Lets see married life dhw… loves ?

  13. Shann says:
    February 7, 2018 at 4:15 pm

    Wow anehbai up kohly dhw.. Haadha baraabarey maroon.. Maroon ge story eh vihyaa hama yagyn shann kiyaanankan, insha Allah.. Eyee hama yagynynves baraabarah up kohdheyne kamuge furihama yagynkan onnaathy.. Thy hama best.. Thivareh neh hama.. Maroon khonme story eh ves hama v v rythi n v v loabi.. Shann ah maroon ge hurihai story akun ves enme faahaga
    kureveny hama sifakohdhinun.. N ibaaraah kurunves ehaa furihama.. Luv u

    1. maroon says:
      February 7, 2018 at 5:27 pm

      Sifa kurun gina kureveythw balan. Maroon mazmoonu liye liye” ehenvymaa, namaves , mihenvym,” kahala basthah liyeveny.. v v v v ufaa vejje shann kahala reader eh libunyma. A great support ?? thanku

  14. Lamsha says:
    February 7, 2018 at 4:27 pm

    V reethi when next part??? I love kaain a lot my fav…. kaain nd ashfa gulhuvadheebala eyrun v reethi vaane I think curiously waiting 4 next part maroon v molhu story liyan hama speechles I luv ur all the story’s nd u too hama comment nukohlaa nuhurevuny mi part kiyaalhaafa this is ma first comment in esfiya anyways ur one of my fav writer keep it up dear love you bodukoh

    1. maroon says:
      February 7, 2018 at 5:31 pm

      Shweet.. love u too dear . Comment kiyaalaafa v v ufaa vejje.. kaain is my hero too.. ashwa kaain dheke loabi vejeyya kithamme haaves ragalhu. ?

  15. Fathuma says:
    February 7, 2018 at 4:31 pm

    Varah foohi reem ah shanum libuneema

    1. maroon says:
      February 7, 2018 at 5:32 pm

      Baeh faharu ehen ves vaane dear.. ? thanku

  16. Lamsha says:
    February 7, 2018 at 4:51 pm

    V v v reethi mi part vx….. I just simply love this story. nd u too… I really love kaain… plx plx kaain ah dhera gotheh nahadhaathi…kaain nd ashfa gulhuva dheebala this is my first comment in esfiya mi story kiyaafa hama comment nukohlaa nuhurevuny. hehehe anyways this story is one of my fav story nd u r one of my fav writer too when is next part curiously waiting 4 next part… love youuuuu

  17. Maa says:
    February 7, 2018 at 5:06 pm

    Alhey………. cant wait……. haaaaaadha interesting ey now….. abadhuves check kohlakohla mihureveneee mi vaaahaka up veythoa

    1. maroon says:
      February 7, 2018 at 5:35 pm

      Thanku maa ? next part tmrw ngey

  18. Samaa says:
    February 7, 2018 at 5:12 pm

    Ashwaa aa shanum aa gulhuvabaa plx plx plx

    1. maroon says:
      February 7, 2018 at 5:36 pm

      Gotheh hoadhan vy dhw? thanku ?

  19. Shina says:
    February 7, 2018 at 5:13 pm

    Mi partwex nice.. masha allah maroon u r the best ?.. maroonge ibaaraiikuruma sifakuruntahh v nice just wow ey buneveyni.. dhn ashwayah shanum vakivi sababu angaadhee.. komme meehakah first love nulibeyne.. ekm ashwa happy kohlaa dhn avahah

    1. maroon says:
      February 7, 2018 at 5:37 pm

      Yes. Happy days r coming for her … thanku shina. V ufaa vejje comment kiyaalaaf ?

  20. Pinky shifoo says:
    February 7, 2018 at 5:22 pm

    Wonderful ❤️❤️❤️… Mi part vx varah varah varah reethi ???… I really love this story… Curiously waiting for the next part… Tc n loves ❤️????

    1. maroon says:
      February 8, 2018 at 8:29 am

      Thanku pinky shifoo ?

  21. Zuam says:
    February 7, 2018 at 5:56 pm

    Wow….. varah varah varah reethi
    ❤❤❤❤❤

    1. maroon says:
      February 7, 2018 at 7:25 pm

      Thanku zuam ?

  22. Icy♡ says:
    February 7, 2018 at 5:57 pm

    Wow
    Vrh reethi

    1. maroon says:
      February 7, 2018 at 7:25 pm

      Thanki icy ?

  23. Shudha says:
    February 7, 2018 at 6:03 pm

    ާމެރޫން… ސްޓޯރީ ދެކެ ފޫއްސެއް ނުވޭ ޝުދާ އެއް… އިތުރަށް ކިޔާ ހިތްވަނީ… ޔެސް… އެންމެންނަކަށް ފަސްޓް ލަވް އެއް ނުލިބޭނެ… އެއީ ހަމަ ގައިމުވެސް ޝުދާ އަށް ލިބުނު ރަނގަޅު ފިލާވަޅެއް… ރީމް ގެ އުޅުން ރަނގަޅު ކޮއްލައްޗޭ… އަޝްވާ އުފާ ކޮއްދޭން ކާއިން އެބަހުރި ދޯ… ދިސް އިސް ބިއުޓިފުލް… ޝުދާ އުންމީދު ކުރި ގޮތަށް ކަންތައް ނުވިޔަސް މިއީ ހަމަ އެންމެ ރަނގަޅު ގޮތް… ރީމް އަށް ދެރަ ގޮތެއް ނުހަދައްޗޭ…އަލިފާން ރޯވި ސީން ހިތައް ގެނައުމުން ހަމަ ރޮވުނު… ދެ ޖޯޑުގެ ކައިވެނީގެ ފުރަތަމަ ރޭ މިހެން ވުމުން…މާޝާ ﷲ މި ޕާރޓް ވ ރީތި… ތެންކިޔޫ… ލޮވްސް… 3>3> 3> 3>

    1. maroon says:
      February 7, 2018 at 7:28 pm

      Life is scary dhw.. yes mee emme ragalhu goiy kamah mibalany..and m so happy mi vaahaka liyan shudhage ehy libeythy. Lots of love.. ? reem ah heyo visnun dheveythw balaanan.

  24. Shann says:
    February 7, 2018 at 6:05 pm

    Bodu Bodu koh thank u maroon.. Abadhuves maroon ge supporter ehge gothuga shann hunnaanan, Insha Allah

    1. maroon says:
      February 7, 2018 at 7:28 pm

      Hehe. ? much love ?

  25. Mixuhan says:
    February 7, 2018 at 6:47 pm

    Haaadha reeiichey..next part kiyaa hithun keii madhu vehje..varah interesting

    1. maroon says:
      February 7, 2018 at 7:28 pm

      Mixuhan. Thanku ngey ?

  26. Jilaa says:
    February 7, 2018 at 7:26 pm

    Wooww maroon vareh nei hama….sifa kurunthah habeys…….but ashwa n shanum gulhuvaadheeba heyo nuvaane

    1. maroon says:
      February 8, 2018 at 8:30 am

      Hehe… ? might happen somehow

  27. Navii says:
    February 7, 2018 at 7:28 pm

    Just love this part too.. Vvv reethi mi part ves .??. I’m waitig for the next part

    1. maroon says:
      February 7, 2018 at 7:39 pm

      Thanku navii ?

  28. Xish says:
    February 7, 2018 at 7:35 pm

    Ma sha allah.. Vashaka varah reethi ingey maroon..kuriah dhaagoi hama ???

    1. maroon says:
      February 8, 2018 at 8:16 am

      Thanku xish ?

  29. Hairaan says:
    February 7, 2018 at 7:35 pm

    Mirey27kiyaalan beynun.varah reethi

  30. Ashwa says:
    February 7, 2018 at 7:42 pm

    Plssss Ashwa and Shanum plssss maroon plss

    1. maroon says:
      February 8, 2018 at 8:16 am

      Nuvaaney nubunaanan adhi ?

  31. Sammy says:
    February 7, 2018 at 7:49 pm

    I really love this story everything abt it. This story is not just about love . It is about friendship,family ties,drugs,abuse and a lot more. Roon bunihennot every story is about getting first love. Its about morethan that. Just love it. Kiyaa hiy nuvaa kudhin nukiyaa. Ekam i will read it. Cause this story gives good msges and is damn superb. Mi story feshi iru i hated reem. But liyuntheriyaage molhu liyumun v gina kanthah badhalu kofffi. Keep it up. Such a unique way of writing .

    1. maroon says:
      February 8, 2018 at 8:17 am

      Oh such a sweet comment. V v ufaa vejje. Thanku dear… yes i m trying to show all that in this story. Even for a lil bit.. ?

  32. Saadhu says:
    February 7, 2018 at 9:19 pm

    Alhey maroon heevani tv akun fime alhuvaalaage balaahen.hehe.ehaaves furihama.miyadhu v ufaavegr 2part genes dhineema.i love u r story very much.Thank u maroon.

    1. maroon says:
      February 8, 2018 at 8:20 am

      Thanku saadhu. Yes this is one my fav part…loves ?

  33. sammm says:
    February 7, 2018 at 9:31 pm

    Alhey hurihaa parteh ves kiyan …ekam comment nukurevey.v v v inthixaaru kurevey mi story ah thanks mikahalage story kiyaalan libeythee…love u meroon

    1. maroon says:
      February 8, 2018 at 8:20 am

      Thanku sammm ? comment kollyma v happy vejje

  34. Any says:
    February 7, 2018 at 9:59 pm

    Konme faharaku comment nukuriyas barabarah mivahaka kiyan an Mee miharu eny Kiya ehme reethi vaahaka love it,???

    1. maroon says:
      February 8, 2018 at 8:22 am

      Thanku Any. So happy ?

  35. Xxxx says:
    February 7, 2018 at 10:01 pm

    Wooooowww ?? v.nice dear.. waiting.waiting

    1. maroon says:
      February 8, 2018 at 8:22 am

      Thanku xxxx ?

  36. Faathee says:
    February 8, 2018 at 8:33 am

    Ashwaa and kaain.. maroon ge story ah comment kuraa furathama faharu hen heevanee mi. Ekamu hurihaa part eh ves baraabarah kiyan. Vara Ufaa vey Las nukoh daily koh up kohla dheythee. Aanmu koh esfiya in kiyaa hithun kiyaa vaahaka thakah vaa gothakee vaahaka ehkoh nu nimenees vaki hisaabakun medhu kendifa onnanee.. heekuran Marron ehen nu hadhaane kamah. Mi vaahaka hama v salhi. Obiness to the max. Ashwaa and kaain gulhihje aa ves vara salhi vaane. I like kaain ge character genedheefa in goi.. All the best maroon. . Keep going

    1. maroon says:
      February 8, 2018 at 1:36 pm

      yes dear.. baraabarah up kohdheynan.. thanku faathee ?

  37. Rose says:
    February 8, 2018 at 12:52 pm

    Kihineh vaan baa miulhenee interesting part keep it up Maroon

    1. maroon says:
      February 8, 2018 at 1:36 pm

      Thanku Rose ?

  38. Awa says:
    February 8, 2018 at 1:18 pm

    Obi hama mi epi vx.. kon irakun tha next up kuranee maroon.. waiting
    ???

    1. maroon says:
      February 8, 2018 at 1:37 pm

      uploading in 10 mins.. thanku awa ?

  39. tiger says:
    February 8, 2018 at 1:48 pm

    So u mean that he is not bad right
    Yeah .love u maroon thy hama best

    1. maroon says:
      February 8, 2018 at 2:05 pm

      Next part kiyaalyma egeyne why he wants to hide some stuff from ashwa .
      Yes he is not..

Comments are closed.

Next Episodeތިޔަ އަސަރު 27←


All Right Reserved!