Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (އެކާވީސްވަނަ ބައި)

riya Level 3100 Comments10 Stories
February 7, 2018 3 Mins Read
36 Comments

ޒީކް ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވާލިއެވެ. ހަމައެކަނި ސޯޓްބުރިއެއް ލައިގެންހުރި އަލްޔަން ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އަލްޔަންގެ ވަރުގަދަ ހަށިގަނޑާއި މަސްއަރާލާފައިވާ މުލައްދަނޑި ފެނުމުން ބުނަން އައި އެތިވެސް ހަނދާން ނެތުނު ކަހަލައެވެ.

“ޒީކް ކަމަކުތަ؟” އަލްޔަން ޓީސާޓް ގަޔަށް މަހާލިއެވެ.

“މާމަ އެބަހޯދާ. . . އަދިވެސް ނިދި ހަމަ ނުވަނީތަ؟ ގެއަށް އައީއްސުރެ ނިދަނީ ވިއްޔަ ތިޔަ” ޒީކް ހަމަޖެހިލަމުން ބުނެލިއެވެ.

“ހިނގާ” އަލްޔަން   ޒީކްގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ދެމީހުން އެކުގައި ހިނގާފައިގޮސް ގޭގެ ބިއްދަށް ފަރާތަށް ނިކުތްއިރު ހަފީޒާ ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ.

“ޒީކް ދޭބަލަ އަލްޔަން ގޮވައިގެން ހިނގާލަން… ފޫހިވާނެއެއްނު އަބަދު ގޭގަ ހުންނަން” ޒީކްއާއި އަލްޔަން އެތަނަށް ނިކުތުމުން ހަފީޒާ ބުނެލިއެވެ. ޒީކްއަށް މާމައާއި ދިމާއަށް ބަލާލެވުނީ ދާން ބޭނުން ނުވާތީއެވެ. ނަމަވެސް ޒީކްގެ މޫނުމަތީގައިވާ އަސަރުތައް ހަފީޒާއަށް ދެނެގަނެވުނު ހެނެއް ހިޔެއްނުވިއެވެ. މާމައާ ދެކޮޅު ހެދުމަކީ ޒީކް ދުވަހަކުވެސް ކޮށްފައިވާ ކަމަކަށް ނުވާތީ އަލްޔަންއާއެކުގައި ހިނގައިގަތީ މަޖުބޫރުވެފައިވާ މީހަކު ފަދައިންނެވެ.

 

ހަވީރުވަގުތުކަމުން މަގުތަކުމަތީގައި ހަވީރު ފިންޏަން ހިނގާލަން ނިކުމެ އުޅޭ ކުދިންތައް މަގުތައް މަތިން ފެންނަމުންދިޔައެވެ. ޒުވާން ޖިންސުއްލަތީފުންގެ ކަޅިއުކުންތައް އަލްޔަންއަށް އަމާޒުވަމުންދިޔައެވެ. ފިރިހެންކުދިންގެ ނަޒަރުތައް ޒީކްއަށް އަމާޒުވަމުންދިޔައިރު އަލްޔަންއާމެދު ހަސަދަވެރިކަމުގެ ހުޅު އެކުދިންގެ ހިތްތަކުގައި ރޯވަމުންދިޔައެވެ. ޒީކްއާ ނުހަނު ކައިރީގައި ހުރެގެން ހިނިތުންވަމުން ވާހަކަ ދައްކަމުންދިޔައިރު އެފަދަ ފުރުސަތެއް ލިބޭނެނަމައޭ ބައެއް ކުދިންގެ ހިތަށް އަރަމުންދިޔައެވެ. މަޑު ހިނގުމެއްގައި ހިނގަމުންދިޔަ އަލްޔަންއާއި ޒީކް ހުއްޓުނީ އަތިރިމައްޗަށް ނުކުމެވުމުންނެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން ހިތްތަކަށްފިނިކަން ލިއްބައިދެމުންދިޔައެވެ. ދިއްގާގަހުގެ އޮފިގަނޑެއްގެ މަތީގައި ޒީކްއަރާ ހަމަޖެހިލައިގެން އިށީނެވެ.

“ޒީކް އެބަ އަންނަން އެކޮޅަށް ގޮސްލާފަ. މިތާގަ އިންނާނަން ދޯ” އަލްޔަން އެހެން ބުނެލުމުން ޒީކް ބޯ ޖަހާލައިފިއެވެ.

 

ރުއާން ސައިކަލުގައި ދުއްވަމުންދިޔައީ ދިއްދޫގެ މަގުތަކުމަތީގައެވެ. ފަހަތުގައި އިން ރަހްމަތްތެރިޔާ ކިޔައިދެމުން ދިޔަ މަގުތަކުން ފަރުވާތެރިކަމާއެކީ ދުއްވަމުންދިޔައީ މަޑުމަޑުންނެވެ. އެތައް ދުވަހަކަށްފަހު އުފަން ފަސްގަނޑަށް އާދެވުމުން ކުރެވުނީ ވަރަށް ތަފާތު އިހްސާސެކެވެ. އާއިލާއާ އެއްފަސްގަޑެއްގައި މަޑުކޮށްލުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ހިތާހިތުން ދުއާކުރެއެވެ. ރުއާންގެ މިދަތުރުގެ އެންމެ ބޮޑު އެއް މަގުސަދުކަމުގައިވަނީ އޭނާގެ ހިތުގައި މިއަދާ ހަމައަށް އައިއިރު އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުހޯދުމެވެ.

“ރުއާން ކީއްކުރަންތަ އަޅެ މިރަށަށް ތިއައީ؟ ބުނެލައިގެން އުޅެބަލަ” އަހްމަދު އަހާލިއެވެ.

“ވަގުތު ޖެހުނީމަ އެނގޭނޭ. އެހެން ނޫނަސް އަދި ނުބުނެވިފައެއް ނެތެއްނު މިރަށަށް އައިފަހުން ގިނައިރުތަކެއް ވީކީ ނޫން ވިއްޔާ” ރުއާން މަޑުމަޑުން ބުނެލުމަށްފަހު އަހްމަދުމެންގޭ ކައިރިއަށް ސައިކަލް މަޑުކޮށްފިއެވެ.

 

އިޔާން ކޮޓަރިތެރޭގައި އިނީ ފޫހިވެފައެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމުން ދުވަސް ހީވަނީ ވަރަށް ދިގުވެފައިވާހެނެވެ. ލެޕްޓޮޕް ހުޅުވާލައިގެން އާލިން ހަވާލުކުރި މަސައްކަތެއް ފަށައިގެން އުޅެއުޅެވެސް ކުރިއަށްދާގޮތް ނުވުމުން އެނދުމަތީގައި އޮށޯތީއެވެ.

“އިޔާން ދަރިފުޅާ” މިސައިބާ އެތެރެއަށް ވަންނަމުން ގޮވާލިއެވެ.

“މަންމާ ކަމަކުތަ؟” އިޔާން ތެދުވެ އެނދުގައި އިށީންނަމުން ޖަވާބުދިނެވެ.

“ދަރިފުޅަށް ކޮން ޑިޒައިނެއްތަ މިތަނުން ރީތީ” ކައިވެނީގެ ހެދުން ފަހާނެ ގޮތުގެ ނަމޫނާތަކެއް ހިފައިގެން އައިސް އިޔާންއަށް ދައްކާލިއެވެ.

“މިއަދު ކޮންކަމެއް ކޮށްލާ ދުވަހެއްތަ؟” އިޔާން މިސައިބާގެ އަތުގައިވާ ގަނޑުތަކަށް ބަލާލަމުން ބުނެލިއެވެ.

“އާލް އަންނަން ވާއިރަށް ހުރިހާ ކަމެއް ތައްޔާރުކުރަން ކަމަށް” މިސައިބާގެ އަޑުގައިވަނީ އުފާވެރިކަމެވެ.

“އާލް މެރީ ކުރަނީތަ؟ އަޅެ އަންގާވެސް ނުލާ. މަންމަވެސް ނުބުނަމެއްނު. ކޮބާތަ އެނަސީބުވެރިޔަކީ؟” އިޔާން އަވަސް އަވަހަށް އަހާލިއެވެ.

“އާލް ނުބުނޭތަ؟ އެހެން ވިއްޔާ މަންމަވެސް ނުބުނާނަން” މިސައިބާ ބުނެލިއެވެ.

“ތި ދެން އެއްވެސް ގޮތެއް ނޫނެއްނު މަންމާ” އިޔާން އެހެން ބުނެލީ ހިތްހަމަނުޖެހިފައެވެ.

“އިޔާން މި ހެދުން ރީތިތަ؟” މިސައިބާ އެތަނުން އޭނާއަށް އެންމެ ކަމުދިޔަ ހެދުމުގެ ނަމޫނާ ދައްކާލިއެވެ.

“ޔެސް މޮމް.. މިހެދުން ވަރަށް ރީތި.. ގޯލްޑް އެންޑް ވައިޓްވީމަ ވަރަށް ގުޅޭ” އިޔާން ރަނގަޅަށް ބަލާލަމުން ބުނެލިއެވެ.

“އާލް އަންނަނީ ކޮންއިރަކުންތަ؟” މިސައިބާ ހިނގައިގަތުން އިޔާން އަހާލިއެވެ.

“ނޭނގެ ބުނާކަށް. ހަމަ ޔަގީނުންވެސް ޔުނިވަސިޓީގެ ކިޔެވުން ފެށެން ވާއިރަށް އަންނާނެ” މިސައިބާ އެހެން ބުނުމަށްފަހު ހިނގައްޖެއެވެ.

“ހާދަ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެއޭ އާލްގެ ހޮވުން ބަލާލަން. ދެން އާލްވެސް އަހަރެން ހާދަ ދުރުކޮށްލައިފިޔޭ މިހާރު. އެހާ ބޮޑު ކަމެއް ނިންމަން އުޅޭއިރުވެސް އަންގާވެސް ނުލާ” އިޔާން އެކަނި އިނދެ ވާހަކަ ދެއްކިއެވެ.

 

އިރުއޮށްސެމުން ދިޔަވަގުތެވެ. އުޑުމަތީގައިވާ ރަތްވިލާތަކުން މުޅިމާހައުލަށް ރަތްކުލަ ވެރިވެފައިވާ ކަހަލައެވެ. ޒީކް އަދިވެސް އިނީ ގަހުގައި އިށީދެލިގޮތަށް ގޮފިގަނޑުގައި ލެނގިލައިގެން ދެލޯމަރާލައިގެން ނެވެ. ވަގުތުތައް ފާއިތުވަމުންދާ އަވަސް މިންވަރު އެއްގޮތަކަށްވެސް އިހްސާސްނުވާ ކަހަލައެވެ. ޖެހެމުންދާ ފިނިވައިން އިހްސާސްވަމުންދިޔަ ފިނިކަމުން ހަށިގަނޑަށް ވަމުންދިޔަ އަރާމުން ދެލޯ ހުޅުވާލަންވެސް ބޭނުން ނުވެފައި އިންކަހަލައެވެ.

“ޒީކް” އަލްޔަން ގަހާ އަރާ ހަމަވަމުން ގޮވާލިއެވެ.

“އޯވް! ހާދަ ލަސްވެއްޖޭ ދޯ” ދެލޯ މަޑުމަޑުން ހުޅުވާލަމުން މާހައުލަށް ވެރިވަމުންދިޔަ އަނދިރިކަން ފެނުނު ހިނދު ޒީކްއަށް ބުނެލެވުނެވެ.

“ހޫމް… ދެން ވެސް ހިނގާ އަވަހަށް ގެއަށް ދާން. މާމަ މިހާރުވެސް ލަސްވެފަ ހުންނާނީ” އަލްޔަން ޒީކް ގަހުން ފޭބުމުން ބުނެލިއެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މާހައުލަށް ވެރިވެފައިވީ ހަމަހިމޭންކަމާއެކު ފަނިފަކުސާތަކުގެ ގޮވުމުގެ އަޑުނޫނީ ނީވެއެވެ. އެހަމަހިމޭން ވަގުތުގައިވެސް ރުއާންގެ ނިދިވަނީ އޭނާއާ މާދުރަށް ގޮސްފައެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ރުއާން އޮތް އިރު ވިސްނަމުންދިޔައީ އާއިލާގެ މީހުން ފެނުމުން ވާނެ ގޮތަކާ ދޭތެރޭގައެވެ. އޭނާގެ މަންމަ ފެނުމުން މަންމަ ގައިގާ ބައްދާލަން ބޭނުންވެއެވެ. އެއުނގުގައި ބޯއަޅާލައިގެން ނިދާލަން ބޭނުންވެއެވެ. މަންމަގެ އަތުން ލެވުމުން ކާން ބޭނުންވެއެވެ.

 

ރުއާންއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ. އަރައިގެންއައި އިރާއެކު އަހްމަދު އައިސް ރުއާން ހޭލައްވައިލައިފިއެވެ. އުނދަގޫކޮށްގެން ނުތެދުވުމުން އެންމެ ފަހުން އެނދުން ވައްޓާލުމުން ރުއާން ތެދުވީ ރުޅިއައިސްގެންނެވެ.

“އަޅެ ހާދަ އަރާމު ނިދިކޮޅެކޭ ތިނަގާލީ” ރުއާން އަހްމަދާ ދިމާއަށް ބާލީސް ހޫރުވާލަމުން ބުނެލިއެވެ.

“ތީ މީހުން ޗުއްޓީ ހޭދަކުރަން އައިސް އުޅޭ ގޮތްތަ؟ އަބަދު ނިދައިގެން އެންޖޯއި ކުރާނި ކޮންއިރަކު؟ ހިނގާބަލަ ރަށުތެރޭގަ ބުރެއް ޖަހާލަންދާން. ބިޓެއްވެސް ފެނިދާނެއެއްނު” އަހްމަދު ބުނެލިއެވެ.

“އެންމެ ރަނގަޅޭ މިނިކުންނަކީ ރެޑީ ވެލައިގެން” ރުއާން ފާހާނާއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

 

ހެނދުނުގެ ވަގުތުކަމުން ޒީކް އުޅުނީ ސައިހެދުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. އަލްޔަން އައިސް ބަދިގެ ދޮރުމައްޗަށް އެރި ވަގުތަކީ ޒީކް ސައިހަދާ ނިންމާލުމަށްފަހު ބަދިގޭން ނިކުންނަން އައި ވަގުތަށް ވުމުން އަލްޔަންގެ ގައިގައި ޖެހިފައި ޒީކް ނުވެއްޓުނީ ކިރިއާއެވެ. އަލްޔަންގެ ހުށިޔާރުކަމާއެކު ޒީކްގެ ގައިގާ ނުހިފެހެއްޓިނަމަ ޒީކް ވެއްޓުނީސްކަން ކަށަވަރެވެ. ޒީކްގެ އުނގަޑުގައި އަލްޔަންގެ އަތްއަޅުވާލާފައި ވީއިރު ޒީކްގެ މޫނުވަނީ އަލްޔަންގެ މޭމަތީގައި ޖެހިފިތިފައެވެ. އެފަދަ ފުރުސަތަކަށް އެދިއެދި ހުންނަ އަލްޔަން ޒީކްގެ ގައިން ދޫކޮށްލަން ހިޔާލުކުރާ ހެނެއްވެސް ހިޔެއްނުވެއެވެ.

“ޒީކް” ހަފީޒާގެ ބާރުއަޑާއެކު ދެމީހުން ސިއްސައިގެން ދިޔައީ ވަރަށް ބޮޑަށެވެ. އަދި އެއަށްވުރެ އަވަހަށް ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. އިތުރަށް އެއްވެސް އެއްޗެކޭ ބުނުމަކާއި ނުލައި ހަފީޒާ ބަދިގެތެރެއަށް ވަދެއްޖެއެވެ. ޒީކްއަށް މާމަ ހުރީ ހިތްހަމަނުޖެހިފައިކަން އެނގުނެވެ. ނަމަވެސް މާމައަށް ފެނުނީ ހަގީގަތެއް ނޫނޭ ބުނެދޭން ބޭނުންވިއެވެ. އެކަމަކު ހަފީޒާ އަޑުއަހާނެ ބާވައެވެ.

“އާދޭ އަލްޔަން ސައިބޯން” ޒީކް އެހެން ބުނެލަމުން ބަދިގެތެރެއަށް ވަދެއްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ތިޔަ އަސަރު 25

Next

ތިޔަ އަސަރު 26

Next
February 7, 2018

ތިޔަ އަސަރު 26

Previews
February 7, 2018

ތިޔަ އަސަރު 25

36 Comments!

  1. riya says:
    February 7, 2018 at 11:26 am

    helo readers, here is the new part. pls do comment ur views after reading this part . Thank u for reading and liking my story. Have a nice day 🙂 <3

  2. shaan says:
    February 7, 2018 at 11:27 am

    nice☺?

    1. riya says:
      February 7, 2018 at 2:10 pm

      thank you 🙂

  3. Snow says:
    February 7, 2018 at 12:06 pm

    Dhnn haadha kurey dhw?

    1. riya says:
      February 7, 2018 at 2:21 pm

      rangalhu kohlaanan

  4. ??? says:
    February 7, 2018 at 12:28 pm

    ☺mee magey first comment ?story vrh reethi?? n iyaan aa ?zeek aa gulhuvadhyba ingey plx? ?dhn whn next part

    1. riya says:
      February 7, 2018 at 2:25 pm

      thank u, mirey noony maadhamaa hendhunu aa baeh genes dheynan, In sha allah

  5. Hanaan says:
    February 7, 2018 at 12:37 pm

    V reethi!! Keep up the good work ?

    1. riya says:
      February 7, 2018 at 2:25 pm

      thank u, 🙂

  6. Ana says:
    February 7, 2018 at 12:50 pm

    Alyan and zeek please ❤

    1. riya says:
      February 7, 2018 at 2:26 pm

      lets see what is going to happen

  7. Naani says:
    February 7, 2018 at 1:05 pm

    Iyaan n zeek plx?

    1. riya says:
      February 7, 2018 at 2:27 pm

      lets see what is going to happen

  8. Kitty ❤️ says:
    February 7, 2018 at 1:27 pm

    Iyaan n seek plx ?❤️

    1. riya says:
      February 7, 2018 at 2:28 pm

      lets see what is going to happen

  9. Xa says:
    February 7, 2018 at 1:36 pm

    Alyan and zeek

    1. riya says:
      February 7, 2018 at 2:30 pm

      lets see what is going to happen

  10. Icy♡ says:
    February 7, 2018 at 1:41 pm

    Alhey haadha reehchey
    Alyan nd Zeek maa gulhey
    ?Kon irakun next part

    1. riya says:
      February 7, 2018 at 2:44 pm

      thank u, mirey noony maadhamaa hendhunu aa baeh genes dheynan, In sha allah 🙂

  11. Ufaa says:
    February 7, 2018 at 2:15 pm

    Alyan aa zeek aa gulhuveema reethivaanee..ehennonas iyaan dheke loabivaane kujjeh vx ebahuttehnu.ruan aa zeek ei twins dhw.vaahaka awesome dhaagoi.keep going?

    1. riya says:
      February 8, 2018 at 12:01 pm

      thank you 🙂

  12. Sana says:
    February 7, 2018 at 2:22 pm

    Alhey pla riya zeek and Alyan pls ???
    Story varah reethi

    1. Sana says:
      February 7, 2018 at 2:24 pm

      *pls

    2. riya says:
      February 7, 2018 at 2:49 pm

      thank you 🙂

  13. Zee says:
    February 7, 2018 at 2:32 pm

    Varah reethi ekam zeek wnd alyan ehnoo bust kohlan nuveytha iyaan ah hurihaa hageegatheh

    1. riya says:
      February 7, 2018 at 2:50 pm

      lets see what is going to happen

  14. Blue beauty says:
    February 7, 2018 at 4:11 pm

    nice???? iyaan are xeek dhw gulhuvaanee….. ehen noonee story had I vaane……

    1. riya says:
      February 7, 2018 at 9:21 pm

      thank you 🙂
      lets see what is going to happen

  15. Roohey says:
    February 7, 2018 at 4:23 pm

    .Mistory vv salhi riyaa hurihaa hithaama eh iyaan ah nudhee zeek ge aslu loobi veri akee iyaan ehn
    Plx plx plx plx iyaan ge zeek iyaan ah dhee?

    1. riya says:
      February 7, 2018 at 9:22 pm

      🙂
      lets see what is going to happen

  16. Humey says:
    February 7, 2018 at 4:41 pm

    Aslu liuntheriyaa ah ingeynee gendhaanegoi akamu fen khoyaaleh bunelanee vaahakaage jazubaathu bodu vaanee zeek ge hithuga vaa thas veeru konme haalakun ves kaamiyaab kollun dhoo?

    1. riya says:
      February 7, 2018 at 9:23 pm

      i agree
      lets see what is going to happen

  17. naayal says:
    February 7, 2018 at 5:17 pm

    Mi part vx v reethi
    N alyan aa xeek gulhuva dhehchey igey
    Waiting for the next part

    1. riya says:
      February 7, 2018 at 9:23 pm

      thank you 🙂
      lets see what is going to happen

  18. Pinky shifoo says:
    February 7, 2018 at 5:36 pm

    Mi part vx hama awesome… Very nice

    1. riya says:
      February 8, 2018 at 12:11 pm

      thank you 🙂

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ބާވީސްވަނަ ބައި)←


All Right Reserved!