
ތިޔަ އަސަރު 25
ބައްޕަގެ ކުރި މަތީގައި އިތުރު އެއްޗެއް ނުބުނެ ހިންދު މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ހިތް ބިރުގެންފައިވާ ހާލުގައެވެ. ގޭގައި އިތުރު މީހެއް ހުރި ނަމައޭ ވަރަށް ބޮޑަށް ހިތަށް އެރިއެވެ. ކޮޓަރިއަށް ގޮސް ހިންދު އަޝްވިންއަށް ގުޅާލަން އުޅުނެވެ. އެހެންނަމަވެސް ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ހިތް އަވަސްވެފައިވާ ހާލު ޗާޖަރެއް ފެނޭތޯ ހިންދު އެތަން މިތަން ހޯދިއެވެ. އެހެންނަމަވެސް ނަސީބު އަތުގައި ހިފާ ގޮތެއް ނުވިއެވެ.
ޗާޖަރު ހޯދަމުން ދިޔަ ހިންދުއަށް ސިހުން ގެނުވީ އައްބާސް ދޮރު ހުޅުވާލި އަޑަށެވެ.
“ހިނގާ ދާން… ފޯނުން ކޮންމެ މީހަކަށް ގުޅިއަސް އަހަރެން މި ތަނަކުން ނުދާނަން ކަލޭ ގޮވައިގެން ނޫނީ” އައްބާސުގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. ހިންދުއަށް ފޮށި ތައްޔާރު ކުރަން ފުރުސަތު އައްބާސު ހިންދުގެ އަތުގައި ހިފައި އެތަނުން ނެރުނެވެ. ހިންދު އެވަރަށް ތިމަންނައަށް އެހެން ނުހަދާށޭ ގޮވަ ގޮވައި އޮއްވައެވެ.
ހިންދު ގެޔަށް ލުމަށްފަހު އަޝްވިން މާކޯނި ގެޔާއި ދިމާލަށް މިސްރާބު ޖެހި ސައިކަލުގެ މިސްރާބު އަނެއްކާވެސް ބަދަލުކޮށްލިއެވެ. މާދަމާ އީޝް ލާން ފެހި ހެދުން އޮތީ ހިންދު އަތުގައި ކަމަށް ވުމުން އެހެނދުން ބަލާ ދިޔުމަށެވެ.
ސައިކަލުގައި އައިސް އަޝްވިން އެގެޔާއި ހަމަވި ވަގުތަކީ އައްބާސު ހިންދުގެ އަތުގައި ހިފައިގެން ނިކުތް ވަގުތެވެ. އެހިނދުން ހިނދަށް އަޝްވިންގެ ހަރަކާތްތައް އަވަސްވިއެވެ. ސައިކަލުން ފައިބައި ބާރު ހިނގުމެއްގައި ގޮސް އައްބާސުގެ އަތް ހިންދުގެ އަތުން ދޫކުރިއެވެ.
“ކަލޭ ތީ ކާކު މިދޭތެރެއަށް ވަންނަން” އައްބާސުއަށް އޭނާއަށް އެވާހަކަ ދެއްކެނީ އަޝްވިންއާއި ކަމެއް ނޭނގެއެވެ.
“އަހަރެންމީ ކާކުކަން ނޭނގުނަސް އަހަންނަށް އެގިއްޖެ ތީ ކާކުކަން” އަޝްވިން އޭނާގެ އަޑު އުފުލިއެވެ. އަދި ހިންދު ގޮވައިގެން އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.
ހިންދުއާއި އަޝްވިންއަށް ސައިކަލަށް އަރައި ހަމަނުޖެހެނީސް އައްބާސު އައިސް ހިންދުގެ އަތުގައި ހިފައި ސައިކަލުން ވައްޓާލިއެވެ. ވެއްޓުނު ބޮޑީގައި ގޮސް ހިންދު ޖެހުނީ ޖެހިގެން ހުރި ސައިކަލުގެ ސައިޑު ސްޓޭންޑްގައެވެ. އަޝްވިންގެ ރުޅިގަނޑު ހަމައިން ނެއްޓުނީ ހިންދުއަށް އަނިޔާއެއް ވުމުންނެވެ. ބަލާކަށް ނުހުރެ އައްބާސުގެ ކޯމަތީގައި ބާރަށް ޖަހައި ފަހަތަށް ކޮއްޕާ ވައްޓާލިއެވެ. ހިންދު ބައްޕަ ނޫން މީހެއް ނަމަ މިއަށް ވުރެ ބޮޑު ގެއްލުމެއް ދޭން އަޝްވިން ފަހެއް ނުޖެހޭނެއެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފައި އަޝްވިން ހިންދު އަތުގައި ހިފައި ސައިކަލަށް އެރުމަށް އެހީވެ ދިނެވެ. އަދި އައްބާސުއަށް ތެދުވުމުގެ ކުރިން ސައިކަލު ދުއްވާލިއެވެ.
މަލަކާމެން ރަށުން މާލެ އައުމަށްފަހު އަޝްވާ ތައްޔާރުވަމުން ދިޔައީ މާދަމާ އޮތް ބޮޑު ކައިވެނި ހަފުލާއަށެވެ. މަލަކާމެން ކޮޓަރީގައި ހުރުމަށްފަހު އަޝްވާ އޭނާ އުޅޭ ބަޔަށް ދިޔަ ވަގުތަކީ ހިންދު ގޮވައިގެން އަޝްވިން އެގެޔަށް އައި ވަގުތެވެ.
“އަޝްވާ! މިރޭ ތި ކޮޓަރީގަ ހިންދު ނިދާލަން ތަންކޮޅެއް ދެއްޗޭ… ހިންދުގެ ބައްޕަ މާލެ އައިސްގެން އެބަ އުޅޭ” އަޝްވާ ފެނުމުން އަޝްވިން ބުނެލިއެވެ.
“މައްސަލައެއް ނެތް.. ހިނގާ ދާން ” ހިންދުގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ. އަދި އިތުރު ސުވާލެއް ނުކުރެ ހިންދު ގޮވައިގެން އެތެރެއަށް ވަނެވެ. އަޝްވާއަށް ހިންދުގެ ބައްޕަ މާލެ އަންނަން އުޅޭ ކަމުގެ ހަބަރު ވަނީ ލިބިފައެވެ. އެހެނަސް މިރޭ ހިންދުގެ ބައްޕާއި ދެމީހުން ދޭތެރޭ ހިނގި ހާދިސާއެއް ނޭނގެއެވެ.
“އަޝްވިން ނައި ނަމަ ބައްޕަ މިރޭ އަހަރެން ގެންދާނެ” އެހެން ބުނެ ހިންދު މިރޭ ހިނގި ހާދިސާ އަޝްވާއަށް ކިޔައިދިނެވެ.
“ހިންދު، އަހަރެން އޭރުވެސް ބުނީމެއްނު ހާސްނުވާށޭ.. އިން ޝާ ﷲ މާދަމާ ރޭ ހަމަ މިވަގުތު ހިންދު ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައި.. އޭރުން އެއްވެސް މީހަކަށް، އެ ހެޔޮ ހިންދުގެ ބައްޕައަށް ވިޔަސް ހިންދު އަހަންނާއި ދުރަކަށް ނުގެންދެވޭނެ” ސިޑީން އަރަމުންވެސް އަޝްވިން ހިންދުއަށް އެތައް ނަސޭހަތެއް ދީ ކަންބޮޑު ނުވުމަށް އެދުނެވެ.
“އެއީ ތެދެއް.. އަހަރެން ތިއްބާ އެއްވެސް މީހަކަށް ހިންދުއަށް ދެރައެއް ނުދެވޭނެ.. އާދޭ އަވަހަށް ނިދަން ދާން.. މާދަމާ އަކީ ބޮޑު ދުވަހެއްނު” ހިންދު ގޮވައިގެން އަޝްވާ އޭނާ ގެ ކޮޓަރިއަށް ވަނެވެ. އަދި ހިންދު ނިދަން ލާނެ އަންނައުނު ދީ ނިދަން އެނދުން ޖާގައެއް ހަދާލަ ދިނެވެ.
“އަހަރެން މާދަމާ އަޝްވިންއާއި މެރީ ކުރުމުން އަހަންނަށް ލިބޭނީ ހަމައެކަނި ފިރިއެއް އެކަންޏެއް ނޫން .. އަޝްވާގެ ބައްޕަވެސް އަދި ހަފީޒާ ދައްތަވެސް އަހަންނަށް ވަރަށް ހެޔޮކޮށް ހިތާ… ކޮންމެ ދުވަހަކު ގުޅާފަ އަހާނެ އެއްޗެއް ބޭނުންހޭ.. އަޝްވާވެސް ހީވަނީ މިހާރު މާ ބޮޑަށް އަހަރެން ދެކެ ލޯބިވާނެހެން.. އީޝްވެސް އެހާ ލޯބިން އުޅެނީ” އެނދުގައި އޮށޯންނަމުން ހިންދު ބުނެލިއެވެ. ލިބެން މިއުޅޭ ބޮޑު އާއިލާގެ ފުރިހަމަކަމާއި މެދު ވިސްނާލިއެވެ. އޭނާގެ އާއިލާއާއި ހިލާފަށް މި އާއިލާއަކީ ކުލުނު ބޮޑު އާއިލާއެވެ. ކޮންމެ ކަމެއްގައި ވެސް ބަލަނީ އަނެކާ އުފާކޮށްދެވޭތޯއެވެ.
“މިއާއިލާ އަށް މަރުހަބާ ކިޔަން… އެއްމެނަށް ވުރެ ބޮޑަށް ބައްޕަ މާ އުފާވާނެ ހިންދު މިގެޔަށް އަންނާތީ.. މިހާރުވެސް އާއިލާ ކުޑަކަމުން އަބަދު ޝަކުވާ ކުރަނީ.. އެހެންވެ އޭ ދޮންބެވެސް މަލަކާ އާއި މެރީކޮށްގެން ވަކި ގެޔަކަށް ބަދަލުވާން ނޫޅުނީ.. ބައްޕަ ބޭނުންވާނީ އެއްމެން އެއްތާކު އުޅެން.. އަހަންނަށް ޔަގީން މި ގެ ފުރޭ ތަނުން ޖެހިގެން ހުންނަ އިމާރާތް ކުއްޔަށް ހިފާނެކަން.. އެހާ ވެސް އާއިލީ ގުޅުން ވަރުގަދަ ކުރަން ބައްޕަ ބޭނުންވާނެ” އަޝްވާ ހެވިފައި އޭނާގެ ބައްޕަގެ ވާހަކަ ބުނެލިއެވެ. ކޮންމެ ކަމެއްގައި ވެސް އޭނާ ނަމޫނާ އަށް ދެކެނީ ބައްޕަގެ އަހުލާގެވެ.
ދެމީހުން އެކި ވާހަކަތަކުގައި ތިބެ ނިދުނެވެ.
ކައިވެނި ކުރެވެން ހަމަޖެހުނު ދުވަހެވެ. ހެނދުނުގެ ނާސްތާއަށް ފަހު އަޝްވާ އާއި ހިންދު އަވަސްވެގަތީ ކައިވެނި ޕާޓީއަށް އަންނަ މެހުމާނުންނަށް ދެވޭ ކުޑަ ހަދިޔާތައް ތައްޔާރު ކުރުމަށެވެ. ރީމްވެސް އެމީހުންނަށް އެހީވެ ދިނުމަށްޓަކައި އެގަޔަށް އައެވެ.
“މަންމައަށް ހީވަނީ މިވަރުން ނުވާނެހެން.. އެބަ އަންނަން އިތުރަށް ގަނެލައިގެން އިނގޭ” މޭޒުދޮށުގައި ރީމްމެން ކުރަން ތިބި ކަންތައް ބަލަމުން ދިޔަ އަމީހާ ބުނެލިއެވެ.
“އަހަންނަށްވެސް ހީވަނީ ތިހެންހެން.. އަޝްވާ މިހާރުވެސް ދެބައިކުޅަ އެއްބައި ކާލައިފި.. އަޝް އޯކޭތަ، ބަނޑުހައިވަންޏާ ސައިބޯލަންވީނު” ރީމް އަޝްވާއަށް ބަލާލަމުން ފަހު ޖުމްލަ ބުނެލިއެވެ. ކައިވެންޏަށް ދުވަސް ކައިރިވާވަރަކަށް އަޝްވާ އެމީހުންނާއި ދުރުން އުޅޭހެން ހީވެއެވެ. މިއަދު ރީމް އެގެޔަށް އައިފަހުން ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ދައްކާތީ ނުފެނެއެވެ.
“ދައްތަ މަޑުކޮށްލާ އަހަރެން އެބަ އަންނަން ފިހާރައަށް ގޮސްލާފަ” އަޝްވާ އެހެން ބުނެލަމުން ތެދުވިއެވެ. އޭރު ކޮންމެވެސް ސަބަބަކާއި ހެދި ހިތްވަނީ އަވަސްވެފައެވެ. ރީމްއާއި ހިންދު އެކަކު އަނެކަކަށް ބަލާލިއެވެ. އަޝްވާގެ ފަރާތުން ފެންނަމުންދާ ބަދަލުތަކުގެ ވާހަކައާއި މެދު ދެމީހުންވަނީ މީގެ ކުރިން ވާހަކަ ދައްކާފައެވެ. ތިން މީހުން އެއްތަން ވެއްޖެނަމަ އަޝްވާ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެތަނަކުން ދާން އުޅެއެވެ. ރީމް އާއި ހިންދު ހީކޮށްގެން ތިބީ އެއީ ކާއިންގެ ބައްޕަގެ ކަންތަކާއި މެދު އަޝްވާ ކާއިންއާއި ވާހަކަދައްކަން ދަނީ ކަމަށެވެ.
“މަންމަ ދާންވީނު. ރުފިޔާ ހުންނާނެ އަޝްވާ ކޮޓަރީ އޮތް އަހަރެންގެ ދަބަސް ތެރޭ” ރީމް އަމީހާ ފޮނުވާލިއެވެ. އަމީހާ ދިޔައިރުވެސް އަޝްވާ ކޮޅަށް ހުރުމުން ހިންދު އަޝްވާގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ.
“އަޝްއަށް ކިހިނެތް ވެގެންތަ ތިއުޅެނީ، ކީއްވެތަ މާ މަޑުން ތިހުންނަނީ، އަނެއްކާ މިހުރިހާ ކަންތަކާއި ހެދި މާ ބޮޑަށް ވަރުބަލިވަނީތަ” އަޝްވާ އެމީހުންނަށް ބަލާލި ގޮތުން ހިންދު އަހާލިއެވެ.
“އިތުރަށް ކިހާ ވަރެއްތަ ހަދަން ޖެހެނީ، ބޭބެ ބުނި މެހުމާނުންގެ އަދަދުގެ އިތުރަށް އޭގެ ދެބައި ކުޅަ ބައި ގިނަ ކުރާށޭ” އަޝްވާ މައުޟޫ ބަދަލުކޮށްލީ މިހާރު ސިކުޑީއަށް ޖަމާވަމުންދާ ހިޔާލިތަކާއި ދުރުވުމަށެވެ. އަދި ކަރުނައިން ފޯވަމުންދާ ހިތުގެ އާދޭސްތަކާއި ދުރުވާން އަޒުމް ކަނޑައެޅިއެވެ. ދެތިން ޕާރުސަލް ހަދާލުމަށްފަހު އަޝްވާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިބި ރީމްއާއި ހިންދުއަށް ބަލާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ. ދާއިމަށް އޭނާގެ އަލަތު ލޯބި ވަޅުލަމުންނެވެ.
“ތާތީ، ކޮއްކޮއަށް ޗޮކްލެޓެއް” އީޝް އައިސް އަޝްވާގެ އުގަށް އަރަމުން ބުނެލިއެވެ.
“ކޮއްކޮ ތިހާ ގިނައިން ފޮނި އެއްޗެހި ކަންޏާ ދަތް ފަނިކާނޭ، ހިނގާ ފެންފޮދެއް ބޯލަން” އަޝްވާ މޭޒުމަތީ ހުރި ފެންތަށިން އީޝްއަށް ފެންފޮދެއް ދިނެވެ. ހިންދުއަށް އެވަގުތު ޝައިމްގެ ފޯނެއް އައެވެ.
“އަޝްވާ ހުރިއްޔާ ބުނެބަލަ ވަރަށް އަވަހަށް ތިރިއަށް އައިސް ދީބަލާށޭ، މަލަކާ އެބަހުރި އަޝްވާ ނައިގެސް ހޮސްޕިޓަލަށް ނުދެވިފަ” ހިންދު ފޯނު ނެގުމާއި އެކު އެކޮޅުން ވާހަކަ ދެއްކި ޝައިމް ބުނެލިއެވެ. ހިންދު ފޯނު ކަނޑާލައި އަޝްވާ ކައިރީ އެވާހަކަ ބުނުމުން އަޝްވާ ގޮނޑިން ތެދުވެގަތީ އެތަނުން ދާން ދައްކާނެ ބަހަނާއެއް ނުލިބިފައި އިން މީހެއް ހެންނެވެ.
“މަލަކާ ބަލިވެތަ އުޅެނީ” ރީމް އަހާލިއެވެ.
“އާން ، ދެތިން ދުވަސްވެއްޖެ ހުން އައިސްގެން ހޮޑުލާތީ އުޅޭތީ، ދޮންބެ ބިޒީކޮށް އުޅޭތީ ޑޮކްޓަރަށް ދައްކަން ނުދެވިގެން އުޅެނީ” އަޝްވާ ބުނެލިއެވެ.
“އީޝް ބަހައްޓާފަ ދޭ، އަހަރެން ކާންދީ ނިންދަވާލާނަން” އަޝްވާ އީޝް ގޮވައިގެން ދާން އުޅޭހެން ހީވުމުން ހިންދު ބުނެލިއެވެ. އީޝް މިހާރު ހިންދުއަށް ބަހައްޓާ ގާތްކަން ފެނި ހިންދު ހުންނަނީ ވަރަށް އުފަލުންނެވެ. މީގެ ކުރިން ހިންދު މިގެޔަށް އައިސް ދާން އުޅުމުން ނުދާށޭ ކިޔައި ވަރަށް ބޮޑާ ހޭކައެވެ.
ރީމްއާއި ހިންދު ތިބީ އަޝްވާގެ ބަދަލުތަކުގެ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް އަޝްވާ ކުއްލި ގޮތަކަށް ދާން ޖެހުމުން އެކަން ފަސްކޮށްލުމަށް ނިންމިއެވެ.
ބަލިމީހުން ބަލާ ކޮޓަރީން ނިކުތް އަޝްވާއާއި މަލަކާ ތިބީ އުފަލުން ފޮޅިފައެވެ. މަލަކާ ހުރީ ވަރަށް ބޮޑަށް ހިތް އަވަސްވެފައެވެ. އަޝްވާ މޫނުމަތިން ފާޅުވަމުން ދިޔަ އުފާވެރިކަމުގެ ހިނިތުންވުމާއިއެކު ދައްކަމުން ދިޔަ ވާހަކަތަކުން މިއަދު ދިމާވެފައިވާ ނުތަނަވަސްކަމުން ހަނދާން ނެތިފައިވާ ކަހަލައެވެ.
“ދޮންބެ އަށްތަ ފުރަތަމަ ގުޅާނީ ނޫނީ މަލާ މަންމަމެންނަށްތަ” މަލަކާގެ އަތުގައި ހިފައިގެން އަޝްވާ ހިނގައިގަތީ ބޭސް ފިހާރައާއި ދިމާލަށެވެ. މަލަކާ ބަނޑުބޮޑުކަން އެގުމުން ޑޮކްޓަރު ދިން ބޭސްތައް ގަންނާށެވެ.
“ޝައިމްއަށް ސަޕްރައިސެއް ދޭން ބޭނުމީ..” ދެމީހުން ގޮސް ހުއްޓިލީ ކައުންޓަރު ކައިރީގައެވެ.
“އަހަންނަށް ކޮން ސަޕުރައިސެއް ދޭން ދެމީހުން ތި ނިންމަނީ” އެވަގުތު ދެމީހުންގެ ފަހަތުން އިވުނު އަޑާއި އެކު މަލަކާ އަށާއި އަޝްވާއަށް ފަހަތް ބަލާލެވުނެވެ.
“ކޮން އިރަކު އައީ، ބުނި ވަރަށް ބިޒީ ވާނެއޭ” ޝައިމްއާއި ދިމާލަށް ލޯ އަޅާލަމުން މަލަކާ ބުނެލިއެވެ.
“އަހަންނަށް ލޯބި ލޯބި ކުއްޖެއް ލިބެން އުޅޭކަން އެގެން ބޭނުންވެފައި ހުރި ވަރުން ކެތްމަދުވެގެން މިއައީ، މާ ސިއްރުން އުޅުނު ގޮތުން ހީވިއޭ ކޮންމެވެސް ކަމެއް ވެއްޖެހެން” ޝައިމް އައިސް މަލަކާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. މަލަކާ ފޮރުވައޮފައި އޮތް ޕުރެގުންސީ ޓެސްޓު ރޭގައި ޝައިމްއަށް ފެނުނެވެ.
“ކޮންމެ ގޮތެއް ވިޔަސް ސަޕްރައިސެއް ދޯ ލިބުނީ، ދޮންބެމެން ވާނެ އެއްމެ މަދުވެގެން ހަތަރު ކުދިން ހޯދަން އިނގޭ” އަޝްވާ ބުނެލިއެވެ.
“އަޝްވާ މަލަކާ ބޮލަށް ވަދެގެންނޭ މިހާ އަވަހަށް ކުއްޖަކު ހޯދަން މަލަކާ ތެޅިގަތީ.. ކާއިން ބުނާހެން ތިހިރީ ބޭބީ ފީވާ ޖެހިފަ” ޝައިމް އަޝްވާއާއި ދިމާކޮށްލަމުން ބުނެލިއެވެ.
ބޭސް ފިހާރައިން ބޭސް ގަނެގެން ތިން މީހުން އެކުގައި ހޮސްޕިޓަލުން ނިކުތެވެ. އަޝްވާއާއި މަލަކާ ޓެކްސީއަކަށް ލުމަށްފަހު ޝައިމް އޭނާ އައި ސައިކަލުގައި ދިޔައީ މިރެއަށް އަޝްވިން ބުނެފައިވާ ބައެއް ކަންތައް ހަމަޖައްސާލުމަށެވެ. އަޝްވިން ކުއްލިއަކަށް ޑިޔުޓީއަށް ދާން ޖެހުމުން އެކަންތައް ކުރަން ޖެހުނީ ޝައިމް އަށެވެ.
“ޝަނުމް އާއި ދެމީހުން ދެން ކިހިނެތް ހަދަނީ، ކައިވެނިކޮށްގެން ރީމްމެން ގޭގައި އުޅުނަސް މިގެޔަށްވެސް އަންނާނެ އެއްނު” މަލަކާ އަހައިލިއެވެ.
“ފަސޭހައެއް ނުވާނެ އެމީހުން ކުރިމަތީ އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިލައިގެން އުޅޭކަށް. އެކަމަކު ރީމްއަށްޓަކައި އަހަރެން ވެވުނު އެއްމެ ބޮޑަށް މަސައްކަތް ކުރާނަން، އަހަރެން އެކަންޏެއް ނޫން މިއީ ނުވާ ކަމަކަށް ހަދާލަން ޖެހޭނީ، މަލަކާވެސް ޖެހޭނެ މިކަން ސިއްރުކޮށްދޭން.. ރީމްއަށް އެގޭ ދުވަހަކުން އަހަންނަށް ނޭނގެ ރީމްއަށް ވާނެ ގޮތެއް ވެސް” ފުން ނޭވާއެއް ލުމަށްފަހު އަޝްވާ ބުނެލިއެވެ. ހިތުގައިވާ އަޒުމް ވަރުގަދަކަން ދައްކާލި ހިނިތުންވުމުން އެގިގެން ދެއެވެ.
“މައްސަލައެއް ނެތް، އަހަރެން ސިއްރުކޮށްދީފާނަން، އެކަކަމަކު އަޝްވާ ޖެހޭނެ ޝަނުމް މަތިން ހަދާން ނައްތާލައި އާ ދިރިއުޅުމެއް ފަށަން، ބައްޕަ އިއްޔެވެސް އަހަރެން ކައިރީ އެހި އަޝްވާ ކުއްޖަކު ނުގެންގުޅޭހޭ، މިހާރު އެހެރީ ކައިވެނި ކުރާ އުމުރަށް ގޮއްސަނޫންހޭ” މަލަކާއަށް އަޝްވާގެ ހިތުގައި އަޅަމުންދާ ވޭން އަންދާޒާ ކުރެވުވެއެވެ. އޭނާ ޝައިމްއާއި ކައިވެނި ކުރުމުގެ ކުރިން އެފަދަ ހާލަތަކަށް ވަނީ ގޮސްފައެވެ. ލޯބި ގުރުބާން ކުރުމަކީ ދުލުން ބުނެލަން ފަސޭހަ ކަމަށް ވިޔަސް އޭގެން ހިތަށް ލިބޭ ތަދު އެކަން އިހުސާސްކުރަން ޖެހޭ މީހަކަށް ނޫނީ ނޭނގޭނެއެވެ.
“އެއްވެސް މީހެއް ރަގަޅަށް ދަސްނުވަނީސް އެއްވެސް ބޮޑު ނިންމުމެން ނިންމާކަށް ނުވާނެ، އަޝްވާ ތީ ނުލާކިހު ރަގަޅު ކުއްޖެއްނު، އަޝްވާ ދެކެ ލޯބިވާ ކުދިންވެސް އަދި ތިބޭނެ، ވެއިޓް ފޯ ދެމް” އަޝްވާއަށް ހިތްވަރު ދިނުމުގެ ގޮތުން މަލަކާ ބުނެލިއެވެ. ޝަނުމްގެ ކަންތަކުގައި އަޝްވާއަށް އެއްމެ ބޮޑު އެހީތެރިކަމެއް ލިބެމުން ދަނީ ކާއިންއާއި މަލަކާގެ ފަރާތުންނެވެ.
ވަގުތު ފާއިތުވަމުން ދަނީ ނުލާހިކު އަވަހަށެވެ. އަލަތު ކައިވެނި ކުރެވޭ ބައިވެރިން ދިޔައީ ކައިވެނީގެ ހެދުން ލައި ފަރިވަމުންނެވެ.
“ދަރިފުޅާ ތައްޔާރުވެ ނިމުނީތަ” ހަފީޒާ އައިސް ޝަނުމްގެ ކޮޓަރީގައި ޓަކި ޖަހާލަމުން ބުނެލިއެވެ. ޝަނުމް ކުރިމަތީ ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައި ފުން ނޭވާއެއް ލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“ވަރަށް ފުރިހަމަ، ބޮޑުދައިތަ ހަމައެކަނި ދެރަވަނީ މިދުވަސް ދެކެން ދަރިފުޅުގެ މައިންބަފައިން ނެތީމަ.. ދައްތައަށް ޔަގީން އެމީހުން ދަރިފުޅުގެ ތި ނިންމުމާއި މެދު ވަރަށް ގަބޫލުވާނެކަން. އަދި ރީމް އަކީ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭނެކަން” ހަފީޒާ ޝަނުމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އަޅުގަނޑުގެވެސް އެދުމަކީ ތިއީ، މިއަދު ވަރަށް ހަނދާންވޭ މަންމަމެން މަތިން” ޝަނުމްގެ ލޮލުން ކަރުނަ ހިލާލިއެވެ.
“އިން ޝާ ﷲ ދުރުގައި ވިޔަސް އެމީހުންގެ ހެޔޮ އެދުން ދަރިފުޅާއި އެކީ ވާނެ، އަވަހަށް ހިނގާ ތިރިއަށް ދަމާ، އަސްރާރުމެން އެބަ ތިބި ދަރިފުޅުގެ އިންތިޒާރުގަ” ހަފީޒާ ހިނިތުންވެލަމުން ބުނެލިއެވެ. ދަރިއެއް ފަދައިން ލޯބިދިން ޝަނުމްއަށްޓަކައެވެ. ލޯބިވާ ބޭބެ ހަވާލުކުރި އަގުހުރި އަމާނާތަކީ މިދުނިޔެއިން އޭނާއަށް ލިބުނު އެއްމެ ބޮޑު އެއް ނަސީބު ކަމުގައިވާނެއެވެ.
ގަޑިން އަށެއް ޖަހަން ފަނަރަ މިނެޓެވެ. އަޝްވިންއާއި ޝަނުމް އަސްރާރުއާއި ހަފީޒާއާއި އެކީ ކައިވެނި ކުރެވޭ ދަރުބާރު ގޭގެ ހޯލަށް އައިއިރު އެމީހުންނަށް މަރުހަބާ ކިޔަން އާއިލާގެ ގާތް މެމްބަރުންނާއި އެކުވެރީން ތިއްބެވެ. ޝައިމް އާއި މަލަކާ ދޮރު ކައިރީގައި ތިބި އިރު އަޝްވިންގެ ދަރިފުޅު ބައްޕާއޭ ކިޔައި ދުވެލައިފައި އައިސް ގައިގައި ބައްދާލިއެވެ.
“ބައްޕަގެ ދޫނި، މިރޭ ވަރަށް ތިއްތި އިނގޭ” އަޝްވިން އީޝް އުރާލަމުން ބުނެލިއެވެ.
“ބައްޕަވެސް ވަރަށް ރީތި” އީޝް އުފަލުން ފޮޅިފައި އަޝްވިންގެ ކަރުގައި އަތް ވަށާލަމުން ކޮލަށް ބޮސްދިނެވެ.
ޝައިމްއާއި މަލަކާގެ އިތުރުން އެތަނަށް އަސްރާރުގެ ކޮއްކޮ ހަދީޖާއާއި އޭނާގެ ދަރިން އަދި އަޝްވިންގެ މަންމަގެ ފަރާތުގެ ދެބޮޑުބޭބެއިންނާއި އެމީހުންގެ ކުދިން އައިސް ތިއްބެއެވެ.
ޝަނުމްގެ އާއިލާގައި ގާތް މީހުން ނެތަސް ޝަނުމްގެ ކުރީގެ ގާތް އެކުވެރިއެއް ކަމަށްވާ އަޝްފާގުއާއި އޭނާގެ އަންހެނުން އިޝާ އައިސް ތިއްބެވެ.
“މަރުހަބާ، ވަރަށް ބިރުގެންފަ ދޯ ތިހިރީ” އަޝްފާގު ޝަނުމްއާއި ސަލާމްކޮށްލަމުން ބުނެލިއެވެ.
“ބިރުގަންނާނެ ދޯ، ނަސީބެއް އޭޝް މަށަށް ވުރެ ކުރިން މެރީކުރިކަން، ހުންނާތި ފިލާވަޅު ނަގައިދޭން” ޝަނުމް ހިނިތުންވެލިއެވެ. ހިތުގައި ވާ އުދާސްތައް ފޮރުވަމުންނެވެ.
“ޔަގީންތާ!!” އަޝްފާގު ހެމުން ބުނެލިއެވެ. “އެއޮތް އަންނަނީ އެއްނު އަހަރަމެންގެ ފަހަރި” ތިން މީހުން ވާހަކައިގައި ތިއްބާ ދޮރުން ވަދެގެން އައި ރީމްއާއި ހިންދު ފެނިފައި ޝަނުމްގެ އަތުގައި ކޮށްޓާލަމުން އަޝްފާގު ބުނެލިއެވެ.
ރީމްއާއި ހިންދު ވަދެގެން އައިކަން އެނގި އެއްމެން އެދިމާލަށް ބަލާލިއެވެ. ދެމީހުންވެސް ތިބީ ގާތް ގަނޑަކަށް އެއްކަލަ ހެދުމެއް ލައިގެންނެވެ. ލޭސްއާއި އެސްތަކުން މުޅި ހެދުން ވަނީ ޖަރީކޮށްފައެވެ. ތަފާތަކީ ރީމްގެ ހެދުމުގެ ފަސްބައި ހިންދުއަށްވުރެ ކުޑަކަމެވެ. އަދި ބުރުގާގެ ލޭސްގެ ތަފާތު ކަމެވެ. ހިންދުގެ ލޭސް ބޮލުން ފެށިގެން ހެދުގެ ފަސްބަޔާއި ހަމައަށް އޮތް އިރު އޭގައިވާ އެސްތަކުންނާއި ފޮތީގައި ޖަހާފައިވާ މާތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރީމްގެ ލޭސްގައި ހިންދުއަށް ވުރެ އެސް މަދު ވިޔަސް އޭގައިވާ ބޮޑެތި މާތަކުންނާއި ފޮތީގައިވާ ވިދުމުން ފުރިހަމަކަން ގެނެސްދެއެވެ.
މަޑު ހިނގުމެއްގައި އައިސް ހިންދު ހުއްޓިލީ އަޝްވިންގެ ކައިރީގައެވެ. އެއްމެންގެ ނަޒަރު އޭނާއާއި ރީމް އަށް ހުއްޓިފައި ވިޔަސް ހިންދު ބޮޑަށް ލަދުގަތީ އަޝްވިން ބަލަހައްޓައިގެން ހުރި ގޮތުންނެވެ. އެސްފިޔަ ޖަހާލުމަށް ހަނދާން ނެތިފައި ހުރި އިރު ހީވަނީ ދުނިޔޭގައިވާ ހުރިހާ ރީތިކަމެއް ލޯމަތިން ފެންނަމުންދާ ހެންނެވެ.
“ތިވަރަށް ބަލާތީ ލަދުގަނެއޭ” މައުނަވީ ގޮތަކަށް ބަލަހައްޓައިގެން ހުރި އަޝްވިން ކައިރިއަށް ހުއްޓިލަމުން ހިންދު ހިނިތުންވެފައި ބުނެލިއެވެ.
“މިރޭ ވަރަށް ވަރަށް ރީތި.. ހީވަނީ…..”ހިންދުގެ ރީތިކަން އަޅާކިޔާނެ އެއްވެސް ގޮތެއް އަޝްވިން އަށް ނުވިސްނުނެވެ. އެވަގުތު އަޝްވިންގެ ކޯޓުމަތީގައި ޖެހުމަށް ކުޑަ މާބޮޑިއެއް ހިފައިގެން އަޝްވާއައެވެ.
“ވާން އުޅޭ އަބިމީހާއެއްނު މި ޖަހައިދޭން ޖެހޭނީ” އަޝްވާ އޭނާ ހިފައިގެން އައި ދަތި ހިންދުއަށް ދިނުމަށްފަހު ދިޔައެވެ.
“އަޝްވިންވެސް ވަރަށް ރީތި” އަޝްވާ ގެނެސްދިން ދަތި އަޝްވިން ލައިގެން ހުރި ގަދަ ނޫކުލައިގެ ކޯޓުމަތީ ޖަހައިލަދެމުން ހިންދު ބުނެލިއެވެ. އެކޯޓުގެ އެތެރެއިން އަޝްވިން ހުރީ ހުދު ކުލައިގެ ގަމީހަކާއި އެކު ނޫކުލައިގެ ޓައީއެއް އަޅައިގެންނެވެ. ޕާޓީގެ ކުލަ ގަދަ ނޫކުލައާއި ގުޅުވައިގެންނެވެ.
ހަޔާތުގެ އައު ބާބެއް ފެށެން އުޅޭއިރު ޝަނުމް އެކަމަކަށް ތައްޔާރު ވެއްޖެ ހެއްޔެވެ؟ އެބާބުގައި އޭނާއާއި އެކު އުޅެން ހަމަޖެހިފައިވާ ރީމް ފަރި ހިނިތުންވުމަކާއި އޭނާ ކައިރިއަށް ހިނގަމުން އައި އިރު ޝަނުމްގެ ނަޒަރު ހުއްޓިފައިވަނީ ރީމްގެ ހެދުމުގައި ހިފަހައްޓައިގެން އެދިމާލަށް އަންނަމުން ދިޔަ އަޝްވާ އަށެވެ. އަޝްވާ ހުރީ ގަދަ ނޫކުލައިގެ އަތް ދިގު ހެދުމެއް ލައިގެންނެވެ. ފަން ބޯ އިސްތަށިގަނޑުގައި ވަނީ ހުޅިއެއް ޖަހާލެވިފައެވެ. އަދި އެސްތަކުން ޖަރީކުރެވިފައިވާ ދައްޗެއް ބޮލުގެ ކަނައަތް ފަރާތުގައި ޖަހާފައި ހުއްޓެވެ.
ޝަނުމްއާއި އަރާ ހަމަވުމުން އަޝްވާ ޝަނުމްއަށް ބަލައި ހިނިތުންވެލިއެވެ. އަދި އޭނާ އަތުގައި އޮތް ދަތި ރީމް އަތަށް ދިނުމަށްފަހު ދިޔައެވެ. އަޝްވާ ދިޔުމުން ޝަނުމް ރީމްއަށް ބަލާލިއެވެ.
“ކިހިނެތް” ޝަނުމްގެ ތައުރީފުގެ ބަހެއް ނުލިބުމުން ރީމް އަހާލިއެވެ.
“ރަގަޅު” ޝަނުމްގެ ސިކުޑީގައި ހިނގަމުން ދިޔަ ހައިޖާނުގެ ސަބަބުން ރީމް ކުރި ސުވާލު ރަގަޅަށް ފަހުންވިހެން ހީނުވެއެވެ. ރީމް ހީލިއެވެ. ޝަނުމް މިކައިވެންޏަށް ރުހުނަސް ޝަނުމްގެ ހިތް އަދި އޭނާއަށް ހާސިލްނުވާކަން އެގެއެވެ. ޝަކުވާކުރަން ބޭނުންނުވަނީ އެހެންވެއެވެ. ކެތްތެރިކަން އިސްކުރަން ޖެހެނީ ޝަނުމް ދެކެ ރީމް ލޯބިވާތީއެވެ.
އަޝްވާ ގޮސް ހުއްޓިލީ މަލަކާ ކައިރީގައެވެ.
“ތާތީ، ވަރަށް ރީތި” ދެއަތުން ހިތެއް ހަދާލަމުން މަލަކާ ކައިރީ ހުރި އީޝް ބުނެލިއެވެ. މަލަކާއާއި އަޝްވާ ގަދަ ނޫކުލައިން ހެދުން ލައިގެން ތިބި އިރު އީޝް ލައިގެން ހުރީ ހިންދުގެ ހެދުމުގެ ކުޑަ ސައިޒެކެވެ. ހަމައެކަނި ތަފާތަކީ ބުރުގާގެ ބަދަލުގައި އީޝްގެ ބޮލުގައި އޮތް ކުޑަ ތާޖެވެ.
“އީޝް ހީވަނީ ތާތިގެ ޕުރިސްސެއްހެން.. ބައްޕަވެސް ވަރަށް ރީތި ދޯ މިރޭ” އީޝްއާއި އެއްވަރަށް ގުދުވެލަމުން އަޝްވިންއާއި ދިމާލަށް އިގިލި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ. އީޝް މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އަޝްވާ ކައިރިއަށް ޖެހިލައި ސިއްރެއް ބުނަން އުޅޭހެން ކަންފަތާއި ކައިރިވެލިއެވެ.
“މަލާ ވެސް ތިއްތި، ކާފަވެސް، ޝަނޫވެސް، އެއްމެން ތިއްތި ދޯ” އީޝް ސިއްރެން ބުނަން އުޅުނަސް އެއަޑު ކައިރީގައި ހުރި މަލަކާއަށް އިވުނެވެ. އީޝް މަލަކާ ދެކެ އަދިވެސް ލަދުގަނެއެވެ. އެހެންމީހުންނާއި ބެހޭ ގޮތުން ބޭނުން ވާހަކައެއް ދެއްކިއަސް މަލަކާ ހުންނަ ތަނެއްގައި ބައެއް ފަހަރު އުޅެނީ ވަރަށް ރަކި ގޮތަކަށެވެ.
ކައިވެނީގެ މޭޒު ދޮށަށް ފުރަތަމަ ހާޟިރުވީ އަޝްވިންއާއި ހިންދުއެވެ. ހިންދުގެ ވަލީވެރިއެއް ނެތުމުން ކައިވެނި ކުރެވެން ފެށުނީ ގާޟީގެ ވަލީއާއި އެކީގައެވެ. ކައިވެނި ކުރެވޭ މަޖިލީހުގައި ހެކިވެރިންގެ ގޮތުގައި ތިބީ އަޝްވިންގެ ދެބެއިންގެ ދެދަރި މީހަކާއި އަޝްވިންގެ ގާތް މީހެކެވެ. އަދި އެމޭޒު ދޮށުގައި އަޝްވިންގެ ބައްޕަ އަސްރާރުއާއި މިހާރު މަންމައެއްގެ މަގާމުގައި ހުރި ހަފީޒާ އިނެވެ. ބާކީ ތިބި މީހުން މޭޒުގެ އެއް ފަރާތުގައި ތިއްބެވެ. އެއްމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔައިރު ހިންދުއާއި އަޝްވިންގެ ހިތްވަނީ އަވަސްވެފައެވެ. ގާޟީ ދެއްވަމުން ދިޔަ އިރުޝާދުތަކާއި ނަސޭހަތްތަކަށް ކަނުލައި އަޑު އަހާށެވެ. އަނބިމީހާގެ ހައްގުތަކާއި ފިރިމީހާގެ ހައްގުތަކުގެ ވާހަކައެވެ. މިހުރިހާ ނަސޭހަތެއް ދިނުމަށްފަހު ފައްސަތޭކަ ފަންސާސް ރުފިޔާގެ ރަނަށް އަޝްވިންއާއި ހިންދު ކައިވެނި ކޮށްދެވުނެވެ. އަޝްވިންގެ ފަރާތުން އަނބި ގަބޫލުކުރެވުނު އަޑު އިވުމާއި އެކު ހިންދުއަށް ބަލާލެވުނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވީ މަދު ސިކުންތު ކޮޅަކަށް ނަމަވެސް އެތައް އުފާވެރިކަމެއް ބަދަލުކުރެވުނެވެ. ކައިވެނީގެ މަޖިލީހުން ތެދުވުމުގެ ކުރިން ކައިވެނީގައި ބަރަކާތް ލެއްވުމަށް ﷲ ހަޟުރަތުގައި ދުއާ ދައްނަވަން އެއްމެން އަތް މައްޗަށް އުފުލާލިއެވެ. ހިންދުއާއި އަޝްވިންގެ އަތުގައި މަޑު ތުރުތުރު އެޅުން އެއްމެނަށް ފާހަގަވިއެވެ.
ފުރަތަމަ ކައިވެނި ކުރެވެމުން ދިޔައިރު މީގެ އިތުރުން އެތައް ކަމެއް އެތާގައި ހިގަމުން ދިޔައެވެ. އެއްމެން ކައިވެނި ކުރެވޭ މަޖިލީހަށް ސަމާލުކަން ދީގެން ތިބި އިރު އެއްމެ ފަހަތުގައި ތިބި ޝަނުމްއާއި އަޝްވާގެ މެދުގައި ދިޔައީ ނުތަނަވަސްކަން ހިނގަމުންނެވެ. އެހެންމީހުންނާއި އެއްފަދައިން އަޝްވާ ވެސް ބަލަމުން ދިޔައީ އަޝްވިންއާއި ހިންދުގެ އުފާވެރި ވަގުތު ކޮޅުގައި ބައިވެރިވެވޭތޯއެވެ އެހެން ނަމަވެސް އަޝްވާ ސިހިގެން ދިޔައީ އޭނާ ކައިރީގައި ހުރި ޝަނުމް އަތުގައި ހިފާލުމުންނެވެ. ފުރަތަމަ ހިފާލީ މަޑުމަޑުން ކަމުން އަޝްވާ އުޅުނީ އަތް ދަމައިގަންނާށެވެ. ނަމަވެސް ޝަނުމް ހުރީ އެޔަށްވުރެ ބޮޑަށް ހުޝިޔާރުވެގެންނެވެ.
“އެހެން މީހަކާއި އިނުމުގެ ކުރިން މީ އަހަންނަށް އަޝްވާއާއި ވާހަކަ ދައްކާލަން ލިބޭނެ އެއްމެ ފަހު ފުރުސަތު، އެހެންވީމަ މިފުރުސަތު އަހަރެން އަތުން ނިގުޅައިނުގަނޭ” ޝަނުމް ބުނެލީ ކިރިއާ އަޝްވާއަށް އަޑު އިވޭ ވަރަށެވެ. އެމީހުން ތިބީ ކުޑަ ކުދިން ކައިރީގައި ކަމުން އެކުދިންނަށް ދެމީހުން ދޭތެރޭ ދެކެވެމުން ދިޔަ ވާހަކައިގެ މުހިއްމުކަމެއް ނޭނގެއެވެ.
“ޝަނުމް” އަޝްވާ އަނެއްކާވެސް ޝަނުމް އަތުން ވީއްލެން އުޅުނެވެ. އެހެންނަމަވެސް ޝަނުމް ހިފަހައްޓައިގެން ހުރި ބާރުކަމުން އެކަން ކާމިޔާބު ވާނެހެން ހީނުވެއެވެ.
“އަޝްވާ ހާސްނުވޭ، އަހަރެން ރީމްއާއި ކައިވެނި ކުރާނަން، އެކަމަކު އޭގެ ކުރިން އަޝްވާ އަހަންނަށް ކުޑަކަމެއް ކޮށްދޭން އެބަ ޖެހޭ.. އަހަރެން ގޮސް އަޝްވިން އިން ގޮނޑީގައި އިށީނުމާއި އެކު އަޝްވާގެ ފޯނަށް މިހާރު އަހަރެން ފޮނުވާފައި އޮތް މެސެޖު ކިޔާލާތި” އެހެން ބުނުމަށްފަހު ޝަނުމް އަޝްވާގެ އަތުން ދޫކޮށްލިއެވެ. އަދި އަޝްވާ އާއި ދިމާލަށް އެބުރިލުމަށްފަހު ފުން ނަޒަރަކުން ބަލާލިއެވެ.
“އަދިވެސް” ޝަނުމް ބުނެލީ އެއްމެ ލަފުޒެކެވެ. އެކަމަކު އޭގައިވާ މާނަ ނުހަނު ފުނެވެ. އަޝްވާއަށް އެކަން އެގޭނެ ކަމަށް އުއްމީދުކޮށް ޝަނުމް ހިނގައިގަތީ ކައިވެނި ކުރެވޭ މޭޒާއި ދިމާލަށެވެ.
ހިންދުއާއި އަޝްވިންގެ ކައިވެނީގެ ގޮށް ޖެހުމާއި އެކު އެއްމެންގެ ހޫނު މަރުހަބާގެ އަޑު އިވެން ފެށުނެވެ. އަޝްވާ ހަލުވިކޮށް ހިނގާލައިފައި ދިޔައީ ހިންދުއަށް ހެދުމުގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެ ދިނުމަށެވެ.
ހިންދުއާއި އަޝްވިން އެއް ކައިރިއެއްގައި ހުއްޓިލީ ދެން ކުރެވެން އޮތް ކައިވެންޏަށް ފުރުސަތު ދެމުންނެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ނުފިލާ ހިނިތުންވުމެއް ފާޅުވަމުން ދިޔައެވެ. އަޝްވިން ހިންދުގެ އަތުގައި ހިފައި ބާރަށް ފިއްތާލިއެވެ. އަދި ސިއްރު ސިއްރުން ތީ މިހާރު އަހަރެންގެ ހައްގެކޭ ބުނެލިއެވެ. އެއަޑު އިވުމާއި އެކީ ހިންދު ލަދުރަކި ގޮތަކަށް ހީލިއެވެ.
ބިސްމީގެ ބަރަކާތުން ރީމްއާއި ޝަނުމްގެ ކައިވެނި ކުރެވެން ފެށުނެވެ. މިރޭގެ ފުރަތަމަ ކައިވެންޏާއި އެއްގޮތަށް ގާޟީ ނަސޭހަތް ދިނުމާއިގެން ކުރިއަށް ގެންދިޔައެވެ. މިކައިވެނީގެ ހެކިވެރީންގެ ގޮތުގައި ތިބީ ޝައިމްއާއި ކާއިންއެވެ. ރީމް އިނީ އިސްޖަހައިގެންނެވެ. ޝަނުމްއާއި ކައިވެނި ކުރެވުމަކީ އޭނާ އެއްމެ އެދޭ ކަން ކަމުގައި ވިޔަސް ހިތް ބިރުގެންފައިވަނީ ހަޔާތުގައި އަލަށް ފަށަން މިއުޅޭ ބޮޑު ބާބުގެ ބޮޑުކަމުންނެވެ. ގާޟީގެ އިތުރުން މަންމަ އަމީހާގެ އެތައް ނަސޭހަތެއް އޭނާ އަށާއި ހިންދުއަށް މި ފާއިތުވި ދުވަސްތަކުގައި ވަނީ ލިބިފައެވެ.
ޝަނުމް އެދުނު ގޮތަށް އަޝްވާ ފޯނު ބަލާލަން އުޅުނެވެ. އެހެންނަމަވެސް އެކަން ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. ސަބަބެއް ހުދު އަޝްވާ އަކަށްވެސް ނޭނގެއެވެ. އޭގައވާ އެއްޗެއްގެ ސަބަބުން އޭނާ ދެރެވާން ޖެހިދާނެތީ ހެއްޔެވެ؟ ނޫނީ ކައިވެނި ކުރެވެމުންދާ އެކުވެރިޔާއަށް ދެރައެއް ލިބެން ނޭދޭތީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެހިތްވަރު ނުލިބުމުން އަޝްވާ ފޯނު ނިއްވާލުމަށްފަހު އަތުގައި އޮތް ޕާހަށް ލިއެވެ.
ގާޟީ އަނބި ގަބޫލުކޮށްފިންތޯ އެހުމުން ޝަނުމް ބަލާލީ އަޝްވާ އަށެވެ. އަޝްވާވެސް ހުރީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“އަނބި ގަބޫލުކޮށްފިން” ދެމީހުން އަލަތު ލޯތްބަށް މުޅި އުމުރަށް އަލްވަދާއު ކިޔަމުން ޝަނުމް ބުނެލިއެވެ. ދިހަ އަކުރުގެ އެ ޖުމްލަ ބުނެލަން ވަރަށް ހިތްވަރު ބޭނުންވިއެވެ. ޝަނުމްގެ އެއްމެ ހިމަ ނާރާއާއި ހަމައަށް އަޝްވާ ދެކެ ލޯބީގެ ސަބުބުން އަސަރު ކުރުވިއެވެ. މިއަދު އެލޯތްބަށް އަލްވަދާއު ކިޔަން ޖެހުނަސް ޝަނުމްގެ ހިތުން އެއަސަރު ފިލައިގެން ދާނެ ހެއްޔެވެ؟
ހަތް ސަތޭކަ ރުފިޔާގެ ރަނަށް ޝަނުމްއާއި ރީމްގެ އަލަތު ކައިވެނީގެ ގޮށް ޖެހިގެން ދިޔައެވެ. އެއްބައި ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަދި އަނެއްބައި ހިތްތަކުގައި ނުފިލާނެ ވަރުގެ ލަކުނެއް ލަމުންނެވެ.
“މަރުހަބާ” ހަތަރު ބައިވެރީންނަށް މަރުހަބާއާއި ސަނާގެ ބަސްތައް ރައްދުވާން ފެށިއެވެ. ކައިވެނި ކުރެވެ ކުޑަ ވަގުތުކޮޅެއް ފަހުން ޝަނުމްއާއި ރީމް ގޮސް އެމީހުންނަށް ހަމަޖެހިފައިވާ މަގާމުގައި ހުއްޓިލިއެވެ. އަދި ހިންދުއާއި އަޝްވިން އީޝް ގޮވައިގެން ގޮސް އެމީހުންގެ ފަރާތުގައި ހުއްޓިލިއެވެ. ކެމެރާމަނުން ދެބައިވެރީންގެ ފޮޓޯތައް ނަގަމުން ދިޔައީ ކައިވެންޏަށް ފަހު ގުނޭ ކޮންމެ ވަގުތަކީވެސް އުފާވެރިކަން ބައިވެރީންގެ މޫނުމަތިން ނުފިލާނެ ވަގުތުކޮޅަކަށް ވުމުންނެވެ.
“ދަރިފުޅާ ދެކުދިން މި ޖޫސްތަށި ބޯލައިގެން ތިބޭ، ޝަނުމް މެންދުރު ނުވެސް ކައި ތިހިރީ. މިހާ ގިނައިރު ކޮޅަށް ހުންނަ އިރު ގައިގެ ވަރުޖައްސައިގެން ހުންނަން ވާނީ” ހަފީޒާއާއި އަމީހާ ދެ ޖޫސްތަށި ހިފައިގެން އައިސް ރީމްއާއި ޝަނުމްއަށް ދިނެވެ.
“ޝަނުމް، ތިހާ ހާސްނުވޭ، އިން ޝާ ﷲ ދެކުދިންގެ ހަޔާތް ވަރަށް ބާޖަވެރިވާނެ” ޝަނުމްގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ކަނޑުވާލުމުގެ ގޮތުން ހަފީޒާ ބުނެލިއެވެ.
ހިންދުއާއި އަޝްވިން ވަކިން އަދި އީޝް އާއި އެކީ ފޮޓޯތައް ނެގިއެވެ. އަދި އާއިލާގެ އެހެން މެމްބަރުންނާއި އެކީގައިވެސް މެއެވެ.
“ދަރިފުޅާ ދޭ ދޮންބެ އާއި މަލާ ގޮވައިގެން އަންނަން” އުރުގައި ހުރި އީޝް ބިންމަތީ ބަހައްޓަމުން އަޝްވިން ބުނެލިއެވެ. އީޝް އަތުން އޯކޭ ދައްކާލުމަށްފަހު ދުރުގައި އިށީދެގެން ތިބި ޝައިމްއާއި މަލަކާ ކައިރިއަށް ދުއްވައިގަތެވެ.
“ބޭބެމެންނަށްވުރެ އީޝް މާ އުފާވެފަ ހުރިހެން ހީވޭ” އީޝް ދުވެފައި ދިޔަތަން ފެނި އަޝްވިން ކައިރިއަށް އައި އަޝްވާ ހެމުން ބުނެލިއެވެ.
“އާދޭ އެއްމެން އައުމުގެ ކުރިން ފޮޓޯ ނަގާލަން” އަޝްވިން ބުނެލިއެވެ. ފޮޓޯ ނަގާ ނިއްމާލުމަށްފަހު އަޝްވިން އާއި ހިންދުއަށް އަޝްވާ ތައުރީފުކުރިއެވެ. އަދި ހިންދުއަށް ދެރަ ގޮތެއް ނުހެދުމަށް އަޝްވިން ކައިރިން އެތައް ފަހަރަކު އެދުނެވެ.
“ބޭބެއަށް ޔަގީން މެރީކޮށްގެން އަދި ފަސްއަހަރު ފަހުންވެސް އަޝްވާ ތި ނަސޭހަތް ދޭނެކަން ދޯ ހިންދު.. އެކަމަކު ހިންދު ކައިރީވެސް ބުނަންވާނެ ބޭބެ ދެރަ ނުކުރައްޗޭ” އަޝްވިން މަޖާވެލާފައި ބުނެލިއެވެ.
“ދެމީހުންނަށްވެސް އިތުބާރު ކުރަމޭ މިހާރު، އެގޭ އަނިޔާ ކުރާ ވަރަށް ވުރެ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާކަން” އަޝްވިންގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ.
” ބޭބެ ވަރަށް އުފާވޭ އީޝް ބެލުމަށް އަޝްވާ ކޮށްދިން ހުރިހާ ކަމަކަށް. ބޭބެ ހީކުރަން އީޝް އަކީވެސް އަޝްވާ ކަހަލަ ރަގަޅު ކުއްޖަކަށް ވާނެކަމަށް. ނޭނގެ އަޝްވާ ކޮށްދިން އެއްވެސް ކަމެއްގެ އަގު އަދާކޮށްދޭނެ އެއްވެސް ގޮތެއް… ބޭބެ ވަރަށް އުފާވެ ފަހުރުވެރިވަން ތިކަހަލަ ކޮއްކޮއެއް ލިބުނީތީ” އަޝްވިން އަޝްވާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ބުނެލިއެވެ. އެއްމެ ދޮށްޓަށް ހުރުމުން އަޝްވާ އޭނާއަށް ކުރާ އިހުތިރާމް ޝައިމްއަށް ވުރެ ބޮޑުކަން އެގެއެވެ.
“ބޭބެ އަޅުގަނޑުމެންވެސް އީޝް ބެލުމައި އުޅެމޭ، ނެތްތަ ޝުކުރުގެ ބަސްކޮޅެއް” އީޝް އަތުގައި ހިފައިގެން އެތަނަށް އައި ޝައިމް އެވާހަކަތައް އަޑު އިވިގެން ބުނެލިއެވެ.
“ޝައިމްއާއި މަލަކާއަށްވެސް ޝުކުރިއްޔާ” އަޝްވިން ހެމުން ބުނެލިއެވެ.
“އެކަމަކު ބުނަން އެއްވެސް މީހަކަށް އަޝްވާ ރިޕްލޭސް ނުކުރެވޭނެ ، ދޯ އަޝްވާ” އަޝްވިން އިތުރުކޮށްލިއެވެ.
“މައްސަލައެއް ނެތޭ، އަޝްވާގެ މަގާމު ދެން އަދާކުރާނީ އަހަރަމެންގެ ފަހަރިއެއްނު.. އާއިލާއަށް މަރުހަބާ” ޝައިމް ހިންދުއާއި ސަލާމްކޮށްލަމުން ބުނެލިއެވެ. ޝައިމްއާއި މަލަކާ ތިބީ އެމީހުންނަށް ދަރިއެއް ލިބެން އުޅޭކަން ބުނަން ކެތްމަދުވެފައެވެ. އެހެންނަމަވެސް މިރޭގެ ހާއްސަކަމާއި ހެދި އެޙަބަރު ފަސްކޮށްލުމަށް ނިންމިއެވެ.
ހިންދުއާއި އަޝްވިން ކައިރީ ތިބުމަށްފަހު އަޝްވާމެން ހިގައިގަތީ ޝަނުމްއާއި ރީމް އާއި ދިމާލަށެވެ. އޭރު ކައިވެނީގެ ރަސްމިއްޔާތަށް މީހުން އަންނަން ފަށައިފިއެވެ. އަޝްވާމެން އަންނަތަން ފެނުމުން ރީމް ހިނިތުންވެލައި އަވަހަށް އައުމަށް އެދުނެވެ.
“އައި އޭމް މެރީޑް” އަޝްވާ އައިސް ކުރިމައްޗަށް ހުއްޓިލުމުން ރީމް ބުނެލިއެވެ. ކައިރީގައި ހުރި ޝަނުމްގެ ބަސްމަދުކަމާއި އެކު އޭނާގެ އުފާވެރިކަން ހިއްސާކުރަން ހުރީ ކެތްމަދުވެފައެވެ.
“ވަރަށް ރީތި އިނގޭ މިރޭ، ވަރަށް އުފާވެއްޖެ ރީމްގެ ހުވަފެންތައް ހަގީގަތަކަށް ވީމަ” އަޝްވާ ރީމްގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ.
“ވިޝް ޔޫ ބޯތް އެވްރީ ހެޕިނެސް” ރީމް އާއި ދުރުވެލައި ޝަނުމްއަށް ބަލާލުމަށްފަހު އަޝްވާ ބުނެލިއެވެ. ޝަނުމްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅު ނުވިޔަސް އެބެލުމުން އެތައް ވާހަކަތަކެއް ދެމީހުން އެކަކު އަނެކަކަށް ކިޔައިދޭން ބޭނުންވިއެވެ.
“ޝަނޫ” އަޝްވާ ރީމްއާއި ޝަނުމް އާއި ވާހަކަދައްކަން ހުއްޓައި އީޝް އައިސް ޝަނުމްގެ ފަޓުލޫނުގައި ހިފާލަމުން ބުނެލިއެވެ. އަދި އުރާލުމަށް ޝަނުމްއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.
“އީޝް، މީ އެއްނު އެއްމެ ރީތި ކުއްޖަކީ” ޝަނުމް އީޝް އުރާލައި ކޮލުގައި ހިފާލަމުން ބުނެލިއެވެ. އަޝްވާ އަދި އީޝް ޝަނުމްއާއި ރީމްއާއި އެކީ ފޮޓޯ އަކަށް ހުއްޓިލިއެވެ.
އަސްރާރު ދެކޮޅަށް ދުވެފައި އުޅުނީ ކައިވެނީގެ އެއްމެހާ ކަންތައް ހިނގަމުން ދިޔައީ ރަގަޅަށް ތޯ ބެލުމަށެވެ. އަޝްވިންގެ ފުރަތަމަ ކައިވެނީގެ ރޭ އަދި ޝައިމްގެ ކައިވެނި އޮތް ރޭވެސް އަސްރާރުގެ ފައި އެއްތާކު މަޑެއް ނުޖެހެއެވެ. އެތަނަށް އަންނަ އޭނާގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ކައިވެނި ކުރެވުނު ބައިވެރިން ތައާރަފުކޮށްދީ އެމީހުންގެ ހިދުމަތުގައި އުޅެއެވެ. ހަފީޒާވެސް އަސްރާރުއާއި އެކީ ގިނަ ވަގުތު އުޅެއެވެ. އަސްރާރު ކައިރީ ނޫޅޭ ނަމަ ޝަނުމް އާއި ރީމްއަށް ބޭނުންވާ ކަންތައް ކޮށްދިނުމުގައި އުޅެއެވެ. ހަފީޒާ އޭނާގެ ދަރިފުޅު މީކާއީލް އަށް ގުޅައި އާއިލާއާއި އަލަށް ގުޅުނު ރީމްގެ ތައާރަފުކޮށްދިނެވެ.
ހަފީޒާއާއި އެއްވަރަށް އަމީހާއަށް ލިބިފައިވާ އުފާވެރިކަން ކުޑައެއް ނޫނޭ ނުބުނެވޭނެއެވެ. އޭނާގެ ރައްޓެހިން އައުމުން ޝަނުމް އެމީހުންނަށް ތައާރަފުކޮށްދިނެވެ. އަދި ޝަނުމްގެ ރަގަޅުކާއި އެތައް ކަންތަކަށް ތަކުރާރުކޮށް އެމީހުންގެ ކުރިމަތީ ތައުރީފުކުރިއެވެ.
“ބޭބޭ، ކޮން ދުވަހަކުން ތޯ އަޅުގަނޑުމެންގެ އަޝްވާ މީހަކާއި އިންނާނީ” އަސްރާރު ކުރިމަތިން ދިޔަތަން ފެނި ހަދީޖާ ގޮވާލަމުން ބުނެލިއެވެ.
“ހަޖީދާ އަޝްވާއަށް އިންނާނެ ކުއްޖަކު ހޯދަދޭންވީނު.. އަހަރެން މިހާ ދުވަހު މިހިރީ އަޝްވާ ބޭނުން މީހަކާއި އިންނަން ފުރުސަތު ދީގެން” އަސްރާރު އެހެން ބުނެލީ މަޖާވެލާފައެވެ.
“ދައްތަމެން ދައްކާ ކުއްޖަކާ ދަރިފުޅު އިންނަން އެއްބަސްތަ” ކައިރީގައި ހުރި އަޝްވާ އާއި ދިމާލަށް ބަލާލަމުން ހަދީޖާ ބުނެލިއެވެ.
“އާން، އަޅުގަނޑުވެސް ހިތްހަމަޖެހޭ މީހެއް ނަމަ މައްސަލައެއް ނެތް” އަޝްވާ ހީލަމުން ބުނެލިއެވެ. އަސްރާރު އޭނާ އެއްވެސް މީހަކާއި އިންނަން މަޖުބޫރު ނުކުރާނެކަން އަޝްވާއަށް ޔަގީނެވެ.
ކައިވެނީގެ ހުރިހާ ކަމެއް އުފާވެރި މަޖާ މާހައުލެއްގައި ހިގަމުން ދިޔައިރު އަޝްވާ ބަލަމުން ދިޔައީ އޭނާގެ ހިތުގެ އާދޭސްތައް ނެތް އެއްޗަކަށް ހަދާލެވޭތޯއެވެ. އެކަން ކުރުމަށް އެއްމެ ބޮޑު އެހީއެއް ލިބެމުން ދިޔައީ ކައިރީގައި ހުރި އީޝްގެ ސަބަބުންނެވެ. ނަމަވެސް އީޝް މާގިނައިރަކު އަޝްވާ ކައިރީގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އަޝްވިން ކައިރިއަށް ގޮސްލައި ފޮޓޯ ނެގުމަށްފަހު ދެން އުޅެނީ އަސްރާރު ކައިރީގައެވެ.
އީޝް މިފަހަރުވެސް ދިޔުމުން އަޝްވާ ގޮސް ހުއްޓިލީ ޕާޓީއަށް ތައްޔާރުކޮށްފައިވާ އޭނާގެ ދެބައި އިސްކޮޅަށް އަރާ ތަބެއް ކައިރީގައެވެ. އަދި އެތާގައި ހުރެ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ކެއުމަށް މޭޒުތައް އަތުރާފައިވަނީ ހުދު ކުލައިންނެވެ. އަދި މޭޒުމަތީގައި ގަދަ ނޫކުލައި ފޮތި ގަނޑަކާއި މާތައް އަތުރާފައި ހުއްޓެވެ. ލެޑް އުއްބަތިތައް މާތަކުގެ މެދުގައި ވީއިރު އޭގެން މުޅިތަނަށް އަލިކަން ގެނެސްދެމުން ދިޔައެވެ. ކައިވެނީގެ ބައިވެރިން މެހުމާނުންނާއި ސަލާމް ކުރުމަށް ހަދާފައިވާ ތަނުގެ ފަހަތް ޒީނަތްތެރިކޮށްފައިވަނީ ނޫ ކުލައިގެ ބޮޑު ލޭސް ފޮތި ގަނޑަކުންނެވެ. އާދައިގެ ވިޔަސް އެތަނަށް ފުރިހަމަ ކަން ގެނެސްދެމުން ދިޔައީ އެފޮތިގަނޑުގެ ފަހަތުން ދިއްލެމުންދާ ހުދު ކުލައިގެ ބޮކިތަކުންނެވެ. އަދި ގޭޓެއްހެން މާތަކުންނާއި ވިނަތަކުން ހަދާފައިވާ ދެބައިންނެވެ.
މުޅި ތަނަށް ނަޒަރު ހިންގާލަމުން ގޮސް އަޝްވާއަށް ބަލާލެވުނީ މެހުމާނުންނާއި ސަލާމްކުރުމުން ދިޔަ ޝަނުމްއަށެވެ. ދުރުން ނަމަވެސް ޝަނުމްގެ ނަޒަރު ސީދާވެފައިވާ ވަނީ އޭނާއަށް ކަން ދެނެގަންނަން އަޝްވާއަށް އުދަގުލެއް ނުވިއެވެ. އިރުކޮޅަކު ބަލައިގެން ހުރުމަށްފަހު އަޝްވާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އަނެއް ފަރާތަށް އެބުރި ޕާހުން ފޯނު ނަގަން އުޅުނެވެ. ޝަނުމް ފޮނުވި މެސެޖު ކިޔުމަށް ކުއްލިއަކަށް ބޭނުންވެއްޖެއެވެ.
“ހޭ ލޯބި.. ހާދަ ޗާލޭ މިރޭ” އަޝްވާއަށް ފޯނު ނުނެގެން އުޅުނިކޮށް ފަހަތުން ކާއިންގެ އަޑުއިވުނެވެ.
“ކާއިން ދޯ” ރުންކުރުގޮތަކަށް އެހެން ބުނެލުމަށްފަހު އަޝްވާ ޕާހުގެ ތަޅުލިއެވެ. އަދި ފަހަތަށް އެބުރި ގަދަކަމުން ހިނިތުންވެލިއެވެ.
“އަހަރެން ނޫން އެހެން މީހަކު ޗެރީއަށް ލޯބިއޭ ކިޔާފަ ގޮވާނެތަ. ތިހާ ވަރަށް މޭކަޕްކޮށްގެން ހުއްޓަސް މިތަނަށް އަންނަ މީހަކު ޗެރީއަށް ނުބަލާނޭ” ކާއިން އައިސް އަޝްވާގެ ކައިރީގައި ތަބާއި ޖެހިގެން ހުއްޓިލިއެވެ. ބަސްނާހާ ހިތަކާއި އެކު އަޝްވާ ޝަނުމްއަށް ބަލާލިއެވެ. ޝަނުމް ބަލަހައްޓައިގެން ހުރިތޯ ބަލާލުމަށެވެ. ކާއިން އެހެން ބުނީތީ އެކަން ދޮގު ކުރާކަށް ނޫނެވެ. އަޝްވާ ޝަނުމްއަށް ބަލާލި ވަގުތު ޝަނުމްވެސް ހުރީ އެދިމާ ބަލަހައްޓައިގެންނެވެ.
“މީހުންގެ ފިރިންނާއި ދިމާލަށް ތިހެން ބަލާކަށް ނުވާނެ، ހާއްސަކޮށް އެއްމެ ގާތް އެކުވެރިޔާގެ ފިރިމީހާއަށް ” ކާއިން ކޮށްލީ އާދައިގެ މަތިން އޭނާ އަޝްވާ ދެރަކޮށްލަން ކުރާ ކަހަލަ ޖެއްސުމެކެވެ. އެހެންނަމަވެސް މިރޭ އޭގެ އަސަރު އަޝްވާއަށް މާކުރިން ވަނީ ކޮށްފައެވެ. ޝަނުމްއަށް ބަލާލެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ. އެހެންނަމަވެސް ބެލެވެމުން ދަނީ ކެތްމަދުވެފައިވާ މީހެއް ފަދައިންނެވެ. ދުރުގާ ހުންނަން މަޖުބޫރުވެފައިވަނީ ކިހާ ނާޒުކު ގޮތަކަށް ހެއްޔެވެ؟ އެހަނދާން ފޮހެވޭތޯ އުޅުނަސް އެކަން ކާމިޔާބު ވެވޭހެން ނުވެއެވެ. ފޫހިވާން އުޅުނަސް ސިކުޑީގެ މައްޗަށް ހިތް ބާރުފޯރުވަނީއެވެ.
އަޝްވާ ކާއިންއަށް ބަލާލުމަށްފަހު އެޔަށް ރައްދެއް ނުދީ އިސްޖަހާލިއެވެ. ކާއިން ދެރަވިއެވެ. އޭނާއަށް އަޝްވާއަށް ލިބެމުންދާ ހިތާމަތަށް އަންދާޒާ ނުކުރެވުނަސް އަޝްވާގެ އެހިނިތުންވުމުގެ ފަހަތުގައިވާ ހުރިހާ ވޭނެއް އެނގެއެވެ. ޝަނުމް ހޯދަން އަޝްވާ ކުރި މައްސައްކަތް އޭނާ ފިޔަވައި ދެވަނަ މީހަކަށް ނޭނގޭނެއެވެ. ޝަނުމް ފެނުމުން އަޝްވާގެ މޫނު މައްޗަށް ވެރިވާ އުފާވެރިކަން އެނގެއެވެ. ޝަނުމްއަށް ކުރި ތައުރީފުގެ ބަސްތައް މިއަދުވެސް ހަނދާނުގައި އެބަހުއްޓެވެ. ޝަނުމް ފަދަ ދެވަނަ މީހެއް ނުވާނެކަމަށް އަޝްވާ ބުންޏެވެ. އަދި އެއްމެ އުފާވާނީ ޝަނުމްއާއި އިނދެވޭ ދުވަހު ކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް ކަންތައް ބަދަލުމިވީ ކިހާ އަވަހަކަށެވެ. އެއްމެ ދުވަހަކުން އަޝްވާގެ ހުރިހާ އިހުސާސެއް ގެއްލި ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އަޝްވާ ގެ ހިތުން ޝަނުމްގެ ނަން ނުފުހެވޭކަން ޔަގީނެވެ. މާ ހިތްވަރުގަދަވެގެން އެހެން މީހުންގެ ލޯމަތީ އަޝްވާ އަޅުވާ އަނދުން މިއަދުވެސް އަޅުވައިފިއެވެ. މިރޭ ހިނިތުންވެލައިގެން އެހެރީ އެހިތުގައި ކިހާ ވޭނެއް އަޅާ ހާލުގައި ހެއްޔެވެ؟ އަޝްވާ އަކީ ކަމެއް ވިޔަސް އެކަމާއި ރޮއި ހަދާ މީހެއް ނޫނެވެ. އޭގެ ސަބަބެއް ކާއިންއަށް ނޭނގުނަސް މިރޭ އަޝްވާ ރޯލާނެ ނަމައޭ ކާއިންގެ ހިތަށް އެރިއެވެ. އޭރުން ހިތަށް ތަސައްލީއެއް ލިބިދާނެ ނޫންހެއްޔެވެ؟
“ކޮބާ ހަނާ” އަޝްވާ އިސްއުފުލާލައި ހިނިތުންވެލަމުން އަހާލިއެވެ.
“އާދޭ” ކާއިން ހިފާލީ އަޝްވާގެ އަތުގައެވެ. އަދި އޭނާއާއި އެކު އަޝްވާ ގެންދަން ހިފާލިއެވެ.
“ކޮންތާކަށްތަ މިދަނީ” ކާއިން އޭނާ އަތުގައި ހިފުމުން އަޝްވާ ދެކޮޅު ނުހަދައި ކާއިންއާއި އެކީ ދާން ހިގައިގަތެވެ.
“އިތުރު ވާހަކަ ނުދައްކާ” ކާއިން ބުނެލިއެވެ. އަދި މީހުންގެ ތެރެއިން ދެމިގެން ގޮސް އަޝްވާ ގޮވައިގެން ހޯލުން ނުކުތެވެ.
“އާދެ ބަލަ އަހަންނާއި އެކީ” ކާއިން އިތުރު އެއްޗެއް ނުބުނެ އަޝްވާގެ އަތުން ދޫކޮށްލައި ގޮސް ލިފްޓަށް އެރިއެވެ. އަދި އަޝްވާ އަންނަން ދެން ލިފްޓުގެ ދޮރު ހުޅުވައިގެން ހުއްޓެވެ.
ކާއިން ކުއްލިއަކަށް އޭނަ ގޮވައިގެން ދާނީ ކޮންތާކަކަށް ކަމެއް އަޝްވާއަށް ނޭނގުނެވެ. އެހެންމަވެސް އިތުރު ސުވާލެއް ނުކޮށް ކާއިން އާއި އެއް ލިފުޓަކަށް އެރިއެވެ.
ކާއިން ދިޔައީ އަޝްވާގެ ހުރިހާ ހަރަކާތެއް ބަލަމުންނެވެ. ތަބު ކައިރީގައި ހުރެގެން އެކަންޏެއް ނޫނެވެ. މުޅި ރޭވެސް މެއެވެ. އަޝްވިންއާއި ހިންދުގެ ކައިވެނި ކުރެވުނު އިރު ޝަނުމް އަޝްވާގެ އަތުގައި ހިފި މަންޒަރު ކާއިންއަށް ފެނުނެވެ. ކާއިން އައީ ލަހުން ކަމުން އަޝްވާއާއި ޝަނުމްއަށް އޭނާ އެތާގައި ހުރި ކަމެއް ނޭނގެއެވެ.
“އައްދިއްޔޯއި ކާއިން” އަޝްވާ ރުޅި އައިސްގެން ކާއިންގެ މޭމަތީ ޖަހައިލީ ކާއިން އޭނާ އަތުގައި ވިކައިގަތުމުންނެވެ.
“ގަދަ ކަމުން ހިނިތުންވެލައިގެން ނުހުންނާތި!” ކާއިން އަހާލިއެވެ.
“ކާއިން ބުނީމަ އަހަރެންގެ ލޮލުގައި ހުރި ހުރިހާ ކަރުނައެއް މިހިރީ ބިންމަތީގަ” އަޝްވާ ގަދަ ހަދާލަމުން ބުނެލިއެވެ. ކާއިން އަޝްވާގެ އަތުގައި ހިފައި ގާތަށް ގެނައެވެ. އަދި އަޝްވާގެ ދެއަތުގައި ބާރަށް ހިފާލަމުން އެއަތް ފަހަތަށް ގެންދިޔައެވެ. އަޝްވާ ކާއިންއަށް ބަލާލިއެވެ. އަދި ލުއިކޮށް ހިނިތުންވެލައި ބަލި ގަބޫލުވެއްޖެ ކަމަށް މޫނުމަތިން ދައްކާލިއެވެ. ކާއިން ހައްދާލުންވީ އަޝްވާއަށް ކުރެވުނު ފަސޭހަ ކަމަކަށެވެ. އަޝްވާގެ ލޮލުގައިވި ބެބުޅުމުން ކާއިންގެ ރުޅި އިސާހިތަކު މަޑުވެގެން ދިޔައެވެ. އަދި އަޝްވާގެ ލޮލުގެ ސިފައާއި އޭގެ ކުލައާއި އެސްފިޔަތަކުގެ އެހީގައި ފޮރުވަމުން ދިޔަ އިހުސާސްތަކާއި މެދު އެހެން ނަޒަރަކުން ވިސްނާލަން މަޖުބޫރުވިއެވެ. އަޝްވާ އޭނާގެ ލޮލުގެ ޖާދޫގައި ކާއިން ޖައްސާލެވުނުކަން ޔަގީންވުމާއި އެކު ކާއިންގެ ބަނޑުގައި އަތުގެ އުޅަބޮށިން ޖަހާލިއެވެ. އެވަގުތު ވީ ތަދާއި އެކު ކާއިން އަށް އަޝްވާގެ ދެއަތުން ދޫކުރެވި ދުރަށް ޖެހުނެވެ.
“އަޝްވާ!!” ކާއިން ގާތަށް އައީ ރުޅިއެވެ. އަތް މުއްކަވާލައި ގޮސް އަޝްވާ އާއި އަރައި ހަމަކުރުމަށްފަހު ދެވަނަ ފަހަރަށް އަޝްވާއޭ ކިޔައި ބާރަށް ގޮވައިގަތެވެ. އަޝްވާ ފެށީ ހޭށެވެ. ކާއިން ރުޅި އަރުވާލެވުނީތީއެވެ.
“އަހަންނާއި މެދު ކާއިން ތިހާ ވަރަށް ކަންބޮޑުވަންޏާ ކީއްވެތަ އަބަދަހެން އަހަންނަށް ޖެއްސުން ކުރަނީ، ކާއިންވެސް ތިވަނީ އެމީހުން ވަރެއްނު” އަޝްވާ އިތުރުކޮށްލިއެވެ. ކާއިން އަޝްވާއަށް ބަލާލަމުން އައިސް އަޝްވާ ކުރި މައްޗަށް ހުއްޓިލިއެވެ.
“އަހަރެން އަބަދުވެސް އަޝްވާއަށް ޖެއްސުން ކުރަމެއްނު” އަޝްވާގެ ނޭފަތުގައި ހިފާލަމުން ކާއިން ބުނެލިއެވެ.
“އަހަރެން މިހާ ކަންބޮޑުވަނީ އަހަރެން ނޫން އެހެން މީހަކު އަޝްވާ ދެރަ ކުރާތީއޭ” ކާއިން ހެމުން ބުނެލިއެވެ.
“ކާއިންއަށް އެކަނި ދޯ ހުއްދަ އޮތީ އަހަރެން ރޮއްވާލަން” އަޝްވާވެސް ކާއިންއާއި ބައިވެރިވެ ހެމުން ބުނެލިއެވެ.
“ބަލާބަ” އަޝްވާގެ އަތުގައި ހިފާލަމުން ކާއިން ބުނެލިއެވެ.
“ޝަނުމް މަތިން ދެން ހަނދާން ނައްތާލާ އިނގޭ، ޝަނުމް ނޫނަސް އަޝްވާ ދެކެ ލޯބިވާނެ ބައިވަރު މީހުން ތިބޭނެ” ކާއިން ހިނިތުންވެލަމުން ބުނެލިއެވެ. އަދި އަޝްވާގެ މޫނު މަތީގައި ހުރި އިސްތަށިތައް އެއް ފަރާތް ކޮށްލަ ދިނެވެ.
“ކާއިން ހީކުރީ އަހަރެން މިރޭ އެއްމެ ދެރަވަނީ ޝަނުމް އެހެންމީހަކާއި މެރީ ކުރީމަ ކަމަށްތަ؟ އެކަމަކާ ދެރަވިޔަސް އަހަރެން އެއްމެ ބޮޑަށް ބިރުގަންނަނީ އަހަރެން ދެކެ ލޯބިވާނެ ދެވަނަ އެހެން މީހެއް ނުލިބި ދާނެތީ. ކާއިންއަށް އެނގޭނެ އަހަރެން އާއިލާއެއް ފައްޓަން ބޭނުންވާ މިންވަރު، ބައްޕަ މިރޭ ބުނި ބައްޕަ ދައްކާ މީހަކާއި އިނދެފާނަންހޭވެސް. މީ ހަމައެކަނި އަހަރެންގެ އުއްމީދެއް ނޫން. ބައްޕަވެސް ވަރަށް ދެކެން ބޭނުންވޭ އަހަރެން އާއިލާއެއް ފައްޓައިގެން އުޅޭނެ ދުވަހެއް. އަހަރެން ދެރަވަނީ އަހަނަންނަށް އެދުވަސް ނުލިބިދާނެތީ.. ބޭބެ އާއި ހިންދުހެން އަދި ދޮންބެ އާއި މަލަކާހެން އެކުގައި އުޅެ ކުދިން ހޯދަން ފުރުސަތު ނުލިބިދާނެތީ” އަޝްވާ ސީރިއަސްވެލަމުން ބުނެލިއެވެ.
“ޗެރީ، އަހަންނަށް އިތުބާރުކޮށް މިކަން ގަބޫލުކުރޭ، އަޝްވާ ދެކެ ލޯބިވާނެ ވަރަށް ވަރަށް ރަގަޅު ޝަނުމްއަށްވުރެ ހުރިހާ ގޮތަކުންވެސް ރަގަޅު މީހެއް ޗެރީއަށް ލިބޭނެ. އެހެންނޫނަސް ޝަނުމް އަބަދުހެން ޑިޔުޓީގައި އުޅޭއިރު ޗެރީއާއި ޗެރީއަށް ލިބޭ ދިހަ ކުދިންނަށް ވަގުތު ހޯދާނީ ކިހިނެތް” ކާއިން އެހެން ބުނުމުން އަޝްވާ ދެކޮޅަށް ބޯހޫރުވާލައި ހިނިތުންވެލިއެވެ.
“ކާއިން ހުންނާނަމެއްނު އެހީވެދޭން” އަޝްވާ ބުނެލިއެވެ.
“އަހަރެން މީ އަދި ޝަނުމްއަށްވުރެވެސް ބިޒީ މީހެއް. އަހަރެން ވަރަށް ފޫހިވޭ ކުދިން ދެކެ. އެކަމަކު އައި ވިލް ލަވް ޔޯ ކިޑްސް. ޔަގީން ޗެރީއެއްހެން ކަން ހުރިހާ ކުދިން ތިބޭނީ” ކާއިން އެހެން ބުނެލީ އަޝްވާ ހެއްވާލުމަށެވެ. މިހާރަކަށް އައިސް އަޝްވާ ނެގިމަޑުވެފައި އަދި ގަދަކަމުން ހިނިތުންވެލައިގެން ހުންނަ އިރު ކާއިންއަށް ވަރަށް އުދަގޫވެއެވެ.
“އަވަހަށް ހިނގާ ވެޑިންއަށް. އެއްމެން ހޯދާނެކަން ޔަގީން، އަހަރެން ފޯނުވެސް ނިއްވާލައިގެންނޭ މިއުޅެނީ” ތިރީގައި ހިގަމުންދާ ޕާޓީ މަތިން ހަނދާންވުމުން އަޝްވާ ބުނެލިއެވެ.
ޕާޓީގެ ކަންތައް ފުރިހަމައަށް ހިގަމުން ދިޔައިރު ހިންދުއަށް ވިސްނެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި މެދުގައެވެ. އަނިޔާއަކުން ސަލާމަތްވި ނަމަވެސް އެމީހުން އޭނާގެ އުފަލުގައި ބައިވެރިވާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އަމީހާ ރީމްއަށް ކަންތައް ކޮށްދޭ ގޮތް ފެނިފައި އެދިމާލަށް ބެލެވެނީ މަދުންނެއް ނޫނެވެ.
“މަންމަމެންނަށް ގުޅަމާ” އަޝްވިން ދިޔައީ ހިންދުގެ ހަރަކާތްތައް ރަގަޅަށް ބަލަމުންނެވެ.
“ނޫން” ހިންދު އަވަސް އަވަހަށް އެހެން ބުނެލަމުން ހިނިތުންވެލިއެވެ.
“މާދަމާ ހަމަޖެހިލައިގެން ދެމީހުން ތިބެގެން ގުޅާނީ ދޯ، އެހާ ވަރަށް ދެން އެކަމާ ނުވިސްނާ އިނގޭ، އިން ޝާ ﷲ ދެރަ ގޮތެއް ނުވާނެ” އަޝްވިން ހިންދު އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދަރިފުޅުމުން ކާން ތައްޔާރުވާންވީނު. މިހާރު މެހުމާނުން އަންނަ ގަޑިވެސް ނިމިއްޖެ” ހަދީޖާ އައިސް އަޝްވިންއާއި ހިންދު ކައިރީ އެހެން ބުނެލައި ދެމީހުން ގޮވައިގެން ގޮސް ހަތަރު މީހުންގެ ޖާގައިގެ މޭޒު ދޮށުގައި އިށީނުމަށް ބުންޏެވެ. އޭރު ކައިވެނި ކުރެވުނު ހަތަރު ބައިވެރީންނަށް މޭޒުމަތި ތައްޔާރު ކޮށްފައި ހުއްޓެވެ. އަޝްވިން އާއި ހިންދު އިށީންތާ މާ ގިނައިރެއްނުވެ ޝަނުމްއާއި ރީމް އައިސް އެމީހުންނާއި ބައިވެރިވެލިއެވެ.
“އަޝްވާ ކޮންތާކުންތަ ތިއައީ، އީޝް ވަރަށް ގިނަ އިރުވެއްޖެ ހޯދާތާ.. ކާން ދޭން އުޅުމުންވެސް ބުނީ ތާތި އާއި އެއްކޮށޭ ކާނީ.. މިހާރު އެއިނީ ބޭބެ ކައިރީ ކާން” އަޝްވާ އައިސް ކައިރިއަށް ހުއްޓިލުމުން ޝައިމް ބުނެލިއެވެ.
“އަޅުގަނޑު އުޅުނީ ކާއިންއާއި އެކީގައޭ. ދޮންބެ ކާއިންގެ ފޯނަށް ގުޅާލިނަމަ” އަޝްވާ ބުނެލިއެވެ.
“ދޮންބެ ކައިރީ ނުބުނެ ދިޔައިމަ އެނގޭނެތަ ދިޔައީ ކާކާއި އެކީކަން.. އަހަރެން މިއުޅެނީ މަލާ ގޮވައިގެން ގެޔަށް ދާން މިހާރު. އޯކަށް ދެމޭތީ އުޅެނީ. އީޝްއަށް ބަލައްޗޭ އިނގޭ” ޝައިމް ދިޔުމުން އަޝްވާ އީޝް ނިމުނު ކައި ނިނުމުތޯ ބަލާލަން ދިޔައެވެ.
“ޑެޑީ،ކޮއްކޮ ނާނާ ކިޔަން” އަޝްވިން ކައިރީ ހުރި ފެންތަށިން ފެންފޮދެއް ބޯލުމަށްފަހު އީޝް އަޝްވިންގެ އުގު ތެރެއަށް ބޮޑިވެގަތެވެ.
“ދޫނި ދާންވީނު ތާތި އާއި އެކީ ނާނާ ކިޔާލަން ދޯ” އެވަގުތު އެތެނަށް އައި އަޝްވާ ފެނި އަޝްވިން ބުނެލިއެވެ. އަޝްވާގެ ވާހަކަ ބުނުމުން އީޝް ބޯ ހިއްލާލައި އަޝްވާ އައީތޯ ޔަގީންކޮށްލިއެވެ. ނަމަވެސް އަޝްވާ ކައިރިއަށް ދިޔުމުގެ ބަދަލުގައި އީޝް ކުރިއަށް ވުރެ ބޮޑަށް އަޝްވިންގެ އުގު ތެރެއަށް ބޮޑިވެ ގަމީހުގައި ބާރަށް ހިފަހައްޓާލިއެވެ.
“ހިޔެއް ނުވޭ މިގަޑީ ދާނެހެން.. އިރުކޮޅަކުން ނިދިދާނެ، އީޝް ވަރަށް ވަރުބަލިވެފަ ދޯ ތިހިރީ” އަޝްވާ އައުމުން އަޝްވިން ބުނެލިއެވެ.
އަޝްވިން ބުނިހެން އީޝްއަށް ކުޑައިރުކޮޅެއްގަ ތެރޭގައި ނިދިއްޖެއެވެ. އަޝްވިން އީޝް އުގު ތެރެއިން އަތް މައްޗަށް ނަގައި އަޝްވާ އަތަށް ދިނެވެ. އަދި އަޝްވާ ދިޔުމުގެ ކުރިން އީޝްގެ ބުރަކަށީގައި ފިރުމާލަ ދިނެވެ.
ކައިވެނިކޮށް ނިމި ކައިވެނީގެ ބޮޑު ހަފުލާ ނިންމާލެވުނު އިރު އެއްމެން ވެސް ތިބީ ވަރުބަލިވެފައެވެ. ކައިވެނީގެ ބައިވެރިން ފުރަތަމަ ދެތިން ދުވަސް ހުންނަން ހަމަޖެއްސީ މިހޮޓެލުގެ ހަނީމޫން ސޫޓުގައެވެ. އަސްރާރު ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އެމީހުންނަށް ރިސޯޓަކުން ދަތުރެއް ދޭން ނިންމިއަސް އަޝްވިންއަށް އީޝް ބަހައްޓާފައި ދާން ނުކެރުނީއެވެ. ރީމްއާއި ޝަނުމްގެ ގުޅުން އެހާ ރަގަޅު ނުވާތީ ޝަނުމް އެކަމަށް އެއްބަސްނުވިއެވެ.
އަޝްވިން އޭނާ އަތުގައި އޮތް ތަޅުދަނޑިން ކޮޓަރީގެ ދޮރު ހުޅުވާލަ ދިނެވެ. ޝައިމް ކައިރީ ބުނެގެން ހިންދުއަށް އެއްމެ ކަމުދާނެހެން އަޝްވިން ވަނީ އެކޮޓަރި ތައްޔާރުކޮށްފައެވެ. ހިންދުއަށް ކުރިން ވަނުމަށް ފުރުސަތު ދީ އަޝްވިން ކޮޓަރިއަށް ވަދެވުމާއި އެކު ދޮރު ލައްޕައި ތަންޑު އެޅުވިއެވެ.
ކޮޓަރީގެ ތެރޭގައި ވަނީ މަޑު އައްޔެކެވެ. ކުއީން ސައިޒު އެނދެއް އެއް ފަރާތުގައި ހުރި އިރު ތިން މީހުންގެ ސޯފާ ގޮނޑިއެއް ކޮޓަރިން ވަދެގެން ވައަތް ފަރާތު ބިތުގައި ހުއްޓެވެ. އަދި އެ ސޯފާ ގޮނޑީގެ މޭޒު މަތީ ގައްޔާއި ކޮޓަރީގެ ދެތިން ތަނެއްގައި ބޮޑު އެހެންނަމަވެސް ފަޑު އައްޔެއްގެ އުއްބައްތިތަކެއް ހުއްޓެވެ. ކޮޓަރީގެ ދޮރުން ފެށިގެން އެނދާއި ހަމައަށް ހުދު ކުލައާއި ރަތް ކުލައިގެ ފިނިފެންމާތަކުން ސާލެއް ލެވިފައިވެއެވެ.
އަޝްވިން ކުރިއަށް ޖެހިލައި ހިންދުގެ އަތުގައި ހިފާލިއެވެ. އަދި ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އެތެރެއަށް ހިގައިގަތެވެ. ރީތިވާ މޭޒާއި ހަމައަށް ދެވުމުން އަޝްވިން މަޑުޖެހިލައި ހިންދުގެ ކުރިމައްޗަށް އެރިއެވެ. އަދި ހިންދުގެ އަތުގައި ވަރަށް ލޯބިން ދެތިން ފަހަރެއްގެ މަތިން ބޮސްދިނެވެ.
“މިރޭ ވަރަށް އުފާވެއްޖެ.. އަހަންނަށް ހިންދު އެއްމެ ފުރަތަމަ ފަހަރު ފެނުނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން.. އޭރުތީ އަޝްވާގެ ރައްޓެއްސެއްގެ ގޮތުގައި. އޭރުން ފެށިގެން އަހަރެންގެ ހަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ތެދަށް ބުނާނަމަ އެއިން ކޮންމެ ބަދަލަކާއި އެކީ އަހަރެން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލިގެން ދިޔަ. އެކަމަކު ހަތަރު އަހަރު ފަހުން ހިންދު ފެނުމާއި އެކީ އަހަރެންގެ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލިގެން ދިޔަ.. ބައްޕަ އަލުން މީހަކާއި އިންނަން އަހަރެން ކައިރިން އެދުމުން އަހަރެންގެ ހިތަށް އެއްމެ ފުރަތަމަ އައީ ހިންދުގެ ނަން. އެކަމަކު ދެމީހުންގެ މެދުގައިވި އުމުރުގެ ފަރަގާއި އަދި އަދި އަހަރެންގެ ކުއްޖެއް ހުރުމުން އަހަރެން ހީކުރީ އެކަންތައް ވާނީ ހިންދުއަށް ވެވޭ ބޭއިންސާފަކަށް ކަމަށް” އަޝްވިންގެ ހިންދުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“އެކަމަކު އަހަރެންގެ އެހުރިހާ ހީކުރުންތައް ހިންދު ދޮގުކޮށްދީފި.. އަހަންނަކަށް ނޭނގެ މިރޭ ހިންދުއަށް އަހަރެން ޝުކުރު އަދާކުރާނީ ކިހިނަކުން ކަމެއް” އަޝްވިން އިތުރުކޮށްލިއެވެ.
“ވަރަށް ލޯބިވޭ” އަޝްވިން ހިންދުގެ ނިތްކުރީގައި ބޮސް ދިނެވެ. ހިންދުއަށް ހުރެވުނީ އަޝްވިންގެ އެ ފޮނި ބަސްތައް އަޑުއަހާށެވެ. އުފަލުން ގޮސް ހިތް ބަންޑުންވާއިރު މޫނުމަތީގައިވާ ހިނިތުންވުމުން އެކައި އެކަން ހާމަނުކުރެވޭނެކަން ޔަގީނެވެ.
“އަހަރެންވެސް ” ބޮސް ދިނުމަށްފަހު އަޝްވިން ހިންދުގެ މޫނަށް ބަލާލުމުން ހިންދު ލަދުރަކިވެފައި ބުނެލިއެވެ.
އަޝްވިން ހިންދުގެ ގައިން ދޫކޮށްލައި އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަދި އެތަނުން ހިންދުގެ ހެނދުމެއް ނަގައި ހިންދު އަތަށް ދިނެވެ.
“އަވަހަށް ދޭ ފެންވަރައިލައިގެން ވުޟޫކޮށްލައިގެން އަންނަން އިނގޭ” މިކައިވެންޏަކީ ހުރިހާ ގޮތަކުންވެސް ބަރަކާތާއި އުފަލުގައި ފެށޭ އައު ބާބެއް ކަމަށް ހަދަން ހިންދުއާއި އަޝްވިން ބޭނުމެވެ.
ހިންދު ފާހަނައަށް ވަނުމާއި އެކު އަޝްވިން ގުޅާލީ އަޝްވާ އަށެވެ. އީޝްގެ ހަބަރެއް ބަލާލުމަށެވެ. އަދި މާދަމާ ހެނދުނު ސައިބޯން ގެޔަށް އަންނާނެ ވާހަކަ ބުނެލުމަށެވެ.
ހިންދު ފާހަނާގައި ތަންކޮޅެއް ގިނައިރުވިއެވެ. ލައިގެން ހުރި ހެނދުމުގެ ޒިބު ހުރީ ފަހަތުގައި ކަމުން އެޔަށް އަތްނުފޯރައިގެންނެވެ. އެހީއަށް އެދެން ހަލާލު ފިރިމީހާ ކައިރީގައި ހުއްޓަސް އެހިޔާލު އާވާ ހިނދު ލަދުގަނެ ދެކޮޅަށް ބޯ ހޫރާލަނީ މަދު ފަހަރެއްގައެއް ނޫނެވެ. ތިރީސް ވަރަށް މިނެޓް އެކަނި އެހާލެއްގައި އުޅެ ޒިބު ނެއްޓުނު އިރު މާނޭވާ ލެވޭވަރު ވެއްޖެއެވެ. އެއްގޮތަކަށް އަތް ގެންގުޅުމުން އަތް ވާޅުވި ނަމަވެސް އަވަސް އަވަހަށް ފެންވަރައިލައިގެން އަޝްވިން ދިން ހެދުން ގަޔަށް މަހާލިއެވެ. ބޮލުގައި އަޅަން ބުރުގަލެއް އޮތްތޯ ބެލިއިރު އެޔެއް ނެތެވެ. އެހެންކަމުން ކައިވެނީގެ ހެދުމާއި އެކީ އެޅި ފޮތިގަނޑު ބޮލުގައި ވަށާ އޮޅާލައި މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ.
“ހީވަނީ ބޮޑު މޮޔައެއްހެން” ހިންދު އަމިއްލަ ނަފުސާއި ވާހަކަދައްކާލަމުން ބުނެލިއެވެ. އަދި އެފޮތިގަނޑު ނަގައި ފާހަނާއިގެ އެއްފަރާތުގައި ހުރި ހަރުގަނޑުގައި އަޅުވާލައި ދޮރާއި ދިމާލަށް ހިނގައިގަތެވެ.
ދޮރުގެ ތަޅު ހުޅުވާލައި އަތްގަނޑުގައި ހިފާލުމާއިއެކު ހިންދުގެ މުޅި ހަށިގަނޑުގައި ފިނިކަމެއް ފެތުރިގެންދިޔައެވެ. ބުރުގާ ނަގާލައި ނުކުންނަންވީ ބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ.
“ހިންދު” އަމިއްލަ ހިޔާލުތަކުގައި ހުރި ހިންދު ސިއްސައިގެން ދިޔައީ އަޝްވިންގެ އަޑު އިވުމުންނެވެ. ހިންދު މަޑުމަޑުން ދޮރު ހުޅުވާލައި ގަދަކަމުން ހިނިތުންވެލިއެވެ. ހިންދު ލަދުގެންފައިވާ ހާލު ފެނި އަޝްވިންއަށް ކުޑަކޮށް ހީލެވުނެވެ.
“ލަދުގަތީމަ މާރީތި” ހިންދުގެ ކޮލުގައި ހިފާލަމުން އަޝްވިން ބުނެލިއެވެ. އަޝްވިން ތައުރީފުކޮށްލުމުން ހިންދު އިތުރަށް ލަދުގަނެ އަޝްވިންއަށް ފުރަގަސްދީ ކޮޓަރި ތެރެއަށް ވަނެވެ.
“އަޝްވިން…” އަޝްވިންއަށް ގޮވާލަމުން ހިންދު ފަހަތް ބަލައިލީ އެހާ ވަރަށް ތައުރީފު ނުކުރުމަށް އެދުމަށެވެ. އެހެންނަމަވެސް ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލަން ޖެހުނީ އެވީ މަދު ސިކުންތު ކޮޅު ތެރޭގައި އަޝްވިން ފާހަނައަށް ވަނުމުންނެވެ. ދެކޮޅަށް ބޯހޫރުވާލައި ހިނިތުންވެލަމުން ހިންދު ގޮސް އެނދުގައި އޮށޯތެވެ. މާގިނައިރު އެހެން ނޯވެވުނީ ވަރުބަލިވެފައިވާ ވަރުން ލޮލަށް ނިދި ސަވާރުވާހެން ހީވުމުންނެވެ.
ކޮޓަރީގެ ސޯފާ މަތީގައި މުސައްލައެއް އޮތް ކަން ހަނދާންވުމުން އަޝްވިން އަންނަން ވާއިރަށް ސުންނަތް ނަމާދެއް ކޮށްލަން ގަސްދުކޮށްލިއެވެ.
އަޝްވިން ފާހަނައިން ނިކުތް އިރު ހިންދު ސަލާމް ދެނީއެވެ.
“އަހަރެން ހީކުރީ ދެމީހުން އެއްކޮށްކަމަށް ނަމާދަށް އަރާނީ” އަޝްވިން އައިސް ހިންދު ކައިރީ ހުއްޓިލަމުން ބުނެލިއެވެ.
“ނިދި އަންނާތީ ސުންނަތް ނަމާދެއްކޮށްލީ، އަޝްވިން ތިއައީ ވުޟޫކޮށްގެންތަ” މުސައްލަ މަތިން ތެދުވަމުން ހިންދު އަހާލިއެވެ.
“އާން، ހިނގާ ދޯ ނަމާދަށް އަރަމާ، އިތުރު މުސައްލައެއް ނެތްތަ” އަޝްވިން ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އިތުރު މުސައްލައެއް ނެތުމުން ހިންދު އޭނާ ނަމާދުކުރަން ހުރި މުސައްލަ އަޝްވިންއަށް ދޭން އުޅުނެވެ. އެހެންނަމަވެސް އަޝްވިން އެކަމަށް ދެކޮޅު ހަދައި ހިންދުގެ ކުރިއަށް އަރައި ނަމާދުކުރަން އަވަސްވެގަތެވެ.
އަޝްވިން އިމާމަކަށް ހުރެ ހިންދުއާއި ދެމީހުން ނަމާދަށް އެރިއެވެ. އަދި ނަމާދަށް ސަލާމް ދިނުމަށްފަހު ކައިވެނީގައި ބަރަކާތް ލެއްވުމަށް ދުއާކުރިއެވެ. ދުއާކޮށް ނިމުމާއި އެކު ހިންދު އަޝްވިންއާއި އެއްވަރަށް ކުރިއަށް ޖެހިލިއެވެ. އަދި އަޝްވިންގެ ކޮނޑުމަތީގައި ބޯ އަޅާލިއެވެ.
“ވަރަށް ވަރުބަލިވެފަ ދޯ ތިހިރީ” ހިންދުގެ ބޮލުގައި ފިރުމާލަމުން އަޝްވިން ބުނެލިއެވެ.
“ކުޑަކޮށް، އަޝްވިން ވަރުބައްޔެއް ނުވޭތަ” އަޝްވިންގެ އަތާއި އަތް ޖޯޑުކޮށްލަމުން ހިންދު ބުނެލިއެވެ.
“ނޫން، އަހަރެންވެސް ބަލިވެއްޖެ.. އެކަމަކު މިރޭގެ ހާއްސަކަން މަތިން ހަނދާން ނުނެތޭ” އެއްމިޔަކުން ހީލަމުން އަޝްވިން ބުނެލިއެވެ. ހިންދުއަށްވެސް މިރޭގެ ހާސްކަން އެގެއެވެ. ގަޑީގެ ކައްޓާއިއެކު ހިތުގެ ތެޅުން ބާރުވެގެން ދަނީ އެހެންވެއެވެ. ދެމީހުންގެ ދޭތެރޭ ހިނދުކޮޅެއްގެ ހަމަހިމޭންކަން ވެރިވިއެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު އަޝްވިން ތެދުވުމުން ހިންދު ވެސް ތެދުވާން އުޅުނެވެ.
ކައިވެނީގެ ފުރަތަމަ ރޭ ކަމުން ދެމީހުންގެ މެދުގައި ގާތްކަމެއް އުފެދުނަސް އިސްނަގައި އެކަމާއި އުޅެން ދެމީހުންވެސް ތިބީ ލަދުގެންފައިކަން އެގެއެވެ. އަޝްވިން ގޮސް އެނދުގެ މަގަތުގައި އިށީނުމަށްފަހު ހިންދުއަށް ބަލާލިއެވެ. އޭރު ހިންދު މުއްސަލަ ސޯފާ މަތީގައި ބޭއްވުމަށްފަހު އެނދާއި އަރައި ހަމަވަނީއެވެ.
“ހާދަ ދުރުގައި ތިއިނީ، އާދެބަލަ މިތާ ކައިރިއަށް، އަހަރެން މިއުޅެނީ ފިނިކަމުން، ހިންދުއަށް ފިންޏެއް ނުވޭތަ” އަޝްވިން އެހެން ބުނެލީ ހިންދު ދެއަތް ކައިރިކޮށްލައިގެން އިނުމުންނެވެ. ހިންދު އަޝްވިންއަށް ބަލާލުމަށްފަހު ދެފައި އެނދު މައްޗަށް އަރުވާލައި އަޝްވިން ކައިރިއަށް ޖެހިލިއެވެ. އިސްއުފުލައި ބަލާލާ ހިތްވަރެއް ނެތުމުން އަޝްވިންގެ އަތުގެ އިގިލިތަކަށް އަތް މަހާލައި ކޮނޑުގައި ބޯއަޅާލިއެވެ. އަޝްވިން އަނެއް އަތުން ހިންދުގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލިއެވެ. އަޝްވިންގެ އެބީހުމާއެކު ހިންދުގެ އެއްމެ ހިމަ ނާރަށްވެސް އޭގެ އަސަރު ކުރި ކަހަލައެވެ. ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އަޝްވިންއަށްވެސް އެކަން ފާހަގަވިކަން ޔަގީނެވެ.
އަޝްވިން ހިންދުގެ އިސްއުފުލައިދިނެވެ. އަދި ހިންދުގެ މޫނަށް ރަގަޅަށް ބަލާލިއެވެ. ދިގު އެސްފިޔަތުގެ ފަހަތުގައި ފޮރުވައިގެން އުޅޭ ޖާދޫއެއް ފަދަ ދެލޯ ދުށުމަށް މާ ގިނަ އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ހިންދުގެ ބަލައިލުމާއި އެކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެކަކު އަނެކަކު ދެކެ ވާ ލޯބި ދުލުން ބަޔާންކޮށް ނުދިނަސް މޫނުމަތީގެ ކޮންމެ ކުލަވަރަކާއި އެކީ ފެންނަމުންދެއވެ. ފުރަތަމަ ނަޒަރުން އަޝްވިންއަށް ހިންދު ހިބަ ކުރި ހިތުގެ ވިންދުގެ އަޑު މިއަދުވެސް އިވެމުންދެއެވެ. އޭރު އަޝްވިންއަކީ ހައްގަކަށް ވުމުގެ އެއްވެސް ނަސީބުގެ އައްޔެއް ފެންނަން ނެތްކަމުގައި ވިޔަސް ތަގުދީރު އޭނާއަށް މިދިނީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ މިއަދު އަޝްވިންއަކީ އޭނާގެ ހައްގެކެވެ. ލޯބިވާ ފިރިމީހާއެވެ. އެއްމެ ގާތް މިތުރެވެ.
އަޝްވިންއަށް ހިންދުގެ މޫނުން ފެންނަމުން ދިޔައީ ނިޔަނެތިކަމެވެ. ރީތި ތުންފަތާއި ތޫނު ދެލޮލެވެ. އަޝްވިންގެ ފުރަތަމަ ބީހިލުމާއި އެކު ހިންދުއަށް ވީވަރު ފެނިފައި އަޝްވިންއަށް އޭނާގެ ހިތް މަތަކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކާވެސް ހިންދުގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. މިފަހަރު ހިންދުގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
“އަޝްވިން…” ހިންދުއަށް ގޮވާލެވުނީ ބޭއިހުތިޔާރުގައެވެ. ވައިއަޑަކުން ނަމަވެސް އައަޑު އަޝްވިންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އަޝްވިން ހިންދު އޭނާއާއި އިތުރަށް ކައިރިއަށް ގެނައެވެ. ދެމީހުންގެ ނޭވާއާއި ހޫނު އަނެކާއަށް އިހުސާސްވާ ހިސާބަށެވެ.
އަޝްވިން އިސްނަގައި ހިންދުގެ ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ހިންދު އެކަމަށް މަރުހަބާކީ އުފަލާއި އެކީގައެވެ. މަސްތުގެ ހުޅުގަނޑު ރޯވުމާއިއެކު ހިންދު އޭނާގެ އަތް އަޝްވިންގެ އިސްތަށިގަނޑުތަކުގެ ތެރެއަށް މަހާލިއެވެ.
މާގިނަ އިރެއް ނުވެއެވެ. އަޝްވިން ހިންދުގެ އިސްތަށިގަނޑުގައި ޖަހާފައިވާ ދަތި ނައްޓާލައި ހިންދުގެ އިސްތަށިގަނޑު ވިހުރުވާލަން އުޅުނެވެ. ހިންދު ބުރުގާ އެޅުމުގެ ކުރިން އަޝްވިންވަނީ އެރީތި ދިގު އިސްތަށިގަނޑު ދެކެފައެވެ. މިރޭވެސް އޭގެ ރީތިކަން ބަލާލަން ހުރީ ކެތްމަދުވެފައެވެ. ނަމަވެސް ކަންތައްވާން ފެށީ އަޝްވިން އުއްމީދުކޮށްގެން ހުރި ގޮތަކަށް ނޫނެވެ. ހިންދުގެ އިސްތަށިގަނޑުގައި ހިފާލުމާއި އެކު ހިންދު އަޝްވިންއާއި ދުރަށް ދާން އުޅުނެވެ. އަޝްވިން ހީކުރީ ހިންދުއަށް އިން ގޮތުން އުދަގޫވީ ކަމަށެވެ. އެހެންކަމުން ދޫދިނެވެ. ނަމަވެސް ހިންދު ދިޔައީ މާދުރަށެވެ. އަޝްވިންއަށް އޭގެން ނަގަންވީ މާނަ އޮޅުނެވެ.
“ހިންދު މިރޭ ދުރަށް ނުދޭ” ކެތްމަދުވެފައި ހުރެ އަޝްވިން ބުނެލިއެވެ. އަދި ހިންދުގެ އަތުގައި ހިފައި އޭނާ ކައިރިއަށް ދަމައިގަތެވެ. ހިންދު އައިސް ޖެހުނީ އަޝްވިންގެ ގައިގައެވެ. އެއީ އަޝްވިން ބޭނުންވި ގޮތެވެ. ކުޑަކޮށް ތިރިވެލައި ހިންދު އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އަދި ހިންދުއާއި ދިމާލަށް ގުދުވެލައި ކަރުގައި ބޮސްދޭން ފެށިއެވެ.
ހިންދުއަށް މީ ކެތްކުރަން އުދަގޫކަމަށް ވިއެވެ. އަޝްވިންގެ މޭގައި އަތް އަޅައި އެނދުގެ އަނެއް ފަރާތަށް ކޮއްޕާލިއެވެ.
“ހިންދު” އަޝްވިން ހިންދުއަށް ގޮވާލަމުން ކޮޅަށް އިށީދެ ހިންދުގެ މޫނަށް ބަލާލިއެވެ. އަޝްވިންގެ ހިތަށް ހޫނު ފެންއެއްޗެއް އަޅާލިކަމުގެ އިހުސާސް ކުރެވުނެވެ. ހިންދުގެ ދޮލޯވަނީ ކަރުނައިން ފުރިފައެވެ. މުޅި މީހާ އެދަނީ ތުރުތުރު އަޅަމުންނެވެ. ދެއަތް މުއްކަވާލައި ގަޔާއި ކައިރިކޮށްގެންނެވެ.
“ހިންދު އަހަންނަށް މާފުކުރޭ.. އަހަރެން..” އަޝްވިންއަށް އޭނާގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ހިންދު އޭނާއަށް ފުރަގަސްދީ އަނެއް ފަރާތަށް އެބުރުމުންނެވެ.
އަޝްވިން ހިންދު ކައިރިއަށް ޖެހިލިއެވެ. އަދި ކޮނޑުގައި އަތްއަޅާލައި ހިންދުއާއި ވާހަކަދައްކަން އުޅުނެވެ. އެހެންނަމަވެސް ހިންދުގެ ގިސްލުމުގެ އަޑުއިވުމާއި އެކު މިއީ ކުރެވޭ ކުށެކޭ ހިތަށް އެރިއެވެ. އަޝްވިންގެ ލޮލުގައި އަޅައިގަތީ ފުރަތަމަ ރޭ ހިންދުއާއި ބައްދަލުވި އިރު ހިންދުގެ ބޮލުގައި ހުރި ފާރުގަނޑެވެ. ހިންދުގެ އިސްތަށިގަނޑު ހުރިގޮތުން އެތަން ކުރިން ނުފެނުނަސް ބޯ ބަތީގައި އަޅައިގެން އޮތް ބާލީހުން އިސްތަށިގަނޑުގެ އެއްބައި ކެހިފައި އޮތެވެ. އަޝްވިންއަށް ވިސްނާލެވުނީ ދެނެވެ. ހިންދު އޭނާއާއި ދުރުވާން އުޅުނު ސަބަބެވެ. މަސްތުގައި ޖެހިފައި ހުއްޓަސް އޭނާއަށް ހިންދުގެ ހާލަތާއި މެދު ނުވިސްނުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރަން ފެށުނެވެ. މާޒީގެ ހިތި ހަނދާންތަކުގެ ސަބަބުން އަޝްވިންގެ ލޯބީގެ ފިރުމުންތައް ހިންދުއަށް ވެގެން މިދިޔައީ އަނިޔާއަކަށެވެ. ހިންދުއަކީ އޭނާގެ ހަލާލު އަނބިމީހާ ކަމުގައިވާ އިރު އަމިއްލަ އެދުމުގެ ބަދަލުގައި އަޝްވިން އިސްކުރަން ޖެހޭނީ ހިންދުގެ އިހްސާސްކަން ވިސްނެން ފެށުނެވެ.
އަޝްވިން ފަހަތަށް ޖެހިލިއެވެ. ހިންދު ރުއިން ހުއްޓާލާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިނެވެ. ހިންދުއަށް ގޮވާލަންވީ ކަމެއް ނޭނގި ދެން ހަދަންވީ ކޮންކަމަކާއި މެދު ހިތްބިރުގެންފައެވެ. މިރޭ އޭނާ މިވީ ކިހާ ބޮޑު އިހުލާމެއް ހެއްޔެވެ؟
ކުޑައިރުކޮޅެއްގެ ތެރޭގައި ހިންދުގެ ގިސްލުމުގެ އަޑާއި ހަށިގަނޑުގައިވި ތުރުތުރު އެޅުން ކެނޑިއްޖެއެވެ. އަޝްވިން ހިންދުއަށް ދެތިން ފަހަރެއްގެ މަތިން ގޮވާލިއެވެ. ހިންދު ޖަވާބު ނުދިނުމުން ނިދީ ކަމަށް ބަލައި އަޝްވިންވެސް ނިދަން އޮށޯތެވެ. އަޝްވިންގެ ލޮލަށް ނިންޖެއް ނައެވެ. ދޭތެރެއަކުން ހިންދުއަށް ބަލާލެވުނީ ހަރަކާތެއް ފެނޭތޯއެވެ.
ރީމް އާއި ޝަނުމް ކޮޓަރިއަށް ވަދެގެން އައިއިރު ޝަނުމްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. އެޔާއި ހިލާފަށް ރީމް ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އުފާވެފައެވެ. ކޮޓަރިއަށް ވަނުމާއި އެކު ރީމް މުޅި ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އަދި ޝައުގުވެރިވާ އެއްޗެއް ހުރިނަމަ ކައިރިއަށް ގޮސް އަތްލައި ބަލާލައެވެ. ޝަނުމްއާއި ރީމްގެ ކޮޓަރީގެ ސީލިންގެ މެދުގައި މެދުވަރެއްގެ ޗާންދެލިއާރ އެއް ހަރުކޮށްފައި ހުއްޓެވެ. އޭގައިވާ މަދު އޮރެންޖު ކުލައިން ރީމްގެ ދެލޯ ބަބުޅަމުން ދިޔައެވެ.
“ޝަނުމް، ބަލާބަލަ” ރީމް ހުރީ އުފަލުން ފޮޅިފައެވެ. މިރޭގެ ހުރިހާ ކަމެއް ހިނގަމުން މިދަނީ އޭނާގެ ހުވަފެންތަކާއި އެއްގޮތަށެވެ. ބޮޑު ޗާންޑެލިއާރެ އަލިން މުޅިތަން ދިއްލާފައިވާ އިރު ރަތް ކުލައި ފިނިފެންމާތައް މުޅި ކޮޓަރީގެ އެކި ތަންތަނުގައި ވެއެވެ. އަދި ކުއީން ސައިޒުގެ ބޮޑު އެނދު މަތީގައި މަލުގެ ފިޔަތަކުން ޝަނުމް ވެޑްސް ރީމް ފަވާފައިވެއެވެ.
“ޝަނުމް ޝަނުމް” ރީމް ކައިރީގައި ހުރި ޝަނުމްގެ އަތުގައި ހިފައިގެން ގޮސް ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހަދާފައި ހުރި ބިއްލޫރި ދޮރު ކައިރީގައި ހުއްޓިލިއެވެ. އަދި ކަޅުކަން ގަދަ އުޑުގައި ރަނިކަން ކުރަމުންދާ ބުރުހަމަ ހަނދަށް އިޝާރާތްކޮށްލިއެވެ.
“ރީއްޗޭ” ރީމް ހަނދު ރީތިހޭ އަހާލުމުން ޝަނުމް ޖަވާބު ދިނީ ވަރަށް ފަރުވާކުޑަގޮތަކަށެވެ.
“އަހަންނަށް ވަރަށް ރީތި ހަނދު. އަދި ހަނދުގެ އަލި ކަނޑަށް އެޅިފައި ހުންނަ އިރުވެސް.. ހީވަނީ ހަމަ ހުވެފަނެއްހެން” ރީމް ހުރީ ވަރަށް ބޮޑަށް އާޝޯހުވެފައެވެ.
“އަހަރެން ދަނީ ފެންވަރާލަން، ވަރަށް ނިދި އައިއްސި” ރީމް ދެރަކޮށްލާކަށް ޝަނުމް ޖެހިލުމެއް ނުވާ ފަދައެވެ. ރީމްގެ އަތް ދުރުކޮށްލައި ޝަނުމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ.
“ޝަނުމް ޑިޔުޓީ އަށް ނުކުންނަނީ ކޮންދުވަހަކުން ފެށިގެން” ޝަނުމްގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ރީމް އަހާލިއެވެ.
“އެއް ހަފުތާ ފަހުން ނިކުންނާނަން، ރީމް ޗުއްޓީ ނެގިންތަ” ޝަނުމް ގޮސް ހުއްޓިލީ ފާހަނަ ކައިރީގައެވެ. އަދި ދޮރު ކައިރީގައި އޮތް ރެކުން ތުވާލި ނަގައި ކޮނޑުމަތީގައި ބާއްވާލައި ރީމްއާއި ދިމާލަށް އެބުރިލިއެވެ.
“އަހަރެންވެސް ޗުއްޓީ ނެގީ އެއް ހަފުތާއަށް، އޮފީހަށް ވަނީ ވަރަށް ފަހުން ކަމުން އަހަރީ ޗުއްޓީއެއްވެސް ނުނެގޭއެއްނު” އެނދުގެ ފަޔާއި ވީ ކޮޅުގައި އިށީދެލަމުން ރީމް ބުނެލިއެވެ.
“ޝަނުން ލޯބިވާ ކުއްޖާއާއި މެރީ ނުކުރީ ކީއްވެކަން ބުނެދީފާނަންތަ” މީ ވަގުތު ކުރަން އެއްމެ ރަގަޅު ސުވާލު ހެއްޔެވެ؟
“އެއީ ކުއްޖާއަކީ ތެލެސީމިއާ ކެރިއާކަށް ވީމަ”
60 Comments!
Comments are closed.
V v v dhigu parteh mie.. dhn huri part takun asnwer libeyne kamah mibalany. U know why he rejected her. And ashwin and hind finally got married dhw.. mee adhi wdding night ge ehbai. Alot is going to happen next. And mi part maroon ge story ah comment kuraa hurihaa kudhinna dedicate kollan. Much love ❤❤❤ have great night… u guys r the best.
And great news for loabin hinithunvelaashey kee kudhinna.. ?
Wow
Varah reethi
Thanku hairaan ?
wow varah surprise vehje .. thanks maroon
Thanku Aki ?
Varah varah reethi…..lots of love
Thanki maikko ?
Foohi.
Shanum and ashwa nugulhuvunyma dhw. Hurihaa kudhin beynun vaa gothah nuvaane ennu
Shanum akee vess thalaseemia kuhjrhtha ?? E dhemeehun nugulhunee e ?mi Bai reethi ❤️
Ehen dhw mi vy.. poor them. Thanku kitty ?
Masha Allah, haadha ryhchey mibaives.. Ehbayah vure anehbai rythi.. Story kiyamun dhaairu hama hyvany aslahves e manzreh lolah fennahen.. Ehaaves rythikoh n ehaa ves molhukoh ebahuri sifa kohdhinun genesdhyfa.. Story athuraalaafa oeh goehves hama v v rythi.. Aslahves maroon v v v molhu, Masha Allah.. Luv u
Mi baiga veehaaves bodakah sifa kurun genesdhevythw belin…glad u noticed. Thanku shann… v shweeet commenteh komme bayakah ves dhey …loves ??
Masha allah…… vvvvvv nice ingey…… hama speeechless..thhanks mihaaa dhigukoh genes dhineeena…. alhey ashwa theleseimia tha…. ????????next part wen….. plz adhi one more part tonite ingey
? ?????? marooon
Doonya rey dhanvaru vyma nukoh dhevunym ekam mireyge vagutheggai wedding ge anebbayaai eky meet kollaanan. Thanku maa… ? loves
Wow ??????? vrh reethi mi part ekm shanum ah ashva nulibuneema vrh dhera . Ashwa he wollet in shanum ah fenunee theleseimia card the? Ehnve thr shanum buny ashwa r marry kureven neh vaahaka. Ekm egothah nuhadhaa dhemeehun reethikoh ekamaa vaahaka dhahkaign nugulhun nama ashwa ehaa dhera vaakah nujheyne dhw eyrah ashwa ah vx visneyne dhw. Anyway vrh furihama mi part vrh interesting . Vrh kiyaahithun nunidhaa ovegen mi vaahaka kiyaalee ekm reyga comment eh nukurevuny sry maroon. Vrh ufaavi ehaa dhigu koh genes dhinyma.dhn knirakun next part genesdheveynee…?
Stories r built up from untold stories like in real life. Shanum ulhunu bunan. But she thought knowing the reason wud hurt her more. So he cdnt. …thanku rish.. ? and kaainves maa molhuvegen ulhuny. Maybe he had a hidden reason… and mirey ves shanum e fonuvy e vaahaka msga akun kamah vedhaane. So she cud understand. Ashwa aai marry nukurevunas why in the world wud he agree with reem?? Anyway untold stories are abt to be revealed. Thanku again ?
Y ashwaa ah ehen gadhany y y
But stry vee reethi
Ufalun goss rovijeh
But aswa ah ehen veemaa vee dheravee
Dhen kaain n ashwaa gulhuvaa or kohmevess gothah shanum r
Vee nice ingee mi part Next part
??? gai answer thah geness dhechee
Yes dear next part in v v gina answers libeyne. Thanku lubu ? hehe
Wow ❤️❤️❤️… I m speechless…. Neynge bunaane ehcheh vx…. Haadha reehchey mi part Maasha Allah…. Sifakurunthah adhi vakin reethi ???… Hurihaa manzareh lo kurimathin fennahen heevanee… Superb
?????… Varah varah reethi mi part vx… Ashvaa ah evee gothakun haadha dheraveyey ??????… Last part ah vx commenteh kohlin bt still not published yet… Soooooo sad ??… Curiously waiting waiting for next part… Tc n loves ❤️????
Thanku pinky shifoo for the beautiful omment ?
dhen ragalhee ashwa n shanum nugulhuneema thalassemia hunna dhe meehun loibatakaa gulhuneema libey message ves goas hen heevanee ehen noonas shanum mihaaru married ehen vumun mi vari gina society ga annekaa loabi hoadhan divorce vaa goidhekumah vure. reethi koh ulhey goi bunedhinun maa ragalhu hen. annekaa reem ves v ragalhu so reem ge loabin shanum ah ves loabi vevidhaane heh heevanee. vaahaka kiyanee eygen ibratheh ves haasil kurumahtakaa so real life aa gulhey gothakah gendhiyaeema maa reethi vaane hen heevanee. mee hama ekani hiyaaleh balai gannaane kamah unmeedu kuran
Hus v v ragalhu vaahaka. Mee mi story ge emme bodu eh beynun.. thanku dear ?
then marooon kihineh thi hedhi. i m so sad. ashwa and shanum carrier akah hadhaali kain and ashwa gulhuvan dhw. then goaheh nun kain and ashwa ves. kain ves ashwa ah caring and loves her too. anyway please kain ah dhera gotheh nahadhachey. miharu ves ashwa ah huriya dhera eh libeni. best frnd gehllijjeya she will b broken. waiting for the nxt part
Nubunaanan kaain aai gulhuvaashey. Kaain is good for her too. Thanku dear ?
Finally reem & shanum married dhw. dhen ashw
. kaain gulhuvaa &
Masha allah mi part vess
vvv reethi . keep it up
dear .waitig 4 tonyt part
Have great day ????
Thanku friends. Kaain aai ashwa dhw… thiyah gotheh nimmaany fahun adhi.. ?
Ashva ge wallet thereyn fenununy thelesemia card dho. V foohi vey dhe myhun nugulhuny ma
Thanku mal. Real life ga ves gina meehunnaky first love haasil vaa bayeh noon. Heekuran foohi viyas story kiyaane kamah nimen dhn ?
Dhn mi vaahaka kiyaane dho. Mi story dheke foohseh nuvaane ehnu dhoa. Maa bodah loabi vey mi story dheke. Ehnve ehn bune vuny. Love u maroon, thy hama best
Its ok dear. Foohi viyas bunan vaane. Eyrun maroon ah egeyny ngey.. loves ?
Story varah reethi ??ekam dheraee e dhemeehun nugulhuneema..heevey adhi knmeves hisaabakun ashes and shanum gulheynehen..ehen hadhahchey plx
Hehehe.. ? dhw hama vedhaane… thanku syle ?
Hin huttijje shanum and reem marry kurima ???but story v v v reethi and v v v thanks mihaa dhigu koh genes dhinyma now waiting for next part ❤️❤️❤️❤️❤️
Thanku eysha.. dheraves vaan vaane baeh faharu faharu. ?
Varah rythi. Dhen ashwa aa kaain gulhuvaifiyya varah varah rythi vaane.
Thanku ?
Wooooowww ???? nice
Thanku xxxx ?
Wow maroon u r great. But I have a question? Mary kuraa iru father name bunaane ehnu gaazee. Misaalakah miveni rashegge miveni meehehge dhari egothah. I was wrong abt shanum. So sad. Kaain konkamehba hide kuranee. Thanks a lot long part eh genesdhineema. Lot of secrets reamining yet. Story is great. Sifakurun varah reethi specially mi part. Sifakurunthah kiyaali iru foohivegen dhookohllan jehunu enme point eh ves nethey buneveynee. Eagerly waiting for the next part. Ashy Unmeedhu kuranee v avahah next part kiyaalan libeyne kamah. Loves ??
Yes bunaane thihen…wrong abt shanum??? Yes miulheny up kuran now ?
And huge thanku ? kaain ge secrets ves egeyne adhi ?
V interesting. Rym mom nubayeh hadhanyhen hyvany. Ashwa athah nudhy shaim athah wolet dhiny ehenve kannenge. Haadha dherayey
Thanku sihthi. Maroon ah ves v heevey thihen… ?
Nice
Avahah up kohdhehchey
Yesh ?
I hate this story
Its ok. Keevegenkan bunedhyfaanan?
Nice mi partwex.. aswa nd kaain dhen gulhuvaafa ashwaa ufaa kohladhee.. ashwa dheravefa hunaathee shinawex dheravey..
Oh. M sure story nimey iru v ufaane kan ? thanku
shanum aa ashwa aa dhuruvy dhw… ?its okay komme kameh ves vaany rangalhah… reem ge ulhun rangalhu kurachey shanum aa gulhenyaa… kaain aa ashwa dhw… kaain loves her v v bodah… im dying to know kaain ge sister and reem ge twin mystery…. Masha Allah v rythi mi part ves… waiting for next part… mi story ga innany kithah baitha… mihaaru v v kiyaa hiy vey mi story… sorry for the late cmnt inge… loves maroon❤?❤?
Yey shudha.. comment nukuriyas egey kiyaane kan for shanum… yes komme kameh ves vaany emme ragalhah.lets see what awaits them in married life. Kaain is going crazy ekam ashwa dhw…storyga adhi innaane adhadheh bunaakah neyge. Less than 25 morethan 15.. loves.. tc ??
Maroon dhn Mi Story nukiyaanan. Shanum aa aswaa nugulhunyma.
Its ok ?
Ooh… Sory maroon 26 vanabqi varah rrethi. Aslu nukiyaanamey bunnas kiyeyne dhoo reethikamun. Aswaa and shanum nugulhunyma dheravegen ehenbunevuny. Maroon ur the Best writer in esfiya. Mi Story aky hamaekani esfiyain mihaaru kiyaa vaahaka. I love this story ????????
Story huthuras bunyma maroon v ufaa vaane. So i can improve.. thanku maahaa. Such a beatiful comment ?
Varah reethi❤
Thanku eyra ?