ޔޫލީން ބޭސް ނަގަން ދަނީ ކަމުގައި ބުނުމުން ޔޫލީންގެ ފަހަތުން ޔޫމިން ގޮސް ވަނީ އެތާ ކައިރީ ހުރި ބުކްޝޮޕަށް އޭ4 ގަނޑު ގަންނާށެވެ. އެ ވަގުތު ވީ އިޔާޝް އާއި އީރަމް އެކަނި ވީ ވާގުތަކަށެވެ. ދެމީހުންގެ މެދުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. “އަހަރެން!..” “އަހަރެން!..” ދެމީހުންނަށް ބުނެވުނީ އެކު އެކީގައެވެ. ދެމީހުންގެ ގާތަށްވެސް ހިނި އައެވެ. “ބުނެބަ” އިޔާޝް އީރަމްގެ މޫނަށް ބަލާލިއެވެ. “އަހަރެންނަށް ވަރަށް….” “ހިނގާ ދާން” އީރަމް ބުނަން އުޅުނު […]
އަހަރެން ބިރިޔާނީ ކައި ނިމިގެން އައިސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ ނިދުމަށްޓަކައެވެ.އއޭރު އަންހެނުންވެސް ކޮޓަރީގައި އުޅެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ނިދުނެވެ. އަހަރެންނަށް ހޭލެވުނީ އަންހެނުން ނަމާދަށް ދާން ގޮވުމުންނެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތްއިރު ބައްޕަ މެންނާއި އަހުމަދުބެ ވެސް އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން ނުކުތުމުން އެމީހުންވެސް ހިނގައިގަތެވެ. މިސްކިތުން އައިސް ގެއަށް ވަތް އިރު އާއިލާ އެންމެން ވަރަށް ރީތިވެގެން ތިއްބެވެ. ހުރިހާ އަންހެނުން […]
މެންދުރުގެ ވަގުތެވެ.ދުނިޔެމަތި ހޫނުކުރަމުން އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔަ އެވެ. އުޝާ އިނީ ނާޔާމެން ގޭގަ އެވެ. “ދަރިފުޅާ ކޮބާތަ ކިޔާ..ނުވެސް ފެނިލާ..މިއަދު ދެކުނިން އެއްކަލަ ރައީފާ..އޭނާ އައީމަ ދޯ ކިޔާ ނުފެންނަނީ.. އެކުއްޖާ ފަކީރަށް ނަހަދާ ގޮތެއް ނެތް މިހާރު.. އެގޮއްޔެ އެތާ އުޅެން ކެތްވާކަމޯ..ސަހާދެ..ނާއްކޮ ކިޔާ ގެންނަންވީނު މިގެއަށް.. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ދުވަހުވެސް ގުޅާފަ އެވާހަކަ ބުނީމަ ބުނީ އަހަންނަކާ ކޮންބެހޭ ކަމެއްހެއްޔޯ..”ނާޔާގެ މަންމަ ނުހާ ކިޔާރާއަށް ހަމްދަރުދީ ވިއެވެ. “މަންމާ […]
ދުވަސްވީ ވީވަރަކަށް ދެމީހުންގެވެސް ލޯބި ދިޔައީ އިތުރުވަމުންނެވެ.ނައިޝާގެ ހިތުގައި ސައިފަށް ޚާއްސަ މަޤާމެއް ދެވުނެވެ.ސައިފަށް އަގުބޮޑެތި ސާމާނު ނައިޝާ ގަނެދޭން ފެށިއެވެ.އަގުބޮޑު އަތުކުރި ގަނޑިއާއި ފޯނުގެ އިތުރުން ސެންޓާއި އަންނައުނު ފަދަ އެއްޗިއްސެވެ.ސައިފް ދުއްވާ ސައިކަލީ މީހަކު ބޭނުންކޮށްފައި,ހެޔޮ އަގަށް ވިއްކާލި އުޅަނދެކެވެ.ސައިފްް ދުއްވާ އެ ސައިކަލް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.އެހެންވެ ނައިޝާ، ސައިފަށް އެއްފަހަރާ އަގު ދީފައި އޭނާ ބޭނުންވާ ކަހަލަ، ކަޅުކުލައިގެ ޖީ.އެން އައު ސައިކަލެއްވެސް ގަނެ ދިނެވެ.ސައިފްވެސް ނައިޝާއަށް ފިނިފެންމަލާއި، […]
”ދަރިފުޅާ ހަޔާ. އާދެބަލަ.” ފަރާހަތުގެ އަޑާއިއެކު ސިހުމަކާއިއެކު ހަޔާތަށް ކޮޅަށް ޖެހެވުނެވެ. އެހައި ދަންވެފައި ހުއްޓާ މަންމަ ގޮވަން ފެށުމުން އޭނަގެ ހިތުގައި ބިރުވެރިކަން ވަށައިލިއެވެ. ހަލުވި ފިޔަވަޅުތަކެއް ނަގަމުން ގޮސް ހަޔާތު ދޮރު ހުޅުވައިލިއެވެ. އޭރު މަންމަވެސް ބޭރުގައި އޭނާގެ އިންތިޒާރުގައި ހަށަން ބަނދެލައިގެން އެތަނުގައި ހުއްޓެވެ. ”ކުއްޖަކު އެބަހުރި ހޯދަން އައިސް.” އެހެން ބުނެފައި ފަރާހަތު ގޮސް ވަނީ ކޮޓަރިއަށެވެ. ހަޔާތުގެ ސިކުނޑީގައި ސުވާލުތަކުން ފުނިޖެހެމުން ދިޔައެވެ. އެގާރަ ޖަހާފައި ހުއްޓާ އޭނާ ހޯދަން […]
* ހިނިތުންވެފައި ހިޔާން ހޫރީން ގެނެސް މޭގައި ޖައްސާލިއެވެ. އަދި ސޯފާގައި އިން އައިހަމްގެ މޫނަށް ބަލާލިއެވެ. އައިހަމް ބޯ އަނބުރާލީ ފަހަތަށެވެ. ހިޔާންގެ ހިނިތުންވުން ފޮހެވުނެވެ. ނަމަވެސް ހިތާހިތުން އޭނައަށް އެކަން ހައްގުކަމަށް ގަބޫލުކުރިއެވެ. އަދި އޭނައަށް މާފު ކުރަން އުނދަގޫ ވާނެކަން އިނގޭތީއެވެ. ލޭގެގޮތުން އޭނާ އާއި ގުޅޭތީ ހޫރީންއަށް އޭނާއަށް މައާފް ކުރަން ފަސޭހަ ވާނެކަން ހިޔާންއަށް ވިސްނެއެވެ. ފަހަތަށް އެނބުރިގެން އިން އައިހަމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. ހިތާހިތުން އޭނާ ހިޔާންއަށް […]
“ޔީޝް.. ތަވީދު ކޮބާ؟” ޔީޝާގެ މޫނަށް ބަލަން ހުރެފައި ދަނިޝް ސުވާލު ކޮއްލިއެވެ. “ތަވީދު އުނަގަނޑުގަ.. އަހަރެން އެޔެއް ނުބާލަން” ޔީޝާ އެހެން ބުނެފައި އުނަގަނޑުގައި އަތް ޖައްސާލިއެވެ. ޓައިޓުގެ މަތިންވެސް ޔީޝާއަކަށް ތަވީދުގެ ރޮދިފަށުގައި އަތެއް ނުޖެހުނެވެ. “ޝިޓް.. ތަވީދެއް ނެތް.. އެކަމު ހަމަ ޔަގީން އަހަރެން އެ ނުބާލަންކަން” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ނިތްކުރީވި ރޫތަށް ފުންވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. **** “މޫދުގަ އުޅެނިކޮށް ކެނޑުނީ ކަމަށް […]
އަހަރެންގެ އުމުރުން ތިރީސް އަހަރުވަނީއެވެ. އަހަރެންނާ އެއް އެއް އުމުރުގެ ކުދިން މީހުންނާ އިނދެ ދަރިން ހޯދާއިރުވެސް އަހަރެން މިހުންނަނީ ހުސްކޮށެވެ. އަހަރެންގެ މައިންބަފައިން އެންމެ ކަންބޮޑުވާ ސަބަބަކީވެސް އެއީއެވެ. އަހަރެން މީހަކާ ނީނދެ ހުންނާތީ މީހުން ފާޑުގެފާޑުގެ ވާހަކަތައްވެސް ދައްކައެވެ. އެކަމާ އަހަރެންގެ މާބޮޑު ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގެ ހާލު އަހަރެންނަށް ވުރެ ބޮޑަށް އަހަރެން ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެއެވެ. އަހަރެންގެ މިހިތުގައިވަނީ އެންމެ އަންހެން ކުއްޖެކެވެ. އުމުރުން އަށާރަ އަހަރު ވީއްސުރެ […]
“ބަޓް.. ޕޭޝަންޓް ގެ ހާލު ވަރަށް ދެރަ..ހިނދެއް ހިނދަކަށް ހާރޓް ބީޓް ދައްވަނީ..އެކަމް އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން.. ހިތްވަރު ކުރާތި..”ޑޮކްޓަރ ދިން ހަބަރުން އެންމެންގެ ބޮލައް ހީވީ ފުރާޅު ވެއްޓުނުހެނެވެ.ނަމަވެސް އުޝާ އުފަލުން ނަށައިނުގަނެވުނީވެސް ކިރިޔާއެވެ. ޑޮކްޓަރ އަނެއްކާ އެތެރެއަށް ވަނުމުން ދެން އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ކިޔާރާގެ ހަބަރެއް ދޭން ޑޮކްޓަރ ނުކުންނާނެ އިރަކަށެވެ. ޑޮކްޓަރ ނުކުތީ އޭގެ އެއްގަޑިއިރު ފަހުންނެވެ.ޑޮކްޓަރް ނިކުތުމުން އެންމެން އެއްފަހަރާ އެދިމާއަށް ދިޔަ އެވެ.”ޑޮކްޓަރ […]