Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ތެއްތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 6, 2018 5 Mins Read
29 Comments

“އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް.” ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ނަބީހްއާއި އޭނަ ގާތްވެގެން އުޅޭ މައިގަނޑު އެއްސަބަބުގެ މަތިން ކުއްލިއަކަށް ހަނދާންވެގެން ދިޔުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އޭނައަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ނަބީހް ވާހަކަ ދައްކަން ފެށިއެވެ.

 

“އަހަރެން މި ދައްކާ ވާހަކަތައް ވަރަށް ރަނގަޅަށް އަޑުއަހާތި ޝަރަފް. ޝަރަފްއަށް ފަހަރެއްގަ އެނގިފަ އޮވެދާނެ ކަންނޭނގެ ޝަރަފްގެ ވައިފްއަކީ ބިންތު ޢައްމާރުގެ ނަމުން ޕޭޖެއް ހިންގާ އަންހެން ކުއްޖެއްކަން. އެކުއްޖާގެ އެ ޕޭޖުގެ ސަބަބުން ގިނަ ބައެއްގެ ރުޅިވެރިކަން އެކުއްޖާއަށް އަމާޒުވެގެން މިއުޅެނީ. އެއީ ވަކިން ޚާއްޞަކޮށް އަހަރެން ބިންތު ޢައްމާރުގެ ޕޯސްޓެއް ކިޔާފައި ތައުބާވިފަހުން. މި ވާހަކަތައް ކިޔައިދޭން ލަދުގަނޭ އެކަމަކު ޝަރަފަށް މި ވާހަކަތައް ކިޔައިދިނުން މުހިއްމުހެން ހީވީމަ އަހަރެން ކިޔައިދޭނަން…. ހިތަށްއެބައަރާ ޝަރަފްއާ ވަކިން ބައްދަލުކޮށްފައޭ މި ވާހަކަތައް ކިޔައިދޭންވީ. އެކަމަކު މި ވާހަކަތައް ޝަރަފަށް ވީހާވެސް އަވަހަކަށް އެނގުނިއްޔާ ރަނގަޅީ. ޝަރަފަށް ވަގުތެއް އެބައޮތްތަ މި ވާހަކަތައް އަޑުއަހަން؟” ނަބީހް އަހާލިއެވެ. އޭނަ އެހާވަރަށް ވާހަކަ ދެއްކިއިރު ވެސް ހާމަކުރީ ޝަރަފަށް އެނގޭ ޙަޤީޤަތްތަކެއްގެ ވާހަކަތައްކަން އެނގުންވީ ހިނދު ޝަރަފް އިހުނަށްވުރެ ކެތްމަދުވިއެވެ. އޭނައަށް ވަގުތުން އާނއެކޭ ބުނެލެވުނީ އެހެންވެއެވެ.

 

“ޝަރަފް….އަހަންނަކީ މީގެ މަސްތަކެއް ކުރިން އެންމެ ގަދައަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުންދިޔަ ބައިގަނޑެއްގެ ބޮޑުމީހާ. އަހަންނަށް 25 އަހަރުގަ އަހަރެން އެންމެ ފުރަތަމަ މަސްތުވާ އެއްޗެއްގެ ތަޖުރިބާއެއް ލިބުނީ. އެއީ އަހަރެން ރިސޯޓެއްގައި އަދާކުރަމުން ދިޔަ ވަޒީފާއެއްގެ ތެރެއިން. އެދުވަސްފަހުން އަހަރެން ހަމަ އެ މަސްތުގަ ޣާފިލުކަންމަތީ އުޅެމުން ދިޔައީ. ބޭރު މީހުންނާ ގުޅުން ބަދަހިކޮށްގެން އެއެއްޗެހި ރާއްޖެއަށް ގެނައުމުގެ ބޮޑު ރޭވުމެއް ރޭވުނީ ވެސް އަހަރެން އެދުވަސްވަރު އަނދިރިވެފައިވި މިންވަރުން. ދީނާއިމެދު ޝައްކު އުފެދި އެ ޝައްކުތައް ފަތުރަން ފެށީ ވެސް އަހަރެން އެ ފާފަތަކުގައި ޣަރަޤުވެފައިވި މިންވަރުން. އެކަމަކު އަހަރެން އެ އަނދިރިގަނޑުގައި މުޅިން ޣަރަޤުނުވަނީސް ސަލާމަތްވެވޭނެ އަލިމަގެއް ފެނުނު. އަހަންނަށް ކުރީގަ ވެސް ޤުރުއާނުގެ އާޔަތްތައް ފެނިފަވޭ. އެކަމަކު ބިންތު ޢައްމާރުގެ ޕޭޖަށް ވަން ދުވަހު ފެނުނު ޠާހާ ސޫރަތުގެ އެ އެއްއާޔަތުން އަހަރެންގެ ހިތަށް އެހާ ބޮޑު އަސަރެއް ކުރީ ކީއްވެކަމެއް ނޭނގޭ. ﷲ ގެ ހަނދުމައިން ދުރުވެގަންނަ މީހަކަށް އޮތީ ހިތްދަތި ދިރިއުޅުމެއްކަމަށް ވަޙީކުރެވިފައިވި އާޔަތް ފެނިފައި އަހަރެން ވަގުތުން އެއަށް ދެވޭނެ ރައްދަކާމެދު ވިސްނަން ފެށިން. އެކަމަކު…..އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ދޭނެ ރައްދަކާމެދު ނުވިސްނުނު. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އުޅެނީ އުފަލުގައޭ ބުނެ ޖަދަލުކުރަން ބޭނުންވި. އެކަމަކު އަހަންނަށް ހަމަ އެވަގުތު ހިތުގެ ފުން މިނުން އެނގުނު އަހަރެން އުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއްކަން. އޭރު ދުނިޔޭގައި ތިބި އަހަރެންގެ މަންމައާ ބައްޕަވެސް ރޮއްވާލާފަ….އެމީހުން ބަލިވީ ދުވަހުވެސް އެމީހުން ބަލަން ނުގޮސް…..އަހަރެން އުޅެމުން ދިޔައީ އެކި ޒާތްޒާތުގެ ފާފަތަކުގެ ތެރޭގަ. އަހަރެން ކިތަންމެ ގިނަ އަންހެން ކުދިންނާއި ރައްޓެހިވިޔަސް އަހަރެންގެ ހިތަކަށް ލޯތްބެއް އިޙްޞާޞެއް ނުކުރެވޭ. އަހަރެންގެ ދައްތައާއި ކޮއްކޮ އެތައް ދުވަހެއްގެ މަތިން ރޮއިރޮއިފައި އަހަންނަށް އާދޭސްކުރީމަވެސް އަހަރެން އަޑުނާހައި އެމީހުންނަށް ވެސް އަނިޔާކުރިން. އަހަރެން ކައިވެންޏެއް ކޮށްގެން އުޅުނަސް އެ ކައިވެނީގައި އެއްވެސް މާނައެއް ނެތް. އަހަރެންގެ ދަރިފުޅުވެސް އަހަންނަށް ބިރުގަނެ، ނަފްރަތުކުރޭ. އެ ހުރިހާ ކަމަކުން ވެސް އަހަރެންގެ ހިތަށް ލިބިފައިވި އެތައް ޒަޚަމަކާމެދު އަހަންނަށް އެނގުންވީ އެ އާޔަތް ފެނުނީމަ އަހަންނަށް އެނގުންވި. އަހަރެން ވަރަށް މަސައްކަތް ކުރިން އެ އާޔަތުގެ މަތިން ހަނދާން ނައްތާލެވޭތޯ. އެކަމަކު މަސްތުގެ ޙާލުގައި ވަނިކޮށް ވެސް އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ އެ އާޔަތް. އެ އާޔަތް ހަނދާންވެފައި ދޭތެރެދޭތެރެއިން ރޮވެން ވެސް ފެށި. އަނެއްކާވެސް ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައީ އޭނައާއި ދިމާލަށް އެއްޗެހި ގޮވީމަ އެ އާޔަތުގެ މަތިން ހަނދާން ނެތިދާނެކަމަށް ހީކޮށް. އެކަމަކު އެ ޕޭޖުން އަހަންނަށް އަނެއްކާވެސް ފެނިގެން ދިޔައީ އަހަރެންގެ ހިތަށް އަސަރު ފޯރުވި އާޔަތެއް. އެއަށްފަހު އެ އާޔަތުގެ މަތިން ވެސް ހަނދާން ނައްތާލަން އުޅެއުޅެ ހަނދާނެއް ނުނެތުނު. މިހެން ގޮސް އަހަންނަށް އެތައް އާޔަތެއްގެ މާނަ ތަފްޞީލުކޮށް ބިންތު ޢައްމާރުގެ ޕޭޖުން ކިޔެން ފެށި. އޭގެ ނަތީޖާއެއްގެ ގޮތުން އަހަންނަށް ނުވެސް އެނގި އަހަރެންގެ އުޅުމަށް ބަދަލުތައް އަންނަން ފެށި. ޤުރުއާން ކިޔަވަން ބޭނުންވި. ނަމާދުކުރަން ބޭނުންވި. ރަނގަޅުވާން ބޭނުންވި. އެކަމަކު އަހަރެންގެ ގޯސް އެކުވެރިންގެ ސަބަބުން އެތައް ދުވަހެއް ވަންދެން އަހަރެން އިޞްލާޙުވުން ލަސްވެގެން ދިޔަ. އެކަމަކު އަހަރެން ގަދަކަމުން ﷲ ގެ ހަނދުމައިން ދުރުވާން އުޅުމުން ވެސް އެކަލާނގެ އެގޮތް މެދުވެރިނުކުރެއްވީ އެކަލާނގެ އަހަރެންދެކެ ވާ ލޯބިފުޅުގެ ނިޝާނެއްކަން އެނގުންވީ ހިނދު އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްލަން ބޭނުންވި. އެކަލާނގެ ހަނދުމައިން ދުރުވާ މީހަކަށް އޮތީ ހިތްދަތި ދިރިއުޅުމެއްގެ ޢަޒާބަކަށްވީއިރު ވެސް އެކަލާނގެ ފާފަތަކެއްގައި ޣަރަޤުވެފައިވި މި އަޅާ ގް….ގަދަކަމުން ވެސް އެކަމުން ސަލާމަތް…..” ނަބީހްގެ ވާހަކައިގެ ވަކި ހިސާބަކުން އޭނަގެ އަޑު ތުރުތުރު އަޅައިގެން ގޮސް ޝަރަފަށް ގިސްލުމެއްގެ އަޑު އިވުނެވެ. ނަބީހްގެ އިޙްޞާޞްތައް އެވަގުތު ތަޞައްވުރު ކުރެވިގެން ދިޔުމުން ޝަރަފްގެ ހިތްވެސް ރޫރޫއެޅިއެވެ. ހިނދުކޮޅަކަށް ވިޔަސް ނަބީހް އޭނަގާތު ހާމަކުރަން އުޅުނު ސިއްރުތަކެއްގެ މަތިން އޭނަ ހަނދާންނެތޭ ގޮތްވިއެވެ. އަނެއްކާވެސް ﷲ އެކަލާނގެ އާޔަތްތަކުން މީހަކަށް ހިދާޔަތް ދައްކަވާ ގޮތާއިމެދު އޭނަގެ ހިތް އަޖާއިބުން ފުރިގެން ދިޔައެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ރީތި ގޮތުގައި ހިދާޔަތް ދައްކަވާ ފަރާތަކީ ހަމައެކަނި ﷲ ކަން އެވަގުތު ޝަރަފަށް ޔަޤީންވެގެން ދިޔައެވެ.

 

މިނެޓެއްހާއިރު ވަންދެން ނަބީހް އެއްޗެކޭ ބުނަން އުޅުމުން ވެސް އޭނައަށް ގިސްލެވި، ރޮވެމުން ދިޔައެވެ. ޝަރަފް އެއްޗެކޭ ނުބުނެ އޭނަ ދެން ވާހަކަ ފަށާނެ އިރަކަށް އިންތިޒާރުކުރިއެވެ. މާ ގިނައިރެއްނުވެ އަނެއްކާވެސް ނަބީހް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

“އެނީވޭސް….އެފަދަ ގޮތަކަށް ހިދާޔަތް ލިބިގެން ދިޔުމުން އަހަރެން ﷲ ގެ އިރާދަފުޅުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވި. އެއީ ވެސް އަޖާއިބުކުރުވަނިވި ގޮތަކަށް. އަހަންނަށް އެކަމުން އަރައިގަނެވުނީ އަހަރެން ހީކުރި ވަރަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގަ. އަހަރެން މުޅިންހެން އަހަރެންގެ އެ ބައިގަނޑާއި ގުޅުން ކަނޑާލަން އުޅުނިން. އެކަމަކު އެއީ ފަސޭހަ ކަމަކަށްނުވި. އެމީހުން އެ ސަބަބާމެދު ސުވާލުކުރުމުން އަހަރެން ކުރީކޮޅު އެއްވެސް ޖަވާބެއް ނުދެން. އެކަމަކު އަހަންނަށް ހިދާޔަތް ލިބުނު ފަދައިން އެމީހުންނަށް ވެސް ހިދާޔަތް ލިބިދާނެކަމުގެ އުއްމީދުގަ އަހަރެން އެމީހުންނާވެސް ބިންތު ޢައްމާރުގެ ޕޭޖު ޙިއްޞާކުރިން. މައްސަލަތައް ފެންމަތިވާން ފެށީ އެހާ ހިސާބުން. އެމީހުން ކުރީގަ ވެސް ބިންތު ޢައްމާރަށް ނަފްރަތު ކުރިޔަސް ޢަމަލީ ގޮތުން އެމީހުން ބިންތު ޢައްމާރަށް އެންމެން ކުރިމަތީގަ އެހާ ނުރައްކާތެރި އިންޒާރުތައް ދޭންފެށީ އެހާ ހިސާބުން. އެއީ އަހަރެން އެމީހުން ދޫކޮށްލުމުން އެމީހުންނަށް ގެއްލުންވަމުން ދިޔައީތީ. އަހަރެން އެމީހުން ދޫކޮށްލުމުން އެމީހުންނަށް ކާމިޔާބުކަމާއެކީ އެއެއްޗެހި އެތެރެކުރެވުނީ އެންމެ ފަހަރެއްގެ މަތިން. މީގެ ސަބަބުން އެމީހުންނާއެކީ އަހަރެން އޭރު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ އާ މެނޭޖަރުގެ ރުޅިވެސް އަހަންނަށް އަމާޒުވި. އެއީ އަހަރެންގެ ވިޔަފާރިން އޭނައަށް ވެސް ގިނަ އިންސައްތައެއްގެ ފައިދާއެއް ލިބޭތީ. އަދި ފަހުން އޭނަވެސް ބިންތު ޢައްމާރަށް އެ ރުޅި އަމާޒުކުރަން ފެށީ އަހަރެން ނަޞޭޙަތް ދެމުން ދިޔަ ބައެއް އެކުވެރިންގެ ތެރެއިން މީހުން ދީނީ ވާހަކަތައް ދައްކައި އެ ބައިގަނޑު ދޫކުރަން ބޭނުންވާ ވާހަކަ ދައްކަން ފެށި ހިސާބުން. ބައެއްކުދިން ﷲ ގެ ރަޙްމަތް ފުޅުން އެކަން ދޫކުރަން ވެސް ދޫކުރި. މީގެ ސަބަބުން އެ މެނޭޖަރަށް ވެސް ލިބެމުން ދިޔަ ލާރިކޮޅު މަދުވަމުން ދިޔަ. އޭނަ އަހަރެން ކަނޑާލަން އުޅުނު ދުވަހު އަހަރެން އަމިއްލައަށް އެދިގެން ކެނޑިގެން އައީ. އެއަށްފަހު މާލޭގަ އާދައިގެ އޮފީހެއްގެ ވަޒީފާއެއްގަ އުޅެމުން މިދަނީ. އަހަރެން ހީކުރީ ދުވަސްކޮޅަކުން އެމީހުންގެ ނަފްރަތު ފޭދިގެން ހިނގައިދާނެ ކަމަށް. އެކަމަކު ދުވަސްތައް ފާއިތުވާވަރަކަށް އެމީހުންގެ ރުޅިވެރިކަން އަންނަނީ އިތުރުވަމުން. ދޭތެރެއަކުން އަހަންނަށް ވެސް މެސެޖެއް ކޮށްލާނެ ބިންތު ޢައްމާރާއި ދެކޮޅަށް ރާވާ ރޭވުމުގައި ބައިވެރިވުމަށް. އެކަމަކު އިރާދަކުރެއްވީތީ އަހަރެން އެމީހުންގެ ބަހަކަށް ނުހެއްލޭ. އެކަމަކު ވަކިން ޚާއްޞަކޮށް އެ މެނޭޖަރުގެ ބަހަށް ހެއްލޭ ވަރަށް ގިނަ މީހުން އެބަތިބި. އޭނަ އެމީހުންނަށް ދިއްކޮށްލާ ފައިސާގެ ސަބަބުން ދެލޯ މަރައިގެން އޭނަ ބުނާހާ ގޮތަކަށް ކަންތައް ކުރަން އެދޭ މީހުން އެބަތިބި. އެ ބައިގަނޑުން ދޭތެރެދޭތެރެއިން ކުދިން މަދުވިޔަސް އެ ބައިގަނޑު ކުޑައެއް ނޫން، ޝަރަފް. އެންމެ ފަހުން އަހަންނަށް އެނގިގެން ބިންތު ޢައްމާރަށް ގެއްލުމެއް ދޭން އުޅުނީ އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތުގަ އުޅުނު އަރަޝް. އެ ވާހަކަ އިވުނު ދުވަހުއްސުރެ ވެސް އަހަރެން އަރަޝްއަށް ވަރަށް ނަޞޭޙަތްތެރިވިން. އެކަމަކު އަރަޝް ރަށުތެރޭގައި ތުންތުންމަތިން ދެކެވޭ އެކިއެކި ވާހަކަތަކުގެ ތެރެއިން ބިންތު ޢައްމާރަކީ ކޮން ކުއްޖެއްކަން ހޯދައިފި. އެއްދުވަހު އޭނަ މަގުމަތިން ނެގި ފޮޓޯއެއް އަހަންނަށް ވެސް ދައްކާފައިވާތީ އަހަންނަށް ބިންތު ޢައްމާރުގެ ސޫރަ އެނގިފައިވަނީ. އަރަޝް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އެ ރޭވުމުގަ ބައިވެރިވިކަމަށްވަނީ. އެކަމަކު އަހަރެންގެ އެތައް ނަޞޭޙަތަކަށްފަހު ފަހުން އޭނަވެސް އިޞްލާޙުވި. އޭގެ ނަތީޖާއެއްގެ ގޮތުން އެ މެނޭޖަރު ބިންތު ޢައްމާރުގެ ސޫރަ އޭނައަށް ހާމަކުރަން އަރަޝްގާތު އެދުމުން އަރަޝް އެ ސޫރަ ހާމައެއް ނުކުރި. އެއިން ވެސް އެމީހުންގެ ރުޅިވެރިކަން ވަނީ އިތުރުވެފަ….އެމީހުން ދެން ރާވާނީ ކޮންފަދަ ރޭވުމެއްކަން އަހަންނަށް އެއްގޮތަކަށް ވެސް ނޭނގޭ ޝަރަފް. މިހާރު އެ މެނޭޖަރާއެކީ ތިބީ އަހަންނާ މުޅިންވެސް ދުރުވެފައިވާ އެކުވެރިން…..” ނަބީހް ކިޔައިދިން ވާހަކަތަކުން ޝަރަފަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަފާފާއި ދެކޮޅަށް ބަޔަކު ރޭވުމެއް ރޭވިޔަސް މިހާ ދެކޮޅުވެރިވެދާނެ ކަމަށް އޭނަ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. އެހެނަސް ﷲ ގެ މަގުގައި ކަމެއް ކުރާ މީހަކާއި ދަތިތަކެއް ކުރިމަތިވާނެކަން ހަނދާނަށް އައި ވަގުތު އެއީ މާ ބޮޑު ޙައިރާންކަމެއްގެ ގޮތުގައި ޝަރަފަށް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނަ ބޭނުންވީ ނަބީހްގެ ފަރާތުން އެނގޭނެ ވަރެއް އެނގިގެން ކޮންމެހެން ހަދާފައިވެސް އެ ނުބައި އަތްތަކުގެ ދަށުން އަފާފް ސަލާމަތް ކުރާށެވެ. ހިތަށް އެފަދަ ޖޯޝެއް ވެރިވީ ވަގުތު އަނެއްކާވެސް އެކޮޅުން ނަބީހް ވާހަކަ ދައްކަން ފެށިއެވެ.

 

“ޝަރަފް ވަރަށް ބަލައިގެން އުޅޭތި. އެމީހުން ކޮންމެ ފަދަ ކަމެއް ކޮށްފާނެ ޝަރަފަށް ވެސް. ޝަރަފް ބިންތު ޢައްމާރުގެ އެހާ ގާތް މީހަކަށްވީމަ……އަހަރެން ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮޑަށް ބޭނުން އެމީހުންގެ ދުވަސްދުއްވާލަން. އެކަމަކު އެއީ އެމީހުންނަށް އަނިޔާއެއް ދީގެނެއްނޫން. ރަނގަޅު ގޮތަކީ ކިހާ ފުރިހަމަ ގޮތެއްކަން އެމީހުންނަށް ދައްކައިގެން އެމީހުންގެ ހިތްތައް މަޑުކޮށްގެން. އަހަރެން ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އެމީހުން އެ ހިންގާފަދަ ވިޔަފާރިއެއް ފެށޭތޯ މަސައްކަތް ކުރަނީ އެހެންވެ. އެއީ ޙަޤީޤަތުގަ އަހަރެން އެ ރިސޯޓުގަ ވޯކްކުރިއިރު ކޮންމެވެސް ބޭބެއަކު ވަރަށް ގިނައިން ދެމުން ދިޔަ ޚިޔާލެއް. އެއްވެސް މަސްތުވާ އެއްޗެއް ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ. ހެހެ….އެނގޭ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އެކަމަކު ކޮންމެ މީހަކަށް ވެސް ހުވަފެންތައް ބެލިދާނެދޯ؟” ނަބީހް އޭނަގެ ވާހަކައިގެ ފަހު ކޮޅުން ސަމާސާ ރާގެއް އެޅުވިއެވެ. އެހެނަސް ޝަރަފްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އޭނަ ވިސްނުމެއްގެ ތެރޭގައި އިނދެފައި ވާހަކަ ދައްކަން ފެށީ ކުއްލިއަކަށެވެ.

 

“ނަބީހް؟ ނަބީހް ތި ދެއްކީ ކޮން ރިސޯޓެއްގެ ވާހަކަތަ؟ އެ….އެއީ ކޮން މެނޭޖަރެއްތަ؟ އޭނަގެ ނަން ނަބީހަށް އެނގޭތަ؟” ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކޮށްލީ ކަމެއް ހީވުމުންނެވެ. އޭނައަށް ޖަވާބަކަށް އިންތިޒާރު ކުރެވުނީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ.

 

“އެއީ ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ، ވިޔާމް އަހްމަދު.” ނަބީހް ކިޔާލި ނަމަކުން ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ.

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކުރިން އެނގުނުނަމަ (ވިހިވަނަ ބައި)

Next

ތިޔަ އަސަރު 25

Next
February 7, 2018

ތިޔަ އަސަރު 25

Previews
February 6, 2018

ކުރިން އެނގުނުނަމަ (ވިހިވަނަ ބައި)

29 Comments!

  1. Jana says:
    February 6, 2018 at 11:04 pm

    އައްސަލާމްޢަލައިކުމް. ދެން އޮތްބައި ހުކުރު ދުވަހު ދިގުކޮށް ގެނެސްދޭނަން އިން ޝާ ﷲ. މި ބަޔާއި އެކީގަވެސް އަންނާނެ އެފްބީ ޕޯސްޓްތައް ކިިޔާލުމަކީ ޖަނާގެ ވަރަށް ބޮޑު އެދުމެއް. ޖަޒާކުމު ﷲ ޚައިރަން! 🙂

    https://www.facebook.com/Asr-1445208739121696/

  2. ayersha says:
    February 6, 2018 at 11:16 pm

    janaa masha allah ure awesome ekamu mi part thankolheh kuru

    1. Jana says:
      February 7, 2018 at 6:30 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 hehe….weekdays ga genesdhevey baithah hama kury dho? ekamaku mi baige word limit kuree hafthaage tuesday ga up kuri bayah vure gina 😀 In Sha Allah adhives rangalhu kureveytho balaaanan.

  3. Xxxx says:
    February 6, 2018 at 11:17 pm

    V.reethi n furihama?

    1. Jana says:
      February 7, 2018 at 6:30 pm

      Alhamdhulillah! 🙂

  4. Xish says:
    February 6, 2018 at 11:19 pm

    ماشاء الله

    1. Jana says:
      February 7, 2018 at 6:31 pm

      😀

  5. Binth Ammaaru says:
    February 7, 2018 at 12:46 am

    Alhey.. Haadha dherayey.. maa kuree dhw miadhi ???

    1. Jana says:
      February 7, 2018 at 6:33 pm

      weekdays ga genesdhey baithah adhi mihaavarah mi genesdheveny ingey? really sorry about that. aslu midhiya hafthaaga weekdays ga up kuri baithakah vure mi baithakuge word count gina. ekamaku mi baiga manzaruthah madhuveema maa kuruhen heevey. hehe….komme gothehvviyas Binthu Amaaru aa behey sirruthah mi bain engijje dho? 😉

  6. Mai says:
    February 7, 2018 at 12:57 am

    mivaahaka varareethe

    1. Jana says:
      February 7, 2018 at 6:33 pm

      Alhamdhulillah! 🙂

  7. Xaaan says:
    February 7, 2018 at 8:51 am

    މާޝާﷲ ވަރަށް ފުރިހަމަ

    1. Jana says:
      February 7, 2018 at 6:33 pm

      Alhamdhulillah!

  8. Pinky shifoo says:
    February 7, 2018 at 10:10 am

    Maasha Allah varah varah furihama… Varah varah reethi ❤️❤️❤️… Waiting for next part ??

    1. Jana says:
      February 7, 2018 at 6:34 pm

      Alhamdhulillah! <3 😀 Next part friday ga In Sha Allah 🙂

  9. Hu says:
    February 7, 2018 at 4:48 pm

    Mash allhah vvvvvvfuriham janaage umuru dhigu kurhvaashi aameen

    1. Jana says:
      February 7, 2018 at 6:36 pm

      Alhamdhulillah! 🙂 hehe…umuru dhigu vumugaeh noon dho molheh othy? kithamme kuru umurevviyas e umuruga veehaaves gina heyo kanthah kurevun muhimmy. 😀 Maai Allah alhamenge hayaathaky heyo amaluthakun furigenvaa hayaatheh kamugai lavvai alhamenge amaluthakugai barakaaiy lavvaashi. Ameen!

  10. Jana says:
    February 7, 2018 at 6:40 pm

    އައްސަލާމްޢަލައިކުމް. މި ބަޔާއި ގުޅޭ އެފްބީ ޕޯސްޓްތަކާއިމެދު ޖަނާ އަދި އިތުރަށް ހޯދައި އެއާއިމެދު ވިސްނަން ބޭނުން. މިރޭވެސް ލިޔެފަ އެބަހުރި ކޮންމެވެސް ވަރަކަށް އެކަމަކު ޖަނާ އަދި އެ ޕޯސްޓްތަކާމެދު އެހާވަރަށް ހިތްހަމައެއްނުޖެހޭ. އެހެންވީމަ އިން ޝާ ﷲ މާދަމާގެ ވަގުތެއްގަ ޕޯސްޓްތައް ފެނިގެންދާނެ ވާހަކަ ބުނެލަން. ޖަޒާކުމު ﷲ ޚައިރަން! 🙂

  11. Nish says:
    February 7, 2018 at 6:42 pm

    Jana dhen afoo niqab alhuvaba. Ey rah salhivaane

    1. Jana says:
      February 7, 2018 at 6:38 pm

      Nish….aslu jana varah liyaa hiyvva vaahaka eh thy. ekamaku jana amilla ah nukuraa kamegge vaahaka liyumaky jana ah varah undhagoo kameh. Hijra liyunu iruves varah dhathivi thankolheh ey. amilla ah nukuraa kameh kurumah ehen meehunnah naseyhaiytherivun ehaa rangalheh noon kanneynge dho? hehe…..

  12. Xish says:
    February 8, 2018 at 1:24 am

    I like ur coment nish..Afaf aa vv gulhey niqab..
    Janage hijra keehisaafun jana sifakurevemun aee niqab vegen hunna kujjeh gothah..hehe
    Aslu vaahakathakuga sunnaithah genesdheefahunnagoi vv kamudhey..vaki khaassakoh thi sharekollaa fbpostthahves vv furihama..ma sha alla..kairi musthaqbalegga niqabve eyge roohaanee hihhamsjehun jana ah minvaru kuravvaashi aameen.i

    1. Jana says:
      February 8, 2018 at 10:37 pm

      Ameen! alhe naseebennu jana ah mi vaahaka bunevunu kan. 😛 hehe….hurihaa hamdheh vany Allah ah. jana mihaa hisaabah aumah hidhaayaiy dhekkevyves ekalaange. adhi hidhaayaiy ithuru kohdhevvaany ves ekalaange In Sha Allah. Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen! 😀

    2. Nish says:
      February 9, 2018 at 11:11 am

      Aameen. ☺ In Sha Allah. adhi jana vs niqab alhaane. aslu niqab alhuvan bunee eyrun goas meehun ah afoo faahaga kuran neyngeyne dw. n afoo ah v bodu protect akah niqab vaanethee. its my opinion. hama thikahala bt kuda kamakun mi alhaa allah s.w.t salaamai kohdhehvi. ekamah medhuveri kureh v niqab elhumuge hiyaal. Alhamdhulillah. nw ehvs bayaku distrb eh nukure. n hama emeehun alhugandu fenuneema respect kurey. so im proud of that. mikan share mikohlee konms kuhjakah meegen vs iburatheh libeynekamah hope kurathee. In Sha Allah

  13. Shaanna says:
    February 8, 2018 at 10:41 am

    Alhugandaky aamugothehgaa vaahaka kiyaakuhjehnoon. Ekam mivaahaka fenunyma v vaahaka kiyaahiye vehje. V ufaavehje alhugandumenge dhiriulhumah heyo badhaluthakeh genesdheyfadha vaahakaeh liyunymaa. Thibaage thi masayekathugaa barakaye lahvaa hidhaayaiye libeymyhunge adhadhu ithurukurahvaashi. Aaameen.

    1. Jana says:
      February 8, 2018 at 10:50 pm

      Ameen! Alhamdhulillah! vaahakain Shaanna ah faidhaa eh kuriyya Shaanna ge aailaa aa ekuverinna vaahaka hissaakollumaky varah bodu edhumeh. 😀 Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! 🙂

  14. Hi Mi says:
    February 8, 2018 at 12:56 pm

    ވަރަށް ރީތި. ވެއިޓިންގް……….. ޖަޒާކައް ﷲ ޚައިރަން…

    1. Jana says:
      February 8, 2018 at 11:05 pm

      އަލްޙަމްދުލި ﷲ. ބާރަކަ ﷲ ފީކި.

  15. Jana says:
    February 8, 2018 at 10:27 pm

    وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ
    And whoever turns away from My remembrance – indeed, he will have a depressed life, and We will gather him on the Day of Resurrection blind.” Surah Ta ha, ayah

    The most baffling thing about this ayah for me is the word أَعْرَضَ. The word is usually translated as turning away. But it doesn’t just mean turning away. It means deliberately avoiding something. It means avoiding something on purpose.

    Why am I so surprised by the word? Because Allah is using that word for someone who is turning away from His remembrance. As though His remembrance is something that is already deep within a person’s heart. As though that is the remembrance that is inevitable. So much so that we must DELIBERATELY turn away from that remembrance.

    Let’s honestly ask ourselves. Have we never ever wondered about Allah? About how He deals with our affairs? About whether or not He swt answers our duas? Weren’t there days where you came across just a bit of a lecture or an ayah while scrolling through the newsfeed and for a second you just thought about it. Remember that one moment where you actually thought about Allah and His ayat. What was the next thing you did? Did you allowed that to change the way you thought? Did you allow it to have an impact on you? Or did you just scroll it away like any other post that you would see? Or thought it was an interesting lecture and went back to the series that you were watching soon after? If we are in the latter category of people, then the next two ayahs are a scary reality for us.

    In the above ayah Allah has mentioned that whoever turns away from His remembrance will have a depressed life and he will be raised on the Day of Judgement as blind. In the next ayah, Allah will describe a scene on judgement day where the person will talk to Him.

    قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا
    قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا
    وَكَذَٰلِكَ الْيَوْمَ تُنسَىٰ

    “He will say, “My Lord, why have you raised me blind while I was [once] seeing?” [Allah] will say, “Thus did Our signs come to you, and you forgot them; and thus will you this Day be forgotten.” Surah Ta Ha, ayahs 125-126

    These ayahs are describing the desperate call of a blind person, who is not even asking for mercy yet. He is just asking why he was raised blind while he wasn’t that way in this world. But on that Day, he will not be shown mercy. He will be forgotten, just as he forgot the ayat. He will be ignored, just as he ignored those miraculous signs. Just as he said “Forget that!” it will be said, “Forget you!” Subhaanallah! May Allah protect us! Ameen!

    So the next time your heart calls out to you to remember Allah, even for a split second, cease the moment. Say that dhikr, read that ayah, read that translation, listen to that reminder. Because that is Allah’s call to you to save you from the distress of being blind. If we don’t have His ayat to guide us through this life, we will be blind. And chances are that its because of the decisions that we make without that ‘light’ is the reason why we will have a depressed life away from the remembrance of Allah. And as a result when this delusional life comes to an end, we will realize that we were in fact always blind.

    May Allah make us of those who constantly remember Him. Ameen!

  16. Jana says:
    February 8, 2018 at 10:28 pm

    وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ
    “އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ” ސޫރަތް ޠާހާ، 124

    މި އާޔަތުގައި އަޅުގަނޑު އެންމެ ޙައިރާންކުރުވާ ބަހަކަށް އޮތީ أَعْرَضَ މި ބަހެވެ. މި ބަސް ޢާއްމުގޮތެއްގައި ތަރުޖަމާވެގެން އަންނަނީ ފުރަގަސްދިނުމަށެވެ. އެހެނަސް އެއީ ހަމައެކަނި ފުރަގަސްދިނުމެއް ނޫނެވެ. އެއީ ޤަޞްދުގައި ފުރަގަސްދިނުމެވެ. ގަދަކަމުން އެއްޗަކާއި ދުރުވެގަތުމެވެ.

    މި ބަސް އަޅުގަނޑު އެހާ ޙައިރާންކުރުވަނީ ކީއްވެ ހެއްޔެވެ؟ އެއީ ﷲ އެ ބަސް ބޭނުންކުރައްވާފައިވަނީ އެކަލާނގެ ހަނދުމައިން ދުރުވާ މީހަކު ސިފަކުރެއްވުމަށެވެ. އެކަލާނގެ ހަނދުމައަކީ އަހަރުމެންގެ ހިތްތަކުގެ ފުން މިނުގައި ހަރުލާފައިވާ ހަނދުމައެއް ފަދައެވެ. އެއީ އެ ހަނދުމައިން ދުރުވާން އުނދަގޫވާފަދަ ހަނދުމައެއް ފަދައެވެ. މީހަކު ގަދަކަމުން އެ ހަނދުމައިން ދުރުވާން ޖެހޭނީ އެހެންވެތާއެވެ.

    ދެން އަހަރުމެން އަމިއްލަ ނަފްސާއި ސުވާލު ކޮށްލަމާ ހިނގާށެވެ. އަހަރުމެން ދުވަހަކުވެސް ﷲ މަތިން ހަނދުމަ ނުކުރަން ހެއްޔެވެ؟ އެކަލާނގެ އަހަރުމެންނާއިމެދު ކަންތައް މެދުވެރި ކުރައްވާ ގޮތާއިމެދު ނުވިސްނަން ހެއްޔެވެ؟ އެކަލާނގެ އަހަރުމެން ކުރާ ދުޢާތައް އަޑުއައްސަވައި އިޖާބާ ދެއްވާ ގޮތާއިމެދު ނުވިސްނަން ހެއްޔެވެ؟ ނިއުސް ފީޑުން ސްކްރޯލް ކޮށްފައި ދަނިކޮށް ފެނުނު ހަނދުމަކޮށްދިނުމަކާމެދު ތިބާއަށް ވިސްނާލެވުނު ދުވަހެއް ނާދޭހެއްޔެވެ؟ ﷲ އާއި އެކަލާނގެ އާޔަތްތަކާއިމެދު ތިބާއަށް ފުންކޮށް ވިސްނާލެވުނު އެ ވަގުތުކޮޅު ހަނދާނަށް ގެންނާށެވެ. އެވަގުތުކޮޅަށްފަހު ތިބާ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އެ ހަނދުމައިން ތިބާ ކަންތައްތަކާއިމެދު ވިސްނާ ގޮތަށް ބަދަލެއް އައުމަށް ތިބާ ފުރުޞަތު ދިނިން ހެއްޔެވެ؟ ތިބާގެ އުޅުމަށް އެއިން ހެޔޮ ބަދަލެއް އައުމުގެ ފުރުޞަތެއް ތިބާ ދިނިން ހެއްޔެވެ؟ އެހެންނޫނީ ތިބާ ހަމަ އެހެން ކޮންމެ ޕޯސްޓެއް ބަލާފައި ދާހެން ސްކްރޯލް ކޮށްލީ ހެއްޔެވެ؟ އެހެންނޫނީ އެއީ ޝައުޤުވެރި ވީޑިޔޯއެކޭ ބުނެ އެއަށްފަހު ތިބާ ބަލަމުންދިޔަ ސީރީސްއަށް އަނބުރާ ދަނީ ހެއްޔެވެ؟ އަހަރުމެންނަކީ އެންމެ ފަހުން މި ސިފަކުރެވުނު ބައިގެ ތެރެއިން ވާ ބަޔަކު ކަމަށްވާނަމަ އަހަރުމެންނަށްޓަކައި ވަނީ ބިރުވެރި ޙަޤީޤަތެކެވެ.

    މަތީގައި ބަޔާން ކުރެވުނު އާޔަތުގައިވާ ގޮތުން އެކަލާނގެ ހަނދުމައިން ދުރުވާ މީހަކަށް އޮތީ ހިތްދަތި ދިރިއުޅުމެކެވެ. އަދި އެ މީހަކު ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ އަނދިރި މީހެއްގެ ގޮތުގައެވެ. މި އާޔަތާއި ޖެހިގެން ހުރި އާޔަތްތަކުގައި ސިފަވެގެން ދަނީ އެމީހަކު ﷲ ގެ ޙަޟްރަތުގައި ދައްކާނެ ވާހަކަތަކެވެ.

    قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا
    قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا
    وَكَذَٰلِكَ الْيَوْمَ تُنسَىٰ

    ” އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّه ގެ رحمة ން محروم ކޮށްލެވޭނެތެވެ” ސޫރަތް ޠާހާ، 125-126

    މި އާޔަތްތަކުން ސިފަކުރެވިގެން ދަނީ އަނދިރި މީހެއްގެ އާދޭހެކެވެ. އޭނަ އެދެނީ ރަޙްމަތަކަށް ވެސް ނޫނެވެ. އޭނަ ކޮށްލަނީ ހަމައެކަނި ސުވާލެކެވެ. ދުނިޔޭގައި އޭނަ ފެންނަ މީހެއްކަމުގައި ވީ ހިނދު އެދުވަހު އޭނަ އަނދިރިވެފައިވީ ކީއްވެކަމުގެ ސުވާލެވެ. އެހެނަސް އެދުވަހުން އޭނައަށްޓަކައި އެއްވެސް ރަޙްމަތެއް ނުލެއްވޭނެއެވެ. އޭނަ ﷲ ގެ އާޔަތްތަކުގެ މަތިން ހަނދާން ނައްތާލި ފަދައިން އޭނަ މަތިން ހަނދާން ނައްތާލެވޭނެއެވެ. އެއާޔަތްތަކަށް “މިއީ ކޯޗެއްހެއްޔޭ” ބުނެލި ފަދައިން “އެއީ ކާކުހެއްޔޭ” އެދުވަހަކުން ބުނެލެވޭނެއެވެ. މާތް ﷲ އަޅަމެން ރައްކާތެރި ކުރައްވާށި. އާމީން!

    އެހެންކަމުން ﷲ ހަނދުމަކުރުމަށް ތިބާގެ ހިތް ތިބާއަށް ހަނދާން ކޮށްދޭ އެންމެ ފަޅި ސިކުންތުގެ ބޭނުންވެސް އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. އެ ޒިކުރު ކިޔާށެވެ. އެ އާޔަތް ކިޔަވާލާށެވެ. އެ ތަރުޖަމާކޮޅު ކިޔާލާށެވެ. އެ ހަނދުމަކޮށްދިނުން އަޑުއަހާށެވެ. އެހެނީ އެއީ ﷲ ތިބާ ހިތްދަތި، އަނދިރި ޙަޔާތަކުން ސަލާމަތްކުރެއްވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެކެވެ. އެކަލާނގެ އާޔަތްތަކުން އަހަރުމެންނަށް ލިބެންޖެހޭ ހިދާޔަތާއި ނުލައި އުޅުމަކީ އަހަރުމެން އަނދިރި މީހެއްގެ ގޮތުގައި އުޅުން ފަދަކަމެކެވެ. އަދި ﷲ ގެ ހަނދުމައިން ދުރުގައި އަހަރުމެންނަށް ހިތްދަތި އުޅުމެއް ކުރިމަތިވާ ސަބަބަކީ އެ ހިދާޔަތާއި ނުލާ ނިންމޭ ނިންމުންތައް ކަމަށްވުން ވެސް އެކަށީގެންވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި އޮޅުވާލަނިވި ދުނިޔެ ނިމުމަކަށް އައުމުން އަހަރުމެންވީ ކިހާ އަނދިރިވެފައިކަން އަހަރުމެންނަށް އެނގިގެންދެއެވެ.

    މާތް ﷲ އަޅަމެންނަކީ ގިނަގިނައިން އެކަލާނގެ މަތިން ހަނދުމަކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

Comments are closed.


All Right Reserved!