ލޯބިއެހެނަސް..7
ނަމަވެސް ކެތްތެރިކަމެއްނެތި އެތާތިބި އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޑޮކްޓަރުގެ ބަހަކަށެވެ. ދަންވަރުގަޑިން 2 ޖަހަންކައިރިވެފައިވޔަސް ނިދިލޮލަށް އަންނާނެހެއްޔެވެ؟ އަޔާޒަކީ އެންމެންގެ ލޮލުގެ ނޫރުފަދަ މީހެކެވެ. ޑޮކަޓަރެއް ނުކުތުމުން އެންމެން އެއްފަހަރާ ގޮސް ކައިރިވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު..އެކަމް” “އެކަމް ކިހިނެތްވީ؟” ކެތްތެރިކަންކޮޅުންލާ ހިސާބަށް ގޮސްފައިވުމުން ހަނާ އަހައިލިއެވެ.”އެކަމް ޕޭޝަންޓްގެ ހާލަތު ވަރަށް ދަށް… މީ އިޝާމް ދެއްތޯ..؟ އަޅުގަނޑާއެކު ވަޑައިގަންނަވާ.. ހިއްސާ ކޮށްލަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުރި..” ޑޮކްޓަރ އަރީފް ގެ ފަހަތުން އިޝާމް ހިނގައިގަތީ އެ ބުނަން އުޅޭ ވާހަކަތަށް އަޑުއަހަން ކެތްމަދުވެފައިވާލެއް ބޮޑުކަމުންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އޭނާގެ ފުރާނަޔާ ގުޅފައިވި އެ ދަރިފުޅުދެކެ އޭނާ ނުހަނުލޯބިވެއެވެ.އެއީ އޭނާގެ ލޯބީގެ ހުރިހަމައެކަނި ނިޝާނެވެ. އެދަރިއަކަށްޓަކައި އެތަށް ދަލެއް އޮހޮރުވި އެދެލޮލުގެ ނޫރުފަދަ ކުއްޖެކެވެ.
“އިށީންނަވާ..” ޑޮކްޓާރ އަރީފް އޭނާގެ ކެބިންއަށްވަދެ އިށީންނަމުން ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލިއެވެ. އިޝާމް އިށީންނަމުން ފުންނަޒަރަކުން އާރިފްގެ މޫނަށް ބަލާލިއެވެ. “ޑޮކްޓާރ އަޅުގަނޑުގެ ދަރިފުޅު ރަނގަޅުތޯ..؟” އާރިފްގެ މޫނަށް އަރައިފައިބަމުންދިޔަ ހާސްކަމުގެ ކުލަތަށް ފެނި ރަނގަޅަށްވެސް އިޝާމް ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. “މީ ވަރަށް ސީރިއަސް ކޭހެއް.. ހިތްވަރުކުރަން ވާނެ… ﷲމާތް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ..” އިޝާމްގެ ފެންކަޅިވަމުންދިޔަ ލޯފެނި އަރީފް ވާހަކަ ފެށީ ވަރަށް ދުރުންނެވެ. “އަޔާޒުގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ.. އަދި …… އަދި އަޔާޒުގެ ސިކުނޑީގައި ޓިއުމަރެއް އިން.. އެކްސިޑެންޓްގެ ސަބަބުން ލިބުނު ޝޮކްގަ އަޔާޒު ކޯމާއަކަށް ދިޔުން ގާތީ.. އަޔާޒުގެ ހިތުގެ ވިންދުވެސް ހުރީ ފުދޭވަރަކަށް ދަށުގަ.. އަޅުގަނޑުމެން މިދަނީ އިތުރު ޓެސްޓްތަށް ހަދަމުން.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ…ޓެސްޓްތަކުގެ ނަތީއްޖާ ލިބުނުހާ އަވަހަކަށް އަންގާލާނަން…” އެސްފިޔަޖަހާލަންވެސް ނޭނގިފައި އިން އިޝާމް އަށް އަރީފް ހިތްވަރުދެމުން އެކްސްރޭ ސިޓީއުރަ އަދި ރެޕޯޓްތަށް ދިއްކޮށްލިއެވެ. ރޮބޮޓެއްހެން އޭގައި ހިފަމުން އިޝާމް ކެބިން އިން ނުކުތް އިރު އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. ކައިރީގައި އިން ގޮނޑި ބަރީގައި އޭނާއަށް އިށީނދެވުނީ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. ފައިންވަރު ދޫވާހެން ހީވެގެންނެވެ. ސުވާލުގެ ނަޒަރުން ބަލަންތިބި އެންމެންނަށްވެސް ބަލައިލެވުނީ ދޭނެ ޖަވާބެއް ދުލުގައިނުވާ ހާލުއެވެ..
ބޮލަށް އެނބުރުން އަރާފައިވާކަހަލައެވެ. “ބޭބޭ….” އިޝާމްގެ ކައިރިއަށް އައިސް ބިންމަތީގައި ދެކަނކޫ ޖަހައި އިށީންނަމުން ރޮވިފައިވި ވޭނީ އަޑަކުން ރީމާ ގޮވާލިއެވެ. “ޕްލީސް ކީކޭ ޑޮކްޓަރ ބުނީ…އަޔާ ރަނގަޅުދޯ…؟ބުނެބަލަ ބޭބެ…އަޔާ ކިހިނެތްތަ…؟” ސުވާލުތަށް ފަތިފަށްޗަށް ކުރިނަމަވެސް ޖަވާބެއް ދޭނެހައި ހިތްވަރެއް އިޝާމްގެ ދުލުގައެއްނެތެވެ. އެހިނދު އެއަތުގައިވި ރެޕޯޓްތަށް ފެނި އަވަސް އަވަހަށް ރީމާ އެނަގައިގެން ބަލަންފެށިއެވެ. ހިނދުކޮޅެއްފަހުން އެހުރިހައި ލިޔުންތަކެއް ރީމާގެ އަތުން ދޫވެގެން ބީންމައްޗަށް ފައިބައިގަތެވެ. “ނޫން..އެހެނެއް ނުވާނެ…އަޔާ އަހަރުމެންކައިރިއަށް އަންނާނެ ވަރަށް އަވަހަށް..” އަނގަމަތީ އަތްއަޅައިލަމުން ރީމާ ދެއަތަށް ބޯހޫރަންފެށީ ބޯހާސްވެފައިވާ މޮޔައެއްފަދައިންނެވެ. އެ މަންޒރުބަލަންތިބި އެންމެންގެ ލޮލުންވެސް ކަރުނަފާޅުވިއެވެ. އަހުނަފް އެލިޔުންތަށް ބަލާލަމުން ހަނާއަށްދިނެވެ. ހަނާ އެބަލައިލުމުން ބޮލަށް އެނބުރުން އެރިކަހަލަގޮތެއްވިއެވެ.އަހުނަފަށް ހިފަހަށްޓާ ނުލެވުނެވުނުނަމަ ހަނާ ވެއްޓުނީހެވެ. އިޝާމަށް ހޭވެރިކަންވެ އަވަހަށް ކައިރީ އިން ރީމާނަގައި އަތުލަފިކޮށްގެން ގޮނޑީގައި ބޭންދިއެވެ.
އަހުނަފް ހަނާ ގޮވައިގެން ދުރަށް ޖެހިލީ މާވަރަށް ރޯވޭތީއެވެ. އަހުނަފަށް ކެތްނުކުރެވުމުން ހަނާ ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ. “ހަނާ….ބެންބެއަށް ހަނާ ރޯކަން އެނގިއްޖެއްޔާ ކިހައިދެރަވާނެ….ހަނާ ބޭނުންތަ ބެންބެ ދެރަވާން… ތިހެން ރޯނީ ކުޑަކުދިންނޭ…ބެންބެ އޯކޭވާނޭ އަދި… ބެންބެ އަދި އަންނާނެ ފިޓްވެގެން އައިމަވާނެއްނު ޕިއްޒާކާންދާން…” ކުޑަކުއްޖަކަށް ނަސޭހަތްދޭހެން އަހުނަފް ހަނާއާ ވާހަކަ ދެއްކިއެވެ. ހަނާ ސުވާލުގެ ނަޒަރަކުން އަހުނަފަށް ބަލާލިއެވެ. ” އަހުނަފް އަހަރެންދެކެ ވަރަށް ނަފްރަތު ކުރަމެއްނު…އަހަރެންދެކެ ތިހާ ފޫހިވާއިރު ކީއްވެ ތިހެން އަހަރެން ގާތްކުރަނީ…އަހަރެން ރީއްޗަށްވެސް އެއްޗެކޭ ބުނީމަ އަހުނަފް އަންނާނީ ރުޅި” ހަނާ ހުއްޓާލަމުން ޝަކުވާ ކުރަންފެށިއެވެ. އެއަށްދޭނެ ޖަވާބެއް އަހުނަފް އަތަކުނެތެވެ. “ދެންވެސް ޝަކުވާވިއްޔަ ތިކުރަނީ…” ހަނާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން އަހުނަފް ފަސް އެނބުރި ހިނގައިގަތީ ހަނާއާ ހަތަރުކަޅި ހަމަކުރަން އުނދަގޫ ވެގެންނެވެ.
ގަޑީގެ ކަށްޓަށް ހުއްޓުމެއްނެތި ގޮސް ފަތިހު 4.30ވާން ކައިރިވެއްޖެއެވެ. ވަރުބަލިކަން އެކަކަށްވެސް އިހުސާސެއް ނުކުރެވެއެވެ. ނަރުހެއް އައިސް ބުނެލީ އެންމެންގެ މޫނުމަތިން ހިނދުކޮޅަކަށް ހިނިތުންވުން ގެނުވި ވާހަކައެކެވެ. މިހާރު އަޔާޒުއޮތް ކޮޓަރިއަށްވަދެވޭނެކަމުގެ ވާހަކައެވެ. ފަހަރަކު މީހަކު އަޔާޒުގެ ކައިރިއަށް ޖެހިލައި އަޔާޒުގެ ހާލު ބެލިއެވެ. ބޮލުގައި ބެންޑޭޖެއް އޮޅައިފައިވިއެވެ. އަދި އަނގަޔަށް ހޮޅިގުޅައިފައިވުމުން ހާލުދެރަކަން އެނގއެވެ. އަޔާޒުގެ މޫނުމަތި އިވެފައިވީވަރުން ދެންމެ ދެންމެ ލޯ ހުޅުވައިލައިފައި އެއްޗެކޭ ބުނެލަން އުޅޭހެން ހީވެއެވެ.
ރީމާ ކައިރިވެލުމުން އެންމެން ނުކުތީ އޭނާއަށް ވަގުތުކޮޅެއް ދިނުމަށެވެ. އެ ލޯބި މޫނު ފެނުމުން ރީމާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ރީމާއަށް މަޑުމަޑުން ޝަކުވާކުރެވެމުންދިޔައެވެ… “ކީއްވެ އަޔާ…؟އަހަރެންވެސް ގޮވައިގެން ދައްޗޭ ދަމުން….އަޔާ ނެތިއްޔާ އަހަރެން ކިހިނެތް އުޅޭނީ…ތީ މިހާރު އަހަރެންގެ ފުރާނައިގެ އެއްބައި…އަހަރެންގެ ހިނިތުންވުން ވަނީ އަޔާއާ އެކު… އަހަރެންގެ ހިތްހަމަޖެހުންވަނީ އަޔާއާއެކު… އަޔާ ޕްލީސް އަހަންނާ ވަކިވެގެން ނުދައްޗޭ….. އޭރުން އަހަރެން ކިހިނެތް ހިނިތުންވެ ހިތްހަމަޖެހިގެން އުޅޭނީ…؟އަޔާ ލޯހުޅުވާލަބަލަ… އަހަރެން މހިރީ އަޔާ ކައރީގައޭ… އަހަރެން އަޔާއަށްޓަކައި ދުޢާކުރާނަން…އަޔާ އަހަރެންދޫކޮށް ނުދަށްޗޭ…” ރީމާ ހިތުގައިވި ހުރިހައި އެއްޗެއް ބޭރުކުރެވޭތޯ އުޅުނެވެ. ނަމަވެސް އަޔާޒަށް އަޑުއިވޭނެބާއެވެ. އެހިތުގައި ޖަހާވިންދު ބާރުވާނެބާއެވެ. ރީމާގެ އާދޭހުގެ އަޑު އިވުނުނަމަ އަޔާޒު އެހެން އޮންނާނެބާއެވެ.؟ ރީމާ އަޔާޒުގެ އަތުގައި ބޯޖަހައިގެން އޮށޯތެވެ………….
ރީމާއަށް ހޭވެރިކަންވީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. ދުޅަވެ ރަތްވެފައިވާ ލޮލުން އެއީ ކާކުތޯ ބަލާލިއެވެ. އިޝާމެވެ. “ގެއަށް ގޮސް ފްރެޝް ވެލައިގެން ސައިބޮއެ ރެސްޓްކޮށްގެން އަންނަންދާންވީނު ދަރިފުޅާ…!” އިޝާމް އެދުނެވެ. “ނޫން.. އަޅުގަނޑު ވަރުބައްޔެއް ނޫން..” ދާކަށް އެހިތެއް ނުރުހުނެވެ. އެ ހިތަށް ކޮށްފައިވާ އަސަރު އިޝާމަށް ރަނގަޅަށްވެސް ވިސްނެއެވެ. “އޯކޭ…ބަޓް..ޔޫ ހެވް ޓު ރެސްޓް ރީ،….. ޕްލީސް..ގޯ އެން ޓޭކް އެ ރެސްޓް…އެން ކަމްބެކް..އަމް ހިޔަރ.. އަހޫވެސް އުޅޭނެ..” އިޝާމް އެހެން ބުނުމުން ނިދިނަޔަސް ވަރުބަލިކަން އިހުސާސް ނުކުރެވުނަސް ބަނޑުހައި ނުވިޔަސް ރީމާ ބައްސައަހާ ކުއްޖެއްފަދައިން ނުކުމެގެން ހިނގައިގަތީ ގެއަށް ދިއުމަށްޓަކައެވެ. ހަނާއާ އަހުނަފް އިންތިޒާރުގައި ތިއްބެވެ. އަހުނަފް އެބައަންނަމޭ އިޝާމްކައިރިން ބުނެލަމުން ނުކުތީ އެދެމީހުން ގެއަށްލުމަށްޓަކައެވެ.
އެއްވެސް މީހަކާ އނގައިންވެސް ނުބުނެ ރީމާ ބުދެއްހެން ކުރިއަށްދިޔައެވެ. ހަނާއާ އަހުނަފް ތިބީ ރީމާގެ ފަހަތުގައެވެ. ކުއްލިއަކަށް ރީމާ ހުއްޓުނެވެ. ޕާކް ކޮށްފައި އޮތްކާރު ފެނުމުން މޫނުމައްޗަށް ވެރިވީ ދުވަހަކުވެސް އެ މޫނަށްވެރިވި ކުލައެއް ނޫނެވެ. ރުޅިއައިސް ރަތްވެގެން ހުރެ ބާރަކަށް ގޮސް ރީމާ އެކާރުގައި ފައިންނާ އަތުން ތަޅަންފެށިއެވެ. “ކޫ….” ހަނާ އާ އަހުނަފް ދުވެފައި އައިގޮތަށް ރީމާ ދުރުކުރަން މަސައްކަތް ކުރިއެވެ. ރީމާ ހީވަނީ މޮޔައެއް ހެންނެވެ. އެވީގޮތް އަހުނަފާ ހަނާއަށް އެނގޭކަށް މާގިނައިރެއް ނުވިއެވެ. އަހުނަފް ރީމާއަށް ވިސްނައިދެމުން ގެޔަށް ގެންދިޔައީ އަތުލަފިކޮށްގެންނެވެ. ރިމާ އިތުރުވާހަކައެއް ނުދެއްކިއެވެ. އަމިއްލައަށް ކޮންޓްރޯލް ކުރަން އުނދަގޫވީއެވެ. ދެން އޭނާވެސް އެކަމް ބަލާނެއެވެ. އަހުނަފްކައިރިން މައާފަށްވެސް އެދުނެވެ.
ރީމާ ކޮޓަރިއަށް ވަދެ ފެންވަރައިގެން މުސައްލަމަތީ އިނގެ ފަތިސް ނަމާދު ކުރިއެވެ. އަދި އެ ދެއަތް އުފުލައި ދުޢާކުރިއެވެ. *ލައްވާށިއެ ރަޙުމަތް…*ޔާރައްބި އަޅުގެ ލޮތްބަށް ދެއްވުން އެދެމޭ ޝިފާ….*އައްސަވާ އަޅުގެ އާދޭސް….*ދެއްވަވާންދޭ ހިތަށް…އުފާ…..*އެދެމޭ ރަޙުމަތް ލެއްވުން މިތުރާ…*ހިތްފަޅައިގެން ދާނެހެން ހީވެޔޭ…*ފޯވެ މިދެލޯވި ކަރުނުންނޭ…. *މާޔޫސްވާ ގޮތްވެޔޭ…*ވިސްނާލީމާ ޙާލާމެދުގައި…،*ދުނިޔެ ދޫކޮށްދާނެހެން ހީވެޔޭ…*ބާރު މިހަށީން ދާނެހެން ހީވެ ކެތްކުރެވޭނޭ ބާއޭ….. *ބޭނުންވަނީ ތިޙަޔާތާ…*އުފަލާ ދިރުން ލިބެން…..*އަނިޔާއެއް ތިހިތަށް ވާކަށް ނޭދޭނަން…*ހީވަނީ ހިތާމައިން މޭވެސް ފިހިގެންދާހެން…………ހުވަފެނެއްކަމުގައި…. ނަމާދުން ފޭބިގޮތަށް ރީމާ ޕްލޭކޮށްލި ލަވަ ނިއްވާލުމުން އެނދުމަތީ އޮތް ރީމާ ބަލާލިއެވެ. ހަނާގެ ހިތަށް ކެތްނުވީ ރީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފެނުމުންނެވެ. “ކޫ.. ހިނގާ ސައިބޯން.. ކޫ އާ އެއްކޮށް ސައިބޯންވެގެން މިއައީ..” އެނދުމަތީގައި ތަބަށް ބަހައްޓަމުން ހަނާ ބުނެލިއެވެ. ފޯނުނަގައި ކައިރީގައި ހުރި މޭޒުމަތީ ބާއްވަމުން ހަނާ ރީމާގެ މަގަތުގައި އިށީނެވެ. “ކޫ ބަނޑުހައެއް ނޫން….” “ކީއްވެ..؟ ޕްލީސް އަޅެ.. ކުޑައެތިކޮޅެއް ކާލަން.. ތެދުވެބާ…؟” ހަނާ ތުންދަމާލުމުން ރީމާ ތެދުވެ ކޮފީތަށި ނެގިއެވެ. އަދި ކުޅިމަސް ކޮޅެއް ރޮއްޓާއެއްކޮށް ކާލިއެވެ. މިތަންބަލަން އިން ހަނާ ހިނިތުންވެލަމުން ސައިބޯން ފެށިއެވެ. ކައިކައި އިން ރީމާ ހުއްޓުން އެރީ އަޔާޒުގެ ހަނދާންތަށް އެހިތުގައި ވަށާލުމުންނެވެ. އަރުތެރެ ބެދުނު ކަހަލަ އިހުސާސެއް ކުރުވިއެވެ. ކައިރިން އަޔާޒު ގޮވާލިހެން ހީވެ ހޯދާލެވުނެވެ. “ކޫ…” ހަނާ ހައިރާންވެ ރީމާގެ ކޮނޑުގައި ހިފައިލިއެވެ. ރީމާ ބޯހޫރާލަމުން ފެންތަށި ބޯލިއެވެ.”ނިންމާލީ….؟؟” ހަނާ ސުވާލުކުރިޔަސް ރީމާއަކަށް ދެން ނުކެވޭނެއެވެ. ރީމާ ފާހާނަޔަށްވަދެ މޫނު ދޮވެ ހެދުންބަދަލުކޮށްގެން އަވަސް އަރުވާލީ ހޮސްޕިޓަލަށް ދިޔުމަށެވެ.
އަޔާޒު ދެކިލަން ހިތްއެދޭވަރުން ރީމާ ދާން ބޭނުންވިއެވެ. ހަނާވެސް ދާނަމޭ ބުނެލުމުން ރިމާ ކައުޗުގައި ޖައްސާލިއެވެ. އިރުކޮޅެއްފަހުން ހަނާ ނުކުމެ ފާތުމައަށް ގޮވާލަމުން ދަނީއޭ ބުނެ ރީމާއާއެއްކޮށް ނުކުތެވެ. ބާރުހިނގުމެއްގައި ގޮސް ހޮސްޕިޓަލަށް ވަނެވެ. އޭރު އަޔާޒުގެ ކޮޓަރީގެ ކުރިމަތީއިން ގޮނޑިބަރީގައި އަހުނަފް އިނެވެ. “ހާދަ އަވަހަކަށް..ރެސްޓު ކޮށްލިންތަ ރަނގަޅަށް…” ހަނާއާ ރީމާ އައިލއެއް އަވަސް ކަމުން އަހުނަފް އަހާލިއެވެ. ރީމާގެ ފަހަތުގައިހުރެފައި ހަނާ އަހުނަފަށް އިޝާރާތް ކޮށްލީ އެހެން ނުބުނުމަށެވެ. އަޔާޒު ކައިރީ އިން އިޝާމް ބަލައިލީ ދޮރުން އެތެރެއަށް ވަން ރީމާއަށެވެ. ރީމާގެ މޫނުމަތިން ވަރުބަލިކަން ރަނގަޅަށްވެސް ފެންނަން ހުއްޓެވެ. ނަމަވެސް ރީމާ އެއައީއެވެ. ލޯބިވާ އެޙާލުގައި އޮއްވައި ހަމަޖެހިގެން ގޭގައި ހުރެވޭނީ ކާކަށްހެއްޔެވެ؟ “ރީ….” އިޝާމްގެ ވާހަކަދެއްކިއެވެ. ކުލަމަރުވެފައިވި އެމޫނުން އެއްވެސް އިހުސާސެއް ފާޅެއް ނުވެއެވެ. އިޝާމް ގެ ފެންކަޅި ލޮލަށްބަލަމުން ރީމާ އިށީނީ ކައިރީގައި ހުރި ގޮނޑީގައެވެ.
ފޯނެއް އައުމުން އިޝާމް ނުކުތީ ބޭރަށެވެ. ކަރުނަ ހިފަހައްޓައިގެން އިންނަމަވެސް ރީމާގެ ހިތްވަނީ ރޯލަ ރޯލައެވެ. ﷲމާތް އަށް އާދޭސް ކުރެވޭޙާލު ރީމާ އަޔާޒުގެ މޫނަށް ބަލާލިއެވެ. އަދި އަޔާޒުގެ ފިނިވެފައި އޮތް އަތުގައި ހިފާލިއެވެ. ހިތާހިތުން ވެސް އަޔާޒުގެ ލޮތްބަށް އެދެވުނެވެ. އެ ހިނިތުންވުން ފެނުމަށް ހިތާ ހިތުން އެދެވުނެވެ. އެ ތައުރީފުގެ އަޑު އަހާހިތްވިއެވެ. …………. *މިހިތް އެދޭ ގޮތް ނުވަނީ… އެކީއްވެގެންބާއޭ….*އުފާމަގޭ މިހިތަށް ދެން ލިބުން ނެތީބާއޭ….؟*މަގޭ މިހިތުގަ އަޅާވޭން ބުނަންމިހިތް އެދެޔޭ… މިހިތުގެ މާޒީ ހަނދާނުން ފިލައިގެނެއް ނުދެޔޭ…*ކަލާގެ ލޮތްބާއަޅާލުން ލިބުން މިހިތް އެދެޔޭ….*ފުރާނަޔާ ގުޅިފައިވާ ފަރާތަކީ ތިޔައޭ…*ފިސާރި ލޯބިން އެކީގާ އުޅެން މިހިތް އެދެޔޭ……………މިއީ ރީމާގެ ހިތުގެ ގޮވުންތަކެވެ. ހަގީގަތުގައިވެސް އަޔާޒަށް ކަމެއްވުމުން ރީމާގެ އުފާވެރި ދުނިޔެ ނިމުމަކަށް އައިސްފައިވާހެން އޭނާއަށް ހީވިއެވެ. މިދުނިޔެއިން ދެން އޭނދެކެ އެހައި ލޯބވާނޭ ފަރާތެއް ލިބޭނެ ހެއްޔެވެ؟…………………………………………
12 Comments!
Comments are closed.
Wow
Vrh vrh reethi
Avahah up kohdhehchey
Mi part vx very nice ingey ??… Waiting for next part ??
Wow v reethi.. Varah avahah up kohdhehchey…. I love it❤❤❤❤❤
Wow v reeti i love this story?
Thanks all❤️
vvv rythi n i luv it
Yes.trying?
Sorry I told u r foni, Actually I was angry u not msg d to my comment but now I saw u repled that
Hehe jeyz?
Please avahah up kohdheebaa
?Kon irakun next part
On the way. Icy… thoo pend kohlaigen huree check nukoh.. up nuvegen balaali iru asthaa adhives draft ga pend nukurevi inee.. sorry guys ?
ވަރަށް ރީތި … އަޔާ މަރާނުލައްޗޭ… އަނެއްބައި އަވަހައް އަޕޮ ކުއްލަދީ