ނިދިނިދި އޮތް ރީމަށް ލޯ ހުޅުވާލެވުނީ ވަރަށް ބޯކޮށް ވާރޭ ވެހޭ އަޑަށެވެ. ރީމް އޮތީ އެނދާ ދިމާލުން ވާގޮތަށް ތިރީގައި ގޮދަޑިއެއް އަޅައިންގެނެވެ. ލިޔަމް އާއި ޝިޔާމް ނިދަން އޮތީ އެ ރޫމްގައި ހުރި ކުއީން ސައިޒް އެނދުގައެވެ. ލޯ ހުޅުވާލުމަށް ފަހު ރީމް ފުރަތަމަ ވެސް ބަލައިލީ ނިދާފައި ތިބި ދެކުދިންނަށެވެ. އެއަށް ފަހު ކައިރީގައި އޮތް ފޯނު ނަގާ ބަލައިލީ ގަޑި ބަލައިލުމުގެ ނިޔަތުގައެވެ. އޭރު އަމީލުގެ ތިން މިސް ކޯލް ފެނި […]
ޔޫލީގެ ދެއަތް ބޭއިހްތިޔާރުގައި އުފުލި، މާންގެ ފުޅާ ކޮނޑުގައި ވަށާލެވުނެވެ. އޭނާގެ އެ ހަރަކާތުގައިވީ މަސްތުކަމުގެ ސަބަބުން އޭނާގެ ވިސްނުން އޮޅުންބޮޅުން ވެފައިވީވަރު ހާމަވެއެވެ. އެވަގުތު ދެމީހުންނަށްވެސް މުޅި ދުނިޔެ އެކީ ހުއްޓުނުފަދަ އިހުސާސެއްވިއެވެ. މާން މަޑުމަޑުން މޫނު ދުރުކޮށްލާ ޔޫލީގެ ލޮލަށް ބަލާލީ އޭނާއަށް ޔޫލީއާއި ގާތްވުމަށް އިޒުނަދޭށޭ ބުނާ ފަދަ ނަޒަރަކުންނެވެ. ޔޫލީގެ ލޮލުގައިވި މަސްތީ އަސަރާއި އެ ލޯ މަޑުމަޑުން މަރާލުމުން އެއީ ދައުވަތެއްކަމުގައި މާންއަށް ފުދުނެވެ. ‘ވައި ޑޫ އައި ފީލް […]
ދެ އަހަރު ފަސް…. ފުޓުބޯޅަ ދުނިޔޭގެ އެންމެ ބޮޑު ހަފުލާ ކަމަށްވާ، ފީފާ ބެސްޓް އެވޯރޑްސް ، އޮތީ ރާއްޖޭގެ ރިސޯރޓެއްގައެވެ. ރާއްޖޭ ގަޑިން ހަތްގަޑި ބައިން ފެށިގެން މެހެމާނުން ހާޒިރު ވަމުން ދިޔައެވެ. ނޫސްވެރިންނާއި، ފޮޓޯ ގުރާފަރުން، ރަތްދޫލަ މަތީގައި އެމީހުންގެ، ވާޖިބު އަދާކުރަމުން ދިޔައެވެ. މިހާރުގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުރީގެ ކުޅުންތެރިންގެ އިތުރަށް ދަޢުވަތު ދެވިގެން އަންނަ މެހެމާނުން އަންނަމުން ދިޔައެވެ. ރަތް ކުލައިގެ ވިދުންގަދަ ހެދުމަކާއި އެކުލައިގެ ޝޯލެއް އަޅައިގެން ހުރި […]
“އަހަރެން މިކަން ކުރާނަން… އެކަމަކު… ބޮސްގެ ވައުދު ހަނދާން ކުރާތި. އަހަރެންގެ އާއިލާ ބަލާތި…” ޒާވިލް އެހެން ބުނުމުން ‘ހޫމް’ ލައްވާލާފައި ބޮސް ފޯނު ބޭއްވިއެވެ. ޒާވިލް އިސްޖަހާލިއެވެ. އޭނާގެ ދިރިއުޅުން މި ހަލާކުވީ ނައުރީންއަށް އޭނާ ބޭވަފާތެރި ވެވުމުންނެވެ. މިކަމުން ސަލާމަތް ވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދުރުގައި ތިބި އޭނާގެ އާއިލާއަށް ބަލައިލީ އިރު އޭނާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. (78 ވަނަ ބައި) ދެލޯ ފުހެލަމުން ޒާވިލް […]
ހިތް ދިނީ އެކުގައި އުޅެން ލޯބިވީތީއޭ ހިތް އަލުން ދޭކަށް ނެތީމޭ ލޯބިވީތީއޭ އުމުރަށް ދިނަސް ވަސްއުކާ ޔާރު ދުވާނީ އުމުރުން ދާނީ ވަގުތޭ މިތާ ބޭކަރުވީއޭ ބަހަކުން ބަހެއް އިވި ދޭހޭ ވަފާތެރިކަންމަތީ ތެދު ތަދު ނުވާމީ އަނދިރީ ޒަމާނާއޭ ވަކިވުމުން މީ ކިހާދެން ވޭނީ އަސަރެއްހޭ ވަކިވިރޭ މިހިތަށް ލިބުން ތެދޭ ޒަޙަމުގައޭ ދޫނި އުދުހޭނޭ އުޙުރަވީ މީ ހަޔާތޭ ދޫނި ދަތުރު ކުރެއޭ ފޮނިބޮމުން އާއޭ ވަޢުދު ފުއްދޭނީ އަޙުދު ލޯބިން […]
ޔަޝްމީގެ ބޭބެގެ ފޯނު ކޯލަށްފަހު އަފްލާޒްގެ ލޮލުން ނިދި ފިލައިގެންދިޔައެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތްއިރު ހިތުގައި އެކި ކަހަލަ ޚިޔާލުތައް އެނބުރެމުންދިޔައެވެ. ޔަޝްމީގެ ބޭބެއަކީ ކާކުކަމާއި، އޭނާ އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަމެއް އަފްލާޒްއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ ހުރީ ކޮންމެ ފަދަ ހާލަތަކާވެސް ކުރިމަތިލާން ތައްޔާރަށެވެ. ޔަޝްމީ ދެކެ އޭނާ ވާ ލޯބި ގުރުބާންކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު 7:30 ގައި އަފްލާޒް ގޮސް ހުރީ […]
މާލޭގެ ހަނި، ކުދި މަގުތަކުގެ މަތިން އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތި ވަނީ ރަން ރީނދޫ ކުލައަކުން ފެވުމަށްފަހު، މަޑުމަޑުން ކަޅު އަނދިރި ސާލެއް ފަތުރަން ފަށާފައެވެ. އުމުރުން އެންމެ 22 އަހަރުގެ ޝައުހާ އިނީ އޭނާގެ ކުޑަކުޑަ ކޮޓަރީގެ ބާގަނޑެއް ފަދަ ކުޑަދޮރު ކައިރީގައި، ބޭރު ބަލާށެވެ. ބޭރުން އިވެމުންދިޔަ ސައިކަލުތަކުގެ ބާރު އަޑާއި، ބޮޑެތި ބާޒާރުމަތީގެ ހަލަބޮލި ހަޅޭކުގެ އަޑުތަކުން އޭނާގެ ބޯގޮވާ ވަރުވެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އެއަށްވުރެ ފުން، […]
ފޯނުން ވާހަކަދެއްކީ ފިރިހެންވަންތަ އަޑެކެވެ. ހައިބަތުބޮޑު އިންޒާރުވެރި އަޑެއް އޭނާގެވެއެވެ. އެއީ ޖޫނާ މަސައްކަތް ކޮށްދޭ މީހާއެވެ. އޮފީހުގެ ބޮޑެތި ނިންމުންތައް ނިންމާ މީހާއެވެ. އޭނާ ގުޅަންވީ ސަބަބެއް ޖޫނާއަކަށް ނުވިސްނުނެވެ. “މާދަން އަށެއްޖަހާއިރު ފެރީ ގިމަތައަށް ދަނގެތި އޮފީހުގެ ތަހުގީގީ މީހުން ބަލައި ދާއިރު، މެހުމާންދާރީގެ ކަންކަން ކުރުމަށް މި ގުޅީ.” ވަދީލު ގުޅައިގެންހުރެ ވާހަކަ ދެއްކިއެވެ. “ލައްބަ. އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް އެކަން ވޭތޯ ބަލާނަން.” ޖޫނާ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. އިތުރު […]
ކޮލެޖުގެ ބޮޑު ގޯތިތެރޭގައި ހުރި ބެންޗެއްގައި އަފްލާޒް އާއި ޔަޝްމީ އިށީނދެލައިގެން ތިއްބެވެ. އެމީހުންގެ ވަށައިގެން ފިނިރޯޅިއެއް އެނބުރެމުންދިޔައިރު، ދެމީހުންގެ ދެމެދުގައި ވަނީ ބަރު ހަމަހިމޭންކަމެކެވެ. އަފްލާޒް އޭނާގެ ދެއަތް ދެއަތާ ޖައްސާލައިގެން އިނދެ، ހިތްވަރު އެއްކުރަމުން ދިޔައެވެ. މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ފަހު ފުރުސަތު ކަމުގައި އޭނާގެ ހިތް ބުނަމުންދިޔައެވެ. “ޔަޝްމީ…” އަފްލާޒް ޔަޝްމީގެ މޫނަށް ބަލައިލިއެވެ. “މިއަދު ހެނދުނު ޔައިޝް ދެއްކި ވާހަކަތަކުން ޔަޝްމީއަށް ވަރަށް އުނދަގޫވިކަން އަހަރެންނަށް އެނގޭ. އެކަމަކު… […]