އާދުވަހަކަށް އިރުއެރީ ބޯގަންވިލާ އާއިލާއަށް ހިތާމަވެރި ކަމުގެ ބޮޑު ކޮޅިގަނޑެއް ކުރިމަތިކުރުވަމުންނެވެ. ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވީއެވެ. ހެނދުނުގެ ނާސްތާއަށް އެންމެން ސުފުރާމަތިން ބައްދަލު ކުރިއިރު ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ ވަރަށް ހިތްވަރާއެކު މޫނުމައްޗަށް ހިނިތުންވުމެއް ގެނުވޭތޯއެވެ. އެކަކު އަނެކަކަށްޓަކައެވެ. އެއާއިލާގެ އެއްވެސް މީހަކީ އެހާ ފަސޭހައިން ހިތްވަރު އެލުވާލާނެ މީހެއް ނޫނެވެ. ހިމޭން ކަމާއެކު ސަޔަށް އިންސާފު ކުރަމުން ދިޔައިރު އެހެން ދުވަސް ދުވަހު އޮންނަ ކަހަލަ އުފާވެރިކަމާއި އެކަކު އަނެކަކަށް ޖަހާ […]
ފަތިހުގެ ވަގުތަށް ވުމުން ދުންފިނީގެ އަސަރު މާހައުލުގައި ހިފާފައި ހުރިއެވެ. ކުދި ވިނަގަސްތަކުގެ ފަތްތަކުގައި ފިނި ހިފާފައި ހުރިއިރު ޝަބްނަމްގެ ތިކިތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. ރަށުތެރެ އަމާން ވެފައި ހިތްފަސޭހައެވެ. މީހެއްގެ ހިލަމެއް ނުވި ކަމުގައި ވިޔަސް ކާޅާއި ކޮވެލި އެއް ރާގަކަށް ގޮވަމުން ދާއަޑު އިވެއެވެ. ފަތިސް ވެއްޖެ ކަމަށް ހާ ތަކުގެ ރިވެތި އަޑުން އިއުލާނު ކުރަމުން ދެއެވެ. ދުރުދުރުން ކުދި ދޫނި ސޫފިތަކުގެ އަޑު އިވެއެވެ. ހިތްގައިމު މާހައުލެކެވެ. ޤުދުރަތީ މަންޒަރު […]
މާމަ ހޮސްޕިޓަލުން ދޫކޮށްލީ އެދުވަހު ހެނދުނު 10 ޖަހާބޮޑުވިފަހުންނެވެ. މާމަ ގާތު އަރާމް ކުރުމަށް ބުނެފައި އޮތުމުން ޔާވިން އާއި މައުރާ އަދި ރާޔާ ތިބީ މާމަ އަރާމް ކުރޭތޯ ބެލުމާ ހަވާލުވެގެންނެވެ. ތިން މީހުން މާމަގެ ކޮޓަރީގައި ތަޅުންގަނޑުމަތީ ކުނަލެއް އަޅައިގެން ކެރަމް ކުޅެން ތިއްބެވެ. އޭރު މަންމަމެން މުރަނގަ ފަތް ފިލުވުމުގައި އުޅުނެވެ. އެ އާއިލާ އަކީ ކޮންމެ ކަމެއް ކުރިކަމުގައި ވިއަސް ވަރަށް ގުޅިގެން އުޅޭ އާއިލާއެކެވެ. ބޮޑެތި ކެއުންތައް ކެއްކުމާއި އީދަށް […]
ބާރު އަޑުފައްގަނޑަކާއެކު މީހެއްގެ ހަޅޭކުގެ އަޑު އިވުނީ މާމަމެން އުޅޭ ބައިންނެވެ. ޔަލްވީ އާއި ލިއަމް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ގޭތެރެއަށް ދުއްވައިގަތެވެ. އޭރު އަޒާން ވެސް އައިސް ގޭތެރެއަށް ވަންނަނީއެވެ. ގޭތެރެއަށް ވަތް ޔަލްވީ މާމައަށް ގޮވަމުން ހަޅޭއްލަވައިގަތެވެ. މާމަ އޮތީ ތަޅުންގަނޑުމަތީގައި ހަބަރު ހުސްވެފައެވެ. ފޮތްހަރު އޮތީ މާމަގެ ފައިމައްޗަށް ވެއްޓިފައެވެ. ކައިރީގައި މާމަ ގެންގުޅޭ ކާށިތެޔޮފުޅި ތަޅައިގެންގޮސް ތެޔޮތައް މުޅިތަނަށް އެޅި ބިއްލޫރިކޮޅުތައް ބުރައިގެން ގޮސްފައި ހުއްޓެވެ. ލިއަމް އަވަސްވެގަތީ ފޮތްހަރު […]
”މަންމާ…. ބައްޕާ މީ އަހަރެން އިންނަން އުޅޭ ކުއްޖާ….މެހެކް“ ޔުވާންގެ ޖުމްލައިން އެންމެ ބޮޑު ސިހުމެއް ލިބުނީ ލިއަމް އާއި ޔަލްވީއަށެވެ. ”ވަޓް؟؟ ދޮންބޭ!!“ އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރި އިރު ޔަލްވީއާއި ލިއަމްގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ. ”ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ… މަންމަމެން އަބަދުވެސް އިންތިޒާރު ކުރަމުން އައީ ދަރިފުޅު މަންމައަށް ޅީދަރިއަކު ހޯދައިދޭނެ ދުވަހަކަށް“ ރާމިޒާ ހުރީ އުފަލުން ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ. ރާމިޒާ އާއި ފިރިމީހާ […]
ޔަލްވީގޮސް ގޭތެރެއަށް ވަތްއިރު ކާފަ އިނީ ޤުރުއާން ކިޔަވާށެވެ. މެންދުރު ނަމާދަށް ދިއުމުގެ ކުރިން ކާފަގެ އާދައެކެވެ. މާމަ އިނީ ފަން ވިންނާށެވެ. މާމަގެ ދާދި ގާތުގައި ހެވިފައި އެއިނީ ލިއަމް ނޫން ދެވަނަ މީހެއް ނޫނެވެ. ޔަލްވީ ގޮސް ވަނުމާއެކު ލިއަމް އިސް އުފުލާ ބަލާލިއެވެ. އެހިނދު ޔަލްވީއާއި ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޔަލްވީ އަވަސް އަވަހަށް ލިއަމްގެ މޫނުން ނަޒަރު ވަކި ކޮއްލަމުން މާމަ ކައިރީ އިން ކުޑަ ގޮނޑީގައި އިށީނެވެ. ”އަނހާ […]
ފަތިސް ނަމާދުގެ ބަންގީގެ އަޑާއި އެކުވެގެން އާޔަތުގެ ފޯނުގެ އެލާމްގެ އަޑު މުޅިކޮޓަރި ތެރޭގައި ހިފާލާފައި ހުއްޓެވެ. ކަންނެތް ގޮތަކަށް ދެފަރާތަށް ފުރޮޅިލަމުން ތެދުވެ މޯޅިއަކަށް ދެމިލާފައި އާފުރެމުން ކޮޓަރިން ނުކުމެ މިސްރާބުޖެހީ ޔަލްވީގެ ކޮޓަރިއާ ދިމާއަށެވެ. އާޔަތު ގޮސް ޔަލްވީގެ ކޮޓަރިއަށް ވަތްއިރު ޔަލްވީ އޮތީ ގަދަނިދީގައެވެ. އާޔަތު ޔަލްވީއަށް ގޮވުމުން ތެދުވެގެން ގޮސް ފާހަނާއަށް ވަނެވެ. ދެން ގޮސް މަހީރް ނަގާ ތެދުކޮށްފައި ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. ސިޓިން ރޫމަށް ނުކުތްއިރު ޔަލްވީ […]
ނުނިދިގެން އެނދުގެ ދެފަރާތައް ފުރޮޅި ފުރޮޅި އޮތް ޔަލްވީ އިރުއިރު ކޮޅާ ފޯނު ނަގާ ބަލާލައެވެ. ފަހަކަށް އައިސް ޔަލްވީގެ ހާލަކީ އެއީއެވެ. މުޅި ރޭ ހޭދަވެގެން ދަނީ ވިސްނާ ފިކުރު ކުރުމުގައެވެ. ހަމަހިމޭން ކަމާއެކު ލޮލު ފިޔަ ޖަހާލާ އެންމެ ރެއެއް ވެސް ނާދެއެވެ. ޔަލްވީއަށް ކުރިމަތިވި ހާދިސާ ހިނގިތާ މިއަދަށް މީ ހަފްތާއެއްވީއެވެ. ރޭގަނޑުގެ އަރާމު ނިންޖުން މަހްރޫމްވެ ޔަލްވީގެ ހިތުގެ ހަމަޖެހުން ނަގާލާފައި ވަނީ އެހާދިސާގެ ސަބަބަކުންނެއް ނޫނެވެ. އޭގެ އެންމެ ބޮޑު […]
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މުސައްލަ މަތީގައި ނިދިޖެހިފައި އިން ލިއަމް ލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. ތަހައްޖުދް ނަމާދު ކޮއްލައިގެން ޒިކުރު ކުރަން އިންދާ ނިދި ޖެހުނީއެވެ. މުޅި ރޭ ނުނިދާ ހުރުމުގެ ސަބަބުން ނިދި ޖެހުނީއެވެ. ބޮލުތެރޭގައި ހިނގަމުންދާ ހާސްކަމާއި ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމުން ހިތަށް ހަމަ ޖެހުމެއް ލިބޭތޯ ލިއަމް ނަމާދު ކުރިއެވެ. އަދި ޔަލްވީ ހެޔޮ ޙާލުގައި ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ޔަލްވީ އާއި ދޭތެރޭ ބެހެއްޓޭ ގާތް […]