ޖެހިލުންވެ ހުރެވެސް އަހަރެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޔޫސުފް ޖަލީލްއާއި ގާތަށް ނެގީމެވެ. ވާންއުޅޭ ބަފައިބެގެ ބަހަށް ބޯލެނބީމެވެ. ކުރިއަށް އޮތްތާ މިކަހަލަ ކިތަންމެ ފަހަރަކު ޔޫސުފް ޖަލީލްގެ ކުރިމައްޗަށް އަންނަން ޖެހޭނެކަން ދެނެގަތީމެވެ. ******** ޔޫސުފް ޖަލީލްއާއި ދެ ފޫޓެއްވަރުގެ ދުރުގައި އަހަރެން ހުއްޓިލީމެވެ. ޖެހިލުންވެ ހުރެވެސް ލުއި ހިނިތުންވުމެއް ދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ހީކުރިހާ ފަސޭހަ ކަމަކަށް އެކަން ނުވިއެވެ. ” ކިހިނެތް ހާލު…….؟” ޔޫސުފް ޖަލީލްގެ ބަރު އަޑު އަހަރެންގެ ކަންފަތުގައި […]
” ބުނީމޭނުން ދެން ދިޔަކަ ނުދޭނަމޭ…. ހަނދާން ނެތުނީތަ؟ ހަނދާން ކޮށްދެންތަ ތިއީ ހަމައެކަނި އަހަރެންގެ މީހެއްކަން….؟” އަހަރެން ހީލަމުން ޒާނާގެ ކޮނޑުމަތިން މޫނާއި މޫނު ގާތް ކޮށްލީމެވެ. ރަކިވެގެން ޒާނާ އިސްޖަހައިލިއެވެ. ދެން އަހަރެންގެ ހިތް ހިފެހެއްޓުން އަދި އޭގެ މަޤާމުގައި ބޭއްވުންވެސް ވީ އުނދަގު ކަމަކަށެވެ. އެއްއަތުން ޒާނާގެ މޫނުގައި ހިފައި އެއްފަރާތަކަށް އަނބުރައިލަމުން ޒާނާގެ ބަނޑުގައިހިފައި އަހަރެންގެ މޭގައި ޖައްސައިލީމެވެ. އެއާއިއެކު ހިތަށް އޮބި ނޯވެގެން އެ ތުންފަތުގައި ބޮސްދެވުނެވެ. އެ ރޭގެ […]
ހަށިގަނޑު ތެދުކޮށްލަމުން އަހަރެން އަނގޮޓި ލައިފައިވާ މަޙުމާކުޑަ ކުޑަފޮށި ޖީބުން ނެގީމެވެ. އެ ފޮށި ހުޅުވައިލަމުން ޒާނާގެ މޫނާއި އެއްހަމައަށް ގާތް ކޮށްލައި ދައްކައިލީމެވެ. އެ ހިނދު ފޮށީގެ މެދުގައި އިން ޖަވާހިރުލީ ރިހި އަނގޮޓި ހަނދުވަރުގެ އަލީގައި ވިދައި ބަބުޅައިގަތެވެ. އެއާއިއެކު ޒާނާގެ ދެލޯ ބޮޑުވެގެން އައެވެ ***** އިތުރު ބަހެއް އަހަރެން ބުނުމަކާއި ނުލައި އަހަރެންގެ އެދުން ޒާނާ ދެނެގަތެވެ. އެ ދެލޮލުގައިވީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކުގެ ތެރެއިންވެސް ޒާނާގެ ތުންފަތުގައި […]
” މަންމަ ނިދައި ދާނެ މިހާރު….” ނަވީން ދޮރުކަނީގައި ދެއަތް ވިދެލަމުން އަހަރެންނާއި ދިމާއަށް ގުދުވެލަމުން ބުނެލިއެވެ. ” އެކަމަކުވެސް ހެޔޮ……” އަހަރެން މަޑުމަޑުން ނަވީންގެ މޭގައި އަތް އަޅައި ދޮރުން ބޭރަށް ކޮށްޕައިލަމުން ބުނީމެވެ. ” އޯކޭ އޯކޭ…..” ބަލި ގަބޫލު ކުރާފަދަ ހިނިތުންވުމެއް ދެމުން ނަވީން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. ******** ********** ޗެޕްޓާ 16 ނަވީން ހަވީރުގެ ހިތްގައިމު ވަގުތު ދުނިޔެ މައްޗަށް ދީފައިވާ އިރުގެ ޗާލު ރަން […]
“އެއީ ކޮން ގޮތެއް….؟” އަހަރެން ދެބުމަ ކައިރިކޮށްލަމުން ސުވާލު އުފެދިފައި އަހައިލީމެވެ. ޔޫސުފް ޖަލީލްފަދަ ބޭފުޅެއްގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯކޮށްލެވުނު ހަމައެކަނި އަންހެންކުއްޖާއާއި ބެހޭ ގޮތުން އަހަރެން ނޫން ކޮންމެ މީހެއްވެސް އެނގެން ބޭނުންވާނެއެވެ. އަދި އަމުދުން އަހަރެންނާއި އެ އަންހެން ކުއްޖާގެ އެއްގޮތް ކަމެއް ހުރިކަން އެނގުނީމައި އިތުރަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ނަވީން ކުޑަކޮށް ހީލަމުން އަހަރެންގެ މޫނަށް ގޯނާ ކުރަމުން ދިޔަ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަ ދިނެވެ…. ******* […]
ނަވީން އަހަރެންދެކެ ވީ ލޯބި އެ ބައްޕަގެ ދުލުން ފާޅުކޮށްލި ކަމުގައި ވިޔަސް ޔޫސުފް ޖަލީލްގެ އެ މާނަފުން ބަސްތައް އަހަރެންގެ ކަންފަތުން ފިލައިގެން ނުދިޔައެވެ. ******* ” ޒާނާ….. އަހަރެން އެއްވެސް ހާލެއްގައި ޒާނާއަށް ކަންކަން ސިއްރު ކުރުމުގެ ނިޔަތަކު ނޫން ނުބުނެ ހުރީއެއް… ރަނގަޅު ވަގުތެއް ބަލާފަ ބުނަން ހުރީ….” ނަވީން މަޑުމަޑުން ބުނެލިއެވެ. ނަވީން ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހަމަ އެ އިން ގޮތަށް ނަވީންގެ ކޮނޑުގައި ބޯ އަޅާއިލައިގެން […]
މުޅި ތަނަށް މަރު ފަދަ ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. އިސްޖެހިފައިވީ އަހަރެންގެ ދަތް ދޮޅީގައި ފިނިފިނި އިނގިލި ތަކެއް ޖެހިލިއެވެ. އަދި އެ އިނގިލި ތަކުގެ ބާރުގައި އަހަރެންގެ އިސް އުފުލުވައިލިއެވެ. ޔޫސުފް ޖަލީލްއާއި އަހަރެންގެ ހަތަރުކަޅި ބައްދަލު ވިއެވެ. ********* އެ މޫނުމަތީގައި މަޑުމޮޅިކަން ނޫން އެހެން ކުލައެއް ނުވެއެވެ. މާނަފުން ގޮތަކަށް ބަލަހައްޓައިގެން ހުރި ގޮތުންނާއި އެ ނަޒަރުގައި ހުރި ޚާއްސަ ގޮތުން އަހަރެންގެ ހިތް ސުވާލު އުފައްދަން ފެށިއެވެ. ޔޫސުފް ޖަލީލްފަދަ […]
އެނގިގެން ދިޔަ މުޅިން އާ ހަޤީޤަތް ތަކުގެ ސަބަބުން އަހަރެން ހުރީ ވާންވީ އުފާ ކަމެއް ނުވަތަ ވާންވީ ދެރަ ކަމެއްވެސް ނޭނގިފައެވެ. ނުވަތަ ވާންވީ ކަންބޮޑުކަމެއް ނުވަތަ ހިތްހަމަ ޖައްސާލަން ވީ ކަމެއް ކަންވެސް އަހަރެންނަކަށް ނުނިންމުނެވެ. އަހަރެންގެ ފުރަގަހުގައި ހުރެ ނަވީން އަހަރެން ކިތައް ކަންތައްތަކުން ސަލާމަތްކޮށް ހިމާޔަތް ދީފައި ވޭ ހެއްޔެވެ؟ އިންސާނެއްގެ ހިތް އެހާ ސާފުސީދާ ވެފައި އޯގާތެރި ވެދާނެ ހެއްޔެވެ؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި […]
އަޅުގަނޑުގެ ވާހަކައިގެ ބައިތަކުން ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކު ޕާޓެއް ނެރޭނަން އިނގޭ… ބިޒީކޮށް އުޅެން ޖެހޭތީ އަޅުގަނޑަށް ޕާޓްތައް ސައިޓަށް ލެވެނީ ރޭގަނޑު… ލަސްވާތީ ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން… ތި ބޭފުޅުން ތި ދެއްވާ ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ…. ތި ގޮތުގައި ތިއްބަވާނެ ކަމަށް އުއްމީދު ކުރަން…. ******** ބޭރުން އަޑުއަޑު އިވެން ފެށިހެން ހީވިއެވެ. އެއަޑު އަންނަ ގޮތުން ބަޔަކު ދެބަސްވަނީހެން ވެސް ބައެއް ފަހަރު […]