”އިންނު އަދިވެސް ގެއަކަށް ނުދެޔޯ. އަޅުގަ ގެއަށް ލާފަ އިންނު ދިޔަތާވެސް މިހާރު ބައިގަޑި އިރަށް ވުރެ ގިނަވާނެ. އެހެންވެ އިޝާން ބުނީ އެމީހުންނާ އެކީ އިންނު ހޯދަން ހެލްޕް ވާން. އަޅުގަ އާ އެންނު އިންނު އެންމެ ފަހުން ދިމާވި. އެހެންވެ.“ ޔޫވީން ބުންޏެވެ. ”ނާހަމަ ތެދެއް؟ އެކުއްޖާ ފަކީރު ވީ އަޅެ ކޮންތާކުބާ. މިހާރު އިޝާރާ އިންނާނެ ރޮއެ ރޮއެ ވަރުބަލި ވެފަ. އަޅެ ޔާމީން ހިނގާބަ އެގޯއްޗަށް ދާން މަ ގޮވައިގެން.“ ވިދާދް […]
”ޗީޑި ދެން. ސަހާދެއް މިބުނީ. މަކައިރި ހުންނަ އިރު ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނަން ދޯ. ހިތަށް އަރާ ވިނީގެ އަނގަ ބޮޑުކަން މީހުންނަށް އެނގޭނެ ނަމައޭ. ޔޫއާ އޯލްވޭސް ޓޫ ސައިލެންޓް މީހުން ކުރިމަތީ. މީ އެން ޔޯ ފޭމް ކުރިމަތީ ވަނީ ބޮޑު އަނގައަކަށް. އިންޓްރޮވާޓް ކަމުން ގޮސް. އެންޑް ދެން އުޅޭނި ޓޫ ޓޮމްބޯއި ވެގެން އެހެން ފިރިހެނުން ޔޫއަށް ބެލިޔަ ނުދޭން. މައި ލަވިން ފަހަރިއަށް ވާހިތުން ވިއްޔަ“ މަޖާ ގޮތަކަށް […]
ޔޫވީން ސައިކަލަށް އެރިކަމެއް ނޭނގެ އިޝާން ސައިކަލު ދުއްވާލިއެވެ. އެހާވެސް ބާރަށެވެ. އެކަމަށް ނުވިސްނަ ހުރި ޔޫވީންއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ބަލާކަށް ނުހުރެ އިޝާންގެ ގައިގައި ފަހަތުން ބައްދާލިއެވެ. މިކަމުން އިޝާން ދިޔައީ ސިއްސައިގެންނެވެ. ހަމައެއާއެކު ވަގުތުން ސައިކަލުގެ ބުރަކި ޖައްސައިފިއެވެ. އަދި ޔޫވީންއާ ދިމާލަށް އެނބުރެލިއެވެ. …….. އިޝާންގެ ގައިގައި އޮޅުލައިގަނެވުމުން ޔޫވީން އިނީ ލަދުން އިސް އުފުލާލަން ވެސް ނޭނގިފައެވެ. އޭރު އޭނާގެ ކޯތާފަތުގައި ރަތް ކުލައިން ދަވާދު ލާފައިވާ ފަދައެވެ. އެހާވެސް އެ […]
10 މިނެޓު ފަހުން ގެއަށް އައި އިނާރާއަށް ހައިރާން ކަމެއް ލިބުނީ ގޭގެ ދޮރުމަތީގައި ހުރި ފިރިހެން ފައިވާނުންނެވެ. ހަމަ ގިމުވެސް އެއީ އޭނާގެ ބައްޕަގެ ފައިވާނެއް ނޫނެވެ. އެއީ ކާކުގެ ފައިވާނެއް ބާވައޭ ހިތަށް އަރާ ހާލު ގޭގެ ދޮރު އިނާރާ ހުޅުވިއެވެ. ދެން ފެނުނީ އޭނާ ހަޅޭއްލަވައިގަނެފައި އަތުގައި ހުރި ގަލަންތަކާއި އެހެން ހުރިހާ އެއްޗެއް އުކާލި މަންޒަރެވެ. ******* އިނާރާގެ ކުރިމަތީގައި ހުރި އިޝާން ފެނި އޭނާއަށް ވާގޮތެއް ވެސް ނޭނގުނެވެ. ހަޅޭލަވައިގަނެފައި […]
މެންދުރުގެ އެންމެ އަވިގަދަ ވަގުތެވެ. ރަށުގެ ސްކޫލު ދޮށުގައި ބައިބަޔަށް ބެލެނިވެރިން ތިއްބެވެ. އެމީހެއްގެ ދަރިފުޅު ޖީސީ ހޯލުން ނުކުންނާނެ އިރަކަށެވެ. މިއަދަކީ އޯލެވެލްގެ އެންމެ ފަހު ޕޭޕަރުއޮތް ދުވަސް ކަމުން ހުރިހާ ބެލެނިވެރިން ވެސް ތިބީ އައިހެވެ. އެމީހެއްގެ ދަރި 10 އަހަރު ކުރި މަސައްކަތަށް ނިމުމެއް އަންނަތަން ބަލަން ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ވަގުތު ޖެހުމުން ހުރިހާ ދަރިވަރުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލުމަށް ޖީސީ ހޯލުގެ ޗީފް އިންވިޖިލޭޓަރ ބުންޏެވެ. […]
ކުރިމަތިން ނިއުޅިގެން ދިޔަ މަންޒަރުން އެ އަންހެން ކުއްޖާގެ ހިތް ފިތޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހަމައެއާއެކު އެ ދެލޯ ކަރުނުން ފުރި ބާރުވެގެން ދިޔައެވެ. ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އޭނާ ދުއްވައިގަތީ ދުރަށެވެ. ދުވެދުވެ ވަރުބަލި ވުމުން އޭނާ ހުރިތަނަށް ތިރިވިއެވެ. އަދި އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ހިތް ފޮތިފޮތި ވަމުން ދިޔައިރު އޭނާގެ ދެތުންފަތް ފޫއަޅުވާ ވޭނީ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ރޮއެރޮއެ […]