Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 60

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 27, 2026 3 Mins Read
20 Comments

~ވާތީ ހިތަކު ލޯބި މަންމަންވެފާ ކިޔުއްވާ ހުރިހާ ކިޔުންތެރިންނަށް عيد مبارك🩶~

ކައިވެނީގެ ހަފުލާގެ ބާކީ އޮތްބައި ދެން ކުރިއަށް ދިޔައީ ވަކިން އުފާވެރިކަމާއި އެކުގައެވެ. އަލަށް ކައިވެނި ކުރެވުނު ޖޯޑާއި ކައިވެނި ކުރަން ތައްޔާރީތައް ފެށުނު ޖޯޑަށް މަރުހަބާ ކިޔުމައް ފަހު، ފޮޓޯތައް ނަގާ އެ އުފާވެރި ރޭ ހަނދާނުގެ ފޮތުގައި ރައްކާ ކުރިޔެވެ. މަޖަލާއި ސަކަރާތުގައި އުޅިފައި ހަފުލާ ނިމުން އިރު 30 12 ވާން އުޅެޔެވެ.

(60 ވަނަ ބައި)

ކައިވެނީގެ ހަލަބޮލި ހަފުލާއަށްފަހު، މީކައިލްއާއި ވިޝާޔާ އެމީހުންގެ ކޮޓަރިއަށް ވަދެގެން ދިޔައިރު، އެތަނުން ފެނުނު މަންޒަރުން މުޅި ހަށިގަނޑަށް ތާޒާކަމާއި ހިތްހަމަޖެހުން ގެނެސްދިނެވެ. މުޅި ކޮޓަރި ފަރުމާ ކޮށްފައިވަނީ ކައިވެނީގެ “ކެރެމެލް ބްލަޝް” ތީމާ ނުހަނު ގުޅޭގޮތަށެވެ. ކޮޓަރީގެ ފާރުތަކުގައި ހުރި މަޑު އޮރެންޖު އަދި ރަންކުލައިގެ އަލިތަކުން މުޅި މާހައުލު ވަނީ އުޖާލާވެފައެވެ. ދޮރު ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނީ ތާޒާ ފިނިފެންމަލާއި، މީރުވަސްދުވާ އުއްބައްތިތަކުގެ ހިތްގައިމު ވަހެވެ.

ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެނދުގައި އަޅާފައިވަނީ ކެރެމެލް ކުލައިގެ މަޑު ފަށުވި ‘ސިލްކް’ ފޭރާމުގެ ބެޑްޝީޓެކެވެ. އޭގެ މަތީގައި އަތުރާލެވިފައިވާ ބްލަޝް ޕިންކް ކުލައިގެ ބާލީސްތަކުން އެނދަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެނދުގެ މެދުގައި ފިނިފެންމަލުގެ ފިޔަވަތަކުން ހިތެއް ކުރަހާފައިވާއިރު، އެނދުގެ ދެފަރާތުގައި ހުރި ކުދި މޭޒުތަކުގެ މަތީގައި ކެރެމެލް ކުލައިގެ ބިއްލޫރި ފުޅިތަކެއްގައި ހުރި ފިޔާތޮށިކުލައިގެ މާތައް ފެންނަނީ ނުހަނު ލޯބިކޮށެވެ. އެނދުގެ ފަހަތު ފާރުގައި ރަންކުލައިގެ ލެޓަރިންގް އިން “މީކައިލް އެންޑް ވިޝާޔާ” ޖަހާފައިވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

ކޮޓަރީގެ އެއްކަނެއްގައި ހުރި ސޯފާ ސެޓާއި ކުޑަ މޭޒުމަތިވެސް ވަނީ ހަމަ އެ ތީމަށް ޒީނަތްތެރިކޮށްފައެވެ. މޭޒުމަތީގައި ބަހައްޓާފައިވާ މޭވާގެ ވަށިގަނޑާއި، އެކި ވައްތަރުގެ ޗޮކްލެޓްތައް ހުރީ ކެރެމެލް ކުލައިގެ ރިބަނުން ޖަރީކޮށްފައެވެ. ކޮޓަރީގެ ބޮޑު ކުޑަދޮރުގެ ފޮތިގަނޑުތައް ހުރީ ކެރެމެލް އަދި ބްލަޝް ކުލައިގެ ލޭޔަރުތަކަކަށެވެ. ކުޑަދޮރުން ބޭރު ބަލާލުމުން ފެންނަނީ ހަނދުވަރުގެ ރީތި އަލި ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާ މަންޒަރެވެ. އެ އަލި ކޮޓަރީގެ ތެރެއަށް ފޭދިގެން އައިސް ކޮޓަރީގައި ހުރި ކޮންމެ އެއްޗެއްގައި ބީހިލުމުން، މުޅި މާހައުލަށް ގެނެސްދެނީ ބުނެދޭން ނޭނގޭ ފަދަ އާދަޔާ ޚިލާފު ރީތިކަމެކެވެ.

ވިޝާޔާ އޭނާގެ ދިގު، ދޫ ހެދުމާއެކު ކޮޓަރީގެ ތެރޭގައި ހިނގާލާއިރު، އޭނާގެ ހެދުމުގެ ފަސްބައި ކެރެމެލް ކުލައިގެ ކާޕެޓް މަތީގައި ކޭތެމުންދާ އަޑު މަޑުމަޑުން އިވެއެވެ. މީކައިލް އޭނާގެ ކޯޓު ބޭލުމަށްފަހު، މި ހިތްގައިމު މާހައުލުގައި ވިޝާޔާއާއި ދިމާލަށް ބަލާލީ ފުން ލޯތްބަކާއެކުގައެވެ. މި ކޮޓަރީގެ ކޮންމެ ކަނެއް، ކޮންމެ މަލެއް އަދި ކޮންމެ އަލިކަމެއް ފަރުމާކޮށްފައިވަނީ އެދެމީހުންގެ ހަޔާތުގެ މި އާ ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ.

ވިޝާޔާ އެނދުގައި ބައިންދާފައި މީކައިލް އޭނާ ގާތުގައި އުޑަފައިން އިށީނެވެ. އޭނާގެ އުނގުގައި ބޯ އަޅާލި އިރު، އެދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “ހިތައް އަރާ… މި މަންޒަރު ދެކެން މަންމަމެން ދުނިޔޭގަ ހުރި ނަމައޭ… އަހަރެން ފިރިއަކަށްވެ، މިކީ ހިތުބާ ކުރެވުނީ ހަމަ އެއް ރެޔަކު.. މިރޭ މަންމަމެން ތިބި ނަމަ ހާދަ އުފާވީހޭ…” ރޮމުން ރޮމުން ވިޝާހާގެ މޭގެތެރޭގައި ބޮނޑިވެލަމުން މީކައިލް އެހިތުގެ ޝަކުވާ ކޮށްލިއެވެ.

“ހުއްޓާލާ. އިންޝާ ﷲ މިހާރު މަންމަމެންވާނީ މިދުނިޔެއަށް ވުރެ މާ ރަނގަޅު ތާކު. މިއަދު މަންމަމެން ވަރަށް އުފާވާނެ. ތިކަހަލަ ރަނގަޅު ފިރިޔަކަށް ކައިލްވީތީވެސް” މީކައިލްގެ ބޮލުގައި ބޮސް ދެމުން ވިޝާހާ ބުނެލިއެވެ.

“ދެން މި އުފާވެރި ރޭ ރުއިމެއް ނެތެއްނުން ދޯ؟ ހިނގާބަލަ ދެން ނަމާދު ކޮށްލަން. އެބަ އޮތޭ ހަދިޔާއެއްވެސް..” ހީނލަމުން ވިޝާހާ ބުނެލިއެވެ. މީކައިލް ބޯ ޖަހައިލިއެވެ. ދެމަފިރިން އެކުގައި ކައިވެނީގެ ފުރަތަމަ ރޭ ކުރާ ނަމާދު ކޮށްލިއެވެ.

“ކައިލް މަޑު ކުރައްޗޭ އިނގޭ؟ ޝާހާ އެބަ އަންނަން ފާހަނަ ކޮށްލައިގެން” މީކައިލްގެ ނިތުގައި ބޮސް ދެމުން ވިޝާހާ ބުނެލިއެވެ. ބޯ ޖަހާލަމުން މީކައިލް ގޮސް އެނދުގައި އިށީނެވެ. ވިޝާހާ ފަދަ އަންބަކު ލިބުމުން ހާސް ފަށުން މާތް ﷲ އަށް ހަމްދު ކުރެވުނެވެ.

އެޙިޔާލު ތަކުގައި އިން މީކައިލް އިސް އުފުލާލީ ފާހާނާ ދޮރު ހުޅުވާލި އަޑަށެވެ. ކުރިމަތީގައި ހުރި ވިޝާހާ ފެނި އޭނާގެ ދެލޯ ވިދާލިއެވެ. ކިރިޔާ ބުޑު ނިވާ ވާރުގެ ކުރު ހެދުން ކޮޅެއް ލައިގެން ނިކުން ވިޝާހާ ފެނި އޭނާގެ ހިއްސުތައް ހޭލަން ފެށިއެވެ. ލައިގެން ހުރި ޓީޝާޓު ބާލަމުން އޭނާ ވިޝާހާއާއި ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.

****

އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލި އިރު ޒާލާ އޮތީ ނިދިފައެވެ. މުޅި ކޮޓަރެ ވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ. ގިނަ ބާލިސްތަކަކާއި ފޮތިގަނޑުތައް ހުރުމުން އެކަމުން އަންގައިދެނީ، އެތަނުގައި އެރޭ އެހެން ބަޔަކުވެސް ނިދިކަމެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި އިނާރާއާއި ދުއާ ވަނެވެ. އަތުގައި ޗޮކޮލެޓް ކޭކެއް އޮތް އިރު އޭގައި އައިސިންގިން ‘އަޕް ފޯރ އަ ނިއު ޗެޕްޓާރ’ ޖަހާފައި އިނެވެ. ކޭކު ގެންގޮސް އެނދު ކައިރީގައި އިން މޭޒުގައި ބައިންދާފައި އޭނާ ގޮސް ޒާލާ ގާތުގައި އިށީނެވެ.

(ނުނިމޭ)

ފަސްދޮޅަސްއެއްވަނަބައިގެ ތެރެއިން:

“އާދަމް އަޒީން ކިޔަނީ. ކިޑްނީ ފެއިލް ވެގެން. ނޭކުރެންދޫ ބައެއް އެއީ. މިއަދު މިކޮޅަށް އައީ” އަޒީންގެ ކޭސް ފައިލް ޒާލާ އަތައް ދެމުން ފައިހާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތުގެ ވިންދު – އެޕިސޯޑް 8

Next

މާފު ކުރާށޭ ލޯބިވާ – ކިޔުންތެރިންގެ ސަމާލު ކަމަށް

Next
May 27, 2026

މާފު ކުރާށޭ ލޯބިވާ – ކިޔުންތެރިންގެ ސަމާލު ކަމަށް

Previews
May 27, 2026

ހިތުގެ ވިންދު – އެޕިސޯޑް 8

20 Comments!

  1. Somebody nobody 😭 says:
    May 27, 2026 at 9:38 pm

    Man… I’m confused mihaaru… Characters Gina kamun… Who’s zylaa and inaaraa?? 😭😭😭
    The story is good tho… Can’t wait for the next ep… 😍🫶🏻🫶🏻

    1. shihaamaa ali shihaamaa ali says:
      May 28, 2026 at 8:38 am

      Hehe sorry for the confusion.. lemme clear it up for you..
      The only new character ive mentioned here is Azeen.. Then Faiha, she is a side character and only has like a few scenes.. Zaalaa is Zavul’s sister and she’s been here since the beginning now now.. and Inara was the girl who bullied Lashka with Rashaa back when they were in school..
      Jazaakallah khairan happy your enjoying.. in sha allah next episode tmrww🩶

  2. Sheex says:
    May 28, 2026 at 12:42 am

    Wowww I’m blushing
    Alhey enme reethi thunkolhun thu ninmailee
    What azeen ey omg?
    CW4THENEXTP
    Eid mubaarak
    Tc

    1. shihaamaa ali shihaamaa ali says:
      May 28, 2026 at 8:39 am

      🙈🙈🙈🙈🙈
      Heeehee next in sha allah maadhan…
      Hehe Azeen dhw.. lets see who it isss👀👀
      Eid mubaarak, likewise 🩶

  3. Anonymous says:
    May 28, 2026 at 10:19 am

    Who’s inara N Dua

    1. Anonymous says:
      May 28, 2026 at 11:59 am

      Dua eii meekail ge kuryge gf I think am I right shihaa..
      Inaara eii Kaaku kan shihaa Bunelaafa eyndhy the girl who bullied lashka with rasha back when they were in school

    2. shihaamaa ali shihaamaa ali says:
      May 28, 2026 at 2:04 pm

      Yes, Dua is Meekail ge ex girlfriend.. jazaakallah khairan for clearing that up ☺️☺️

    3. Ellu says:
      May 29, 2026 at 2:50 am

      Mi’ee Ellu’s ingey.🩶🌷
      Thank you so much @Anonymous & @Shiherr

    4. shihaamaa ali shihaamaa ali says:
      May 31, 2026 at 11:38 am

      Labba Ellu☺️

  4. Anonymous says:
    May 28, 2026 at 2:24 pm

    Shihaa 🖤🥀

    1. Ellu says:
      May 29, 2026 at 2:53 am

      Ehvyma..Mi D’ua is Meek’s ex Gf n the one who is bullying lash with rasher aee Inara dhw.
      I remembered Inara’s name konmvx site akun heard btw, Finally I know what my all ears are open jusss now;)

    2. shihaamaa ali shihaamaa ali says:
      May 31, 2026 at 11:38 am

      Yes
      Ya dhn inara eii aamu namehnun dho🩶🫶🏻

  5. ydu says:
    May 28, 2026 at 7:14 pm

    Vrh udhagoo ve vishaya and vishaha nan olhuvaafa onnaathee ve! Shiha ekan rangalhu kohdhecheyy!

    1. shihaamaa ali shihaamaa ali says:
      May 31, 2026 at 11:41 am

      Omgggg i didn’t even notice 😭😭 jazaakallah khairan for letting me know, in sha allah it won’t happen again🩶🫶🏻

  6. Exxo says:
    May 28, 2026 at 7:20 pm

    What can I say.
    Super Shiherr.
    Vrh reethi mi Bai.
    Luv u
    Tc

    1. shihaamaa ali shihaamaa ali says:
      May 31, 2026 at 11:41 am

      Jazaakallah khairan Exxo🩶🫶🏻
      Likewise

  7. Ellu says:
    May 29, 2026 at 2:49 am

    Incredible 😊 The story is so good.🌷🩶
    Is Inara n Dua rlly her sis??I can’t believe
    Nod Where’s Lash & Dhaaiyerllu…
    When ‘s next?🌷🩶
    Lysm & Tc, Shiher.🌷
    My board exams are ahead so I’ll not able give a such a beautiful recommendation, Feel sorry for that!🩶

    1. shihaamaa ali shihaamaa ali says:
      May 31, 2026 at 11:42 am

      Jazaakallah khairan Ellu🩶🫶🏻
      Since it’s eid, ive been a bit busy that’s why i haven’t been able to upload.. in sha allah i will upload tmrw
      Good luck on your exams dear🫰🏻

  8. Gurrl_8 says:
    May 31, 2026 at 3:50 pm

    Mi part ves vrh reethi
    When is next
    Cant wait for next part

    1. shihaamaa ali shihaamaa ali says:
      May 31, 2026 at 8:13 pm

      Jazaakallah khairan Gurrl_8
      In sha allah next tmrw🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 61←


All Right Reserved!