އަމާން ބަދިގޭގެ ބިންމަތީގައި އިށީނދެގެން އިންތާ ކިހާ އިރެއް ވެއްޖެކަމެއް އޭނާއަކަށް ނޭނގެއެވެ. ބޭރުން ވެހެމުންދިޔަ ވާރޭ ވަނީ ބާރުވެފައެވެ. ކުޑަދޮރުތަކުގައި ތިކިތައް ޖެހެމުންދިޔަ އަޑާއި، ދުރުން ގުގުރައިލާ އަޑު ދިޔައީ އެކުވަމުންނެވެ. އަމާންގެ ފޯނު އަދިވެސް އޮތީ ކައުންޓަރު މަތީގައެވެ. ބަންޑުން ޖަހައިފައެވެ. އިރުއިރުކޮޅުން އޭނާ ފޯނާ ދިމާއަށް ބަލައިލައެވެ. އީތަންގެ ވޮއިސް މެސެޖާއި މެދުގައި އަމާން ވިސްނަމުން ދިޔައެވެ. އެ އަޑުއަހަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ހިތާހިތުން އެ މެސެޖުގައި އީތަން ބުނެފައިވާނީ ކޮން […]
ކޮލެޖުގެ މައި ގޭޓު ކުރިމަތީގައި އުފެދުނު ހަމަހިމޭންކަން މުޅި މާހައުލު ބައްދާލިއެވެ. ދަރިވަރުންތައް އެކި ދިމަދިމާއަށް ހިނގަމުން ދިޔައިރު، ހަ އެކުވެރިން މީހުން ތިބި ދިމާ ވަނީ ގަނޑުވެފައެވެ. ޔައިޝްގެ ކުރިމަތީގައި ކަރުނުން ފުރިގެންވީ ދެލޮލާއެކު ހުރި އަންހެން ކުއްޖާގެ ނަމަކީ ލިވީ އެވެ. އޭނާއަކީ ޔައިޝް ކިޔަވަން މާލެ އައުމުގެ ކުރިން ރަށުގައި އުޅުނުއިރު ވަރަށް ގާތްކޮށް، އަދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެކެވެ. ނަމަވެސް މާލެ އައުމަށްފަހު ޔައިޝް ހުރީ އެ ގުޅުން […]
އަހާން އަދިވެސް މަސައްކަތް ކުރަމުން ދިޔައީ، ޒާޔާގެ ރުޅި މަޑު ކުރެވޭތޯއެވެ. ޒާޔާ ގާތުން މާފަށް އެދެވުނު އަދަދެއް ވެސް އޭނާއަކަށް ނޭންގެއެވެ. މާ ބޮނޑި އަކާއި ޗޮކުލެޓު ގެނެސްދީގެން ވެސް ޒާޔާ މިއަދު އޭނާއަށް ޒާޔާ ރުއްސޭ ގޮތެއް ނުވިއެވެ. އަހަރެއްހާ ދުވަސް ކުރިން، ޒާޔާއަށް ލޯބި ހުށަހެޅީ އަހާންއެވެ. ހިތުގެ ހާލަތު ޒާޔާ ކުރިމަތީ އެއްރޭ އޭނާ ބަންޑުން ކޮއްލީ، ޕެރިހުގެ އައިފެލް ޓަވަރު ކުރިމަތީގައެވެ. އެރޭ އެ ތަނަށް ދިޔައީ ކޮންމެހެން އޭނާގެ […]
ނިދިފައި އޮތް ރޫޔާއަށް ހޭލެވުނީ، ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލި މޫނުގައި ޖެހުމުންނެވެ. އޭނާ އެނދުން ތެދުވި ވަގުތު މަޑު އާހެއް ބޭރުކޮށްލެވުނީ ބޯ އަނބުރާގަތީމައެވެ. އެނދުގައި އިށީނުމަށްފަހު އޭނާ ފުންނޭވާއެއް ނަގައިލިއެވެ. “ބާއްޖަވެރި ދުވަހެއް” ކޮޓަރި ދޮރު އެތެރެއަށް ހުޅުވުމަށްފަހު، ވަދެގެން އައި މައިރާ ގޮވައިލިއެވެ. އަތުގައި އޮތް ޓްރޭ ސައިޓް ޓޭބަލް މަތީ ބެހެއްޓުމަށްފަހު ރޫޔާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. “މައި… ހައު.. ކިހިނެއް އަހަރެން ގެއަށް އައީ؟” “ރަޒާން..” އެ ކޮޓަރިއަށް […]
އިޝާން އައިސް ވަނުމާއެކު ކައިރާއަށް ބަލާލެވުނީ މޫނު ހަދާފައެވެ. އަދި މީނާއަށް އަންނަން އެނގުނީވެސް ހުރިހާ ކަމެއް ވެ ނިމުމުންތާއޭ ކައިރާގެ ހިތަށް އެރިއެވެ. ކައިރާ އިންގޮތުން އިޝާން ހައިރާންވިއެވެ. އޭރު އަދި ހިނގައިގެން އުޅޭ ކަންތަކުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. ކައިލްއަށް ބަލާލިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ. ހިމޭންކަމާއެކު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު އެ ނަފްސު މުޅިން އެހެން ދުނިޔެއެއްގައި ވާފަދައެވެ. ކައިލް ގާތަށް އިޝާން ދިއުމާއެކު ކައިރާ ކަންބޮޑުވިއެވެ. އިޝާން […]
“އެއީ ރައިޝާ ނަމަކަށް ކިޔުނު މީހެއް.” އާހިލުގެ ކަންފަތަށް އިވުނު އަޑަކީ ތެދުކަން ގަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. ދުރުގައި ތިބި ނަޒުރާނާމެން އުފާވެރި ހިނިތުންވުމެއް މޫނުމަތިން ފާޅު ކުރިއެވެ. އާހިލު އަވަސްވެގަތީ އިތުރު މައުލޫމާތުތައް ހޯދާށެވެ. ރައިޝާއަކީ އާހިލު ދަންނަގޮތުން އެފަދަ ނުބައި އަމަލެއް ކުރާނެ މީހެއް ނޫނެވެ. ނަމަވެސް ނުމޮށޭ ގުރާ ބާރަށް ދަތް އަޅާނޭ ބުނާ އަޑު އޭނާ އަހައެވެ. ރައިޝާއާމެދު އާހިލު އަދިވެސް ހިތުން ޝަކުވާ ކޮށްލަކޮށްލާ ހުއްޓެވެ. ފަރީ […]
މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އަސަރުގަދަ ވާހަކައެކެވެ. ލޯބީގެ މާތް ގުޅުމަކުން ގުޅިގެން އުޅުނު ދެ ހިތެއްގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، މާޒީގެ ސަފުހާތައް އުކާލަމުން މި ވާހަކަ ފަށަމެވެ. އުޑުމަތި ސާފު، ހިތްގައިމު ދުވަހެކެވެ. މާސިންގާ ކަނޑު ވަނީ ތޭލާންލާފައެވެ. މާލޭގެ ކޮންކުރީޓް ޖަންގަލީގެ ހަލަބޮލިކަމުން އެއްކިބާވެ، އަތޮޅުތެރޭގެ ހަމަހިމޭން މާހައުލަކީ އެތައް ބައެއްގެ އަމާޒަކަށް ވެފައިވާ ފަދައިން، އަހަރެންގެ ހިތަށް ވެސް އެ ތަނުން ލިބެނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. […]
ޝައުހާ ބިރުން ހުރެ ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަމުގެ އޮށް އިންދިއްޖެއެވެ. މި ރަށާއި، މި ވިލާ އަދި އޭނާގެ ފިރިމީހާ ރައްޔާންގެ ފަހަތުގައި ވަނީ ކޮންފަދަ ބޮޑު، އަނދިރި ސިއްރެއް ބާވައެވެ؟ އޭނާގެ ދިރިއުޅުން މި ބަދަލުވީ މަންމަ ސަލާމަތްކުރި އުފާވެރި ހަޔާތަކަށް հެއްޔެވެ؟ ނޫނީ އޭނާ މިއައީ އަމިއްލައަށް ކޮށްޓަކަށް ވަދެ، ނުރައްކާތެރި މަހުޖަނެއްގެ ހައްޔަރުގައި ބަންދުވާން ހެއްޔެވެ؟ އޭނާއަށް މި ކުރެވުނީ ކޮންފަދަ ކައިވެންޏެއް ހެއްޔެވެ؟ …………….. ހެނދުނުގެ ރީތި އިރުގެ […]
“މިންހާ ގެއަށް ވަން އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. މިންހާގެ އިސްތަށިގަނޑު ވަނީ ކުޑަކޮށް ތެމިފައެވެ. މަޑުމަޑުން ހިގައިފައި މިންހާ ކޮޓަރިއަށް ވަންނަން ދިޔައެވެ.* “ކޮންތާކުން؟” ފަހަތުން އިވުނީ ރީހާންގެ އަޑެވެ. މިންހާ ސިހިފައި މަޑުމަޑުން އެނބުރުނެވެ. އޭރު ރީހާން ހުރީ ދެބުމަ ގޮއްޖަގައިލައިގެންނެވެ. “ބޭރުން.” މިންހާ މަޑުމަޑުން ބުންޏެވެ. “ގަޑިން ވީއިރެއް އެނގޭތަ؟” “ދެއެއް ޖަހަނީ.” ބަސްއަހާ ކުޑަކުއްޖެއް ފަދައިން މިންހާ ޖަވާބުދިނެވެ. “މިހާ ލަސްވަންދެން ކޮންތާކު އުޅުނީ؟” […]