Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު – 5

Vaahaka_by_Az
Vaahaka_by_Az Level 110 Stories
May 28, 2026 5 Mins Read
10 Comments

ޔަލްވީ ހުއްޓާ ނުލާ އެއްފައްޗަކައް ކުރަމުން ދިޔަ ޝަކުވާތައް ހުއްޓުނީ ފްރިޖްގެ ދޮރު ބާރައް ލައްޕާަލަމުން އެނބުރުނު ލިއަމް ފެނިފައެވެ. އޭރު ދެން ތިބި ތިންމީހުން ހިނިގަނޑު ހިފައްޓާލައިގެން ތިއްބެވެ. ލިއަމްއާއި ޔަލްވީގެ ހަތަރު ކަޅި ބައްދަލުވި ގޮތައް ދުރުބަލާލަން ދެމީހުންކުރެ އެކަކުވެސް ނުކުޅެދުނެވެ.

ލިއަމްގެ އެ ފުރިހަމަ މޫނައް ނަޒަރު ހުއްޓާލައިގެން ޔަލްވީއަށް ހުރެވުނީ ކައިރީގައި އިތުރު ބަޔަކު ތިބިކަން ހަނދާން ނެތިފައެވެ. ’ޓޭން‘ ވެފައި ހުރި ލިއަމްގެ ހަންގަނޑު އަދި ރީތިކޮށް ކޮށާ މެއިންޓެއިން ކޮއްލެވިފައިވާ ތުބުޅި ފެންނަލެއް ނުލާހިކު ހުވަފެނީއެވެ. ދެފަރާތުން ތުނިކޮއް ކޮށާލައި މެދުން ކުޑަތަންކޮޅެއް ދިގުކޮއްލެވިފައިވާ އިސްތަށިގަނޑު ލިއަމްއާ ނުހަނު ގުޅެއެވެ.  ކަޅުކުލައިގެ ސްލިމްފިޓް ޓީޝާޓަކާއި  ގަދަ އަޅިކުލައިގެ  ލޫސް ފިޓް ޖިންސްގެ ފައިކުރި ކުޑަކޮއް އޮޅާލެވިފައިވިއެވެ.  ލިއަމްގެ އަތް މުއްކެވިފައިވާއިރު އެ އަތުގެ ނާރުތައް ފުފިލާފައި ހުރި ގޮތުން ޔަލްވީއަށް ހިންދިރުވައި ލެވުނެވެ.

ދެމީހުނައް ވެސް ވީގޮތް ފެނިފައި އެ ތަނައް ވެރިވެފައިވާ ހިމޭން ކަން ނަގާލީ އާޔަތުގެ ހިނިގަނޑު ކޮންޓްރޯލް ނުކުރެވިގެނެވެ.  ޕަކަޕަކަ ލާފައި ބާރައް ހީގަތީ ބަނޑުގައި އަތް އަޅައިގެން ގުދުވެގެން އޮވެއެވެ. އޭރު ޔުވާން އަދި އަޒާންވެސް ހެމުން ދިޔައެވެ.

ކުއްލިއަކަށް ސިހުނު ޔަލްވީ ދެލޯ ބޮޑު ކޮއްލަމުން އަނގަޔައް ވައްތަރެއް ޖައްސާލީ ވޭތުވެ ދިޔަ މަދު ސުކޫތު ކޮޅުގައި ކަންތައް ވީގޮތް  ރޭކާލުމުންނެވެ.

”އަ….އަ….އައި ޑިޑިންޓް ނޯ“ ޔަލްވީ އިސްޖަހާލިއިރު އެ މޫނު ލަދުން ރަތް ވިއެވެ. ޔަލްވީއަށް ވީގޮތް ފެނިފައި ލިއަމްގެ މޫނައް ވެރިވި މަޑު ހިނިތުންވުން އިތުރު މީހަކަށް ފެނުމުގެ ކުރިން ފޮރުވާލީ މޫނުމައްޗައް ސީރިއަސް ކަން ވެރިކުރުވަމުންނެވެ.

”ކޮބާ އަދިވެސް ޝަކުވާ ކުރާތި…. މިސްޓަރ ގްރަމްޕީ ފޭސް …..ހަހަހަހަ“ އާޔަތު ޔަލްވީ އިތުރައް ލަދު ގަންނަވާލިއެވެ.

”ތިމީހުނައް  ލިއަމް ހުރިކަން އެނގޭއިރު ކީއްވެތަ ނުބުނީ؟ އާޔަތު ގަނޑު ޔޫ ޓޫ؟“ ދަތްކުޑި ވިކާލަމުން އެހެން މީހަކަށް ނުފެންނާނެހެން ޔަލްވީ އާޔަތު ބުރަކަށީގައި ވިކާލަމުން ލޯއަޅާލިއެވެ.

” އައުޗް…..ދެން އަހަންނަކަށް ނޭގޭނެ ދޯ ޔައްލު އައިސް ތިހެން ކިޔާނެ ކަމެއް …. އެހެން ނޫނަސް މިއަދު އެއްކޮށް އަހަންނާއެކު އުޅުނު އިރުވެސް ލިއަމް  ގެ  ވާހަކައެއް ނުދައްކާ ވިއްޔާ“ އެންމެނައް އިވޭ ވަރަށް އާޔަތު އެހެން ބުނެލީ ޔަލްވީ އަށް ޖެއްސުމަށެވެ.

”ހެޔޮ ދެން ނޫޅެން…. އެހެންނޫނަސް އަޒާން ހުންނާނީ އަހަރެން ސައިޑްއަށް….. ހީ އިޒް މައި ޓީމް ދޯ“ ޔަލްވީ އަޒާން ގާތައް ޖެހިލަމުން އާޔަތުއަށް ދޫ ނެރެލިއެވެ. އާޔަތުގެ ހެދުމައް ކޯކް ތަށި އެޅުނު ފަހުން އަޒާން ދެކެ އަންނަ ރުޅި ޔަލްވީއަށް އެނގެއެވެ. އަޒާން މަޑު ހިނިތުން ވުމެއް ދީގެން ހުރީއެވެ.

” ޕްފްފްފް…. މީނައަށް ހޭންވެސް އެނގޭތަ“  މަޑުމަޑުން ކުދި ކިޔަމުން އާޔަތު ގޮސް ކޮށާފައި ހުރި މިރުސްތައް ޔުވާން އަތައް ދިނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާ މަސްއޫލުވިއެވެ. ލިއަމް ނޫޑުލްސް ކެއްކި އިރު ޔުވާން ސީ ފުޑް ބޮއިލް ހެދުމައް ސޯސް ތައްޔާރު ކުރިއެވެ. އަޒާން މަސްތައް ސާފުކުރުމުގައި އުޅުނެވެ. އާޔަތު މޮހިިތޯ ހަދަން ހަވާލުވިއިރު ޔަލްވީ ތަށިތައް މޭޒުމައްޗައް އަރުވަމުން ދިޔައެވެ.

” ސްމެލްސް ސޯ ގުޑް….. ލިއަމް ހާދަ މޮޅޭ ދޯ ނޫޑްލްސް ކައްކަން“ އާޔަތު ލިއަމް އާ އެކުވެރި ވެވޭތޯ ބެލީ  ޔަލްވީއަށް ޖެއްސުން ކުރާނެގޮތެއް ހޯދާށެވެ.  ”ލިއާ އަކީ އަހަރުން ފްރެންޑްސް ގްރޫޕްގެ ބެސްޓް ކުކް ހަމަ….. ލިއާ ގެ ކުކިން ސްކިލްސް އިޒް އަނަދަރ ލެވެލް“

ޔުވާން ލިއަމްއަށް ތައުރީފު ކޮއްލީ ހަޤީގަތުގައި ވެސް ލިއަމް އަކީ ވަރަށް މީރުކޮށް ކައްކާ މީހަކަށް ވީމައެވެ.

ކައްކައި ނިމުމުން ކާންފެށީ އެންމެން އެކީގައެވެ. ޔުވާން އާއި އަޒާން އެމީހުން އެކީ ކޮއްފައި ހުރި މަޖާ ކަންތަކުގެ ވާހަކަ ދައްކަމުން ދިޔައިރު ލިއަމްވެސް ދޭތެރެއަކުން އެވާހަކަ ތަކުގައި ބައިވެރި ވެލައެވެ. އާޔަތު ނުހަނު މަޖާ ވެފައި އިނދެ ކަމުން ދިޔައިރުވެސް އަޒާންގެ ތޫނު ނަޒަރުން އުނދަގޫ ވާތީ ކަޅި އަޅާލައެވެ. ” ޔަލްވީ ކީއްވެ ނޫޑްލްސް އެކަނި ތި ކަނީ؟ ސީފުޑް ނުބައީތަ؟“ އަޒާންއަށް ފާހަގަވެގެން ޔަލްވީ ގާތު އެހިއެވެ. ” ނޯ…..އަމް އެލާޖިކް ޓު  ސީ ފުޑް“  އެހެން ދުވަސް ތަކާ ހިލާފައް ޔަލްވީ އިނީ ނެގި މަޑުވެފައެވެ.  ލިއަމް ޔަލްވީ އަށް ނަޒަރެއް ދިނީ އެވަގުތުއެވެ. އެކަން ފާހަގަވެ އަޒާން ވާހަކަ ދެއްކިއެވެ.

” އޯހް….. އެނގޭތަ ސީފުޑް އެއީ ލިއާގެ ފޭވްރިޓް“ ހެމުން އަޒާން އެހެން ބުނެލިއިރު ޔަލްވީއަށް ވެސް ލިއަމްއަށް ބަލާލެވުނެވެ. އޭރު ލިއަމް ބަލަން އިންތަން ފެނުމުން ޔަލްވީ އަވަހާ އިސް ޖަހާލިއެވެ .

ކައި ނިމިގެން ޔުވާން ދިޔައީ ދެއެކުވެރިން ގޮވައިގެން ގޭމިން ރޫމަށެވެ. ޔުވާންމެން ކެއްކުމާ ހަވާލުވުމުން އާޔަތު އާއި ޔަލްވީ ތަށިތައް ދޮވުމަށް އެއްބަސް ވިއެވެ. ސިންކު ކައިރިއަށް ޔަލްވީ ގާތްވެލީ ތަށިތައް ދޮވުމަށެވެ. އޭރު މަންމަ ގުޅަނީ ކަމައް ބުނެ ފޯނު ހިފައިގެން އާޔަތު ބެލްކަންޏަށް ނުކުތެވެ.

ތަށިތައް ދޮންނަން ހުރި ޔަލްވީ ސިހުނީ ކައިރިން މީހެއްގެ ހިލަމެއް ވުމުންނެވެ. ” ގްރަމްޕީ……. ހުމްމްމްމް؟“ އިވުނުއަޑުން ޔަލްވީ ފަހަތް ބަލާލަން ވެސް ޖެހިލުންވީ އެއީ ލިމްގެ އަޑުކަން ޔަގީން ވާތީއެވެ.

” ޔޫ ތިންކް އަމް ގްރަމްޕީ“ ލިއަމްގެ އަޑު އިވުނު ހިނދު ޔަލްވީގެ ގައިގެ ހުރިހާ ލޯލިތައް ކޮޅައް ޖެހުނެވެ. ” އިފް ޔޫ ކޭމް އޮން ޓައިމް ޓު ދަ ޖިމް ….. އެންޑް އިފް ޔޫ ބީ މޯރ ކެއަރ ފުލް ވިތް ޔޯ ސްޓެޕްސް އައި ޑޯންޓް ހޭވް ޓު ބީ ލައިކް ދެޓް ރައިޓް؟“  ޔަލްވީގެ މުލައްދަނޑީގައި ހިފައި ލިއަމް އާ ވީފަރާތައް  ޔަލްވީ އަނބުރާލިއެވެ.

”އަ….އައި…..އަމް…..ސޮ….ސޮރީ“ ޔަލްވީގެ އަޑު ބޭރުވީ ކިރިޔާ އިވޭ ވަރަށެވެ. ލިއަމްގެ މޫނު އެހާ ގާތުން ފެނުމުން  އެތެރެއަށް ލީ ނޭވާ ވެސް ހީވީ ކަރުގައި ތާށިވީހެނެވެ. ” އަ ސޮރީ ވޯންޓް ފިކްސް އެނީ ތިންގް…..ނެކްސްޓް ޓައިމް ޓްރައި ޓު ބީ މޯރ ކެއަރ ފުލް…… ޑޫޔޫ އަންޑަރސްޓޭޑް މީ ޔަލްވީ؟“ ޔަލްވީ ގެ މޫނާ އިތުރަށް ގާތް ވެލަމުން ލިއަމް ޔަލްވީގެ ނަން ކިޔާލި ގޮތުން  ހީވީ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ހިނގާލިހެނެވެ. ޔަލްވީ ބޯ ޖަހާލީ ދެ ލޯ މަރައި ބާރު ކޮއްލަމުންނެވެ. އެ ކުޑަ ހަރަކާތުން ވެސް ލިއަމް ގެ ތުންފަތް މައްޗައް ފަޑު ހިނިތުން ވުމެއް ވެރިވިއެވެ.

ދެ ލޯ ހުޅުވާލަމުން ޔަލްވީ ފުން ނޭވާއެއް ބޭރުކޮއްލީ ލިއަމް ދިޔަކަން ޔަގީން ވީމައެވެ.  އަތްމަތި އަވަސް ކޮއްލަމުން ތަށިތައް ދޮވެ ނިމްމާލާފައި  ކޮޓަރިއަށް ދަމުން ބެލްކަނީގެ ދޮރުގައި ލެގިގެން ހުރި އާޔަތު ގާތު ފެންވަރަން ދަނީ ކަމުގައި ބުނެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ފެންވަރާލައިގެން ނުކުމެ ޔަލްވީ ނިދަންލާ އަތް ކުރު މަޑު ފިޔާ ތޮށި ކުލައިގެ ކޮޓަން ގަމީސް ކޮޅަކާއި ހަމަ އެ ކުލައިގެ ކޮޓަން ފުޅާ ހަރުވާަޅެއް ލިއެވެ.  މޫނުގައި މޮއިސްޗްރައިޒާއެއް ލާފައި ބޮލުގައި ފުނާ އަޅައި ނިންމާލަމުން އެނދަށް އެރީ މާދަމާ އޮފީހަށް ދާން ޖެހޭތީ އަވަހަށް ނިދަން ވެގެނެވެ.

………………

މަންމައާ އެތައް އިރަކު ފޯނުން ވާހަކަ ދައްކާލުމަށްފަހު އާޔަތު ފެންވަރައިގެން ތެތް އިސްތަށިގަނޑު ހިއްކަމުން ސިޓިންރޫމައް ނުކުތީ ސްކިން ކެއަރ ކުރުމަށް ބޭނުންވާ ތަކެތި ފްރިޖްގައި ހުރުމުން އެ އެއްޗެހި ބަލައެވެ. ފްރިޖް ހުޅުވާލި އިރު ޗޮކްލެޓް ކަޕްކޭކެއް އިންތަން ފެނުމުން އާޔަތު ވީ އުފަލުން އެ ނަގައި  ދެ ދަތް ދޭތެރެ އަށް  ލައި ހިފަހައްޓާލަމުން ސްކިން ކެއަރ ކުރަން ބޭނުންވާ ސިރަމްތައް ދެއަތުން ނެގިއެވެ.

ފެންފުޅިއެއް ބަލައި ނުކުތް އަޒާން މަޑު ހިނގުމެއްގައި ގޮސް މަޑު ކޮއްލީ ފްރިޖް ހުޅުވިފައި ހުރުމުން މީހަކު އެތާގައި ހުރިކަން އެނގޭތީއެވެ.  ފްރިޖްގެ ދޮރު ލައްޕާފައި އެނބުރުން އާޔަތު ފެނި އަޒާން ގާތަށް އައީ ހިންޏެވެ. ދެއަތް ފުރާ ކުދި ފުޅިތަކެއް ހުރި އިރު އަނގައިގަ ކަޕްކޭކެއް އިނެވެ. އާޔަތު ހުރިގޮތް ފެނިފައި އަޒާން ޖީބުން ފޯނުނަގައި އާޔަތުގެ ފޮޓޮއެއް ނަގާލިއެވެ. ތެތް އިސްތަށި ގަނޑުން ދުވި މަޑު ވެނީލާ ވަހުން  އަޒާންއަށް  ފުން ނޭވާއެއް ލެވުނީ އިތުރައް އެވަސް  ބަލާލުމުގެ ނިޔަތުގައެވެ. މަޑު ރީދޫ ކުލައިގެ  އަތްދިގު މަޑު ލިނެން ފޮތީގެ ގަމީސް ކޮޅަކާއި ހަމަ އެ ކުލައިގެ ހަރުވާޅެއް ލައިގެން ހުރި އާޔަތު ގެ ފުރިހަމަ ކަމަށް އަޒާން ހުރީ ގެއްލި ހުސްވެފައެވެ. އަޒާން ގެ މަޑު ހިނިތުންވުން ފެނިފައި އާޔަތު ބުމަ ގޮއް ޖަހާލިއެވެ. އަތުގައި ހުރި ސްކިން ކެއަރ ފުޅިތައް މޭޒުމަތީގައި ބަހައްޓާލަމުން ކަޕްކޭކް ވެސް ނަގާ މޭޒު މަތީ ބޭންދިއެވެ.

”ކޯޗެއް ފެނިގެންތަ މާ ވަރަކަށް ތި ހެވެނީ؟ އެންޑް ކީއްވެގެންތަ ހުއްޓާ ނުލާ އަބަދު ބަލަން ތި ހުންނަނީ؟“ އެއްޗެއް ބުނެ ނުލާ އާޔަތައް ހަމަ ނުހުރެވުނެވެ.

” ތި ކުއްޖާ  އަބަދު ތުން ދިގު ކޮއްފަ ލޯ އަޅާ ވަރުން ހަމަ ބެލެނީ“ އަޒާން ތެދު ހާމައެއް ނުކުރެއެވެ. ހަޤީގަތުގައި  އާޔަތު ފެނުނީއްސުރެ އަޒާންއަށް ބުނެދޭން ނޭގޭ އިހްސާސްތަކެއް ވަނީއެވެ. ސައްވީސް ގަޑިއިރު މަސައްކަތު ތެރޭގައި ވަގުތު ހޭދަ ކުރާ މީހާ މިހާރު އެ ސިކުނޑި ހިސޯރުކޮއްފައިވަނީ އާޔަތު ކަމެވެ. ކުރިން ދުވަހަކު އަންހެން ކުއްޖަކަށް މާ ބޮޑައް ޝައުގުވެރިކަމެއް ނުހުންނަ މީހާ މިހާރު އަބަދުވެސް އާޔަތު ފެނޭތޯ އިންތިޒާރު ކުރެވެނީއެވެ. މި އާދަޔާ ހިލާފު ކަންކަމާ ދޭތެރޭ އަޒާންއަށް ވިސްނެނީ މާ ބޮޑަށެވެ.  ނަމަވެސް އަޒާން އަކީ ދުވަހަކުވެސް އަމިއްލަ އިހްސާސްތައް މީހަކާ ހިއްސާ ކުރާނޭ މީހެއް ނޫނެވެ.

”އަހަރެން ދެން ހުންނަންވީ ހެވި ދިލިފަ ތަ ސްޓްރޭންޖަރ އެއް އެވަރަށް ބަލާއިރު؟…..ބަލަ އަޒާން ބަލާވަރުންނޭ އަހަރެން ގާތައް ރުޅިވެސް އަންނަނީ“ ފަރުވާ ކުޑަ ރާގަކަށް އާޔަތު އެހެން ބުނެލީ އަޒާންއަށް ފުރަގަސް ދެމުންނެވެ. ފިރިހެނުންގެ އެއްވެސް ބަހަކަށް އިތުބާރު ނުކުރާ އާޔަތު އިތުރައް އަޒާން އަށް ސަމާލުކަން ދޭން ބޭނުން ނުވީއެވެ. ސްކިން ކެއަރ ފުޅިތައް  ނަގައިގެން އާޔަތު ކޮޓަރިއަށް ވަނީ  އަނެއްކާވެސް އަޒާންއަށް ލޯ އަޅާލާފައެވެ.

އާޔަތު ދިޔަ ދިމާލައް ބަލަން ހުރެފައި މޭޒުމަތީގައި އާޔަތު ބައިންދާފައިން ކަޕްކޭކް ނަގާ ދަތްއަޅާ ލަމުން އަޒާން ވަނީ ޔުވާންގެ ގޭމް ކުޅޭ ކޮޓަރިއަށެވެ.

……………..

”އޭ ޔޫވީ މަށަށް ހީވަނީ މަށަށް މިއުޅެނީ ހުވަފެނެއްގަ ހެން ނޫނީ ހިޔާލީ ދުނިޔެއެއްގަ ހެން“ ކަޕްކޭކު ކަމުން ކޮޓަރިއަށް ވަަތް އަޒާން ފެނި ލިއަމް އެކޭ އެއްފަދައިން ޔުވާންއަށް ވެސް ލިބުނީ ސިހުމެކެވެ. އެ ތިން އެކުވެރިންނަކީ ވެސް ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ތިން މީހުން ކަމުގައި ވިއަސް އަޒާން އަކީ ވަކިން ފޮނިއެއްޗެހިފެންނަ ހިސާބައް ވެސް ނާންނާނެ ވަރުގެ މީހެކެވެ. އަދި ވަކިން ޗޮކްލެޓް އެއްޗެހި މާ ގަޔާވާ މީހެއް ނޫނެވެ.

” އެބުނާހެން މިރޭ އަނެއްކާ ކިހިނެއް މި ވަނީ….ލިއާ މަށަށް ހީވަނީ ޖިންނީގެ ކަމެއް ހެން…. ގައިމު އިންޑިޔާ ޕާކިސްތާނު ބޯޑަރު އުވާލައި އެކުވެރި ވިއަސް ވެސް އޭއޭ ކޮމްޕެނީގެ ސީއީއޯ އަޒާން ޒާހިރަކީ ޗޮކްލެޓް ކާނެ މީހެއް ނޫން“ ހެމުން ހެމުން ޔުވާން ގޮސް އަޒާން ނިތުގައި އަތް ޖައްސާލީ ޖެއްސުމެއް ކޮއްލުމުގެ ނިޔަތުގައެވެ. ލިއަމްވެސް ޔުވާންގެ ބަހާ އެއްބަސް ވެ އިތުރައް އަޒާން އާ ސަމާސަ ކުރިއެވެ. ” އޯކޭ …..އޯކޭ ދެން ތިހާ ޑްރާމާ ބައި ބޮޑު ނުކޮއްބަލަ…… މި ދެމީހުނެކޭ މި އުޅޭ އަންހެން ވެރިންނެކޭ ނެތް ތަފާތެއް ވެސް“ ދެ ފަރާތައް ބޯ ހޫރަމުން ހެވިފައި ހުރެ އަޒާންގޮސް ޕީއެސް ފައިވްގެ އެއް  އަތް ގަނޑު އަތައް  ހެޔޮވަރު ކޮއްލިއެވެ.

………………

ހެނދުނު ގަޑިން 9:15 ވީ އިރު ޔަލްވީ ގޮސް ސައިން އިން ވެލަމުން ހޮސްޕިޓަލް ތެރެއަށް ވަނީ ދުވަމުންނެވެ. ރޭގަ ލަހުން ނިދުނީމަ ޔަލްވީއަށް ހޭލެވުނީވެސް ވަރަށް ލަހުންނެވެ. 8 ޖަހާއިރު އޮފީހައް  ދާން ޖެހޭ އިރު ޔަލްވީއަށް އާދެވުނީ  9:15 އަށެވެ.

”ޔަލްވީ؟ ލޭޓް އެގެއިން؟؟“ ޔަލްވީގެ ދުވެލި މަޑު ޖެހިލީ ފަހަތުން އިވުން އަޑަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ނޭދެން ވަކިވާކަށް 15 ވަނަ ބައި

Next

ގާތުގާ… 24

Next
May 28, 2026

ގާތުގާ… 24

Previews
May 28, 2026

ނޭދެން ވަކިވާކަށް 15 ވަނަ ބައި

10 Comments!

  1. Vaahaka_by_Az Athufa_Zubeyr says:
    May 28, 2026 at 8:09 pm

    Follow @parallel_chapterss. On instagram for the updates.

  2. zdmr says:
    May 28, 2026 at 8:09 pm

    omgg azaan and aayath are so cute. loving Liams lil smile whenever he’s with yalvee.
    can’t wait for the next ep.

    1. Vaahaka_by_Az Athufa_Zubeyr says:
      May 30, 2026 at 1:18 pm

      Azaan and his glances frrr 😮‍💨

  3. vnl says:
    May 28, 2026 at 8:10 pm

    obsessed with this episode💗
    xx

    1. Vaahaka_by_Az Athufa_Zubeyr says:
      May 30, 2026 at 1:18 pm

      Thankuuuu 💗

  4. raajiha says:
    May 29, 2026 at 11:03 am

    Omg omg no way
    Neumann yalvee fire nukurane kameh ves what is wrong with Liam dhw I hate him so much 😡 anyway, vvv reethi MA when nextt
    Lysm

    1. Anonymous says:
      May 29, 2026 at 11:04 am

      The first word I’m the second line
      It’s actually naynge 😭
      Sry

    2. Vaahaka_by_Az Athufa_Zubeyr says:
      May 30, 2026 at 1:19 pm

      Hehehe…. Thank you 💗

  5. Anonymous says:
    May 30, 2026 at 11:51 am

    Heyyyy when nextttt

    1. Vaahaka_by_Az Athufa_Zubeyr says:
      May 30, 2026 at 1:17 pm

      Heyy!! Next part will be out on monday.

Comments are closed.

Next Episodeތަޤުދީރު -6←


All Right Reserved!