Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ހުރެ ލޯބިވެވުނީ 4

shav
shav Level 1
May 28, 2026 7 Mins Read
9 Comments

”ޗީޑި ދެން. ސަހާދެއް މިބުނީ. މަކައިރި ހުންނަ އިރު ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނަން ދޯ. ހިތަށް އަރާ ވިނީގެ އަނގަ ބޮޑުކަން މީހުންނަށް އެނގޭނެ ނަމައޭ. ޔޫއާ އޯލްވޭސް ޓޫ ސައިލެންޓް މީހުން ކުރިމަތީ. މީ އެން ޔޯ ފޭމް ކުރިމަތީ ވަނީ ބޮޑު އަނގައަކަށް. އިންޓްރޮވާޓް ކަމުން ގޮސް. އެންޑް  ދެން އުޅޭނި ޓޫ ޓޮމްބޯއި ވެގެން އެހެން ފިރިހެނުން ޔޫއަށް ބެލިޔަ ނުދޭން. މައި ލަވިން ފަހަރިއަށް ވާހިތުން ވިއްޔަ“  މަޖާ ގޮތަކަށް އިނާރާ ބުނެލިއެވެ. އޭނާގެ ބޮޑު އަނގައެއް އޮވެއެއް ނޫންހޭ ހިތަށް އަރާ ހާލު އިނާރާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއެހުމެއް ނެތި ޔޫވީން ހިނގައިގަތީ އެމީހުންގެ މަންޒިލަށް ދިއުމަށެވެ.

ޔޫވީންއަކީ އަބަދުވެސް ވަރަށް މަޑުން ހުންމަ ކުއްޖެކެވެ. އޭނާ އެންމެ ކުޑައިރުއްސުރެ ވެސް އެހާ މަޑުން ހުންނާތީ އޭނާގެ އެކުވެރިއަކަށް އިނާރާ ފިޔަވާ އިތުރު މީހަކު ނުހުރެއެވެ. އިނާރާ އޭނާއާ ގާތްވީ އޭނާގެ އެ އޮންނަ ބޮޑު އަނގައިގެ ސަބަބުންނެވެ. އަދި ކުޑައިރު އަވައްޓެރިންނަށް ވީމައެވެ.

ބޮޑުވަމުން ދިޔަ ޔޫވީންހެ ހިތުގައި އިޝާންއާ މެދު އިހުސާސްތަކެއް އުފެދެން ފެށީ އުމުރުން އެންމެ 10 އަހަރުގައެވެ. އިޝާންއަށް 13 އަހަރުގައެވެ. އޭރު އޭނާއާ އިޝާންއަކީ ދެކެ ފަރިތަ ބައެކެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ އިނާރާއަކީ އޭނާގެ ‘ބެސްޓު ފްރެންޑް’ އަށް ވުމުން އެގެއަށް ގޮސްގޮސް އިޝާންއާ ވެސް ގާތް ވީއެވެ. އޭނާގެ ޅަހިތް އިޝާންއަށް ދެވުނެއްކަމަކު އެކުވެރިޔާ ގާތު އެވާހަކަ ބުނަން ޔޫވީން ފަސް ޖެހުނެވެ. އެކުވެރިޔާގެ ބޭބެއަށް ވުމުންނެވެ. އެހިތުގެ ހާލު އޭނާ އިނާރާއަށް އެންގީ އޭނާއަށް 16 އަހަރުގައި، މީގެ އަހަރެއްހާ ވަރު ކުރިންނެވެ. އޭނާ ހީކުރި ގޮތާ ޙިލާފަށް އިނާރާ އޭނާއަށް ހިތްވަރު ދިނެވެ.

…………

‘ސްޕައިސް ގާޑެން’ ރެސްޓޯރަންޓަށް ވަދެ އެންމެ އެތެރޭގައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި އިނާރާއާ ޔޫވީން އިށީނދެލިއެވެ. އިރުކޮޅެއް ނުވެ އެމީހުންގެ ގާތަށް ވެއިޓަރަކު އައެވެ. ”2 ޗޮކްލެޓް މިލްކްޝޭކް އެންޑް އެ ޕިއްޒާ“ އިނާރާ ވެއިޓަރު ގާތު ބުނެލިއެވެ.

”ސޯ…. ވަޓް ހެޕެންޑް ވިތް ދިސް ހޮޓް ބެސްޓީ؟ ހުމް؟“ ވެއިޓަރު ދާއިރަށް ލާނެތް ގޮތަކަށް ޔޫވީން ބުނެލިއެވެ. އެއާއެކު އިނާރާއަށް ވައްތަރެއް ޖައްސާލެވުނެވެ. ”ނަތިން ސީރިއަސް ހެޕެންޑް އޯކޭ. ހީ ޖަސްޓް ވިންކްޑް އެންޑް ސްމައިލްޑް އެޓް މީ. ނަތިން މޯ.“ ޗުސް ތަޅާލަމުން އިނާރާ ބުނެލިއެވެ. ”އޯހް. އެހެންވެތަ މުޅި މީހާ އެއްކޮށް ރަތްވެފަ ހުރީ؟“ ޔޫވީން ބުނެލިއެވެ. ”ފައިން. އޭނަ އާ ދެމީހުން އައި ކޮންޓެކްޓް ވީ. އެންޑް އޭނައަށް ފެނުނީ ކަންނޭނގެ މައި ފޭސް ރަތްވި ތަން. އެން ދެން ދޮންބެ އިންޓްރޮޑިއުސް ކޮށްދިނީ އަހަރެމެން. އޭނައަށް ކިޔަނި ޝަފްމާން. އރންޑް ހީ އިޒް ދޮންބެގެ އޭޖް. ދެން ހުރީ އެހެން ފިރިހެނެއް. އެޕޭރެންޓްލީ ދިން އަދާ ފިރިހެން މީހާ އަކީ ޝަފްމާން ގެ ޓްވިން، ޝަފްވާން. ބަޓް ވައްތަރެއް ނޫން އެއްގޮތަކަށްވެސް…….“ އިނާރާ ކިޔަމުން ދިޔައެވެ. ދެން ޝަފްމާން ‘ހާއި’ ކީ ގޮތެވެ. އަދި ހީލާފައި އެއްލޯ މަރާލި ގޮތެވެ. އަދި އޭނާ ފަސްދީފައި ދިޔަ ގޮތެވެ. އޭރު އިނާރާ ކިޔާދެމުން ދިޔަ ‘ޑްރެމެޓިކް’ ގޮތުން ޔޫވީން އިނީ ހީހީ ހަލާކުވެފައެވެ.

އެކަހަލަ ތަފާތު ވާހަކަތަކުގައި ތިއްބާ އެމީހުންގެ ކާއެއްޗެހި އައެވެ. އެވަގުތު ދުވި ޕިއްޒާގެ މީރު ވަހުން ދެމީހުންގެ ވެސް ކުޅު ދިޔާވިއެވެ. ވެއިޓަރު އައިސް ޕިއްޒާއާއި ދެ މިލްކަޝޭކް ތަށި ބަހައްޓާފައި ދިޔަ ކަމެއް ނޭނގެ ޔޫވީންގެ އަތް ޕިއްޒާއާ ދިމާލަށް ދަތުރު ކުރިއެވެ. އެކަމަކު ޕިއްޒާ ފޮއްޗެއް ނެގެން ވާއިރަށް އިނާރާ އޭނާގެ އަތުގައި ޖަހައިފިއެވެ.

”ޗިލް ޑޫޑް. އަދި ނުކެވިފައެއް ނެތެންނު. ފުރަތަމަ ސްނެޕް ކުރަންށޭ ޖެހޭނި. ސޯ ކެތްލަވައިގެން މަޑުމަޑުން ބައްސަހައިގެން އިނދޭ.“ އިނާރާ ފޯނު ހުޅުވަމުން ބުނެލިއެވެ. އެއާއެކު ޔޫވީންއަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. މިހާރުގެ ކުދިން އަބަދު ސޯޝަލް މީޑިޔާއަށް އެއްޗެހި ލުމުގައޭ ހިތަށް އަރާ ހާލު އޭނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާއަކީވެސް އެބުނާ ‘މިހާރުގެ ކުދިން’ގެ ތެރޭގައި ހިމެނޭ މީހެކޭ ހިތަކަށް ނޭރިއެވެ.

‘ސްޕައިސް ގާޑެން’ އިން ނުކުތް ޔޫވީންއާއި އިނާރާ މިސްރާބު ޖެހީ އަތިރި މައްޗާ ދިމާލަށެވެ. އޭރު މަގުތަކުގައި މީހުންތައް ހިނގާ ބިނގާވެ އުޅޭތަން ފެނެއެވެ. ބައެއް މީހުން ދަރިންނާ ލޯބިވެރިން ގޮވައިގެން ސައިކަލުގައި ބުރުޖަހަނީއެވެ. އަނެއް ބަޔަކު އާއިލާއާ އެކުވެރިންނާ އެކީ ހިނގާލަން ގޮހެވެ. އިނާރާއާ ޔޫވީން އަތިރި މައްޗަށް ދިޔައިރު އެތަން ވެސް ފުރިފައިވީ އެކި އުމުރު ފުރާތަކުގެ މީހުންނުންނެވެ.

އިނާރާއާ ޔޫވީން މިސްރާބު ޖެހީ އެމީހުން އާންމުކޮށް ތިބޭ ސަރަހައްދަށެވެ. އެއީ މީހުން އެންމެ މަދުން ދާ ހިސާބެވެ. ސަބަބަކީ އެއީ އަތިރިމައްޗާ ވީ ފަޅީގައިވާ ގަސްބޯ ޖަންގައްޔާ ކައިރިވީމައެވެ.

ދެމީހުން ގޮސް އިށީނދެލީ ގޮނޑުދޮށާ ކައިރި ހިސާބެއްގައި ހުރި ޖޯލިފަތިތަކުގައެވެ. ދެމީހުންގެ ނަޒަރު ދެން ހުއްޓިގެން ދިޔައީ ތަށިމުޅި ޖަހާފައިވާ ފަދައިން އޮތް ސާފު މޫދަށެވެ. ކުދިކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސާލާފައި ދާ މަންޒަރަށެވެ. އެ ރީތި ކުނި ކޮޅެއްހާ ހިސާބުވެސް ނެތް، ބޯކިތުކޮޅެއްހާ ހުދު ދޮންވެލި ގަނޑަށެވެ. ގުދުރަތުގެ މިރީތި މަންޒަރަށް ގެއްލިފައި އިން އިނާރާ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން އެރީތި މުށިކުލައިގެ ދެލޯ ބޮޑު ކޮށްލަމުން ޔޫވީންއާ ދިމާލަށް އެނބުރުނެވެ.

”އޭ ވިނީ. އަދި ކިރިޔާއޭ މި ހަނދާންވީ. ދިސް މަންޝާ ބުނީ އަހަރެމެންގެ ބެޗް މޭޓްސް ޕިކްނިކް ދާން ރާވަމުން ދާ ވާހަކަ. ދަ ހޯލް ބެޗް. އަހަރެމެންގެ ކުލާސް އެކަންޏެއް ނޫން. ދެން އެހީ އަހަރުން އަންނާނަން ހެއްޔޯ. އައި ސެއިޑް ދާނަމޭ. އެހެން އެއްޗެކޭ ބުނެވޭކަށް ނެތްތާ ދޯ. ވީއާ ޓޯކިން އެބައުޓް ދި ކުއީން ބީ އޮފް ދި ބެޗް ވިއްޔަ. ފޮނި ކަމުން ހަކުރެކޭ ތަފާތެއް ނެތް. ސަހާދެއް. އެނީވޭސް ޝީ ސެއިޑް މިއަންނަ މަހަޝޯ ދަތުރު ދާން ރާވަނީ އެ.“ އިނާރާ މޫނަށް ވައްތަރު ތަކެއް ޖައްސަމުން ބުނެލިއެވެ. އެއީ މަންޝާ އޭނާ ގާތު އެވާހަކަ ބުނުމުންނެވެ. މަންޝާ އަކީ އެހެން ކުދިންނަށް މަލާމަތް ކޮށް އަބަދުވެސް މާ ބޮޑާ ވެގެން އުޅޭ ކުއްޖަކަށް ވީމައެވެ. މިކަމާ އިނާރާއާ ޔޫވީން އޭނާ ދެކެ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ.

”އޯހް. އޭނަ ބުނީ އިންނު ކައިރި؟ ވާއު. ދެޓް އެރޮގެންޓް ޑޯޓަރ އޮފް އަ ގަން. އާހް ވަރަށް ފޫހިވޭ. އެކަމު ދެން ދާންތާ ޖެހޭނި. އެހެން ނޫނީ ކޮންމެ ފަދަ އެއްޗެއް ވެސް ކިޔާފާނެ. އަނެއްކަ ބުލީ ކުރަން ފަށާނި އޭނަ.“ ޔޫވީން ވެސް މަންޝާ އާ ދިމާލަށް އެއްޗެހި ގޮވައިގަތެވެ.

އެގޮތުގައި މީހުންގެ ވާހަކަ ދައްކަން ތިބި އިރު، އިރު އޮއްސި މީހުންތައް ގެއަށް ދިޔަކަން ވެސް ދެމީހުންނަށް ރެއަކާ ނުލިއެވެ. ދެމީހުންނަށް ހަމަ ބިމަށް އާދެވުނީ ބަންގީގެ މޫރިތި އާޔަތްތަކުން މުޅި ފަޒާ ގުގުމާލި އަޑަށެވެ.

”އޯ ޝިޓް. މަޣްރިބް ނަމާދު ބަންގި ގޮވީ. ގެއަށް ދާއިރަށް މަންމަ މަ ކާލާނެ.“ މިހެން ބުނެ އިނާރާ ވަގުތުން އިންތަނުން ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އަދި ޔޫވީން ވެސް ތެދުވުމުން ދެމީހުން އެކީ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

………

” ބާއި އިންނޫ. މާދަން ވެސް ދިމާކުރަން ވާނެ. ކޮންމެ ދުވަހަކުވެސް ވާނެ. ސްކޫލަށް ވެސް ދާކަށް ނުޖެހޭނެ އެންނު.“

‘ވައިޓް ލިލީސް’ ގެއާ ހިސާބަށް އާދެވުމުން ޔޫވީން  އިނާރާއަށް ބުނެލިއެވެ. އަދި އިނާރާ އޭނާގެ ވާހަކައަށް ބޯ ޖަހާލަމުން ‘ބާއި’ އޭ ބުނެލުމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ޔޫވީން ގެއަށް ވަނުމުން އިނާރާ ވެސް އޭނާގެ ގެއާ ދިމާލަށް ދިއުމަށް މިސްރާބު ޖެއްސެވެ. ޔޫވީންގެ ގެއާ އޭނާގެ ގެއާ ދެމެދު ފުދޭވަރަކަށް ދުރުމިން ހުރުމުން އޭނާ ހިނގުން ބާރު ކޮށްލިއެވެ. ލަހުން ގެއަށް ދިއުމުން މަންމަގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެކަން ހިތަށް އެރުމުން އޭނާގެ ހިނގުން އިހުނަށްވުރެ ބާރުކޮށްލަމުން ހަނި ހަނި ގޯޅިތަކުން ދާނެ ފެށިއެވެ. އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

އެހެން މަގުތަކުން ހިނގަމުން ގޮސް އޭނާ މީހުން މަދު ހިސާބު ގަނޑަކަށް ދިޔައެވެ. އެއީ އެހިސާބުގެ މަގުތަކުން ދިޔުމުން ހެއަށް ދެވޭލެއް އަވަސް ވާނެތީއެވެ. ‘ޝޯޓް ކަޓް’ އެއްގެ ގޮތުގައެވެ.

ހިނގަމުން ދިޔަ  އިނާރާއަށް މަޑުޖެހި ލެވުނީ ފަހަތުން ބަޔަކު އަންނަހެން ހީވުމުންނެވެ. މަޑުމަޑުން އޭނާ ފަހަތް ބަލާލި އިރު މަގު އޮތީ އަނދިރި ކޮށެވެ. އެއްވެސް ދިރުމެއްގެ ހިލަމެއް ނުވެއެވެ. މުޅި ތަނުގައި މަރުފަދަ ހިމޭންކަމެއް ވިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ކަމަށް ނިންމާ ކުރިއަށް ހިނގައިގަތެވެ.

އަނެއްކާވެސް ފަހަތުން ބަޔަކު އަންނަފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އެއާއެކު އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން މަޑުމަޑުން ފަހަތަށް ބޯ އަނބުރާލިއެވެ. ނަމަވެސް ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެރިވީ އެހިސާބުންނެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރި އަވަސް އަވަހަށް ހިނގައިގަތެވެ.

އިރުކޮޅެއް ނުވެ އަނެއްކާވެސް ބަޔަކު އޭނާގެ ފަހަތުން އަންނަހެން ހީވިއެވެ. އޭނާއާ ނުހަނު ގާތުންނެވެ. އެއާއެކު އެނާގެ ހިނގުން ދުވުމަކަށް ވަގުތުން ބަދަލުވެއްޖެއެވެ. ފަހަތުން އިވެމުން ދިޔަ ފިޔަވަޅިތަކުގެ އަޑުވެސް އެއާއެކު އަވަސް ވެގެން ދިޔައެވެ.

ފަހަތަށް ބެލުމެއްނެތި ދުވެވޭ އެންމެ ބާރަކަށް، އެ ހަނި ހަނި ގޯޅިތަކުގައި ދުވަމުން ދިޔަ އިނާރާއަށް ތެޅިގަނެވުނީ އޭނާގެ ހަށިގަނޑުގައި ބޮޑު އަތަކުން ވަށާލީމައެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭފަޅާ ނުކުމެދާނެ ހެންނެވެ. އޭނާގެ ބޮޑު ދެލޯ ކަރުނުން ފުރި ބާރު ވެއްޖެއެވެ. ސަލާމަތްވާން ތެޅި ގަނެލި ވަގުތު އޭނާގެ ނޭފަތުގައި އެމީހަކު ފޮތިގަނޑެއް އަޅައިފިއެވެ. ދެން ފެނުނީ އެމީހާގެ އަތްމައްޗަށް އިނާރާ ދެމުނު ތަނެވެ.

…….

7 ޖަހާ ބޮޑުވި އިރުވެސް  އިނާރާ ގެއަށް ނައިސްގެން ‘ރޯޒް ގާޑެން’ ގެ ވަނީ ހާސްކަމެއްގެ ތެރެއަށް ގޮހެވެ. އިޝާރާ ހާސްވެ ކަންބޮޑުވެފައި ސިޓިންގރޫމް ސޯފާގައި ނިޔަފަތިތައް ހަފާލަ ހަފާލާ އިންއިރު ނާޒިމް ހުރީ އިޝާރާގެ ކުރިމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ހާސްވެފައި ހުރި ކުލަވަރުތަކެވެ. އިނާރާ މިހާ ލަސްވަންދެން އެމީހުންގެ ގާތު ނުބުނެ ގެއަށް ނައިސް ނުހުންނާތީއެވެ. ފޯނަށް ގުޅާ ގުޅާ ވަރުބަލިވި އިރުވެސް ފޯނު ނުނެގީމައެވެ. މައްސަލައަކީ ހަވީރު ބޭރަށް ދަމުން އެމީހުން ގާތު ނުބުނެ ދިޔުމެވެ. އިނާރާ ދިޔައީ ކާކާ އެކު ކަމެއް، ދިޔައީ ކޮންތާކަށް ކަމެއް އިނގެނީކީ ނޫނެވެ.

”އަޅެ އިޝާރާ ތި ޔޫވީންއަށް ގުޅާބަލަ. އެމަންޖެއަށް އިނާރާ ވީތަނެއް އިނގިދާނެ ދޯ. އަބަދުވެސް އެމަންޖެއާ އެކު އެންނު އިނާރާ އުޅެނީ.“ ނާޒިމް ބުންޏެވެ. ” މަ އަތަކު ނެތޭ އެދަރި ނަންބަރެއް. އޮތްނަމަ ގުޅީސް. ދެންމެ މަ ވިދާދަށް ގުޅައިފިން. އެކަމަކު އޭނާ ފޯނެއް ނުނަގައޭ. ދެން މަ ކީއްތަ ކުރާނީ. މަގޭ ދަރި ވީ ތަނެއްވެސް ނޭނގެ.“ މޭގައި އަތް އަޅާލަމުން އިޝާރާ ނާޒިމަށް ރައްދު ދިނެވެ. އެވަގުތުވޯ އިޝާން ގެއަށް އައިސް ވައިން ވަގުތަށެވެ.

” މަންމާ، ބައްޕާ. ހާދަ ހާސްވެފަ. އަނެއްކާ ކީއްވީ؟“ އިޝާން އޭނާގެ މައިންބަފައިންގެ ހާސްވެފައިވާ މޫނުތަކަށް ބަލާލަމުން ބުނެލިއެވެ. ”މިއުޅެނީ އިންނު ގެއަށް ނައިސްގެންނު. އެކުއްޖާގެ ފޯނަށް ގުޅުނު އަދަދުވެސް ނޭނގެ. އެހެންނޫނީ އަހަރެމެން ކައިރި ނުބުނެ މިހާ ލަސް ވަންދެން އިނާރާ ނުހުންނާނެ.“ މޫނު މަތީގައި އަތް ހާކާލަމުން އިޝާރާ ބުނެލިއެވެ. އެއާއެކު އިޝާންގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. ”ވަޓް؟! އިންނު ގެއަކަށް އަދިވެސް ނާދެއޭ؟! ގުޅީމަ ފޯނެއްވެސް ނުނަގައޭ؟! އަޅެ މަންމަމެން ރަނގަޅު އިނގޭ. އަޅުގަނޑަށް ގުޅާލި ނަމަ ކުރީބައިގަ.“ އިޝާންގެ އަޑު ވަނީ ބާރުވެފައެވެ. ލޯބިވާ ކޮއްކޮ ވީތަނެއް ނޭނގުމުން އޭނާ ހާސްކަމެއްގެ ތެރެއަށް ވަނެވެ. ”ދަރިފު އަތުގަ ޔޫވީން ގެ ނަންބަރު އެބައޮތެންނު. އެމަންޖެއަށް ގުޅާލަބަލަ. އަހާބަލަ އިންނު ހުރިތޯ. “ ރޮވެން ކައިރިވެފައިވާ ހާލު އިޝާރާ ބުނެލިއެވެ. އެއާއެކު ”އެންމެ ރަނގަޅޭ“ ބުނެ އިޝާން  ޔޫވީންއަށް ގުޅާލިއެވެ.

……..

ނަމާދު ކޮށްގެން  އެނދުގައި ޤުރްއާން ކިޔަވަން އިން ޔޫވީންއަށް ސިހުން ގެނުވީ ޑްރެސިން ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. މިގަޑީގައި ގުޅާނީ ކާކު ބާއޭ ހިތަށް އަރާ ހާލު ކިޔަވަން އިން އާޔަތް ނިންމާލާފައި ހަތިމް ލައްޕާލައި އޭނާ ފޯނާ ދިމާލަށް ދިޔައެވެ. އޭނާގެ ހައިރާންކަން ދެގުނަވީ ‘ ހޭންޑްސަމް ހާޓް ތީފް’ ގެ ނަމުން ސޭވް ކޮއްފައި އިން ނަންބަރަކުން ގުޅަމުން ދިޔައީމައެވެ. އޭނާއަށް ފޯނަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. ރިންގު ކެނޑި ދެވަނަ ފަހަރަށް ގުޅަން ފެށުމުން ހިތަ އަވަސްވެފައިވާ ހާލު އޭނާ ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ‘ހަލޯ’ އޭ ބުނެލިއެވެ.

”ޔޫވީ. އިންނު އެބައުޅޭތަ“ އެކޮޅުން އިޝާން ބުނެލި އަޑު އިވުނެވެ. އިޝާންގެ ހާސްވެފައި ވީ އަޑު އިވުމުން ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް ޔޫވީންއަށް ލިބުނެވެ. ”ނޯ. އިންނު ގެއަށް ދާން ނައްޓާލިތާ މިހާރު މޯ ދޭން 30 މިނެޓް ވާނެ. އައި ގެއަށް ވަނީމަ އިންނު  ނައްޓާލި ގެއަށް. އެއީ އެރައުންޑް ބަންގި ގޮވި ގަޑި. ވަޓް ހެޕެންޑް؟“ ޔޫވީން އަހާލިއެވެ. ” އޯ. ޝިޓް، ދިސް އިޒް ބޭޑް. އިންނު އަދިވެސް ގެއަށް ނާދެ. މަ ދެންމެ ގެއަށް އައި އިރު މަންމައާ ބައްޕަ ތިބީ ހާސްވެފަ. އެހެންވެ ވީގޮތް އެހީމަ ބުނީ އިންނު އަދިސް ނާދެއޯ.“ އެކޮޅުން ހާސްވެފައިވާ އަޑަކުން އިޝާން ބުނެލި އަޑު އިވުނެވެ. ”އަމް ގޮއިން ތިގެއަށް“ ”ނޫނޭ. ނަޔަސް އޯކޭ ވާނެ. އަމް ގޮއިން ތިގެއަށް ވިތު މާން އެން ވާން. އެންމެން އެކީ ދާނި އިންނު ހޯދަން“ އިޝާން މިހެން ބުނުމުން އެންމެ ރަނގަޅޭ ކިޔާ ޔޫވީން ފޯނު ބޭއްވިއެވެ. އަދި ލައިގެން ހުރި ނިދާ ހެދުން ބަދަލުކޮށް ކުޑަ ގޮތަކަށް ރީތި ވެލިއެވެ. އަދި ކޮޓަރިން ނުކުތެވެ.

”ދަރިފުޅާ. ކޮންތާކަށް ދާން ތިއުޅެނީ މިއޮއް ފަދަ ގަޑީގަ؟“ ކޮޓަރިން ނުކުތް ޔޫވީންއަށް އެރުނީ އޭނާގެ ކޮއްކޮއަށް ކާންދީފައި ކޮޓަރިއަށް ދާން އުޅުނު އޭނާގެ މަންމަގެ ކުރިމައްޗަށެވެ. ”ދޮންތި ކޮންތާކަށް ދަނީ؟“ 10 އަހަރުގެ ޔޫމީން ވެސް ސުވާލު ކޮށްލިއެވެ. އެވަގުތުވީ އޭނާގެ ބައްޕަވެސް ގެއަށް އައިސް ވައިން ވަގުތަށެވެ. ”އެބުނާހެން ވިނީ ކޮންތާކަށް“ އޭނާގެ ބައްޕަވެސް އޭނާއާ ސުވާލުކޮށްފިއެވެ.  ” ޕިސް އަޅެ. ހަމަ ކުރާ އެއް ސުވާލެއް އަޅެ އެބަ ކުރެއޭ މިއެންމެން. ނުފެނޭތަ އަޅުގަ ހާސްވެފަ ހުރި ވަރެއް“ އިނާރާ އާ މެދު ހާސްވެ ކަންބޮޑު ވެފައި ހުރިލެއް ބޮޑު ކަމުން ޔޫވީންއަށް ހަޑިކޮށް އޭނާގެ މައިންބަފައިންނާ ކޮއްކޮއާ ވާހަކަ ދެއްކުނެވެ. ”އަޔޯ. ސޮރީއޭ. އަޅެ ބުނެބަލަ ކިހިނެތްވީ؟ ކޮންތާކަށް ތިދަނީ؟“ ޔާމީން ބުންޏެވެ. ”އިންނު އަދިވެސް ގެއަކަށް ނުދެޔޯ. އަޅުގަ ގެއަށް ލާފަ އިންނު ފިޔަތާވެސް މިހާރު ބައިގަޑި އިރަށް ވުރެ ގިނަވާނެ. އެހެންވެ އިޝާން ބުނީ އެމީހުންނާ އެކީ އިންނު ހޯދަން ހެލްޕް ވާން. އަޅުގަ އާ އެންނު އިންނު އެންމެ ފަހުން ދިމާވި. އެހެންވެ.“ ޔޫވީން ބުންޏެވެ. ”ނާހަމަ ތެދެއް؟ އެކުއްޖާ ފަކީރު ވީ އަޅެ ކޮންތާކުބާ. މިހާރު އިޝާރާ އިންނާނެ ރޮއެ ރޮއެ ވަރުބަލި ވެފަ. އަޅެ ޔާމީން ހިނގާބަ އެގޯއްޗަށް ދާން މަ ގޮވައިގެން.“ ވިދާދް މިހެން ބުނުމުން ޔާމީންއާ ޔޫމީން އޭނާއާ އެކު ގެއިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ވީ އިޝާންމެން ސަލާން ގޮވާފައި އެގެއަށް ވައިން ވަގުތަށެވެ.

…….

އަޅުގަނޑު މިވާހަކަ އަޕް ނުކުރާތާ މިހާރު މަހެއްވަނީ. މިކަމަށް އަޅުގަނޑު މަޢާފަށް އެދެން. އަޅުގަނޑަށް ވާހަކަ މި ދިޔަ މަހު ނުލިޔެވުނީ ވަރަށް ބުރަކޮށް އުޅެން ޖެހުނީމައާ ބަލިވެސް ވެގެން. ދެން އިންޝާﷲ ކޮންމެ ހަފަތާއަކު 2 ފަހަރު ނަމަވެސް ގެނެސްދެވޭތޯ ބަލާނަން.

މި ބަރަކާތްތެރި ޢީދުގެ ހެޔޮ އެދުމާ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސް ކުރަން ✨️🫶💜

ޢީދު މުބާރަކް ✨️💜

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shav
Follow Me Written By

shav

Level 1

Just a simple girl who fell in love with reading stories which lead to try writing 💗💜

Other Articles

Previous

ޖަވާހިރުގެ ބާރު 2 – 11

Next

ނޭދެން ވަކިވާކަށް 15 ވަނަ ބައި

Next
May 28, 2026

ނޭދެން ވަކިވާކަށް 15 ވަނަ ބައި

Previews
May 28, 2026

ޖަވާހިރުގެ ބާރު 2 – 11

9 Comments!

  1. Shaba_17 says:
    May 28, 2026 at 2:44 pm

    Hey shav long time no sees!
    Mi part ves vrh Reethi MA! 🖤🥀
    Yooveen and Ishaan so cute wauu 💗
    Haadha lwbi 2 frineds eyy dhw Hehe 🤗
    Cover pic hama fire 🔥 vrh vrh salhiiii Omggg
    No way Kaaku baa inaara ah e gendhiyaee 😭
    Inaara ah dhera gotheh nuhadhahcheyy plss save her
    Vrh Reethi hisaabkun thi ninmaaly I’m so curious 😳
    Curiously waiting for the next part When’s next?
    Lots of love 💗

    1. shav shav says:
      May 28, 2026 at 4:11 pm

      Haha yes long time no see 😭
      Thank youu
      Dhww. They so cutee, yooveen n ishaan and the friends too
      I don’t know who did that to inaaraa 😔
      Lets see kameh veytho. Dua kolla kolla thibey kameh nuveytho 🤭
      Next part in sha allah eid ah fahu
      Lots of love to you too Shaba_17 💜💗

  2. Shaba_17 says:
    May 28, 2026 at 2:46 pm

    تقبل الله منا ومنكم
    ✨ عيد مبارك ✨

    1. shav shav says:
      May 28, 2026 at 4:07 pm

      Eid mubarak Shaba_17 ✨️

  3. Miss rose says:
    May 28, 2026 at 3:21 pm

    Mi part ves varah reethi. Curiously waiting for next part?? Hope you are well lysm . eid mubarak

    1. shav shav says:
      May 28, 2026 at 4:07 pm

      Thankss 💗
      Next part in sha allah eid nimmaafa
      Eid mubarak miss rose

  4. Nabaa says:
    May 28, 2026 at 6:47 pm

    Alheyyyyyy….. Haadha dhigu inthizaarehge nimumekey mee….
    Mi part kiyaa hithun ulhey thaa vrh dhuvas vejje…
    Anyways mi part vrh salhi n next part ga vaane gothakaa medhu vrh curious vey eba…
    Waiting for the next..
    Lots of love from nabaa

  5. Sheex says:
    May 28, 2026 at 8:27 pm

    Omg shav haadha gina dhuvaheh vejjeyey dhw
    Hama konme dhuvahaku mi part up veytho v inthizaarukurin
    Alhey v reethi mI part mA
    CW4THENEXTP
    Tc gurll
    Eid mubaarak

  6. Princess_112 says:
    May 29, 2026 at 10:54 pm

    Omg vrh reethi I was waiting for so long to read this story
    I can’t wite to read the next part
    Lysm Tc 🥀✨

Comments are closed.

Next Episodeނޭނގި ހުރެ ލޯބިވެވުނީ 5←


All Right Reserved!