“ހުއްޓާލާ… ހުއްޓާލާ… ތިހެން ނުބުނޭ ޒާލާ.. ޒާލާ އެކަންޏެއް ނޫނެއްނުން…؟ އަ… އަހަރެން މިހުރީނުން…” އަޒީންގެ ޖަވާބު އިވިފައި ރޮއެ ރޮއެ އިން ޒާލާގެ ރުއިން ހުއްޓުނެވެ. (81 ވަނަ ބައި) ފަތިހުގެ ހިތްގައިމު ވަގުތެވެ. އިރުގެ ހޫނު އަލިން، ފަތިސް ވަގުތުގައި ދުނިޔެމަތީގައިވީ ތެތްފިނިކަން ފިލުވާލީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުނިޔެ މައްޗައް އަލިކަން އިތުރުވާން ފެށުމާއި އެކު ރަށު ތެރެވެސް ހަލަބޮލިވާން ފެށިއެވެ. ގޭތެރެ ކުނި ކަހަން މީހުން ނިކުނަން ފެށި އިރު […]
އަޑުން އަޑު ނަގާ ރޮމުން ދިޔަ ޒާލާ ކުރިމަތީގައި ޒަވުލް ކުޑަކަކޫ ޖެހިއެވެ. އެހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. އެހެން ވިޔަސް ކުރާނީ ކީއްހެއްޔެވެ؟ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ދެދަރިން ރޮމުން ދިޔަ މަންޒަރު ފެނި ނައުރީންވެސް ހުރީ ހިތް ހުއްޓޭ ވަރުވެފައެވެ. އެހެން ވިޔަސް އެ އާއިލާއަށް ނޭނގުނީ ޒާވިލްގެ މަރުގެ ސިއްރެވެ. އެކަން އެނގުމުންވެސް އެމީހުން ހަމަ އެހެން ރޯނެ ބާއެވެ؟ (80 ވަނަ ބައި) ކާގެ ތެރޭގައި ފެހި އާފަލެއް […]
“ދަރިފުޅާ… އިނގޭ… މިއީ މަޢާފު ހައްގުވާ ވަރުގެ ބައްޕައެއް ނޫންކަން.. އެކަމަކު… މި ނުލަފާ ބައްޕައަށް މަޢާފު ކޮށްދީ ދަރިފުޅާ.. ބައްޕަ ދަރިފުޅުދެކެ ވަރަށް ލޯބި…” އިމްރާންއަށް ލިޔެވުނީ އެހިސާބަށެވެ…… (79 ވަނަ ބައި) ޑައިލަސިސް ހަދާ ކޮޓަރި ތެރޭގައި އޮތް އަޒީންގެ ނިއްމަތީގައި އަތް ބާއްވާލެވިފައި އޮތް އިރު އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ރުޒައިކް ބުނި ވާހަކައެވެ. ތެދެކެވެ. ހަގީގީ ލޯބިވާ މީހަކު އެމީހެއްގެ މާޒީގައި ވެފައި ހުރި ކަންކަމުގައި ހިފާ ނުދަމާނެއެވެ. އަބަދުވެސް […]
“އަހަރެން މިކަން ކުރާނަން… އެކަމަކު… ބޮސްގެ ވައުދު ހަނދާން ކުރާތި. އަހަރެންގެ އާއިލާ ބަލާތި…” ޒާވިލް އެހެން ބުނުމުން ‘ހޫމް’ ލައްވާލާފައި ބޮސް ފޯނު ބޭއްވިއެވެ. ޒާވިލް އިސްޖަހާލިއެވެ. އޭނާގެ ދިރިއުޅުން މި ހަލާކުވީ ނައުރީންއަށް އޭނާ ބޭވަފާތެރި ވެވުމުންނެވެ. މިކަމުން ސަލާމަތް ވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދުރުގައި ތިބި އޭނާގެ އާއިލާއަށް ބަލައިލީ އިރު އޭނާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. (78 ވަނަ ބައި) ދެލޯ ފުހެލަމުން ޒާވިލް […]
ސައިކަލުގައި ޔައުލާން ގޮވައިގެން މީކައިލް ދިޔައީ އޭނާއާއި ވިޝާހާގެ ގެއަށެވެ. ގެއަށް ވަދެ ސިޓިންގ ރޫމުގައި އިށީނދެފައި ޔައުލާންގެ ކޮޑުގައި މީކައިލް ފިރުމާލިއެވެ. “އިންޝާ ﷲ އަދި ރަނގަޅު ވާނެ. މީވެސް އިމްތިހާނެއް. ކެތްތެރިވޭ ޔައު” ހިތްވަރު ދިނުމުގެ ގޮތުން މީކައިލް ބުނެލިއެވެ. ނުރޯން ވެގެން ކެތްކޮށްލައިގެން އިން ޔައުލާންއަށް ކެތްވީ އެހިސާބަށެވެ. އަޑުން އަޑު ނަގާ ރޯން ފެށުނެވެ. ރޮމުން ރޮމުންއޭނާއަށް ބިންމައްޗައް ޖެހިގަނެވުނެވެ. މީކައިލް ބިންމަތީގައި އިށީނެވެ. ޔައުލާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔައުލާންގެ އަޑުގައިވީ […]
މެންދުރު ނަމާދު ކޮށްލައިގެން ގެއަށް އެނބުރި އައި ޝަރަފްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ގޭ ކައިރީ ގުދުވެގެން ހޮޑު ލާން އޮތް އަންހެން ކުއްޖާއެވެ. ވަގުތުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން ނިކުތެވެ. އޭރު އޭނާ އިނީ ބިންމައްޗައް ޖެހިފައެވެ. އިށީނދެގެން އިން ނަމަވެސް އޭނާގެ ހަށިގަނޑުގައި އެއްވެސް ފަދައެއް ނެތެވެ. “މަޒީނާ…؟” އޭނާގެ ކުރިމަތީގައި ހުއްޓުނު ޝަރަފް ދިޔައީ ސިއްސައިގެންނެވެ. މާބަނޑުވެފައި ހުއްޓާ […]
“ދެން ކަލޭ ކީއްކުރާނީ އެމީހުން ދެރަވިއްޔޭ ކިޔާފަ؟ ހުރިހާ ވާހަކައެއް ކިޔާދޭނީތަ؟ ހަނދާން ނެތުނީތަ ކަލޭގެ އެކުވެރި އަޒީން ޖަލުން ނެރެ ގޭބަންދަށް ނެރެން އަހަރެންވީ އެހީ؟” އަކިޔަލް ކޮށްލި ސުވާލުން ރުޒައިކްގެ އަނގައިގައި ޒިބެއް ލެވުން ފަދައެވެ. (75 ވަނަ ބައި) މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އެހެން ވިޔަސް ކެފޭތަކުގައި މީހުންތައް ވަނީ ތޮއް ޖެހިފައެވެ. މޭޒުތަކުން މީހުންތައް ހުސްނުވެޔެވެ. އެއްބަޔަކު ނިކުންނަ އިރަށް އަނެއް ބަޔަކު ވަދެޔެވެ. މޭޒުތައް ފުރިފައިވުމުން އެއްޗެހި ގަނެގެން […]
ނޯޓު: މިބައި ލަސްވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނޑު ތަންކޮޅެއް ބިޒީކޮށް އުޅުމުން. އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނޭ ކަމަށް އަޅުގަނޑު އުއްމީދު ކުރަން🫶🏻 *** *** *** އެތަނަށް އައި އެޒިކިއެލްއަށް އެދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އެހާ ތެދުވެރި ލޮތްބެއް އޭނާއަށް އަދި މިފެނުނީ އަލަށެވެ. ޔައުލާން އެލާރާދެކެ ލޯބިވާ ވަރު ހިތަށް އަރާ އެޒިކިއެލްގެ ހިތަށްހަމަ ޖެހުން ލިބުނެވެ. ހަގީގަތުގައިވެސް އެކަހަލަ ލޯބިވާ […]
“ހުއްޓާލާ. އިންޝާ ﷲ އަހަރެން ކޮއްކޮއަށް އިންސާފު ހޯދަ ދޭނަން” އަލާންގެ ކޮނޑުގައި ބޯ އަޅައިލަމުން އެޒިކިއެލް ބުނެލިއެވެ. އެއަޑުގައިވީ އަޒުމެވެ. ޔަގީން ކަމެވެ. (73 ވަނަ ބައި) އަލާން ހަމައަކަށް އެޅުމުން އެޒިކިއެލް ކޮޓަރިން ބޭރަށް ނިކުތެވެ. އޭރުވެސް އެތަނުގައި ޔައުލާން އިނެވެ. އޭނާ ގާތަށް ޖެހިލަމުން އެޒިކިއެލް އިށީނެވެ. “ޔައު… އެއީ އަހަރެންގެ ކޮއްކޮ. މި ކޭސް އަހަރެންނަކަށް ނުބެލޭނެ. ޔައު މި ކޭސް ބަލައިދެއްޗޭ. އަހަރެންގެ ކޮއްކޮއަށް އިންސާފު ހޯދަ ދެއްޗޭ…” އެޒިކިއެލްގެ […]