Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު 2 – 11

leafy Level 210 Stories100 Login
May 28, 2026 8 Mins Read
0 Comments

“ކަލޭ މައާފަށް އެދުމުން ނޫނީ ދުލެއްނުކުރާނަން.” މިނާލް ބާރަށް ބުންޏެވެ. “މަގޭ ދުވަހަކުވެސް އޭނާގެ ކިބައަކުން މައާފެއް ނޭދޭނަން.” ބާތިޘް މިނާލްގެ ތަނބިކަށީގައި، ހިފާ ވައްޓާލަމުން ބުންޏެވެ. ބާތިޘްގެ ފަހަތުން ޒައިލީ ދުވެފައި އައިސް ކާން ގެންގުޅުނު އެކަތަ ތަށިން ލެވުނުހާ ބާރެއް ލައިފައި ބޮލުގައި ޖެހިއެވެ. އެއާއެކު އެ ތަށި ބަނޑިވެގެން ދިޔައެވެ. އިރުކޮޅަކުން ބާތިޘް ބިންމައްޗަށް ވެއްޓުނެވެ. ޒައިލީއާ މިނާލް ދެ މީހުންވެގެން ބާތިޘް ދަމަމުން އެތަނުން ގެންދިޔައެވެ. އަދި ގަހެއްގެ ވަށައިގެން އޭނާގެ އަތް ބަނެވެ. ޗޭނުތަކުން އޭނާގެ އަތް ތަޅުއެޅުވިއެވެ. އަދި ލައިގެން ހުރި ކޯޓު ބޭލުވިއެވެ. ތަމުރީނުވުމަށް ބޭނުންކުރާ، އެއްޗެއްހެން އޭނާގެ މުޅިގައިގަ ތަޅަމުން ދިޔައެވެ. އެއްފަހަރަކު ފައިން ތަޅާއިރު، އަނެއްފަހަރު އަތުންނެވެ. މިނާލްއާއި ޒައިލީ ދެ މީހުންވެގެން އޭނާގެ ގައިގެ އެތައް މިތަނުގައި ތަޅަމުން ދިޔައެވެ.

****************

ޠިލްޒާ އޭނާގެ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ޝިފައިންޓަލް (ޖަވާހިރު)އަށް ބަލައިލުމަށްފަހު، ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ޝަވީޚް އޭނާގެ ދަބަހުން ބާކީ އޮތް ފަސް ޝިފައިންޓަލް ނެގުމަށްފަހު، ތަޅުންގަނޑު މަތީގައި ވަށްބުރަކަށް ވާގޮތަށް އަތުރާލިއެވެ. އަދި ނުދަންނަ ބަހުރުވައަކުން ކިޔެވެލިތަކެއް ކިޔަވަމުން ދިޔައެވެ. އިސާހިތަކު، ކަޅު ކުލައިގެ ޖާދޫތައް ފާޅުވިއެވެ. އެ ވަށްބުރުގެ ތެރެއަށް ފާޅުވީ ތިން މީހެކެވެ. “މަރުހަބާ، ޛާނިޝް، އިކްޒާރް އަދި އަފީނާ. އަހަރެމެންނަށް މުޅި މި އަޒްޓިޝް ލިބުނީ. އަހަރެމެންގެ ވެރިޔާ ގެންނަން ތައްޔާރުވޭ!” ނުލަފާ ހިނިގަނޑެއް ޖަހާލުމަށްފަހު ބުންޏެވެ. އެ ތިން މީހުންވެސް މުޅި ގަނޑުވަރަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ތަންތަން ބަލަމުން ދިޔައިރު ހަލާކުވެފައިވާ ބިނާރުތަކާ ދިމާއަށް ދިޔައެވެ. އަފީރާ އޭނާގެ ޓިސެ (ވަގުތުގެ ޖާދޫ) ބޭނުންކޮށް ކުރިން ހުރިގޮތަށް ބިނާރުތައް ވުޖޫދަށް ގެނައެވެ. ހަތަރު މީހުންވެސް އެޝްލިޕްނިއާގެ އެކި ސަރަހައްދުތައް ބަލަމުން ދިޔައެވެ. ޝަވީޚްވެސް އެމީހުންނާ ބައިވެރިވެ އެޝްލިޕްނިއާގެ ސަރަހައްދުތަކަށް ދިޔައެވެ.

*******************

އެކަކު ވަރުބަލިވުމަށްފަހު އަނެކަކު ބާތިޘްގެ ގައިގަ ތަޅަމުން ދިޔައެވެ. ހޭނެތިފައިވާ ބާތިޘްއަށް މަޑުމަޑުން ހޭވެރިކަން ވަމުންދިޔައެވެ. މޫނުމަތި ދުޅަވެފައިވުމާއެކު، މުޅި ހަށިގަނޑުގައިވެސް ވޭންއަޅާ ހާލުގައެވެ. ގަހުގެ ވަށައިގެން އަތް ގެންގޮސްވުމާއެކު ގުޑުވައިވެސް ނުލެވުނެވެ. އޭރު ޒައިލީ ވަޅިއެއް ހިފައިގެން ހުއްޓެވެ. ޒައިލީ ބާތިޘްއާ ކައިރިވަމުން ދިޔަވަރަކަށް އޭނާ ހަޅޭއްލަވަމުން ދިޔައެވެ. “އަހަރެން ދޫކުރޭ. މަގޭ މިތަނުން ސަލާމަތްވުމަށްފަހު ކަލޭމެން އެންމެން މަރާލާނަން.” ވަޅީގެ މިޔައިން ބާތިޘްގެ މޭމަތީގައި ކިޒަންގެ ނަންއަޅަމުން ޒައިލީ ބުންޏެވެ. “ކަލޭ މަޢާފަށް އެދޭމަތިން ނޫނީ ދުލެއް ނުކުރާނަން. ކަލޭ ކިޒަންއަށް ދަހަރެއް ވާންދެން ކުރި އަނިޔާ ދިހަ ދުވަސްތެރޭގައި އެކަން ދައްކާލާނަން.” ދަތްކުޑިވިކައިގެން ހުރެ ބާތިޘް ހަޅޭއްލަވަމުން ދިޔައެވެ. ވާ ތަދުން ކެތްނުކުރެވުނަސް ކިޒަންއަށް މައާފަށް ނޭދޭނެކަމަށް ބުނަމުން ދިޔައެވެ. “ކަލޭގެ ލޯބިވާ ކަޅުބުޅާ، ކަލޭ ބޭނުންކުރީ އޭނާގެ ރަސްގެފާނު ޠިލްޒާ މި ދުނިޔެއަށް ގެނައުމަށް. ކަލެއަށް އެ މީހުން ދިނީ ބޮޑުތަނުން ދޯކާ. އެވަރުންވެސް ކަލޭ ތިއުޅެނީ އެމީހުން ފަހަތުން.” މިނާލް ބާތިޘްގެ ދުޅަވެފައިވާ ލޮލަށް ބަލަމުން ބުންޏެވެ.

*************

ޠިލްޒާ އޭނާގެ އަނދިރި ގަނޑުވަރު ރީތިކުރަމުން ދިޔައިރު އޭނާގެ ރައްޓެހިން އެޝްލިޕްނިއާގެ ގެތަކާއި މަގުތައް މީގެ އެއްހާސް އަހަރު ހުރިގޮތައް ބަދަލުކުރަމުން ދިޔައެވެ. ގަސްތަކުގެ ކުލައާއި، އިމާރާތްތައް ރީތި ކުރިއެވެ. އެޝްލިޕްނިއާ ޒީނަތްތެރިކޮށް، ކަޅުކުލަ ފިލުވާލިއެވެ. އަދި އެތަނުގައި އާބާދުވުމަށް އެހެނިހެން ރަށްރަށަށްގޮސް މީހުންނަން ދައުވަތު ދޭންފެށިއެވެ. ޠިލްޒާ އޭނާގެ ރަނގަޅުކަމާއި މޮޅުކަން ދައްކަމުން އަޒްޓިޝްގެ ހުރިހާ އެންމެން ކަހަލަގޮތަކަށް އެއްކުރަމުން ދިޔައެވެ. އައި ކޮންމެ ބަޔަކަށް ހޫނު މަރުހަބާއެއް ކިޔަމުން ދިޔައެވެ.

ކަޅު ވިލާތައް ނެތް ސަރަހައްދެއް ފެނުނިއްޔޭ ކިޔައިގެން ފެނުގެ ސިޓީއަށް އިކްޒާރް ދިޔައެވެ. މަދު މީސްކޮޅެއް ތިބުމާއެކު ހުރިހާ އެންމެން ގޮވައިގެން އެޝްލިޕްނިއާއަށް ދަތުރުކުރިއެވެ. ނަމަވެސް ޝަވްތާއާއި ޝާރާއާ ދެމީހުން ވަކި ހިސާބަކުން ޖަންގަލި ތެރެއިން ފިލައިގެން ޖަވާސުރު ގަނޑުވަރަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

***************

ޚަލޫފް ހުރިހާ ބިންތަކެއް ބެލުމަށްފަހު އެޝްލިޕްނިއާ ބަލަން ދިޔައެވެ. އެތަނުގައި ވާ ދަނބު ވިލާތައް ވަނީ ފިލާފައެވެ. އަދި އެޝްލިޕްނިއާވަނީ ޒީނަތްތެރިކޮށްފައެވެ. ނަމަވެސް އެޝްލިޕްނިއާގެ ވަށައިގެން ހުރިހާ ރަށެއްގައި ކަލުވިލާތައް އެނބުރެމުން ދިޔައެވެ. އެޝްލިޕްނިއާގެ މަތީގައިވާ އިރުހަނދުން ދަނބުކުލައިގެ އަލި ލިބެއެވެ. ޠިލްޒާ ހޯދުމަށް އެޝްލިޕްނިއާގެ އެކި ސަރަހައްދުތައް ބަލަމުން ދިޔައެވެ. އެކި ތަންތަނުގައި މަޑުކުރަމުން އޭނާއަށް ފެންނަމުން ދިޔަ ކަންކަން ނޯޓު ކުރަމުން ދިޔައެވެ. އަނދިރި ގަނޑުވަރުގައި އުޅުނު ޠިލްޒާ ފެނުމާއެކު، ގަހެއްގެ ފަހަތުގައި ޚަލޫފް ފިލިއެވެ. އަދި އޭނާ ދިޔަ މަގުން ސިއްރު ސިއްރުން އުދުހެމުން ދިޔައެވެ. ޠިލްޒާ އޭނާގެ ރައްޓެހިންނާ ވާހަކަ ދައްކަމުން ދިޔައެވެ.

“މިހާރު އަހަރެމެންގެ ރޭވުން ބަރާބަރަށް ކުރިއަށް އެބަދޭ. އެ މީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.” އަފީނާ ބުނަމުން ދިޔައެވެ. “އިކްޒާރް، ޛާނިޝް، އަފީނާ، ކަލޭމެންގެ ބާރުތައް ބޭނުންކޮށް މިތަނުގައިވާ ބިންތައް ބަލަމުންދޭ. ކަޅު ވަށްބުރުގެ ނިޝާނެއް ފެނިއްޖެނަމަ މަށަށް އަންގާތި.” ޠިލްޒާ ގަނޑުވަރުން ބޭރުގައި ހުރެ ބުންޏެވެ. މި މީހުންގެ ވާހަކަތައް އަޑުއެހުމަށްފަހު ޚަލޫފް އަނެއްކާވެސް ނިޕިފިޓިންގެ ދުނިޔެއަށް ދިޔައެވެ. ކަމަށް ޙައްލެއް ހޯދުމަށް އެކި އިލްމުވެރިން ކައިރީ އަހަމުން ދިޔައެވެ. ނަމަވެސް އެދެވިގެންވާ ޖަވާބެއް އެކަކަށްވެސް ނުދެވުނެވެ. ހުރިހާ އިލްމީ މީހުންތައް އެއްކުރުމަށްފަހު، ޠިލްޒާއާއިބެހޭ ދިރާސާތައް ކުރަމުން ދިޔައެވެ.

******************

“ދެން މަށަށް ތިހެން ނުހަދާ!” ބާތިޘްގެ ރޫހީ ހަށިގަނޑުން ލޭތައް ފައިބަމުން ދިޔައެވެ. ކޮށިކޮށްފައި އޮތް ވަޅިއެއް ފަލަމަސްގަނޑަށް ހަރާލަމުން ޒައިލީ ބުންޏެވެ. “އަދިވެސް ކަލޭގެ ކޮއްކޮއަށް ކޮށްފައި ހުރި ވަރުނުވޭ. އަހަރެންނާ ހަމައަށް އައިއިރު އޭނާގެ ހަށިގަނޑުގައި ކޮޅަށް ހުރުމުގެ ބާރުވެސް ނެތް. އަދިވެސް މާފެއް ނޭދޭނަންތަ؟” މިނާލްވެސް ޒައިލީއާ ބައިވެރިވިއެވެ.

ވާ ތަދުން ކެތްނުކުރެވިގެން އޭނާ ހަޅޭއްލަވަމުން ދިޔައިރުވެސް މިނާލްއާއި ޒައިލީ އެނާގެ ގައިގެ އެތައް މިތަނުގައި، ވަޅި ކާއްތަމުން ދިޔައެވެ. ކިތަންމެ ގޮތެއް ހަދަމުން ދިޔައެވެ. ފާރުގަނޑުތައް ރަނގަޅުވިހެން އިތުރަށް ހަލާކުކޮށް، ކުރަތައްވެސް ނައްޓަމުން ދިޔައެވެ. “ހަނދާން އެބަހުރިތަ ކިޒަންގެ ގައިގަ، ކަޅޭގެ ކަނޑިން ކަނޑާނެގި ހަނދާން؟” ބާތިޘްގެ އިސްތަށިގަނޑުގައި ހިފާލުމަށްފަހު، މިނާލް ސުވާލުކޮށްލިއެވެ. ނޫނެކޭ ބުނުމާއެކު ހިފާފައިވާ އިސްތަށިތައް ބޮލުން ލުހެލިއެވެ. “އަދިވެސް އަނިޔާ ކުރާނަން ކަލޭ ކިޒަންއަށް މައާފަށް ނޭދޭނަމަ.” ޒައިލީ ވަޅިން ކުޑަކަޅުވާ މަސްގަނޑަށް ހަރާލަމުން ބުންޏެވެ.

***************

ޕަޘީންގެ ހާލަތު ރަނގަޅުވިހެން އަކްޒާއާއެކު، ދަތުރު ފެށުމަށް ތައްޔާރު ވިއެވެ. ކިޒަން ޕަޘީންއާއެކު އައުމަށް އެދުނު ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ. “މިއީ އަހަރެންނަށް ހެދުނު ގޯހެއް. މި ކަންތައްތައް އަހަރެން އަމިއްލައަށް ރަނގަޅުކުރާނަން.” އަކްޒާގެ ހަށިގަނޑަށް އަރަމުން ބުންޏެވެ. އަދި އަކްޒާއަށް އުދުހެވުނުހާ ބާރަކަށް އެޝްލިޕްނިއާއަށް މިސްރާބު ޖެހިއެވެ.

*******************

ޠިލްޒާ ރަސްގެފާނުކަމަށް އައްޔަން ކުރުމަށް ބޭއްވުނު ހަފްލާގައި އަޒްޓިޝްގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބައިރިވިއެވެ. ނަމަވެސް ލަވީންމެން އަދި ޝަވްތާމެން އެޝްލިޕްނިއާއަކަށް ނާދެއެވެ. މުޅި ހަފުލާގައި ދެކެވިގެން ދިޔައީ ޠިލްޒާގެ ރަނގަޅު ކަންތައްތަކެވެ. އޭނާއަކީ ބާރުގަދަ އިސްދާރެއްކަމާއި، މި ކަޅު ވިލާގަނޑުގެ އަސްލު ބަލާނެކަމަށްވެސް ވަޢުދު ވިއެވެ. ގިނަ މީހުން ޠިލްޒާއަށް ތަބާވާން ފެށުމާއެކު، ޠިލްޒާގެ މޫނުމައްޗަށް ހިނިތުންވުމެއް ފާޅުކުރިއެވެ. އަދި އެ މީހުންގެ އިތުބާރު ލިބުމުން އުފާވިއެވެ. ހުރިހާ އެންމެންނާ މުޚާތަބުކޮށް ވައުދުތަކެއް ވިއެވެ. މި ބިރުވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ހިތްވަރުވެސް ދިނެވެ. ގެދޮރު ބިނާކުރުމުގައި އެހީތެރިކަން ލިބޭނެކަމަށްވެސް ބުންޏެވެ. ގިނަ މީހުންގެ ހިތްތައް ޠިލްޒާއަށް ލެނބެމުން ދިޔައެވެ.

“އަކްޒާ ވިލާގަނޑުމަތީ އިހަށް މަޑުކުރޭ!” ޕަޘީން އަކްޒާގެ ހަށިގަނޑުން ފައިބަމުން ބުންޏެވެ. “ތިޔަ ކުރާ ދޮގު ވައުދުތަކާއި، ސަލާމަތްތެރިކަން ފަޅާއަރާނެކަން އިނގޭ ދޯ ޠިލްޒާ” އުޑުމަތިން އުދުހެމުން އައި ޕަޘީން ބާރަށް ގޮވަމުން ދިޔައެވެ. އެއަޑު އިވުމާއެކު މީހުންތަކުގެ ތެރޭގައި ބައިބައިވުން އުފެދެން ފެށިއެވެ. ޛާނިޝްއަށް އިޝާރާތް ކުރުމާއެކު ޠިލްޒާ ބުނަމުން ދިޔައެވެ. “އަހަރެމެން މި މީހުންނަށް އެހީތެރިވަމުން ދާއިރުވެސް ކަލެއަށް ވެވުނީ ކޮން އެހީއެއް. އެ ކަޅު ވިލާތައް ހުއްޓުވާބަލަ.” ޕަޘީން ހުރިހާ އެންމެންނާ ދިމާއަށް ބަލައިލުމަށްފަހު ބުންޏެވެ. “މި ކަޅު ވިލާތަކަކީ ކަލޭ ފާޅުކޮށްގެން އުޅޭ އެއްޗެއް. މި މައުސޫމު މީހުންތައް ކަލޭ ޤުރުބާންކުރަން ތިއުޅެނީ ކީތްވެގެން؟”

އެހެން ބުނުމާއެކު މީހުންތައް ޠިލްޒާއާއި ދުރަށް ދުވަންފެށިއެވެ. އެޝްލިޕްނިއާއިން ބޭރަށް ދިޔުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އިކްޒާރު އެޝްލިޕްނިއާގެ ވަށައިގެން ދަނބުކުލައިގެ ވިލާތަކެއް ނެގިއެވެ. އެ ވިލާތަކުން ވިދުމާއި ގުގުރުން ހުއްޓެވެ. ހުރިހާ އެންމެން ބަންދު ވުމާއެކު، ޠިލްޒާ ހުރިހާ އެންމެންނަށް އަޑު އިވޭވަރަށް ވާހަކަދަށްކަން ފެށިއެވެ. “ތިޔަ ހުރިހާ އެންމެންނަކީވެސް އަހަރެންގެ މީހުން. އެޝްލިޕްނިއާ ފިޔަވާ އެހެން ބިންތަކަށް ދިޔުމުން ތިޔަ މީހުންނަށް ކުރާނޭ އެއްވެސް ފައިދާއެއް ނެތް! ޜަޘީންއަށް ތަބާވޭ!” އެހެން ބުނުމަށްފަހު އޭނާ އަތުގެ އިޝާރާތެއް ކުރިއެވެ. ހުރިހާ އެންމެންވެސް އޭނާއަށް ތަބާވާން ފެށިއެވެ. އިރުކޮޅަކުން ހުރިހާ އެންމެން އަނެއްކާވެސް ޠިލްޒާގެ ހަފްލާއަށް އެނބުރި ދިޔައެވެ.

ޕަޘީން ޠިލްޒާއާ ދިމާއަށް ހުދުކުލައިގެ ޖާދޫފުއްތައް ބުރުވާލިއެވެ. ނަމަވެސް ހުދު ކުލައިގެ ފުއްތައް ގެއްލި ހަލާކުވެގެން ދިޔައެވެ. އެއާއެކު ޠިލްޒާ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ) ގުޅައެއް އެއްލަމުން ޕަޘީންއާ ދިމާއަށް ބުންޏެވެ. “ކަލޭ މި ހުރިހާ އެންމެން ސަލާމަތަށް އެދިގެން އުޅޭއިރުވެސް އެ ކަޅު ވިލާތަކާ ދިމާއަށް ގެންދަނީ ކީތްކުރަން؟” ޕަޘީންގެ ޖާދޫ މަސައްކަތް ނުކުރާތީވެ، ޠިލްޒާގެ ކިބައިން ރައްކާތެރިވުމަށް ކަޅު ވިލާތަކު މައްޗަށް އަރަމުން ދިޔައެވެ. “ކަލޭ ދެން ފިލަން ދަނީ ކީތްކުރަން؟ ކަލޭ މި ހުރިހާ އިންސާނުން މަރާލަންތަ ބޭނުމީ؟” ޠިލްޒާ ހަޅޭއްލަވަމުން ދިޔައެވެ. ކުއްލިއަކަށް ޕަޘީންއަށް ގޮތްތަކެއް ވާންފެށިއެވެ. ކަރަށް ބާރުވެ، ނޭވާލުމަށް އުނދަގޫވިއެވެ. ވިލާގަނޑު މައްޗަށް އެރުނު ފަހުން ހޭވެސް ނެތުނެވެ. ކަޅުވިލާތަކުގެ މަތީގައި އުޅުނު އަކްޒާއަށް ހަދާނެގޮތް ހުސްވެ އެނބުރި ޓެފަސޫރްއަށް ދާން މިސްރާބު ޖެހިއެވެ. އޭރު އުޑުމަތީގައި ޠިލްޒާގެ ޙަރަކާތްތަކަށް ބަލަބަލާ އޮތް ޚަލޫފްވެސް އަކްޒާގެ ފަހަތުން ދިޔައެވެ.

***************

ވަޅި ހިފަހައްޓައިގެންހުރި މިނާލްގެ ރޫހީ ހަށިގަނޑަށް ގޮތްތަކެއް ވާންފެށިއެވެ. ފަނޑުވެފައި ބަލިވާންފެށިއެވެ. ޒައިލީ ބިރުން ބުންޏެވެ. “މިނާލް! ކީތްތިވަނީ ހަށިގަނޑަށް؟” ނޭނގޭކަމަށް ބުނެ ކުއްލިއަކަށް ހުރިތަނަށް މިނާލް ގެއްލުނެވެ. މިނާލްއަށް ލޯ ހުޅުވާލެވުނީ ކަޅުވިލާތަކަށެވެ. ޕަޘީންގެ ރޫހު މިނާލްގެ ހަށިގަނޑާ ވަކިވެ ދިޔުމާއެކު، އިސްތަށިގަނޑުގެ ކުލަ ރަތްކުލައަށް ބަދަލުވެގެން ދިޔައެވެ. ޕަޘީންގެ ސަބަބުން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ތައް މިނާލްގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ. އަދި ކަނޑައިގެން ގޮސްހުރި ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ވެސް ހުރީ ރަނގަޅުވެފައެވެ. ޖާދޫގެ ބޭނުންކުރެވޭތޯ އަކްޒާ ގޮވައިގެން ޖަވާސުރް ގަނޑުވަރަށް ދިޔުމަށް ހިތުލިއެވެ. ޖާދޫ މަސައްކަތް ނުކޮށްފާނެކަމަށް ލޯވެސް މަރާލިއެވެ. ނަމަވެސް ރީނދޫކުލައިގެ ޖާދޫގެ ފުއްތަކެއް ނިކުމެ، މިނާލް ޖަވާސުރް ގަނޑުވަރަށް ފާޅުވިއެވެ. ޖާދޫގެ ވަރުގަދަކަން މިނާލްއަށް އިހުސާސްވިއެވެ. މަޑު ހިނގުމެއްގައި ޖަވާސުރް ގަނޑުވަރަށް ވަނެވެ. އޭރު ކިޒަންއާއި ލަވީން ވާހަކަ ދައްކަން ތިއްބެވެ.

މިނާލް ފެނުމާއެކު ދުވެފައި ކިޒަން އައެވެ. ބާރަށް ދުވެފައި އައިސް މިނާލްގެ ގައިވަށައި ދެއަތް ބަނދެލުމަށްފަހު ބާރަށް ބައްދާލިއެވެ. ކުޑަކޮށް ދުލެއް ދިނުމަށްފަހު، މިނާލްގެ ކޮލަށް ބޮސްދިނެވެ. “މިނާލް؟ ރަނގަޅުތަ؟” ކިޒަން މިނާލްގެ މޫނާއި ދުރުވަމުން އެހިއެވެ. އޭރު މިނާލްގެ ކޯތާފަތް އެއްކޮށް ރަތްވެފައި ހުއްޓެވެ. ދުރުގައި ހުރި ލަވީންވެސް ހުރީ އަނެއްފަރާތަށް އެނބުރިގެންނެވެ. “ޕަޘީންއަށް ކިހިނެތްވީ؟” މިނާލް ގައިގަ ވަރުނެތުމުން ކިޒަންގެ އަތުގައި ހިފެހެއްޓިއެވެ. ކިޒަން މިނާލް އުރާލައިގެން ގަނޑުވަރުގެ އެތެރެއަށް ގެންދިޔަ އިރުވެސް މިނާލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

މޭޒުދޮށުގައި ޒަނީން، އުޔީން، އެޒާރާ، ތަޒުމީރާ އިނެވެ. މާޔޫސްވެ ދިރިއުޅުމަށް އޮތް އުންމީދު ކެނޑިފައެވެ. އަދި އޭގެ އަނެއް ފަރާތުގައި، ޖާދޫގަރުންނާއިއެކު ޝަވްތާ އާއި ޝާރާވެސް ތިއްބެވެ. މާޔޫސްވެ އެންމެ ހިނިތުންވުމެއްވެސް ނެތެވެ. ކިޒަން ހިނގާފައި އަންނަ އަޑު އިވުމާއެކު، ހުރިހާ އެންމެން އެ ދިމާއަށް ބަލައިލިއެވެ. ކިޒަންގެ އަތްމަތީގައި އޮތީ މިނާލްއެވެ. މިނާލް ފެނުމާއެކު، ހުރިހާ އެންމެންވެސް އެ ދިމާއަށް އައެވެ. ޒަނީންވެސް ދުވެފައި މިނާލްގެ ހާލު ބެލުމަށް އައެވެ. ހުރިހާ އެންމެންނާ ވާހަކަ ދައްކާލުމަށްފަހު ތަޒުމީރާ އާއެކު މިނާލް ފޮނުވާލިއެވެ. ވަރުބަލިކަން ފިލުވުމަށް ބޭސްދޭންވެގެން ފަރުވާދޭ ކޮޓަރިއަށް ތަޒުމީރާ މިނާލް ގެންދިޔައެވެ.

އިރުކޮޅަކުން ހަމަޔަކަށް އެޅިގެން ހުރިހާ އެންމެންވެސް، ވާހަކަ ދެކެވުމުގައި ތިއްބެވެ. ވަރުބަލި ފިލުމަށްފަހު ބާރު ހިނގުމެއްގައި މިނާލް ތަޚުތުގެ ކޮޓަރިއަށް ވަނެވެ. އަދި ހުރިހާ އެންމެންނަށް ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ތައް ދައްކައިދިނެވެ. “މިއީ ކުރީ ޒަމާންތަކުގައި ބޭނުންކުރެވެމުން އައި ޖާދޫއެއް…” މިނާލް ކިޔައިދެން ފެށިއެވެ. އޭނާއަށް އެނގިފައިވާ ހުރިހާ މައުލޫމާތެއް ކިޔައިދިނެވެ.

އޭރު ޚަލޫފްވެސް އެތަނަށް ފާޅުވިއެވެ. މިނާލް ކިޔައިދެމުން ދިޔައިރު ބަލަމުން ދިޔައެވެ. މިނާލް ވާހަކަ ދައްކާ ނިމުމުން ޚަލޫފް ހުރިހާ އެންމެންގެ ލޯތަކަށް ފާޅުވިއެވެ. އެތަނުގައި ތިބި އެންމެންވެސް ސިއްސައިގެން ދިޔައީ ޚަލޫފް ފެނުމުންނެވެ. “އަހަންނަކީ ޚަލޫފް. ނިޕިފިޓިން ދުނިޔޭގެ ކަންތައްތައް ބަލަހައްޓާ ރޫހެއް.” ޚަލޫފް ހުރިހާ އެންމެންނަށް ތަޢާރަފުވިއެވެ. “ނިޕިފިޓިންގެ ދުނިޔެއިން ސަލާމަތްވެ ވަރަށް ނުބައި ސިހުރުވެރިޔެއް މި އަޒްޓިޝްގައި އެބައުޅޭ.” ހުރިހާ އެންމެންނަށް ކިޔައިދެމުން ދިޔައެވެ.

“ތިޔައިން ކޮންމެ މީހަކަށްވެސް މިނާލް ދައްކުވައިދިން ކަހަލަ ބާރުތަކެއް ހުންނާނެ.” ޚަލޫފް ބުނަމުން ދިޔައެވެ. ތަޒުމީރާގެ އަތުގައި އަތްޖައްސާލުމަށްފަހު ޚަލޫފް ބުންޏެވެ. “މިސާލު، މީނާގެ އަތުގައި ޚެއަލްގެ ޖާދޫ އެބަހުރި.” މިގޮތަށް ކޮންމެ ޖާދޫއެއްވެސް ކިޔައިދިނެވެ. މިގޮތަށް ކޮންމެ މީހަކަށްވެސް އެ މީހެއްގެ ޖާދޫ ކިޔައިދެމުން ދިޔައެވެ.

*****************

ޠިލްޒާ ޕަޘީންއާ ބެހޭގޮތުން ނުބައި ވާހަކަތަކެއް ދައްކަން ފެށިއެވެ. ހުރިހާ އެންމެންވެސް ޠިލްޒާގެ ޖާދޫގެ ދަށުވެ، އެ ވާހަކަތަކަށް ހެއްލުނެވެ. ޠިލްޒާއަށް ހަމަޖެހުމަކަށް އާދެވުނެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު، ރަސްގެފާނުކަމަށް އައްޔަންކުރެވި ޠިލްޒާއަށް މަޤާމު ހަވާލުކުރެވުނެވެ. އެންމެންވެސް އެ މީހުންގެ އާ ރަސްގެފާނަށް ވަރުގަދަ ތަރުހީބެއް ދިނެވެ.

ހަފްލާ ނިންމުމަށްފަހު ޠިލްޒާ އިކްޒާރް، ޛާނިޝް އަދި އަފީނާ އެނބުރި އަނދިރި ގަނޑުވަރަށް ދިޔައެވެ. އެމީހުން ދެއްކި ވާހަކައަށް އެހާ ފަސޭހައިން ހެއްލުނީތީވެ ހުރިހާ އެންމެންވެސް ހެނީއެވެ. ގަނޑުވަރުތެރޭގައި އުޅުނު އެހީތެރިން ޠިލްޒާއާ އޭނާގެ އެކުވެރީންނަށް ވަނީ ސުފުރާއެއް ތައްޔާރުކޮށްފައެވެ. ކާމޭޒުދޮށުގައި އިށީނުމަށްފަހު، ހުރިހާ އެހީތެރިން ބޭރަށް ދިޔުމަށް އަމުރު ކުރިއެވެ. ޠިލްޒާ އާއި އޭނާގެ އެކުވެރިންގެ ސިފަ ބަދަލުވިއެވެ. ކަޅު ދިހުންކުލަ އަރާ ބޮޑެތި މަޚުލޫޤުންތަކަށް ބަދަލުވެ މޭޒުގައިވާ ކާތަކެތި ކެއުމައިގެން ކުރިއަށް ދިޔައެވެ.

****************

ކަޅު ވިލާތަކުގެ އަނދިރިކަން މުޅި މާހައުލަށް ވެރިވެފައިވެއެވެ. ގަސްތަކާއި އެހެނިހެން ތަކެތީގެ ކުލަ މަރުވެފައިވުމުން ހީވަނީ ފަންސޫރުން ކުލަޖައްސާފައި ވާހެންނެވެ. ޖަވާސުރްގެ ގަނޑުވަރުގައި ޚަލޫފް މިނާލްއަށް އިރުޝާދުތަކެއް ދެމުންދިޔައެވެ. ބާރުތަކަށް ތަމުރީނުވުމަށް ޚަލޫފް ހުރިހާ އެންމެން ގޮވައިގެން ނިޕިފިޓިންގެ ދުނިޔެއަށް ދިޔުމަށް ހުށަހެޅިއެވެ. އެތަނުގައި ތަމުރީނުވުމަކީ ރައްކާތެރިކަމެއްކަމުގައި ޚަލޫފް ބުންޏެވެ. އެއީ ޠިލްޒާގެ އަސްލަކީ ނުބައި މަޚްލޫޤެއް ކަމަށް ވާތީއެވެ. އަދި ވެހެމުން ދިޔަ ކަޅު ދިޔަގަނޑަށް ނިމުމެއް އަންނާނެ ދުވަހެއްވެސް ނޭނގޭތީވެސްމެއެވެ.

އިރުކޮޅަކުން ޚަލޫފް ނިޕިފިޓިންގެ ދުނިޔެއަށް ދަތުރުކުރުމަށް އޭނާގެ ރައްޓެހިން ދުނިޔެއަށް ގެނުވިއެވެ. ކޮންމެ އިންސާނަކަށް ރޫހެއް ވާގޮތައް ނިޕިފިޓިންގެ ދުނިޔެއަށް ދަތުރު ފެށިއެވެ. ހުރިހާ އެންމެންގެ ރޫހުތައްވެސް ގުޅިފައިވުމާއެކު، ފަސޭހަޔާއެކު، ފަނޑު ނޫކުލައަށް ބަދަލުވެ، އަސްލު ދުނިޔެއިން ގެއްލެމުން ދިޔައެވެ. ނަމަވެސް މިފަހަރު ހަށިގަނޑާއެކު ރޫޙުވެސް ނިޕިފިޓިންގެ ދުނިޔެއަށް ދިޔައެވެ. ހުރިހާ އެންމެންވެސް އަޝޯޚުވެފައި ތިއްބެވެ. އިރުކޮޅަކުން ނިޕިފިޓިން ދުނިޔޭގައި ބާއްވަމުންދިޔަ މަހާސަމާއަށް ހުރިހާ އެންމެން ފާޅުވިއެވެ. މިނާލް ޒައިލީ މަތިން ހަނދާންވެ، ކިޒަން ގޮވައިގެން ޖަންގައްޔާ ދިމާއަށް ދިޔައެވެ. ގަހުގައި އައްސާފައި ހުރި ބާތިޘްއަށްވަނީ ނިދިފައެވެ. އޭރުވެސް ޒައިލީ އެތާ ކައިރީ ހުއްޓެވެ. މިނާލްމެން ފެނުމާއެކު ޒައިލީ ދުވެފައި އެދިމާއަށް ދިޔައެވެ. ދުވުމުގެ އަޑަށް ބާތިޘް ނިދިން ހޭލިއެވެ. އަދި ކުރިމަތީގައިވާ ކިޒަން ފެނުނުހެން ރުޅިއައެވެ. “މިއީ ކާކު ކުރިކަމެއް؟” ކިޒަން ސުވާލު ކުރިއެވެ. “މިއީ ކަލޭދެކެ ލޯބިވާވަރުން މީހަކު ކޮށްފައިވާ މަސައްކަތެއް!” ބާތިޘް ކަރުކެހިލުމަށްފަހު ބުންޏެވެ. އަނގައިގެ ދެ އަރިން ލޭތައް ތިކިޖަހައެވެ. މޭމަތީގައި ކިޒަންއޭ ކަނޑާނެގިފައި ވާއިރު، ފަލަމަސްގަނޑާއި ކުޑަކަޅުވާ މަސްގަނޑަށް ވަޅި ހަރާފައިވެއެވެ. ނަމަވެސް އޭނާ ކިޒަންއަށް ކޮށްފައިވާ އަނިޔާތައް އަދަދުވެސް ނުކުރެވޭހާ ގިނައެވެ.

ބާތިޘްއަށް ކިޒަން ބަލަމުން ދިޔައީ ފޫހިކަމުގެ ނަޒަރަކުންނެވެ. އޭނާގެ ބޭބެވިޔަސް އަނިޔާވެރިކަމަކީ އޭނާ އެހާ ގާޔާވާ ކަމަކަށް ނުވާތީވެ، މާގިނައިރު އެތާ ނުހުރެ ކިޒަން ޚަލޫފް ކައިރިއަށް ދިޔައެވެ. ނަމަވެސް ކިޒަންގެ މާޒީ އިނގުމަށްފަހު މިނާލްގެ ހިތުގައި އުފެދިފައިވާ ރުޅިގަނޑު އަދިވެސް ހިނދޭގޮތެއް ނުވިއެވެ. ޒައިލީގާތު ބާތިޘްގެ ހަތަރުފަޔަށް ވަޅި ޖެހުމަށްފަހު ޖަންގަލި މެދުތެރެއަށް ދޫކޮށްލުމަށް ބުނެފައި މިނާލްވެސް ކިޒަންގެ ފަހަތުން ދުވެފައި ދިޔައެވެ. ހުރިހާ އެންމެންވެސް ހަމަޖެހިލުމަށްފަހު، ޖާދޫގެ އިލްމުވެރިންގެ އަރިހަށް ދިޔުމަށް ޚަލޫފްއާއެކު ދަތުރު ފެށިއެވެ. އޭނާގެ އަތުގައި ހިފާ އުދުހެމުން ޖަންގަލީގެ ފުނަށް ދިޔައެވެ.

***************

އާ ދުވަހެއް ފެށިކަން ޣިފިމް ރެނިޓްގެ ބިމަށް ނުވެސް އިނގެއެވެ. އެހެނީ އުޑުމަތީގައި ވަނީ ފުން ބަނަ ކަޅު ވިލާތަކެވެ. އިރުހަނދުން ލިބެމުން ދިޔަ ދަނބުކުލައިގެ އަލި ފޭދިފައިހުރިއިރު ވިލާތައް ފެންނަމުން ދިޔައީ ވަރަށް ގަދަ ދަނބުކުލައެއްގެ ގޮތުގައެވެ. ޝަޓިޖިލައިތަކާއި އެހެނިހެން ދިރުންތަކަށްވެސް ވަގުތު އޮޅިފައިވެއެވެ. ދުވާލެއް ރޭގަނޑެއް ވަކިކުރަން ނޭނގި ވާނުވާވެސް އެއެއްޗިހިންނަށް ނޭނގެއެވެ. ކަޅުވިލާތައް ފާޅުވީއްސުރެ ޣިފިމް ރެނިޓްގެ މަތީގައި ތުތިމަހެއްގެ ބައްޓަމަށް ދިއްލިފައިހުރި ބޮޑު ޖަވާހިރެއް ވައިގެ ތެރޭގައި ހުރެއެވެ. އެހެން އެއްވެސް އެއްޗަކާ އެއާ ގާތެއް ނުވެވެއެވެ.

***************

ނިޕިފިޓިންގެ ދުނިޔޭގައި ޚަލޫފްއާއެކު ދިޔަ މިނާލްމެންނަށް ފެނުނީ ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)ކަހަލަ ބޮޑު ގަހެކެވެ. އެގަހުގައި ހަރުކޮށްފައިވާ ދޮރުން ހުރިހާ އެންމެންވެސް ވަނެވެ. އޭރު މޭޒާ ދިމާލުގައި ދެ މީހަކު ހުއްޓެވެ. އެކަކުއެއީ ޜަވީނާކަން އެނގުނު ނަމަވެސް ދެން ހުރި މީހާ މިނާލްއަކަށް ނޭނގުނެވެ. ކިޒަން ފެނުނުހެން ޜަވީނާ ދުވެފައި އައެވެ. ކިޒަން ސަލާމަތުން ހުރުމުން ޜަވީނާ ހިތްހަމަ ޖެހުނެވެ. ދެން ހުރީ މެދު އުމުރު ފުރައަކަށް އަރާ އިސްކޮޅުން ހެޔޮވަރުގެ ފިރިހެނެކެވެ. ނުރަ ފަޅާފައި ހުރި ނަމަވެސް އިސްތަށިގަނޑުގައި ގަދައަޅި ކުލައެއް ހުއްޓެވެ. އޭނާ ލައިފައި ހުރީ މުޅި ގައި ނިވާވާވަރުގެ ކަޅު ހެދުމެކެވެ. ބަނޑާ ދިމާލުގައި ހަނި ދިގު ފޮތިކޮޅަކުން އައްސާފައިވެއެވެ. ހުރިހާ އެންމެންވެސް އެކަކު އަނެކަކަށް ތަޢާރަފުވިއެވެ. “އަހަންނަކީ މީގެ އެއްހާސް އަހަރު ކުރީގެ އިލްމުވެރިއެއް. ނަމަކީ ޔަޥާޒް. މިހާރު އަޒްޓިޝްއަށް ދިމާވެފައިވާ ޙާލަތު ރަނގަޅުކުރުމަށް ތިޔަ ކުދީންގެ އެހީތެރިކަން އަހަރެން ބޭނުން.”

ހުރިހާ އެންމެންވެސް އާނއެކޭ ބުނަމުން ބޯ ޖަހާލިއެވެ. ޜަވީނާ މޭޒުގެ ފަހަތުގައިވާ ފާރުން ތަސްވީރެއް ދައްކާލިއެވެ. އޭގައި ހަ ޖާދޫއެއް ލިޔެފައިވެއެވެ. އަދި އޭގެ ކުރެހުމާއި ބާރުތައްވެސް މެއެވެ. “މިއީ އަރިޝިއަރިޓް ޕޮޥެފިން. މިއީ މީގެ ހާސް އަހަރު ކުރިން ބޭނުން ކުރެވެމުން އައި ޖާދޫގެ ނިޒާމެއް.” އެ ފާރުގައި ކުރަހާފައިވާ ހަ ނިޝާނަށް އިޝާރާތްކުރަމުން ޜަވީނާ ބުންޏެވެ. “ކުރީގެ ޢިލްމުވެރިން ބުނާގޮތުގައި، މިއީ މިހާރު ބޭނުންކުރެވެމުންދާ ޖާދޫގެ މަސްދަރުތައް.” ޜަވީނާ ކިޒަންއާ ދިމާއަށް ލޯ ހިންގާލަމުން ބުންޏެވެ. “މި ޖާދޫގެ ވައްތަރުތައް ހޯދުނީ ކުރީގެ އިލްމުވެރިންގެ ފަރާތުން. މީގެ ބާރުތައްވެސް ހަނދާންހުރި ވަރަކުން ކިޔައިދީފައިވޭ.”

******************

ފަނޑު ނޫ ކުލައަކުން ދިއްލިފައިވާ ގެގަނޑެއްގައި ޗޭނުއަޅުވާފައިވާ އަންހެނެއްވެއެވެ. “ހުރިހާ އެއްޗެއްގެ އަސްލު ކަލެއަށް އިނގޭއިރު މަގޭ މިތާގައި ކީތްކުރަން ތަޅު އަޅުވާފައި ތި ބާއްވަނީ؟” ރިޒުއާނާ ކުކުރާ ހާލުގައި ކުރިމަތީގައިވާ މީހަކާ ސުވާލު ކުރަމުން ދިޔައެވެ. “ކަލޭ ކުރި ކަންތައްތަކަށް ދުވަހަކުވެސް މަގޭ މަޢާފެއް ނުދޭނަން!” ޗޭނުތަކުގެ ކުރިމަތީގައި ހުރި ރައިފާނާ ބުންޏެވެ. “ކަލޭ އެދުވަހު ތަޚުތުގެ ފަހަތުގައިވާ ކުޑަ ކުތުބުޚާނާއަށް ވަދެފައި ނެގީ، ފޮތެއް ނޫން، އެއީ ޜަޘީންގެ ޖަނަވާރެއް. އެއީ އެ ކަޅު ބުޅާ.” “އަހަރެން މިދަނީ ކަލޭ ކުރަމުން ދިޔަ ކަންތައް ހުއްޓުވަން.” ބާރު ހިނގުމެއްގައި އެ ގެގަނޑުން ރައިފާނާ ނިކުމެ ދުރަށް ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

މާފު ކުރާށޭ ލޯބިވާ – ކިޔުންތެރިންގެ ސަމާލު ކަމަށް

Next

ނޭނގި ހުރެ ލޯބިވެވުނީ 4

Next
May 28, 2026

ނޭނގި ހުރެ ލޯބިވެވުނީ 4

Previews
May 27, 2026

މާފު ކުރާށޭ ލޯބިވާ – ކިޔުންތެރިންގެ ސަމާލު ކަމަށް



All Right Reserved!