އަޅުގަނޑުގެ ވާހަކައިގެ ބައިތަކުން ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކު ޕާޓެއް ނެރޭނަން އިނގޭ… ބިޒީކޮށް އުޅެން ޖެހޭތީ އަޅުގަނޑަށް ޕާޓްތައް ސައިޓަށް ލެވެނީ ރޭގަނޑު… ލަސްވާތީ ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން… ތި ބޭފުޅުން ތި ދެއްވާ ތަރުޙީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ…. ތި ގޮތުގައި ތިއްބަވާނެ ކަމަށް އުއްމީދު ކުރަން…. ******** ބޭރުން އަޑުއަޑު އިވެން ފެށިހެން ހީވިއެވެ. އެއަޑު އަންނަ ގޮތުން ބަޔަކު ދެބަސްވަނީހެން ވެސް ބައެއް ފަހަރު […]
*”ކޮންތާކަށް ތިދަނީ؟” އަދިޔަން އައިސް މާޔާ ކައިރިއަށް ހުއްޓިލަމުން އެހިއެވެ. އޭރު ވެސް މާޔާ އަށް ހުރެވުނީ ކަޅި ޖަހައި ނުލައި އަދިޔަން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.* “މާޔާ؟ އަރ ޔޫ އޯކޭ؟” މާޔާ ޖަވާބެއް ނުދީ ހުންނަން ފެށުމުން އަދިޔަން އަހައިލި އެވެ. “ޔަރ…މީ…ހިނގާލަން މިދަނީ.” މާޔާ އަވަސް އަވަހަށް ދުރަށް ބަލައިލަމުން ބުންޏެވެ. “އެކަނިތަ؟” “ހިމް. އެކަނި.” އޭރު މާޔާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެހެންނެވެ. “ކީއްވެ އެކަނި؟ އެކުގައި ދާނެ މީހަކު […]
ދުވަސްތަށް ހިނގަމުން ދިޔައީ ބުރު ނޭނގެހާ ބާރަށެވެ. ދުވަސްތަށް މަސްތަކަށް ބަދަލުވެ މަސްތަށް އަހަރުތަކަށް ބަދަލުވާން ނެގީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިގެ އެ ހަނދާންތަށް އަދިވެސް އާވެއެވެ. ކުރެވެނީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ކުރެވުނު އިހުސާސެވެ. އެ އިހުސާސްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ސޫރަ ހިތަށް ގެނެވުމުން މޫނު މައްޗަށް ވެރިވާ ހިނިތުން ވުން ވަރަށް ވެސް ނަލައެވެ. ހަތަރެސް ފައި ފިނިވެ އިރުކޮޅަކު މީހާ ހިމޭންވެއެވެ. […]
ޒިވްޔާއަށް ހޭލެވުން އިރު އޭނާގެ މަންމަ އިނީ ސޯފާގައި އިށީނދެ އިނދެ ނިދިފައެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި އެނދުން ތެދުވަން އުޅުނެވެ. މަންމައަށް ނުގޮވައި ތެދުވެވޭތޯއެވެ. މަންމަ ނުނިދާތާ ކިތަންމެ އިރެކެވެ. އޭނާއަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން މަންމައަށް ނިދިފައި އޮތް ވަގުތު އުނދަގޫ ކުރާކަށް ބޭނުން ނުވީއެވެ. އަމިއްލައަށް ތެދުވާން ޒިވްޔާއަށް ވަރަށް އުނދަގޫވިއެވެ. އޭނާގެ އުނަގަނޑުން ތިރިއަށް އަރަމުން ދިޔަ ވޭނުގެ ސަބަބުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މަޑުމަޑުން ތެދުވުމަށްފަހު އެނދުން […]
ލިއާ ދުވަމުން ދިޔައިރު އެއް އަތުން އަނގަމަތީ އަތްއަޅާ ނިވާކޮށްލާފައިވެއެވެ. ފަހަތުން ކައިލް އަންނަކަން އެނގޭތީ އޭނާ ދުވުން ބާރުކޮށްލިއެވެ. ބްރޭކްގަޑި ކަމަށް ވާތީ ހޯލްވޭގައި އެއްވެސް ކުއްޖަކު ފެންނަންނެތީ ނަސީބަކަށެވެ. ލިއާ ދުވެފައި ގޮސް ކްލާސްރޫމް ދޮރުމައްޗަށް ހުއްޓުމާއެކު ކުއްލިއަކަށް ގަނޑުވާގޮތްވިއެވެ. ހަނދާންނެތިގެން މުހިއްމު ފައިލެއް ބާއްވާފައި ދިޔަ ޒޭޑެން ސިހިފައި ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީޗަރަށް ހާއްސަކުރެވިފައި ޑެސްކްގެ ކަބަޑުތައް ޗެކްކުރަން އިނދެފައި އޭނާ ތެދުވީ ލިއާ ހުރި ގޮތް ފެނުމުންނެވެ. ކަމެއް ގޯސްވެއްޖެކަން […]
އެރޭ ޒައިން ގެއަށް ވަތްއިރު ސިޓިންގްރޫމްގެ ބޮޑު ސޯފާގައި އޭނާގެ ބައްޕަ، ޤާސިމް އިނީ ލެޕްޓޮޕުން މަސައްކަތެއްގައެވެ. ކޮލެޖުގައި އަފްލާޒް ދިން ހިތްވަރާއި ނަސޭހަތް ހަނދާންކުރަމުން ޒައިން ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތް ބާރަށް ތަޅެމުންދިޔަ ނަމަވެސް، ޝައިހާގެ ލޯބީގެ ހައްގުގައި މިއަދު ހިތްވަރުކުރަން އޭނާއަށް މަޖުބޫރެވެ. “ބައްޕާ… ވާހަކައެއް ދައްކާލެވިދާނެތަ؟” ޒައިން މަޑުމަޑުން ގޮސް ބައްޕަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ޤާސިމް ލެޕްޓޮޕް ލައްޕާލުމަށްފަހު އައިނު ނަގާ މޭޒުމަތީގައި ބޭއްވިއެވެ. “އާނ ޒައިން. ސިންގަޕޫރު […]
އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ޖިންނީންނަކީ އިންސާނުންނަށް އޯގާތެރިވާނެ ބައެއް ނޫނެވެ. އެއީ ދޮގުހަދާ އޮޅުވާލާ ބައެކެވެ. އަވަލަވައިފިނަމަ އިންސާނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ ވަރަށް ނުބައި ބައެކެވެ. ޖިންނިއަކަށް ނޭނގި ނަމަވެސް އިންސާނަކަށް ގޯނާއެއް ކުރެވޭ ހިސާބުން ބަދަލުހިފުމަށް ތެޅިގަންނާނެއެވެ. އެހެންކަމުން، މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ. **** ހަތް ވަނަ ބައި ޝެހެރޯޒް ގެ ދެ ކަންފަތް ދެފަރާތުން އެތައް […]
ދުނބުރިކުލައިގެ ކައިވެނި ހެދުމުގައި އިޝްބާ ފެނިގެން ދަނީ ގަނޑުވަރު ތެރޭގެ ގޮމައެއް ހެންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ކޯޓު ފަޓުލޫނު ގައި ހުރި ޒުކާން ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއް ހެންނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. އޭނާގެ ފަން އިސްތަށިގަނޑާއި ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ނުޖެހޭނެ ކާކު ހެއްޔެވެ؟ ޒުކާނަކީ މިއަދު އިޝޫގެ ފިރިކަލުން މެއެވެ. އިޝްބާއަކީ ޒުކީގެ އަނބިކަނބަލުންމެއެވެ. ގުރާ ޖޯޑުތަކުގެ ތައުރީފުތަކުން ހިނިތުވުން ފިލާނުދެއެވެ. އެކުވެރިންގެ […]
ޖޫނާގެ ގައިން ތުރުތުރު އަޅައިގެން ދިޔައެވެ. މިއީ އޭނާއަށް އެ ނަންބަރުން ގުޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރުގައި އަޅައިނުލާ ބެހެއްޓީއެވެ. އެއީ ދެއްކި ވާހަކަ އެހާ މުހިއްމު ނުވީމައެވެ. ނަމަވެސް މިފަހަރު ލުބުނާގެ ނަން ބޭނުންކުރުމުން އެއީ އޭނާގެ ކަންތައްތަކަށް ފާރަވެރިވެ އުޅޭ މީހެއްކަން އޭނާއަށް ދޭހަވިއެވެ. އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ހަދާނެ ގޮތް ހުސްވިއެވެ. މިފަހަރު އޭނާ ރައްކާތެރިވުމަށް ފިލާނެ ބިތެއްވެސް ފެންނަ ހިސާބަކު ނެތެވެ. ބިރުން ހަށިގަނޑު އިންތަނުން ގުޑުވާލަންވެސް ނުކެރިފައި […]