ނޯޓް: ބައިވެރިޔާ-4 ވަނަ ބަޔާއި ހަމައަށް davil__09__ އިން ކިޔާލެވޭނެ. ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ މައިޝާގެ މަންމަ އެނބުރި ރާއްޖެ އަންނަ ދުވަހެވެ. ދަބު ކުލައިގެ އަތް ދިގު ހެދުމަކާއި ކަޅު ޖީންސެއް ގައި މައިޝާ ވަރަށް ލޯތްބެވެ. އޭނާގެ މަޑު ފިޔާތޮށި ތުންފަތް މަތީގައި ވަނީ ލޯބި ލޯބި ހިނތުންވުމެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކަޅު ކުލައިގެ ފަހަރަކުން އައްސާލެވިފައެވެ. މާގިނަ އިރުތަކެއް ނުވެ މައިޝާގެ މަންމަ އައެވެ. އެމީހުން އަވަހަށް ދިޔައީ ގެއަށެވެ. […]
އެވަގުތު ކޮޓަރިން ނިކުމެ ނިކުމެ ހުރި ރައިޝާ އަށް ހުއްޓުން އެރީ ޔާނިއު “ރައިޝާ!!!!” އޭ ކިޔާފައި ހަޅޭއް ލަވައި ގަތިމުން އެވެ. ރައިޝާ ސިހިފައި ޔާނިއު އާއި ދިމާލަށް ބަލައިލި އިރު ޔާނިއު ހުރިގޮތުން ރައިޝާ ހިތް ބިރު ގަންނަން ފެށިއެވެ. 5 ވަނަބައި…… “ދެލޯ ކަނަތަ؟ ނޫނީ ރައިޝާ އަށް ނުވިސްނެނީތަ؟ މީ ކިހާ މުހިންމު ޑޮކިއުމެންޓްއެއް ކަން ރައިޝާ އަށް ނުވިސްނެނީތަ؟ މަގޭ ސްޓަޑީ ސާފުކޮށްފަ ނިކުމޭ” މިހެން ބުނެފައި […]
“ނަތީޖާ ނެގެޓިވް.” އަމާންގެ އެއްވެސް އިހުސާސެއް ބޭރަކަށް ނުދައްކައެވެ. ހަމައެކަނި ޑޮކްޓަރަށް ބަލަން އިނީއެވެ. ނެގެޓިވް. އެ ބަހަކީ މިހާރު އޭނާ ހައިރާންކުރުވާ ބަހެއް ނޫނެވެ. އެ ބަސް އިވޭ ކޮންމެ ފަހަރަކު އޭނާގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ހުސްވެގެންދާ ފަދައެވެ. ޑރ. މެތިއުސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ހޯމޯން ލެވެލްތަކާއި، ގަރުބަގަތުމުގެ އިންސައްތައާއި، ބަދަލުކުރެވިދާނެ ކަންތައްތަކާއި، ހިސާބުތަކާއި ތަފާސްހިސާބުތައް ކިޔައިދެއްވަމުންނެވެ. ނަންބަރުތަކެވެ. އަބަދުވެސް ނަންބަރުތަކެވެ. އެއިން އެއްވެސް ނަންބަރަކުން އަމާން އަހަން ބޭނުންވި ހަމައެކަނި ސުވާލަކަށް […]
ކައިލް ފުރައިގެން ދިޔައީ އެ ފަސްގަނޑަށް އެ ހިތް ދޫކޮށްފައެވެ. ކިތައްމެ ބޭނުންނުވިޔަސް މަޖުބޫރުވީއެވެ. ގަވައިދުން ކާ ބޭހެއް ފަދައިން ކައިލް ލިއާއަށް މެސެޖު ކުރެއެވެ. މަދު ފަހަރަކު ލިއާގެ ރިޕްލައި ނުލިބި ދެއެވެ. ކައިލްގެ މެސެޖުތަކުގައި ލިއާ ދެކޭ ހިތުން ކެތްނުވެގެން އެވާހަކަ ބުނެފައި ހުރެއެވެ. ވީޑިއޯ ކޯލް ކުރަން އާދޭސްކުރުމުން ލިއާ އެއްބަސްވީ އެންމެ ފަހަރަކުއެވެ. ސްކްރީންގެ ޒަރީއާއިން ލިއާ ފެންނަ މިންވަރުން ކައިލްއަކަށް ނުފުދެއެވެ. ހިތް އެދެނީ އަބަދު ލިއާ ގާތުގައި ވުމެވެ. […]
ޔައިޝްގެ ލޯބީގެ ހުށަހެޅުމާއި، ދުރުގައި ހިތްދަތިވެފައި ހުރި އަފްލާޒް ފެނުމުން ޔަޝްމީގެ ސިކުނޑި ސުމަކަށް ދިޔައެވެ. މުޅި މާހައުލަށް ނޭވާހާސްކުރުވާ ފަދަ ހަމަހިމޭންކަމެއް ވެރިވިއެވެ. ޔަޝްމީއަށް ހުރިހާ އެއްޗެއްވެސް ބުނެދެނީ އޭނާގެ ހިތް ވަނީ އަފްލާޒްގެ ހައްގަކަށް ވެފައި ކަމެވެ. ހަމައެއާއެކު، ޔައިޝް އަކީ ލިޔުޝާގެ ބައިވެރިޔާކަން އެނގޭތީ، އޭނާގެ ހިތުގައި ޔައިޝްއަށްޓަކައި އެއްވެސް ކަހަލަ ޚާއްޞަ ޝުއޫރެއް ނެތެވެ. “ޔައިޝް…” ޔަޝްމީ ދެފަރާތަށް ބޯހޫރާލަމުން ފަހަތަށް ޖެހިލިއެވެ. “ތިޔައީ އަހަރެން ދުވަހަކުވެސް އުންމީދު ކުރި ވާހަކައެއް […]
ޔައިޝްގެ ދުލުން “ޔަޝްމީ” ގެ ނަން އިވުމާއެކު، އަފްލާޒްގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެނެވެ. އޭނާގެ ހިތަށް ލިބުނު ސިހުމާއި ރިހުން ބޭރުފުށުން ނުދައްކާވޭތޯ އޭނާ ދަތްކުނޑިވިކާލިއެވެ. ޔަޝްމީއަކީ އޭނާގެ ހިތުގެ މަލަކަށް ހަދައިގެން، ކޮންމެ ދުވަހަކު ކޮލެޖުން ފެންނާނެ ވަގުތަކަށް އިންތިޒާރުކުރާ ހަމައެކަނި ސޫރައެވެ. ނަމަވެސް މިއަދު އޭނާގެ އެންމެ ގާތް އެކުވެރިޔާ، އޭނާގެ ފުރާނަ ފަދަ ރަހުމަތްތެރިޔާ މި ބުނަނީ ޔަޝްމީ ދެކެ ލޯބިވާ ވާހަކައެވެ. “ޔައިޝް… ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް؟” އަފްލާޒް […]
މާހިންއާއި އެހާ ގާތުގައި، ދެމީހުން އެކަނި ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ހިތުގެ އެ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރަމުން އޭނާ ހިނިތުންވެލިއެވެ. “ކޮން ފިލްމެއްތަ ޝިފޫ ބަލާނީ؟ ނުބުނާތި ރޮމާންސްއެކޭ… ޕްލީސް!” މާހިން އޭނާގެ އާދައިގެ މަތިން ލާނެތް ސަކަ މިޒާޖެއްގައި، ސޯފާގެ ކައިރީގައި މަޑުކޮށްލަމުން އަހާލިއެވެ. “އައި ޑޯންޓް މައިންޑް… މާހިން ބޭނުން ފިލްމެއް އެންމެ ރަނގަޅު” ޝިފްނާ އޭނާގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވާލަމުން، ސޯފާގައި ހަމަޖެހިލިއެވެ. ޝިފްނާ ސޯފާގައި ހަމަޖެހިލުމުން، […]
ތެޅެމުން ފޮޅެމުން އުޅުނު ނަޒާން ފެނި އޭނާއަށް ހިނިއާދެވުނެވެ. ހީވަނީ އާ ކަމެއް ކުރާހެންއެވެ. “އަޝްބާ: ހީވަނީ އަލަށް ކޯޓެއް ލާހެން. އަބަދު ލައިގެން އުޅޭއިރު ވެސް” އަޝްބާ ހެމުން ހެމުން ސަމާސާ ކޮށްލިއެވެ. “ނަޒާން: ދެން ވެސް މި ރަނގަޅު ކޮށްލަބަލަ. ފަހުންވެސް ހެވޭނެ.” އާދޭހުގެ ބެލުމަށް ނާޒާން ބަލާލިއެވެ. އެ ބެލުމުގެ އަސަރުގައި ޖެހިވެސް އެކަން ކޮށްނުދޭނީ ކާކު ހެއްޔެވެ؟ ކަރުގައި ފަށް ދެ އަތުގައި ގަހަނައަޅައި ހަދައިގެން ގަޔަށް އަޝް […]
މަސަށްކަތް ނިއްމާލާފައި އައިރު ރޭގަނޑު އަށެއްޖަހާ ބޮޑު ވެއްޖެއެވެ. ކަންނެތް ފިޔަވަޅުތަކެއްގައި އައިސް އަހަރެން ދޮރު ހުޅުވާލީމެވެ. އަހަރެން ދިޔައީ ސިއްސާގެންނެވެ. *ޕާރޓްـ11* އަހަރެން ސިހުނުވަރު ފެނިފައި ޒައިދާން ފެށީ ހޭށެވެ. އަހަރެންނަކަށް ނުހެވުނެވެ. ޒައިދާންގެ ބަދަލުގައި އެހެން މީހަކު އިންނަމަ އަހަރެންނަށް އޮންނާނީ ނުރައްކާއެވެ. އަދި ބައެއްގެ ހަޑި އަތްތަކުން މި ސަލާމަތް ވެވުނީ ކުރިން ދުވަހަކު އެވެ. އަނެއްކާ އެހެން މީހެއްގެ އަތްދަށުވާކަށް އަހާރެން ބޭނުމެއް ނޫނެވެ. އަހަރެންގެ މިފިޔަތަށް ކޮށާލާކަށް އަހަރެން ބޭނުމެއް […]