މާން ޔޫލީގެ ދަތްދޮޅީގައި އިނގިލިތަކުން ހިފާލުމަށްފަހު، މަޑުމަޑުން އޭނާގެ މޫނު އުފުލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު، ޔޫލީގެ ހަށިގަނޑުން ހީބިހި ނަގާލިއެވެ. “އައި ލައިކް އިޓް… ތެންކިއު” މާންގެ އެ ފުން ނަޒަރާއި، އަޑުގައިވި މަޑުމައިތިރިކަމުން ޔޫލީގެ މުޅި ހިތް މާންއަށް ހަދިޔާ ކުރެވުނެވެ. މާންގެ އިނގިލިތަކުގެ ހޫނުކަން ޔޫލީގެ ހަށިގަނޑުގައި ޖަޒުބާތުގެ އޮއެވަރެއް އުފައްދައިފިއެވެ. އެ ފުން، ތޫނު ދެލޮލުގެ ތެރެއަށް ގެއްލިފައި އިނދެވުނުއިރު، ޔޫލީގެ ހިތުގެ ތެޅުން އަޑުއިވޭހާ އަވަސްވެފައިވިއެވެ. މާން […]
“ވަޓްސް ގޮއިން އޮން” އެ އަޑަށް ދެ މީހުންވެސް ކުޑަކޮށް ސިހުނެވެ. ޝިފްނާގެ މޫނުމަތިން ފެންނަން ހުރީ ހައިރާންކަމެވެ. ވާނުވާ ނޭނގި ބަލަހައްޓައިގެން ހުރީ ޖަވާބަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. “ހާއި ބެސްޓީ…” މޫނުމަތިން އެއްވެސް ނުތަނަވަސްކަމެއް ދައްކާނުލައި، އެ އާދައިގެ ‘ބަބްލީ’ ރާގުގައި ޔޫލީ ޝިފްނާއަށް ގޮވާލަމުން ކައިރިއަށް ޖެހިލިއެވެ. “ރީޑް ދަ ރޫމް…” ޝިފްނާއަށް އެކަނި އަޑުއިވޭ ވަރަށް ޔޫލީ ސިއްރުސިއްރުން ބުނެލުމާއިއެކު، ޝިފްނާ ހަލުވިކޮށް ވަށައިގެން ބަލައިލިއެވެ. ތެދެކެވެ. މާހައުލުގެ ވައި ދެނެގަންނާކަށް […]
ދެމީހުންގެ ދެމެދުގައި ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، ބަދަލުކޮށްލި ހިނިތުންވުމުން އެތައް ވާހަކައެއް ބުނެދިން ކަހަލައެވެ. އެއީ މީގެ ކުރިން ދެމީހުންގެ ހިތުގައި ނިވި ފަނޑުވެފައިވި ލޯބީގެ ހުޅުކޮޅު، އަލުން ރޯވެ ދިއްލެން ފެށިކަމުގެ ފޮނި އުންމީދެވެ. އެކަކު އަނެކަކަށް ނޭނގުނަސް، އެ ދެހިތުގައިވެސް މިއަދު ވިންދުޖަހަމުން ދިޔައީ އާ އުންމީދަކާއި އާ ދިރުމެކެވެ. ***** “އަހަރެން މިއަދު ވަރަށް ވަރަށް އުފާވެއްޖެ…” މާހިންގެ އަޑުން ޝައުގުވެރިކަން ދައްކަން މަސައްކަތްކުރަމުން ބުނެލިއެވެ. މާހިންއާއި ޝިފްނާ ތިބީ ޕެންޓްހައުސްގެ ސޯފާގައެވެ. […]
ޒޯޔާގެ މޫނުމަތިން ފެނުނު ނުރައްކާތެރި ހިޔަޅު ހިނިތުންވުމުގެ ސަބަބުން ޔޫލީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ‘ އެއީ ހަމަ ގައިމުވެސް ކަމެއް އެނގިގެން އަދި ރާވައިގެން ހުންނަ މީހަކު ތުންފަތަށް ގެންނާނެ ބަދަލެއްކަން ގައިމެވެ.’ ޔޫލީގެ ހިތުގައިވިއެވެ. މާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަމަވެސް ދެނެގަނެވުނު ކަންތަކުގެ ސަބަބުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫލީ… ” ރިލްވާން ކެތްމަދުވެފައިވާ ރާގެއްގައި ބުންޏެވެ. އޭނާވެސް ހެދުން އަޅާފައިވަނީ ނުހަނު ޕާޓީއާއި ގުޅޭނޭހެންނެވެ. ޖަންގަލް ގްރީން […]
‘ މި ބީސްޓް ގަނޑު ހުވާ…. ކޮންޓްރޯލިންގ ލައިކް ހީ އޯންސް މީ’ ޔޫލީގެ ހިތުގައި ފޫހި ކަމާއިއެކު ދައުރު ކޮށްލި ހިޔާލުގެ ސަބަބުން އޭނާ ނަޒަރު ދުރަށް ހިންގާލިއިރު ހަފުލާގެ ތެރެއަށް ވަދެގެން އައި މެހެމާނުންގެ ތެރެއިން ފެނުނު ސޫރަ އަކުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ. މީހުންތަކުގެ މެދުގައި ހުރީ ޒޯޔާ އެވެ. **** މާންއާއި ޔޫލީ މެހެމާނުންގެ ތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން މާހިން އާއި ޝިފްނާ ކުޑަކޮށް ދުރުގައި […]
“ވަޓް އިޒް ދިސް، ޔޫލީ؟” މާންގެ އަޑު އައީ ފިއްތާލެވިފައިވި ދަތްތަކުގެ ތެރެއިންނެވެ. އެ އަޑުގައިވި ފިނިކަމުން މުޅި ކޮޓަރި ތެރެއަށް ތޫފާނެއްގެ ވައި އައި ފަދައެވެ. “ވަޓް….. އައި އެމް ރެޑީ” މާންގެ އަޑުގައިވި އަސަރުން ފަސް ޖެހުނު ނަމަވެސް ޔޫލީ ހިނިތުން ވެލަމުން ބުނެލިއެވެ. “އައި ސެންޓް ޔޫ އަ ޑްރެސް! ކޮންކަހަލަ ހެދުމެއްތަ ތިހިރީ ލާފަ؟ އަހަންނަކަށް ނުބުނެވޭތަ އަހަރެން ބޭނުންވާ ގޮތަށޭ ޔޫލީ ހެދުން އަޅަން ޖެހޭނީ؟” މާން ޔޫލީގެ ކުރިމައްޗަށް […]
ޔޫލީއަށް ކަކޫމައްޗަށް ތިރިވެވުނެވެ. އޭނާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. މާންގެ ފަރާތުން ދުވަހަކުވެސް ނުފެންނަ ފަދަ ނުރައްކާތެރި، ހަރުކަށި އަދި އަނިޔާވެރި ސިފައެއް މިއަދު ފެނުމުން، އޭނާގެ މުޅި ނަފުސު ބިރުން ސިހި، އިންތިހާއަށް ކަންބޮޑުވިއެވެ. ‘މާން އަހަރެންނާއި ދޭތެރޭ މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ… އަހަރެންގެ ހުރިހާ މިނިވަންކަމެއް އެ ފުރޭތަ ފޭރި ގަނެފިއެވެ. އަހަރެންނަކީ އަހަރެންގެ އަމިއްލަ ގޭގައި ގައިދީ އަކަށް ވެއްޖެއެވެ. ހައްޔަރު ވެފައިވާ ކުށްވެރިއަކަށް ވެއްޖެއެވެ. […]
އޭނާގެ މުޅި ދުނިޔެ ހުއްޓުނީ، އޭނާގެ އަންހެނުން، އޭނާގެ ކޮއްކޮގެ އަތުގެ ތެރޭގައި އެހާ ގާތުގައި، އެފަދަ ހެދުމެއްގައި ވަނިކޮށް ފެނުމުންނެވެ. މާން އަށް ދަތްކުނޑިވިކައިގަނެވުނެވެ. އަތުގެ މުށް ބާރުވެ، ނާރުތައް ފާޅުވާން ފެށިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި، ހަސަދަވެރިކަމުގެ ނުރައްކާތެރި އަލިފާނެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭ ކެކިގަތެވެ. ‘ މިއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ ފުރަތަމަ ރިލްވާންއެވެ. މިހާރު އަހަރެންގެ ކޮއްކޮއާއިވެސް އެފަދަ ގުޅުމެއް ހިންގަން ފެށީ ހެއްޔެވެ؟ […]
ޔޫލީގެ ދެއަތް ބޭއިހްތިޔާރުގައި އުފުލި، މާންގެ ފުޅާ ކޮނޑުގައި ވަށާލެވުނެވެ. އޭނާގެ އެ ހަރަކާތުގައިވީ މަސްތުކަމުގެ ސަބަބުން އޭނާގެ ވިސްނުން އޮޅުންބޮޅުން ވެފައިވީވަރު ހާމަވެއެވެ. އެވަގުތު ދެމީހުންނަށްވެސް މުޅި ދުނިޔެ އެކީ ހުއްޓުނުފަދަ އިހުސާސެއްވިއެވެ. މާން މަޑުމަޑުން މޫނު ދުރުކޮށްލާ ޔޫލީގެ ލޮލަށް ބަލާލީ އޭނާއަށް ޔޫލީއާއި ގާތްވުމަށް އިޒުނަދޭށޭ ބުނާ ފަދަ ނަޒަރަކުންނެވެ. ޔޫލީގެ ލޮލުގައިވި މަސްތީ އަސަރާއި އެ ލޯ މަޑުމަޑުން މަރާލުމުން އެއީ ދައުވަތެއްކަމުގައި މާންއަށް ފުދުނެވެ. ‘ވައި ޑޫ އައި ފީލް […]