” ގުޑް ނައިޓް.. ” ގެއިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް ލިލިއަން އަށް ބަލާލަމުން ދިޔާން ބުނެލިއެވެ. ލިލިއަން ފަނޑު ހިނިތުންވުމެއް ދިޔާން އަށް ރައްދުކުރިއެވެ. މިރޭ މީ ދިޔާން ފެންނާނެ ފަހުރޭކަން އެވަޤުތުކޮޅުވެސް ލިލިއަންގެ ހިތަކުން ފޮހެެއެއް ނުލެވުނެވެ. ********** ޖެހިގެން އައި ދުވަހު ހޭލީންސުރެ ލިލިއަން ހުންނަނީ ހިތްނުތަނަވަސް ވެފައެވެ. ދިޔާން ފުރަން އުޅޭތީ ވާގޮތެއްކަން އެނގުނަސް އެކަން އިތުރު މީހަކަށް ނުދައްކާވޭތޯ ލިލިއަން މަސައްކަތް ކުރަމުންދިޔައެވެ. ފުރާ ދުވަހަށް ވުމާއެކު ދިޔާން […]
“ހުރިހާ ފޮޓޯއެއްގެ ތިރީގައިވެސް އިންނާނެ އެފޮޓޯއެއް ނެގި ތާރީޚުވެސް ޖަހާފަ” އެހެންބުނެ ތާރީޚުތައް އައްކިޔުންނަށް ލެޔާލް ދައްކާލިއެވެ.އޭރުވެސް އައްކިޔުން ދިޔައީ ފަހަރަކު ފޮޓޯގަނޑަކަށް ބަލަމުންނެވެ. “ބަލާބަލަ ސައިފް އޭނައަށް ދިން ރާބަނދި ހިފައިގެން އިން ގޮތް….ހީވަނީ ވަރަށް ލޯބިވާ މީހަކު އޭނައަށް ދިން އެއްޗެއްހެން” ސައިފްގެ ބައްޕަ ދިން ރާބަންޖަށް ބަލަހައްޓައިގެން ނައިޝާ ހެވިލައިފައި އިން ފޮޓޯއެއް ދައްކާލަމުން ލެޔާލް ބުނެލިއެވެ. “ދެން މިއިނީ އަނެއް ފޮޓޯ…މީ ނައިޝާ އެރަށަށް ދިޔަތާ ދެވަނަ ދުވަހުު…އޭނަގެ ކަންކަމާ ހަވާލުވެގެން […]
މަގެ ލޯބި ނޫ މަލޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ ތި ހިތޭ މަލާ ދިނީ އާ އާ މި ފުރާނަ މީ މަލާ ހައްޤޭ މަގެ ލޯބި ނޫ މަލޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ ތި ހިތޭ މަލާ ދިނީ އާއާ މި ފުރާނަ މީ މަލާ ހައްޤޭ ………………………………………………….. މި ހިތާއި ޖާނު އެދިގެން އިރު ހަނދު އެކީގަ ލޯބިން ތިޔަ ލޯބި ހަނދުމަ ކުރަމުން […]
“ނީކް އިނގޭތަ ލައްމު އަންނާނެ އޯ މާދަން ނޫން އަނެއް ދުވަހުން.” ނީކިޔާއަށް ހީވީ ލަމާން ދެކެ އޭނާ ލޯބިވާކަން ނުކްޝާން އިނގުނު ހެންނެވެ.”އެހެން..” ހިތް އަވަސް ވެފައި ނީކިޔާ ބުންޏެވެ. ޔޫޝައު އާއި ޔަމްހާ ކާގެއަށް ވަނީ އެކުއެކީގައެވެ. ޔަމްހާ ގޮސް ނުކްޝާން ކައިރީގައި އިށީންއިރު ވެސް ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާ މިރަށަށް އައީ އެންމެ ދުވަހަކުން އެކަން ނިމޭނެ ކަމަށެވެ. ކުރިން ރީތިކޮށް ޔަމްހާ އޭނާއަށް ދިން ގެއްލުންތައް ކިޔާދިންނަމަ ވަކިވާނެ ކަން […]
ލައިހާ ކޮޓަރި އަށް ވަދެ ދޮރު ތަޅުލުމަށް ފަހު ފޯނު ނަގާ އައިމަން ގެ ފޮޓޯ ތައް ބަލަންފެށިއެވެ..ވަކިހިސާބަކަށް ގޮސް ފޮޓޯ އަށް ބަަލަން އިނދެ ލައިހާ ވާހަކަ ދައްކަން ފެށިއެވެ.”އައިމަން..ވަރަށް ވަރަށް ބޮޑަށް ސޮރީ..އިނގޭ އައިމަނ ވަރަށް ހިތާމަ ކުރާ ކަން ވެސް..ހަމަ ކިރިޔާ ވެސް ގޮތެއް އިންނަމަ ލައި މި ކައިވެނި އެއް ނުކުރާނަން.. ބައްޕަ އަށް އަހަރެމެން ވާ ލޯބި އެނގޭނަމަ”..ލައިހާ ފޮޓޯ ގަނޑަށް ބަލަމުން ވާހަކަ ދެއްކިއެވެ… 11 ވަނަ ބައި… […]
ހަނީފާއްތަގެ ގޭގައި މަޑުކޮށްލުމަށްފަހު ނައިޝާ އެނބުރި ގެސްޓްހައުސްއަށް ދިޔައެވެ.ކޮޓަރިއަށް ވަދެ އަޅައިގެން ހުރި ހޭންޑްބޭގް ބޭލުމަށްފަހު ފޯނު ހިފައިގެން ނައިޝާ ބެލްކަންޏަށް ނިކުމެލިއެވެ.ފޯނުން ގަނޑި ބަލައިލި އިރު ރޭގަނޑު ދިހައެއް ޖަހަން ފަސްމިނެޓަށް ވެފައިވާތަން ނައިޝާއަށް ފެނުނެވެ. ފޯނު އަތަށް ލައިގެން ހަށަންބަދެލުމަށްފަހު، ކަނޑުގެ ލޮނުގަނޑާ ދިމާލަށް ނައިޝާ ބަލައިލިއެވެ. އެހެންހުރެ އޭނާގެ ސިކުނޑިއަށް އައްކިޔުންގެ ޚިޔާލުތައް ވަންނަން ފެށިއެވެ.އައްކިޔުންގެ ޚަބަރެއްނުވާތާ ދެހަފްތާ ވަނީއެވެ. ފޯނުން އައްކިޔުންގެ ނަންބަރަށް ނައިޝާ ގުޅާލީ ނުތަނަވަސް ކަންމަތީގައެވެ.ނަމަވެސް އެހެންފަހަރުތަކާ އެއްގޮތަށް […]
ރުހާ، ކެތްތެރިކަމާއިއެކު، މިކްޔާން އަންނާނެ އިރަކަށް އިންތިޒާރުކޮށް ދެފަރާތަށް ހިނގާލަ ހިނގާލާ ހުއްޓާ، ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މިކްޔާން ކޮޓަރިއަށް ވަނެވެ. ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއިރު، އަތްފައި ފިނިވީ މިކްޔާނާއި ކުރިމަތިލާން ޖެހުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު މިކްޔާން އައިސް މަޑުކޮށްލީ ރުހާގެ ކުރިމަތީގައެވެ. ރުހާ ހުރީ އިސްއުފުލާ މިކްޔާނަށް ބަލާލަންވެސް ނުކެރިފައެވެ. އެ ހުރިގޮތަށް ހުރެފައި އޭނާ މިކްޔާންގެ ކިބައިން މާފަށް އެދުނެވެ. ހިނދުކޮޅަކަށް ނަމަވެސް ރުހާއަށް ނޭވާ ހިފަހައްޓާލެވުނީ މިކްޔާންގެ ދެއަތުން […]
“ނައި އަދި އެއްފަހަރު ޝުކުރިއްޔާ…އަހަރެންގެ ހަޔާތުގަ އަހަންނަށް ދިމާވި އެންމެ ރަނގަޅު މީހަކީތީ…އެހެންނަމަވެސް ނައިޝާގެ އަގު ވަޒަންކުރަން އަހަންނަށް ނޭނގުނީ” އިސްދަށަށް ޖަހާލަމުން ސައިފް ދެރަވެލާފައި ބުނެލިއެވެ. “ޝުކުރު އަަދާކުރާނެ ކަމެއްނެތް…ހީކޮށްލާ ރަހުމަތްތެރިއަކު ދިން ކެއުމެކޭ އެއީ…ދެން ތި ދައްކަނީ މާކުރީގެ ވާހަކަތަކެއް…އަސްލު ތެދުތެދަށް ބުނާކަމުގަ ވާނަމަ އިއްޔެއާ ހަމައަށް އަހަރެން ނިންމައިގެން ހުރީ ސައިފާ ދުވަހަކުވެސް އަނގައިން ނުބުނާތާ ބަލައިވެސް ނުލާން….އެކަމް ސައިފްމެން އުޅޭ ނިކަމެތި ހާލު އެނގުމުން އަހަރެން ބޭނުމެއްނޫން އެއްވެސް ރުޅިވެރިކަމެއް ބާއްވާކަށް….ކޮންމެގޮތެއްވިޔަސް […]
އާލިކް އަކީ އާލިޔާގެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. އާލިކް އާއި އާލިޔާ އަކީ ދުޝްމިނުން ދެ އާއިލާގެ ކުދިން ކަމުގައި ވީ ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ހަސަދައެއް ނުލައެވެ. ދެކުދިންގެ އާއިލާ އެކަމާ ކިތަންމެ ނުރުހުންވިއެވެ. ނަމަވެސް އެއަށްވުރެ އެކުދިންގެ އެކުވެރިކަން މާ ބޮޑަށް ވެސް ވަރުގަދައެވެ. އޭރު އާލިކް އަކީ ސްކޫލްގެ އެންމެންގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ކިޔަވަން މޮޅުވެފައި، އެންމެންނާ ވެސް ގުޅިގެން އުޅޭތީއެވެ. ހިތްހެޔޮ ކަމުންނެވެ. އެންމެ ދަށްފަންތީގެ މީހާއަށް […]