“އަޅޭ ހާދަ ދެރައޭ…އެހާ ލޯބިކުއްޖަކު ދޫކޮށްލަން ކެރުނީ ކިހިނެއްބާއޭ ހިތަށްއަރާ” އާތިފްގެ ވާހަަކަތައް އަޑުއަހަން އިނުމަށްފަހު ފަރީޝާ އަހާލިއެވެ. “ލީނާއާ ވަކިވިފަހުން އާތިފް ވަރަށް ދެރަވި..އެންމެ ދެރަވީ އައިލީން އޭނަގެ މަންމަގެ ލޯބިން މަހުރޫމުވުމުން…އާތިފްވެސް ބޭނުން އެހެންވެސް މީހުންގެ ދަރިންނެކޭ އެއްފަދައިން، އައިލީންނަށްވެސް މަންމައާ ބައްޕަގެ ލޯބި ހަމަހަމަކޮށް ލިބެން…. ލީނާއާ ވަރިވިފަހުން އައިލީންނަށްޓަކާ އާތިފް ހިތްވަރުކުރިން…މެދުކަނޑާލި ކޯސް އަނެއްކާވެސް ކުރިއަށް ގެންދިޔައިން…ކިޔަވާ ނިންމުމަށްފަހު ބޭނުންވި ވަޒީފާއަށް ކުރިމަތިލިން…އޭރުއްސުރެ މިއަދާ ހަމައަށްވެސް އާތިފް މިއުޅެނީ އެވަޒީފާގަ… އޮފީސް […]
*ފަރި ހިނގުމެއްގައި މަގުމަތީ ހިނގާލާފައި ދިޔަ ޔައިޝާގެ މިސްރާބު ހުރީ ސުކޫލާ ދިމާއަށެވެ. މަޑު އޮރެންޖު ކުލައެއްގެ ހެދުމެއްލާފައިވާއިރު އެކުލައިގެ އަތްދަބަހެއް ޔައިޝާގެ ކޮނޑުގައި އޮތެވެ. ކަޅު ކުލައިގެ ހައިހީލް އަކަށް އަރަލާފައި ވާއިރު ޔައިޝާ ފެންނަނީ ނުހަނު ސާދާކޮށެވެ. “ޔައީ…..” ފަހަތުން މީހަކު ގޮވާލިއަޑަށް ޔައިޝާ ބަލަލިއެވެ.* ފަހަތުން ގޮވީ ޒިވްޔަންއެވެ. ޔައިޝާއަށް ޒިވްޔަން ފެނުމުން އޭނާ ހިނގުން މަޑު ކޮއްލިއެެވެ. ޒިވްޔަންވެސް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޔައިޝާޔާ އެއްވަރު ކުރިއެވެ. ޒިވްޔަން ޔައިޝާއާ […]
ނަވާން ހުރީ އެ ހުރިތަނަށް ގަނޑުވެފަ ކަހަލައެވެ. އަޒްހާ އެންމެ ފަހުން ބުނި ޖުމްލަ ނަވާން ގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. “ނަވާން ދެކެ ލޯބި ވެވުމުން އަހަރެންނަށް މިވަރަށް އަނިޔާ ލިބޭނެ ކަން އެނގުނުނަމަ އަހަރެން ނަވާން އާ ވައިވެސް ނޭޅުނީސް” މީ ޖުމްލަ އަޑު އިވުނު ހިނދު ނަވާން ގެ ހިތް ހުއްޓުނު ފަދައެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ގެއްނާކަށް ނޭނގުނެވެ. އަޒްހާ ދުވެފަ ގޮސް ފާހާނާއަށް ވަނުމުން ނަވާން ހަމަ ބިމަށް […]
ރިންގުވެގެން ދިޔަ ފޯނުގެ އަޑަށް ދެމީހުންނަށް ދުރުވެވުނު ގޮތްވެސް ނޭނގެއެވެ. އަޔާނީ އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ގުޅަނީ ކާކު ތޯ ބަލާލިއެވެ. އީވާގެ ނަން ފެނުމުން އަޔާނީ އަށް ވީ ގޮތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ޒައްޔާން އާއި ދުރުވެލާފައި އެކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ޒައްޔާން ދެފަރާތަށް ބޯ ހޫރުވާލާފައި މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން ނުކުތެވެ. އޭރު އެ މޫނުމަތިގައި ވީ ފަތަހައިގެ ފުން ހިނިތުންވުމެކެވެ. ސައިކަލުގައި އަޔާނީ އާއި އެއްވަރުކޮށްލާފައި […]
“ޒީ ކޮން އިރަކުގަތަ އައީ؟ ބަލާބަލަ އަހަރެން ކައިރީގަ ނުވެސް ބުނެ ތިއައީ” ހަމްޝާ އުފަލުން ބުނެލިއެވެ. “މަ ހަމަ އައިސް ޖެޓީ މައްޗަށް މި އެރީ މިހާރު މިދަނީ ގެއަށް ގެއަށްގޮސް ފްރެޝް ވެލާގެން އަހަރެން ދާނީ ޝާ މެން ގެއަށް” ޒޯޔާ މިހެން ބުނުމުން ހަމްޝާގެ ދެދުނިޔޭގެ ބާއްޖަ ވެރިކަން ލިބުނު ފަދައެވެ. ޒޯޔާ އަކީ ހަމްޝާ ގްރޭޑް 5 ގައި އުޅުނުއިރު ދިމާވި އެކުވެރިއެކެވެ. އެހާ އިރުން ސުރެ ފެށިގެން […]
6 ޖެހުމުގެ ކުރިން ފިލާވަޅު ހަދާ ނިމުމުން ޖައްސާލީ ކުޑަކޮށް އަރާމުކޮށްލާށެވެ. ނިދޭ ގޮތް ވުމުން އަވަހަށް ތެދުވީ ގަޑިއަށް ދެވޭ ގޮތް ނުވެދާނެތީއެވެ. ތެދުވެގެން އަހަރެން ދިޔައީ އެއްޗެއް ކެއުމަށްޓަކައެވެ. ކައިގެން ކޮޓަރިއަށް ވަދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިގެން ގޮސްފިއެވެ. ނަމާދުކޮށްލައިގެން އާދައިގެ މަތިން ވާހަކައެއް ކިޔާލަން އިއްތާލީމެވެ. އިޝާއަށް ގޮވުމުން އަހަރެން އަވަހަށް ނަމާދުކޮށްލީމެވެ. ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވާން ފެށީމެވެ. ހަމަޖެހިލައިގެން ތައްޔާރު ވެވޭނީ އޭރުންނެވެ. ތައްޔާރުވާން ހުއްޓާ މީހަކު […]
*” ހިންގާބަލަ މިގޭގަ އުޅޭ އަނެއް ދެ ލަވް ބާޑްސް އުޅޭ ގޮތް ބަލާލަން ” ނާއިޒް މިޝްހާ ގެ މެދުހަށީގައި އަތް އަޅުވާ ލަމުން ބުނެލިއެވެ.” ސާބަސް އިޒް އަށް އެދެމީހުން އަދި ރައްޓެއްސެއް ނުވެޔޭ ” މިޝްހާ ނާއިޒް ގެ ބޮލުގައި ޖަހަމުން ބުނެލިއެވެ.” ރައްޓެހި ނުވިއެއް ކަމަކު އެ ދެމީހުން އަބަދު އުޅެނީ އެކުގަ ވާ ” ނާއިޒް މިޝްހާ ގެ ނޭފަތުގަ ހިފާ ލަމުން ބުނެލިއެވެ.” ހޫމް އޯކޭ ދެން ހިނގާ […]
ކިޔާން އާނިޔާ މެންގެ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. ވަގުތުން އާނިޔާ ސަލާމް ބަލައިގަތެވެ.”ދައްތާ ސުވާލެއް އަހާލަންވެގެން މި އައީ.. އެންމެ ރަނގަޅުތަ އެހިޔަސް؟..ރީޝަމް ކައިރީ އަހައިގެން ނުބުނި..” ކިޔާން ހުއްދަ ހޯދިއެވެ. އާނިޔާ ދެބުމަ ކައިރިވިއެވެ.”ހޫމް އަހާބަލަ..” ކެތްތެރިކަމާއި އެކު އާނިޔާ އެހިއެވެ.”ދައްތައަށް އިނގޭތަ ރީހާން ކިޔާ ކުއްޖެއް؟..” ކިޔާން އެހި ސުވާލުން އާނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.”ކިޔާން! ރީޝަމް ބުނީ ކީކޭ؟!؟!..” އާނިޔާގެ އަޑު ބާރުވިއެވެ. ދެލޯ ބޮޑުވެފައި ކިޔާން ބަލާލިއެވެ.”ނޭނގެއޭ ބުނީ.. ހީވަނީ ބުނަން […]
ފަތިހުގެ ފިނި ވަގުތެވެ. ހަމްޝާ ހުރީ ރަށުގެ ފުއްޓަރުފަރާތުގައި އޮންނަ ރީތި ދޮންވެލިގަނޑު މަތީގައި އިރު އަރާ މަންޒަރު ބަލަންށެވެ. ހަމްޝާ އަށް ވިސްނެމުން ދިޔައީ އޭނާގެ މަންމަ އެނބުރި ރަށަށް އަންނާނެ އިރަކާއި މެދުގައެވެ. އުމުރުން 10 އަހަރުތެރޭގައި ހަމްޝާ އެކަނިވެރި ކޮށްލާފައި ރަށުން ފައިބައިގެންދިޔަ އޭނާގެ މަންމަ ހަސްނާ 6 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އަދި ރަށަކަށްނާދެއެވެ. މިހެން ވިސްނުމެއްގެ ތެރޭގައި އިންދާ ހަމްޝާ ސިހުނީ އޭނާގެ ފޯނު އެލާމް ވާ […]