Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 5, 2019 4 Mins Read
14 Comments

“ޔޭސް ޑިއާ ޔޫ އަރ އަ ވެމްޕަޔަރ.” އަހަރެން ބޭނުންވީ ބިން ފަޅައިފައި އަޑިއަށް ދާށެވެ. “ހުސް ދޮގު ތި ހަދަނީ” ޔޫމާއާ ދިމާއަށް އަހަރެން ދެލޯ އަޅާލީމެވެ. އަހަރެންގެ ހިތުގެ ވިންދު ނުޖާހާކަން އަހަންނަށް އިހްސާސްވީ ދެނެވެ. ކުއްލިއަކަށް އަހަރެންގެ އާއިލާއާ ރަހްމަތްތެރިން މަތިން ހަނދާންވިއެވެ. “ލޫކް”. އަހަންނަނަށް މަޑު މަޑުން ބުނެވުނެވެ. ލޫކްއަކީ އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރުމެން ދެމީހުންގެ ކައިވެނި މަހެއްހާ ދުވަސް ފަހުން ކުރަން ވަނީ ހަމަޖެހިފައެވެ.
ލޫކް އަދި އަހަރެންގެ އާއިލާއިންވެސް އަހަރެން ގެއްލިގެން ހޯދާނެއެވެ. އެމީހުން ގާތަށް ދާން އަހަރެން ބޭނުންވިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަހަރެން ޔޫމާއާ ދިމާއަށް އެނބުރުނީމެވެ. “އައި ވަންނާ ގޯ ޓު މައި ފެމެލީ” އާދޭހާއެކު އަހަރެން ބުނީމެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ޔޫމާ އަހަރެންގެ އަތުގައި ހިފައިގެން ސިޓިން ރޫމަށް ދިޔައެވެ.
“އައިނާ ވެލްކަމް ޓު އަވަރ ފެމިލީ. އަހަންނަކީ ދަހުލާން ދެން މިހިރީ އަހަރެންގެ އަންހެނުން ސާޔާ. ދެން އެތިބީ ކައިލީއާ ސުހެއިލް އަދި ޝިވަމް. އަހަރެން ނުބުންނަސް ދެން އޭނީ ޝާދާބްކަން އެނގޭނެކަމަށް މި ބަލަނީ!” ދަހުލާން އަމިއްލައަށް ތައާރަފު ވިއެވެ. ދަހުލާންއަކީ ބަލާބެލުމަށް ފަންސަވީސްގެ އަހަރުތައް ގުނަމުންދާ ޒުވާނެކެވެ. އިސްކޮޅުން ދިގުވެފައި އާދަޔާ ޚިލާފަށް ދޮނެވެ. ސާޔާާއާ ދަހުލާންގެ އުމުރުން ވާނީ ގާތް ގަނޑަކަށް އެއްވަރެވެ. އާދައިގެ މީހަކަށްވުރެ އިސްކޮޅުން ސާޔާކުރެވެ. ރަންކުލައިގެ އޮނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑު އޮތީ ހަތަރު ފަށަށް ގަތާފައެވެ.
ހަތަރު ފިރިހެނުންގެ ތެރެއިން އެންމެ ޖާނުން ވަރުގަދަކޮށް ފެންނަނީ ސުހެއިލްއެވެ. ދެން ތިބި ތިން މީހުންނަށްވުރެ ސުހެއިލް ޖާނުން ވަރުގަދައެވެ. އޭނާގެ ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑު އޮތީ ކަނދުރާއާ ހަމައަށް ދިގުކޮށްފައެވެ. ސުހެއިލް ކައިރީ ހުއްޓިލައިގެން އިން ކައިލީ ބަލާބެލުމަށް ހީވަނީ ފެޝަނަން ވަރަަށް ލޯބިކުރާ ހެންނެވެ. ކަނދުރާއާ ހަމައަށް އަންނަ އިސްތަށިގަނޑުގެ ކޮޅުވަނީ ގަދަ ފިޔާާތޮށި ކުލައަކުން ހައިލަޓްކޮށްފައެވެ. ރަތްކުލައިގެ މަތި ކޮޅަކާ ކަޅު ޖިންސެއް ލައިފައި ހުރިއިރު އަރާފައި ހުރީ ކަޅު ކުލައިގެ ގަން ބޫޓަކަށެވެ. ކަރުގައި ވިދުން ގަދަ ފަށެއް އަޅާފައި އޮތެވެ.
އަތް ދިގު ޓީޝާޓަކާ ކަކުލާ ހަމައަށް އަންނަ ސޯޓެއް ލައިގެން ހުރި ޝިވަމް ފެންނަނީ ވަރަށް ސާދާކޮށެވެ. މަޑު މުށި ކުލައަކަަށްދާ އޭނާގެ ފަންބޯ އިސްތަށިގަނޑުވަނީ ރީތި ވަރަކަށް ކޮށާފައެެވެ. ޝިވަމްގެ އެންމެ ޚާއްސަ ސިފައަކީ ހިނިތުންވެލާއިރު ދެކޮލަށް އެޅޭ އަޑިކޮޅެވެ.
“ސާޔާ އެހެންވީމަ އައިނާ ދޯ މިހާރު އެންމެ ކުޑަވާނީ” ކުޑަކޮށް ނަށާލަމުން ޔޫމާ ބުނެލިއެވެ. ސާޔާ ހިނިތުންވެފައި ހުރެ މަޑު މަޑުން ބޯ ޖަހާލިއެވެ. “އައިނާ ތިއީ މިހާރު މި އާއިލާގެ ބައެއް. ސާޔާއާ އަހަރެން ބަލާނަން މަންމައަކާ ބައްޕައެއްގެ ލޯބި އައިނާއަށް ދެވޭތޯ!” އަހަރެންގެ ބޮލުގައި ފިރުމާލަމުން ދަހުލާން ލޮތްބާއެކު ބުންޏެވެ. އަހަރެން ބޭނުމީ އަހަރެންގެ ހަގީގީ މައިންބަފައިންނާއި އާއިލާގެ ލޯބިކަން ބުނަން ބޭނުންވިއެވެ. މިހާރުން މީހާރަށްވެސް އެމީހުން ގާތަށް ދާން އަހަރެން ބޭނުންވިއެވެ. “ނޫން އައިނާ. މިހާރު އައިނާއަކަށް ނުދެވޭނެ. އެމީހުންނަށް އައިނާ ވަނީ މަރުވެފަ!” ޝާދާބް ބުނި ބަހުގެ މާނަ އަހަންނަކަށް ދޭހައެއް ނުވިއެވެ. އަހަރެން ފާޑަކަށް ބަލަހައްޓައިގެން އިންނަން ފެށުމުން ދަހުލާން ވާހަކަ ދައްކަން ފެއްޓިއެވެ. “އައިނާ އަށް އެނގޭތަ ކާކުކަން އައިނާ ބަދަލުކުރީ؟” އަހަރެން ނޭންގެއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލީމެވެ. “އައިނާ އަހަރުމެންގެ މީހަކަށް ބަދަލު ކުރީ މިވަގުތު މި ސަރަހައްދުގަ އުޅޭ އެންމެ ބާރުގަދަ ވެމްޕަޔަރ ސައްދާމް. އޭނަ އައިނާ ބަދަލު ކުރީ ލޫ..” “އޭނާގެ ހަނގުރާމައިގައި އައިނާ ބައިވެރިކުރަން. ސައްދާމްއަށް އައިނާގެ ފަރާތުން ހަނގުރާމައިގައި ވަރަށް ބޮޑު ފައިދާއެއް ލިބޭނެ” ދަހުލާން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ޝާދާބްއެވެ. ޝާދާާބް ދަހުލާންގެ ވާހަކަ މެދު ކަނޑާލިގޮތުން ހީވީ ބުނަން ނުޖެހޭ ވަރުގެ ވާހަކައެއް ދަހުލާން ބުނަން އުޅުމުން އެކަން ހުއްޓުވި ހެންނެވެ. ޝާދާބް މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލި މަންޒަރު އަހަންނަށް ފެނުނެވެ. އެމީހުން އަހަންނަށް ކޮންމެސް ކަމެއް ސިއްރުކުރާކަން އަހަންނަށް ޔަގީންވިއެވެ.
“އައިނާގެ އާއިލާއިން އިއްޔެވަނީ ކަށުކަމާކެމީގެ ކަންކަން ކޮށްފަ. އެމީހުންނަށް އެނގިފައި އޮތީ ކާރު އެކްސިޑެންޓެއްގައި އައިނާ މަރުވީ ކަމަށް. ހަނދާން އެބަހުރިތަ އައިނާ ބަދަލުވުމުގެ ކުރިން ހިނގި ކަންތައް؟” ދަހުލާން އެހެން ބުނުމާއެކު އަހަރެން ހަނދާން ކުރަން މަސައްކަތް ކުރީމެވެ. ވަރަށް ނުސާފުކޮށް އަހަންނަށް ކަންތައްތައް ހަނދާންވާން ފެށިއެވެ.
*******
އަހަރެން ހަވީރު ބޭރަށްދާން ނުކުތީ ލޫކް ގުޅާފައި ބުނުމުންނެވެ. އަހަންނަކީ ފޯރުންތެރި އާއިލާއެއްގެ ދެމަފިރިއަކަށް ލިބިފައި ތިބި ހަތަރު ދަރީންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަރެންގެ މަންމައާ ބައްޕަގެ އިތުރަށް ތިންބޭބެ ވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. މުުޅި އާއިލާގެ ފަރާތުން އަހަރެންގެ އަށާރަ ވަނަ އުފަންދުވަހުގައި އެންމެ ފަހުގެ ބްރޭންޑެއްގެ ކާރެއް ހަދިޔާކުރިއެވެ. ދެމަސް ދުވަހުން އަހަރެން ޑްރައިވިން ލައިސެންސެއް ނަގައިގެން ކާރު ދުއްވަންފެށީމެވެ.
ފަނަރަ މިނެޓުގެ ދަތުރަކަށްފަހު ލޫކްބުނި ތަނަށް އަހަންނަށް ދެވުނެވެ. ފަހެއް ޖަހާއިރަށް ގަޑިކިޔާފައި ފަނަރަ މިނެޓު ފާއިތުވެގެން ދިޔައިރުވެސް ލޫކްއެއް ނައެވެ. އަހަރެން ފޯނުނަގައި ލޫކްއަށް ގުޅާލީމެވެ. އޭރު ފަހަތުން ލޫކްގެ ފޯނު ރިންގްވާ އަޑު އިވެމުން ދިޔައެވެ. ފަހަތް ބަލާލިއިރު ފޯނަށް ނަޒަރު ހުއްޓައިގެން ފިރިހެންވަންތަ ހިނގުމެއްގައި ލޫކް އަންނަތަން ފެނުނެވެ. ކަޅާ ހުދުކުލައިގެ ގަމީހާއި ނޫޖިންސުގައި ލޫކް ފެންނަލެއް ވަރަށް ހިތްގައިމެވެ. އެއްވަރަކަށް ބަހައްޓައިފައިހުރި އިސްތަށިގަނޑާއި ތުނބުޅީގެ ސަބަބުން ލޫކްގެ ފިރިހެންވަންތަކަން ހާމަކޮށްދެއެވެ. ލޫކްފެނުމުން އަހަރެން ފޯނުކަނޑާލީމެވެ. އެއަށްފަހު ދުވެލާފައި ގޮސް ލޫކްގައިގައި ބައްދާލީމެވެ. “އައިން ވަރަށް ބޮޑަށް ސޮރީ ކުޑަކަމެއް ދިމާވެގެން ލަސްވީ. ހިނގާބަ މިހިރެ ތަނަށް އައިސްކްރީމް ބޯންވަންނަން” ކުރިމަތީގައި ހުރި އައިސްކްރީމް ބޯ ތަނަށް ލޫކް އަހަރެން ގޮވައިގެން ވަނެވެ. ދެބްލޫބެރީ އައިސްކްރީމް ތަށި ހިފައިގެން އަހަންނާ ލޫކް ގޮސް ވަނީ ޕާކެއްގެ ތެރެއަށެވެ. އެޕާކުގައި ގިނަ ކުޑަކުދިން އުޅުނެވެ. “އައިން. މީގެ ފޯ ނޫނީ ފައިވް ވަރަކަށް އަހަރު ފަހުން އަހަރުން ތިބޭނީ ޕޭރަންޓްސްއަށް ވެފަ ދޯ. އަވަރ ކިޑްސް ވިލްބީ ޕްލެއިން ވީ ވިލްބީ ސިޓިން ހިއާ އެންޑް ވޮޗް ދެމް” އަހަންނާ ލޫކް ކުދިން ގޮވައިގެން އުޅޭނެ ގޮތް ސިފަކޮށްލެވުމާއެކު އަހަންނަށް ރަކިކޮށް ހެވުނެވެ. އެވަގުތު އަހަރެންގެ ކޯތާފަތަށް ހޫނުވީ ހަށިގަނޑުގައި ހުރި ލޭތަށް ކޯތާފަތަށް ޖަމާވުމުންނެވެ. އައިސްކްރީމް ކާން އަނަގަޔަށް ލީ ސަމްސާ ހަފަހަފައި ހިނިއަސްފައި އަހަންނަށް އިނދެވުނެވެ.
ހަވީރުގެ އެހިތްގައިމު ވަގުތު ލޫކްއާ އެކީ ހޭދަކޮށްލެވުމުން އަހަންނަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. އިރުއޮއްސެން ކައިރިވުމާއެކު ލޫކްއާ އަހަރެން ޕާކުން ނިކުތީމެވެ. އޭރު ދުނިޔެއް މައްޗަށްވަނީ އަނދިރިކަން ވެރިވެފައެވެ. މަޑު އޮރެންޖް ކުލައިގެ ވިލާތައް ފެންނަން ހުއްޓެވެ. “ސީ ޔާ ޓުމޯރޮރ” އަހަރެންގެ ނިއްކުރީގައި ބޮސްދިނުމަށްފަހު ލޫކް ދިޔައީ އޭނާގެ މޮޓޯ ސައިކަލާއި ދިމާއަށެވެ. އަހަރެންވެސް ގޮސް އަހަރެންގެ ކާރަށް އެރީމެވެ.
މަގުގެ ވަކި ހިސާބަކަށް ދެވުނު ތަނުން އަހަރެންގެ ކާރު ކުއްލިއަކަށް ހުއްޓުނެވެ. އިރުއޮއްސިފައިވުމާއެކު މަގުމަތުވެސް ފެންނަމުން ދިޔައީ އަނދިރިކޮށެވެ. މަގުގެ ދެފަރާތުގައި ހެދިފައި ހުރި ގަސްތަކުގެ ސަބަބުން މަގުމަތި ފެންނަމުން ދިޔައީ ބިރުވެރިކޮށެވެ. ކުދި ކުދި ސޫފީގެ އަޑު ފިޔަވައި އިތުރު އަޑެއްވެސް ނީވެއެވެ.
ކިތަންމެ އަނދިރިވެފައި ބިރުވެރިކޮށް މަގުމަތި އޮތެއްކަމަކު އަހަރެން ބިރެއް ނުގަންނަމެވެ. އުޅެ ބޮޑުވީ ތިން ބޭބެއިންނާއި އެކީ ކަމަށްވުމުން އަހަންނަށް ދަސްވެފައި ހުރީ ފިރިހެނެއްހެން އުޅޭށެވެ. މީހަކަށް ގުޅަން ފޯނުނެގިއިރު އެހިސާބަށް ރޭންޖެއް ނުލިބެއެވެ. ފޯންނަ ރޭންޖު ލިބޭތޯ އަހަރެން ކާރުން ފޭބީމެވެ. އެހެނަސް ރޭންޖް ލިބޭ ގޮތެއް ނުވިއެވެ. ރޭންޖް ލިބޭތޯ މަގުގެތަން ކޮޅެއް ކުރިއަަށް ހިނގާލީމެވެ. އެވަގުތު ކުއްލިއަކަށް ބާރުގަދަ ފިނި އަތަކުން އަހަރެންގެ އަނގަ މަތީގައި އަތް އެޅިއެވެ. އެއަށްފަހު އަނެއް އަތުން އަހަރެންގެ ކަނާއަތުގައި ހިފައިގެން ތޫނު އެއްޗެއް އަތަށް ހަރާލިއެވެ. ވީތަދާއެކު އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އަހަންނަށް ހީވަމުން ދިޔައީ އެތެެރެ ހަށި އެއްކޮށް އަނދާހެންނެވެ. ބޮލަށް އެނބުރުން އެރުމާއެކު ހުރިތަނަށް އަހަރެން ވެއްޓުނެވެ.
އަހަންނަށް ދެން ހޭލެވުނުއިރު އޮވެވުނީ އަނދިރި ކިއްލާއެއް ކަހަލަ ތަނެއްގައެވެ. މުޅި ތަނުގައި ދުން ފެތުރެމުން ދިޔައެވެ. ލޯގަނޑެއް ފިޔަވާ އެއްވެސް އެއްޗެއް އެތާކު ނެތެވެ. ލޯހުޅުވުމާއެކު އަހަންނަށް އަހަރެން ތަފާތުކަން ފާހަގަވިއެވެ. ފަސޭހަކަމާއެކު އޮތްތަނުން ތެދުވެ އަހަރެން ގޯސް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލީމެވެ.
****
އަހަރެން އަތް އުފުލައި ބަލާލީ އެއްވެސް ނިޝާނެއް އަތުގައި އިންތޯއެވެ.
“ނީންނާނެ އެއްވެސް އެއްޗެއް ފެންނާކަށް” ދުރުގައި ހުރި ޝިވަމް ބުންޏެވެ. މިއުޒިކެއް ފަދަ ހިތްގައިމު އަޑެކެވެ. ޝިވަމް އަހަރެން ގާތަށް އައިސް ކުޑަކޮށް ބައްދާލިއެވެ. އެއަށްފަހު މަރްހަބާ ކިއެވެ. އަހަރެންވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޝުކުރު އަދާ ކުރީމެވެ.
ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް އާ ހަޔާތަށް އަހަރެން ހޭނެމުން ދިޔައެވެ. އިންސާނުންގެ ލޭގެ ބަދަލުގައި އަހަރުމެން ބޮމުން ދިޔައީ ޖަނަވާރުގެ ލެއެވެ. ޖަނަވާރު އެއްޗިހި ޝިކާރަ ކުރާނެ ގޮތް ސުހެއިލް އަހަންނަށް ދަސްކޮށްދިނެވެ. އަހަރެން ލޮލުގެ ކުލަ މަޑު މަޑުން ފެހި ކުލައަށް ބަދަލުވަމުން ދިޔައެވެ.
އިންސާނުންގެ ތެރެއަށް އަހަރެން ދިއުން ދަހުލާން އޮންނަނީ މަނާކޮށްފައެވެ. ލޭގެ ވަސްޖެހޭ އިރަށް ނޭންގޭ ބާރެއް އަހަރެންގެ ހަށިގަނޑަށް އަރައެވެ. އެބާރު ކޮންޓްރޯލް ކުރަމަށް އަހަރެން ނުކުޅުދެއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަހަރެން ހުރިހާ ކަމަކަށް ހޭނުނެވެ. ޝާދާބް ފިޔަވާ ދެންތިބި އެންމެންނާ ގާތް ގުޅުމެއް އުފެދުނެވެ. ޝާދާބް އަހަންނާ އެހާ ގިނައިން ވާހަކަ ދައްކައެއް ނުހަދައެވެ. ގިނަފަހަރު އޭނާ ގޭގައި ނުވެސް އުޅެއެވެ.
އަހަރެންގެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރާނެ ގޮތް ކައިލީއާ ޔޫމާ ދަސްކޮށްދިނެވެ. ދަހުލާންގެ ހުއްދަ ލިބުމާއެކު އަހަރެންގެ އާއިލާ ގާތަށް ދާން އަހަންނާ ކައިލީ ތައްޔާރުވީމެވެ.
ކަޅުހެދުމެއްލައިގެން މޫނު ފޮތިކޮޅަކުން އަހަންނާއި ކައިލީ ފޮރުވުނީމެވެ. ސުހެއިލުގެ ކާރުގައި އަހަރެން ގެހުންނަ ސަރަހައްދަށް ދިޔައިމެވެ. ލޭގެ ވަސް ދުވަން ފެށުމާއެކު އަހަންނަށް އުނދަގޫ ވާން ފެށިއެވެ. ތަފާތު “ފްލޭވަރ”ތަކުގެ ވަސް ދުވަން ފެށިއެވެ. އަހަންނާ ޚިލާފަށް ސުހެއިލްއާ ކައިލީ ތިބީ ވަރަށް ހަމަޖެހިފައެވެ. އުނދަގުލެއް ވާހެންވެސް އެދެމީހުންށް ހީނުވެއެވެ. “އައިން. ރިމެމްބަރ ޔޫ ހޭވް ޓު ކޮންޓްރޯލް. ހިއުމަން ސެންޓް އިޒް ގޮންނާ ބޮދަރ ޔޫ އަ ލޮޓް ޖަސްޓް އިގްނޯރ އިޓް” އަހަރެންގެ ދެއަތުގައި ހިފާލަމުން ކައިލީ ބުންޏެވެ. ކައިލީގެ ވާހަކަ ތަކަށް އެއްބަސްވުމަށް ބޯ ޖަހާލީމެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަހަރެން ކާރުން ފޭބީމެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނާށޭ ލޯބި ނުވަނީހޭ….10

Next

ދެއުފަލުން މަޙްރޫމް ވީއެވެ.

Next
March 6, 2019

ދެއުފަލުން މަޙްރޫމް ވީއެވެ.

Previews
March 5, 2019

ބުނާށޭ ލޯބި ނުވަނީހޭ….10

14 Comments!

  1. jiji says:
    March 5, 2019 at 6:57 pm

    Ma first dhw ???????????????..kiyaalaafa comment eh kohlaanan..thanks ngey mi prt up kohladhinyma

    1. Kiyara says:
      March 5, 2019 at 9:13 pm

      Congratulations jiji ure first

  2. Thaureefu for kiyaaraa says:
    March 5, 2019 at 7:07 pm

    Kiyaa haadha hihvarugadhaey bunaadhuvahah vure kurin ves story up kohdhey adhi 2 story 1 dayga thi up kohly

    1. Kiyara says:
      March 5, 2019 at 9:14 pm

      Thank u. readers ge support in kiyara ah hiyyvaru libeny avahah vaahakanup kuran

  3. Sidu says:
    March 5, 2019 at 7:42 pm

    Varah varah reethi kiyaa thanks

    1. Kiyara says:
      March 5, 2019 at 9:15 pm

      Thank u sid

  4. Lotus says:
    March 5, 2019 at 7:56 pm

    Saabahey kiyaa ah.. 2 stories vx v habbu

    1. Kiyara says:
      March 5, 2019 at 9:15 pm

      Thank u lotus

  5. jiji says:
    March 5, 2019 at 9:03 pm

    This is really amazing??????❤❤?????..Vampire stry liyan hama kiyaa vareh neiy adhi eh??????????????..kon irakun nxt prt upkohla dheyny..alhe this is really interesting too??????????✊?????❤❤?..such love n Much luv buddy..so sweet of you sisthey????

    1. Kiyara says:
      March 5, 2019 at 9:17 pm

      Thank you jiji. Luv y too

  6. Kiyara says:
    March 5, 2019 at 9:23 pm

    Salam alaikum. Mi vaahaka aky english vaahaka “twilight” aslakah balaigen liyaa vaahaka eh. Alhugandaky twilight vaahakaige varah bodu fan akah vumun e vaahaka aslakah balaigen mi vaahaka liyan gasthu kury. Vams ge powers aa ehenihen eh goii kan kan mi vaahakaige huttas plot aky aa ploteh. Mi vaahakaige story aa twilight ge story aa varah thafaathuvaane. Alhuganduge ehen hurihaa vaahaka akah libunu adhi libemun dhaa support mi vaahaka ah ves libeyne kamah ummedhu kuran.
    Next part thursday or friday ga ISA

  7. Scarlet says:
    March 5, 2019 at 10:15 pm

    Original ge series aaai eh goi kohlabhhh dear it’s one of my fav series. Adhi vx e series nimumuge dhera ihsaas nudhey ehn huttaa mi vaahaka mi fenuny pls make it beautiful

    1. Kiyara says:
      March 6, 2019 at 3:55 pm

      I Will try to make it a beautiful one ISA

  8. Klaus says:
    March 8, 2019 at 12:32 pm

    Ethedheh
    Orginals story aa eh goii kohlyma it will be so perfect
    N btw i hate twilight

Comments are closed.

Next Episodeއަބަދަށްޓަކައި 3←


All Right Reserved!