Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ……9

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 2, 2019 5 Mins Read
18 Comments

ކާރު ގޮސް ގޭދޮރުމަތީ މަޑުކޮށްލި ކަމެއްނޭންގެ ރައިހާނާ ގެއާ ދިމާއަށް ދުއްވައިގަތެވެ. “ރައި ވެއިޓް. ދޮންތަ ހަނދާން…” ސަރްވާ ކިޔަމުން ދިޔަ އެއްޗެއް އަޑު ނާހާ ރައިހާނާ ގޮސް ތިންވަނަ ބުރިއަށް އެރިއެވެ. ރައިހާނާގެ ފަހަތުން އަންޖަލްވެސް އެރިއެވެ. ދުވެލައިފައި ގޮސް ރައިހާނާ އޭނާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ.
****
ކޮޓަރިއަށް ވަން ގޮތަށް ރައިހާނާ ގޮސް އެނދަށް ފުންމާލިއެވެ. ރައިހާނާގެ ފަހަތުން ވަން އަންޖަލްވެސް ގޮސް އެނދުގައި އޮށޯތެވެ. “ވާއު ރައި. ޔުއާ ރޫމް އިޒް ބިއުޓިފުލް” ރައިހާނާގެ ކޮޓަރިއަށް ނަޒަރެއް ދެމުން އަންޖަލް ބުންޏެވެ. މާލޭގަ ހުންނަ ރައިހާނާގެ ކޮޓަރިއަށް ވުރެ ބޮޑުވެފައި ރީއްޗެވެ. “ޔެއާ. މާލޭގޮއްސަ ހާދަ މިސްވެއޭ މި ރޫމް މަތިން. ރައި ކިޔަވާ ނިންމާފަ ބޭނުމީ ރަށަަށް އަންނަން. އޭރުން ނުލާހިކު އަރާމުގަ އަމިއްލަ ކޮޓަރީގަ އުޅެވޭނެއްނު” ވަރުބަލި ވެފައި ތިބުމުން ދެކުދިންވެސް އެނދުން ތެދުވާ ޚިޔާލެއް ނުކުރިއެވެ.
*****
މޫދަށް އެރިގެން އައިސް ތިން ޒުވާނުން އެންމެ ފުރަތަމަވެސް ގޯތިތެރޭ ހުރި ފެންއަޅާ ހޮޅިން ގަޔަށް ފެން އެޅިއެވެ. އެއަށްފަހު ބޭރުގައި މަޑުކޮށްގެން ތިބީ އެއްކޮށް ހިކެން ދެކަށެވެ.
“ފޭކިސްތާން ޒާން. ލަފާ ތަނަށް ނުގޮސް މައޭ ނުލާ މޫދަށް އެރުނީ ދޯ” ރީހާން އައި ގޮތަށް އައިސް ޒާން ގައިގައި ބޮނޑިއެއް އަޅާލިއެވެ. ރީހާންގެ ކިބައިން ސަލާމަތް ވާންވެގެން ޒާން ދުއްވައިގަތެވެ. އެދެމީހުންގެ ކޯޅުން ބަލަން ހިނިއަސްފައި ޝިމްންއާ ހަމްޒާ ތިއްބެވެ. “ޑޫޑް މަ ވަރުބަަލި ވެއްޖެ. އޭ މީނީ ދޮންތަބެ. ދެން އެއީ ހަމްޒާބެ ދޮންތަބެގެ ފްރެންޑެއް” މައި ނޭވައިލަމުން ޒާން ރީހާންއަށް ހަމްޒާމެން ތައާރަފުކޮށްދިނެވެ.
****
ރައިހާނާއާ އަންޖަލް ސައި ބޯންވެގެން ތިރިއަށް ފޭބިއެވެ. ކާތަނަށް ވަންއިރު ރިހާމްއާއި ޝައުފާގެ އިތުރަށް އެތާ ތިބީ ސްރާވާއާ ރައުލާއެވެ. ފަތްމަސްހުންނާ ރޮށި ފެނުމާއެކު ރައިހާނާ ކުޅު ދިޔާވިއެވެ. “ޒާން ދަރިފުޅާ ސޮންތަބެމެން ގޮވައިގެން ސައިބޯން އާދޭ” އެވަގުތު ބަދިގެއަށް ވަން ޒާން ގާތު ރައުލާ ބުންޏެވެ. “މަންމާ. އަދި ދެންމެ މޫދުން މިއައީ ދޮންތަބެމެން ގޮއްސި ފެންވަރަން. ހައި ދޮންތީ. އޭ ރީއްކޯ މަ އަންނަން ދެކަށް ސައި ނުބޮއެ މަޑު ކުރާތި!” ޒާން ދަމުން ދިޔައީ އޭނާއާ އެއްކޮށް ސައި ބޯން މަޑުކުރަން ރީހާން ގާތު ބުނެފައެވެ.
ސައިބޮއެ ނިންމައިގެން އަންޖަލް ބޭނުންވީ ފެންވަރާލާށެވެ. ރައިހާނާ ގާތު ބުނުމަށްފަހު އަންޖަލް އެރީ މައްޗަށެވެ. ސިޑި ކައިރީގައި ހުރި އޭނާގެ ފޮށި ދަމަމުން ގޮސް ކޮޓަރީ ދޮރާ ހަމައަށް ގެންދިޔައެވެ. ކުޑަކޮށް ވަރުބަލިކަން ފުވާލުމަށްޓަކައި އަންޖަލް ދޮރުގައި ލެގިލިއެވެ. އެވަގުތު ވެގެން ދިޔައީ އެތެރެއިން ދޮރު ހުޅުވާލި ވަގުތަށެވެ. އަންޖަލް ކޮޅަށް ހުރީ ދޮރުފަތުގެ ބާރުގައި ކަމުން އަންޖަލް ވެއްޓެން ދިޔައެވެ. އެގަޑީ އޭނާގެ އަނގައިން ތޫލި ހަޅޭކުގެ އަޑެއް އިވުނެވެ.
ހަމްޒާ ދޮރު ހުޅުވާލި ގަޑީ އޭނާއާ ދިމާއަށް ކުއްޖަކު ވެއްޓެން އައެވެ. ހުށިޔާރު ކަމާއެކު ހަމްޒާ އެކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާފައި ވެއްޓުނަނުދީ ހިފެހެއްޓިއެވެ.
އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ބަލަހައްޓައިގެން އަންޖަލްއަށް އޮވެވުނެވެ. އަންޖަލް ހީކުރީ ހަމްޒާގެ ސިފައިގައި އޭނާއަށް މީހަކު ފެންނަނީ ކަމަށެވެ. ދެތިން ފަހަރު ދެލޯ މަރާލުމަށްފަހު ހުޅުވާލިއެވެ. ހަމަ ފެންނަމުން ދިޔައީ ހަމްޒާއެވެ. “އަންޖަލް؟” އަންޖަލް ރީތިކޮށް ބައިންދަމުން ހަމްޒާ އަހާލިއެވެ. މަޑު މަޑުން އަންޖަލް ބޯ ޖަހާލިއެވެ.
“ޔޫ؟” ހަމްޒާ ފެނުމާއެކު ދެލޯ ހަނިކޮށްލަމުން ރައިހާނާއަށް ބުނެވުނެވެ. ޓީޗަރެއް ކަމަކު ރައިހާނާ ހަމްޒާދެކެ އަންނަ ރުޅިއެއްގެ ސަބަބުން އެހެން އެހުނީއެވެ. ހަމްޒާއަށް ކުޑަކޮށް ހެވުނެއް ކަމަކު މޫނު މައްޗަށް ރުޅި ވެރިކަން ގެނައެވެ. “ޔެސް. މައްސަލެއެއްތަ؟” ހަމްޒާ އެއްބުމަ އަރުވާލިއެވެ. “ޔެޕް ވަރަށް ބޮޑު މައްސަލައެއް” ރައިހާނާ ހަމްޒާއާ ދިމާއަަށް ބުންޏެވެ. “ރައީ” ރައިހާނާ އެގޮތަށް ހަމްޒާއާ ވާހަކަ ދެއްކުމުން އަންޖަލް ތަންކޮޅެއް ބާރަށް ރައިހާނާއަށް ގޮވާލިއެވެ.
ރައިހާނާ ދިޔައީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ރައިހާނާ ކޮޓަރިއަށް ވަނުނަ ނުދީ ހަމްޒާ ދޮރު ބެއްދިއެވެ. އައި ރުޅީގައި ރައިހާނާ ހަމްޒާގެ ފައި މައްޗަށް އެރިއެވެ. އަންޖަލްއަށް އަނގަމަތީ އަތް އަޅާލެވުނީ ރައިހާނާގެ އެއަމަލުންނެވެ.
“ލާ ހައުލަ ވަލާ ގުއްވަތަ އިއްލާ ﷲބިއް ދޮންތީ! އިނގޭތަ ތިއީ ކާކުކަން؟ ދޮންތަބެއޭ” ރީހާން މަޖާވެފައި ބުންނެވެ. ވަގުތުން ރައިހާނާގެ އަނގަ ސަކަރާތްވިއެވެ.
އަންޖަލްއަށް ހީވީ އޭނާގެ ހިތުގައި ފައިން އަރައި މީހަކު ޗިސްކޮށްލިހެންނެވެ. އިއްތިފާގަކުން ނަމަވެސް އޭނާއަށް އެ އާދެވުނީ އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލާށެވެ. އިޚްތިޔާރަކާ އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އަވަހަށް އިސްޖަހާލިއެވެ.
ހަމްޒާ އެއް މިޔައަކަށް ހީލައިގެން އިން އިރު އޭނާގެ ހިނިގަނޑު ފަޅައިގެން ނުގޮސް ހަމަ ހުރީ ކިރިޔާއެވެ. ރައިހާނާގެ މޫނަށް އައި ބަދަލުންނެވެ. ހިތާހިތުން ރީހާންއަށް ޝުކުރު ކުރިއެވެ.
ެ****
“އާ ޔޫ ރިއާލީ ގޮންނާ މެރީ ހިމް؟” ކޮޓަރީގައި އެއްޗެއް ހަދަން އިން ސަރްވާ ގާތަށް ގޮސް ރައިހާނާ އެހިއެވެ. ރުޅިއައިސް ހުރުމުގެ ސަބަބުން ރައިހާނާގެ މޫނު ވަނީ ރަތްވެފައެވެ. “ޔާ” ސަރްވާ ފާޑަކަށް އިނދެ ބުނިއެވެ. ރައިހާނާ އެހާ ރުޅި އަންނަން ޖެހުނީ ކީއްވެބާއޭ ސަރްވާ ހިތަށް އެރިއެވެ. “ސީރިއަސްލީ ދޮންތާ؟ މިއޮށް ބޮޑު ދުނިޔޭން އެނޫން މީހަކު ނުލިބުނީތަ؟” ތުންކޮޅު ދަމައިގެން އިނދެ ރައިހާނާ ސަރްވާގެ އެނދުގައި އިށީނެވެ.
******
ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހިންދާލުމަށްފަހު އަންޖަލް ހަމްޒާއާ ދިމާއަަށް ބަލާލާފަ ހިނިތުންވެލިއެވެ. “ކޮންގްރަޖުލޭޝަންސް ސަރ” ހިތަށް ކިތަންމެ އަސަރުކުރިއަސް އަންޖަލް ބެލީ ހިނިތުންވެވޭތޯއެވެ. ހަމްޒާގެ ލުއި ހުނުމުގެ އަޑު އެވަގުތު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. މިއުޒިކެއް ފަދަ އެއަޑު އިވުމުން އަންޖަލް ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އައި އޭމް ނޮޓް ގެޓިން މެރިޑް. ސަރޫ މެރީ ކުރަން އުޅެނީ ސަރގެ ބެސްޓް ފްރެންޑްއާ” އަންޖަލް ބޭނުންވީ ނަށާލާށެވެ. އޭނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. “އޯ” އެހެންނަމަވެސް އަންޖަލް ބުނީ ހަމައެކަނި އެހެންނެވެ.
*******
“ކީއްވެ ރައި ތިހެން ތިބުނީ؟” ސަރްވާ ހައިރާންވީ ރައިހާނާ ޝިމާން ދެކެ އެހާ ހިތްހަަމަ ނުޖެހޭ ސަބަބު ނޭންގިގެންނެވެ. “ދޮންތާ. އެއީ ރައިމެންގެ ސަރ އެއް. ވަރަށް ފްލާރޓީވާނެ. ހުރިހާ ގާލްސްތައް ތިބޭނީ މޮޔަވެފަ. އައި އޭމް ޝުއާ ހީ އިޒް އިން ހިޒް ފޯޓީސް” މޫނަށް ވައްތަރު ޖައްސަމުން ރައިހާނާ ބުންޏެވެ. ރައިހާނާ އެދެއްކީ ހަމްޒާގެ ވާހަކަކަން ސަރްވާއަށް ވަގުތުން އެނގުނެވެ. “މައި ޑިއާ ރައި. ތި ދައްކަނީ ހަމްޒާގެ ވާހަކަ. ދޮންތަ މެރީ ކުރަނީ ހަމްޒާގެ ބެސްޓް ފްރެންޑް ޝިމާންއާ. ހަމްޒާ ހަމަ އެހާ ފްލާރޓީތަ؟ ހަމްޒާ އިޒް ނުވެންޓީ ވަން ޑާލިން” ރައިހާނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އަދި ހަމްޒާ އޭނާގެ ކޮޓަރިން ނެރުމަށް ސަރްވާ ގާތުން އެދުނެވެ.
****
“އަންޖަލް އޯކޭވާނެ ސަރ ނުކިޔަސް. ޔޫ ކޭން ކޯލް މީ ހަމްޒާ” އަންޖަލް ބޯ ޖަހާލިއެވެ. އޭނާ އިނީ ހަދަންވީ ގޮތެއް ނޭންގިފައެވެ. ކޮޓަރިއަށް ވަންނާނީ ތޯ ނޫނީ ނުވަންނާނީތޯ ވިސްނާށެވެ.
އެވަގުތު ޝިމާންވެސް ފެންވަރައިގެން ކޮޓަރިން ނުކުތެވެ. ޝިމާން ނުކުތުމުން ގްރޫމް އޭ ކިޔާ ހަމްޒާ އަންޖަލްއަށް ޝިމާން ދައްކާލިއެވެ.
ހަމްޒާއާ ޝިމާންއާ ވާހަކަ ދައްކައިގެން ސަރްވާ ރައިހާނާއަށް އެކޮޓަރި ހުސްކޮށްދިނެވެ.
ހުކުރުން އައިސް އެންމެން މެންދުރުގެ ކެއުމަށް އިންސާފް ކުރަން ދިޔައީ ރީމާމެން ގެއަށެވެ. ގޯތިތެރޭގައި ހުރި ހަޓްގައި ކާންހާދާފައި ހުއްޓެވެ. ދޮރާށިން އެތެރެއަށް ވަންނައިރުވެސް ކާއެއްޗިހީގެ ވަސް ހިފާފައި ހުއްޓެވެ. ހަމްޒާ ކުރިމަތީގައި އިންނަން ޖެހުމުން އަންޖަލްއަަށް އުނދަގޫވިއެވެ. އޭނާގެ ހިތް ނެގިނެގިފައި ބާރަށް ތެޅެމުން ދިޔައެވެ.
ނޭންގިނަމަވެސް ހަމްޒާއަށް ރައިހާނާގެ ހަރަކާތްތަކަށް ބެލެމުން ދިޔައެވެ. ރައިހާނާގެ އެހުންނަ ކުޑަކުދިންގެ މިޒާޖު ފުރަތަމަ ދުވަހުވެސް ހަމްޒާއަށް ކަމުދިޔައެވެ. ކައި ނިންމައިގެން ޒޯޔާއާ އެއްކޮށް ކުޑަކުއްޖެއްހެން ރައިހާނާ އުޅުނުއިރު ބޭއިޚްތިޔާރުގައި ހަމްޒާއަށްވެސް ހެވެމުން ދިޔައެވެ.
*****
ހަދަން ފަށާފައިވާ ގެއެއްގެ ތެރޭ ބޮޑު ގުރޫޕެއް ތިއްބެވެ. ދިހަވަރަކަށް ޒުވާނުން ތިބިއިރު އެއިން އެކަކުގެވެސް ހެއެއް ނެތެވެ. އެ ޒުވާނުންގެ ތެރޭގައި ވިޝާހްވެސް ހިމެނެއެވެ. ވިޝާހް ހުރީ ގަޔަށްދޫ ގޮޅި ޖެހި އަތްދިގު ގަމީހަކާ ކަކުލާ ހަމައަށް އަންނަ ކަޅުސޯޓެއް ލައިގެންނެވެ. އިމާރާތުގެ ފާރުގައި ހިފަހައްޓައިގެން ހުރެ ކޮޅަށް ތެދުވަން ވިޝާހް މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް ބޭނުން ކޮށްފައި ހުރި މަަސްތުވާ އެއްޗިހިގެ އަސަރު ގަދަ ކަމުން އޭނާއަށް ތެދުވެވޭ ގޮތެއް ނުވިއެވެ. އެތަނުގައި ވާއެއްނުވާއެއްވެސް ވިޝާހްއަކަށް ނޭންގެއެވެ.
ސައިރަންގެ އަޑު އިވެން ފެށުމާއެކު އެތަނުގައި ތިބި އެހެން ޒުވާނުން ފިލަން ދުއްވައިގަތެވެ. ނަމަވެސް ފިލަން ދުވާނެހާ ހިއްވަރެއް އެވަގުތު ވިޝާހްގެ އެއް ނެތެވެ. ފުލުހުން އެއިމާރާތެއް ވަދެ މަސްތުގެ ހާލަތުގައި އޮއްވާ ވިޝާހް ހައްޔަރުކޮށްގެން ގެންދިޔައެވެ.
***
ގަދަޔަށް ކެއުމުގެ ސަބަބުން ރައިހާނާ އޮތީ ލޮޑުވެފައެވެ. މެންދުރުގެ ހޫނުގަދަ އެވަގުތު އޭސީއަށާރައަށް ލައިގެން ނުހަނު އަރާމުގައި ފޯނާ ކުޅެއް ރައިހާނާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އެނދުގެ އަނެއް ފަރާތުގައި ލޯބިކޮށް ނިދާފައި އަންޖަލް އޮތެވެ. ކްލާސް ކުދިންގެ ވައިބަރ ގުރޫޕުން އައި މެސެޖެއް ކިޔާ ލުމާއެކު ރައިހާނާއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. “އަންކޯ ބަލާބަ މިއަޮށް ކަމެއް. ވިޝާހް އެރެސްޓް ކޮށްފިޔޯ”
ނިދީގައި އޮތް އަންޖަލްވެސް ފުންމައިގެން ތެދުވިއެވެ. ވިޝާހް ކިތަންމެ ގޯސްވިއަސް ކުރީގައި އެއީ އެކުދިންގެ ވަރަށް ގާތް އެކުވެރިއެކެވެ. ވިޝާހް ހައްޔަރު ކުރުމުގެ ޚަބަރު ލިބުމުން އަންޖަލް އަދި ރައިހާނާއަށްވެސް ފުން އަސަރުތަކެއް ކުރިއެވެ.
ހަމްޒާއަށްވެސް ވިޝާހް ހައްޔަރުކުރިކަމުގެ ޚަބަރު ލިބުނެވެ. ކުރީގައި ވިޝާހްއަކީ ވަރަށް އަޚްލާގް ރަނގަޅު ކުއްޖެއް ކަމަށް އެ ސްކޫލްގެ ޓީޗަރުން ބުނަމުން ދިޔައެވެ. ވިޝާހްގެ އުޅުން ބަދަކުވީ ކޮންސަބަބަކާ ހުރެތޯ ގިނަ ޓީޗަރުން ސުވާލު އުފައްދަމުން ދިޔައެވެ.
*****
ހަވީރުގެ ހިތްގައިމު ވަގުތު ރީތި ވެލައިގެން ރައިހާނާމެން ހިނގާލަން ދާން ނުކުތެވެ. އަންހެން ގުރޫޕް ފަހަތު އަޅުވައިގެން ފިރިހެން ގުރޫޕްވެސް ދިޔައެވެ. ހަމްޒާއަކީ ރައިހާނާމެންގެ ހިސްޓްރީ ޓީޗަރުކަން ޒާންމެންނަށް އެނގުމުން ވަރަށް ޖޯކް ޖެހިއެވެ. ހަމްޒާއަށް ބަލާލާފައި އޭނާއަކީ ޓީޗަރެކޭ ނުވެސް ބުނާނެކަމަށް ޒާންމެން ކިޔެވެ.
ރަށުގެ ހިއްކި ސަރަހައްދު ފެނިފައި އަންޖަލް މޮޔަނުވީ ކިރިޔާއެވެ. އެތަނަށް ދެވުމުން ހީވަނީ ބޭރު ގައުމެއްގެ ފަރުބަދަ ހިސާބަށް ދެވިފައި ހެން ކަމަށް އަންޖަލް ބުންޏެވެ. މުޅި އެހިސާބުގައި ވަނީ ފެހިވިނަ ބޯވެފައެވެ. އޭގެ އިތުރަށް އެކި ވައްތަރުގެ މާގަސް ތައް ތަންތަން ކޮޅުގައި ހެދިފައި ހުއްޓެވެ.
“ސަރޫ. މިރަށުގަ ނެތްތަ ކުއްޖެއް. މަ ބޭނުމީ މިރަށު މަންޖެއަކާ އިނދެގެން މި ރަށުގަ އުޅެން” ހަމްޒާ މަޖަލަކަށް ހަދާފައި ބުންޏެވެ. އެއާއެކީ ހުރިހާ އެންމެން ހޭންފެށިއެވެ. ރައިހާނާ ފިޔަވައެވެ. އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ރައިހާނާ ދެފަރާތަށް ބޯހޫރާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަބަދަށްޓަކައި 1

Next

ދިނީ ޒަހަރު… 29

Next
March 3, 2019

ދިނީ ޒަހަރު… 29

Previews
March 2, 2019

އަބަދަށްޓަކައި 1

18 Comments!

  1. Kiyara says:
    March 2, 2019 at 10:15 pm

    Salam alikum. Vaahakige 9 vana bai ves miothy up kurevifa. Busy koh ulhumuge sababun kuryge baige comments thakah reply nukurevuny. Mi bai ves hurihaa readers ah kamudhaane kamah ummedhu kuran. ISA next part Wednesday ga

  2. Unknown girlll says:
    March 2, 2019 at 10:24 pm

    LHEYYY..????? HAMZAA AA RAI GE KOLHUNGANDU FENIFA HAMA HEMUN HEMUNGI
    OS VIREYVARUVEY…..V GINADHUVAS FAHUN COMMENT MIKOHLEE DHW..EKAM BARAABARAH KIYAN INGEY….STORY HAMA HABEYSSS???????KEEP UP THE GOID WORK…LUV YA BODUKOHHHHH???❤????????????

    1. Kiyara says:
      March 3, 2019 at 12:30 pm

      Thanks unknown girlll

  3. Unknown girlll.. says:
    March 2, 2019 at 10:26 pm

    First dhwww?????

    1. Kiyara says:
      March 3, 2019 at 12:31 pm

      Yes dear

  4. jiji says:
    March 2, 2019 at 10:45 pm

    Masha allah??❤????????????..vrh vrh rythi mi prt vx..Raihaanaa aa hamza ge bai vrh majaa???????..luuuuuuu baby girl ????????

    1. Kiyara says:
      March 3, 2019 at 12:31 pm

      Thanks jiji

  5. Eyna says:
    March 3, 2019 at 6:32 am

    Kiyaa ge story that up vaaleh v Las ..n v avahah kanthah that vaahen hyvany…. anyway mi part vx vvvvvvvv nice☝️✌️????️???

    1. Kiyara says:
      March 3, 2019 at 12:32 pm

      Thanks eyn. Kuriah oii thaa ga masakkai kuraanan avahah up kohdheveytho ISA

  6. Laalu says:
    March 3, 2019 at 7:21 am

    V nice mi part vx kiyaa thankx thihaa busy koh uljemun vx up kohdheythiy????

    1. Kiyara says:
      March 3, 2019 at 12:32 pm

      Thanks laalu

  7. Kitty says:
    March 3, 2019 at 12:26 pm

    Woow??❤️?❤️?❤️??… Kiyara… Varah reethi mi part vx…. Its very beautiful…. ??????❤️?????❤️??????❤️?

    1. Kiyara says:
      March 3, 2019 at 12:33 pm

      Thanks kitty

  8. ...... says:
    March 3, 2019 at 4:36 pm

    liyun therikamah dhey hama sumeh. bolah undhagoovey jumlathah liyefa hunna goyhun. rangalhu liyuntheringe liyunthah kiyaigen improve kuryma ra ngalhuvedhaane. esfiyaiga hunna vaahaka thah v fenvaru dhah mihaaru

    1. Laalu says:
      March 4, 2019 at 7:20 am

      Emiuhehge fenvarun emiyhaku liyaaniy n they are improving it…….. So dont be jealous

  9. Eiiverr says:
    March 4, 2019 at 7:08 pm

    Varah reethi…. Maasha allah!

    1. Eiimerr says:
      March 4, 2019 at 9:17 pm

      hey babe

  10. AZKA says:
    March 5, 2019 at 4:05 pm

    THIS STORY IS SO NICE….THANKS KIYAA..APPRECIATE UR WORK…

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ….10←


All Right Reserved!