” ކާކު… ކާކުތަ ހަތް އަހަރު ފަހުން ފެނުނީ… ” ސުވާލުން ފުރިގެންވީ ރާގެއްގައި އީލާފްއަށް ބުނެލެވުނެވެ. ” މިންހާ ” އެވަގުތު އަލޫފް އިސްއުފުލާލަމުން ބުނެލިއެވެ. ” ވަޓް… ” ކުއްލިއަކަށް ލިބުނު ޚަބަރަކުން އީލާފްއަށް އެހެން ބުނެވުނީ ތަންކޮޅެެއް ބާރަށެވެ. އޭރު އޭނަގެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އީލާފްގެ މޫނު މަތިން ފެންނަނީ އިންތިހާއަށް ރުޅިވެރިކަމެވެ. ”އޭނަ ފެނުނިއްޔާ ކީއްތަ ދޮންބެއަށް… އޭނަ މިރަށުގަ ނޫން ކޮންމެ ތަނަކު އުޅުނަސް އެއީ ދޮންބެއާ ބެހޭކަމެއް ނޫން… މިންހާއާ ދޮންބެއާ އެއްވެސް ގުޅުމެެއް ނޯވެއެއްނު… ދެން ކީއްކުރަން އޭނަ އާމެދު ވިސްނަންވީކީ… ދޮންބެ ހަނދާން ނެތުނީތަ މިންހާ ދޮންބެއާމެދު ކަންތައް ކުރި ގޮތް… ޑޯންޓް ފޮގެޓް ދެޓް… ދޮންބެދެކެ މިންހާ ލޯބިވާނަމަ މިންހާ ދޮންބެއަށް ދެވަނަ ފުރުސަތެއް ދިނީސް… އެކަމަކު އޭނަ ނުދިނެއްނު… ދޮންބެ މައާފަށްވެސް އެދުނީމެއްނު… އެކަހަލަ ބޭވަފާތެރިއަކަށްޓަކައިތަ ދޮންބެ ތިވިސްނަނީ… އެކަހަލަ މީހަކަށްޓަކައިތަ ދޮންބެ ޝަމޫ މަތިން ތިހަނދާން ނައްތާލަނީ… ޝީ އީޒް ޔުއާ ގާލްފްރެންޑް ދޮންބޭ… ދޮންބެ ވިސްނަންވީ ޝަމޫ އާ ދޭތެރޭގަ… ހަތް އަހަރު ދުވަސް ވީއިރުވެސް އަހަންނަކަށް ނުފެނޭ ދޮންބެމެންގެ ގުޅުމަށް ވަކި ކުރިއެރުމެެއް އައިތަނެއް… ދޮންބެއާދެމެދު ގުޅުން ރަނގަޅުކުރަން ޝަމޫ މަސައްކަތްކުރާތަން ފެނޭ… އެކަމަކު ދޮންބެގެ ފަރާތުން އެކަމަކަށް އެއްވެސް ޝައުގެއްނުފެނޭ… ދޮންބެ އެއްވެސް މަސައްކަތެއް ނުކުރޭ… ޔޫ އޯލްސޯ ހޭވް ޓު ޓްރައި… ދޮންބެވެސް މަސައްކަތްކުރީމަދޯ ޝަމޫދެކެ ލޯބިވެވޭނީ… އޭނައާއެކު ޓައިމް ސްޕެންޑްކޮށް އޭނަ އުފާވާކަހަލަ ކަންތައްތައްވެސް ކޮށްދެންވާނެދޯ… އެހެންނޫނީ ޝަމޫވެސް ފޫހިވެދާނެ… ދޮންބެ ގާތު އަހަރެން މިހާރު ބުނަންވެސް ބުނެފީމެެއްނު މެރީ ކުރާށޭވެސް… އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ޝަމޫ މިހާރުވެސް މެރީ ކުރަން ތައްޔާރު… އެކަމަކު ދޮންބެ ކޮންމެ ފަހަރަކުވެސް ދެކޮޅު ހަދަނީ… ޝަމޫ ދޫކޮށްލަން ދޮންބެ ހިތަށްވެސް ނާރުވާތި… ދޮންބެ އެންމެ ބޭނުންވި ވަގުތު ޝަމޫ ދޮންބެއާއެކުވީ… އެން ދޮންބެގެ ފަރާތުން ޝަމޫއަށް އެއްވެސް ދެރައެއް ލިބިއްޖެނަމަ… ހަނދާންކުރައްޔޭ ދޮންބެއަށް އަޅުގަނޑުގެ މައާފު ނުލިބޭނެކަން… ” އައިސްފައި ހުރި ރުޅީގައި އީލާފް އޭނަގެ ހިތުގައިވި ހުރިހާ އެއްޗެެއް އެއްފަހަރާ ކިޔާލިއެވެ.

” އީލޫއަށް ހީވަނީ މިއީ ވަރަށް ފަސޭހަ ކަމެއް ކަމަށްތަ… އަހަރެން މަސައްކަތްކުރަމޭ… އަހަރެންވެސް ބޭނުމޭ މިންހާ މަތިން ހަނދާން ނައްތާލަން… އެކަމަކު ކީއްތަ ކުރާނީ… އަހަރެންގެ ހިތާއި ސިކުނޑީގެ އެއްކަނެއްގައި އަބަދުވެސް ވަނީ މިންހާގެ ހަނދާންތައް… ކިތަންމެ ހަނދާންކުރަން ބޭނުންނުވި ނަމަވެސް…  އަހަރެންގެ ހަނދާނުން މިންހާގެ ސޫރަ ފިލައިގެނެެއްނުދިޔަ… ރައްޓެހިވެގެން އުޅޭއިރު އަހަރެންނާއި ޝަމްހާގެ ގުޅުން މިހެން އޮންނައިރު ކައިވެންޏަށްފަހު ގުޅުން ރަނގަޅުވާނެކަމެއް ކިހިނެއް އިނގެނީ… ކައިވެނީގެ ގުޅުންވެސް ކަނޑާލަން ޖެހިދާނެއެއްނު… ބައެއް ފަހަރު ހިތަށްއަރާ އޭރު އަހަންނަށް އެހެން ކަންތައް ނުކުރެވުނުނަމައޭ… އެހެން ނޫޅެވުނުނަމައޭ… އޭރު އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ އަހަރެންގެ ހިތް ކިތަންމެ ފަހަރަކު ބުނޭ… ޓުބީ އޯނެސްޓް… އަދިވެސް މިހިތުގަ ވަނީ މިންހާގެ ނަން ރަންއަކުރުން ލިޔެވިފަ… މީގެ ކުރިން ހިތަށްއެރީ އެއީ ހީވާ ހީވުމެއް ކަމަށް… އެކަމަކު… އެކަމަކު މިއަދު މިންހާ ފެނުނީމަ އެކުރެވުނު އިހުސާސްތަކަކުން ޔަގީންވެއްޖެ އަދިވެސް… އަދިވެސް އަހަރެންގެ ހިތުގަ މިންހާއަށްޓަކައި ލޯބިވާކަން… އައި ސްޓިލް ލަވް ހާ… މިންހާއާއެކު ވުމަށް އެވަގުތު އަހަރެންގެ ހިތް އެދުނުވަރު އިނގޭނީ އަހަންނަށް… ޝަމްހާ އަހަރެންގެ ސައިކަލު ފަހަތުގަ އިންކަންވެސް ހަނދާނެއްނެތް… ވަށާއިގެންވި މާހައުލަކަށްވެސް އެއްވެސް ސަމާލުކަމެއް ނުދެވުނު… ހަމައެކަނި އެވަގުތު މިންހާއަށް އަހަރެންނަށް ސަމާލުކަން ދެވުނީ… އަހަރެންނަށް ޝަމްހާއާއެކު ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނުލިބެނީސް ކައިވެންޏާއިމެދު ނުވިސްނާނަން… ބައެއް ފަހަރު ހިތަށްއަރާ އަލުން މިންހާގެ ގާތު މަޢާފަށް އެދެންވެސް… އަދި އެއްފުރުސަތު ދޭތޯ މިންހާ ގާތު ތަކުރާރުކޮށް ބުނަން ބޭނުން… ނޭނގެ ކަންތައް ކުރަންވީ ގޮތެއް… މިކަމާ ވިސްނާ ވިސްނާ ބޮލުގަވެސް ރިއްސަން ފަށާއިފި… ” އަލޫފްއަށްވެސް ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެ އޭނައަށް އުނދަގޫކުރަމުންދިޔަ ކަންތައްތައް އެއްފަހަރާ ބޭރުކޮށްލިއެވެ. ” ޔޫ ނޯ ވަޓް ދޮންބޭ… އަހަރެން މިހާރު ދޮންބެއަށް ވިސްނައިދީދީ ވަރުބަލިވެއްޖެ… ދޮންބެ މިންހާ ޗޫޒްކޮށްފިނަމަ އައި ވިލް ނެވާ އެވާ ފޮގިވް ޔޫ… ހަނދާންކުރާތި ޝަމޫއަށް ދޮންބެގެ ފަރާތުން އެއްވެސް ދެރައެެއް ލިބިގެން ނުވާނެ… ޝީ އީޒް މައި ބެސްޓް ފްރެންޑް… އެންޑް ދޮންބެ މިންހާއާ ގުޅުނަސް ދުވަހަކުވެސް މިންހާއެއް ބަލައެއްނުގަންނާނަން… ކީޕް ދެޓް އިން ޔުއާ މައިންޑް… ” އައިސްފައި ހުރި ރުޅީގައި އެހެން ބުނުމަށްފަހު އީލާފް އެކެބިންއިން ނުކުމެގެން ދިޔައެވެ.

އީލާފްގެ އަމަލުތައް ހުރި ގޮތުން އަލޫފްއަށް ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑީގައި އިށީންދެވުނެވެ. އެކަމާމެދު ވިސްނާ ވިސްނާ އޭނަގެ ބޮލުގައިވެސް މިހާރު ވަނީ ރިހުމެއް އުފެދިފައެވެ. ޝަމްހާ އާއި ރައްޓެހިވެގެން އުޅުނު ނަމަވެސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަނެއްކޮޅުން އީލާފްގެ ކަންތައް އެހާ ބޮޑެވެ. ޝަމްހާއަކީވެސް ބުނެފި ގޮތެއްގައި ހިފަހައްޓާ ކުއްޖެކެވެ. މިހާރު އޭނަ އާއި ޝަމްހާގެ ގުޅުން ވަނީ ދެފަރާތުގެ އާއިލާއަށްވެސް އެނގިފައެވެ. ދެފަރާތުގެ އާއިލާއިންވެސް އެގުޅުމާއި ގަބޫލެވެ. އެންމެންވެސް ދެކުނީ ދަރިންގެ އުފަލަކީ އެމީހުންގެވެސް ހިތްހަމަޖެހުން ކަމަށެވެ. މިހުރިހާ ދުވަހު އުޅެފަ ޝަމްހާ އާއި ވަކިވާކަށްވެސް އޭނަގެ ހިތް އެއްބަހެއް ނުވެއެވެ. އޭރުން އޭނައަށް އެކަންތައްކުރެވެނީ ނުހަނު ބޭއިންސާފުންކަމުގައި އޭނަގެ ހިތް ބުނެއެވެ. ދެއާއިލާވެސް އެގުޅުމާއިމެދު ރުހިވާއިރު އީލާފްވެސް ހުންނަނީ އެކަމާ ނުހަނު އުފަލުންނެވެ. އެހެނަސް އޭނައަކަށް ފުރިހަމަ އުފާވެރިކަމެެއް އިހުސާސެއްނުވެއެވެ. ހިތުގެ ކަނެއްގައި މިންހާގެ ހަނދާންތައް އާވެއާވެ ހުއްޓެެވެ. އެކަމުގެ ސަބަބުން އެހަނދާންތަކާއި ދުރުވުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. މިއަދު މިންހާ ފެނުމުން އެހަނދާންތައް އިތުރަށް އޭނައަށް އުނދަގޫ ކުރަމުން ދިޔައެވެ. ބޮލުގައި އުފެދިފައިވި ހާސްކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބޭތޯ އަލޫފް އޭނަގެ ފޯނު ނަގައި ޝާއިފްއަށް ގުޅާލިއެވެ. ޝާއިފް ފޯނު ނެގުމާއެކު ކޮފީއަކަށް ދިއުމަށް ބުނެ ދާންވީ ރެސްޓޯރެންޓްގެ ނަން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އަލޫފް އޭނަގެ ސައިކަލު ތަޅުދަނޑި ހިފައިގެން އޮފީހުން ނިކުމެ ސައިކަލުގައި އޭނަ ބުނި ރެސްޓޯރެންޓަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.

ހެނދުނު ސައިބޮއެގެން އައިސް އަޝްރާ އޭނަގެ ކެބިންގައި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން އިނެވެ. މަސައްކަތުގައި އިން އަޝްރާ އޭނަގެ މޭޒު މަތީގައިވި ފޯނު ރިންގުވާ އަޑަށް ފޯނު ނެގިއެވެ. އެއާއެކު އިވިގެން ދިޔައީ ނާއިލްގެ އަޑެވެ. ” ވަރަށް އަވަހަށް ކެބިންއަށް އާދެބަލަ…” ނާއިލް މިހެން ބުނެ ފޯނު ބޭއްވުމާއެކު އަޝްރާ ނާއިލްގެ ކެބިންއަަށް ދިއުމަށް އަވަސްވެގަތެވެ. ކެބިންގެ ދޮރު މަތީގައި ހުއްޓި އަޝްރާ މަޑުމަޑުން ޓަކި ޖަހާލިއެވެ. އެއާއެކު އެތެރެއިން ނާއިލް ކަމް އިން އޭ ބުނުމާއެކު އަޝްރާ ކެބިންގެ އެތެރެއަށް ވަނެވެ. ” އެބަޖެހޭ ބޭރަށް ގޮސްލަން… މިހާރު މަސައްކަތް ކުރެވެމުންދާ ދެ ސައިޓްގެ މަސައްކަތްތައް ހުރިނެތް ގޮތް ބަލާލާ އޮބްޒާވްކޮށްލަން… ސޯ ކަމް ވިތް މީ ނައު… ” އަޝްރާ އައިސް މޭޒު ކައިރި ހުއްޓުމާއެކު ނާއިލް އެހެން ބުނެ ގޮނޑިން ތެދުވިއެވެ. އަދި އަޝްރާގެ ޖަވާބަކަށް ބެލުމެއްނެތި ކެބިންއިން ނިކުތުމަށް ހިނގައިގަތެވެ. ” ނާއިލް ތިހެން ބުނެވިދާނެދޯ ފޯނުންވެސް… ކެބިންއަށް އަންނަން ބުނީ ހަމަ އަހަރެންނަށް ޖެއްސުމަށްދޯ… ” ހިތްހަމަނުޖެހިފައިވި ރާގެއްގައި އަޝްރާ އެހެން ބުނުމާއެކު ދޮރާއި ހަމައަށް ގޮސްފައިހުރި ނާއިލް ފަސްއެނބުރި ބަލައިލިއެވެ. ” އިޓްސް މައި ވިޝް… އެންޑް އަޝްރާ ތީ އަހަރެންގެ ޕާސަނަލް އެސިސްޓެންޓް… ސޯ  ޔޫ ހޭވް ޓު އޮބޭ މީ… ޔޫ މަސްޓް… އަދި ބުނަންތަ… ނާއިލްއެއް ނޫން… އޮފީހުގަ އުޅޭއިރު ސަރ… ކޯޒް އައިމް ޔުއާ ބޮސް އެންޑް ޔޫ އާ މައި ޕީއޭ… ގޮޓް އިޓް އެންޑް ނައު ކަމް ފާސްޓް… ” ނާއިލް މިހެން ބުނެ އަޝްރާއަށް އިތުރު އެެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ކެބިންއިން ނިކުތެވެ. ”އާރްގް… ފޮނި މީހެއް… އަދި ބުނެފިއެއްނު ނާއިލްއެއް ނޫނޭ… ސަރ އޭ… ރަނގަޅަށް ސަރ ކިޔައިދޭނަމޭ… އަދި މީ ފުރަތަމަ ދުވަސް… ކޮންމެ ދުވަހަކު ނާއިލްއާއެކު މަސައްކަތްކުރާނަމަ އަހަރެން މޮޔަވާނެ ކަންނޭނގެ… އާރްގް… އައި ޖަސްޓް ހޭޓް ޔޫ… ” ނާއިލް ކެބިންއިން ނިކުތުމާއެކު ރުޅި އައިސްފައިހުރެ އަޝްރާ އޭނަގެ ފައިން މުށިގަނޑު މަތީގައި ބާރަށް ޖަހާލަމުން އެކަނި ހުރެ ވާހަކަ ދެއްކިއެވެ. ” އައި ހޭޓް ޔޫ ޓޫ… ” އެވަގުތު ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވާލާ ބޯ ދިއްކޮށްލަމުން ނާއިލް ބުނެލިއެވެ. އެއާއެކު އަޝްރާ ސިހިގެން ދިޔައެވެ. ނާއިލް ހެމުން ހެމުން ތިރިއަށް ފޭބުމަށް ހިނގައިގަތެވެ. އަޝްރާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ނާއިލްގެ ކެބިންއިން ނިކުމެ އޭނަގެ ކެބިންއަށް ގޮސް އަތް ދަބަސް ހިފައިގެން ނިކުމެ ލިފްޓާއި ދިމާލަށް މިސްރާބުޖެހިއެވެ.

އަޝްރާ ދިޔައިރު ނާއިލް އޭނަގެ އިންތިޒާރުގައި ލިފްޓު ކުރިމަތީގައި ހުއްޓެވެ. އަޝްރާ އައުމާއެކު ނާއިލް އަޝްރާއަށް އަތުން ލިފްޓަށް އެރުމަށް އިޝާރާތްކޮށްލިއެވެ. ” ސަރ… ޔޫ އާ މައި ބޮސް… އެންޑް އައިމް ޔުއާ ޕީއޭ.. ސޯ އައި ހޭވްޓު ރެސްޕެކްޓް ޔޫ… އައި މަސްޓް… ސޯ ސަރ އެތެރެއަށް ވަންނަންވީނު ފުރަތަމަ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ގަދަކަމުން ހިނިތުންވެލަމުން އަޝްރާ އެހެން ބުނެ ނާއިލްއަށް އެތެރެއަށް ވަނުމަށް އިޝާރާތްކުރިއެވެ. އަޝްރާވެސް ވަކި ދެރަވާކަށް ބޭނުމެއްނުވިއެވެ. ވާހަކަ ދެއްކިއިރު ޚާއްސަކޮށް ސަރ ކިޔާއިރު އަޝްރާ އަޑަށް ބާރުލައެވެ. ނާއިލްއަށް އަޝްރާ އެހެން ކަންތައް ކުރީ އޭނައަށް ޖެއްސުމަށްކަން އިނގުނެވެ. އަޝްރާ ހުރި ގޮތުން ހިނިއައި ނަމަވެސް ނާއިލް ބޯ ޖަހާލަމުން ލިފްޓުގެ ތެރެއަށް ވަނެވެ. ކަޅި މައްޗަށް ހިންގާލަމުން ފުން ނޭވައެެއް ދޫކޮށްލުމަށްފަހު އަޝްރާވެސް ލިފްޓު ތެރެއަށް ވަނެވެ. ލިފްޓަށް ވަދެ ނާއިލް އޭނައަށް ބަލަހައްޓާއިގެން ހުންނަން ފެށުމުން އަޝްރާ ދެބުމަ މައްޗަށް ހިއްލާލިއެވެ. ” ދެންމެ ބުނީމެއްނު އަހަރެންމީ އަޝްރާގެ ބޮސްއޭ… ތީ މަގޭ ޕީއޭ އޭ… ސޯ ޔޫ ހޭވް ޓު ޑޫ ދެޓް… ” މަލާމާތް ވައްތަރަކަށް ހިނިތުންވެލައިގެން ހުރެ ނަންބަރުތަކަށް އިޝާރާތްކުރަމުން ނާއިލް ބުނެލިއެވެ. އެވަގުތުވެސް އަޝްރާގެ މޫނު މައްޗަށް އެރި ކުލަވަރުން ނާއިލްއަށް ނުހީ ހުރެވުނީ ކިރިޔާއެވެ. އަޝްރާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ގްރައުންޑް ފްލޯއަށް ދިއުމަށް ފިތާލިއެވެ. އޭނާ ހުރީ މިހާރު އެހެން ބުނެވުނު މޮޔަ ހީވެފައެވެ. އަޝްރާ ހިތާހިތުން ނާއިލްއަށް ކުދި ކިޔާލިއެވެ. ލިފްޓް ގޮސް ހުއްޓުމާއެކު ދެމީހުން ލިފްޓުން ފައިބާ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. އޭރު ގިނަ މުވައްޒަފުންގެ ނަޒަރު ވަނީ އެދެމީހުނަށް ހުއްޓިފައެވެ. ނާއިލް ގޮސް ޕާކުކުރެވިފައިވި އޭނަގެ ކާރުގައި އައިސް އަޝްރާ ހުރި ދިމާލުގައި މަޑުކޮށްލިއެވެ. އޭނާ މަޑުކޮށްލީ އަޝްރާ ކާރަށް އަރަންދެނެވެ. އެހެނަސް އަޝްރާ މަގުގެ ދެފަރާތަށް ބަލަބަލާ ހުރީއެވެ. ” އަޝްރާ… މަގުގެ ދެފަރާތަށް ބަލަން ނުހުރެ އަވަހަށް އަރާބަލަ… ” ނާއިލް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އަޝްރާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. ” ސަރ ދޭ… ޓެކްސީއެއްގަ ގޮސްލާނަން… ” ލިފްޓު ތެރޭގައި ނާއިލް ކަންތައް ކުރިގޮތުން އައިސްފައިހުރި ރުޅީގައި އަޝްރާ ބުނެލިއެވެ. ނާއިލްއަށް އެކަން އެނގުމާއެކު ދެފަރާތަށް މަޑުމަޑުން ބޯ ހޫރުވާލިއެވެ. އޭނާ ހިތާހިތުން އަޝްރާއަކީ ހާދަ ގޮތްދޫނުކުރާ ކުއްޖާ ކިޔާލިއެވެ. ” އޯކޭ… ބައްޕައަށް ގުޅާލާފަ ބުނަންވީދޯ އަހަރެންގެ ޕާސަނަލް އެސިސްޓެންޓަށް އަހަރެންނާއެކު ތަންތަނަށް ދިއުމުގައި މައްސަލައެއް އުޅެޔޭ… އޭރުން ދެން ބައްޕަގެ ސުވާލުތަކަށް އަޝްރާ ޖަވާބުދީ އިނގޭ… މަށަށް މައްސަލައެއްނެތް ޓެކްސީއެއްގަ ދިޔަޔަސް… ” ނާއިލް މިހެން ބުނެ އޭނަގެ ޖީބުން ފޯނު ނަގައި ރަޝީދުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ވަރަށް އަވަހަށް ރަޝީދު ފޯނަށް ޖަވާބު ދިނެވެ. ” ބައްޕާ… މީ އަޝްރާއަށް އަޅުގަނޑާއެކު… ” ނާއިލް އަޝްރާއަށް ވަށްކަޅިން ބަލަހައްޓާއިގެން ހުރެ އެހިސާބަށް ބުނުމާއެކު ނުތަނަވަސްވެފައިހުރެ ކުޑަކޮށް ދުވެލާފައި އައިސް އަޝްރާ އަވަހަށް ކާރާ އިށީނެވެ. އަޝްރާގެ އެހަރަކާތުން ނާއިލްގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއްވެރިވިއެވެ. ” ބައްޕާ… އަޅުގަނޑާ އަޝްރާ މިދަނީ މިހާރު މަސައްކަތް ކުރެވެމުންދާ ދެސައިޓްގެ ކަންކަން އޮބްޒާވްކޮށްލުމަށް އެތަނަށް ގޮސްލަން… ” ނާއިލް އެއްޗެކޭ ނުބުނުމުން ރަޝީދު ދެތިން ފަހަރު ގޮވާލުމާއެކު ނާއިލް އެހެން ބުނެލިއެވެ. ރަޝީދު ލުއި ހުނުމަކާއެކު އެންމެ ރަނގަޅޭ ބުނެލުމުން ނާއިލް ފޯނު ބޭއްވިއެވެ. ނާއިލްގެ ޖަވާބުން އަޝްރާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އަދި ދެލޯ އަޅާލަމުން ނާއިލްއަށް ބަލައިލިއެވެ.

ނާއިލް ހެމުން ހެމުން ކާރު ދުއްވާލިއެވެ. ”ހޭނެކަމެއްނެތޭ ނާއިލް މާފޮނިވެގެން… ” ދެބުމަ ގޮށްޖަހާލައިގެން އިނދެ އަޝްރާ ވާހަކަ ދެއްކިއެވެ. އަޝްރާ އެހެން ބުނުމުންވެސް ނާއިލް ހުނުމެއް ނުހުއްޓިއެވެ. ” ހުރެބަލަ ހެންޏާ ގޮތެއް ހަދާނަން… ” ރުޅިއައިސްފައި މިހެން ބުނެ އަޝްރާ އަވަސް ހަރަކާތަކާއެކު ނާއިލްގެ އިސްތަށިކޮޅު ހާވާލިއެވެ. ނުވިސްނާ އިން ނާއިލްއަށް ކާރު ހުއްޓާލަމުން އަޝްރާއަށް ބާރަށް ގޮވާލެވުނެވެ. ނާއިލް އޭނަގެ އިސްތަށިކޮޅުގައި އަތް ކާތާލަމުން ރުޅިވެރި ނަޒަރަކުން އަޝްރާއަށް ބަލާލިއިރު އަޝްރާ އިނީ ހީލަހީލައެވެ. ނާއިލް ކާރުގައު އިން ލޯގަނޑުކޮޅުން ބަލައިގެން އިސްތަށިކޮޅު ރީތިކޮށްލިއެވެ. ” މަށަށްވެސް އިނގޭނެ ހަދާނެ ގޮތް އިނގޭ… ” މިހެން ބުނެ ނާއިލް އަޝްރާ އާއިވީ ފަރާތަށަ އެނބުރުމާއެކު އަޝްރާ ސިހިފައި ދެލޯ ބޮޑުކޮށްލަމުން އޭނަގެ އަތް ދަބަސް ގެނެސް މޭގައި އަޅާ ބާރުކޮށްލިއެވެ. އަޝްރާއަށް ވީގޮތުން މިފަހަރު ނާއިލްގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. އެއާއެކު އަޝްރާއަށްވެސް އޭނައަށް އުޅެވުނު ގޮތް ހިތަށްއެރުމާއެކު ހެވުނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލަމުން ސިކުންތުކޮޅަކަށް ހެމުން ގެންދިޔައެވެ. އެއަށްފަހު ނާއިލް ހަމަޖެހިލަމުން އަނެއްކާވެސް ކާރު ދުއްވާލިއެވެ. އޭރު އަޝްރާ ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިނެވެ. އަޝްރާގެ ތުންފަތުގައި ލުއި ހިނިތުންވުމެެއްވީއިރު ކާރު ދުއްވަމުންދިޔަ ނާއިލްގެ ތުންފަތުގައިވެސް ހިނިތުންވުމެެއްވިއެވެ. އޭނަގެ ނަޒަރު އިރުއިރުކޮޅުން އަޝްރާއަށް ހުއްޓެމުން ދިޔައެވެ.

މިންހާ ކުޑަކުދިންގެ ވޯޑުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެތަނުގައި އެނދުމަތި ކުރެވިފައިވި ކުއްޖެއް ގާތަށް ގޮސް އެކުއްޖާގެ ހާލަތު މިންހާ ބަލައިލިއެވެ. ކުރިއަށްވުރެ ރަނގަޅުކަމަށް ދައްކައެވެ. މިންހާ އެކުއްޖާ ގާތު އިން އެކުއްޖާގެ މަންމަ އާއި ބައްޕައަށް ބަލައިލަމުން ހިނިތުންވުމަކާއެކު ކުރިއަށްވުރެ ރަނގަޅު ކަމުގައި ބުނެލިއެވެ. އެއާއެކު އެދެމީހުންވެސް ހިނިތުންވެލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެކުއްޖާގެ މަންމަ ރަނގަޅަށް ނުކާ ކަމުގައި ބުނެ ޝަކުވާކުރިއެވެ. ” އެހެންތަ… ކޮން ނަމެއްތަ ކިޔަނީ ކޮއްކޮއަށް… ” އެއާއެކު މިންހާ ނުހަނު އެކުވެރިކަމާއެކު އެކުޑަ އަންހެން ކުއްޖާއާ ވާހަކަ ދެއްކިއެވެ. ” ރީޝަމް… ” އެއަންހެން ކުއްޖާ ޖަވާބުދިނެވެ. ” ރީޝަމް… ހޫމް… ވަރަށް ރީތި ނަމެއް… ރީޝަމް ބޭނުންތަ އަވަހަށް ރަނގަޅުވެގެން ގެއަށް ގޮސް ކުޅެލަން… ” ވަރަށް ޝައުގުވެރިވެފައިހުރެ މިންހާ ވާހަކަ ދެއްކިއެވެ. މިންހާ އެހެން އަހާލުމާއެކު ރީޝަމް މަޑުމަޑުން ބޯ ޖަހާލިއެވެ. ” އެހެންވިއްޔާ ރީޝަމް ވާނެ ވަރަށް ރަނގަޅަށް ކާން… ކެއިމަ ހަށިގަނޑުގަ ވަރުޖެހޭނީ… އޭރުން އަވަހަށް ރަނގަޅުވާނީ… އަވަހަށް ރަނގަޅުވީމަ ގެއަށްވެސް ދެވޭނީ… ” ހިނިތުންވެލައިގެން ހުރެ މިންހާ ވާހަކަ ދެއްކިއެވެ. އެއާއެކު ރީޝަމް އޭނަގެ ކުދިކުދި ދަތްތައް ފެންނަވަރަށް ހީލަމުން ބޯ ޖަހާލިއެވެ. ” ކޮއްކޮ ބޭނުންވަނީ ތިދައްތަ ކަހަލަ ކުއްޖަކަށް ވާން… ޑޮކްޓާރއަކަށް ވާން… ދައްތަ ވަރަށް ރީތި…” މިންހާ ރީޝަމްގެ ކޮލުގައި ފިރުމާލުމަށްފަހު ދާން އުޅުނުތަނާ ރީޝަމް ބުނެލިއެވެ. ” އެހެންތަ… ތެންކްޔޫ… ހެހެހެ… ޑޮކްޓަރަށް ވެވޭނީ ރީޝަމް ރަނގަޅަށް ކައިގެން އަވަހަށް ބޮޑުވެގެން ބަސްއަހައިގެން ކިޔެވީމަ… އެހެންވީމަ މީގެ ފަހުން ރީޝަމް ވާނެ މަންމަ ބުނީމަ ބަސްއަހައިގެން ކާން… އޯކޭ… ” މިންހާ އެހެން ބުނުމާއެކު ރީޝަމް އޯކޭއޭ ބުނެލިއެވެ. މިންހާ ރީޝަމްގެ މަންމަ އާއި ބައްޕައަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު  އެތަނުން ދިޔައެވެ. ” މިންނު.. ބްރޭކްވީއެއްނު… ހިނގާ ކެންޓީނަށް… ” މިންހާ އޭނަގެ ކެބިންއަށް ގޮސް ވަންތަނާ އެހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ލިވްޔާ އައިސް ބުނެލިއެވެ. މިންހާ ހިނިތުންވެލަމުން ހިނގާށޭ ބުނެ ލިވްޔާގެ ފަހަތުން ހިނގައިގަތެވެ. މިންހާގެ ހިތްހެޔޮކަމާއި މީހުންނާއި ގުޅޭ މިޒާޖުގެ ސަބަބުން ދާދި އަވަހަށް އޭނަ އާއި އެތަނުގެ މުވައްޒަފުން އެކުވެރިވެއްޖެއެވެ. މިންހާ ލިވްޔާއާއެކު ކެންޓީނަށް ދިޔައިރު ގިނަ މުވައްޒަފުން ކެންޓީނުގައި ތިއްބެވެ. ދެމީހުންވެސް ފިނި ބުއިމަކަށް އޯޑަރުު ކުރުމަށްފަހު އެތަނުން ކޮންމެވެސް ބަޔަކާ ބައިވެރިވިއެެވެ.

ނާއިލް އާއި އަޝްރާ ދެމީހުން މިހާރު އެމީހުންގެ ކުންފުނިން ރަށުގައި މަސައްކަތްކުރަމުންދިޔަ ދެސައިޓަށް ގޮސް އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާ ބަދަލު ގެންނަންވީ ބައެއް ކަންތައްތައް އެތަން ސްޕަވައިޒްކުރުމަށް ހަވާލުކުރެވިފައިވި ފަރާތާއި ހިއްސާކުރިއެވެ. މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދު ނާއިލް ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ދެސައިޓަށް ގޮސް އެކަން ނިންމާލެވުނުއިރު ހުރީ ބާރަ ޖަހަން ކައިރިވެފައެވެ. ” ނާއިލް… ކޮންތަނަކަށް މިދަނީ… މިމަގަކު ނޫނެއްނު އޮފީސް އިންނާނީ… ” ކާރުގެ މިސްރާބު އެެހެން ދިމާލަކަށް ހުރުމާއެކު އަޝްރާއަށް ސުވާލުކުރެވުނެވެ. ” މިދަނީ ރެސްޓޯރެންޓަށް… ވަރަށް ހޫނުގަދައެއްނު… ފިނި ބުއިމެއް ބޯލައިގެން އޮފީހަށް ދާނީ… ބްރޭކް ގަޑި ޖެހެނީނު… ” މަގުމައްޗަށް ނަޒަރ ހުއްޓާލައިގެން އިނދެ ނާއިލް ބުނެލިއެވެ. އަޝްރާވެސް ދެކޮޅަކަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހޫނުގަދަކަމުންނާއި ވަރުބަލިވެފައި ހުރުމާއެކު އޭނާ ހުރީވެސް އެފަދަ ބުއިމެއް ބޯލަން ބޭނުންވެފައެވެ. ކާރު ގޮސް މަޑުކޮށްލީ ފްލާވަރ ގާޑެން ރެސްޓޯރެންޓް ކުރިމައްޗަށެވެ. ކާރުން ޕާކުކޮށްލުމަށްފަހު ދެމީހުން އެކުގައި އެތެރެއަށް ވަނެވެ. އެތެރޭގެ އެބައި އޮތީ ފުރިފައިކަމުން ދެމީހުންވެސް ދެން ގޮސ އެރީ ދެވަނަ ބަޔަށެވެ. އޭރުވެސް ރެސްޓޯރެންޓްގައި ތިބިހާ ގިނަ އަންހެން ކުދިންގެ ނަޒަރު ހުއްޓިފައިވީ ނާއިލްއަށެވެ. ދެމީހުން ދެވަނަ ބަޔަށް ގޮސް ހުސް މޭޒެެއް ކައިރީ އިށީނެވެ. އެއާއެކު ފަރި ހިނގުމެއްގައި އެތަނުގައި ހުރި ވެއިޓްރެސް އައިސް އޯޑާރ ނަގަން ފެށިއެވެ. އެއަންހެން ކުއްޖާގެ ނަޒަރުވެސް ހުރީ އަބަދުވެސް ނާއިލްއަށް ހުއްޓިފައެވެ. މިކަމާ އަޝްރާ ހިތާހިތުން ކުދި ކިޔާލިއެވެ.

” ބައެއް އަންހެން ކުދިންނަށް ވާގޮތް ދޯ… އަހަރެން ހަމަ ހައިރާންވޭ… ހީވަނީ ޖަވާހިރެއް ފެނިގެން އުޅޭހެން… މިތަނަށް އައިރުވެސް ތިރީ ބައިގަ ތިބި ގިނަ އަންހެން ކުދިންތައް ތިބީ ނާއިލްއަށް ބަލަން ގޮސް ގެއްލިފަ… ދެންމެ އެއައި ކުއްޖާވެސް އެވަރު… ފައި އޮޅި ދޫވެސް އޮޅޭ…” އަޝްރާއަށ އެކުއްޖާ ދިއުމާއެކު އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ” އޯހް… ސޯ ޔުއާ ޖެލަސް… ރައިޓް… ” ނާއިލް ހެވިފައި އިނދެ އެހެން ބުނުމާއެކު އަޝްރާ ދެލޯ ބޮޑުކޮށްލިއެވެ. ”އަހަރެން… ޖެލަސީ… އެވެސް ނާއިލްއާ… އޯހް ޕްލީޒް… ނެވާ އެވާ…” އަޝްރާ ވަރަށް ނޫންކަމަށް ހެދެމުން ބުނެލިއެވެ. އަސްލު ވީގޮތެެއް އޭނައަކަށްވެސް ނޭނގެއެވެ. އެއަންހެން ކުދިންތައް ނާއިލްއަށް އެވަރަށް ބަލަން ފެށުމުން އޭނައަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ” އެކަމެއް ނޭނގެ… ޖެލަސް ނުވާނަމަ އެހެން ތިބުނީ ކީއްވެ… މަށަށް ފެނުނީ އެއަންހެން ކުދިންނަށް ބަލާފަ އަޝްރާގެ މޫނަށް ޖައްސާލާ ވައްތަރު… ބަލާނެތާދޯ އަހަރެން އެހާ ސްމާޓްވީމަ… ” ނާއިލް އިތުރަށް އަޝްރާ ރުޅި އަރުވާލަންވެގެން ބުނެލިއެވެ. ” އެއްކަލަ ފޮނި ނާއިލް..، އަހަރެން ބުނެފީމެއްނު ޖެލަސްއެއް ނުވެޔޭ… އެމީހުނަށް އެހާ ވަރެއް ވީމަ ބުނެވުނީ… ވަޓް އެވާ… ” މޫނު މައްޗަށް ފޫހިކަން ވެރިކުރުވަމުން ވެއިޓްރެސް އައިސް ދެމީހުންވެސް އޯޑަރު ކުރި ފްރެޝް ލެމަން ގެނައުމާއެކު އަޝްރާ އޭނަގެ ވާހަކަ މެދުކަނޑާލިއެވެ. އޮފީހުގެ އެކި ވާހަކަތައް ދައްކަމުން ދެމީހުންވެސް ޑްރިންކް ބުއިން ކުރިއަށް ގެންދިޔައެވެ. އޭރުވެސް ދޭތެރެ ދޭތެރެއިން ދެމީހުން ކޮންމެވެސް ކަމަކާ ދެބަސްވެއެވެ.

އޭރު ހަމަ އެރެސްޓޯރެންޓްގެ ދެވަނަ ބައިގެ ކަނެއްގައި އިން މޭޒެއް ކައިރީ އަލޫފް އާއި ޝާއިފްވެސް ކޮފީއެއް ބޯން ތިއްބެވެ. ދެމީހުންގެ ދެމެދުގައި އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. އަލޫފް އޭނަގެ ކަންބޮޑުވުންތައް ހިއްސާކުރުމާއެކު ޝާއިފްވެސް ހުރީ މިންހާއާ ދެކޮޅަށެވެ. އޭނަވެސް ލަފާ ދިނީ ޝަމްހާއާއެކު އުޅުމަށެވެ. އެހެނަސް އަލޫފްގެ ހިތް އެކަމަކާ އެއްބަހެެއްނުވެއެވެ. ކޮފީ ބޮމުން ދިޔަ ޝާއިފަށް އެތަނުން މޭޒެެއްގެ ކައިރީގައި ތިބި އަޝްރާ އާއި ނާއިލް ފެނި ހިތްހަމަނުޖެހުނެވެ. އަޝްރާ އާއި އޭނަ ގުޅުމެއް ނެތްނަމަވެސް ޝާއިފްއަށް އެމަންޒަރު ފެނުމުން ރުޅި އާދެވުނެވެ. އެމީހުން ދަންދެންވެސް ޝާއިފްއަށް އިރުއޮރުކޮޅުން އެދިމާލަށް ނަޒަރު ހުއްޓާލެވެއެވެ.

މެންދުރު ބްރޭކް ގަޑި ލިބުމުން މިންހާ ގެއަށް އައިސް ކައި ހަދައިގެން އަނެއްކާވެސް ހޮސްޕިޓަލަށް ދިޔައެވެ. ޝިފްޓް ނިމެނީ ހަތަރެއް ޖެހުމުން ކަމަށްވުމުން ދާންޖެހޭނެތާއެވެ. ހަތަރެއް ޖެހުމާއެކު ޖެހިގެން އިން ޝިފްޓް ޑިއުޓީ އަދާކުރުމަށް ޑޮކްޓަރަކު އައުމާއެކު މިންހާ މާހިލް އާއެކު ސައިކަލުގައި ގެއަށް ދިޔައެވެ. ގެއަށް ގޮސް ކުޑަ ވަގުތުކޮޅަކު މިންހާ މާއިންމެނާއެކު ސިޓިންރޫމުގައި މަޑުކޮށްލިއެވެ. އޭރު މައިޝާ ބޭރަށް ދާން ތައްޔާރުވަމުން ދިޔައިރު މާހިލް ދިޔައީ ފުޓުބޯޅަ ކުޅެން ދާން ތައްޔާރުވަމުންނެވެ. ހުކުރު ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކުގައ ގަވާއިދުން ހަވީރު ފުޓުބޯޅަ ކުޅެންދެއެވެ. ހުކުރާއި ހޮނިހިރު ގިނަ ވަގުުތު އޭނަ ހޭދަކުރަނީ އާއިލާއާއެކުގައެވެ. މައިޝާ ތައްޔާރުވެގެން އައުމާއެކު މަންހާ އާއި މާއިން ސޯފާއިން ތެދުވިއެވެ. މަންމަ ފަރާތު މާމަ ގެއަށް ދެވޭތީ ދެކުދިންވެސް ތިބީ ނުހަނު އުފަލުންނެވެ. އެންމެނަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދަނީއޭ ބުނެ މައިޝާ ގެއިން ނިކުތެވެ. މަންހާމެން ދިޔުމުން މިންހާ އޭނަގެ ކޮޓަރިއަށް ގޮސް ފެންވަރާ ތާޒާވެލިއެވެ. މިއަދު ބޭރަށް ދާހިތް ނުވުމުން އަޝްރާ އާއި ދެމީހުން ނިންމީ މާދަމާ ބޭރަށް ނިކުމެލާށެވެ. މިންހާ ކުޑަ ގޮތަކަަށް ތައްޔާރުވެލައިގެން އޭނަގެ ފޯނު ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގައި އޭރުވެސް ފޮޅިފައިވި އެކި ކުލަކުލައިގެ މާމެލާމެލީގެ މީރުވަސް ވަނީ ހިފާލާފައެވެ. ބެލްކަނީގައި އިން އުނދޯލީގައި މިންހާ ގޮސް އިށީނެވެ. އެހިތްގައިމު ވަގުތު ޖެހެމުންދިޔަ މަޑު ފިނި ވައިރޯޅިތަކުން ސިކުނޑި ތާޒާ ކޮށްދެއެވެ. މިންހާ އޭނަގެ ފޯނު ނަގައި ވައިފައި އޮންކޮށްލުމަށްފަހު ފޯނުގައިވި އެސްފިޔަ އެޕަށް ވަދެ ވާހަކައެއް ކިޔަން ފެށިއެވެ. ވާހަކަ ކިޔުމަކީ އޭނަ އަބަދުވެސް ނުހަނު ކުރާހިތްވާ ކަމެކެވެ.

އޮފީހުން އައިސް ނާއިލް މިސްރާބުޖެހީ އޭނަގެ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްލައިގެން އަވަހަށް ފުޓުބޯޅަ ކުޅެންދާން ތައްޔާރުވެލިއެވެ. ރަށުގައި ކޮންމެ ދުވަހަކުވެސް ހަވީރު ފުޓުބޯޅަ ކުޅެއެވެ. ފުޓުބޯޅަ ކުޅުމަކީ ނާއިލް ގަވާއިދުން ނުހަނު ކުރާ ހިތުން ކުޅޭހިތުން ކުޅޭ ކުޅިވަރެކެވެ. ބޯ ހަމަޖައްސާލާ ހަށިގަނޑަށް ރަނގަޅު ކަސްރަތެެއް ހޯދުމަށް ކުރަން ރަނގަޅު ކަމެކެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ގަމީހުގެ ގޮށްތައް ނައްޓުވަމުންދިޔަ ނާއިލްގެ ހަރަކާތްތައް ހުއްޓުނީ އޭނަގެ ގަމީހުގައިވި އަޝްރާގެ ތުންފަތުގެ ނިޝާން ފެނުމުންނެވެ. އޭނާ މިފަހަރުވެސް އެތަނުގައި މަޑުމަޑުން ފިރުމާލިއެވެ. އެއާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މިވޭތުވެދިޔަ ހަތްއަހަރު ދުވަހުގެ ތެރޭގައި އަޝްރާގެ އެކި ޚިޔާލުތައް އޭނައަށް އުނދަގޫކުރަމުން ދިޔައެވެ. ދެމީހުން އެކުގައި ސަކަރާތްޖެހި ހަނދާންތައް އާވާ ކޮންމެ ފަހަަރަކު ހިނިތުންވެލެވޭއިރު ދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުން ހަނދާާންވުމުން ހިނިތުންވުން ފަނޑުވެއެވެ. އެދުވަހު އަޝްރާ ބުނި ކޮންމެ ޖުމްލައެއް އިއްޔެވީ ކަމެއްހެން އޭނަ އަދިވެސް ހަނދާން އެބަހުއްޓެވެ. އެހަނދާން އާވުމުން ކޮންމެ ފަހަރަކުވެސް ނާއިލްގެ ހިތުގައި އަޝްރާއަށްޓަކައި ރުޅިވެރިކަން އުފެދެއެވެ. އެތައް އިރަކު ގަމީހުގައިވި އެނިޝާނަށް ބަލަން ހުރެފާ ދެފަރާތަށް ބޯ ހޫރުވާލަމުން ނާއިލް އެއްޗެހި ބަދަލުކޮށްލައިގެން ކުޅެން ފުޓުބޯޅަ ދަނޑަށް ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. އެނދުގައި އޮށޯވެ އޮތް އަޝްރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދުގެ އެކި ޚިޔާލުތަކެވެ. މިއަދުގެ އެކި ޚިޔާލުތައް އާވަމުން ދިޔައިރު އަޝްރާއަށް އެކަނި އޮވެވެސް ބައެއް ފަހަރު ހެވެއެވެ. އެހެން އޮންނަތާ މާގިނައިރެއްނުވަނީސް ވެފައިހުރި ވަރުބަލިކަމާއެކު އަޝްރާގެ ލޮލަށް ނިދި ސަވާރުވިއެވެ.

އައު ދުވަހަކަށް އިރު އަރައިފިއެވެ. މިންހާ މިއަދުވެސް ޑިއުޓީއަށް ދާން ތައްޔާރުވާން ފެށިއެވެ. ގަޑިޖެހުމުގެ ކުރިން ޓެކްސީއެއްގައި މިންހާ ހޮސްޕިޓަލަށް ދިޔައެވެ. މިއަދުވެސް ހޮސްޕިޓަލަށް ގޮސް ފަރުވާތެރިކަމާއެކު އޭނަގެ ޑިއުޓީ އަދާކުރަމުން ދިޔައެވެ. އަޝްރާ އާއި ނާއިލްވެސް މަސައްކަތުގައި ވަގުތުތައް ހޭދަކުރަމުން ދިޔައެވެ.

އެއާޕޯޓުގެ އެރައިވަލްސް ގޭޓުން ނިކުމެކެން އަންނަ ޒުވާނާއަށް އެތައް ޒުވާން އަންހެން ކުދިންނެއްގެ ނަޒަރު ހުއްޓިފާވެއެެވެ. ގަދަ ނޫ ކުލައިގެ ޗެލްސީ އަތްދިގު ޖާރޒީއަކާއި އައިސް ބުލޫ ސްކިނީއެއްގައި ހުރިއިރު އެޒުވާނާގެ ދެލޯ ފޮރުވާލެވިފައިވަނީ ކަޅު ކުލައިގެ އަވި އައިނަކުންނެވެ. ހަމުގެ ކުލަ އަލި އެމޫނު އިތުރަށް ފުރިހަމަކޮށްދެނީ ޓްރިމް ކުރެވިފައިވުމުން ނުހަނު ތުނިކޮށް ހުރި ތުނބުޅި އާއި މަތިމަހުންނެވެ. ބޮލުގެ ކަޅުކަން ގަދަ އިސްތަށިކޮޅު ރީތި ގޮތަކަށް ސްޕައިކް ކޮށްލެވިފައިވީއިރު އެޒުވާނާގެ ކޮނޑުގައި ބޮޑު ދަބަހެއް އަޅުވާފާވެއެވެ. ވަށާއިގެންވީ މާހައުލަށް މާބޮޑު ސަމާލުކަމެެއް ނުދީ އެޒުވާނާ އެއާޕޯޓުން ނިކުތެވެ. އެއާޕޯޓުން ނިކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވަނީސް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ” އާން… ވެލް ކަމް ބެކް ބްރޯ… ” އަވަސް އަވަހަށް ކާރުން ފޭބި ނާއިލް އިއާން ފެނިފައި ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަތާއި އަތް ޖޯޑުކޮށް އެންމެ ގާތް އެކުވެރިޔާ އާ ސަލާމްކުރިއެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

 

 

 

104

72 Comments

  1. ifoo

    March 4, 2019 at 7:56 pm

    Salaam dear readers ❤️❤️❤️???… Here is the next part n hope all will like this part too… Feel free to comment your views… This part is more than 2300 words… Hope disappoint vefa thibi kudhin happy vaane kamah mi part kiyaafa ???… Typing mistakes huredhaane… V v v avas kohlaafa mi up kohly check vx nukoh… Waiting for comments… Thankyou soooooo much dear readers ifoo ah thidhey support ah… Much more loves from me all ❤️❤️❤️?????????…

  2. Eyna ge girl ?

    March 4, 2019 at 8:02 pm

    Me first dw… awesome like always ..one of my fav writer.. can’t wait next part plxx..n ifoo ulheny knkahala job ehga the dear.next part when.?????????????????????️?️

    • ifoo

      March 4, 2019 at 9:57 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… Favourite writer akah v ma v v v ufaavehje ???… Keep waiting dear ???… Ifoo work kurany offyhehga as a administrative officer ???… Next part In Sha Allah Thursday night ga ???… Much loves ❤️❤️❤️?????????… N congratulations on being first ❤️❤️❤️???…

  3. Kiyaa

    March 4, 2019 at 8:13 pm

    V obi

    • ifoo

      March 4, 2019 at 9:59 pm

      Kiyaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  4. jiji

    March 4, 2019 at 8:22 pm

    Kiyaalaafa comment eh kohlaanan..insha allah❤??

    • ifoo

      March 5, 2019 at 9:49 am

      Jiji ❤️❤️❤️… Yeah… Thankyou ❤️❤️❤️?????????..

  5. yaaanaa

    March 4, 2019 at 8:25 pm

    ??yeyyy..?? aann aee dhww.. dhn avahah minnu aa aaann aagulhuvaa.. ???❤❤??varah reethi mi part vss.. ???mashah allah ????dhnn oii part avahah up kohdheh che…❤❤ waitin…????

    • ifoo

      March 5, 2019 at 9:50 am

      Yaaanaa ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje ???… Yeah… Finally aan came ???… Next part In Sha Allah Thursday night ga ???… Keep waiting dear ???… Much loves ❤️❤️❤️?????????…

  6. Shaima

    March 4, 2019 at 8:26 pm

    Yeyyye aaan aiisi

    • ifoo

      March 5, 2019 at 9:52 am

      Yeah… Finally aaan came ???… Thankyou shaima ❤️❤️❤️?????????…

  7. Shehe

    March 4, 2019 at 8:29 pm

    Finally Aan aee dhw ifoo dhn avaskoh aan aa minnu gulhuvabaa n this part was so nice. Curiously waiting for the nxt part ???? this is my fav stry in this site .keep it up ifoo❤❤❤❤

    • ifoo

      March 5, 2019 at 10:30 am

      Yeah… Finally aaan came ???… Let’s see what happens ???… Anything might happen ???… Thankyou soooooo much dear ❤️❤️❤️?????????.. Favourite story ah v ma ifoo v v v ufaavehje ???… Once again thankyou dear n much more loves ❤️❤️❤️?????????…

  8. SCARLET❤

    March 4, 2019 at 8:33 pm

    OMG… my Aan gandu is back… so happy.. kihaa dhuvaheh vejjethr Aan ge Inthizaaru ga hunnathaa.. miss u so much.. n ifoo dear vaahaka hama v salhi??????

    • ifoo

      March 5, 2019 at 10:38 am

      SCARLET ❤️❤️❤️… Yeah… Aaan is back ???… Thankyou soooooo much dear ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…

  9. Arooo

    March 4, 2019 at 8:41 pm

    Wow.. Aan is back.. next part Kon iraku

    • ifoo

      March 5, 2019 at 10:39 am

      Arooo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Thursday night ga ???…

  10. :-)

    March 4, 2019 at 8:43 pm

    maa sha allah.. its amazing.. and yeah when next? curiosity is at 100.. haha.. when i read aan’s scene, i was over the moon.. i waited so looong for his comeback.. im sure upcoming parts will be even better.. i won’t question about your talent ifoo.. maa sha allah.. you’re one of the best writers in this website.. inthizaarugaa hunnamey loabin was a perfect story.. so do this.. from the first part of the story i’m reading this with impatiently.. and this is amazing.. though i haven’t commented yet i have read all the parts of this story up to here.. this part is also well written and if i had to rate this from 1-10, its for sure i’ll give this 10/10.. 🙂 maa sha allah.. you have done a great job.. and i appreciate your work.. 🙂

    • ifoo

      March 5, 2019 at 10:57 am

      Awwwwnn ❤️❤️❤️???… I’m speechless ???… Just don’t know what to say ???… Heheh… Only I can say is thankyou soooooo much for the supportive comment ❤️❤️❤️?????????… I really felt so happy after reading your comment ???… This is one of the best comment I got ???❤️❤️❤️… Once again thankyou soooooo much ❤️❤️❤️?????????… Hope to see ur comment more often ???… Much loves ❤️❤️❤️?????????…

  11. Choppi

    March 4, 2019 at 9:12 pm

    This part is also very beautiful. Mashallah… Finally aan ge news eh vejje. So happy. Waiting for aan n minhaa dhimaavaane irakah….

    • ifoo

      March 5, 2019 at 11:19 am

      Choppi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot ???… Keep waiting dear ???… Much loves ??????❤️❤️❤️???…

  12. juma

    March 4, 2019 at 9:45 pm

    very nice

    • ifoo

      March 5, 2019 at 11:22 am

      Juma ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  13. juma

    March 4, 2019 at 9:46 pm

    when next part

    • ifoo

      March 5, 2019 at 11:23 am

      In Sha Allah Thursday night ga ???…

  14. ?Muslim?

    March 4, 2019 at 9:50 pm

    Yay ! Aan is back… Varah reethi Mi part ves… Keep up the good work… Ma Sha Allah ?☺️☺️☺️❤️?

    • ifoo

      March 5, 2019 at 11:24 am

      Yeah… Finally aaan is back ???… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…

  15. maai

    March 4, 2019 at 9:53 pm

    masha Allah….. now your are the best writer in this site..vvvvvv bodah thanks ifoo ah mi varuge reethi vaahaka eh genes dheythee…thy hama esfiya site ah libifa huri javaahiru gandeh…..im part kiya kiya foohives nuvaane…ehaa reethi…sifa kurunthah ves hama habeys ingey…heevany Korean drama eh balaileveyhen??? mi vaahaka reethi kamun dhen bunaane ehcheh ves neygeyne…keep it up dear..dhen anna baigaa aan be parts that Gina kollachey …eyrun vvv reethi vane..adhi minnu aan aa dheytherey dhekey goii ves liyachey… next ep avahah up kollah dheychey…. lots of love from me
    ifoo…i want your fb id..fb beynunu kuranya…☺??
    “your big fan maai”

    • ifoo

      March 5, 2019 at 11:30 am

      Maai ❤️❤️❤️… Again maai ge v v v supportive comment eh ❤️❤️❤️???… Thankyou soooooo much my dear big fan ❤️❤️❤️?????????.. Maai ge knme comment eh kiyaalaafavx ifoo v v v ufaavey ingey ???… In Sha Allah aaan ge baithah kuriah huri parts thakuga gina vaane ???… Once again thankyou soooooo much ❤️❤️❤️?????????… Much more loves from me my dear big fan ❤️❤️❤️?????????…

  16. Scarlet

    March 4, 2019 at 9:54 pm

    Yeyyyy aaan aissi dho. ?? can’t wait for a re union ?? story is so awesome plss next part avahah up kohdhechey ngeh ifooo
    This is my fav story now hama vrh kiyaaa hithun inna iru nimeny heevany story thereyga ulhevey hen so interesting ??????

    • ifoo

      March 5, 2019 at 11:43 am

      Scarlet ❤️❤️❤️… Yeah… Aaan is back ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…. Much loves ❤️❤️❤️?????????…

  17. Anonymous Nua

    March 4, 2019 at 10:18 pm

    So happy to read you story. Really love it from the bottom of my heart. Next part kn dhuhukn up kohdheyny????????????????????????????????????????????????????????

    • ifoo

      March 5, 2019 at 11:53 am

      Anonymous Nua ❤️❤️❤️… Haadha loabi colourful comment ekey ???… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Thursday night ga ???… Much loves ❤️❤️❤️?????????…

  18. Livy

    March 4, 2019 at 11:31 pm

    Hi love ♥♥♥❤❤❤ How’s you ifoo? ? Im good alhamdhulillah ☺☺? Story varah varah varah varah varah varahhhhhh reeethi ingey ???? Hama bunaane ehcheh vs neyngifa mi innany.. ????????? You are jst too gud ????????? Masha allah ??? And finallyyyyy aan aissi ey dhoo ?? Waiting for his parts eagerly ?? Minnu aa dhemyhun meet vaathan balaalaa hithun mi hunnany dhen vaane gothakah ??? ugh and that shaaif ?? mi emmen vegen aloof ah nubai naseyhai dheny mi.. Aloof will regret it I’m sure.. ?? Really like the way you are writing the story ???? Naail and ashoo ge fights ves eba ulhey dho.. Hehe ??? And I noticed there was a Livya in this part ?? Hehe ?? Thats the long form for livy aslu ?? Varah happy vi mi name aissa inyma ? hoping ifoo ge kommes future story ehga mi name adhi annaane kamah as a main character ???? Anywayyy story is going greaaat and i can’t wait to see what happens next ????????????? Love you dearrrr ❣❣????????????

    • ifoo

      March 5, 2019 at 12:16 pm

      He’llo my dear sweet Livy ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Dhuvaskolheh fahun dhw anehkaavx livy ge long colourful Comment eh mi libuny ???… V v v ufaavehje ifoo ❤️❤️❤️??????… Thankyou sooooooooo much livy ❤️❤️❤️?????????… Ur one of the best reader ey buneveynee ❤️❤️❤️???… Ifoo ge first story ah vx plus second story ga vx livy ge support libemundhaathy hama asluvx v v v ufaavehje ???❤️❤️❤️… Yahh… Aaan is back ???… Ashoo n naail ge fights thahvx kuriah othy hama ???… Keep waiting dear ???… Yeah… Livya eh ulheyne mi part ga ???… Livya liyun iru ifoo enme furathama vx hadhaan v livy mathin ???… In Sha Allah ifoo ge future story ehga Livya e name as a main character fenigendhaane ???… Much more loves from me dear dear Livy ❤️❤️❤️?????????…

    • Livy

      March 5, 2019 at 8:02 pm

      Alhey ??? Varah happy vejje livy mathin handhaanvi ey bunyma.. Thank you sooooooo so so so much ???❣❣❣?????????❤❤❤

    • ifoo

      March 6, 2019 at 8:47 am

      Most welcome dear ❤️❤️❤️?????????…

  19. Sidu

    March 5, 2019 at 12:33 am

    Ifoo varah ufaa veje vaahaka kiyaa levunee ma.varah reethi mi part vess

    • ifoo

      March 5, 2019 at 12:17 pm

      Sidu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Means a lot for me for ???…

  20. Eem

    March 5, 2019 at 12:51 am

    Yayyyyy Aan is back❤️ Ifoo dhn avahah Aan and Minnu gulhuvabala. Aloof ah Minnu libey goiy nuhahdhahchey knmes. This part is also really amazing. Waiting for the next part❤️❤️❤️

    • ifoo

      March 5, 2019 at 12:21 pm

      Eem ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Means a lot for me for ???… Let’s see what happens ???… Minnu libidhaane hama knme myhakah vx ???… Balamaa hingaa dhw vaagotheh ???… Next part In Sha Allah Thursday night ga… Keep waiting… Much more loves ❤️❤️❤️?????????…

  21. ifoo

    March 5, 2019 at 11:18 am

    Jiji ❤️❤️❤️… Thankyou soooooo much for the support, colourful Comment ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Yeah… Aaan is back ???… Awwwwnn ❤️❤️❤️???… Best writer ah v ma adhi v v v bodah ufaavehje ???❤️❤️❤️… It means a lot ???… Ehentha… Ifoo bunelaafa innaanee admin gaathu number ah request kohfinama number fonuvaaladhinumah… Wattpad dhw… I will think about it… Heheh ???… No jiji… I’m not angry ???… Ifoo kyhve jiji dheke rulhi annanvee ???… Ehen heenukurahchey ingey ???… Next part In Sha Allah Thursday night ga ???… Much more loves from me ❤️❤️❤️?????????…

  22. @Ikleel

    March 5, 2019 at 1:05 pm

    Finally its here again…❤❤????…Wow…Just wow….❤❤????…This story is flawless dear…❤❤????….Imaginations are sperb…????❤❤….I like the way you bring the story…❤❤????…And thnx for making this part long…❤❤????….After a long time wait,aan is back…❤❤????…Want to see him with minnu soon…❤❤????…Hope he will meet her soon…❤❤????…Nail and ash also fine to go for relation i think…❤❤????….They both are looking good i think and they are funny….❤❤????…Aloof aa minnu nugulhuvaathi ingey…❤❤????…Keep her happy for ever than…❤❤????….Looking forward everything will be fine soon…❤❤????…And i am really sorry for the late comment dear…????….I am very busy at office….????….But when i got some free time i read it just now…❤❤????…Keep it up you good work dear ifoo…❤❤????….May god bless you…❤❤????…Thank you for ur geat effort to make us happy..❤❤????…Waiting for next part dear…❤❤????..Miss you…❤❤????…Much loves dear ifoo…❤❤????..
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    • ifoo

      March 6, 2019 at 8:56 am

      Awwwwnn ❤️❤️❤️???… I’m just speechless ???… Hhehe… Don’t know what to say ???… Only I can say is thankyou soooooooooo much for the support @Ikleel ❤️❤️❤️?????????… Means a lot for me ???… As usual comment kiyaalaafa ifoo v v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  23. Naju

    March 5, 2019 at 2:35 pm

    Masha Allah ??? Haadha haadha reehchey mi partvx ??????… Finally aan came back dhw ??????… Thank you sooo much ingey mi part dhigukoh genasdhinyma ??????… Thee enme loabi enme best writer ingey ??????… curiously can’t wait for the next ??????… much n more loves ????????????????????????❤❤❤?????????

    • ifoo

      March 6, 2019 at 8:59 am

      Awwwwnn ❤️❤️❤️???… Ur so sweet ???… Thankyou soooooo much for the lovely comment ❤️❤️❤️?????????… V v v ufaavehje ???… Yeah… Finally aaan is back ???… Much more loves from me ❤️❤️❤️?????????…

  24. unique

    March 5, 2019 at 2:42 pm

    alhey love the story its so cute
    ifoo i just dont know how to express how nice the story is
    its just the best varah reethi maasha allah

    • ifoo

      March 6, 2019 at 9:01 am

      Unique ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…

  25. Naai

    March 5, 2019 at 5:28 pm

    Vrh reethi mi partvx waitin 4 next part????

    • ifoo

      March 6, 2019 at 9:02 am

      Naai ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…

  26. loolu

    March 5, 2019 at 5:28 pm

    ifoo ge hurihaa story eh ves salhiey…..kobaatha ifoo ge real name akee

    • ifoo

      March 6, 2019 at 9:03 am

      Loolu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Ifoo ge real name is a secret ???… You can call me ifoo ???.. Much more loves ❤️❤️❤️?????????…

  27. Princess

    March 5, 2019 at 6:00 pm

    O m j
    It’s so nice if when next part

    • ifoo

      March 6, 2019 at 9:04 am

      Princess ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Thursday night ga ???… Much more loves ❤️❤️❤️?????????…

  28. A..na

    March 5, 2019 at 7:40 pm

    Finally iaan is here … yey ! Ifoo you are the best…. varah varah varah varah ves reethi mi part! Awesome. … ifoo is the best writter i ever seen.. waiting for next part .. aan aa ma it will be interesting . Avahah dhen mihaa and aan gulhuvaala. Much love form me dear ifoo????????????????????????????????????????????????????

    • ifoo

      March 6, 2019 at 9:08 am

      Yayyyy… Finally I got ur comment ❤️❤️❤️???… I was waiting for your comment dear ???… Thankyou sooooooooo much A..na ❤️❤️❤️?????????… V v v ufaavehje ???… Best writer ey bunyma hama bunaane ehchehvx neyngifa mihury ufalun ???… It means a lot for me ???… Much more loves from me dear ❤️❤️❤️?????????…

  29. Shaa

    March 5, 2019 at 10:58 pm

    Masha Allah Varah reethi. You are my favourite story writer. Love you so much ???????????❤️❤️❤️?????????????????????❣️???

    • ifoo

      March 6, 2019 at 9:09 am

      Awwwwnn ❤️❤️❤️???… Thankyou sooooooooo much Shaa ❤️❤️❤️?????????… Favourite writer ey bunelyma v v bodah ufaavehje ❤️❤️❤️???… It means a lot for me ???… Once again thankyou soooooo much for the colourful Comment n much more loves from me ❤️❤️❤️?????????…

  30. ifoo

    March 6, 2019 at 8:49 am

    Blend me photo editor ???…

  31. jiji

    March 6, 2019 at 9:51 am

    Thank you ifoo❤❤❤..

  32. A..na

    March 6, 2019 at 7:31 pm

    Awwn … sry to be late…. and u r most wlc ifoo dear….assluves thy hama best writer i ever seen.. and this is my fav stry… my full support is with u… be happy always ifooo???????????????????????????????????❤❤❤❤?????????

    • ifoo

      March 8, 2019 at 1:41 pm

      A..na ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Ur so sweet dear ???❤️❤️❤️… Much more loves ???❤️❤️❤️??????…

  33. Thee adhi kaaku tha?

    March 7, 2019 at 9:13 am

    Kn irakun next part up kuranee????

    • ifoo

      March 8, 2019 at 2:04 pm

      I have uploaded the next part last night ???❤️❤️❤️… Now you can read it ???… V v v ufaavehje story ah wait kuraakan ingunyma ???…

  34. pari

    March 7, 2019 at 9:18 pm

    kon iraku next part upload kuranee

    • ifoo

      March 8, 2019 at 8:05 pm

      I have uploaded the story last night ???… Now you can read it ???… Ifoo V v v ufaavehje story ah wait kuraakan ingunyma ❤️❤️❤️???…

  35. A.

    March 7, 2019 at 10:06 pm

    Upp nuvey tha adhives ??when up vany

    • ifoo

      March 8, 2019 at 8:05 pm

      I have uploaded the story last night ???… Now you can read it ???… Ifoo V v v ufaavehje story ah wait kuraakan ingunyma ❤️❤️❤️???…

  36. ?Muslim?

    March 7, 2019 at 10:09 pm

    Koba next part? ???

    • ifoo

      March 8, 2019 at 8:06 pm

      I have uploaded the story last night ???… Now you can read it ???… Ifoo V v v ufaavehje story ah wait kuraakan ingunyma ❤️❤️❤️???…

  37. yaaanaa

    March 7, 2019 at 10:20 pm

    alheyy.. ifooo knirakun tha vaahaka up kohdhenee.. mihaarh kiyaa hidhunn hurevenee eh vss nun.. avahah up kohdheeba plxx…????

    • ifoo

      March 8, 2019 at 8:06 pm

      I have uploaded the story last night ???… Now you can read it ???… Ifoo V v v ufaavehje story ah wait kuraakan ingunyma ❤️❤️❤️???…

Comments are closed.