ބީރަށްޓެހި ލޯބި 1
“ސާހިބް ކަމަނާ! ކަމަނާގެ ފިރިކަލުން އަވަހާރަ އެއްނުވޭ”.
ލާނާ އަށް އަލީ ވަހީދު އާއި ދިމާ އަށް ބަލަން ހުރެވުނީ ކަޅިވެސް ޖަހާލަން ނޭންގިފަ އެވެ. ވަކީލު އެ ބުނި އެއްޗެށް އަޑު އިވުނީ ރަނގަޅަށް ނޫންކަން ޔަޤީން ވެއެވެ. ވަކީލަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއްކަން ލާނާ ރަނގަޅަށް ދަނެ އެވެ. ނޫނީ މިހާރުގެ ބޮޑު ވަޒީރާއި އަންބި ކަންބަލުންގެ ކަންތަކާ ބޯގޮވީ ކަމަށް ވެސް ވެދާނެ އެވެ.
“އަޅުގަނޑަށް އިންގޭ މި ޙަބަރަކީ ތި އެންމެހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު ޝޮކަކަށް ވެގެންދާނެ ޙަބަރެށް ކަން” އަލީ ވަހީދު ކުރިޔަށް ގެންދިޔަ އެވެ. “އެންމެ ބޮޑަށް ސާހިބް ކަމަނާ އަށް” ލާނާ އަށް ބަލާ ލަމުން އަލީ ވަހީދު ބުނެލި އެވެ.
އެހެންމީ ހެއްގެ ފަރާތުން މި ވާހަކަ އިވުނު ނަމަ ލާނާ ވަގުތުން މިވާހަކަތަށް ހުށްޓުވީ ހެވެ. އެކަމަކު އަލީ ވަހީދު އަކީ ކަންތަށް ހޯދާ ބަލާ މީހެކެވެ. މި އާއިލާ އަށް ޙިދުމަތް ކުރާތާ 10 އަހަރަށް ވުރެންވެސް ގިނަވެފާ ވުމުން އޭނާގެ ބަސް ދޮގުކުރުމަކީ ލާނާ އަށް ފަސޭހަކަމެށް ނޫނެވެ. ހާށްސަކޮށް ލާނާގެ ފިރިމީހާ ނިޔާވި ފަހުން މުޅި ވިޔަފާރި ބަލަހަށްޓާ އާންމްދަނީ އިތުރުކޮށް ހަދާފާ ވާނީ އަލީ ވަހީދު އެވެ. ލާނާ ގެ ފިރިމީހާގެ ކޮއްކޮ މުނީރު އާއި އޭނާގެ އަންހެނުން އައިޝާ ވެސް އަލީ ވަހީދު އަށް ބަލަން ހުރީ ޔަޤީން ނުވެފައެވެ.
މުނީރު އާއި އައިޝާ އަށް ދެކުދިން ލިބިފައި ވެއެވެ. މި ދެ ފިރިހެން ކުދިންވެސް ވަނީ ވަރަށް ތުއްތު އިރު އެމެރިކާ ގެ ބޯޑިންގު ސްކޫލަކަށް ފޮނުވާލާފަ އެވެ. މިކުދިން ގެ ގާތަށް އަހަރަކު އެށް ދުވަހު ޒިޔާރަށް ކޮށްލަ އެވެ. މުށްސަންދިން ގެ އެކިއެކި ހަފްލާތަކަށް ދިއުމާ ފައިސާއިން އެކި ކަންކަން ކުރުމަކީ އާދަ އެކެވެ. މި ދިރިއުޅުމަށް ހުރަސް އެޅޭ ހުރިހާ ކަމެށް މި ވެރިންނާ ދުރުކުރުވަ އެވެ. މީގެ ތެރޭގައި ދަރިންވެސް ހިމެނެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Dhen Haadha kurey mi vaahaka… ?