ހުވާ ކޮއްފާ ލޯބިވޭ 3
މަންމަ : ދަރިފުޅާ! އާދޭ ކާން
ނަތާޝާ : ކާ ހިތެއް ނެއް
މަންމަ : ދަރިފުޅު ރޮއިފަ ތަ ؟
އެހެން ބުނުމުން ނަތާޝާ ނޫން ކަމަށް ހެދިއެވެ . އަދި ވަރަށް ބޮޑަށް ބޮލުގައި ރިއްސާ ވާހަކަ ބުނެލިއެވެ . ނަމަވެސް އެކަން ނު ފޮރުވުނެއެވެ . އަދި ނަތާޝާ އަތުގައި އޮތް ސިޓީ މަންމަ އަށް ދިއްކޮލިއެވެ . އަދި މި ސިޓީ ކިޔާ ލުމަށް އެދުނެއެވެ . މަންމަ މެން ގެ ނުޤަބޫލްގައި ނަތާޝާ ދެކެ އިންތިހާ އަށް ލޯބިވާ މީހާ ދުރުވިއެވެ . އަދި އޭނަ މިހާރު އުޅޭ ކަމެއް ވެސް ނޭން ގެއެވެ .
3 ވަނަ ބައި
ނަތާޝާ ގޮސް އެދުގައި އޮށޯވެ ރޯން ފެށިއެވެ . މަންމަ އެ ސިޓީ ހިފައިގެން ދިޔައީ ބޭރަށެއެވެ .
އިރުކޮޅެއްގެ ފަސް ……..
މަންމަ : ދަރިފުޅާ …. މަންމަ މެންނަށް މާފް ކުރޭ .. މަންމަ މެން ގެ ކުށެއް މިއީ …
ނަތާޝާ : މަންމަ މެންނަށް އިގޭނެ ދޯ އަހަރެން ވެސް އިންތިހާ އަށް ލޯބި ވާނެ ކަން . އަދި އިންސާނަކަށް ވީތީ ކުށެއް ކުރެވިދާނެ ކަން . އަބަދަކު އޭނަ އެ ކުށުގައި ނުހުންނާނެ ކަން ނޭއްގެ …
މަންމަ : ދަރިފުޅާ .. އެއީ މަޒީ މަންމަ އަށް ފެނަނީ 2 ކުދިން ވެސް އަލުން ގުޅެން . އަދި އޭނަ ގެ ފަރާތުން މާފް ކުރުން .
ނަތާޝާ : ދެން އެކަމަށް ބަލަމާ ..
އިރުކޮޅެއްގެ ފަސް …
ނަތާޝާ . އަހަރެން ގެ ފޭސްބުކް އައިޑީ ހޯދުމަށް ފަހު އަހަރެން އަށް މެސްޖް ކުރަން ފެށިއެވެ . އަދި އަހަރެން ދެކެ އިންތިހާ އަށް ލޯބި ވާހަކަ ބުންޏެއެވެ . އަދި އެގޮތަކަށް ކަންތައް ނުވާނެ ކަމަށް ވެސް ބުންޏެއެވެ .
ނަތާޝާ : މިޔަދު ނަތާޝާ މި މެސެޖް މި ކުރީ ވަރަށް ވެސް ބޮޑު ކަމަކު .
އަހަރެން : ކޮންކަމެއް އޮތީ
ނަތާޝާ : އަހަރެންނަށް މާފް ކޮއްދީފާނަން ތަ ؟ އަހަރެން ވަރަށް ލޯބި ވޭ .. އަހަރެން ގެ މަންމަ އެކަމަށް އިންކާރު ކުރީ އެކަމަކު އަހަރެން ގެ މައިންބަފައިން މިޔަދު ބުނީ އޯކޭ އޭ ގުޅިގެން އުޅުނަސް މީހަކަށް ކަމެއް ކުރެވިދާނޭ ވެސް ބުނި … އެހެން ވެ
އަހަރެން : މާފް ކޮއްފާނަން .
ނަތާޝާ : މިޔަދު ނަތާޝާ ވަރަށް އުފާ ވެއްޖެއެވެ .
އަހަރެން : ދެން މި ވަގުތަށް ވަކި ވެލިން
އެހެން ބުނުމަށް ފަހު އަހަރުމެން ދެމީހުން ވަކި ވަކި ވެލިމެއެވެ . އެ ދުވަހުން ފެށިގެން އަހަރެންނާއި ނަތާޝާ 2 މީހުން ވާހަކަ ދައްކަމެއެވެ . އެއީ ރައްޓެއްސެއް ގެ ގޮތުން ނެއެވެ . ނަތާޝާ ދެކޭ ގޮތެއް ނޭގެއެވެ . ނަމަވެސް އަހަރެން ދެކެމުން އަންނަނީ ރައްޓެހިންގެ ގޮތުގައެއެވެ . މާކާ ގިނަ ދުވަހެއް ނުވެއެވެ . އަހަރުމެން 2 މީހުން އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅެން ފެށީމެއެވެ .
4 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

