Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި 1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 2, 2019 3 Mins Read
16 Comments

ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރަ ފެނުމާއެކު އެއީ ހަމަ އަހަރެންތޯ ގަބޫލު ނުކުރެވިފައި އިނދެވުނެވެ. އަހަރެންގެ ސިފައަށް އެހާ ބޮޑު ބަދަލެއްއައި ކިހިނެއްވެގެންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އަހަންނައި އައިސްފައިވަނީ އާދައިގެ ބަދަލެއް ނޫންކަން ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ އަމިއްލަ ސޫރައިން އެނގިގެން ދިޔައެވެ.

“އައިނާ” އަހަރެންގެ ފުރަގަހުން އިވުނު ބަރު އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ލޮޅުމެއް އެރިހެން ހީވިއެވެ. އަހަރެން މަޑު މަޑުން ފަހަތަށް އެނބުރުނީމެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރައިން އަހަރެންގެ ދެފައިން ވާގި ދޫވެގެން ވެއްޓެން އުޅުނުހެން ހީވިއެވެ.
އަހަރެންގެ ކުރިމަތީގައި ހުރީ މީން ދުވަހަކުވެސް އަހަރެން ނުދެކޭހާ ރީތި މީހެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑަކާއި އޮމާން މޫނެކެވެ. އިސްކޮޅުގައި ހަފޫޓު ހުންނާނެއެވެ. ބައިމަތިވެސް ފުޅަލެވެ. ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. އަހަރެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެ މީހާގެ ފެހިނޫ ކުލައަކަށް ދާ ލޮލުގެ ކަކިޅެއެވެ. އެރީތި މޫނުގެ ރީތި ކަމުގެ ފަހަތުގައި ހިތާމައިގެ ސާލެއް ވާކަން އެމޫނު މަތިން ފެންނަމުން ދިޔަ ކުލާވަރުން އަހަންނަށް އެނގުނެވެ. ކަޅިވެސް ޖަހާ ނުލާ އަހަންނަށް އެ ޒުވާނާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ.
ކުއްލިއަކަށް ހީވީ އަހަރެންގެ ކަރުގައި އަލިފާން ޖެހުނު ހެންނެވެ. ނަގައިގަތް ދިލައެއްގެ ސަބަބުން އަހަންނަށް ރޮއެ ގަނެވުނެވެ. ނަމަވެސް ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. ދިލަ ނަގާވަރުން އަހަންނަށް ކެއްކުރަންވެސް ދަތިވިއެވެ. ސިކުންތެއްގެ ތެރޭގައި އެޒުވާނާ ހުރީ އަހަރެން ގާތުގައެވެ. އެމޫނު މަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. “އައިނާ. އިޓްސް ގޮންނާބީ އޯލްރައިޓް” އަހަރެން މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އެޒުވާނާ ބުންޏެވެ. ނަގަމުން ދިޔަ ދިލަޔާއެކީ ކަރުހިއްކައިގަންފައި ހުރި ކަމުގެ އިހްސާސް އަހަންނަށް ކުރުވިއެވެ.
އަހަރެން އެހާލުގައި ވަނިކޮށް ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ކަންބޮޑުވެފައިވާ ހުރެ އެޒުވާނާ އަހަރެން އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. އެއަށްފަހު ކޮންމެސް ގޮތަކުން އެތަނުން ނުކުތެވެ. އޭރުވެސް އެޒުވާނާގެ މޫނު މަތީގައިވި ކަންބޮޑުވުމުގެ އަސަރު ފިލާ ނުދެއެވެ.
އެޒުވާނާ އެދިޔަ ގޮތަށް ގޮސް ކަނޑަށް ފުންމާލަން އުޅުނެވެ. “ނޫން. އަހަންނަކަށް ފަތާކަށް ނޭންގޭ” ނަގަމުން ދިޔަ ދިލައިގެ ސަބަބުން އުނދަގުލާއެކީ އަހަރެން ބުނީމެވެ. އެއް މިޔައަކުން ހީލާފަ އެ ޒުވާނާ ގޮސް ކަނޑަށް ފުންމާލިއެވެ.
އެޒުވާނާ ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފައި އަހަރެން ބާރުކޮށްލީމެވެ. އަހަރެން ހީކުރީ ކަނޑަށް ވެއްޓުމާއެކު ނޭވާނުލެވިގެން އަހަރެން މަރުވާނީ ކަމަށެވެ. “އައިނާ ލޯ ހުޅުވަބަ” އަހަރެން ވަރަށް ބިރުން އިނދެ ދެލޯ ހުޅުވީމެވެ. އެއްވެސް އުނގުލަކާ ނުލައި އަހަންނަށް ކަނޑު އަޑި ފެންނަމުން ދިޔައެވެ. ކަރުން ނަގަމުން ދިޔަ ދިލަވެސް ފިލައިގެން ދިޔައެވެ. އަހަރެން ހައިރާންވެ ހުރެ އެޒުވާނާއަށް ބަލާލީމެވެ. ބޮލުގެ އިޝާރާތުން އެޒުވާނާ ފަހަތުން ދިޔުމަށް އަހަރެން ގާތުން އެދުނެވެ. އާހަރެންވެސް ސުވާލެއް ނުކޮށް އެޒުވާނާގެ ފަހަތުން ދިޔައިމެވެ.
އެޒުވާނާ ގޮސް އެރީ މީހުން ނޫޅޭ ފަޅު ރަށަކަށެވެ. އެހާ ގިނައިރު ކަނޑުގައި އުޅުނެއް ކަމަކު އަހަރެންނަކަށް ވަރުބަލި ކަމެއް އިހްސާސެއް ނުކުރެވުނެވެ.
“ތީކާކު؟” އެޒުވާނާ އިސްތަށިގަނޑުން ފެން ހިއްކަން ދެފަރާތަށް ބޯހީރުވާލި ގަޑީ އަހަރެން އެހީމެވެ. “ޝާދާބް” އެޒުވާނާ އަހަންނާ ދިމާއަށް ބަލާލަމުން ނަން ބުންޏެވެ. “އައިނާގެ ނަން އެނގުނީ ކިހިނެއް؟” ދެންވެސް އަހަރެން ސުވާލެއް ކޮށްލީމެވެ. އެސުވާލަށް ޖަވާބު ދިނުމަކީ މުހިއްމު ކަމަކަށް ޝާދާބް ނުދެކުނެވެ. ލައިގެން އިން ޖިންސްގެ ދެޖީބަށް އަތް ޖަހައިގެން ހުރެ ހިނގަންފެށިއެވެ. “ފޮލޯ މީ!” އަހަރެން ހުއްޓިގެން ހުރުމުން ޝާދާބް ބުންޏެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދުނެއް ކަމަކު އަހަރެން ޝާދާބް ފަހަތުން ހިނގައިގަތީމެވެ.
ވަކި ހިސާބަކަށް ދިޔަ ތަނުން އަހަރެންގެ ނޭފަތުގައި ވަހެއް ޖެހުނެވެ. ހީވީ މީރު ކާއެއްޗެއްގެ ވަސް ހެންނެވެ. އަމިއްލަ އިޚްތިޔާރަކާ ނުލައި އަހަންނަށް އެވަސް އަންނަ ދިމާއަށް ދުއްވައި ގަނެވުނެވެ. “އައިނާ ނޯ” ފަހަތުން އަހަންނަށް ޝާދާބްގެ އަޑު އިވުނެވެ. އެހެނަސް އެއަޑަށް ސަމާލުކަން ނުދީ އަހަންނަށް އެވަސް އަންނަ ދިމާއަށް ދެވުނެވެ.
ރަނގަޅަށް ވާނުވާ އެނގުނުއިރު އަހަރެންގެ އަތު ތެރޭގައި އޮތީ ދިހަވަރަކަށް އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ކަޅި ހުއްޓިފައި ހުރި އިރު މުޅި ކުއްޖާވަނީ ހުދުވެފައެވެ. އެކުއްޖާގެ ކަނދުރާގައި ނިޝާނެއް ހުއްޓެވެ. އެނިޝާން ކައިރީގައި ލޭެގެ އަސަރު ހުއްޓެވެ. ވާނުވާ އަހަންނަށް ރޭކާލީ ދެނެވެ. އަހަރެންގެ އަނގަ ކައިރީގައި ހުރި ލޭތަށްވެސް ފެނުނީ ދެނެވެ. އަތުގަޔާ ގައިގަވެސް ލޭ އުނގުޅިފައި ހުއްޓެވެ. އަހަންނަށް އެކުއްޖާގެ ހަށިގަނޑުން އަތް ދޫކޮށްލެވުނެވެ. ބޮލަށް ބަރުވާން ފެށުމާއެކު އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެެވެ. “ރިލެކްސް އައިނާ. އިޓްސް އޯކޭ.” އަހަރެންގެ އަތް އިސްތަށިގަނޑުން ނަށްޓާލަމުން މަޑު މައިތިރި ކަމާއެކު ޝާދާބް ބުންނެވެ. އަހަރެންވެސް ބަސްއަހާ ކުޑަކުއްްޖެއް ފަދައިން ހަމަޖެހެން މަސައްކަތް ކުރީމެވެ.
ޝާދަބް އަހަރެން ގޮވައިގެން ގޮސް މަޑުކުރީ ބޮޑު ގެއެއްގެ ކުރިމަތީގައެވެ. ވަރަށް އާސާރީކޮށް ހަދާފައިވާ އެގެ ޖަހަނީ ވަރަށް ބިރުވެރި ވައްތަރެކެވެ. އަހަރެން އަތު ހިފައިގެން ގޮސް ޝާދާބް އެގެއަށް ވަނެވެ.
ސިޓިން ރޫމެއް ކަހަލަ ބޮޑު ތަނެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހަ މީހުން ތިއްބެވެ. ތިން އަންހެނުންނާއި ތިން ފިރިހެނުންނެވެ. އެއިން ކޮންމެ މީހަކީވެސް ރީތި ކަމުގެ މީސާލެކެވެ. ޝާދާބްގެ ލޮލެކޭ އެއްފަދައިން އެހެން އެންމެންގެ ލޯވެސް ހުރީ ފެހިނޫ ކުލަައެއްގައެވެ. އަހަރެން ފެނުމާއެކު އެމީހުން އަހަންނަށް ބެލި ގޮތުން ހީވަނީ ކުރީންސުރެވެސަ އަހަރެން ދަންނަ ހެންނެވެ.
“ޔޫމާ. އައިނާ ގޮވައިގެން މައްޗަށް ދޭބަ” އެތަނުން އެންމެ ހަގު ވައްތަރު ޖަހާ އަންހެން ކުއްޖާ ގާތު ޝާދާބް ބުންޏެވެ. އެއާއެކު ކުޑަކޮށް ދުވެލާފައި އެކުއްޖާ އައިސް އަހަރެން ގޮވައިގެން ގޭގެ މައްޗަށް އެރިއެވެ.
ލާނެ ހެދުމަކާ ޖިންސެއް ދީފައި އެކުއްޖާ އެދުނީ އަހަރެންގާތު ފެންވަރާލުމަށެވެ.
ފެން ވަރައިގެން ނުކުމެ އެއްޗިހި ލައިގެން އަހަރެން ގޮސް ކޮޓަރީގައި އިން ލޯގަނޑު ކުރިމަތީ ހުއްޓުނީމެވެ. އަމިއްލަ ސޫރައަށް ބަލާލުމާއެކު އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަހަރެންގެ މުށިކުލައިގެ ކަޅީގެ ބަދަލުގައި ފެންނަމުން ދިޔައީ ލޭރަތް ކުލައިގެ ދެކަޅިއެވެ. އަހަންނަށް މޫނުގައި އަތް އާޅައިފައި ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ.
“ރިލެެކްސް. ކާމް ޑައުން. އިޓްސް އޯކޭ. ނޯ ނީޑް ޓު ބީ ސްކެއާޑް” ޔޫމާ އައިސް އަހަރެން ހަމައަކަށް އެޅުވޭތޯ ބެލިއެވެ. “އަހަންނަށް ކިހިނެއްވެފަ މިހިރީ؟ އަހަރެން..ނޫން ނޫން” ހިތަށް ވެރިވި ޚިޔާލާއެކީ ބިރުން ފިއްކަނޑައިގެން ދާވަރުވިއެވެ.
“ޔޭސް ޑިއާ ޔޫ އަރ އަ ވެމްޕަޔަރ.” އަހަރެން ބޭނުންވީ ބިން ފަޅައިފައި އަޑިއަށް ދާށެވެ. “ހުސް ދޮގު ތި ހަދަނީ” ޔޫމާއާ ދިމާއަށް އަހަރެން ދެލޯ އަޅާލީމެވެ. އަހަރެންގެ ހިތުގެ ވިންދު ނުޖާހާކަން އަހަންނަށް އިހްސާސްވީ ދެނެވެ. ކުއްލިއަކަށް އަހަރެންގެ އާއިލާއާ ރަހްމަތްތެރިން މަތިން ހަނދާންވިއެވެ. “ލޫކް”

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބީގެ ނަޒަރުން…..4

Next

ބުނާށެ ލޯބި ނުވަނީހޭ……9

Next
March 2, 2019

ބުނާށެ ލޯބި ނުވަނީހޭ……9

Previews
March 2, 2019

ލޯބީގެ ނަޒަރުން…..4

16 Comments!

  1. Lotus says:
    March 2, 2019 at 7:27 pm

    A new story frm u dhw.. and it’s a vampire story.. V fakka.. hope this will b a great story too.. waiting for the nxt parts

    1. Kiyara says:
      March 2, 2019 at 10:15 pm

      Yeah. Thanks lotus

  2. Twinkle? says:
    March 2, 2019 at 8:35 pm

    Wow… kiyaa ge new stry eh dhw… n lotus bunihn vampire stry eh… I like it… 1st part vs vvvvvvv rythi masha allah… vvvv kiyaa hiyyvaa kahala gothakh thi feshy vs… curiously waiting for the nxt part

    1. Kiyara says:
      March 2, 2019 at 10:16 pm

      Yesh dear its a vamp story. Thanks

  3. jiji says:
    March 2, 2019 at 8:36 pm

    Wowww kiyaa?????❤❤??????..masha allah..this prt look amazing..masha allah..kon irakun mi stry ge nxt prt n bunaashe lwbi nuvanyhey up kohladheyny???????????❤??..vrh vampire stry kiyaa hiyyvey..Dhn
    Kaakubaa luk aky?????????..curiously waiting for the next..oxox

    1. Kiyara says:
      March 2, 2019 at 10:17 pm

      Thanks jiji. Mihaaru ihnnany bunashe loabi nuvanyhey up kohdhyfa

  4. Thaureefu for kiyaaraa says:
    March 2, 2019 at 8:39 pm

    Ey kiyaa ah 2 story liyeveyne mibunee mi story aa bunaashe loabi nuvanee aa liyeveynehey liyevengnaa thiyavaru writer eh mi esfiya aku neih

    1. Kiyara says:
      March 2, 2019 at 10:18 pm

      Thanks. Kiyara mi ummedhu kurany ISA dhe story ves liyeveyne kamah. Ehenmamaves baeh faharu dhimaa vaa kamehge sababun vaahaka las vumakyves ekashygen va kameh

  5. SCARLET❤ says:
    March 2, 2019 at 9:27 pm

    Hey kiyaara ge nw stry dhw…. feshun v salhi… luv it❤❤❤❤

    1. Kiyara says:
      March 2, 2019 at 10:19 pm

      Thanks scarlet ❤️

  6. Hasanu says:
    March 2, 2019 at 9:56 pm

    Dhivehi twilight dho

    1. Kiyara says:
      March 2, 2019 at 10:20 pm

      Haha vedhaane dhw dhivehi twilight ah

  7. Kiyara says:
    March 2, 2019 at 10:23 pm

    Salam alaikum. Miee alhugandu ge 8vana vaahaka. Kiyuntheringe faraathun mi vaahaka ah ves bodu tharuhybeh libigen dhaane kamah alhugandu ummedhu kura. ISA mi vaahaka up kureveyny hafthaa aku dhe dhuvahu. Eii Sunday and Thursday thakuga.

  8. Lovely flower 7 says:
    March 3, 2019 at 9:49 am

    Nive kiyaaa

    1. Kiyara says:
      March 3, 2019 at 12:33 pm

      Thanks lovely flower7

  9. Laalu says:
    March 5, 2019 at 9:49 am

    New story eh dhw kiyaa…. v nice mi story vx …. Feshun v interesting…kuriyah reethikoh gendhevihjehyaa v perfect vaane…. ISA kiyaage mi story vx kiyey thw v try kuraanan…. ????? luv ya kyp up the gud work… ❤️❤️❤️❤️

Comments are closed.

Next Episodeއަބަދަށްޓަކައި 2←


All Right Reserved!