Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ….10

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 5, 2019 5 Mins Read
34 Comments

“ސަރޫ. މިރަށުގަ ނެތްތަ ކުއްޖެއް. މަ ބޭނުމީ މިރަށު މަންޖެއަކާ އިނދެގެން މި ރަށުގަ އުޅެން” ހަމްޒާ މަޖަލަކަށް ހަދާފައި ބުންޏެވެ. އެއާއެކީ ހުރިހާ އެންމެން ހޭންފެށިއެވެ. ރައިހާނާ ފިޔަވައެވެ. އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ރައިހާނާ ދެފަރާތަށް ބޯހޫރާލިއެވެ.
*****
ްައަންޖަލްއާ ރައިހާނާ ރޭގަނޑު ހިތްހަމަ ޖައްސާލުމަށްޓަކައި ޓެރަހަށް ނިކުތެވެ. ނިދާ ހެދުން މަތިން ޖެކެޓަކާ ބުރުގައި އަޅައިގެން ދެކުދިން ގޮސް ޓެރަހުގައި އިށީންދެގެން ތިއްބެވެ. ހަނދުވަރުގެ އަލިން މުޅި ސަރަހައްދު ވަނީ ދިއްލާލާފައެވެ. ހަނދު ވަށައިގެން ތަރިތައް ފިޔަޖަހަމުން ދިޔައެވެ. ޖެހެމުން ދިޔަ ވައިރޯޅިން ގަސްތައް ހެލެމުން ދިޔައެވެ. ޖައްވަށް ފެތުރިފައި ހުރި ފިނިން ރައިހާނާއާ އަންޖަލް ހީކަރުވަމުން ދިޔައެވެ. “ރައީ. އައި ލަވް ދިސް. މި ގަޑީ ހޫނު ކޮފީއެއް ބޯން ވަރަށް ސަޅިވާނެ” އަންޖަލް ކޮފީއޭ ބުނާއިރަށް ރައިހާނާ ދުއްވައިގަތީ ސަރްވާ ލައްވާ ދެތަށީ ހޫނު ކޮފީ ގިރާށެވެ.
ގަދަ ނިދީގައި ޝިމާން އޮތްއިރު ހަމްޒާއަށް އޮތީ ނުނިދިފައެވެ. މާޒީގެ އެކި ޚިޔާލުތަކުން އޭނާގެ ނިދިވަނީ މަހްރޫމްވެފައެވެ. އެކުވެރިޔާއަށްޓަކައި އުފާކުރާ ހާލުވެސް އޭނާގެ ހިތުގެ އެއްފަޅި ދިޔައީ ރޮމުންނެވެ. ކައިވެންނެއްކޮށް ޒަވާޖީ ހަޔާތެއް ފަށަން ހަމްޒާވެސް ނުހަނު ބޭނުމެވެ. އެހެނަސް މާޒީގައި ކަން ހިނގާފައި އޮތް ގޮތުން އެއްވެސް އަންހެނަކަށް އިތުބާރު ކުރުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ނުނިދިގެން އުޅެން ހެދުމުން ގަޔަށް ޓީޝާޓެއް މާހައިލައިގެން ހަމްޒާ ނުކުތީ ޓެރަހަށެވެ. އޭރު ޓެރަހުގެ އެއް ފަރާތުގައި އިށީންދެލައިގެން އަންޖަލް އިނެވެ. އަންޖަލް ހިނިތުންވެލައިގެން އިން އިރު އެމޫނު ނުހަނު ސާދާއެވެ. ހަނދުގެ އަލި އެމޫނަށް އެޅިފައި ހުރުމުން އަންޖަލް ފެންނަމުން ދިޔައީ ނުހަނު ލޯބިކޮށެވެ. މަޑު މަޑުން ހިނގާލާފައި ހަމްޒާ ގޮސް އަންޖަލް ގާތު އިށީނެވެ. “އޯކޭތަ މިތާ އިނަސް؟” އޭނާއާ ނުހަނު ގާތުން އިވުނު ހަމްޒާގެ އަޑާއެކު އަންޖަލްގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. “ޔާ” ލަދުރަކި ހިނުތުންވުމެއް ހަމްޒާއަށް ހަދިޔާ ކުރަމުން އަންޖަލް ބުންޏެވެ.
ސަރްވާ ކޮފީ ގިރައި ނިމެންދެކަށް ސިޓިން ރޫމް ސޯފާގައި އޮށޯވެލައިގެން ރައިހާނާ އޮތެވެ. އެހެން އޮއްވާ އޭނާގެ ފޯނަށް ފޯނެއް އަންނަން ފެށުމުން ޗޮކެއް ކަނޑާލެވުނެވެ. “މި އޮށް ފަދަ ގަޑީ ކާކުތަ ގުޅަނީ؟” ކަންނެއް ގޮތަކަށް ސޯފާގެ އަތްގަނޑުމަތީ އޮތް ފޯނު ރައިހާނާ ނެގިއެވެ. ޒިވާންގެ ނަން އަރާފައި އިންތަން ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. ވަގުތުން ދެކޮޅު ބަލާލެވުނީ މީހަކު ފެންނަން ހުރިތޯއެވެ. ދެޚިޔާލެއްގައި ހުރެފައި ފޯނު ކެނޑެއް އުޅެނިކޮށް ރައިހާނާ ފޯނު ނެގިއެވެ.
ރައިހާނާ ފޯނުނަގާނެކަމުގެ އެއްވެސް އުއްމީދެއް ނެތަސް ޒިވާން ރައިހާނާއަށް ގުޅިއެވެ. ދެތިން ފަހަރު ރިންގުވެފައި ފޯނު ކެނޑެން އުޅެނިކޮށް ރައިހާނާ ފޯނުނެގިއެވެ.
“ހަލޯ ރައި. ވަރަށް އަވަހަށް ނުކުމެވިދާނެތަ؟” އެންމެ ފުރަތަމަވެސް ޒިވާން ކޮށްލި ސުވާލުން ރައިހާނާގެ ދެބުމަ ގޮށް ޖެހުނެވެ. “ކޮންތާކަށް؟މާލެގައެއް ނޫން މިއުޅެނީ!” ނުރުހުންވެފައި ހުރެ ރައިހާނާ ޖަވާބުދިނެވެ. “އައި ނޯ ރަށުގަކަށް ތިއުޅެނީ. ރަށުގެއިން ނޭ ނިކުންނަންވީ ތިން މިނެޓް ތެރޭ ނުނިކުމެފިއްޔާ އެތެރެއަށް ވަންނާނަން” އެހެން ބުނެފައި ރައިހާނާއަށް އެންމެ ބަހެއް ބުނަން ވެސް ފުރުސަތު ނުދީ ޒިވާން ފޯނު ކަނޑާލިއެވެ. “ރައި ކޮފީތަށިތައް މިހިރީ ރެޑީގަަ” ސަރްވާ ގާތުން ރައިހާނާ އެދުނީ ކޮފީ ތަށިތައް މައްޗަށް ގެންގޮސް ދިނުމަށެވެ.
އަންޖަލްއާ ބެހޭ ގޮތުން ހަމްޒާ އެތަށް ސުވާލެއް ކުރަމުން ދިޔައެވެ. އެއިން ކޮންމެ ސުވާލަކަށް އަންޖަލް ފުރިހަމައަށް ޖަވާބު ދެމުން ދިޔައެވެ.
“ހަމްޒާ އެންޑް އަންކޮތަ މިތާ މި ތިބީ. އަން ދެކުދިންނަށް ކޮފީ” ދެލޯ ކުޑަކޮށް ހަނިކޮށް ލަމުން ސަރްވާ ބުނެލިއެވެ. ސަރްވާ ބުނި ގޮތުން އަންޖަލް ލަދުވެސް ގަތެވެ. ހަމްޒާއަށް ވެސްވީ އެވަރެވެ. ރަކިވީ ވަރުން ބޯ ކަހަން ފެށިއެވެ.
“ސަރޫ މޭކްސް ގުޑް ކޮފީ” ކޮފީތަަށިން ކޯވަރެއް ބޯލުމަށްފަހު ހަމްޒާ ބުންޏެވެ. “ޔެއާ. ރައި އަބަދުވެސް ކިޔާނެ ސަރޫދޮންތަ ހަދާ ކޮފީ ވަރަށް މީރުވާނެ. ފައިނަލީ އައި ގޮޓް ޓު ޓޭސްޓް ދިސް” އަންޖަލް އަދި ހަމްޒާއަށްވެސް އެކޮފީ ވަރަަށް މީރުވިއެވެ. ދެމީހުންނަށްވެސް ސަރްވާއަށް ތައުރީފު ކޮށްލެވުނެވެ.
ހަމްޒާއަށް މުހިއްމު ކޯލެއް އައުމުން ކޮފީތަށި ހިފައިގެން ރެއިލިން ކާރިއަަށް ދިޔައެވެ. ދެމިނެޓަށްވުރެ ކުރު އެކޯލް ނިންމާލާފައި އަންޖަލް އިންތަނަށް ދާން އެނބުރެނިކޮށް އޭނާގެ ލޮލުގައި ގޭގެ ގޯތި ތެރޭގައި ހުރި ރައިހާނާ އަޅާގަތެވެ. ރޭގަނޑުގެ އެއޮށްފަދަ ވަގުތު ރައިހާނާ އެތަނުގައި ކީއްކުރަނީ ބާއޭ ހަމްޒާގެ ހިތަށް އެރިއެވެ. ދެން ފެނުނީ އިސްކޮޅުން ދިގުން ފިރިހެން ކުއްޖެއް ރައިހާނާގެ އަތުގައި ހިފިތަނެވެ. އެހެނަސް އެއީ ކާކުކަން ސާފުވާ ގޮތެއް ނުވިއެވެ. “އަންޖަލް އާދެބަ ވަރަށް އަވަހަށް” ވައި އަޑުން ހަމްޒާ އަންޖަލް އަށް ގޮވިއެވެ.
އަންޖަލް އައުމާއެކު ހަމްޒާ އަންޖަލްއަށް ރައިހާނާ ދެއްކިއެވެ. “އޯ މައި ގޯޑް ދެޓް އިޒް ޒިވާން” ކިތަންމެ ދުރުން ފެނުނަސް އެއީ ޒިވާންކަން އަންޖަލްއަށް އެނގުނެވެ. ދެލޯ ބޮޑުކޮށް އަންޖަލްއަށް އަނގަމަތީ އަތް އަޅާލެވުނެވެ.
*****
“ރައި ޕްލީޒް. ގިވް މީ ވަން މޯ ޗާންސް” ޒިވާން ރައިހާނާގެ އަތުގައި ހިފައި އާދޭސްކުރިއެވެ. އެއަޑުގައި ވީ ރިހުން ރައިހާނާއަށް ފާހަގަވިއެވެ. އެހެނަސް ޒިވާންއަށް މާފު ދިނުމަކީ ރައިހާނާއަށް ފަސޭހަކަމެއް ނޫނެވެ.
“ލެޓް ގޯ އޮފް މައި ހޭންޑް. އަހަރެންގެ އަތުގަ ހިފުމުގެ އެއްވެސް ހައްގެއް ޒިވާންއަކަށް ނޯންނާނެ” ހަމްދަރުދީގެ މައްޗަށް ރުޅިވެރިކަން ރައިހާނާ އިސްކުރިއެވެ. ޒިވާންގެ އަތުން އޭނާގެ އަތް ދަަަމާާގަަަތްް އިރު އެހިތް ދިޔައީ ރޮމުންނެވެ. ރައިހާނާއަށް ސިހުން ގެނުވީ ޒިވާން ދެން ކުރި ކަމަކުންނެވެ. އޭނާގެ އޮނަގަނޑުގައި ހިފައި ޒިވާންއާ ގާތަށް ދަމާލުމަށްފަހު އެތުންފަތުގައި ބޮސްދޭން ފެށިއެވެ. ރަށްޓެހިވެގެން އުޅުނުއިރުވެސް ޒިވާން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރެއެވެ. ލިބުނު ޝޮކުގައި ރައިހާނާއަށް ހުރެވުނީއެވެ. ވަނީ ކީއްކަން ރޭކާލުމާއެކު ޒިވާންގެ ކިބައިން ސަލާމަތް ވުމަށް ރައިހާނާއަށް ތެޅިގަނެވުނެވެ.
އެ މަންޒަރު ނުހަނު ރީއްޗަށް ހަމްޒާއަށާ އަންޖަލްއަށް ފެނުނެވެ. ރައިހާނާ ޒިވާންގެ އަތުތެރެއިން ސަލާމަތްވާން އުޅޭ މަންޒަރު ފެނުމާއެކު ހަމްޒާ އޭނާ އަތުގައި އިން ހޫނު ކޮފީ ތަށި ޒިވާންއާ ދިމާއަށް ވަރާލިއެވެ.
އިސްތަށިގަނޑުގައި ހޫނު ދިޔާ އެއްޗެއް ޖެހުމުން ޒިވާންއަށް ރައިހާނާ ދޫކޮށްލެވެނެވެ. އަދި މަތި ބަލާލެވުނީ އެއީ ކޮންތާކުން އެޅުނު އެއްޗެއްތޯ ބެލުމަށެވެ.
ޒިވާން މައްޗަށް ބަލާލުނުން ހަމްޒާ އަންޖަލްގެ އަތުގައި ހިފައި ދަމާގަތެވެ. އަންޖަލް ގޮސް ޖެހުނީ ހަމްޒާގެ ތަނަވަސް މޭމަތީގައެވެ. ކޮފީ ތަށީގައި ނުބޮއެ ހުރި ކޮފީފޮދު އޭނާގެ އަތަށް އެޅުމާއެކު އަތަށް ހޫނުވިއެވެ. “އޫޕްސް އަންޖަލް އައި އޭމް ސޮރީ” ހަމްޒާ އަންޖަލްގެ އަތަަށް ފުމެ ދިނެވެ. އަންޖަލްގެ މުޅި ގައިން ހީބިހި ނަގާ ދިޔައެވެ. އެސްފިޔަ ޖަހާލުމެއްވެސް ނެތި އޭނާއަށް ހަމްޒާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ.
****
ފެންކަޅިވެފައި ހުރެ ރައިހާނާއަށް ޒިވާންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒިވާން އެފަދަ އަމަލެއް ކޮށްފާނެ ކަމަށް ދުވަހެއްގެ ކޮޅުންވެސް ރައިހާނާ ހިއެއް ނުކުރެއެެވެ. “އައި ހޭޓް ޔޫ ޒިވާން” ހިތާމަ އަދި ރުޅި އެކުލެވޭ އަޑަކުން ޒިވާންއާ ދިމާއަށް އެހެން ބުނުމަށްފަހު ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.
ހަމްޒާއާ އަންޖަލް ދުރަށް ޖެހެވުނީ ބޭރުން ފިޔަވަޅުގެ އަޑު އިވެން ފެށުމުންނެވެ. ކޮފީތަށި ހިފައިގެން ޓެރަހުން ނުކުންނަން ދިޔަ އަންޖަލް ހުއްޓުނީ މައްޔިތެއް ފަދައިން ހިނގާފައި އައި ރައިހާނާ ފެނިފައެވެ. އެދެކުދިން ޓެރަހަށް އައިރު ރައިހާނާގެ މޫނު މަތީގައިވި އުޖާލާ ކަމެއް މިހާރަކު ނެތެވެ. ވީ ކީއްކަން ހަނދާންވުމާއެކު އަންޖަލްއަށް އޭނާގެ ދެއަތް މުއްކަވާލެވުނެވެ. ޓެރަހުގެ އެއްފަރާތެއްގައި ޖަހާފައި ހުރި މޭޒުގައި ކޮފީތަށި ބައިންދާފައި އަންޖަލް ރައިހާނާ ގޮވައިގެން ޓެރަހަށް ވަނެވެ.
ނުރޯން ކިތަންމެ ހިއްވަރުކޮށްގެން ހުއްޓެއްކަމަކު އަންޖަލްގެ އޯގާތެރިކަން ފެނި ރައިހާނާއަަށް ރޮވުނެވެ. އަންޖަލް ގައިގައި ބައްދައިގެން އޮވެ ރޮމުން ދިޔައިރު ގިސްވެސް ލެވެމުން ދިޔައެވެ. އަންޖަލްވެސް ރައިހާނާ ހުއްޓުވަން ނޫޅެ ރޯނެވަރަކަށް ރޯންބޭއްވިއެވެ.
ހަމްޒާވެސް ގޮސް ރައިހާނާމެން ގާތު އިށީނެވެ. އޭނާ އިންތިޒާރުކޮށްގެން ހުރީ ރައިހާނާ ރުއިން ހުއްޓާލާނެ އިރަކަށެވެ.
“ދޮންތީ! ހޫ ވޯޒް ދެޓް ސަން …..؟” ރުޅި އައިސް ރަތްވެފައި ހުރެ ޓެރަހަށްވަން ރީހާން އެހިއެވެ. ރައިހާނާ އޭރުވެސް އިނީ ޖަވާބުދެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. ރީހާނަށް އެމަންޒަރު ފެނުނުކަން އެނގުމުން ރައިހާނާގެ ހިތުގައި މާ ބޮޑަށް ޖެހި އިތުރަށް ރޮވުނީއެވެ.
“ރީއްކޮ ކާމް ޑައުން އެންޑް ކަމް ވިތް މީ” ރީހާން ގާތު ރުޅި މަޑު ކުރުމަަށް ބުނަމުން އޭނާ ގޮވައިގެން ހަމްޒާ ޓެރަހުން ނުކުތެވެ. ތުރުތުރު އަޅަމުން ދިޔަ ރީހާންގެ ދެއަތަށް ބަލާލުމުންވެސް އޭނާ ރުޅިއައިސްފައިވާ މިންވަރު އެނގެއެވެ. “ދޮންތިގެ ނުގަބޫލުގަ އެ މީހަކު” ރީހާން ބުނަން އުޅުނު ޖުމްލަ ހުއްޓުވީ ހަމްޒާއެވެ. ” އައި ނޯ ފެނުނޭ. ރީއްކޮގެ ދޮންތި އެހުރީ ވަރަށް ހާރޓްވެފަ މިގަޑީގަ. ތިހެން ރުޅި އައިސްގެން ގޮއްސަ ވާހަކަ ދެއްކީމަ އިތުރަށް ހާރޓްވާނީ. ލެޓް ހަރ ކްރައި. ވީ ވިލް ނޮޓް ސްޕެއަރ ޒިވާން” ރީހާންއަށް ވިސްނައިދޭ ފަދައަކުން އޭނާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ހަމްޒާ ބުންޏެވެ. ޒިވާންގެ ނަން އިވުމާއެކު ރީހާންގެ ދެބުމަ ގޮށް ޖެހުނެވެ. “ޒިވާންއޭ؟؟؟ ދޮންތިއަށް ދޯކާ ދީފަ އަނެއްކާ ފަހަތު އަޅުވައިގެން އެއުޅެނީ! އައި އެމް ގޮންނާ ކިލް ހިމް އައ ސްވެއަރ” އައި ރުޅީގައި ރީހާން ފާރަށް އެތިފަހަރެއް ވީއްލާލިއެވެ. ޒީވާން ހީކުރީ ހެއްޔެވެ. އޭނާގެ ދޮންތިއަކީ ޒިވާން ޖަހާހާ ބެރަކަށް ނަށާނެ މީހެއް ކަމަށް. ޒިވާން ބޭވަފާތެރިވުމުގެ ސަބަބުން ރައިހާނާ އުޅުނު ގޮތް އެންމެ ގާތުން ދެކުނު އެކަކީ ރީހާންއެވެ. ދޮންތި އޭނާއަށް އެއްވެސް ވާހަކައެއް ނުކިޔާދިނަސް އޭނާއަށް ހުރިހާ ކަމެއްވެސް އެނގެއެވެ. އޭނާ ހުއްޓާ އޭނާގެ ދޮންތިއާ ވައި އެޅޭކަށްވެސް ޒިވާންއަކަށް ދެނެއް ނުކެރޭނެއެވެ.
ރީހާން ހަމައަކަށް އަޅުވާފައި ޓެރަހަށް ވަންއިރު ރައިހާނާ އަމިއްލައަަށް އޭނާ ގައިގައި ތަޅަމުން ދިޔައެވެ. އަންޖަލް ރައިހާނާ ހުއްޓުވަން ކުރަމުން ދިޔަ މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ. “ސްޓޮޕް ދިސް ނަންސެންސް. ވައި ދަ ހެލް އާ ޔޫ އީވެން ކްރައިން ފޯ ހިމް؟ ޒިވާން ރައިހާނާދެކެ ލޯބި ވާނަމަ އެހެނެއް ނުހަދާނެ. އެހާ ސެލްފިޝްއެއް ނުވާނެ. އައި ޑޯންޓް ހޭވް އެނީ އައިޑިއާ އެބައުޓް ހައު ހީ ބްރޯކް ޔުއަރ ހާޓް. ބަޓް އައި ޑޫ ނޯ ހީ ހޭޒް ބްރޯކް ޔުއަރ ހާޓް. ރައިހާނާ ތިހެން ރޮއެފަ އަމިއްލަ ގައިގައި ތެޅުމުން ޒިވާންއަށް އެއްވެސް ގެއްލުމެއް ވޭތަ؟ ޒިވާންގެ ލޮލަށްތަ ތަދުވާނީ ނޫނު ރައިހާނާގެ ތަ؟ ޒިވާންގެ ކަރުނަތަ ހުސްވާނީ؟ ވެވޭ ލޯތްބެއްގެ ސަބަބުން އަމިއްލަ ނަފްސު ހަލާކު ނުކުރޭ. މާދަމާ ނޫނީ އޭގެ އަނެއް ދުވަހުން ނަމަވެސް ޒިވާންއަށް އާ ކުއީންއެއް ލިބިދާނެ. ބަޓް ޔުއަރ ޕޭރަންޓްސް ވޮންޓް ގެޓް އަނަދަރ ޕްރިންސަސް. ޔުއަރ ބްރަދަރ ވޮންޓް ގެޓް އަނަދާ ދޮންތި” ކިތަންމެ ރުޅި އައިސްގެން ވާހަކަ ފެށި ނަމަވެސް ނިންމާލިއިރު ހަމްޒާގެ އަޑުވެސް ވަނީ ކުރަކިވެފައެވެ. ބޭވަފާތެރި ކަމުގެ ހިތި ރަހަ އޭނާގެ ކަރުގައިވެސް ލިއެވެ. ލޯބިވާކަމަށް ބުނެ މީހަކު އޭނާއަށް އޮޅުވާލިއެވެ. ނުބައި މަގުން ދާން އުޅެނިކޮށް އޭނާއަށް މަގު ދައްކައިދިނީ މިރާޝްއާ ސުނައިނާގެ އިތުރަށް ޝިމާންއެވެ.
އޭނާ ފަދައިން ލޯބީގެ އަވައިގައި ޖެހި އެހެން ދިރިއުޅުމެއް ހަލާކުވާކަށް ހަމްޒާ ނޭދެއެވެ.
ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމާއެކު އޭނާއަށް އުޅެވުނު ގޮތް ރައިހާނާއަށް އެނގުނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެ މީހާ ހަމައަކަށް އެޅުނެވެ. ހަމްޒާ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑައާ ހަމައަށް ފޯރާފިއެވެ. ލޯބީގެ ނަމުގައި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޝުކުރުގެ ނަޒަރަކުން ހަމްޒާއަށް ބަލާލުމަށްފަހު ރައިހާނާ ހިނިތުންވިއެވެ. ރައިހާނާ ހިނިތުންވި ތަން ފެނި އަންޖަލްއަށްވެސް ހީލެވުނެވެ.
“ތެންކިއު ސަރ” ފުރަތަމަ ފަހަރަށް ހެޔޮހިތުން ރައިހާނާ ހަމްޒާއަށް ޝުކުރު އާދާކުރިއެވެ. ހަމްޒާގެ މައްޗަށް ކިލަނބުވެފައިވާ އޭނާގެ ހިތް ސާފުވިއެވެ.
“ޔޫ ޑޯންޓް ހޭވް ޓު ތޭންކް މީ. އެންޑް ޔޫ ޑޯންޓް ހޭވް ޓު ކޯލް މީ ސަރ. އަންޖަލް ގާތުގަވެސް ބުނިން ހަމްޒާ ކިއަސް އޯކޭއޭ. ދެން މިހާރު އެއޮށް ބާރަ ޖަހަނީ ދޭ ނިދަން” އަންޖަލްއާ ރައިހާނާ އެތެރެއަށް ވަންކަން ޔަގީންކޮށްފައި ހަމްޒާވެސް ނިދަން ވަނެވެ.
“އައި ތިންކް ހީ އިޒް އަ ނައިސް ގާއީ” ނިދަން އޮށޯވެފައި ރައިހާނާ ބުންޏެވެ. “ހޫ؟” އަންޖަލްއަށް ރައިހާނާ ބުނީ ހަމްޒާގެ ވާހަކަކަން އެނގިހުރެވެސް ނޭންގޭ ކަމަށް ހެދުނެވެ. “ތިކުއްޖާގެ ހިތުގެ ރަސްގެފާނުގެ ވާހަކަ މި ބުނީ” “ހީ އިޒް އަ ނައިސް ގާއީ. އެހެންވެ ދޯޯ ފޯލްވީވެސް” އަންޖަލް ހުވަފެނީ ގޮތަކަށް ހީލިއެވެ. ހަމްޒާގެ ތަނަވަސް މޭމަތީގައި އޭނާ ގޮސް ޖެހުނުގޮތް ލޯ ކުރިމަތިން ސިފަވާން ފެށުމުން ލަދުން އިސްޖަހާލެވުނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބީގެ ނަޒަރުން……5

Next

އަބަދަށްޓަކައި 2

Next
March 5, 2019

އަބަދަށްޓަކައި 2

Previews
March 5, 2019

ލޯބީގެ ނަޒަރުން……5

34 Comments!

  1. Aish says:
    March 5, 2019 at 6:52 pm

    Alhey kiyaa haadha rangalhey…buna dhuvahah vureves kurin story up koh dhinyma v happy vehje…❤

    1. Kiyara says:
      March 5, 2019 at 9:03 pm

      Thank you aish.

  2. jiji says:
    March 5, 2019 at 7:02 pm

    Kiyaafa comment eh kohlaanan??????..u have uploaded buni dhuvahah vure kurin..thanks anyways????????????

    1. Kiyara says:
      March 5, 2019 at 9:03 pm

      Ure welcome dear

  3. Ehkala kaleyge says:
    March 5, 2019 at 7:24 pm

    Wow..kiyaa vareh nh igey..Darla bunaa day ah vuren avahah up kohdheveyne????????????keep it up…hope next part also awesome like this.. perfect masha allah.. waiting for the next part????????????????????️???✌️☝️??????

    1. Kiyara says:
      March 5, 2019 at 9:04 pm

      Thank you ehkala kaleyge

  4. Sidu says:
    March 5, 2019 at 7:32 pm

    Aish thi bunee rangalu vaahaka ye.kiyaa mi varah reethi vaahaka ye.kiyaa hithun up vey tho bala bala mi huree.keep it up up up kiyaaaa

    1. Kiyara says:
      March 5, 2019 at 9:04 pm

      Thank you sidu

  5. Dhon manje reeaaalll says:
    March 5, 2019 at 7:45 pm

    Alheys kiyaa thiulheny anjal r hamxa gulhuvan thr.. alhey ehen nuhadhaathi eirun mi vaahaka nuvx kiyaanan igey..??..myga main characters aky kobaa thr.. hope next vx mivaru reethi vaane kamah..kn irakun next part..

    1. Kiyara says:
      March 5, 2019 at 9:06 pm

      Thanks dhon manje reeaaalll. Hingaa dhw balamaa vaagoii. Raihana

  6. Hamzaa says:
    March 5, 2019 at 8:22 pm

    wow… Vaahaka v reethi… waiting 4 the nxt prt..

    1. Kiyara says:
      March 5, 2019 at 9:06 pm

      Thanks hamzaa.

    2. ?? says:
      March 5, 2019 at 10:01 pm

      ????..igeythy kaaku kan

  7. Kitty says:
    March 5, 2019 at 8:31 pm

    I also agree with Aish..varah reethi mi part vx … will be waiting for the next part,????????

    1. Kiyara says:
      March 5, 2019 at 9:06 pm

      Thanks kitty

  8. jiji says:
    March 5, 2019 at 9:00 pm

    Masha allah??❤❤????????..it’s really amazing..vrh vrh habbu nge..?????????????..alhe hamza n raihaanaa kanneyge ehme fahun gulheyny..wat a beautiful stry..one of my fav author??❤❤????✊✊????..ly

    1. Kiyara says:
      March 5, 2019 at 9:07 pm

      Thanks jiji. Hingaa dhw balama vaa gotheh

  9. Kiyara says:
    March 5, 2019 at 9:11 pm

    Salam alaikum. Buni dhuvahah vureh kurin liyevunyma hithah ery up kohdheynamey. Assu kiyara varah ufaavey thihaa supporive readers thibeythyve. Luv ya guys soo much. Vaahaka avaha liyan motivate vanyves readers alhugandah dhey support ge sababun. Abadhuves thi gothugai hurihaa readers ves alhugandah support dhevvane kamah ummedhu kuran.
    Next part thursday or friday ga ISA

  10. juma says:
    March 5, 2019 at 9:28 pm

    nice story

    1. Kiyara says:
      March 5, 2019 at 9:44 pm

      thanks juma

  11. Hamxa ge cousin kohki says:
    March 5, 2019 at 10:03 pm

    Hamxa n raihana thr main characters aky???vvvv nice .. waiting for the next part
    .???????

    1. Kiyara says:
      March 6, 2019 at 3:43 pm

      Yeah ehen kamah balaa next part tmrw or friday ga ISA

    2. Hamzaa says:
      March 9, 2019 at 7:47 pm

      heyy cousin… Assluvec v reethi dhw mi stry… class ga vec abadhu mi stry reethi vaahaka kiyany hurihaa kudhinn…

  12. AZKA says:
    March 5, 2019 at 11:52 pm

    pls thursday ga up kohdheh chey….i`’m dying to read this so badly

    1. Kiyara says:
      March 6, 2019 at 3:45 pm

      ISA thursday ga up kureveytho mi try kurany

  13. Laalu says:
    March 6, 2019 at 8:07 am

    Alhey v loabi mi story… Luv y m m m kyp up the gud work kiyaa n thursday noony friday ga up kohdhehchey…. Hamzaa ge role hama habeys ingey kiyaa…. N raihaanaa too… Luv u kiyaa ur my favourite Author… ❤️❤️❤️❤️❤️❤️❤️?????????????? Curiously waiting 4 the next part…….

    1. Kiyara says:
      March 6, 2019 at 3:46 pm

      Thank u laalu?

  14. Eiiverr says:
    March 6, 2019 at 10:06 am

    Vaarh habeys vhk ehhh

    1. Kiyara says:
      March 6, 2019 at 3:46 pm

      Thank u eiiverr

  15. LarLa says:
    March 6, 2019 at 3:38 pm

    Whn Next Part???

    1. Kiyara says:
      March 6, 2019 at 3:47 pm

      Tmrw or friday

  16. Aish says:
    March 7, 2019 at 7:08 am

    I guess friday ga dhw kiyaa

  17. robotumey says:
    March 9, 2019 at 7:37 pm

    v..nice

  18. rifgajinaa says:
    March 9, 2019 at 7:46 pm

    very beautiful this story..very interest

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ…11←


All Right Reserved!