Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 29

Ushaali Level 810 Stories100 Comments100 Stories500 Comments
March 3, 2019 8 Mins Read
20 Comments

28 ވަނަބައިގެ ތެރެއިން….

ކުލްޝޫމް އެދުނުގޮތަށް ޔަޒްދާންގެ މަރާއިބެހޭ ހުރިހާ ވާހަކައެއް އޭނާ ކުލްޝޫމަށް ކިޔާދިނެވެ. ކުލްޝޫމް ބާރު ހިނގުމުގައި ސިޑިން ފައިބައިގެން ބަދިގެއަށް ވަންނަން ދިޔައިރު ބޭރު ބަގީޗާ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލީގައި މާއިރާ ހެވިފައި ފޯނަށް ބަލަހައްޓައިގެން އިންދާ ފެނުނެވެ. އޭނާ ދިޔައީ މާއިރާއާއި ދިމާލަށެވެ. ފަހަތުން ޔަނާލް ދުވަމުން އައީ ކުލްޝޫމް ހުއްޓުވާށެވެ. ކާމިޔާބީގެ އެހާ ކައިރިއަށް އާދެވިފައި ވަނިކޮށް ހެދޭ އެންމެ ކުށެއްގެ ސަބަބުން ހުރިހާ ރޭވުމެއް ފެނަށްދާކަށް އޭނާ ބޭނުމެއްނުވެއެވެ.

“މާއިރާ!!!!” ކުލްޝޫމް އަޑަށް ބާރުލާފައި މާއިރާއަށް ގޮވާލިއެވެ. ސިހުނުވަރުން މާއިރާގެ އަތުން ފޯނު ދޫވިއެވެ. މާއިރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކުލްޝޫމް އަތްތިލައިގެ ހޫނު ހަމަލާ މާއިރާގެ ކަންފަތްފިލާ މައްޗަށް އަރައިގެން ދިޔައެވެ. ފަހަތުގައި ހުރި ޔަނާލަށް އަނގަމަތީގައި އަތް އެޅުނެވެ.

*******************************

“މަންމާ” އަޑު ހަރުކޮށް ޔަނާލަށް ގޮވާލެވުނެވެ. ޝޮކް ލިބިފައި ހުރި މާއިރާއަށް އިތުރަށް އެ ޝޮކްގެ ތެރެއަށް ގަންބާލީ ޔަނާލް ކުލްޝޫމަށް މަންމާއޭ ކިޔާފައި ގޮވާލުމުންނެވެ. އެ އަޑުން އޭނާ ސިހުނެވެ.

“ތަދުވިތަ؟ ސޮރީ ވަރަށް ބޮޑަށް. އަސްލު ނޭނގުނީ ވީނުވީއެއް. މާއިރާއަށް ވެސް އިނގޭނެ މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގޫއާއި ޗިކަންގުންޔާ ބާރު ސްޕީޑުގައި ފެތުރެމުން އަންނަ ދުވަސްކޮޅެއްކަން. އަހަރެން މިތަނަށް އައިރު މާއިރާގެ ކޮލުގައި ތިން މަދިރި. ދުވާލުގެ މިކަހަލަ ވަގުތެއްގައި މިތާ އިންނައިރު މާއިރާވެސް ޖެހޭނެ ދޯ އެވަރު ވިސްނަން” މާއިރާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ކުލްޝޫމް ވާހަކަދައްކަމުން ދިޔައެވެ. މާއިރާއަށް ހަމަލާއެއް ދެވުމުން އޭނާގެ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާން ވަނީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ.

“ކައިވެނީގެ ޔާރީޙް ހަމަޖެހުނީތަ؟” މާއިރާ ކޮށްލީ ކަމާއި ނުގުޅޭ ސުވާލެކެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީގައި ޔަނާލް ހުރިއިރު ދާދި ދެންމެއަކު ޔަނާލް ކުލްޝޫމަށް ގޮވީ މަންމާއޭ ކިޔާފައެވެ.

“ޔާނާ ބޭނުމީ އަދި ތަންކޮޅެއް ފަސްކޮށްލަން. އެކުދިންގެ ދިރިއުޅުމަށް މަށެއް ފާޑެއް ނުކިޔަން. އެހެންނޫނަސް އަހަރެން ޔާނާ ކައިރީގައި ބުނެފިން ކޮންމެހެން ދައްތަ ކިޔުމުގެ ބޭނުމެއްނެތޭ. މަންމަ ކިޔާށޭ… މުސްތަގުބަލުގަ މަގޭ ދަރިއެއްވިއްޔާ ޔާނާވެސް އެއީ” ކުލްޝޫމް ވާހަކަދެއްކިއެވެ.

“އެކަމަކު މަދިރިއެއް އިނަސް ހާދަ ބާރަކަށޭ ތިޖެހީ. ވަރަށް ތަދުވެސް ވެއްޖެ. އަހަރެން ހީކުރީ އަނެއްކާ……” މާއިރާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

“ކަމެއް ފަޅާއެރީކަމަށް ދޯ…. ހެހެހެ…. ފަޅާއަރާވަރުގެ ކަމެއް މާއިރާއަށް ކޮށްފަ ނެތިއްޔާ ކޮންކަމަކާއި ވިސްނަނީ….” ކުލްޝޫމް ބުނެލިއެވެ. މާއިރާ ހީލިއެވެ. އޭނާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ކުލްޝޫމް ކަންތައް ކުރި ގޮތުން ދުރުގައި ހުރި ޔަނާލް ހުރީ ހެވިފައެވެ.

*************************************

ރޭގަނޑު ދަންބައި ފަހަނައަޅާ ދިޔައިރު މާއިރާ ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުކޮޅަކާއި އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. ފޯނުން ނަންބަރަކަށް ގުޅާލައެވެ. ކަންބޮޑުވެފައި ސޯފާގައި އިށިންތަނާ ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ޒާކިން ވަނެވެ. ދެފަރާތަށް އެއްލެމުން ޒާކިން އަންނަތަން ފެނުމުން ހައިރާންކަމާއެކު މާއިރާއަށް ކޮޅަށް ތެދުވެވުނެވެ.

“ޒާކް….” އޭނާއާއި ދިމާލަށް ވެއްޓެން އައި ޒާކިންގެ ހަށިގަނޑުގައި މާއިރާއަށް ހިފުނީ ކިރިޔާއެވެ. އޭނާ ޒާކިންގެ އަތުލަފި ކޮށްލައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި ބޭއްވުމަށްފަހު ޒާކިން ލައިގެން އޮތް އަޅި ކުލައިގެ ގަމީހުގެ ގޮށްތައް ނައްޓާލިއެވެ. މޫނުމަތީގައި ފެންފޮދެއް ހާކާލުމުންވެސް ޒާކިންއަށް ހޭވެރިކަމެއް ނައެވެ.

“ރާ ބުއީތަ…….؟” މާއިރާއަށް އަހާލެވުނެވެ. ނަމަވެސް ޒާކިން އޮތީ ޖަވާބުދެވޭ ވަރަށް ވުރެ މާބޮޑުވަރު ވެފައެވެ. އެންމެފަހަށް އޭނާ ދިޔައީ އޮތް ގޮތަށް ޒާކިން ބާއްވާފައި ކޮޓަރި ލައިޓް އަލި ފަނޑުކޮށްލާފައެވެ. ވިސްނުމެއްގައި ހުރެ އޭނާ އަމިއްލަ ކޮޓަރިއާއި ދިމާލަށް ދަނިކޮށް ގާސިމްގެ ފޯންކޯލް އައެވެ. ވަގުތުން ވިސްނުމާއި ފިކުރުތައް ފިލާ ހިނިތުންވުމަކުން އޭނާގެ މޫނުމަތި އުޖާލާކޮށްލިއެވެ.

އާކިން ނިދުމާއެކު އިފްނާ ތެދުވިއެވެ. އޭނާ މިހުރިހާ އިރު އިންތިޒާރު ކުރީ އާކިން ނިދާނެ ވަގުތަކަށެވެ. ފޯނު ހިފައިގެން މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ނިކުތެވެ. ސިޓިންގްރޫމުގައި މީހަކު ނެތްކަން ޔަޤީންކުރުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ސިޓިންގްރޫމް ދޮރުހުޅުވާލިއެވެ. އިރުކޮޅަކުން އިސްކޮޅުން ދިގު ފިރިހެން ކުއްޖެއް އަތުގައި ހިފައިގެން ވަނެވެ. އޭނާ ގެސްޓްރޫމަށް ވަދެ ދޮރު ލެއްޕިއެވެ.

“އަހަރެން ހިއެއް ނުކުރަން އިފޫއާއި މިގޮތަށް ބައްދަލުވެދާނެ ކަމަކަށް”  އެނދުގައި އިށީނދެ އިފްނާ އުނގަށްލަމުން ހޫދު ބުނެލިއެވެ.

“ނޭނގެ ވީގޮތެއް. އެދުވަހު ރޫމަށް އަހަރެން ގެންގޮސްދިނީ އާކިން. ހިއެއް ނުކުރަން އަހަރެންވާނީ ހޫޑީގެ ކަސްޓަމަރަކަށް ކަން. އެދުވަހުގެ ފަހުން އައި ޑޯންޓް ނޯ….. ވަރަށް ކަމުދޭ ހޫޑީ…” އިފްނާ ވާހަކަދެއްކިއެވެ.

“އިފޫ އަހަންނަށް ޕްރޮމިސްވެބަލަ އެހެން މީހަކާއެކު ސްލީޕް ނުކުރާނެކަމަށް. އާކިންއާއި އެކުގަ ވިޔަސް. އަހަރެން އިފޫ ގެއްލޭކަށް ބޭނުމެއްނޫން. އިފޫގެ އަހަރެން އެދޭ ހުރިހާ ކަމެއް އެބަހުރި….” އިފްނާގެ ދަތޮދޮޅީގައި ހިފާ އުފުލާލަމުން ހޫދު ވާހަކަދެއްކިއެވެ.

“ޕްރޮމިސް….. ހޫޑޫ އިފޫއާއި މެރީކުރާނަންތަ…” އިފްނާ އަހާލިއެވެ.

“ކުރާނަން. އެކަމަކު އަދި ތިއީ މީހެއްގެ އަންބެއްނު. އިފޫ އުޅެބަލަ އާކިން ކައިރިން ސަލާމަތްވޭތޯ” ހޫދު ބުނެލިއެވެ. އިފްނާ ބޯޖަހާލިއެވެ.

******************************

ފާހާނާ ދޮންނަން އުޅުމުގެ ތެރޭގައި ވެއްޓި އުނގަނޑަށް ލިބުނު އަނިޔާއަކަށް ދިވެހި ބޭހެއް ކުރުމަށް އެކުވެރިޔަކާއެކު ކުލްޝޫމް އަތޮޅުތެރެއަށް ފުރިއެވެ. އޭނާ ދިޔައީ ފައިޒަންއާއި ޔަނާލް ބެލުމަށް ހަވާލުކޮށްފައެވެ. ފައިޒަން ވަޒީފާގައި އުޅޭ ވަގުތުތަކުގައި ޔާޒް ގޮވައިގެން ގިނަ ވަގުތު ޔަނާލް އުޅެނީ އެކަންޏެވެ. އެކަމުގެ ފައިދާ ނަގަން މާއިރާއާއި އޭނާގެ ދަރިން ވިސްނިއެވެ. ޔަނާލަށް ރޭކާވެސް ނުލައެވެ. އެމީހުންގެ ޖެއްސުން މަދުވުމުން ޔަނާލް ހުންނަނީ ހަމަޖެހިލާފައެވެ. އޭނާ ބަދިގެއަށް ވަންނަނީ ހަމައެކަނި ޔާޒްއަށް ބޭނުންވާ ކެއްކުން ތައްޔާރުކުރުމަށް އެކަންޏެވެ. ފައިޒަން ބޭރުން އަންނަނީ އޭނާއަށް ކާއެއްޗެހި ހިފައިގެންނެވެ. އެކަމާއި މާއިރާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. އޭނާ ބަދިގެއަށް ވަދެ ކައްކަން ޖެހޭތީއެވެ. ރަނގަޅަށް އެއްޗެއް ރޯފިލުވަން އޭނާއަށް ނޭނގޭތީއެވެ. އިފްނާގެ އެހީތެރިކަން ނުލިބޭތީއެވެ.

“ކަލޭ މިހާރު ބަދިގެއަށް ނުވަންނަނީ މަށަށް ޖެއްސުމަށްދޯ…” ބަދިގޭގައި ޔާޒްއަށް ކާންދޭން ބަރަބޯކޮޅެއް މަށަށް ހުރި ޔަނާލަށް ވަދެގެން ދިޔަ މާއިރާ އަޑުލައިގަތެވެ.

“މަ ކީތްކުރަންތަ ކަލެއަށް ޖެއްސުން ކުރަންވީ…؟ އެނޫނަސް އަހަރެން ކުރަން ވަރަށް މުހިންމު މަސައްކަތް އެބަހުރި…” ޔަނާލް ޖަވާބުދިނެވެ.

“އެހެންވެއެއްނު ކަލޭ ކައްކަން މަސައްކަތަށް ފައިޒަން ލައްވާ ބޭރުން ކާއެއްޗެހި ގެނެސްގެން ކަނީ…. ކަންނެތްވިޔަސް ބޮޑުވަރު….” މާއިރާ ހިތުން އޭނާ ޔަނާލް ލަދުގަންނަވާލީއެވެ.

“ހެހެހެ…. ވަޓް އަ ޖޯކް…. ބުނެބަލަ ތިމަންނައަށް ކައްކަން ނޭނގޭތީ މީރު އެއްޗެއް ކާހިނތުންނޭ މިއުޅެނީ…..” ޔަނާލް ހީލަމުން ބުނެލިއެވެ. ވަގުތުން މާއިރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“ބަނބުކެޔޮ ބަތް ވަރަށް މީރު ދޯ…. މިރެއަށް ކައްކަދީފާނަން. އެކަމަކު ކަލޭ ޖެހޭނެ މަބުނާ ކަމެއްކުރަން…..” ޔަނާލް ވާހަކަދެއްކިއެވެ.

“އައްޗީޑި… ކަލޭ ކެއްކީމަ ބަނބުކެޔޮ ބަތް ނުކެވިގެންތަ މަ މިއުޅެނީ….” މާއިރާ ދެރަވާން ބޭނުމެއް ނުވިއެވެ.

“އޯކޭ… ދަނީ… ފައިއާއި އެއްކޮށް ލަންޗަށް ދާން މިދަނީ…” ޔާޒްގެ ބަތްކޮޅު ހިފައިގެން ނިކުންނަމުން ޔަނާލް ބުނެލިއެވެ.

“އޭތް… މަ ކަލެއަށް ކީތްތަ….. ކީތްތަ ކޮށްދޭންވީ…” މާއިރާ ލަސްލަހުން އަހާލިއެވެ. ކޮންމެހެންވެސް އޭނާ ހުރީ ބަނބުކެޔޮ ބަތް ކާން ބޭނުންވެފައެވެ. ޔަނާލް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެންގެ ދެފައި ދަށަށް ވެއްޓިފަ އާދޭސްކުރަންވީ… އަވަސް…. އަވަސް….” މާއިރާއާއި ވީ ދިމާލަށް އެނބުރިލަމުން ޔަނާލް ބުނެލިއެވެ. ޔަނާލާއި ދިމާލަށް ފުންމައިގަތްއިރު މާއިރާ ހީވީ މިނިކާ ވަގެއްހެންނެވެ.

“މޮޔަވޭ ކަލޭ…. ހުންނަ ގޮތްކުޑަކަން ދޯ. ބަލަ މަށަކީ ކާކު ކަމަށްތަ ހީކުރީ… މަށަކީ ކިގޭ ވެރިމީހާ ހާރޫންގެ ހަލާލު އަނބިމީހާ….” ދުމެއް ޖަހާފައި މާއިރާ ބަދިގެއިން ނިކުމެގެން ދިޔުމުން ޔަނާލް ކައިރިއަށް ހިނިއައެވެ. އެވީ އޭނާ ބޭނުންވީ ގޮތަށެވެ. އޭނާ ބޭނުންވީ މާއިރާ ރުޅިއަރުވާލާށެވެ.

***********************************

ހުކުރު ދުވަހެވެ. ގަދަޔަށް ވައި ޖެހެމުން ދިޔައިރު ވާރޭ އޮށްސާލާނެ ވަކި ވަގުތެއް ނޭނގެއެވެ. މުޅި އުޑުމަތި ވަނީ ކަޅުކޮށްލާފައެވެ. ހަވީރު ވިއިރު ހީވަނީ ރޭގަނޑުވެފައި އޮތްހެންނެވެ. ފަޒާގައި ވަނީ ތެންފިނިކަމެއް ހިފާފައެވެ. ޔާޒްއާއި ޔަނާލާއި އެކުގައި ވަގުތު ހޭދަކުރަން ފައިޒަންގެ ހިތްއެދުނަސް އޭނާ މުހިންމު ބައްދަލުވުމަކަށް ދާންޖެހުނެވެ. އޭނާ ނުދާން ވަރަށް ބަހަނާ ދެއްކިއެވެ. ނުގޮސް ވާނެ އެއްވެސް ގޮތެއް ނެތެވެ. ކާރުގައި ފައިޒަން ނިކުތުމާއެކު ޔަނާލް ޔާޒް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ކުޅޭ އެއްޗެހިތައް ކޮޓަރި ތެރެއަށް އޮށްސާލުމަށްފަހު ޔާޒް ދޫކޮށްލިއެވެ. އޭނާ ފާހާނާއަށް ވަނީ މަޣްރިބަށް ގޮވުމުން ނަމާދުކުރުމަށް ވުޟޫކުރާށެވެ.

އޭނާ ނަމާދުކޮށް ނިމިގެން ސަލާން ދިން ވަގުތު މުޅި ގެއިން ކަރަންޓް ދިޔައެވެ. އިރުކޮޅެއްފަހުން ޔާޒް ރޯން ފެށިއެވެ. އަނދިރިވެފައި އޮތުމުން އެކުއްޖާ ބިރުގަތީ ކަންނޭނގެއެވެ. ޑްރެސިންގް ޓޭބަލްގެ ވަތްގަނޑު ހުޅުވާލުމަށްފަހު ނެގި އުއްބައްތި ރޯކޮށްލުމަށްފަހު ޔާޒް އަތްނުލެވޭ ހިސާބު ކަބަޑްމަތީގައި ބެހެއްޓިއެވެ. ޔަނާލް ހައިރާންވީ ކަރަންޓް ދިޔުމުން ކޮޓަރީގައި ހުންނަ އެމެޖެންސީ ލައިޓް ނުދިއްލުނީމައެވެ. ވަގުތުން އޭނާ ފައިޒަންއަށް ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުދިނެވެ. ޔާޒް އަތަށް އޭނާގެ ފޯނުން ބޭބީ ރައިމްސް އަޅުވާފައި ފޯނު ދީފައި ދެވަނަ އުއްބައްތި ހިފައިގެން އޭނާ ކޮޓަރިން ބޭރަށް ނިކުތެވެ. އެގޭތެރޭގައި އުޅޭ އެހެން މީހަކު އޭނާއަށް އެހީނުވާނެކަން އެނގުމުން ވީގޮތެއް ބަލަން ސްޓޯރ ރޫމާއި ދިމާލަށް ދިޔައީ އޭނާ އެކަންޏެވެ. ކުއްލިއަކަށް ވީގޮތެއް އޭނާއަށް ނޭނގުނެވެ. އޭނާގެ މެދުހަށިން ބައްދާލިގޮތަށް މީހަކު އޭނާ އުފުލާލިއެވެ. އަނގައިން އަޑެއް ނިކުތަ ނުދިނުމަށް އެމީހަކު ހުރީ އޭނާގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. އެންމެ ކައިރިން ޖެހުނު ކޮޓަރިއަށް ވަތްގޮތަށް އޭނާ ހޫރާލިއެވެ. މަޑު އެއްޗެއްގައި ޖެހުމުން އެއީ ގޮދަޑިއެއްކަން އޭނާއަށް އެނގުނެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން އަނދިރިގަނޑެއްހެން ހުރި މީހަކު ފެންނަހެން އޭނާއަށް ހީވިއެވެ. އަނދިރީގެ ތެރެއަށް ދޭލޯ ހޭނޭތޯ އޭނާ ދިޔައީ ދެލޯ ބޮޑުކޮށްގެން ދެފަރާތަށް ބަލަމުންނެވެ.

“ކާކު…..؟ އަހަރެންނަށް އިނގޭ މިކަހަލަ ގޮތްކުޑަ ކަންތައްތައް ކުރާނީ ކަލޭމެންކަން. މިއަދު ތިއިން އެއްވެސް މީހަކު ސަލާމަތެއްނުވާނެ. އަހަރެންގެ ވެރި ރައްބު އަހަރެން ސަލާމަތްކުރާނެ….. އަހަރެން…….” ޔަނާލަށް ދައްކަމުންދިޔަ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. އެމީހަކު އެނދުމައްޗަށް އަރާ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަނދިރީގެ ތެރެއިން އޭނާ އެމީހަކު އޭނާއާއި ކައިރިވީކަން ނޭނގުނީއެވެ. އެމީހާ ދުރުކޮށްލަން އޭނާއަށްވީ އުނދަގު ކަމަކަށެވެ. ވަރުގަދަ ބިޔަ މީހެކެވެ.

“މަން….މަންމާ…….” ހެއްދެވި ފާރަތާށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތަސް އެވަގުތުކޮޅު ބިރާއި ސިހުމުން އޭނާގެ ހަފަރާތުން ވަށާލިއެވެ. އޭނާއަށް ކުލްޝޫމަށް ގޮވެމުން ދިޔައީ އެހެންވެއެވެ. އިސާހިތަކު އޭނާގެ ކަޅު ހެދުމާއި މޫނުގައި އަޅާފައި އޮތް ފޮތިކޮޅު ހަށިގަނޑާއި ވަކިވިއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް އޭނާ ދިޔައީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ރޮމުން ގިސްލަމުންނެވެ. އަބަދުވެސް އޭނާއަކީ އެތެރެއިން ޓީޝާޓާއި ހަރުވާޅު ލައިގެން އުޅޭ މީހަކަށް ވާތީ ކޮޓަރި ތެރޭގައި އޭނާ ރޭޕްކުރަން އުޅުނު މިހާއަށް އެކަން ކާމިޔާބު ކުރަން ފަސޭހަނުވިއެވެ. އޭނާ އެމީހާގެ އަތުން ވީއްލިގަނެގެން އެނދުން ފުންމާލިއެވެ. އެނދުކައިރީގައި ހުރި ކުޑަ ގޮނޑިއެއްގައި އަޅައިގަނެފައި ޔަނާލް ވެއްޓި ކަބަޑުގެ އަރިމަތީ ކަނުގައި ނިތްކުރި ޖެހުނެވެ. އެވަގުތު އޭނާގެ ކަރު ތެރެއިން ނިކުތީ ވޭނީ އަޑެކެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އަނގަމަތީގައި އަމިއްލައަށް އަތް އެޅިއެވެ. އެތެރޭގައި ހުރި މީހާ އަނދިރީގެ ތެރެއިން ޔަނާލް ގެއްލުނެވެ. އޭނާ ހުއްޓިގެން ހުރީ ހިމޭންކަން ވެފައިވާ ކޮޓަރި ތެރެއިން ޔަނާލް ނޭވާލާ އަޑު ނަމަވެސް އިވޭތޯއެވެ. ނަމަވެސް އަލަމާރިއެއް ކަހަލަ އެއްޗެއް ފަހަތުގައި ޔަނާލް ހުރީ ދެއަތުން އަނގަމަތީގައި ބާރަށް އަތް އަޅައިގެންނެވެ. އޭނާއަށް މާނޭވާ ލެވެމުން ދިޔައިރު އެމީހާއަށް ކިރިޔާވެސް ފުރުސަތެއް ނުދޭން އޭނާ ހުރީ ވަރުގަދަ އަޒުމެއްގައެވެ. އޭނާއަށް އެ މުސީބާތުން ސަލާމަތްވުމަށް އެދޭ ހާލުގައެވެ. މިއަދު އޭނާއަކީ ޔަނާލްކަން ހުރިހާ މީހުންނަށް އިނގޭނެކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. އެކަމަށް މިހާރު އޭނާ އެހެރީ ތައްޔާރުވެގެންނެވެ. ކުއްލިއަކަށް ޔަނާލް ސިހުނީ އޭނާ ހުރި ދިމާލުން ފާރަށް ހުދު އައްޔެއް އެޅުމުންނެވެ. އޭނާ އުޑުފައިން ތިރީގައި އިށީނެވެ. އެ އަލިކޮޅު ތިރިއަށް ދަތުރުކުރަމުން އައިސް އޭނާގެ މޫނަށް ހުއްޓުމާއެކު އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ދެން އިވިގެން ދިޔައީ އެމީހާގެ ނުލަފާ ހުނުމުގެ އަޑެވެ. އެމީހާ ހުރީ ފޯނުގެ ލައިޓުން ޔަނާލް ހޯދުނީތީ ފޮނި ވެފައެވެ. އެމީހާ ޔަނާލާއި ދިމާލަށް ފިޔަވަޅެއް އަޅާލާއިރަށް ޔަނާލް އޭނައާއި ދުރަށް ފިޔަވަޅު އަޅައެވެ. އިޝާނަމާދުގެ އެންމެފުރަތަމަ ކަލިމައާއެކު އޭނާ ހެއްދެވި ފަރާތަށް އެކަލާނގެ އިސްމުފުޅު ނަންގަތެވެ. ކުއްލިއަކަށް މުޅިތަނަށް އަލިވެގެން ދިޔައެވެ. އޭރު ޔަނާލާއި އެމީހާއަށް ތިބެވުނީ އެކަކު އަނެކަކާއި ދިމާލަށެވެ. ކަޅު ކުލައިގެ މާސްކަކުން ދެލޯ ނޫނީ ހުރިހާތަނެއް ނިވާކޮށްފައި ހުރި މީހާގެ ނަޒަރު ހުރީ ޔަނާލަށް ހުއްޓިފައެވެ. އެއީ ކާކުކަން ޔަނާލަށް ނޭނގުނެވެ. އެމީހާގެ ފުރަގަހަށް ހުރި ކުޑަދޮރުން ވައިސޫރިއެއްހެން ދެމިގަތުމާއެކު ޔަނާލަށް ހަޅޭއްލަވާގަނެވުނެވެ. އޭނާ އަނބުރައިގަނެގެން ވެއްޓެން ދިޔަ ވަގުތު ވަދެގެން އައި ފައިޒަން އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. ޔަނާލް ތަތްވީ ފައިޒަންގެ މޭމަތީގައެވެ.

“ނަނާ!!!!” އޭނާ ޔަނާލަށް ގޮވާލިއެވެ. މާއިރާއާއި އޭނާގެ ދަރިން ސްޓޯރ ރޫމް ދޮރުމައްޗަށް އެރީ ހަމަ ކުއްލިއަކަށެވެ. ފައިޒަންގެ މޭގައި ބޮނޑިވެގެން ހުރެ ރޮމުން ދިޔަ ޔަނާލްގެ މޫނު އެމީހުންނަށް ނުފެނެއެވެ. އެއްފަރާތުން ޔަނާލްގެ އިސްތަށިގަނޑު ފެތުރިފައިވާއިރު އަނެއްފަރާތުން އެމޫނުގައި ފައިޒަންގެ އެއްއަތުން ވަނީ ނިވާކޮށްފައެވެ.

“ހުއްޓޭ އެންމެން. އެކަކުވެސް މިތަނަށް ނުވަންނާތީ” ޔަނާލް އެހާލުގައި ވަނިކޮށް ޔަނާލް އެމީހުންނަށް ފެންނަން ފައިޒަން ބޭނުމެއްނުވިއެވެ.

“ބަލަ މިތާ ތެރޭގައި ކޮންކަމެއްތަ ހިނގީ؟؟؟؟ މިހާރު އެނގިއްޖެ. ފިރިހެނަކު ވެއްދީ ދޯ…. އެހެންވެއެއްނު އެހާލުގައި ހުންނާނީ. އެ އޮތީ ލައިގެން ހުރި ހެދުންގަނޑު…. ޗީ… ޗީ….” މާއިރާ ވާހަކަދެއްކިއެވެ. ފައިޒަންގެ ރުޅިގަނޑު މައްޗަށް އަރައިގެން ދިޔައެވެ. ނަމަވެސް ޔަނާލަށްޓަކައި އޭނާ ކެތްކުރިއެވެ. މިވަގުތު ޔަނާލްގެ މޫނު އެމީހުންނަށް ސިއްރުކުރަން ފައިޒަން ބޭނުންވެއެވެ. ފައިޒަންގެ ބުރަކަށިން ވަށާލާފައިވާ ޔަނާލްގެ ދޮންދޮން ދެ އަތަށް އިފްނާއާއި މާއިރާ ބަލަމުން ދިޔައެވެ. އެމީހުންނަށް ދުރު ހަނދާނެއް އާވިކަހަލައެވެ.

“ކޯޗެއް ފޮރުވަނީ މިހާރު ތި…. އަހަރެމެންނަށް ހުރިހާ އެއްޗެއް ފެންނަން މިތިބީ…. ލަދެއްވެސް ނެތީތަ…….؟؟؟” މާއިރާ ހަޅޭއްލަވަމުން ދިޔައެވެ.

“ރައްކާވޭ މިތަނުން އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނީސް. ހަމަ ހުވާ މިބުނީ އެކަކުވެސް މިފަހަރު ދުލެއް ނުކުރާނަން…… ރައްކާވާށޭ…..” ފައިޒަންގެ ދެލޮލުގައިވާ ރުޅިވެރިކަން ފެނި މާއިރާ ވިއްދާ އެއްޗެއް ބުނަން ޖެހިލުންވިއެވެ. އޭނާ ދަރިންނާއެކު ދިޔައީ ފައިޒަންއަށް ވަރުގަދައަށް ދެލޯ އަޅާލާފައެވެ. ޔަނާލް ދުރުކޮށްލުމަށްފަހު ފައިޒަން ސްޓޯރ ރޫމް ދޮރު ލައްޕާލިއެވެ. އޭނާ ޔަނާލްގެ މޫނަށް ބަލާލީ އެއަށް ފަހުގައެވެ. ޔަނާލްގެ ނިތްމަތިން ފަޅައިގެން ގޮސްފައި ހުރިތަނުން އައިއްސަ ހުރި ލޭތައް އޭނާ ލޯމަތިން ތިރިއަށް ހުރީ ދެމިފައެވެ. ތުންފަތް ކައިރިންވެސް ވަނީ ވަރަށް ބޮޑަށް ވަކި އެޅިފައެވެ.

“އައިމް ސޮރީ… އައިމް ވެރީ ސޮރީ ނަނާ….” ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރި ފައިޒަންއަށް ރޮވުނެވެ. ޔަނާލް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާއަށް ބަހެއް ނުކިޔުނެވެ. ތިރީގައި އުކާލާފައިވާ ޔަނާލްގެ އަންނައުނުތައް ހިފައިގެން އައިސް ޔަނާލްގެ ބޮލުން ތިރިއަށް ބޮޑު ކަޅު ހެދުން ވައްޓާލިއެވެ. އަދު ބުރުގަލާއެކު ޔަނާލްގެ ދެލޯ އެކަނި ފެންނަގޮތަށް މޫނު ނިވާކޮށްލިއެވެ. ޔަނާލްގެ ދެކޮނޑުގައި ހިފާލައިގެން ހިނގައިގަތެވެ. ޔަނާލްގެ ދެފައިގާ އަޅަމުން ދިޔަ ރޫރު ފައިޒަންއަށް އިހުސާސްވިއެވެ. ޔަނާލް ހިތުގައި ހިފާފައިވާ ބިރު އަދިވެސް ނުފިލަނީކަން ފައިޒަންއަށް އިނގުނެވެ. އެމީހުން ކޮޓަރިއަށް ވަތްއިރު މާއިރާއާއި އޭނާގެ ދަރިން ސިޓިންގރޫމުގައި ތިއްބެވެ. ޓައިލްސްތަކުގެ މަތީގައި ކުޅޭއެއްޗެހިތައް ކައިރީގައި ޔަނާލްގެ ފޯނު ހިފައިގެން ނިދިފައި އޮތް ޔާޒް ފެނުމުން ޔަނާލް ދުވެފައި ގޮސް ޔާޒް ނެގިއެވެ. އަދި އެނދުގައި އިށީނދެ ޔާޒް ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. ކޮޓަރި ފަޅައިގެންދާވަރަށް އޭނާއަށް ރޮއެގަނެވުނެވެ. ފައިޒަން ކައިރިވެލުމަށްފަހު ޔަނާލާއި ޔާޒްގެ ގައިގާ އެއްކޮށް ބައްދާލިއެވެ.

“ސްޓޮޕް ކްރައިންގ ނަނާ… ޕްލީޒް…. ތީ ފިނޑި ކުއްޖެއްނޫނެއްނު” ޔަނާލްގެ ބޮލުގައި ފިރުމަމުން ފައިޒަން ވާހަކަދައްކަމުން ދިޔައެވެ. ހިތް ފުރޭވަރަށް ރޯލުމަށްފަހު ޔަނާލް ހުއްޓާލިއެވެ. އޭނާ ފައިޒަންއާއި ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. ފައިޒަން ޔާޒް ނަގާ އުރާލިއެވެ. އަދި އެނދުގެ އެއްފަރާތުގައި ބޭއްވިއެވެ. އެއަށްފަހު ޔަނާލްގެ މޫނުމަތީ ފޮތިކޮޅު ނެގިއެވެ. ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ޔަނާލް ކައިރީގައި އަރާ އިށީނެވެ. ޔަނާލްގެ ނިތްމަތިން ފަޅައިގެން ގޮސްފައި ހުރިތަން ކަފަކޮޅަކުން ސާފުކުރަމުން ދިޔައިރު ޔަނާލް އިނީ ފައިޒަންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ނަނާއަށް އިނގޭތަ ކާކުކަން އެއީ….؟” ޔަނާލް ހަމަޖެހުނުކަން އެނގުމުން ފައިޒަން އަހާލިއެވެ.

“ނޭނގެ. މޫނު ނުފެނޭ.. މާސްކް އަޅާފައި ހުރީމަ އެއްގޮތަކަށްވެސް ނޭނގުނު. ޔަޤީނުންވެސް އާކިންއާއި ޒާކިންގެ އިސްކޮޅެއް ނޫން އެއީ.. އެއަށް ވުރެ މާ ވަރުގަދަ މާ ބޮޑުކޮށް ހުރީ…” ޔަނާލް ކިޔައިދިނެވެ.

“ކަރަންޓު ދިޔައިމަ ކޮޓަރީގައި މީނދަ އެމެޖެންސީ ލައިޓް ނުދިއްލުނީމަ ހިތަށް އެރި މިއީ ނުބައެކޭ. ފައި! މަށަށް ހަމަ ސަތޭކަ ޕަސެންޓް ގެރެންޓީ އެއީ މާއިރާ ކުރުވި ކަމެއްކަން. މަންމަވެސް ނެތިފަ ފައި ވެސް ގޭގައި ނެތް ގަޑިއެއްގައި އެމީހުން މަށަށް އެޓޭކް ކުރީ….. އެމީހުން ދޫކޮށްލާނީ އަހަރެން މަރުވީމަ ކަންނޭނގެ…..” ދެވަނަ ފަހަރަށް އޭނާގެ އަޑު ކުރެހެން ފެށުމުން ކަކުލުގައި ބޯއަޅާލިއެވެ. އެމަންޒަރު ބަލަން އިން ފައިޒަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ކުރިމަތީގައި އިނދެ ބައެއްގެ އަނިޔާވެރިކަމުގެ ސަބަބުން ކަރުނަ އަޅަމުން އެދަނީ އޭނާގެ ހިތުގެ އެއްބައެވެ. ލައްކަ ދުވަހު އޭނާ ކެތްކޮށްފިއެވެ. އެއްފަހަރު އެލޯބި އޭނައަށް ގެއްލިއްޖެއެވެ. ދެވަނަ ފަހަރަށް އެލޯބި ކުރިމަތީގައި ބީވާތަން ބަލަން އޭނާއަށް ކެތެއްނުވާނެއެވެ. އެކުވެރިކަމަކުން ފެށުނު އެގުޅުން ނިމެން އޭނާ ބޭނުންވަނީ ދެފަރާތުގައިވެސް ލޯބީގެ ކުލަ ޖެހިގެންނެވެ. އެކަން އޭނާއަށް ކާމިޔާބު ނުވަނީސް އަނިޔާވެރިކަމުން އެލޯބި ނިމިގެންދާން އޭނާ ބޭނުމެއްނުވެއެވެ. ކުރިން އޭނާ ވަނީ އަނިޔާވެރިންނަށް އިންޒާރު ދީފައެވެ. ދެވަނަ ފަހަރަށް އެއްވެސް އިންޒާރެއް ނޯންނާނެއެވެ. އޭނާ އެމީހުންނަށް ކުޅި ދައްކާލާނީ އޭނާގެ ހަތަރެސް ފައިންނެވެ. މިވަގުތު އެއްވެސް މީހަކަށް އޭނާ ނުހުއްޓުވޭނެއެވެ. އެނދުން ތެދުވެގެން ފައިޒަން ދިޔައިރުވެސް ޔަނާލަށް ރޭކާވެސް ނުލައެވެ. ޔަނާލް ސިހުނީ ކޮޓަރި ދޮރުލެއްޕިގެން ދިޔަ ބާރު އަޑުންނެވެ. އޭނާ އަވަސް އަވަހަށް ތެދުވެ މޫނުފޮތިކޮޅު އަޅާލިއެވެ. އަދި ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ.

********************************

ސިޑިން ފައިބައިގެން ފައިޒަން ދިޔައިރު ސިޓިންގްރޫމުގައި މާއިރާއާއި އޭނާގެ ދަރިން މަޖާނަގަން ތިއްބެވެ. ކުރިމަތިން އަންނަ ފައިޒަން ފެނުމާއެކު މާއިރާ ވަގުތުން ހިމޭންވިއެވެ. ލޮލުގެ އިޝާރާތުން އާކިންއަށް ފައިޒަން ދައްކާލިއެވެ. އެވަގުތު އާކިންވެސް ފިނިވިއެވެ. ފައިޒަން އެއައި ގޮތަށް އައިސް ހިފީ އާކިންގެ ލައިގެން ހުރި ޓީޝާޓުގެ ގިރުވާނުގައެވެ. ބިމުން ހިއްލިގެން އާކިން ދިޔުމާއެކު މާއިރާއަށް އިންތަނުން ތެދުވެވުނެވެ. ދުރުން ދުވަމުން އައި ޔަނާލް މިސްރާބު ޖެހީ އެދިމާލަށެވެ.

“ކަލޭމެން އެކަކުވެސް މިފަހަރު ދުލެއް ނުކުރާނަން. ވަރަށް ދުވަސްވެއްޖެއްނު މަށަކީ ނުބައި މީހަކަށް ހަދަން މަސައްކަތް ކުރާތާ… ހުރިހާ މީހުންގެ ދުވަސް ދުއްވާލާނަން މިއަދު…” ދެފަރާތް ހޯދާލުމަށްފަހު ފައިޒަން ނެގީ ދޮރުފަތް ބިތްދޮށުގައި ބަހައްޓާފައި ހުރި ފިހިގަނޑެވެ. އާކިންގެ ބުރަކަށީގައި ފުރަތަމަ ބޮނޑި އެޅުމާއެކު މާއިރާ ރޮއެގަތެވެ. ޔަނާލް ފައިޒަން ހުއްޓުވަން މަސައްކަތް ކުރަމުން ދިޔައިރު އަނެއްކޮޅުން ޒާކިންވެސް ދިޔައީ ފައިޒަން ލައިގެން ހުރި ގަމީހުގައި ހިފާ ދުރުކުރަން ދަމަމުންނެވެ. ފިހިގަނޑު ދުރަށް އެއްލާލުމަށްފަހު އާކިން ކަރުވަޅުގައި ހިފާ އުފުލާލިއެވެ.

“ހުރިހާ ނުބައެއް ހެދީ ކަލޭ… މިއީ ކަލޭގެ ރޭވުން…” ފައިޒަން ހިފީ އާކިންގެ ކަރުގައެވެ. މާއިރާ އެދިޔަ ގޮތަށް ގޮސް ތަޅައިގަތީ ފައިޒަންގެ ބުރަކަށީގައެވެ.

“ފައި!!! ދޫކޮށްލާ…. އަހަންނަށްޓަކައި…. ޔަޒްދާނަށްޓަކައި… ބައްޕައަށްޓަކައި… ޕްލީޒް……” ޔަނާލްގެ އަޑު ފައިޒަންގެ ކަންފަތުގައި ޖެހުމާއެކު އާކިންގެ ކަރުން ފައިޒަން މަޑުމަޑުން ދޫކޮށްލިއެވެ. އެއާއެކު އާކިން ތިރިއަށް ވެއްތިގަތެވެ.

“އިފްނާ ފުލުހުންނަށް ގުޅާ… މިއީ ޖަނަވާރުން އުޅޭ ގެއެއް. ހަމަމިހާރު ގުޅާ….” މާއިރާ ހަޅޭއްލަވަމުން ބުނެލިއެވެ.

“ގުޅާ… އަވަހަށް ގުޅާ… ގެނޭ މަ ގުޅާނީ… މިގޭ ހަތަރުފާރުން އެތެރޭގައި ފުލުހުން އަޅާ ފުރަތަމަ ފިޔަވިއްސާއެކު ބޭޒާރުވާނީ ކަލޭމެން.. އެކަން ހަނދާން ބަހައްޓާތި. އެދުވަސް އޮތީ ދުރުގައެއްނޫން……” ފަހަރަކު މީހަކަށް އިނގިލިން އިޝާރަތް ކުރަމުން ފައިޒަން ވާހަކަދެއްކިއެވެ. އޭރުވެސް އޭނާގެ އެއްފަރާތުން އަތުގައި ހިފަހައްޓައިގެން ޔަނާލް ހުއްޓެވެ.

“އަހަރެން ހަނދާން ހުންނަން ފެށިއިރުން ފެށިގެންވެސް ކުލްޝޫމާއި ރިޔާޒަކީ އަހަރެންނާއި ހާރޫންގެ އެކުވެރިން. ފައިޒަން ކުޑައިރު އަހަރެން އަތުން ލަވައިގެން ފައިޒަންއަށް ކާންދީ ފެންވަރުވާ ހެދިން…. މިއަދު ތަނަކުން އައި ނުދަންނަ އަންހެނަކަށްޓަކައި އަހަރެން ގަޔަށް ބޮލަށް އަރާވަރުވެސް ވީތަ؟ ޗި…. ފައިޒަން އަހަރެން ހީކުރިގޮތެއް ނޫން…. ހީކުރީތަ ފައިޒަން ކިޔާނެހާ އެއްޗެއް ކިޔަންދެން ހަދާނެހާ ގޮތެއް ހަދަންދެން އަހަރެން ހުންނާނެކަމަށްތަ…؟؟؟ މާއިރާ ދިމާކުރީ ފައިޒަންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް އޭގެކުރިން ހުޝިޔާރުވެގެން ހުރި ޔަނާލް އެ އަތުގައި ހިފާ މާއިރާ ހުއްޓުވިއެވެ.

“މީ އަދި ކާކު؟؟؟؟ ދޫކުރޭ…؟؟؟ ހުރިހާވެސް ނުބަޔަކީ ކަލޭ… ނުބައި ޑައިނު… ކީތްކުރަން އަޅައިގެން ހުރި ފޮތިގަނޑެއް” މާއިރާގެ ސަލާމަތުން އޮތް އަތުން ޔަނާލްގެ މޫނު ފޮތިކޮޅުގައި ހިފާ ދަމައިގަތެވެ. އެއާއެކު ފޮތިކޮޅު ވެއްޓެން ދިޔައެވެ. ޔަނާލްގެ ދެލޯ އަރައިގެން ދިޔަ ވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ ޔަނާލްގެ މޫނަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ……9

Next

ބީރަށްޓެހި ލޯބި 1

Next
March 4, 2019

ބީރަށްޓެހި ލޯބި 1

Previews
March 2, 2019

ބުނާށެ ލޯބި ނުވަނީހޭ……9

20 Comments!

  1. someone says:
    March 3, 2019 at 2:15 pm

    Me dhw first?
    Vrh reethi!!!!when next?

    1. Ushaali says:
      March 3, 2019 at 2:53 pm

      🙂 yes Someone.
      thankque so much. will try maadhan up kolleveytho

  2. Shaa says:
    March 3, 2019 at 2:23 pm

    Omg!!! Yanaal… Kulshoom and haaroon annane nama egadee ga.. v salhi vaane eirah.. liu miadhu adhi eh part up kohlladhee mirey viyas okay..plzz

    1. Ushaali says:
      March 3, 2019 at 2:55 pm

      😀
      sorry darla 🙁
      maadhama ingey. insha allah

  3. Ummu Xahaa Xaan says:
    March 3, 2019 at 2:31 pm

    ???????

    1. Ushaali says:
      March 3, 2019 at 2:58 pm

      ???Why

  4. Ainth says:
    March 3, 2019 at 2:46 pm

    Wooow va salhi… adhi eh part miadhu up kohdhyyba.. plxxxx

    1. Ushaali says:
      March 3, 2019 at 2:59 pm

      🙂 thankyu so much Ainth
      sorry. miadhu hiyeh nuvey. ekamu maadhama try kuraanan ingey

  5. Ainth says:
    March 3, 2019 at 3:01 pm

    Ok inthizaaruga …. i luv this story ?

    1. Ushaali says:
      March 4, 2019 at 11:54 am

      🙂 thanks

  6. yaaanaa says:
    March 3, 2019 at 4:46 pm

    wow.. ??? masha allah..v v v v reethi mi part vss.. mi innani vaahaka up veythww bala balaaa.. this is one of my favorite storyy.. hama ehaavsa furihama vaahaka eh mi.. dhn oii part avaha up kohdheche???

    1. Ushaali says:
      March 4, 2019 at 11:56 am

      🙂 awwww…. thankyu so much yaaanaa. im so happi. dhn in bai vr avahah kiyaalan libeyne. insha allah

  7. Yun says:
    March 3, 2019 at 5:27 pm

    Yanaal ge badhaluga momo eh fenna nama dhw

    1. Ushaali says:
      March 4, 2019 at 11:57 am

      😀 😀 😀

  8. Roanu edhurh says:
    March 3, 2019 at 9:14 pm

    Salhi

  9. Koo says:
    March 4, 2019 at 6:40 am

    Fb site ah nuvadhe 1 to 6 kiyaaleveyne gotheh neh tha??

    1. Lll says:
      March 4, 2019 at 10:34 am

      Fenvaru.mv inn kiyeyne

    2. Ushaali says:
      March 4, 2019 at 12:02 pm

      https://www.fenvaru.com/12111/
      https://www.fenvaru.com/12301/
      https://www.fenvaru.com/12421/
      https://www.fenvaru.com/12469/
      https://www.fenvaru.com/12519/

  10. Sid says:
    March 4, 2019 at 2:54 pm

    When can I read the next part

  11. Koo says:
    March 5, 2019 at 6:39 am

    Thank u so much❤

Comments are closed.

Next Episodeދިނީ ޒަހަރު…. 30←


All Right Reserved!