“ސޯ.. ދެމީހުން” ބެލްކަނީ ރެއިލިން ކައިރީ މަޑުކޮށްގެން ހުރި މައިރާ ކަޅި އެއްލީ، ސިޓިން ރޫމްގައި ރާޝިދާ ވާހަކަ ދައްކަން ހުރި ރަޒާނަށެވެ. “ރައްޓެހިވީ؟؟” އޭނާ ރޫޔާއަށް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ނަޒަރު ހިންގައިލީ، ބޭރުން ހާމައަށް އޮތް ނޫ ކަނޑަށެވެ. އޭނާ ރެއިލިން ގައި ހިފައިލުމަށްފަހު މަޑުމަޑުން ބޯ ޖަހައިލިއެވެ. “ސީރިއަސްލީ؟” “މައި. ތެދަށް ބުނާނަމަ، އަހަރެންވެސް ހީކުރީ އަހަރެން މޫވް އޮންވި ކަމަށް. އެކަމަކު ފަހުން ވިސްނުނީ އެއީ އަހަރެން އަމިއްލަ ނަފްސަށް […]
މުޅި ސަމާލުކަން ދީފަ ހުރީ ދެންމެ ރަޒާނާއި ލަމްޔާ ވެއްޓުނު ތަނަށެވެ. އެކްސިޑެންޓް ވި ކާރު ޕާކުކޮށްފައި އޮތް ގޮތުން، އޭނާއަކަށް އެދެމީހުންނެއް ނުފެނެއެވެ. އޭނާގެ ފަހަތުން މަގަށް ނިކުންނަންވެގެން ދުވެފައި އައި ޕޮލިސް މީހާގެ ކޮނޑު، އޭނާގެ ގައިގައި ޖެހުމާއެކުވެސް، އޭނާއަށް ހޭވެރިއެއް ނުވިއެވެ. ފަހަތުން ރަހާގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތަށް ވާސިލެއް ނުވިއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. މިކަހަލަ ހާލަތުގައި އެންމެ އަވަހަށް ދުއްވައިގަންނަން ޖެހޭނީ އޭނާއެވެ. އެކަމަކު އޭނާއަށް އެ ފިޔަވަޅު މަތިން […]
“ސާޖިދް؟؟” “ޑރ. ރޫޔާ” ހޭވެރިކަން ވީ ޔަމީން ގޮވައިލި އަޑު އިވިފައެވެ. ރޫޔާ އަވަހަށް ޔަމީނަށް ނަޒަރު ހިންގައިލުމަށްފަހު، ގާރނީ މަތީ އޮތް ސާޖިދަށް ބަލައިލިއެވެ. އަމިއްލަ އިހުސާސްތައް އެއްފަރާތް ކޮށްލުމަށްފަހު އޭނާ ސީރިއަސްވިއެވެ. “ޔަމީން، ގެޓް މީ އަ ފުލް ސެޓް އޮފް ވައިޓަލްސް. ރީހާ، ސެޓް އަޕް ފޯ ބާރން އެސެސްމެންޓްސް. އައި ވާންޓް ހެޑް ސީ.ޓީ. ޗެސްޓް އެންޑް އެބްޑަމެން ސީ.ޓީ. އެންޑް އޭން އޭޓްރިއަލް ބްލަޑް ގޭސް. ހީ ވާޒް އިން […]
މީގެ އެއްގަޑިއިރު ކުރިން…. ތެޅެމުން ދިޔަ ހިތަކާއެކު ޔޫޝާ އަވަހަށް ލިފްޓަށް އެރީ ގަނެފައި ހުރި ބިރާއެކުއެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ނަޒަރު ހިންގައިލެވެނޭ، އޭނާގެ މަންމަ އެޑްމިޓްކޮށްފަ އޮތް ހޮސްޕިޓަލުން ފޮނުވައިފައިވާ އޮތް މެސެޖަށެވެ. “ޓްރީޓްމެންޓް ޝެޑިއުލްޑް ފޯ 6:00 ޕީ.އެމް. ޕޭޝަންޓް: އަމީރާ ޔޫސުފް. ކޮންސެންޓް ވެއިވްޑް. ފެމިޅި ނޯޓިފިކޭޝަން ޕަރ ޕްރޮޓޮކޯލް” ޔޫޝާއަށް އޭނާގެ މަންމައަށް ލިބެމުންދާ ފަރުވާ ހިތުން އެނގެއެވެ. މަންމަ ސްޓޭބަލްކަމަށް ހޮސްޕިޓަލުން އޭނާއަށް އެންގިތާ އަދި ދެތިން […]
“މޯ ރީޒަން އައި ޝުޑް ވިން ޔޫ އެގެއިން.. ރޫޔާ އަބަދު ދައްކަމުން ދިޔައީ އަހަރެންގެ ކައިވެނީގެ ވާހަކަ. ދެން ބުނެބަލަ، ސިންސް އައި އޭމް ޑިވޯސްޑް، ކޮބާ މިފަހަރު ރޫޔާގެ އުޒުރަކީ؟” ރޫޔާގެ މޫނާ ކައިރިވެލަމުން ރަޒާން އެހިއެވެ. އެސްފިޔަ ޖަހައިލުމެއްނެތި ރޫޔާއަށް ހުރެވުނީ ރަޒާންގެ ނަޒަރުގައި ހައްޔަރުވެގެންނެވެ. ރަޒާންގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅެމުން ދިޔައިރު، އެ ހިތް ތެޅެމުން ދިޔައީ ވަކި މިންވަރެއް ބެލުމެއް ނެތިއެވެ. އެކަކު އަނެކަކުގެ ބާރުގައި ދެމީހުން […]
އަތުގެ އޮތް ފޯނަށް ނަޒަރު ހިންގައިލުމަށްފަހު ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފޯނު ތިރިކޮށްލުމަށްފަހު، އޭނާ އަނެއްކާވެސް ރެސްޓޯރެންޓްގެ ދޮރާ ދިމާލަށް ބަލައިލިއެވެ. ސާޖިދުގެ އިންތިޒާރުގައު އޭނާ އެތާ އިންނާތާ ކިތައްމެ އިރެއް ވެއްޖެއެވެ. “ރޫ..” ކުރިމަތީ އިން ހުސްގޮނޑީގައި އިށީނި ސާޖިދު ފެނިފައި ރޫޔާ މޫނު ކުނިކޮށްލިއެވެ. ރުޅިއައިކަމަށް ހަދާފަ އޭނާ ބޯ ހޫރައިލިއެވެ. “ސޮރީ.. ލީނާ ގުޅައިގެން ލަސްވި” މޭޒުމަތީ ފޯނު ބާއްވަމުން ސާޖިދު ބުންޏެވެ. ރޫޔާ ސާޖިދަށް ނަޒަރު ހިންގައިލުމަށްފަހު ނޭވާއެއް ދޫކޮށްލިއެވެ. “ދެން […]
“އަހަރެމެން ދެމީހުން ވަރިވެފަ” ނިދަން އޮށޯވެ އޮތް ރޫޔާގެ ސިކުނޑީގައި ގުގުމަމުން ދިޔަ އެ ބަސްތަކާ ހެދި ނިދިވެސް ފިލައިފިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެނދުގައި އިށީނދެ، އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސައިލުމަށްފަހު އޭނާ ފޯނު ހުޅުވައިލިއެވެ. މެސެޖެއް އައުމާއެކު އޭނާ އެ ހުޅުވައިލިއެވެ. ___ ޝަފަޤް: ޔޫ ގާއިސް އަވޭކް؟ ޝެހެނާ: ޔަޕް. މައިރާ: އައި އޭމް އަވޭކް ރޫޔާ: ޔެސް. އަވޭކް. ޝަފަޤް: އައި ހޭވް ނިއުސް… މައިރާ: ބުނެބަލަ ޝެހެނާ: ވަޓް އިޒް […]
ސާދަ ވަނަ ފަންގިފިލާއަށް ހުއްޓުނު ލިފްޓުން ނިކުތް ޔޫޝާ ހިނގައިގަތީ ކަނާތް ފަރާތުގައި އިން ދޮރާ ދިމާލަށެވެ. އެ އެޕާޓްމެންޓުގެ ބެލް އެޅުވުމަށްފަހު ފަހަތަށް ޖެހިލީ، މީހާ ހަމައަކަށް އަޅުވަން ނޭވާއެއް ނަގަމުންނެވެ. އަތުގައި އޮތް ދަބަހަށް ބާރުކޮށްލެވުނީ އަވަސްވެފައިވާ ހިތަކާއެކުއެވެ. އެތެރެއިން މީހަކު ދޮރު ހުޅުވައިލިއެވެ. ދޮރު ކައިރީގައި ހުރި ރޫޔާ ފެނިފައި ޔޫޝާ ލަދުވެތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “ވަދޭ އެތެރެއަށް..” ޔޫޝާ ވަންނަން ތަން ދިނުމަށްފަހު ރޫޔާ ހީލިއެވެ. އެ އެޕާޓްމެންޓް ތެރެއަށް ވަދެގެން […]
ނިދިފައި އޮތް ރޫޔާއަށް ހޭލެވުނީ، ކުޑަދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލި މޫނުގައި ޖެހުމުންނެވެ. އޭނާ އެނދުން ތެދުވި ވަގުތު މަޑު އާހެއް ބޭރުކޮށްލެވުނީ ބޯ އަނބުރާގަތީމައެވެ. އެނދުގައި އިށީނުމަށްފަހު އޭނާ ފުންނޭވާއެއް ނަގައިލިއެވެ. “ބާއްޖަވެރި ދުވަހެއް” ކޮޓަރި ދޮރު އެތެރެއަށް ހުޅުވުމަށްފަހު، ވަދެގެން އައި މައިރާ ގޮވައިލިއެވެ. އަތުގައި އޮތް ޓްރޭ ސައިޓް ޓޭބަލް މަތީ ބެހެއްޓުމަށްފަހު ރޫޔާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. “މައި… ހައު.. ކިހިނެއް އަހަރެން ގެއަށް އައީ؟” “ރަޒާން..” އެ ކޮޓަރިއަށް […]