” ސަނާޝް. އަހަރެންނަށް ސަނާޝް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ސަނާޝްދެކެ ލޯބިވެވިއްޖެ. އަހަރެން އަބަދު ސަނާޝް މަތިން ހަނދާންވޭ. ސަނާޝް. ވިލަ ޔޫ ބީ މައި ގަރލްފްރެންޑް.” ރަތްކުލައިގެ ރޯޒް ބޮނޑިއެއް ތިއްކޮށްގެން ހުރެ އަޒްކާން ވާހަކަދެއްކިއެވެ. ސަނާޝްގެ ދެލޯ އުފަލުން ވިދާލިއެވެ. ” ޔެސް ޔެސް. އައި ލަވް ޔޫ އަޒްކާން.” އަޒްކާން ދިން މާބޮނޑީގައި ހިފަމުން ސަނާޝް ބުނެލިއެވެ. އަޒްކާންއަށް އުފަލުން ސަނާޝްގެ ގައިގައި ބައްްދާލެވުނެވެ. ” އެހެމް. އެހެމް. ” އެވަގުތު […]
ޝޫރާ ސިހުނީ މީހެއްގެގައި ޖެހިފައި ވެއްޓެންދިޔުމުންނެވެ. ވެއްޓުނީމައި ވާނެ ތަދު ހިތަށް އަރުވާލި ޝޫރާއަށް ލޯހުޅުވާލެވުނީ ނުވެއްޓުމުންނެވެ. މަޑުމަޑުން ލޯހުޅުވާލި ޝޫރާގެ މޫނު ރަތްވީ ފެނުނު މީހެއްގެ ސަބަބުންނެވެ. ………………………………………………………… ” އިޔާން” ޝޫރާއަށް ބުނެލެވުނެވެ. ޝޫރާގެ އަޑަށް ހޭވެރިކަމެއްވީ އިޔާން އަވަސް އަވަހަށް ޝޫރާ ތެދުކުރުމަށްފަހު ބެހެއްޓިއެވެ. ” ހާއި ޝޫރާ. ކޮފީއެއްބޯން ދަނާންތަ؟” ވަރަށް ނުކެރިފައިހުރެ އިޔާން އަހާލިއެވެ. ” ޝުއަރ. ލެޓްސްގޯ.” ހިނިތުންވެލަމުން ޝޫރާ ބުނެލިއެވެ. އިޔާންއާއި ޝޫރާވަނީ ކައިރީގައިހުރި ކެފޭއަކަށެވެ. ކެފޭގެ […]
” ހޫމް. ދެން ތިއެއްނޫނޭ. ހިނގާ އައިސްކްރީމް ބޮމާ.” މާހައުލު އުފާވެރި ކޮށްލުމަށް ޝޫރާ ބުނެލިއެވެ. ސަނާޝްވެސް ހީލަމުން ޝޫރާއާއިއެކު ހިނގައިގަތީ ބާސްކިންރޮބިންސްއަށް ވަނުމަށެވެ. ޝޫރާގެ ފަހަތުން ބާސްކިންރޮބިންސްއަށްވަތް ސަނާޝްގެ ދެލޯ ބޮޑުވީ ފެނުނު މީހެއްގެ ސަބަބުންނެވެ. ސަނާޝްގެ ދެލޯ ކަރުނައިން ފުރިގެން ދިޔައިރު ޝޫރާގެ ދެލޮލުން ފެނުނީ ނަފްރަތެވެ. ……………………………………………………….. ” ހާއި. ނައިސްޓު މީޓްޔޫ ސަނާޝް.” ނުލަފާ ފާޑަކަށް ހީލަމުން ޒާކިޔާ ބުނެލިއެވެ. ” ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟” ރުޅިވެެރި ކަމާއިއެކު ޝޫރާ […]
އައްސަލާމު ޢަލައިކުމް ކިޔުންތެރިން، 6 މެއިގައި ނެރުމަށް ބުނެފައިވާ “މާފު ކުރާށޭ ލޯބިވާ” ގެނެސްދިނުން ލަސްވި ކަމަށްޓަކައި އިންތިހާއަށް މާފަށް އެދެން. މިހާހިސާބުން ލަސްވި ސަބަބު ބުނެދޭނަން. އަޅުގަނޑު އުޅުނީ ވަރަށް ބަލިވެ. މެއި ފުރަތަމަ ހަަފްތާ ނިމެނިކޮށް އެއްދުވަހަކު ސްކޫލުން އައި އިރު ހުރީ ހުން ވައްތަރުވެ ރޯގާވެސް ޖެހިފައި. އާދައިގެ ހުންރޯގާއެއް ކަމަށް ހީކޮށް ފެރެސިޓަމޯލްއާއި އިލެކްޓްރޮލައިޓްސް ނަގާލަ ނަގާލަ ހުރީ. ދެން 3 ދުވަސްވެ ރަނގަޅު ނުވެގެން ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން […]
“ޝާޝާ! އަވަސްކޮށްބަލަ. އެއޮއް ހަތަރެއް ޖެހީ” ލޯގަނޑު ކުރިމަތީގައި ހުރި ސަނާޝް ސިހުނީ ކޮޓަރި ދޮރު ހުޅުވާލަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝޫރާ ވާހަކަ ދެއްކި އަޑަށެވެ. “މި ނިމުނީ އޭ ޝޫ” ސަނާޝް ހިނިތުންވެލާފައި ފޯނު ޖީބަށް ލަމުން ހިނގައިގަތެވެ. ހުދުކުލައިގެ ހުޑީ އަކާއި ނޫކުލައިގެ ޖީންސްއެއް ލާފައިވާއިރު އެއްވެސް މޭކަޕަކާއި ނުލައިވެސް ސަނާޝްގެ ރީތިކަން ފަނޑެއް ނުވެއެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ މަޑުމުށިކުލައިގެ ކަޅިރަވަ އާއި […]
ސަނާޝްއަކީ ސަމީރުއާއި ސާއިމާގެ ފުރަތަމަ އަންހެން ދަރިފުޅެވެ. އެއީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ސާރާއަކީ ސަމީރުއާއި ސާއިމާގެ ދެވަނަ އަންހެން ދަރިފުޅެވެ. އެއީ ސަނާޝްގެ ކޮއްކޮވެސް މެއެވެ. ޒާކިޔާއަކީ ޒަމީމްއާއި ނާއިލާގެ ފުރަތަމަ އަންހެން ދަރިފުޅެވެ. އެއީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ނޯރާއަކީ ޒަމީމްއާއި ނާއިލާގެ ދެވަނަ އަންހެން ދަރިފުޅެވެ. އެއީ ޒާކިޔާގެ ކޮއްކޮވެސް މެއެވެ. ޝޫރާއަކީ ޝާދިޔާގެ އަންހެން ދަރިފުޅެވެ. ޝޫރާގެ ބައްޕައަކީ ކާކުކަމެއް ޝޫރާއަކަށްވެސް ނޭނގެއެވެ. ޝޫރާއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ […]