Skip to content
އެސްފިޔަ

ފުރަތަމަ ލޯބި

Listen to this story Audio · 3:37 Powered by Esfiya Voice
0:00 3:37

ފެންމާގަނޑުން އޮހެމުންދިޔަ ފެންތިކިތަކައް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ދޮޅުގަޑިއިރު ވެދާނެއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އަހަރެން ފާހަނައިން ނިކުތީ ބޮލައް ބަރުވާކަހަލަ އިޙުސާސްއެއް ކުރެވެން ފެށުމުންނެވެ. އުނަގަނޑާ ހިސާބަށް ތުވާލި އޮޅައި ލާއިގެން ގޮސް ވޯރޑް ރޯބް ހުޅުވާލާފައި އޭގެ ތެރެއައް ވަދެ ރަތް ކުލައިގެ ޓޮޕަކާއި ބޭޖް ކުލައިގެ ޖިންސެއް ލައިގެން ނިކުމެ މެސީބަން އަކުން އިސްތަށިގަނޑު ސްޓައިލް ކޮއްލީމެވެ. ގަދަނޫނަސް އެހާމަޑުނޫން މޭކްއަޕަކުން އަހަރެންގެ މޫނު އުޖާލާ ކޮއްލީމެވެ. އެންމެފަހު ކަމަކައް ރިބަން އައިނެއް ނަގައި ދުޅަވެފައިވާ އަހަރެންގެ ދެލޯ ފޮރުވާލީމެވެ.
**********
އުމުރުން އެންމެ ތޭރައަހަރުގައި އަހަރެންގެ މަންމަ ނިޔާވުމުން އަހަރެން ބަލާބޮޑުކުރީ އަހަރެންގެ ބޮޑުދައިތަ ނައިރާއެވެ. ބައްޕައެއް ހުއްޓެއްކަމަކު އެބައްޕަގެ ފަރާތުން ލިބޭ ލޯތްބާ، އަޅާލުމާ، ފިރުމުންތަކެއް އެބައްޕަގެ ފަރާތަކުން އަހަންނަކަށް ނުލިބެއެވެ. ކުޑަމިނުން އަހަރެންގެ ބައްޕައަކީ ކާކު ކަމެއްކަންވެސް އަހަންނަކައް ނޭނގެއެވެ. ބައްޕައަކީ ކާކުތޯ އެހުމުން އަހަންނަށް މަންމަގެ ފަރާތުން އަބަދުވެސް ލިބޭ ޖަވާބަކީ “ދަރިފުޅު ބޮޑުވީމަ މަންމަ ދަރިފުޅުގާތު ބުނާނަން ދަރިފުޅުގެ ބައްޕައަކީ ކާކުކަން” މިޖަވާބެވެ. އޭގެފަހުން އަހަރެން މަންމަ ގާތުގައި ބައްޕައަކީ ކާކުތޯ އެހުންވެސް ހުއްޓާލީމެވެ. އެހެންހުއްޓާ އަހަރެންގެ އުމުރުން ބާރައަހަރުގައި މަންމަ ވަރަށް ބޮޑަށް ބަލިވާންފެށިއެވެ. ކެއްސާއިރު ލޭފޭބުމާއި ހޭނެތުން ގިނަވަންފެށިއެވެ. އެގޮތައް އަހަރެއް ހާދުވަސް ވޭތުވެގެންގޮސް އަހަރެންނައް ތޭރައަހަރު ފުރުނު ދުވަހު މަންމަ މިފަނާކުރިނަވި ދުނިޔެ ދޫކޮއް ދިޔައެވެ. އޭގެފަހުން އަހަރެންގެ މުޅިދިރިއުޅުން މާލެ، ބޮޑުދައިތަ ގާތައް، މާލެ ބަދަލުކުރީ މަޖުބޫރު ހާލުގައެވެ.
**********
ލޮނުޒިޔާރަތް ޕާކާ ދިމާލައް ދިޔަ އަހަރެންގެ އަތުގައި ކުޑަކުޑަ މާބޮނޑިއެއް އޮތް އިރު އޭގައި ރަންއަކުރުން “ވިޝިންގް ޔޫ ހެޕިނެސް” ޖަހާފައި އިނެވެެ. ރަތާ ރީނދުލާއި ކަޅު ކުލައިން ޖަރީކުރެވިފައިވާ އެމާބޮޑި ބަލާލަން ކިތެއްމެ ރީއްޗަކަސް އެމާތަކުން ދޭހަވާ މާނައިގޭމީހުންނަށް އެމާތައް ރީތި ވުމަކީ ނާދިރުކަމެކެވެ. ޕާކައި އަރައި ހަމަވުމުން އަހަރެން ކަށީގައި ނެތްހިތްވަރެއް ލައިފައިގޮސް ކައިވެނީގެ ހަފްލާތައް ބޭއްވުމައް ޙާއްސަކޮއްފައިވާ ބަޔަށް ވަދެވުމާއެކު، ލޮލައް ގިނަވެފައިހުރި ކަރުނަތައް އޭގެ މަގާމުދޫކޮއް ފަހަރަކު ތިއްކެއް އަހަރެންގެ ކޯތާގަތުގައި ބީހިލަމުން ދިޔައެވެ.
***
ހަނދުގެ އަލީގައި ދޮންވެލިގަނޑު މަތީގައި ކުރި ވަޢުދާއި ހުވާތަކާއި ރޭގަނޑުގެ ފިނީގައި އަތުގުޅައިގެން އަހަރެމެން ޖެހި ސަކަރާތްތައް އޭނާ ހަމަ ހަނދާން ނެތީހޭ އަހަރެން ހިތައް އަރާފަހަރުތައް މަދެއްނޫނެވެ. ކޮންމެސް ދުވަހަކުން ތިމާ އެންމެ ލޯބިވި މީހަކީ މިދުނިޔޭގައި ނެތް މީހެކޭވެސް ގަބޫލުކުރަންޖެހެއެވެ.
***
ކަރުނަތައް ފޮހެލުމައް ފަހު ކައިވެނި ކުރެވިގެން އައި އައު ޖޯޑާއި ދިމާދަލައް އަހަރެން މިސްރާބު ޖެހީ މާނަފުން ހިނިތުން ވުމަކާއި އެކީގައެވެ. ހިނގައިލާފައި ގޮސް އައު ޖޯޑުގެ ކުރިމައްޗައް ހުއްޓި ލުމަށްފަހު ޖައިޝާންއަށް އެމާބޮނޑި ދިއްކޮއްލީމެވެ. އަދި ހުއްޓުމެއް ނެތި ކަރުނަވީ ލޮލަކައިގެން އަހަރެން ޖައިޝާން ކުރިމަތީގައި ހުންނަން ހިތްވަރު ނެތުމުން ގޮސް މީހުންތަކުގެ ތެރެއަށް ވަނީ ހިތައް ހިތް ހަމަ ޖެހުމެއް ލިބޭތޯއެވެ. އަހަރެން ދިޔަ ދިމާލައް ބަލަން ޖައިޝާން އިނީ ހީލައގެންނެވެ. ނަމަވެސް އޭނާގެ ކޯތާފަތްމަތީގައި ބީހިލައިފައި ދިޔަ ކަރުނަ ތިއްކެއް އަހަންނަކަށް ސިއްރެއްނުވިއެވެ.
ފުރަތަމަ ލޯބި ހާސިލް ކުރާމީހަކީ ވަރަށް ނަސީބު ގަދަ މީހެކެވެ. ހަމަ އެގޮތައް އަހަންނަށް ވެސް ފުރަތަމަ ލޯތްބަކީ ކޯއްޗެއްކަމާއި ލޯބިބެވުމުން ކުރެވޭ ޢިހްސާސް މީގެ ހަތް އަހަރު ކުރިން ކުރަވުނެވެ. ނަމަވެސް އެލޯބި ގަސްތަކުގެ މާތައް މޯޅިވާ އުސޫލުން މޯޅިވީ ޖައްވުން ޖެހިލާ ވައިރޯޅިއެއްހާ އަވަހަށެވެ. ލޯބިގެ މި ޞަފްހާ އަހަރެން މިއަދު މިލައްޕައިލަނީ ޖައިޝާންއާއި އެކީ އަހަރެމެން ދެމީހުންގެ އުފަލައް ޓަކައެވެ.

Comments (8)

  1. sheex_angle

    Assalaam alaikum
    Mee alhugandu mi sitee ga liyaa furathama vaahaka ah vumun mistakes ulhun ekasheegen vey
    Thiya kudhinnah ehves massala eh ulhunyaamu comment kohleh vun edhen
    INSHAALLAH alhugadu liyaa 1st story mi anna hafthaaga
    Thikudhinnaa hama ah kiyaalan libeyne

  2. Anonymous

    Are you sheexa… Sheex

    1. sheex_angle
      Anonymous

      Hehe!
      Ya I’m sheeza 🥰

  3. Shaba_17

    Hii Sheex! 🤗
    Furathama vhk aa balaafa vrh rythi MA! 💗
    Waiting for your next story Keep it up ✨
    Lyy and tc 💗

    1. sheex_angle
      Shaba_17

      Heyyyyy @shaba🤗🤭
      Thank you so much🙃😉
      V avahah INSHAALLAH 😊
      Luv u2💛
      u2 dear 🥰

  4. Anonymous

    ށ ސުކުން ކުރަންޖެހޭ ތަންތަނުގަ މުޅިންވެސް އ ސުކުން ހުރުމުން ކިޔަން ވަރަށް އުނދަގޫވި، ސުކުންތައް ރަނގަޅުކޮށްލީމަ ރަނގަޅުވާނެ

    1. sheex_angle
      Anonymous

      Thx @
      INSHAALLAH hadhaan hurihaa dhuvahakun mi kameh thakuraareh nukuran masahkaiy kuraanan
      Thx kiyaalaafa comment kohleema

  5. Azu

    I Love This
    So Inspiring and Emotional Too
    Love You Sheex
    Take Care <3

Comments are closed.