”އޭ މީޝް ކޮންތާކަށް ތިދިޔައީ” ޝާޔާ އަހާލިއެވެ.”މިލާން މައަތުގަ އައްލީމަ،މި އޮތީ އަންގޮޓި މަނާޅާނަން އެނާ ދޭ އެކައްޗެއްވެސް”. އަހަރެން ބުނީމެވެ. އެއާއެކު މިލާން ވަގުތުން އެތަހަނުން ދިޔައެވެ.އޭނާ ހިތުގައި ރިއްސާލީ އެހާބޮޑަށެވެ.މިލާންގެ ކުށަކީ ކޮބައިހެއްޔެވެ.؟
**********************
އޭގެ ދެތިން ދުވަސްފަހެވެ.ދުވަހަކީ ހޫނުގަދަ ދުވަހެކެވެ.އަހަރެން އިނީ ޝާޔާމެންގޭ ގޯތިތެރޭގައެވެ.މުޅި ސަރަހައްދު ފުރިފައި ވަނީ މަލާމެލިންނެއެވެ. މަދުމާގަހެއްފިޔަވާ ހުރިހާ މާގަހެއް އެތަނުން ފެންނަން ހުއްޓެވެ.އަހަރެން އެންމެ ގަޔާވަނީ ގައުމީމާކަމުގައިވާ ފިނިފެންމަލެއެވެ.އެ ފޮޅެލުމުން އިންނަގޮތެވެ. މީގެ އިތުރުން ކުންނާރުގަހަކާ އަނބުގައެއް ވެސް އެތާހުއްޓެވެ. އަހަރެން އުޅުނީ އަނބުކޮޅެއް ބިންނާށެވެ.ހުތް އަނބަކީ އަހަރެން ވަރަށްގަޔާވާ އެއްޗެކެވެ.ހިތް ފުރޭވަރަށް އަނބު ބިންދެލުމައްފަހު އަހަރެން ދިޔައީ އަނބު ދޮންނާށެވެ.ނަމަވެސް އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހުނީ މީހަކުވާހަކަ ދައްކާހެން ހީވުމުންނެވެ. އަޑު އައީ އަހަރެންގެ ފަހަތުންނެވެ. އަނބުތައް ޖޯލީގައި ބެހެއްޓުމަށްފަހު އަހަރެން އަވަސްވެގަތީ އެއީ ކާކުތޯ ހޯދުމަށެވެ.މަޑު ފިޔަވަޅުތަކަކާއެކު އަހަރެން އެދިމާލަށް ދިޔައީމެވެ. އެނދޯލީގައި އޮވެ ފޯނުން ވާހަކަ ދައްކަމުން އެދަނީ މިލާން ނޫން ދެވަނަ މީހެއްނޫނެވެ. މިލާންގެ ވާހަކަތައް އަޑުއެހުމަށް އަހަރެން ވަނީ ކުންނާރުގަހުގެ ފަހަތަށެވެ.އޭނާ އެހާ އުފަލުންހުރެ ވާހަކަ ދައްކަމުން އެދަނީ ކާކާބަވައެ!.
”އިނާ ހާދަ ލޯއްބޭ! އަހަރެން ހިތަށް އަރާ އަހަރެންގެ ރާނީ އަކަށް އިނާވާނެ ނަމައޭ” މިލާން ބުންޏެވެ. އަހަރެން މުޅިން ހައިރާންވިއެވެ. މީގެ ހަފުތާއެއް ކުރިން މިލާން ވަނީ އަހަންނަށް އެކި ގޮތްގޮތުން ފްލާޓުކޮށް އަހަންނަކީ ހާއްސަ މީހެއްކަން އަންގަން މަސައްކަތް ކޮއްފައެވެ.ނަމަވެސް އެނބުނާ އިނާއަކާ އެއޮންނަނީ އާދައިގެ ގުޅުމެއް ނޫންކަން އެޖުމްލައިން ވެސް ހާމަވެގެން އެބަަދެއެވެ.މި އިނާއެއްގެ ހަގީގަތް ހޯދަން އެބަޖެހެވެ. ނޫނީ މިކަންތައް މާމައްޗަށް ހިނގައިދާނެވެ. ”އިނޫ ލޯބ،ީ އައި ލަވް ޔޫ ސޯމަޗް ވައިފީ” މިލާން ބުންނެވެ. އަހަންނަށް އެޖުމްލަ އަޑު އިވުނީ ހޮނު ގުގުރި އެއް ފަދައިންނެވެ. އެތާކު އަހަންނަކަށް އިތުރަކަށް ނުހުރެވުނެ، ދުވެފައި ކަހަލަގޮތަކަށް އަހަރެން ވާނީ ގޭތެރެއަށެވެ.އަނބު ކޮތަޅުމަތިން ހަނދާން ވެސް ނެތް ކަހަލައެވެ،ނަމަވެސް އަހަރެން އަކަމާ ހަސަދަވެރިވާން ވީކޮން ސަބަބަކާ ހުރެހެއްޔެވެ؟. އެއީ އަހަރެން އެންމެ ނަފްރަތުކުރާ މީހާއެވެ.
ދުވެފައި ކަހަލަގޮތަކަށް އަހަރެން ގެޔަށް ވަދުނީމެވެ.އޭރު އަހަރެން ހުރީ މާނޭވާ ލެވިވެވިއެވެ.އަވަސް އަވަހަށް ގޮސް އަހަރެން ޝާޔާގެ ކޮޓަރިއަށް ވަދުނީމެވެ.އޭރު ޝާޔާ އިނީ ލަވަޖަހައިގެން އެއްޗެއް ލިޔާށެވެ. ޝާޔާގެ މޫނުމަތީގައިވާ ސީރިއަސްކަން ފެނި އަހަރެން އެވާހަކަ ހިއްސާކުރަން ވަސްޖެހުނެވެ. ނަމަވެސް މިވާހަކަ އަކީ ލަސް ކުރެވޭނެ ވާހަކަ އެއް ނޫނެވެ. އަހަރެން މަޑުމަޑުން ގޮސް އެނދުގައި އިށިންދުނީމެވެ.އެއައްފަހު ވާހަކަ ދައްކަން ފެށީމެވެ. ”ޝާޔާ ވަރަށް ބޮޑު ކަމެއްވެގެން މިޔައީ”. އަހަރެން ބުނީމެވެ.އެއާއެކު އޭނާ އަހަރެންގެ މޫނަށް ނަޒަރު ހިންގާލިއެވެ. ” ކިހިނެތްވީ މީޝް” އޭނާ ބުންޏެވެ.
”އޯއެމްޖީ ޔޫނޯ ދެޓު، އަހަރެން ވަރަށް އަނބު ކާހިތުން ދިޔައީ އަަނބުކޮޅެއް ބިންނަން، ދެން އަނބު ބިންދެގެން ގެއަށް ވަންނަން އުޅުނު ވަގުތު އަޑު އިވުނީ މީހަކު ވާހަކަ ދައްކާ އަޑު، ޔޫނޯ ހޫއިޓު ވޯޒް، އެއްކަލަ މިލާން،ވަރަށް އުފާވެފަކަން އިނގުނު އޭނާގެ މޫނުމަތިން ވެސް، ދެން އަހަރެން މަޑު ކުރީ މިލާން މިވާހަކަ ދައްކަނީ ކާކާތޯ ބަލަންވެގެން، އަހަރެން ވަރަށް ހަމަޖެހިލައިގެން ހުއްޓަ މިލާން ކޮންމެވެސް ކުއްޖަކަށް ފްލާޓު ކޮއްފަ ވާހަކަ ދެއްކީ، އަހަރެން ހިތަށް އެރި ކާކުބާވައޭ. އެންމެ ހައިރާންވީ އެކުއްޖަ ގާތު ލޯބިވެޔޯލަވެސް ބުނީމަ” އަހަރެންް ވީ ހުރިހާ ގޮތެއް ކިޔައިދެވުނީ މޫނުމައްޗަށް ކުލަވަރު ދައްކަމުންނެވެ ”އެކަމަކުވާ ސާބަސް މީޝް އަށް ވެދާނެ ދޮންބެގެ ފިއުޗަރ އަށް ކަމަށްވެސް.” ޝާޔާ ބުންޏެވެ. ”ދެން ޝާޔާ މަޖަލެއްނޫން އިނގޭ، ހިނގާބަލަ އެކުއްޖާގެ މައުލޫމާތު ހޯދަން” އަހަރެން ބުނީމެވެ. ” އެކީއްކުރަން އެމީހުން ދުރުކުރުވަން؟، އޭގެން ކޮން މޮޅެއް މީޝްއަށް އޮތީ”. ޝާޔާ އަހަރެން ގާތު އަހާލިއެވެ. ” މަބޭނުމެއްނޫނޭ މިލާންގެ ސަބަބުން އެއްވެސް ގެއްލުމެއް އޭނާ އަކަށްވާކަށް” އަހަރެން ބުނީމެވެ. ” އަހަރެން ބަލާނަން ތިކަން މީޝް އަށް ވޭތޯ! އެކަމަކު ކަޑަ ކަމެއް ނުކުރައްޗޭ” ޝާޔާ އެހެން ބުނެލުމަށްފަހު ކޮޓަރިން ނުކުތެވެ.ޝާޔާ މިކަމާ ގަޔާ ނުވީ ކީއްވެބާއްވައެވެ. ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ކައިރީގައި ހުންނާނީ އަބަދުވެސް ޝާޔާއެވެ.ނަމަވެސް މިއަދު އެނާގެ އެއްބާރުލުން ނުލިބުމުން ހިތުގައި ރިއްސާލިއެވެ.
ރެއަކީ އާދަޔާ ހިލާފަށް ވިއްސާރަ ރެއެކެވެ. ވައިބާރު ކަމުން ހީވަނީ ގަސްތައް މުލުން ހިނގައިދާނެ ހެންނެވެ.އެހާވެސް ވައިބާރެވެ. އުޑުމަތި ފެންނަމުންދިޔައީ ނާމާން ކޮށެވެ. ދެންމެ ދެންމެ ވިދާލާނެ ހެންވެސް ހީވެއެވެ. ވިދާގުގުރާ މިބިރުވެރި ރޭގައި އަހަރެންގެ މޫނުމަތިން އެއްވެސް ނިދީގެ އަސަރެއް ފެންނާކަށް ނެތެވެ. އަހަރެން އިނީ ސިޓިންރޫމް ސޯފައިގައި ވާހަކަ ފޮތެއް ކިޔާށެވެ.ތެދަށް ބުނާނަމަ ވާހަކަ ކިޔުމަކީ އަހަރެން ވަރަށް ގަޔާވެގެން ކުރާކަމެކެވެ.ބިރުވެރި ވާހަކައެއް ކިޔައިފި ނަމަ އަހަރެން އެރެއެއް އެއްކޮށް އުޅޭނީ އެކަމުގައެވެ. ތަނަށްވެރިވެފައި އޮތް ހަމަހިމޭންކަން ފޫދުއްވާލީ ޖަހާލި ބާރުގަދަ ގުގުރި އާއެކުއެވެ. މުޅިތަން އަލިވެގެން ދިޔައިރު މީ އަހަރެން ދުވަހަކު ވެސް ފެނިފައި ނުވާ މަންޒަރެކެވެ. އެތާކު އެންމެ ސިކުންތަކުވެސް ހުންނާކަށް އަހަންނަކަށް ނުކެރުނެވެ.
ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ދެމިގަތީމެވެ. އަދިވެސް ހިތުގެ ހިނގުން ނުހަނު އަވަހެވެ. ވާނީވެސް އެހެނަތާއެވެ. މިއީ އަހަރެންގެ ހަޔާތުގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. އެކުޑަދޮރު ލެއްޕުނުނަމައޭ އަހަރެން އެވަގުތު ހިތަށް އެރިއެވެ. އެސީގެ ފިނިގަދަ ކަމުން ކޮޓަރިއަށް ވެރިވެފައިވަނީ ތެތްފިނިކަމެވެ. ނިދުމުގެ މަގުސަދުގައި އަހަރެން އެނދުގައި އޮށޯވެލީމެވެ. އަދިވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ނިދިއްޖެއެވެ.
އަހަރެން ސިއްސައިގެން ގޮސް ހޭލެވުނީ ހޫނުވާކަމުގެ އިހުސާސް ވުމުންނެވެ. އަހަރެން ހޯދާލީ އަހަރެންގެ ފޯނެވެ. ފޯނު ހުޅުވާ ގަޑި ބެލިއިރު މެންދަމު 2 ޖެހީއެވެ. ފެންބުޔުމުގެ ނިޔަތުގައި އަހަރެން ފެންޑާއަށް ނުކުމެލީމެވެ. ވާރޭ ހުއްޓައިފައި ވުމުން މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހުނީ ދެމީހެއްގެ ހުނުމުގެ އަޑުންނެވެ. މިއޮށް ދަންގަޑީގައި ހޭލާ އުޅެނީ ކާކުބާވައެވެ. ނޫނީ އެއީ އަހަންނަށް ހީވި ހީވުމެއްބާއްވައެވެ. އަޑު އަންނަމުން ދިޔައީ އަހަރެންގެ ފަހަތުންނެވެ. އެއީ ކާގެއާވީ ފަޅިއެވެ. އެއީ ކޮންބައެއްތޯ ބެލުމުގެ މަގުސަދުގައި އަހަރެން ފާރާ ނިވާވެލީމެވެ.
”އޭ މައެބައޮ ތޭ، ވާހަކަ އެއް ބުނަންވެފަ، ދުވަހަކު ބިޒީ ކަމުން ކަމެއްވާ މީހެއް ނޫންވިއްޔަ ތިއިކީ ދޯ!” އެއީ ހަމައެއަޑެވެ. މިލާންގެ އަޑެވެ.އޭނާ އެވާހަކަ ދައްކަނީ ކާކާބާވައެވެ. ނަމަވެސް އެއިކީ ފޯނަކުންނެއް ނޫނެވެ. ދިމާވެގެންނެވެ.ހީވާގޮތުން ނަމަ އޭނާ އެއުޅެނީ ވާހަކައެއް ހިއްސާ ކުރާށެވެ. މިވާހަކަ އަކީ އަހަންނަށް މުހިންމުވާހަކަ އަކަށް ވެދާނެވެ. ކުއްލި އަކަށް އަހަރެންގެ ސިކުނޑިއަށް އައީ އިނާއެވެ. މިއަދު ޖޯލީގައި އޮވެ ވާހަކަ ދެއްކި އެނާ ލޯބިވާ އިނާއެވެ. މި އިނާ އެއްގެ މައުލޫމާތު ހޯދަން ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ކިހިނެތް ހެއްޔެވެ. އާނއެކެވެ. މީ ރަނުގެ ފުރުސަތެކެވެ. މިލާން ބުނަން އުޅޭ ވާހަކަ އާ މިކަމާ ގުޅުމެއް ވާނެ ކަމަށް ފުރުތަމަ ފަހަރަށް އަހަރެންގެ ހިތަށްއައެވެ.
”އޭ މައެބައޮތޭ ވާހަކައެއް ބުނަންވެފަ، ދުވަހަކު ބިޒީ ކަމުން ކަމެއްވާ މީހެއް ނޫންވިއްޔަ ތިއިކީ ދޯ!”. މިލާން ބުންޏެވެ. ” ކަލޭ އަށް ޗުއްޓީ ވީއޭދޯ!، އަހަރެމެންގެ ފަހު އަހަރޭ ފެށެން މިއުޅެނީ،ޗުއްޓީ އަކަސް މަ މުތޯލިއާ ކުރަމޭ ކިޔެވި އެއްޗިހި، ހިނގާބަލަ މަށާ އެކު ކިޔަވަން އުޅެން މިލާން ވެސް” މާއިޝް ބުންޏެވެ. އޭނާ ފަދައިން މިލާން ވެސް ކިޔަވާ އޭނާއާ އެއްސަފެއްގައި ހުންނަ ކުއްޖަކަށް ހަދަން މާއިޝް ނުހަނު ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކިހިނެތް ހެއްޔެވެ. މިލާން ދަނީ ކިޔެވުމާ އިތުރަށް ދުރަށެވެ.
”ޔަޤީންތާ! އަހަރެން ގަބޫލުކުރަން އަހަންނަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ނޫންކަން. އެކަމަކު މިހާރު މަ ކިޔަވާހިތުން ވެސް ކިޔަވާނަން، އެކަމަށް އެހީތެރިވެދޭނެ ބައިވެރިއެއް މަށަށް ލިބެއްޖެ” މިލާން ބުންޏެވެ. ”ވަޓު ތިބުނީ” މާއިޝް ހައިރާން ކަމާއެކު ބުންޏެވެ. ” އާނ ރަނގަޅަށް ތިހީކުރެވުނީ، މަ ދެކެ ލޯބިވާ ކުއްޖެއް މަށަށް ލިބެއްޖެއޭ މިބުނީ އޭނަ އަށް ކިޔަނީ ޔައިނާ، ވަރަށް ކެއަރިން ކުއްޖެއް” މިލާން ފަހުރުވެރިކަމާ އެކު ބުންޏެވެ. ”އޭ ކޮންގުރާ ބަޑީ، ނުވެސް ބުނެލާ ވިއްޔަ ތިއުޅެނީ” މާއިޝް ޝަކުވާ ކޮއްލިއެވެ. ” ބުނެވޭތަ ބޮރޯ މާ ބިޒީ ވިއްޔަ ހެހެ” މިލާން ބުންޏެވެ. ”އޭއާނ މަ ބުނީމެއްނު ކިޔަވާ ވާހަކަ، ތިއެއް ނޫނޭ، ރަގަނޅަށް ގެންގުޅެއްޗޭ އެމަންޖެ” މާއިޝް ބުންޏެވެ. ”ޔަގީނެއްނު މަ އިނާ ދޫކޮއްލާނެ އެއްވެސް ހާލަތެއް ނާންނާނެ، އެއްވުރެއް ބޮޑަށް މަ އެނަ ގެންގުޅޭނީ ލޯބިން” މިލާން ޔަގީންކަން ދިނެވެ.
އަހަންނަށް އެވާހަކަތައް އަޑު އިވުނީ ހޮނު ގުގުރިއެއްފަދައިންނެވެ. އަތުގައި އޮތް ބިއްލޫރި ތަށި ނުވެއްޓުނުކަމީ ނަސީބެކެވެ. އެހެންނޫން ނަމަ އެމީހުންނަށް ފަޅާއެރީހެެވެ.އެބުނާ ޔައިނާ އަކީ ކާކުބާވައެވެ. ޔަގީނުން ވެސް މިރަށު މީހެއް ނޫނެވެ. އެހެނޫނަމަ ޝާޔާ އަށް ނޭނގި ނުދާނެވެ. ނޫނީ އެދެމީހުން ދިމާވީ އޮންލައިން ކަމަށްވެސް ވެދާނެވެ. ތިބުނާ ޔައިނާ އަށް މިލާންގެ ހަގީގަތް ނޭނގެނީއެވެ. މިލާންގެ ހަގީގަތް ހިނގޭ ދުވަހަކީ މިލާން ރޯން ޖެހޭނެ ދުވަހެކެވެ. މިފަދަ ހިޔާލުތަކުގައި ހުރެ އަހަރެން މިސްބުޖެހީ ކޮޓަރި އަށް ދިޔުމަށެވެ.
ކޮޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. އޭރު ފަތިސްވާކަމުގެ ނިޝާންތައް ކުޑަދޮރުން ފެންނަމުން ދިޔައެވެ. ވައިމަޑުވެފައިވީ ނަމަވެސް ކޮޓަރި ތެރޭގެ ފިނި ހޫނުމިނަކަށް ބަދަލެއް ނާދެވެ. މަޑުމަޑުން އެނބުރެމުން ދިޔަ ފަންކަލަށް ނަޒަރު ހުއްޓިލައިގެން އޮއެވުނީ ކިހާއިރަކު ކަމެއްވެސް ހުދު އަހަންނަކަށް ނޭނގެވެ. ނަމަވެސް މާގިނައިރު ތަކެއްނުވަނިސް އަހަންނަށް ނިދެއްޖެވެ.
މެންދުރުގެ އިރު މުދަލީގެ ސީދާ ބޯމަތީގައި ހުރިއިރު،މުޅި މާހައުލަށް ވަނީ ދިލަ ހޫނެއް ފެތުރި ފައެވެ. މަގުތަކުގެ ތާރުގަނޑުން ހޫނު އާވި އަރަމުން ދިޔައިރު، ވައިޖެހޭ ކޮންމެ ދިމާލަކުން ހީވަނީ ހޫނު އަލިފާން ގަނޑެއްގައި ފައި ޖެހޭހެނެވެ. އެހެންދުވަސް ދުވަހާ ހިލާފަށް މިއަދު މަގުމަތި ވަނީ ވަރަށް ބޮޑަށް ހިމޭންވެފައެވެ. ދުއްވާ އެއްޗެއްގެ އަޑެއް ނުވަތަ މީހެއްގެ ހިލަމެއް ވެސް މާބޮޑަކަށް ނުވެއެވެ. ގޭގޭގެ ފާރުތަކުންނާއި މަގުމަތީގައި ހުރި ގަސްގަހާގެހިންވެސް ފެންނަނީ މެންދުރުގެ ގަދަ ހޫނަށް ކެއްނުކުރެވިގެން މޯޅިވެފައިވާ މަންޒަރެވެ.
އަހަންނަށް ހޭލެވުނީ އެހެން ދުވަސްތަކަށް ވުރެން ލަހުންނެވެ. އޭރު 12 ޖަހަން އިނީ ފަސްވަރަކަށް މިނެޓެވެ. ނަމަވެސް އާދުވަހެއް ފަށާކަށް އަހަރެން އެވެސް ތަށްޔާރެއް ނޫނެވެ. އަހަރެންގެ ހިތުގައި އަދިވެސް ހިނގަމުން ދަނީ ރޭ ހިނގި ހާދިސާއެވެ. ހިޔާލުތަކަށް ގެލިފައިން އަހަރެން ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. ” މީޝް ކޮން ފިކުރެއްގައި؟، ކޮޓަރި އަށް މީހަކު ވަތްކަން ވެސް ނޭންގުނު ވިިއްޔަ”. ޝާޔާ ބުންޏެވެ. ” ފިކުރެއްގަ އެއް ނޫން، ހާދަ ފޫހި ދުވަހެކޭ ވާރޭ ވެސް ވެހެނީކީ ނޫން، އެހެން ނޫން ނަމަ ވާރޭ ތެމެލަން ދެވުނިސް” ދެރަވެލަމުން އަހަރެން ބުނީމެވެ. އާނއެކެވެ، އަހަރެން އަބަދުވެސް ވާރެއާ ތެމޭ ހިތްވެއެވެ. ވާރޭ ވެހޭ އަޑު އިވުނަސް ދުވެފައި ބޭރަށް ނުކުންނަމެވެ. އެއިވޭ ހިތްގައިމު އަޑުން ހިތަށް ފިނިކަން ގެނެސްދެއެވެ. ” އޭތިހެން ބުނީމައޭ މި ހަނދާންވި، ހިނގާބަލަ މަށާ އެކު ކުޅެންދާން މިއަދު” ޝާޔާ ބުންޏެވެ. ”ވަޓު ކުޅެންށޭ” އަހަރެން ބުނީމެވެ. ”ޔާ އޮފްކޯސް ހާދަ ގިނަ ދުވަހެއް ވެއްޖޭ މިހާރު ކުޅެން ނުދެވޭތާ!” ޝާޔަ ބުންޏެވެ. ”މަނެތް މިއަދު ކުޅެން ދާހިތެއް” އަހަރެން ޝަކުވާ ކޮއްލީމެވެ.
”ދެން މީޝޫ” އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ޝާޔާ ބުންޏެވެ.” އޭ އަހަރެން ކޮންތާކަށް ތިގެންދަނީ ތަދުވޭ!، ދޫކުރޭ ޝާޔާ” އަހަރެން ހަޅޭ ލަވައިގަތީމެވެ. މީ ކިހިނެއް ވެގެން އުޅޭ މީހެއް ހެއްޔެވެ. އަހަރެން މިގެންދަނީ ކޮންތާކަށް ހެއްޔެވެ. އޭނާ އަހަރެން ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައީ ސިޓިންރޫމް ސޯފާކައިރިއަށެވެ. އޭރު ސޯފާގައި އަހަރެންގެ މަންމަ އިތުރުން މިލާންގެ މަންމަ ތިއްބެވެ. ” އޭ ދައްތާ މީޝް އަށް ހުއްދަ ދީބަލަ މަށާއެކު ކުޅެން ދާން މިއަދު، ހަމަ ނުދާނަމޯ ކިޔަނީ” ޝާޔާ ހެމުން ހެމުން ކަހަލަ ގޮތަކަށް އަހަރެންގެ މަންމަގެ ހުއްދަ އަށް އެހިއެވެ. އެއާއެކު މާހައުލުގައި ގުގުމާލީ ހުނުމުގެ އަޑެވެ. އަހަރެން ލަދުގަތެވެ. ޝާޔާ އެހެން ބުނާނެކަމަކަށް ހީވެސް ނުކުރަމެވެ.” ތެދެއް ދަރިފުޅާ ދޭބަލަ ޝާޔާ އެކު ކުޅެން، އޭރުން ފޫހި ފިލާނީ ވެސް، އަނެއްކޮޅުން އާރަހުމަތްތެރިން ލިބޭނީވެސް، ތިހެން ނޯވެ ބޭރަށް ނުކުތީމައޭ ހިންހަމަޖެހުން ވެސް ލިބޭނީ ދޯ ޝާޔާ؟” އަހަރެންގެ މަންމަގެ ވާހަކަތަށް އަޑު އިވެމުން ދިޔަވަރަކަށް އަހަންނަށް ޝާޔާ ކުއްވެރި ކުރެވުނެވެ. ނަމަވެސް އެންމެ ހައިރާންވީ މަންމަ އެހާފަސޭހައިން އެއްބަސް ވީމައެވެ. އެހެންޔާ ކުޅެންދާ ވާހަކަ ކިރިޔާ ދެއްކުނަސް މަންމަ ރުޅި އާދެވެ. ހީވާ ގޮތުން ނަމަ އަމިއްލަ ރަށް ވީމަ ކަމަށް ވެސް ވެދާނެއެވެ. ”ލައްބަ މަންމާ! އަޅުގަނޑު ދާނަން ޝާޔާއާއެކު” އަހަރެން ޝާޔާއަށް ލޯ އަޅަމުން ބުނީމެވެ. އެއައްފަހު އަހަރެން މިސްރާބު ޖެހީ ކޮޓަރިއަށެވެ.
” ޝާޔާ ހާދަ މޯޅޭ ދޯ އެއްބަސް ކުރުވަން” އަހަރެން ބުނީމެވެ. ” ޔާ މަބޭނުމޭ މީޝް ގެންދަން އެހެންވެގެން އެހާވަރުން މި ހުއްދަ ހޯދީ ވެސް” އާދެސް ކުރާ ރާގަކަށް އޭނާ ބުންޏެވެ. ” ހަމަޖެހިބަލަ އަހަރެން ދާނަމޭ” ހީގަންނަމުން އަހަރެން ބުނީމެވެ. ތައްޔާރު ވެގެން ނުކުތީރު 4 ޖަހަން އިނީ ފަސްވަރަކަށްމިނެޓެވެ. ދެމީހުންގެ މިސްރާބު ހުރީ ރަށުގެ ދެކުނަށެވެ. އެއީ އަހަރެމެން ގެޔާ ވަރަށް ދުރެވެ. ދުވަމުން ކަހަލަ ގޮތަކަށް އަހަރެމެެނަށް އެތަނަށް އާދެވުނީރު ހުރީ މާނޭވާ ލެވި ލެވިއެވެ. އޭރު ހޭނޑުބޯޅަ ކުޅުމަށް ގިންބަޔަކު އެސަހަރަށްދަށް އެއްވެއްޖެއެވެ.ހުސް އާ މޫނުތަކެކެވެ. ކުރިން ރަށުގައިއުޅުނު އެކުވެރިން ވެސް ރަށް ދޫކޮށް މާލެ ބަދަލުވެއްޖެއެވެ. އާއެކުވެރިން ހޯދުމުގެ ނިޔަތުގައި އަހަރެން ވެސް ކޯޓު ތެރެއަށް ވަދުނީމެވެ. ފޯރީގައި ކުޅެމުން ދިޔައިރު ކޮންމެ ކުއްޖެއްގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެއެވެ. އެއްވެސް އަރާރުވުމެއް ދެބަސް ވުމެއްނެތެވެ.
ނަސީބު ރަގަނޅު ކަމުން އަހަންނާއި ޝާޔާ އަކީ އެއްޓީމެކެވެ. އެހެންނޫންނަމަ އަހަންނަށް ވަރަށް އުނދަގޫ ވެދާނެވެ. އާމުގޮތެއްގައި އަހަންނަކީ ސަކަރާ ޖަހާ ވަރަށް ލާނެތް ކުއްޖެކެވެ. ނަމަވެސް ނުދަންނަ މީހެއް ނަމަ އެގޮތަކަށް ވާހަކަ ދައްކާ ހަދާކަށް އަހަންނަކަށް ނުކެރޭނެވެ.އަހަރުމެން ޓީމު ކެޕްޓަނަކީ ވަރަށް ހިންހެޔޮ މިޖާޖެއްގެ ކުއްޖެކެވެ. ކޮންމެ ކުއްޖަކާވެސް ވާހަކަ ދައްކަނީ ހިނިތުން ވުމާއެކުއެވެ. ނަމަވެސް މީ ކޮން ރަށު ކުއްޖެއް ކަމެއް އަހަންނަކަށް ނޭންގެއެވެ. ޝާޔާ ގާތު އެހުމުން އޭނާ ބުނީ ނޭނގޭކަމުގައެވެ.ނަމަވެސް މި ފަހަރު އަހަރެން ނިއްމީ އެނާ އާ ވާހަކަ ދައްކާށެވެ. ”އަހަންނަށް ކިޔަނީ މީޝާ ފަނަރަ އަހަރު، އުފަން މިރަށަށް” ހިނިތުންވުމާއެކު އަހަރެން ތައާރަފު ވެލީމެވެ. ”އޯއް ނައިސް ޓު މީޓުޔޫ އަހަންނަށް ކިޔަނީ ޔައިނާ ފަނަރަ ފުރަމް އަރި އަތޮޅު” ހިނިތުންވަމުން އޭނާވެސް ތައާރަފް ވެލިއެވެ. އެއާއެކު އަހަރެން ދިޔައީ ތަރި ބުރައިގެންނެވެ. މީކޮންފަދަ އިއްތިފާގެއް ހެއްޔެވެ. އަހަރެން ކުޅޭން އައީ އޭނާ ފެންނާނެ ކަމަށް ވެސް ނޫނެވެ. އަނެއްކޮޅުން އެއީ މިލާންގެ ލޯބިވެރިޔާ ހެއްޔެވެ. އެވެސް ހަމަ ޔައިނާއެކެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ.އޭނާގެ އެ ރީތިކަމަށް ހަސަދަވެރިވެވުނީރު އަހަރެންގެ އަތްފައި ވަނީ ފިނިވެފައެވެ. އަހަރެން ސަލާންކޮއްލަން އޭނާގެ އަތުގައި ހިފާލީ ކުރިއަތް އަންނަން އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ.
8 Comments!
Comments are closed.

V reethi MA
ALHEY KIHINEH EVII
EHME reethi thunkolhun thi ninmailee
CW4THENEXTP
Tc
mi dhn vaahaka eh tha
Wow, this episode was amazing. I really loved the way you described everything. I also feel that Meesha seems quite jealous of Yaina, and honestly, she’s becoming one of the most disliked characters, lol. But why did you end it at such an interesting part 🥹 It seems like Yaina and Meesha might have a conflict . Btw cant wait for the next ep tc🫶🏻🫶🏻
Story vrh reethi cant wait forr nextt ep to see meesha and yaina ge fights 🫶🏻
But story avasavahah genes dhiniya ragalhu
Story vrh vrh reethi❤️
Grb
Vrh reethi
Waiting for next part can’t wait 😍