“މަޙަމް ދެން އަންނަނީ ޙަލީލުބެމެން ގެޔެކަށްނު. މިހާރު ދެން ތީ އެގޭ ކުއްޖެއްނު.” އަހަރެންގެ ބޮލުގެ ތެރޭގައި އެޖުމުލަ ތަކުރާރުކޮށްލެވުނީ އެނޫން މާނައެއް ނަގައިގެނެވޭތޯއެވެ. އަހަރެން ފުން ނޭވައެއްލީ، މިހުރެވެނީ މެހެމާނުންގެ ކުރިމަތީގައިކަން އަމިއްލަ ހިތައް ވިސްނައިދެމުންނެވެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ މައިންބަފައިން ދަސްކޮށްދިން އެއްކަމަކީ މީހުންގެ ކުރިމަތީގައި އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްގައި ހިފެހެއްޓުމުވެ. އާއިލާގެ ޤަދަރާއި ޢިއްޒަތުގެ ކުރިމަތީގައި އަހަރެންގެ އިޙްސާސްތަކުގެ އެއްވެސް އަޤެއް ނޯވެއެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު އަހަރެން ކޮޓަރިއަށްގޮސް ދޮރު ލައްޕާލީމެވެ. ކޮޓަރިއަށް […]
ވަރުބަލިކަން ވެރިވެފައިވާ މޫނު ހައިރާންކަމުން ފުރާލީ ފޯނަށް ސިމު ލެއްވުމާއެކު ނޮޓިފިކޭޝަން އިން ފެނުނު މެސެޖުންނެވެ. “ސޮރީ- ޒައީން” އަހަންނަށް އަނެއްކާވެސް އެމެސެޖު ކިޔާލެވުނެވެ. ދޭނެ ޖަވާބެއް އަހަރެންގެ ހިތަކު ނެތެވެ. ޒައީންއާ ބެހޭގޮތުން އަހަންނަށް އެންގެނީ ކޮންއެއްޗެއްބާއޭ؟ މިއީ އޭނާގެ ރުހުމުގައިކުރެވޭ ކަމެއް ކަމާމެދުވެސް އަހަންނަށް ޝައްކެވެ. ބަލާލަން ހުތުރީއެއްނޫނޭ، ނުވިތާކަށް ޑޮކްޓަރެކެވެ. އޭނާއަށް ނުލިބޭނީ ވަކިކާކުހެއްޔެވެ؟ ދެން ބީރެއްޓެއްސަކާ ކައިވެންޏަށް އިޤްރާރުވުމުގެ ބޭނުމަކީ ވަކިކޮބާ ބާއޭ ހިތާހިތުން އަހާލެވުނުވެ. މާލަސްތަކެއްނުވެ އެމެސެޖާއި ވިދިގެން އަނެއް […]
ޝައުހާ އޭނާގެ ކޮޓަރީގައި ހުރި ބޮޑު ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ އުންމީދު ކެނޑިފައިވާ ކަމުގެ އަސަރުތަކެވެ. އޭނާގެ އަތުގައި ބާރަށް ފިތާލެވިފައި އޮތީ ލަމްހާާގެ ލޭގެ ކުލައިގެ އެ ސިއްރު ސިޓީއެވެ. އޭގައިވާ ކޮންމެ ލަފުޒަކުން ޝައުހާގެ ހިތް ދިޔައީ ރޫޅެމުންނެވެ. ރައްޔާންއަކީ އޯގާތެރި ފިރިއެއް ނޫނެވެ. އޭނާއަކީ އިންސާނެއްގެ ސިފައިގައި ހުރި ރަހުމެއްނެތް، ނުރައްކާތެރި މަހުޖަނެކެވެ. މަންމަ ޒަހުރާގެ ފަރުވާއަށް ފައިސާ ދީ، އޭނާގެ ހަޔާތް އާރާސްތުކޮށްދިނީ ހެޔޮއެދިގެނެއް […]
ރީތި ކޮންމެ ރެއަކު މިހިތުގެ ވިންދަކީ ކަލާއެވެ. އެމުނެމުން ގުޅިގެން ދާއިރު މިނާރު ބުރިވާނެބާއެވެ؟ ވަޢުދާއި ޢަހުދުގެ ދަރުބާރުތައް ފެށެން އޮތީއެވެ. ދިރިއުޅުމުގެ ދަތުރު އެއުޅޭނީ ފެށޭށެވެ. ފަހުން ވާނެ ގޮތެއް ނޭނގުނަސް މިއަދަށް ހިނިތުންވަމާހެވެ. ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރިވަމާހެވެ. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް އޮތުން އެކަށޭނައެއް ނޫނެވެ. އެއްގޮތް ވާކަށްވެސް ނުޖެހޭނެއެވެ. ހިތާމައިގެ ކަޑުގައި ފީނުން ހުއްޓާފައި އަމާން ބަނދަރަކަށް ދާންވެއްޖެއެވެ. ރެއާދުވާލު ރޮއެގެން ދެލޯ ރަތްވެ ދުޅަވުން ނޫން ކަމެއް ނުވާނެއެވެ. ހެވިލާފައި […]
ރިހާން ލިއާ ގޮވައިގެން އިރުކޮޅަކު ދުއްވާލުމަށްފަހު ސައިކަލު މަޑުކޮށްލީ ތުނޑިއާއި ދިމާލަށެވެ. މުޅި ހިސާބުގައި ވަނީ އަނދިރިކަމެވެ. އެކަމުން ލިއާއަށް ހިތްހަމަޖެހުން ލިބުނީ ލޮލުގައިވި ކަރުނަތައް ރިހާންއަށް ސިއްރުކުރެވޭނެތީއެވެ. ސައިކަލުން ފައިބެފައި، ރިހާން ލިއާގެ އަތުގައި ހިފައިގެން ގަސްތަކުތެރެއިން ލާފައި ގޮސް ތުނޑިއަށް ނިކުތެވެ. އޭރު ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުން ލިއާގެ އިސްތަށިގަނޑު އުދުހެމުން ދިޔައެވެ. ރުޅިއައިސް ހުޅިނަގަމުން ދިޔަ ރާޅުތައް ދޮންވެލިގަނޑަށް ޖެހެމުން އަންނަ އަޑު އިވިއިވި ހުއްޓެވެ. ލިއާއާއި ކުރިމަތިވާހެން ހުއްޓުމާއެކު ރިހާން މަޑުމަޑުން […]
އޭނާގެ މުޅި ދުނިޔެ ހުއްޓުނީ، އޭނާގެ އަންހެނުން، އޭނާގެ ކޮއްކޮގެ އަތުގެ ތެރޭގައި އެހާ ގާތުގައި، އެފަދަ ހެދުމެއްގައި ވަނިކޮށް ފެނުމުންނެވެ. މާން އަށް ދަތްކުނޑިވިކައިގަނެވުނެވެ. އަތުގެ މުށް ބާރުވެ، ނާރުތައް ފާޅުވާން ފެށިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި، ހަސަދަވެރިކަމުގެ ނުރައްކާތެރި އަލިފާނެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭ ކެކިގަތެވެ. ‘ މިއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ ފުރަތަމަ ރިލްވާންއެވެ. މިހާރު އަހަރެންގެ ކޮއްކޮއާއިވެސް އެފަދަ ގުޅުމެއް ހިންގަން ފެށީ ހެއްޔެވެ؟ […]
“މިންހާ… ކޮންމެސް އެއްޗެއް ބުނެބަލަ.. އޯކޭ ދޯ އަހަރެން އަންނަން ދެން މަޑު ކުރަން.” ޝަރާ ބުނީ ވަރަށް އުންމީދާއި އެކުގާއެވެ. އެއްފަހަރު ޝަރާއަށް ބަލައިލުމަށް ފަހު އަނެއް ފަހަރު އިނާޔާއަށް ބަލައިލަމުން މިންހާ އިސްޖަހާލިއެވެ. އެއަށް ދޭނެ އެއްވެސް ޖަވާބެއް ނެތް މިންހާގެ ދޫ ޚަރަކާތް ކުރާނީ ކިހިނެއްހެއްޔެވެ؟… މިންހާއަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ބާރު ނެތް އަންހެނެއްކަން ޝަރާއަށް ބުނެދޭން މިންހާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ޝަރާގެ އެ ނިންމުމަށް މިންހާ […]
މަދަހަ: ޞާދިޤުލް ވަޢުދިލް އަމީން މާނަ: ތެދުވެރި، ވައުދުފުއްދަވައި، އަމާނަތްތެރިޔާ (ޞާދިޤުލް ވަޢުދިލް އަމީނޭ، މާތްވި ނޫރުލް ޢުޔޫނޭ އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ) 2x ޞާދިޤުލް ވަޢުދިލް އަމީނޭ… ދޭހުގައި ވިދަވިދާ ވީ ޞާދިޤުލް މާތް ޒަމާނޭ ދޫފުޅުގެ ތެދުކަމާއި ހައްޤު ބަސްބުނުމަގައި 2x ޞާދިޤުލް ވަޢުދިލް އަމީނޭ އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ ޞާދިޤުލް ވަޢުދިލް އަމީނޭ… ވަޢުދުވުމުގައި އެއީ ފަރިވި ވަޢުދިލް ޔަޤީނޭ ޢަހުދު ކަށަވަރުކަމާއި އުނިނުވާ ފުއްދުމުގައި 2x […]
“ފަޅު ގެއެއްގެ ތެރޭގައި އޮތް ފުރޮއެއްގައި ލޭ ކުލަ ހުރެގެން ވަރަށް ރަނގަޅަށް ބެލިއިރު އިނގިލީގެ ނިޝާނެއް ފާހަގަވި. އޭގެ ފަހުން އިމުތިހާނުތަކާއި ތަހުލީލުތައް ކޮށްގެން ބެލިއިރު ޒާންގެ އިނގިލީގެ ނިޝާނާ ދިމާވޭ.” ނުހާދު ފޯނުން ވާހަކަ ދެއްކިއެވެ. ޖޫނާއަށް އެ ޚަބަރު އަޑުައިވި އަނގަމަތީ އަތްއަޅާ މުށިތަކުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ކަންފަތަށް އިވުނު އަޑު ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. “ޖޫނާ ކިހިނެތްވީ؟ އާހިލު އުޑަފައިން އިށީންދެ ޖޫނާގެ އަތުގައި ހިފިއެވެ. “ދެން ކިހިނެތް ދޮންބެއަށް […]