މިލާންގެ ހަޤީގަތް އިނގޭ ދުވަހަކު ރޮމުން އަހަރެން ގާތަށް ނާންނައްޗެއެވެ. ޔައިނާގެ ނަޒަރުގައި މިލާން އަކީ ހީރޯއެކެވެ. ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރު އެ ހާދިސާ އަޑު އަހަން އިތުރު ފަރާތެއް ހުރިކަމެއް ރެއެކާވެސް ނުލައެވެ. ************ އިރުގެ ރަންދޯދިތައް ކުޑަދޮރުގެ ފޮތިގަނޑުން ފުރޭނިގެން އައިސް ކޮޓަރިއަށް އެޅެމުންދިޔައީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ބޭރުން އިވެމުންދިޔަ ދޫނިސޫފާސޫފީގެ ހިތްގައިމު ރާގުތަކާއި ފިނިފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. ނަމަވެސް އަހަރެންގެ މޫނުމަތިން ފެންނަމުންދިޔައީ […]
އޭނާގެ ރީތި ކަމަށް ހަސަދަވެރިވެވުނީރު އަހަރެންގެ އަތްފައި ވަނީ ފިނިވެފައެވެ. އަހަރެން ސަލާންކޮއްލަން އޭނާގެ އަތުގައި ހިފާލީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ. **************** ފޯރީގައި ކުޅެން ތިބި ކުދިންނަށް ހޭވެރިކަމެއް އައީ ބަނގީގެ މޫރިތި ކަލިމަތަކުންނެވެ. އެހެންކުދިންނެކޭ އެއްފަދައިން އަހަރެން ވެސް މިސްރާާބު ޖެހީ ގެއަށް ދިޔުމަށެވެ. ނަމަވެސް އަހަރެންގެ މަގުސަދެއް އަދި ހާސިލެއް ނުވެއެވެ. އަހަރެންގެ މަގުސަދު ހާސިލް ވާނީ އޭނާއާ ބައްދަލުވެގެންނެވެ.ނަސީބު ވެސް ރަގަނޅީތާއެވެ. މާދުރުނޫން ހިސާބަކުން ޔައިނާ […]
މިއަދު އަހަންނަކީ މޮޔައެއް ކަމުގައި މީހުން ބުނެވެ. އާއިލާގެ އެންމެނާ މޫނުކެނޑިއްޖެވެ. ހަމައެކަނި މައްސަލަ އަކީ އަނބިމީހާ މަތިން ހަނދާން ނަތްތާލައިފައި އަހަރެން އެހެން މީހަކާ އިނުމެއް ނޫނެވެ.އެމީހުން ބުނާގޮތުގައި، އަސްލު މައްސަލަ އަކީ އަހަރެން ކައިވެނި ކުރި މީހާއެވެ.އޭނާގެ އުމުރެވެ. އެކަމަކު އަހަރެން ކުށެއް ނުކުރަމެވެ. އަނބިމީހާ އަށް ބޭވަފާތެރިއެއްވެސް ނުވަމެވެ. މުޖުތަމައު ކޮންމެ ގޮތަކަށް އަހަންނާމެދު ކަންތައް ކުރިޔަސް ފަރުވާލެއްނެތެވެ. ލޯތްބަކީ ކޮބައިކަން މިޒަމާނުގައި ދަންނަނީ ކިތައް މީހުންހެއްޔެވެ؟. އަހަންނާއި ޝިއުނާ ގުޅުނީ މީގެ […]
”އޭ މީޝް ކޮންތާކަށް ތިދިޔައީ” ޝާޔާ އަހާލިއެވެ.”މިލާން މައަތުގަ އައްލީމަ،މި އޮތީ އަންގޮޓި މަނާޅާނަން އެނާ ދޭ އެކައްޗެއްވެސް”. އަހަރެން ބުނީމެވެ. އެއާއެކު މިލާން ވަގުތުން އެތަހަނުން ދިޔައެވެ.އޭނާ ހިތުގައި ރިއްސާލީ އެހާބޮޑަށެވެ.މިލާންގެ ކުށަކީ ކޮބައިހެއްޔެވެ.؟ ********************** އޭގެ ދެތިން ދުވަސްފަހެވެ.ދުވަހަކީ ހޫނުގަދަ ދުވަހެކެވެ.އަހަރެން އިނީ ޝާޔާމެންގޭ ގޯތިތެރޭގައެވެ.މުޅި ސަރަހައްދު ފުރިފައި ވަނީ މަލާމެލިންނެއެވެ. މަދުމާގަހެއްފިޔަވާ ހުރިހާ މާގަހެއް އެތަނުން ފެންނަން ހުއްޓެވެ.އަހަރެން އެންމެ ގަޔާވަނީ ގައުމީމާކަމުގައިވާ ފިނިފެންމަލެއެވެ.އެ ފޮޅެލުމުން އިންނަގޮތެވެ. މީގެ އިތުރުން ކުންނާރުގަހަކާ އަނބުގައެއް ވެސް […]
”މީޝް އަޅައިނުލާ، މިރަށުގައި މިދުވަސްކޮޅު ރެދަންލަޔޯ ހިނގައިބަލަ ބަލައިލަން ދާންއެވެ”. މިލާންނާ ދާދި ގާތުގައި ހުރި މިލާންގެ ރަހުމަތްތެރިޔާ އަހާލީ އަހަރެންގެ އަތުގައި ހިފާލަމުންނެވެ.އަހަރެން ވަގުތުން ބޯޖަހާލީާމެވެ.ނަމަވެސް އަހަންނަށް އެވަގުތު ފެނުނީ މިލާންގެ ނުރުހުންވެފައިވާ މޫނެވެ. އެމޫނުފެންނަ ކޮންމެ މީހަކުވެސް ބިރުގަންނާނެވެ.ނަމަވެސް އެއީ ކީއްވެބާއްވައެވެ.އޭނާ ރުޅި އައީ އޭނާ އަހަރެންގެ އަތުގައިހިފުމުން ހެއްޔެވެ.ނުވަތަ އޭނާ އަހަންނާ ވާހަކަ ދެއްކުމުން ހެއްޔެވެ.ވިސްނާ ވިސްނާ ވެސް ބޮލަކަށް އެއްވެސް އެއްޗެއްނައެވެ. ================================================= އަހަރުމެންގެ މިސްރާބު ހުރީ ރަށުގެ ފުއްޓަރުފަރާތާ ދިމައަށެވެ.ތުނޑިއަށް ދެވުމާއެކު […]
މިލާން ވެސް އައިސް އަހަރެން ކައިރި އިށިންދުނީރު މާނޭވާލެވެ.”އަހަންނަށް އިނގޭ މީޝްއަށް އަތުނުވާނެކަން ވެސް، އެކަމަކު އެއްކަލަ ކުޑަ ކުޑަ މީޝާ ދުވާގޮތް މަށަށް ސިފަވަނީ” މިލާން ބުންޏެވެ.އެއީ ތެދެކެވެ.އޭރުވެސް އޭނާ އާވާދަކޮށް ދުވަމެވެ.އޭނާ އަށް ވުރެން ބާރަށް ދުވެވޭކަނެކަން އަންގާލުމަށެވެެ.ނަމަވެސް އަހަރެން ހިނިތުންވުމަކުން ފުއްދާލީމެވެ. އަހަންނަށް ނޭންގުނުކަމަކީ މި ހުރިހާ މަންޒަރުތަކެއް ފޮޓޯ ނެގެމުން ދިޔަކަމެވެ.ދުރުގައި ހުރެ ފޮޓޯ ނަގަމުންދިޔަ ޝާޔާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.ޝާޔާގެ މަގުސަދަކީ އަހަރެން ރުޅި އަރުވާލުމެވެ.ކަން ވެގެންދިޔައީ ވެސް […]
ފަތިހުގެ ފިނިކަން ފޫދުއްވާލަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރްހަބާ ކިޔަމުން ދިޔަވަގުތެވެ. މޫދު ލޮނުގަނޑުން މައްޗަށް އަރައިގެން އައި އިރުގެ ރަން އަލި ވަނީ އުޑުމަތި މަޑު އޮރެންޖު ކުލައަކުން ފާއްދާލާފައެވެެ. ނޫކުލައިގެ ސާފުވިދާ ބަބުޅާ ލޮނުގަނޑަށް އެކީހެން އިރުގެ އަލި އެޅިފައިވާ އިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މަޑު އޮރެންޖާއި ރީންްދޫ ކުލައެއް އެކުލެވިފައިވީ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެނީ އެކި ޒާތުޒާތުގެ ދޫނި ސޫފާސޫފީގެ ރީތި މިއުޒިކީ ރާގުތަކުންނެވެ. ޖެހޭ ފިނި ރޯޅިއާއެކީ ގަސްގަހުގެ […]