ވެހެމުންދިޔަ ތުނިފޮދު ވާރޭ ތިކިތައް އަައިސް ކުޑަދޮރުގައި ބީހިލާއިރު ބަލައިލަން ނިކަން ހިތްގައިމެވެ.ކޮޓަރީގެ ތެރެއަށް އެޅިފައިވާ މަޑު ފެހި ކުލައިގެ ލައިޓާއެކީގައި ލޯބި ރާގަކުން “ބޮޑުބުޅާ” ލަވަ ކިޔަމުން ދާއަޑު ހަތަރު ފާރުގެ ތެރޭގައި ވަނީ ހިފާލައިފައެވެ. ******** “މަންމީ ބަލަ މާޝީ އެޕަލްއެއް ކުލަހާލާފަ” ކޮޓަރިއަށް ވަދެގެންއަައި ޝުހާއާ ދިމާލަށް ދުއްވައި ގަންނަމުން މާޝީ ހަޅޭއްލަވައި ގަތެވެ. “ނޯ މަންމީ އެއީ ދޮންބެ ކުރަހާފަ” މާޝީއަށް ތަޢުރީފުގެ ބަސްތައް އޮހުމުގެ ކުރިން ޝާން ހަޅޭއްލަވައިގަތެވެ. ******** […]
ފެންމާގަނޑުން އޮހެމުންދިޔަ ފެންތިކިތަކައް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ދޮޅުގަޑިއިރު ވެދާނެއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އަހަރެން ފާހަނައިން ނިކުތީ ބޮލައް ބަރުވާކަހަލަ އިޙުސާސްއެއް ކުރެވެން ފެށުމުންނެވެ. އުނަގަނޑާ ހިސާބަށް ތުވާލި އޮޅައި ލާއިގެން ގޮސް ވޯރޑް ރޯބް ހުޅުވާލާފައި އޭގެ ތެރެއައް ވަދެ ރަތް ކުލައިގެ ޓޮޕަކާއި ބޭޖް ކުލައިގެ ޖިންސެއް ލައިގެން ނިކުމެ މެސީބަން އަކުން އިސްތަށިގަނޑު ސްޓައިލް ކޮއްލީމެވެ. ގަދަނޫނަސް އެހާމަޑުނޫން މޭކްއަޕަކުން އަހަރެންގެ މޫނު އުޖާލާ ކޮއްލީމެވެ. […]