…(ކިޔުންތެރިންގެ ހިޔާލު ކޮމެންޓުކުރުން އެދެން)… “އަހަރެމެން ވަލީދުުމެންގެ ގެއަށް ދިޔަކަން އެމީހުންނަށް އެނގުނީ ކިހިނެއް؟” ހާސްކަމާއެކު ރައިހާން، ނަވީންއާއި ސުވާލުކުރިއެވެ. ނަވީން ޖަވާބު ނުދިނުމުން ރައިހާން އަނެއްކާވެސް ސުވާލު ކުރިއެވެ. “ދެން ޕޮލިހުން ކައިރިން ސަލާމަތް ވާނީ ކިހިނެއް؟” ނަވީންއާއި ރައިހާން ތިބީ ފުލުހުންގެ އިދާރާގެ އިންތިޒާރުކުރާ ގޮނޑިބަރީގައެވެ. އެމީހުން ހިފަހައްޓާފައިވަނީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތެއްގައެވެ. “މިތާކު މިހެންނެއް ނުތިބެވޭނެ. މިލްޝާއާއި ލިވާންއަށް ވީގޮތެއްވެސް ނޭނގެ. އެންމެ ރަނގަޅުވާނީ ފުލުހުންނަށް އަސްލުވީގޮތް ކިޔައިދިނީމަ” ދެއަތުން ބޯ ހިފަހައްޓާލައިގެން […]
“ގަޑިން ހަތެއް ޖަހަން ކައިރިވަނީއެވެ. އަހަރެން ހޭލަންޖެހޭ ވަގުތު މިވަނީ އައިސް ޖެހިފައެވެ. ނިދުމުގެ ފުރުސަތެއް ލިބުނީވެސް ދަމެއްވެ، ދަންވަރު ހަތަރެއް ޖެހިފަހުންނެވެ. އެމީހުން އަހަރެން މިނިވަންކޮށްލީވެސް ހަށިގަނޑު ވަރުބަލިވެ، ހަކަތަ ހުސްވި ފަހުންނެވެ. ހަތެއް ޖެހުމުގެ ކުރިން ފެންވަރަން މަޖުބޫރެވެ. ނަމަވެސް، ހަށިގަނޑުގައިވާ ޒަޚަމްތަކާއި ކެނޑިފައިވާ ތަންތަނުގައި ފެން ބީހުމުން އުފެދޭ ދިލަ އަދި ތަދު ތަހައްމަލު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަހަރެން އަޅާ ކޮންމެ ފިޔަވަޅަކުން މި ލިބޭ ވޭނަށް ފަރުވާއެއް ލިބޭނީ […]
“މާތްކަލާކޯ! ގޯހެއް ނޫން ކަލޭ،” ނަވީން ވަލީދުއަށް ކަންތައް ކުރި ގޮތް ފެނުމުން ލިވާން ބާރަށް ބުންޏެވެ. މިލްޝާއަށް ވަލީދު ހޭނެތިފައި އޮއްވާ ފެނުމުން، ރައިހާން ފަހަތަށް ޖެހިލައި އަމިއްލަ އަނގަމަތީގައި އަތް އެޅިއެވެ. “ކޮންމެ ގޮތެއް ވިޔަސް މިހާރު މި އޮތީ ކަމެއް ކުރެވިފައި. އޭނާ ހޭއަރަންވާއިރަށް ގޮނޑިއެއްގައި އައްސަން އުޅޭ،” ރައިހާން ބުންޏެވެ. ނަވީން ވަލީދުގެ ގައިމަތިން ތެދުވެ، ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ސިކުނޑި މިހާރު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް […]
ނޯޓް: ކިޔުންތެރިންގެ ހިޔާލުތައް ކޮމެންޓްކޮށްދެއްވުމަށް އެދެން “ލޯންޗު ބުކްކޮށްފިން. އެކަމަކު އެންމެ އަވަހަށްވެސް ދެން އޮތީ މާދަމާ ހެނދުނު. އެހެންވީމާ، ތި ރަށުން ގެސްޓްހައުސްއެއް ހިފައިގެން މަޑުކުރޭ” ފޯނުގެ އަނެއްކޮޅުން ރައިހާން ބުންޏެވެ. “އާނ، މާދަމާ މާލެ ލަފާ ގަޑިއަށް އަންނަށްޗޭ” މިހެން ބުނެ ނަވީން ފޯނު ބޭއްވިއެވެ. “ދެނޯ؟” ކުރާނެ އިތުރުކަމެއް ނެތުމުން ލިވާން ސުވާލުކުރިއެވެ. “މިރޭ ތިބޭނެ ކޮޓަރިއެއް ހޯދަންވީ” ނަވީން ޖަވާބުދިނެވެ. “އަޖައިބެކޭ، މިރަށުން ހަވީރު ފުރާނެ ބޯއްޓެއްވެސް ނުވި؟” ޖަވާބަކަށް އުންމީދުކޮށްގެން […]
ނޯޓް: ކިޔުންތެރިންގެ ހިޔާލުތައް ކޮމެންޓްކޮށްދެއްވުމަށް އެދެން ލައިރާގެ މަންމަ، ލައިރާގެ އަތުގައި ގަދަކަމުން ހިފަހައްޓައިގެން ހުރެ، އޭނާ ކުރަމުންދިޔަ އާދޭސްތަކާއި ރުއިމަށް ބެލުމެއްނެތި، ލައިރާ ގޭތެރެއަށް ވައްދައިފިއެވެ. “ކަލެއާއި ނަވީން ދެން ކިތަންމެ ބޭނުންވިޔަސް ބައްދަލެއް ނުކުރެވޭނެ. އޭނާއަށް ކަލޭ ފެންނަ ހިސާބަށްވެސް ނުދެވޭނެވަރު އަހަރެން މިފަހަރު ކުރާނަން،” ފޯނު ނަގަމުން ލޫނާ ހަޅޭއްލަވައިގަތެވެ. ގިސްލާ ރޮމުން ލައިރާ އޭނާގެ މަންމަގެ ކިބައިން އާދޭސް ކުރަން ފެށިއެވެ. “މަންމާ، ތިހެން ނުހަދާ! ނަވީން އަހަންނަކަށް އެއްވެސް ގެއްލުމެއް […]
ނޯޓް: މީ ކުރިން 3ންވަނަ ބަޔާ ހިސާބައް އަޕްލޯޑު ކުރެވިފައިވާ ސީރީސް އެއް، އެކައުންޓްގެ މައްސަލައަކާއި ގުޅިގެން އަލުން މިވަނީ އަޕްލޯޑް ކުރެވިފަ. ކޮމެންޓް ކޮށްލުން އެދެން… (ނަވީން) “ދުއްޕާން ބޮޑުނުކޮށް ތިޔަ ދެންވެސް ކާން އާދެބަލަ!” މިއީ އަހަރެންގެ ކޮންމެ ދުވަހެއްގެ ހެނދުނުގެ ފެށުމެވެ. އެ އިވެނީ ލޫނާ ދައްތަގެ އަޑެވެ. އާންމުގޮތެއްގައި އަހަރެންގެ އުމުރުގެ ކުދިން ހޭލާނީ މަންމައެއް ނުވަތަ ބައްޕައެއްގެ ގޮވައިލުމުގެ އަޑަށެވެ. ނަމަވެސް އަހަރެން ހޭލާ ގޮތް ތަފާތެވެ. އަހަންނަށް އެ […]