Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 28, 2026 5 Mins Read
7 Comments

“ހުރިހާ ކަމެއް ވީ ދާނިޔާލް ދުނިޔެއަށް އައީތީ.. އެކަމަކު ދާނިޔާލް ވަކިވެގެން ދިޔައިރު އަހަންނަށް އެހެން ހުރިހާ އެއްޗެއްވެސް ގެއްލުނީ.. ނޫރީންވެސް، އަހަރެންގެ ފެމިލީވެސް.. މިއަދު ބައްޕަ އެ ހާލުގަ އޮތް އިރުވެސް އަހަރެން ދެކެންވެސް ބައްޕަ ބޭނުމެއް ނުވި.. ނޫރީން އުފަލެއްނު ވާންވީ؟ އަހަރެން ނޫރީންއަށް ހެދި ގޮތުގެ ބަދަލެއްނު މީ؟” އަޒްޔަން ބުންޏެވެ.

އެއާއެކު ސިހިފައި އަޒްޔަންގެ މޫނަށް ބަލާލެވުނު އިރު ނޫރީންގެ ދެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ބުނެވުނީ ކީކޭ ކަން އަޒްޔަންއަށްވެސް އިހުސާސް ކުރެވުނީ ނޫރީންއަށް ވީ ގޮތުންނެވެ.

“ނޫރީން.. އައިމް ސޮރީ..” އަނެއްކާވެސް ދެ އަތުން މޫނު ފޮރުވާލަމުން އަޒްޔަން ބުންޏެވެ.

“އަޒްޔަންއާ އަހަރެން ވަކި ވެގެން އޭގެ ސަބަބުން އަޒްޔަންގެ އާއިލާއާ ވަކިވާން ޖެހިދާނެއެކޭ އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން. އެއީ އަހަރެން ދުވަހަކުވެސް ބޭނުންވި ގޮތެއް ނޫން.. އަހަންނަށް ކަންތައް ވީ ގޮތުންނޭ ކިޔާފަ ބަދަލުގަ އަޒްޔަންއަށް އެއްވެސް ދެރައެއް ލިބުމަކަށް އަހަރެން ހިތަށްވެސް ނާރާ.. ސޯ ޕްލީޒް، ތިހެން ނުބުނޭ. އަހަންނަކީ އެހާ ހިތްނުބައި މީހެއް ނޫން” ނޫރީން ބުންޏެވެ.

“އައި ނޯ..” އަޒްޔަން އެ އިން ގޮތަށް އިނދެ ބުންޏެވެ.

“މި ވަގުތު އަޒްޔަންއަށް އެހެން މީހެއްގެ ސަޕޯޓް ބޭނުން ވާނެޔޭ ހީވާތީ އަހަރެން އައީ.. އެކަމަކު އަޒްޔަންއަށް އެ ސްޕޯޓް ދެވޭނެ މީހަކީ އަހަރެންނެއް ނޫން ކަންނޭނގެ..” ނޫރީން އެހެން ބުނެފައި އެ ތަނުން ދިޔައީއެވެ. އަޒްޔަންވެސް ނޫރީން ހުއްޓުވާކަށް ނޫޅުނެވެ.

 

ޒާއިންއަށް އާދެވުނީ އެރޭގެ އަށްގަޑިބައި ވާން އުޅެނިކޮށެވެ. އެއީ ޑޮކްޓަރ އައިސް ޔާސިރުއާ ބައްދަލު ކުރުމަށް ހުއްދަ ދިން ވަގުތެވެ. ޝަފަގު އެތެރެއަށް ވަދެފައި ދިހަ ވަރަކަށް މިނަޓް ފަހުން ނިކުތުމުން ޒާއިން ވަނެވެ. އެ މަންޒަރު ބަލަން ހުރި އަޒްޔަން އެ ވަގުތު އެތާ ހުންނަން ބޭނުން ނުވެގެން ނިކުތެވެ.

ދެން އައި ދުވަސްތައް ދިޔައީ އެ ގޮތުގައެވެ. ރޭގަނޑު ޝަފަގުއާ ނޫރީން ގެއަށް ފޮނުވާފައި ހޮސްޕިޓަލުގައި މަޑު ކުރަނީ އަޒްޔަންއާ ޒާއިންއެވެ. ޔާސިރުއާ ބައްދަލު ކުރަން ހުއްދަ ލިބޭ ވަގުތުތަކުގައި ޒާއިންއާ ޝަފަގު، އަދި ދެ ފަހަރަކު ނޫރީންވެސް ވަނެވެ. ނަމަވެސް އެއް ފަހަރުވެސް އަޒްޔަން ނުވަދެއެވެ. ކޮންމެ ފަހަރަކު ޝަފަގު އަޒްޔަންގެ ވާހަކަ ބުނި ނަމަވެސް ޔާސިރު ދެކޮޅު ހަދައެވެ. ޔާސިރު ދެކިލަން ކިތަންމެ ބޭނުންވި ނަމަވެސް ޔާސިރުގެ ރުހުން ނެތި ވަންނަން ނުކެރިފައި އަޒްޔަން ހުރީއެވެ.

ހަފްތާއެއް ފަހުން ޒާއިން އެނބުރި ދާން ޓިކެޓް ނެގީ އަޒްޔަންއެވެ. ޒާއިން މާލޭގައި ހުންނަ ކޮންމެ ދުވަހަކީ ޒާއިންއަށް މުހިންމު ފިލާވަޅުތަކެއް ގެއްލޭ ދުވަސްތަކެއް ކަން އެނގޭތީ އެނބުރި ގޮސް ކިޔެވުމަށް ސަމާލުކަން ދިނުމަށް އަޒްޔަން ދިން ނަސޭޙަތް ޒާއިން ގަބޫލު ކުރިއެވެ. ޒާއިން ނެތަސް ބައްޕަގެ ހުރިހާ ކަމެއްގައި ޒާއިންއަށް ބުރެ ބޮޑަށް އަޒްޔަން ފަރުވާތެރި ވާނެކަންވެސް އެނގޭތީ ޒާއިން ދިޔުމަށް ދެކޮޅެއް ނުހަދައެވެ.

އޭރުވެސް ޔާސިރު ޙާލަތަށް ބަދަލެއް ނާދެއެވެ. އެއްވެސް ކަމެއް އިތުރަށް ގޯސް ނުވާތީ ޔާސިރު ގޮވައިގެން ބޭރަށް ފުރުމުގެ ހުއްދަ ލިބުމުން އަޒްޔަން ލަސްނުކޮށް ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ޔާސިރު ގޮވައިގެން ޝަފަގުއާ އަޒްޔަންއާ ނޫރީން މެލޭޝިއާއަށް ދިޔައެވެ.

އެ ކޮޅުގައި ޔާސިރުއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ އަޒްޔަންއެވެ. އަޒްޔަންމެން ބޭނުންވި ނަމަ ޔާސިރުގެ ކަންތައް ކުރުމަށް ވަކިން ފިރިހެން ނަރުހެއް ހަމަޖެއްސުނީހެވެ. ނުވަތަ ބޭރު މީހަކުވެސް ގެނެވުނީހެވެ. ނަމަވެސް ބައްޕަގެ އެއްވެސް ކަމެއް ހިލޭ މީހަކު ލައްވާ ކުރަން އަޒްޔަން ބޭނުން ނުވީއެވެ. ޔާސިރު ހިތްހަމަ ނުޖެހޭ ކަން އެނގުނު ނަމަވެސް އެ ފަހަރު އަޒްޔަންވެސް ގޮތްދުލެއް ނުކުރިއެވެ.

“ބައްޕަ މި ގޮތް ބޭނުމެއް ނުވާނެ ކަން އެނގޭ. ޒާއިންއަށް އާދެވެން އޮތް ނަމަ އަހަރެން މި ކަންތައް ކުރުވާނީ ޒާއިން ލައްވާ. އެކަމަކު ކިޔެވުން ދޫކޮށްލާފަ ޒާއިންއަށް އާދެވެން ނެތީ. އެހެން ވިޔަސް އަހަރެން ހުރެ ބައްޕަގެ ކަންތައް ހިލޭ މީހަކު ލައްވާ ކުރުވާކަށް ގަބޫލެއް ނުވެވޭނެ. ބައްޕަ ރަނގަޅު ވީމަ، އަމިއްލައަށް ކަންތައް ކުރެވޭ ވަރު ވީމަ ބައްޕަ ބޭނުން ނުވަންޏާ އަހަރެން ބައްޕަ ކުރިމައްޗަކަށް ނާންނާނަން. އެކަމަކު މިހާރު އަހަންނަށް ދުރުގައެއް ނުހުރެވޭނެ” ޔާސިރު އެޑްމިޓްކޮށް ފަރުވާ ފެށުމަށް ފަހު، ކަސްރަތުތަކުގެ އިތުރުން އަމިއްލަ ކަންތައްތައް ކުރުމަށް އިތުރު މީހެއްގެ އެހީ ބޭނުން ވާނެކަން ޑޮކްޓަރ ބުނުމުން އަޒްޔަން އެ ހުރިހާ ކަމަކާ ހަވާލުވެ ޔާސިރުއާ ވާހަކަ ދެއްކިއެވެ.

އަޒްޔަންގެ ވާހަކައަށް ޔާސިރު ޖަވާބެއް ނުދެއެވެ. ނަމަވެސް ދެކޮޅެއްވެސް ނުހަދައެވެ.

މެލޭޝިއާގައި ޝަފަގުމެން މަޑުކުރީ ނޫރީން އުޅޭ އެޕާޓްމެންޓްގައެވެ. ޝަފަގު އެހެން ތަނެއްގައި ހުރުމަށް ނޫރީން އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. ޔާސިރު ހޮސްޕިޓަލުން ދޫކޮށްލަން ދެން އަޒްޔަންވެސް ހުރީ ޝަފަގުއާ އެކުއެވެ. ޝަފަގު އެދޭނީ އެ ގޮތް ކަން އެނގޭތީ ނޫރީން ދެކޮޅެއް ނުހަދައެވެ. ނަމަވެސް އަޒްޔަންގެ ގިނަ ވަގުތު ހޭދަ ވަނީ ހޮސްޕިޓަލުގައެވެ. އަޒްޔަން ފެންވެރުމާ ކެއުމާ ނިދުންވެސް ހަމަޖައްސަނީ ހޮސްޕިޓަލުގައެވެ. މަދު ފަހަރެއްގައި ނޫނީ އަޒްޔަން ގެއަކަށް ނުދެއެވެ. ޝަފަގު ފުރަތަމަ މުޅި ދުވާލު އެކީ ހޮސްޕިޓަލުގައި އިންނަ ނަމަވެސް ޔާސިރުގެ ޙާލު ރަނގަޅު ވާން ފެށުމުން ނޫރީންއާ އަޒްޔަންގެ އެދުމަށް ހޮސްޕިޓަލުގައި ހޭދަ ކުރާ ވަގުތު ކޮންމެވެސް ވަރަކަށް މަދުކޮށްލިއެވެ.

މެލޭޝިއާއިން ފަރުވާ ދޭން ފެށި ފަހުން ޔާސިރުގެ ޙާލު ރަނގަޅުވަމުން އައެވެ. ދެ މަސް ދުވަސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ދޫކޮށްލި އިރު ޔާސިރުއަށް އަމިއްލައަށް ހިނގެއެވެ. އަދި ރަނގަޅަށް ވާހަކަ ދެއްކެއެވެ. ކުރިން ހަށިގަނޑުގެ ވައަތް ފަރާތުގެ ހަރަކާތް ނުކުރެވުނު ނަމަވެސް އެހާ ދުވަސް ވީއިރު ކުރިއެކޭ އެއްފަދައެވެ.

އިތުރު ތިން މަސް ދުވަހު އެކޮޅުގައި މަޑު ކުރުމަށް ބުނެފައި ވާތީ ޝަފަގުއާ ޔާސިރު މަޑު ކުރީ ނޫރީން ކައިރީގައެވެ. މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޒާއިންވެސް ދެ ދުވަހަށް އެ މީހުން ކައިރިއަށް އާދެއެވެ.

އަޒްޔަންވެސް މެލޭޝިއާގައި މަޑު ކުރިއެވެ. އެހެން ނަމަވެސް ޔާސިރު ދޫކޮށްލުމުން އަޒްޔަން ހޮޓެލްއަކަށް ބަދަލުވިއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ޔާސިރުއާ ޝަފަގު ކައިރިއަށް ދެއެވެ. ޔާސިރު އޭރުވެސް އަޒްޔަންއާ ވާހަކައެއް ނުދައްކައެވެ. އެހެން ނަމަވެސް އަޒްޔަން އައިސް އެއްވެސް ކަމެއް ކޮށްދިނުމަކަށް ދެކޮޅެއް ނުހަދައެވެ. ނޫރީންމެންގެ އެޕާޓްމެންޓަގައި ނުހުރި ނަމަވެސް ޔާސިރުގެ ކަންތައް ކުރުމަށް އަންނާތީ ކޮންމެ ދުވަހެއްގެވެސް ތިން ގަޑިއެއްހާ އިރު އަޒްޔަން އެ ގޭގައި ހޭދަ ކުރެއެވެ. ކޮންމެ ދުވަހަކުވެސް ގޭގައި ކުރަން ބުނެފައި އޮންނަ ކަސްރަތުތައް ކުރުމަށް ޔާސިރުއަށް އެހީވަނީ އަޒްޔަންއެވެ. އަދި އޭގެ އިތުރުން ފިޒިއޮތެރަޕީ ސެޝަންތަކަށް ހޮސްޕިޓަލަށް ދާން ޖެހޭތީ، ޔާސިރު ގޮވައިގެން ޝަފަގުއާ އެކީ ކޮންމެ ފަހަރަކުވެސް އަޒްޔަން ދެއެވެ.

 

މަހެއްހާ ދުވަހު ރާއްޖޭގައި ހުރެފައި ދާނިޝް މެލޭޝިއާއަށް ދިޔަ ގޮތަށް ނޫރީންއަށް ގުޅީ އެގޭ ދޮރުމަތި ހުރެފައެވެ.

“ދޮރު ހުޅުވާ އަވަހަށް” ނޫރީން ފޯން ނެގުމާއެކު ދާނިޝް ބެލް ޖަހާލިއެވެ.

“ދާނިޝް، ކޮން އިރަކު އައީ؟” ނޫރީން އެހިއެވެ.

“މިއަދު އައީ. ދެން އަވަހަށް އަހަރެން ވައްދަބަލަ” ދާނިޝް އަނެއްކާވެސް ބެލް ޖަހާލިއެވެ.

“ދާނިޝްތަ ބެލް ޖަހަނީ ތި؟ މަޑު ކުރޭ..” އެހެން ބުނެފައި ފޯން ކަނޑާލާފައި ނޫރީން ގޮސް ދޮރު ހުޅުވިއެވެ.

“ހޭ..” ނޫރީން ދޮރު ހުޅުވާލުމާއެކު ދާނިޝް ނޫރީން ގައިގައި ބައްދާލިއެވެ.

“ދާނިޝް!” ނޫރީން ވަގުތުން ދާނިޝްގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ.

“ސޮރީ.. މާ ބޮޑަށް މިސް ވީއޭ” ދުރަށް ޖެހިލި ނަމަވެސް ނޫރީންގެ އަތުގައި ހިފާލަމުން ހިނިއައިސްފައި ހުރެ ދާނިޝް ބުނެލިއެވެ.

“ނުވެސް ބުނޭ އަންނަ ވާހަކައެއްވެސް” ނޫރީން ދާނިޝްއާ އެކު ބޭރަށް ނިކުމެ ދޮރު ލައްޕާލިއެވެ.

“ނުބުންޏަސް މި އައީނު؟ ނުވެސް ވައްދާނަންތަ؟” ދާނިޝް ފާރުގައި ލެނގިލާފައި ނޫރީންގެ އަތަށް ދަމާލަމުން ކައިރިއަށް ނޫރީން ގެނައެވެ.

“ފެމިލީ އައިސްގެން އެބައުޅެޔޭ ބުނީމެއްނު؟” ޝަފަގުމެންނާ ދާނިޝް ބައްދަލު ވާކަށް ނޫރީން އަދި ބޭނުމެއް ނޫނެވެ.

“ސޯ..؟ ފެމިލީއާ މީޓް ކޮށްދޭންވީނު އަވަހަށް؟” ދާނިޝް އާދައިގެ މަތިން ސަމާސާ ރާގުގައި ބުނެލިއެވެ.

“އަދިއެއް ނޫން.. ބޭބެ އަދި ކިރިޔާ ރަނގަޅުވަމުން އެ އަންނަނީ. އަދި ތަންކޮޅެއް ފަހުން އަހަރުމެންގެ ވާހަކަ ބުނާނަން” ނޫރީން އެހެން ބުނަމުން އިސްޖަހާލިއެވެ.

“ރީން..” ދާނިޝް ލަސްލަހުން ގޮވާލުމުން ނޫރީން ބަލާލިއެވެ.

ދާނިޝް އިރުކޮޅަކު ނޫރީންގެ މޫނަށް ބަލަން ހުރެފައި ނޫރީންގެ އަތުގައި ހިފާ ދަމާލަމުން ކުރިމަތީ ހުރި އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ވަނެވެ.

“ދާނިޝް..!” ދާނިޝް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ނޫރީންއަށް ޖެހިލުންވެފައި ގޮވާލެވުނެވެ.

“ޝްޝް.. އައި ހޭވް މިސްޑް ޔޫ..!” ނޫރީން ގައިގައި ބައްދާލަމުން ދާނިޝް މަޑުމަޑުން އެހެން ބުނެލުމާއެކު ނޫރީންގެ މޫނާ ކައިރިވެލިއެވެ. ދާނިޝް ބޭނުންވި ފުރުސަތު ނުދީ ނޫރީން އިސް ޖަހާލިއެވެ. ނަމަވެސް ދާނިޝް ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. ދެ އަތުން ނޫރިންގެ މޫނުގައި ހިފާލަމުން ދާނިޝް ނޫރީންގެ ތުންފަތުގައި ބޮސްދިނެވެ.

އިރުކޮޅަކަށް ދާނިޝްއަށް ފުރުސަތު ދީގެން ހުރެފައި ނޫރީން ދުރަށް ޖެހިލިއެވެ.

“ރީން.. މިހެން ދުވަސްތަކެއް ބޭކާރު ކޮށްލާކަށް އަހަރެންވެސް ބޭނުމެއް ނޫން. މިހެން ނޫޅެ މެރީ ކުރަން އަހަރެން ބޭނުމީ” ނޫރީން ފަސްޖެހެނީ ކީއްވެ ކަން ވިސްނޭތީ ދާނިޝް ބުންޏެވެ.

ނޫރީން އެއްޗެއް ނުބުނެ އިސް ޖަހައިގެން ހުރީއެވެ.

“ރީން.. އެއްޗެއް ބުނެބަލަ!” ނޫރީންގެ ދަތްދޮޅީގައި އިނގިލި ޖައްސާ އުފުލާލަމުން ދާނިޝް ބުންޏެވެ.

“ދާނިޝް.. އެނގެއެއްނު އަހަރެންގެ މަންމައާ ބައްޕަ ވީ ނިޔާވެފަ ކަން؟ މީ.. މީ އަސްލު އަހަރެންގެ ފެމިލީއެއް ނޫން، އެއީ އަޒްޔަންގެ ފެމިލީ.. އަޒްޔަންގެ މަންމައާ ބައްޕަ..” ނޫރީން ބުނީ ކިތަންމެ މަޑުން ނަމަވެސް ދާނިޝްއަށް އަޑު އިވުނެވެ. އެހެން ނަމަވެސް އެ ލިބުނު އާ މަޢުލޫމާތުގެ ސަބަބުން އެއްޗެއް ނުބުނެވިފައި ދާނިޝްއަށް ހުރެވުނެވެ.

ނޫރީން ފުރަތަމަ ފަހަރަށް އަޒްޔަންއާ ނޫރީންގެ ކައިވެނީގެ ވާހަކަ ދާނިޝްއަށް ކިޔާދިނެވެ. އެ ކައިވެނި ހަމަޖެހުނި ގޮތާ، ހަ މަހެއްހާ ދުވަހު އެކީގައި އުޅުމަށް ފަހު ވަރިއާ ހަމައަށް ދާން ޖެހުނު ކަމެވެ. ދާނިޝްގެ ހިތުގައި ސުވާލު އުފެދޭނެ ކަން އެނގުނު ނަމަވެސް އަޒްޔަންއާ ނޫރީންގެ މެދުގައި މައްސަލަ ޖެހުނީ ކީއްވެ ކަން ނޫރީން ކިޔައެއް ނުދެއެވެ.

“އަހަރެންގެ ޕޭރެންޓްސްގެ ބެސްޓް ފްރެންޑްސް އަޒްޔަންގެ ޕޭރެންޓްސްއަކީ. އަސްލު އަހަންނާ އަޒްޔަންގެ ކައިވެންޏަކީ ބައްޕަމެން އެރޭންޖް ކުރި ކައިވެންޏެއް. ޝަފައްތައާ ޔާސިރުބޭބެއަކީ އަޒްޔަންގެ މަންމައާ ބައްޕަ. އަޒްޔަންވެސް އެބަ އުޅޭ. ބޭބެ ބަލިވީމަ އޭނަވެސް އައީ” ނޫރީން އިސްޖަހައިގެން ހުރެ ސާފުކޮށްދިނެވެ.

“ދެން ކީއްވެ ރީން ކައިރީ އެ ތިބެނީ؟” ދާނިޝް އަހާލިއެވެ.

“އެއީ އަހަރެންގެ މަންމައާ ބައްޕަ ކަހަލަ ދެ މީހުން. އަހަރެން ބުނެގެން އަހަރެން ކައިރިއަށް އައީ. އަޒްޔަންއާ އަހަރެންގެ ގުޅުމެއް މިހާރު ނެތަސް އެ ދެ މީހުންވެސް ދެކެނީ އަހަންނަކީވެސް ދަރިއެއް ގޮތަށް. ވަކިން ޚާއްސަކޮށް މަންމަ.. މިބުނީ ޝަފައްތަ. ދެން އެ މީހުން ތިބިއްޔާ އަޒްޔަންވެސް އަންނާނެއެއްނު؟” ނޫރީން އިތުރަށް ކިޔާދިނެވެ.

ނޫރީން އުޅޭ އެޕާޓްމެންޓްގެ ކުރިމަތީ ހުންނަ އެޕާޓްމެންޓްގައި ދިރިއުޅެނީ ދިވެހި ދެމަފިރިއެކެވެ. އަޝްދާއާ އަޝްދާގެ ފިރިމީހާ ޖައިލަމްއާ އެ ދެމީހުންގެ ދަރިފުޅު ޔޫލީއެވެ. އެ މީހުން އެ ތަނަށް އައީ ނޫރީން މާލޭގައި އުޅެނިކޮށެވެ. ދާނިޝްއަކީ އަޝްދާގެ ބޭބެއެވެ. ނޫރީންއާ ފުރަތަމަ ދާނިޝްއާ ދިމާވީ އަހަރެއްހާ ދުވަސް ކުރިން އަޝްދާގެ އާއިލާ ޗުއްޓީއަށް އައި ފަހަރުއެވެ. އޭގެ ތިން މަހެއްހާ ދުވަސް ފަހުން ދާނިޝް މެލޭޝިއާއަށް އައި ގޮތަށް މާލެއަށް ނުގޮސް ކިޔަވަން ހުރީއެވެ. ނޫރީންއާ އަޝްދާގެ މެދުގައި އުފެދުނު އެކުވެރިކަމުގައި ދާނިޝްއާވެސް އެކުވެރި ވެވުނީއެވެ.

ނޫރީންއާ މެދު ޝައުގުވެރިވާން ފެށުމުން ދާނިޝް އެކަން ސިއްރެއް ނުކުރެއެވެ. ނޫރީންއާ އެ ކަން ހިއްސާ ކުރުމުން ފުރަތަމަ ނޫރީން ދާނިޝްއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ނަމަވެސް ދާނިޝްގެ ހުށަހެޅުން ނޫރީން ގަބޫލު ކުރީ، ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމާފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (7)

Next

ދެވުނީ ވޭނޭ 70

Next
May 29, 2026

ދެވުނީ ވޭނޭ 70

Previews
May 28, 2026

މި ލޯތްބާއި ތި ވަޢުދު (7)

7 Comments!

  1. Mar Sha Mar Sha says:
    May 28, 2026 at 10:57 pm

    hello everyone, hope u all are having a great eid! today’s part uploaded. enjoy reading and let me know what u think about how the story is going. have a good weekend! part 20 on Monday, so until then, bye!

  2. Anonymous says:
    May 28, 2026 at 11:23 pm

    Maashaa allah mi part vx varah varah reethi….
    Azyan and nooryn dhuru nukurahcheyy…
    Curiously waiting..

    1. Mar Sha Mar Sha says:
      May 29, 2026 at 10:33 pm

      hinga balama vaa gotheh dho, thank u dear

  3. aiha says:
    May 28, 2026 at 11:51 pm

    vrh salhi mi part vx. nooo azyan aa nooreen ge gulhun ehkn kandaa nulahcheyy. let them get together. they deserve a better ending together. lots of love 💕

    1. Mar Sha Mar Sha says:
      May 29, 2026 at 10:34 pm

      lets see dho thihen veytho, thanks Aiha

  4. Anonymous says:
    May 29, 2026 at 10:00 am

    No vrh sad gotheh mi vanee
    Azyan ge hih halaaku vaane Nooreen and Dhaanish ge vhk ingehjiyya
    Vrh reethi MA!

    1. Mar Sha Mar Sha says:
      May 29, 2026 at 10:35 pm

      hmm, Azyan ah ves engeyne dho dhen, eyrun kihineh vaane baa! thank u dear

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 20←


All Right Reserved!