Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދެވުނީ ވޭނޭ 71

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
June 1, 2026 7 Mins Read
42 Comments

އެހެން އިރުކޮޅަކު އިނދެފައި ނައުރީން ކޮޅަށް ތެދުވެއްޖެއެވެ. “ވީ ބްރޯކް އަޕް.” ކިރިޔަ ކިރިޔާ އިވޭ ވަރަށް ނައުރީން ބުނެލިއެވެ. އަރައިގެން ހުރި ފައިވާން ބާލައިފައި އޭނާ ހިނގައިފައި ދިޔައީ ހިލަތަކާއި ދިމާލަށެވެ. ނައުރީން އެ ބުނި އެއްޗެއް ވިސްނައިގަންނަން މަސައްކަތް ކުރަމުން ދިޔަ ލީވާނަށް ތެދުވެވުނީ ނައުރީން ހިލަތަކުގެ މައްޗަށް އެރި ފަހުންނެވެ. ނައުރީން ކުރިން ވެސް އިޙުސާނުގެ ސަބަބުން ހިތުގައި ޖެހިފައި ހުރި ދުވަހަކު އެ ތަނުން ފުންމާލި ކަން ހަނދާން ވުމުން ލީވާންގެ ހިތް އަވަސްވިއެވެ. ދެވަނަ ފަހަރަށް އެ ތަނުން ފުންމާލަން ވެސް ނައުރީން ފަހެއް ނުޖެހޭނެއެވެ.

ކަނޑާއި ދިމާއަށް ނަޒަރު ހުއްޓާލި ވަގުތު ނައުރީންގެ ސާފު ދެލޮލަށް ތާޒާ ކަރުނަ ޖަމާވެއްޖެއެވެ. ދެއަތް ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ ދެފައި އެލުވާލަމުން ހިލަތަކުގެ ކޮޅުގައި އިށީނެވެ. ފުން ނޭވާއެއް ލައިފައި އޭނާ ދެލޯ މަރާލިއެވެ. އެ ހިތުގައި އެކި އިހުސާސްތައް ދައުރު ވަމުން ދިޔައިރު ވަކި މިސްރާބަކަށް ވިސްނުން ބަދަލުކޮށްލަން ނައުރީނަށް އުނދަގޫވިއެވެ.

“ނޫރީ! މި ވަގުތު ތި ޚިޔާލު ދޫކޮށްލާ.” ލީވާން ނައުރީންގެ އަތުގައި ހިފާ ބާރުކޮށްލަމުން އޭނާގެ ގާތުގައި އިށީނެވެ. ނައުރީން ބޯ ހޫރާލީއެވެ. “އަހަރެން ނޫޅެމޭ މި ތަނުން ފުންމާލާކަށް. ހަނދާންވޭތަ އަހަރެމެން ފުރަތަމަ ބައްދަލުވީ ރޭގެ މަތިން. އަހަރެން މިއަދު ސިއްޙަތު ސަލާމަތުން ދިރި މި ހުރީ ވާންގެ ސަބަބުން. އަހަރެންނަށް ހެވާއި ނުބައި ވަކިވާން ފެށީ ވާންގެ ސަބަބުން. ދެރަވެއްޖެ ޙާލަތެއްގައި އަހަރެންނަށް ހިތްހަމަޖެހުން ހޯދެނީ ވާންގެ ފަރާތުން. މަޑުމަޑުން އަހަރެންނާއި ގާތް ވަމުން ގޮސް މިހާރު އަހަރެންނަށް ވާން އާއި ނުލާ ނޫޅެވޭ ވަރަށް އަހަރެންގެ ޙަޔާތުން ޖާގަ ހޯދަން ވިސްނައިގެންތަ ހުރީ؟” ނައުރީން ލީވާނާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ލީވާނަށް މި ފަހަރު ނައުރީންގެ ދެލޮލުން ފެނުނީ ތަފާތު އަސަރެކެވެ. އެހެން ފަހަރު ތަކެކޭ އެއް ފަދައިން މި ފަހަރު ވެސް ލީވާން އެ ލޮލަށް ގެއްލި ބެހިގެން ދެވުނީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނައުރީން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

އަޅައިގަންނަ ކަހަލަ ގޮތެއް ހުރި ކަޅުކަން ގަދަ ތޫނު ދެލޮލެވެ. ރީތި ވަރެއްގެ ނޭފަތެކެވެ. ތުނިކޮށް ފަޅައިފައިވާ ތުނބުޅީގެ ސަބަބުން ފިރިހެންވަންތަ ކަން އިތުރުކޮށްދެއެވެ. ކަންފަތުން ތިރިއަށް ދިގު ކުރެވިފައިވާ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ވަނީ ސްޓައިލް ކޮށްލެވިފައެވެ. ޖިމަށް ގޮސް ޓްރައިން ކުރާކަން ފާހަގަވާ ވަރުގެ ވަރުގަދަ ހަށިގަނޑެކެވެ. އިސްކޮޅުން ގައިމުވެސް ހަ ފޫޓު ހަމަވާނެއެވެ. އަންހެނުން ހިތްކިޔާ ކަހަލަ ހުރިހާ ސިފައެއް އެބަހުއްޓެވެ. އެހާ އޯގާތެރިއެވެ. އެހާ އަޅާލުންތެރިއެވެ. އެހާ ހިތްހެވެވެ. ނައުރީންގެ ކަންކަމަށް ފަރުވާތެރިވެއެވެ. ދައްކާ ކޮންމެ ވާހަކައެއް ކަނުލާ އަޑުއަހައެވެ. ދުވަހަކުވެސް ރުޅިވެރިކަން އިސްކޮށްފަކާ ނެތެވެ. ދީނީ ކަންކަމަށް ފަރުވާތެރިވެއެވެ. ނައުރީނަށް އެންމެ ރަނގަޅު ވާނެ ގޮތްގޮތަށް މަގުދައްކައިދެއެވެ. އެ ދީނާއި ދުރު މާޙައުލެއްގައި އުޅެ ބޮޑުވި ކުއްޖާ ގަވާއިދުން ނަމާދުކުރަން ފެށީ ލީވާންގެ ސަބަބުންނެވެ. ހެދުން އެޅުމުގައި ވެސް ފާޅުކަން ބޮޑު ހެދުން ލުމާއި ދުރުހެލިވެވިއްޖެއެވެ. އެހެނަސް އަދި ރަނގަޅަށް އިސްލާމީ ހުރިހާ ހަމަތަކަށް އަމަލު ކުރަން ފަށާފަކާ ނެތެވެ. ލީވާން ލަސްލަހުން ނައުރީނަށް އެ ކަންކަން ދަސްކޮށްދެމުން ދިޔައީ ނުރުހުމުގެ ލަފުޒެއް ނުބުނެއެވެ. ކޮންމެ މީހަކަށް ވެސް ބޮޑު ބަދަލެއް ގެންނަން ފުދޭ ވަރަކަށް ވަގުތު ބޭނުން ވާނެތާއެވެ.

ދެ މީހުން އެ މާޙައުލުގައި އެކަކު އަނެކަކަށް ގެއްލިފައި ހުރި މަންޒަރުން ހީވަނީ ލޯބީގެ ފިލްމެއް ޝޫޓްކުރަނީހެންނެވެ. ލީވާންގެ އަތް ނައުރީންގެ އަތަށް މަހާލެވިފައި ވީ އިރު ދެ ހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ. ފަޒާގައި ވީ ތެތް ފިނިކަމުން ހީކަރުވާ ގޮތް ހުއްޓެއް ކަމަކު މި ކަން އެ މީހުންނަށް ރެއަކާ ނުލާ ކަހަލައެވެ. ނައުރީންގެ އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު އެ މޫނު ފެންނަނީ ސިހުރުވެރި ގޮތަކަށެވެ. އެ ދިމާލުން މަތިން ބުރުހަމަ ހަނދު އިނުމުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ. އެ ތަނުން ލައިފައި ދިޔަ މީހަކަށް މި މަންޒަރު ރީތިވެގެން ފޮޓޯ ނަގައިފިއެވެ. އެ އަންހެން ކުއްޖަކީ ނައުރީން ކަން އެނގުމުން ނިކަން ފޯރި އަރައިފައި ހުރި ކަހަލައެވެ.

އިރުގަނޑެއް ފަހުން ލީވާން ނައުރީން ގާތަށް ދަމާލަމުން އެ ހަށިގަނޑުގައި ބައްދާލައިފިއެވެ. “އައި ކާންޓް ހޯލްޑް އިޓް އިން އެނީ ލޯންގާރ. އައި ލަވް ޔޫ. އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި މި އިހުސާސް ކުރިލާ ހެދެން ފަށައިފި. ދުވަހަކު ވެސް އަހަރެންނަށް މިހެން އަންހެން ކުއްޖަކު ދެކެ ލޯތްބެއް ނުވެވޭ. އަހަރެންނަށް އެންމެ ފުރުސަތެއް ދީ. އިޙުސާނަށް ވުރެ އަހަރެން ނޫރީ އަށް ރަނގަޅު ވާނެ ކަން ސާބިތުކޮށްދޭނަން.” ލީވާންގެ ވާހަކަ އަހައިފައި ނައުރީންގެ ހިތް އުފަލުން ނަށާލައިފިއެވެ. އެ ތުންފަތްމަތީ ދުވެލި ހިނިތުންވުމުން އެ ހުރީ ނިކަން ހިތްހަމަޖެހިފައި ކަން އެނގެން ހުއްޓެވެ.

“އައި ތިންކް… އައި ތިންކް އައި ލައިކް ޔޫ ޓޫ. އެކަމަކު ލީވާންގެ ލޯބިހާ ފުން ނުވެދާނެ. ސޯ ޝުއަރ. ލެޓްސް ޑޭޓް.” ނައުރީން ރައްދުގައި އެހެން ބުނެލީ އިރުކޮޅެއް ފަހުންނެވެ. ލީވާން ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނާގެ ފަސްބަޔަށް ޖަމާވީ ހެންނެވެ. ނައުރީންގެ ކޮނޑުމަތީގައި ބޮސް ދެމުން ދެލޯ މަރާލިއެވެ. އެހެން އިރުކޮޅަކު ގާތުގައި ތިބެފައި ދުރަށް ޖެހިލަމުން އަތް ގުޅުވާލަމުން ކުރިމަތީގައި އޮތް ކަނޑަށް ނަޒަރު ހުއްޓާލިއެވެ.

“މިހާރު ދެން ރައްޓެހިވީމަ އަހަރެން ވާހަކައެއް ބުނަން ބޭނުން. ލީވާން ބުނީމެއްނު ޒެވް އަންހެނުން އަރީންގެ ވާހަކަ. އަހަރެންނަށް އޭނާއާއި ބައްދަލު ކޮށްލާނެ ފުރުސަތެއް ލިބޭތޯ ބަލާލަދީ. އަރީންގެ ކިބައިން އަހަރެން މަޢާފަށް އެދެން ބޭނުން. ޝައުލާގެ ނުފޫޒާއި ހެދި ކުރިން އަހަރެންނަށް އަރީނަށް ވަރަށް ގެއްލުން ދެވިފަ ހުރީ. ގަނާ ކުރުމުގައި ވެސް ބައިވެރިވީން. އެންމެ ބޮޑު ވަރު ކޮށްލެވުނީ ބާރައިގައި އުޅެނިކޮށް. ހަނދާން ވޭތަ ލެބް ސްޓޯރ ރޫމްގައި ރޯވި ޙާދިސާ އެ ފަހަރު ލެބް ސްޓޯރ ރޫމަށް އަރީން ވެއްދީ ޝައުލާ ބުނެގެން. އެކަމަކު އަހަރެމެން ކޮންމެވެސް ވަރަކަށް އަނިޔާކޮށްފައި ނުކުމެ ތަޅުލީ. އޭގެފަހުން އެ ތަނަށް ވަނީ ޝައުލާ ގާތު އެ ކަން ކުރަން ބުނި ފިރިހެން މީހާ. އެ ހާދިސާގެ ފަހުން ފާޑަކަށް މައިތިރި ވެވުނު. އެހާ ވަރަކަށް ޝައުލާގެ ރޭވުންތަކުގައެއް ބައިވެރިއެއް ނުވަން. ސެން ހާސިލު ކުރަން އަތުކުރި އޮޅާލައިގެން އެ މަސައްކަތް ކުރީ.” ނައުރީން އޭނާއަށް އެންމެ ނުބައިކޮށް އުޅެވުނު ދުވަސްތަކުގެ ވާހަކަ އެއްވެސް ވަރަކަށް ސިއްރު ކުރުމެއް ނެތި ހާމަކޮށްލުމުން ލީވާން ހައިރާންވިއެވެ. އެ ކަހަލަ ވާހަކައެއް ވަންހަނާ ކުރުމުގެ ބަދަލުގައި އެގޮތަށް ކަންތައް ކުރުމުން ލީވާން ހިތްހަމަޖެހުނެވެ. ލީވާން އެންމެ އުފާވީ މަދު ކަމެއް ފިޔަވައި އެހެން އެއްވެސް ނުރަނގަޅު ކަމެއްގައި ނައުރީން އުޅެފައި ނެތުމުންނެވެ.

ޖެހިގެން އައި ދުވަހެވެ. މީޑިޔާގައި ވައިރަލް ވެގެން އުޅުނީ ނައުރީނާއި ލީވާން އާރޓިފިޝިއަލް ބީޗުގައި ހުއްޓާ ނެގިފައި އޮތް ފޮޓޯއެކެވެ. ނައުރީން ކަހަލަ ދުނިޔެއަށް ނަން މަޝްހޫރު ސޯލޯ އާޓިސްޓެއްގެ ވާހަކައަށް ވުމުން އޭނާގެ ސަޕޯޓަރުން މި ވާހަކަ ނަގައިގެން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. އެއްބަޔަކު މި ޖޯޑަށް ތަޢުރީފު ކުރަމުން ދިޔައިރު އަނެއް ބަޔަކު އެކަމަށް ފާޑު ކިޔަމުން ދަނީއެވެ. ލީވާނާއި މެދު އެފަދަ ގުޅުމެއް އޮންނަ ކަމަށް އަޑު އަރައިފައި ވަނިކޮށް ދެ މީހުން އެހާ ގާތުގައި ތިބި ފޮޓޯއެއް ފެނުމުން ފޯރި އަރާނެ ވަރު ނިކަން ވިސްނާލާށެވެ.

ހެނދުނު ނިދައިން ހޭލައިގެން ތާޒާ ވެލުމަށް ފަހު ނައުރީން އޭނާގެ ފޯނު ނެގީ ލީވާނަށް މެސެޖެއް ކޮށްލަން ކަމަށެވެ. އޭނާގެ ދެލޯ ދެ ކާށި ކިބައަށް ހަދާލެވުނީ ނޮޓިފިކޭޝަން ބާރ ފުރި ބާރުވެފައި އޮތުމުންނެވެ. އޭޖެންސީއިން އެކަނި ވެސް ފަންސާހަކަށް މިސްކޯލް އައިސްފައި އޮތެވެ. އޭގެ މައްޗަށް ނުހަނު ގިނަ މެސެޖު ފޮނުވައިފައި އޮތެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލާވަރުވީ އިރުގަނޑެއް ފަހުންނެވެ. އިސްތަށިގަނޑަށް އަތް މަހާލަމުން އެނދަށް ވެއްޓިގަނެވުނު އިރު އޭނާ އޮތީ މި ވާހަކަ އޮބާލާނެ ގޮތެއް ނުވިސްނިފައެވެ. އޭޖެންސީ އިން އަނެއްކާ ވެސް ގުޅަން ފެށި އަޑު އިވުމުން ނައުރީން ފޯނު ނެގިއެވެ.

ލީވާން ޑައިމަންޑް ސްކައި އެޝޫރަންސަށް ދިޔައިރު އެ ތަނުގައި ގިނަ ބަޔަކު ބޮނޑިވެގެން ތިއްބެވެ. ކާރު ޕާކު ކޮށްފައި ނުކުމެގެން އައި ވަގުތު އެ މީހުން އައިސް ވަށާލައިފިއެވެ. ލީވާން ހުރީ ވާނުވާގައެވެ. އާންމުކޮށް މި ކަހަލަ ޙާލަތަކާއި ދިމާވާނީ ޒަވިއަން ނޫނީ ނައުރީން ގާތުގައި ހުންނަ އިރަކު އެވެ. އެ މީހުން އައިސް އެކި ސުވާލުތައް ކުރަމުން މޫނަށް ކެމެރާ ދިމާކުރުމުން ލީވާން ހިތްހަމަނުޖެހުނެވެ. އެ ތަނުން ސަލާމަތް ވެގެން އިމާރާތުގެ ތެރެއަށް ވަދެވުނީ ޙާލަކުންނެވެ.

“އިލެވެން! މިއީ ކޮން ކަމެއް؟ ކީއްވެގެން މީޑިޔާގައި ނައުރީން އިލެވެން އާއި ރައްޓެހިވެގެން އުޅޭ ވާހަކަ މި އޮތީ؟ މި ފޮޓޯ އަށް ބަލާފަ ހިޔެއް ނުވޭ ފޭކެއް ހެނެއް.” ލީވާން ކެބިން ތެރެއަށް ވަނުމާއި އެކު ޒަވިއަން އެ ސުވާލުތައް ކުރަން ފެށިއެވެ. އެ މޫނުމަތިން ފައުޅުވާން ހުރީ ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރެވެ. ލީވާން އިސްޖަހާލިއެވެ. “އަހަރެން ރޭގަ ނައުރީނާއި ރައްޓެހިވީ. ޒެވް އަށް ހީވީ ރަނގަޅަށް. ތިއީ އަސްލު ފޮޓޯއެއް. އަވަހޭ ދޯ މިކަހަލަ ވާހަކަ ފެތުރިގަންނަލެއް.” ލީވާން މަޑުމަޑުން ބުނެލިއެވެ.

“ލީވާން! މި ދުނިޔެމަތީގައި އެތައް ހާސް އަންހެނުން އުޅޭ އިރު ވެސް ނާއިލްގެ ދޮންތަ، ޢަލީ އަހުމަދުގެ ދޮށީ ދަރި އާ ތަ ރައްޓެހިވާން އެނގުނީ. ކިހިނެއް އެނގޭނީ އޭނާ އެކަހަލަ ކަންކަމުގައި ބައިވެރިނުވާ ކަމެއް. އެއީ ކިހާ ނުރައްކާތެރި އާއިލާ އެއްތަ؟ އިލެވެންގެ ޙަޔާތް އަނދާ އަޅިއަށް ހަދާލަން ވެސް އެ ޖަނަވާރުން ފަހެއް ނުޖެހޭނެ. އިލެވެން އަށް ރަނގަޅަކަށް މި ބުނީ ނައުރީނާއި ގުޅުން ކަނޑާލާ. އިއްސޭ އާއި އަހަރެންނަށް އެމީހުން ދިން ކަހަލަ އަނިޔާއެއް އިލެވެން އަށް ވެސް ދީފާނެ. މިކަހަލަ ނުރައްކާތެރި ކަމެއްގެ ތެރެއަށް ގެނބިގަންނަން ބޭނުން ނުވަންޏާ އަވަހަށް އެކަން ކުރޭ.” ޒަވިއަން ވާހަކަ ދެއްކި އިރު އެ އަޑުގައި ރުޅިވެރިކަމާއި އެކު ކަންބޮޑުވުން އެކުލެވިގެން ވިއެވެ.

“އަހަރެންނަށް ވަރިހަމަ ކިތަންމެ ނުރައްކާތެރި ވިޔަސް. ޒެވް ވަކި ހަމަޖެހިގެން މިނިވަންކަމާއި އެކުގައި ތަ ތިއުޅެނީ. ލޯތްބަކީ އަމިއްލަ އިޚުތިޔާރުން ބޭރުގައި ވެވޭ އެއްޗެއް. މަށަށް ވަރިހަމަ އެއީ ކިތަންމެ ނުރައްކާތެރި ކަމަކަށް ވިޔަސް. އަހަރެން ނައުރީން ދުލެއް ނުކޮށްލާނަން. އަހަރެންނާއި ބައްދަލުވީ ފަހުން އޭނާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެއީ ނާއިލް މެންހެން ނުބައި މަގަކުން ހިނގާނެ ކުއްޖެއް ނޫން. އަހަރެންނަށް އެނގިގެން ނާއިލްމެން ކުރި އެއްވެސް ކަމެއްގައި ނައުރީން ބައިވެރިވެފަކާ ނެތް. އޭނާ ސުކޫލުގަ އުޅުނު އިރު ސަކަރާތް ގޮތަކަށް އުޅުނު ނަމަވެސް ފަހުން އިސްލާހުވީމަ އެ ކަން ޤަބޫލުކުރަން ޖެހޭނެ. އެހެންވީ ވެސް އުޅެން ޖެހުނު މާޙައުލާއި އިޚްތިޔާރު ކުރެވުނު އެކުވެރިންތަކެއްގެ ސަބަބުން.” ލީވާން ނައުރީން ދިފާޢުކޮށް ވަރުގަދަ ރައްދެއް ދިނެވެ.

“އެންމެ ރަނގަޅު. އެކަމަކު އޭނާގެ އަތެއް ބްލޫ ވޯޓާސް އިން ކުރާ އަނިޔާވެރި ކަންތަކުގެ ތެރޭގައި އޮތިއްޔާ އޭނާ ވެސް އެ ކަމަކަށް ޙައްޤު އަދަބު ލިބިގަންނަން ޖެހޭނެ. އެންޑް… އިލެވެން އަށް އެނގެއެއްނު އަހަރެމެން މިހާރު ބްލޫ ވޯޓާސް އާއި ދެކޮޅަށް މި ކުރާ ކަންކަމުގައި ވަކި ހިސާބަކުން ނައުރީންގެ އާއިލާ ބަދުނާމުވެ ވަކިވަކިވެގެން ދާނެކަން. މި ވާހަކަ އެހެން މީހުންނަށް ފޯރިއްޔާ ނައުރީނަށް ވެސް ބެކްލޭޝް އާއި ކުރިމަތިލާން ޖެހޭނެ. ޝީ މައިޓް ޑްރައުން އިން އެ މެންޓަލް ބްރޭކް ޑައުން.” ޒަވިއަން ބުނެލިއެވެ.

“ނާއިލްމެންނަށް ޙައްޤު އަދަބު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ނައުރީނަށް ކުރިން މި ކަން ހިއްސާކޮށްފަ އޭނާ ހަދާނެ ގޮތެއް ބަލާނަން. އެހެންވީމާ އޯކޭ އެއްނު.” ލީވާން ޒަވިއަން ރުއްސަންވެގެން އިތުރަށް އެއްޗެއް ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޑިޔުޓީގެ ވަގުތު ހަމަވުމާއި އެކު އަވަސް އަރުވާލައިގެން އެންމެ ފުރަތަމަ ނުކުމެގެން ދިޔައީ ސުމައްޔާއެވެ. ގެއިން ތާޒާވެލައިގެން އޭނާ އަރީންގެ ގާތަށް ދިޔައީ ނިމިދިޔަ ދުވަސް ކޮޅުގައި މަސައްކަތް ބުރަ ކަމުން ދިމާނުވާތީއެވެ. އަނެއްކޮޅުން ބައްދަލުކުރަން ބުނެ އަރީން ގުޅާ އާދޭސް ކުރާ މިންވަރު ވަކި މަދެއް ނޫނެވެ. ގިނަފަހަރަށް ސުމައްޔާ އަރީންގެ ވާހަކަ އޮއްބާލަނީ މާޒީ އާއި ގުޅޭ ސުވާލުތައް ކުރާތީއެވެ.

ރޯޝަނީ ގޭ ތެރެއަށް ވަދެގެން ދިޔައިރު ސުމައްޔާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. މިރޭ ވެސް އަރީން އިހުގެ ވާހަކައެއް ނަގައިފިއްޔާ މައުޟޫ ބަދަލުކޮށްލެވޭނެ ގޮތްތަކާއި މެދު އޭނާ ވިސްނަމުން ދިޔައެވެ.

ސިޓިންރޫމުގައި އިންތިޒާރުގައި އިން އަރީނަށް ސުމައްޔާ ފެނުމުން އެ ދިމާލަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އޭނާގެ ގައިގައި ބައްދާލުމަށް ފަހު ވައި އަޑުން އެއްޗެއް ބުނެލިއެވެ. “ސުމީ. އަހަރެންނަށް މަޢާފުކުރޭ. ހަތަރު ފަރާތުން ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނު ދުވަހު އަހަރެންނަށް ސުމީ ގާތަކު ނުހުރެވުނު.” އަރީން ނިކަން ދެރަވެފައި ފެށި ވާހަކަ އަކުން ސުމައްޔާ އަށް އަނގަ ހުޅުވާލެވުނެވެ. “ނޯވޭ. ރީން..” އަރީންގެ މޫނުގައި ހިފާލަމުން ސުމައްޔާ ދައްކަން ފެށި ވާހަކަ މެދު ކަނޑާލަން ޖެހުނީ އަރީން އޭނާގެ އަނގަމަތީގައި އަތް އެޅީމައެވެ. ސުމައްޔާ ވާނުވާގައި ހުއްޓާ އަރީން އޭނާގެ އަތުގައި ހިފައިގެން އެރީ މައްޗަށެވެ.

“ހަމައެކަނި އެކްސިޑެންޓްވީ ރޭގެ ހަނދާންތައް އާ ނުވެ ހުރީ. އެ ކަމުގެ ތެރެއިންތަ ސުމީ އަށް ސެން އާއި ވަކިވާން ޖެހޭ ގޮތް ވީ؟” އަރީން އަހާލީ ކޮޓަރިއަށް ވަދެ ސޯފާގައި ހަމަޖެހިލަމުންނެވެ. ސުމައްޔާ ބޯ ޖަހާލިއެވެ. “ދެން ސުމީ އަށް އެނގޭ ވާހަކަތައް އަހަރެންނާ ހިއްސާ ކުރަންވީނުން. އިންސާފު ލިބިގަތުމަށް އަހަރެމެން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރެވޭނީ ސުމީއަށް އެނގޭ އެއްޗެއް އަހަރެންނާ ވެސް ހިއްސާ ކުރީމައެއްނު.” އަރީން އެދުނެވެ. “އޯލްރައިޓް.” ސުމައްޔާ ފުން ނޭވާއެއް ބޭރުކޮށްލަމުން އެ ރޭގެ ވާހަކައިން ފެށިއެވެ. އޭނާ އަށް ރޮވޭ ވަރުން ވާހަކަދައްކަން އުނދަގޫވެފައި ހުންނަ ފަހަރު ވެސް މަދެއް ނޫނެވެ. ހަގީގަތް އެނގި ހާމަވެގެން ދިޔައިރު އަރީންގެ ކެތްތެރިކަން ކޮޅުންލައި އޭނާއަށް ވެސް ބާރަށް ރޮވިއްޖެއެވެ.

އެންމެން ޑިއުޓީ ނިންމާފައި ދިއުމުން އިޙުސާނު ވެސް ކެބިނުން ނުކުމެއްޖެއެވެ. އޭރު ސުމައްޔާގެ މޭޒުމަތީގައި އޮތް ފޯނު ދިޔައީ ރިންގުވަމުންނެވެ. އެ ނަގަން ވާއިރަށް ކެނޑިއްޖެއެވެ. ގުޅައިފައި އޮތީ ޢަބްދުއްރަޙްމާނެވެ. ސުމައްޔާ އެ ފޯނު ހޯދަނީއޭ ހިތާ އިޙުސާނު ފޯނު ނަގާ ޖީބަށް ކޮށްޕާލައިފިއެވެ. އަމިއްލަ ގެއަށް ދިއުމުގެ ބަދަލުގައި އިޙުސާނު ދިޔައީ ސުމައްޔާ އުޅޭ ފްލެޓަށެވެ.

ބެލް ޖަހާލަމުން އިޙުސާނު ފުންނޭވާއެއް ލިއެވެ. މި ތަނަށް އައި ކަމުން ސުމައްޔާ އޭނާ ފަހައިގެންފާނެއެވެ. ނަސީބަކުން އެތެރެއިން ދޮރު ހުޅުވާލީ ޢަބްދުއްރަޙްމާނެވެ.

“އަނހަ ދަރިފުޅާ! ހާދަ ދުވަހެއް ވެއްޖޭ މި ގެއަށް ޖައްސާނުލާތާ. މަސައްކަތުގެ ވަރަށް ބުރަ ދުވަސްކޮޅެއް ވީމަތަ؟ އާދޭ އެތެރެއަށް. ސުމީ ވެއްޖެ ރީން ގާތަށް ގޮސްފަ. އަންނާނެ މާ ލަހެއް ނުވެ.” އިޙުސާނު އަޖައިބުވީ ޢަބްދުއްރަޙްމާން ދަރިފުޅާ އޭ ކިޔާ މުޚާޠަބުކުރުމުންނެވެ. މިކަމުން އޭނާ އަށް ޔަގީން ކުރެވުނީ ސުމައްޔާ ޢަބްދުއްރަޙްމާން ގާތު އެ މީހުންގެ ގުޅުން ކަނޑާލި ވާހަކަ ނުބުނާކަމެވެ. އެހެނަސް އޭނާ އެކަން ސިއްރު ކުރީ ކީއްވެގެން ހެއްޔެވެ؟

ޢަބްދުއްރަޙްމާންގެ ހުއްދަ ހޯދުމަށް ފަހު އިޙުސާނު ވަނީ ސުމައްޔާގެ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް އެއްވެސް ބަދަލެއް އައިސްފަކާ ނެތެވެ. ކަބަޑު މަތީގައި ފޯނު ބާއްވާފައި އޭނާ ބޭނުންވީ އެ ތަން ހާވާލާށެވެ. ހުޅުވާ ބަލަމުން ދަނިކޮށް އޭނާގެ ސަމާލުކަން ހުއްޓުނީ ފާޑެއްގެ ފިތަކަށެވެ. އެ އަށް އޮބާލުމުން އިތުރު ބަޔެއް ކަޝްފުވެގެން ދިޔައެވެ. ކޯޑެއް ޖަހަން އެރުމުން އޭނާއަށް މޫނު ކުނިކޮށްލެވުނެވެ. ސުމައްޔާ ޖަހާނެހެން ހިވާ ކޯޑު ތަކެއް ޖަހަމުން ދަނިކޮށް ތިންވަނަ ބުރުން އެ ހުޅުވިއްޖެއެވެ. އެތެރެ ބައިގައި ޕެންޑްރައިވް ތަކަކާއި ލެޕްޓޮޮޕެއް އޮތެވެ. ކޮންމެ ޕެން އެއްގައި ވެސް ޓެގެއް އިނެވެ. “މައި ލަވް؟ އަނެއްކާ މިއީ ކޯއްޗެއްބާ. މިހާރު ރައްޓެހިވެގެން އުޅޭ ޔޫޝައު އަކާ ގުޅުން ހުރި އެއްޗެއްބާ.” އޭނާ ނެގީ މައި ލަވް ޖަހައިފައި އިން ޕެންޑްރައިވް އެކެވެ. ފޯނަށް ވެސް ޖެހޭ ވައްތަރުގެ އެއްޗެއް ކަމުން އިޙުސާނު އޭނާގެ ފޯނު ނަގާ އެ ޕެން ޑްރައިވް ޖަހާލައިފިއެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެނދުމަތީގައި އިށީންނަމުން އޭނާ އޭގެ ފޯލްޑާއަކަށް ވަދެލިއެވެ. ލޮލަށް ފެނުނު މައުލޫމާތުތަކާއެކު އިޙުސާނުގެ މުޅި ނަފްސު ސިހިގެން ދިޔައީ ހީވެސް ނުކުރާހާ ކަހަލަ ގޮތަކަށެވެ. އޭގައި ހުރި ރިކޯޑިން ތަކާއި ޗެޓް ސްކްރީންޝޮޓްތައް ބަލަމުން ދިޔަ ވަރަކަށް އިޙުސާނަށް އޭނާގެ ގައިން ވަރު ދޫވަމުން ދިޔަހެން ހީވިއެވެ. ދެއަތް މުށްކަވާލެވިފައިވީ އިރު އޭނާގެ ނިތްކުރިމަތިން ދާތިކިތިކި ވިދަމުން ދިޔައެވެ. އޭނާ އަނދިރި ރޭގަނޑެއް ފަދަ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ އެ ހިތުގައިވީ އިހުސާސްތައް އަންގައިދެމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 11

Next

ހިތުގެ ސިއްރު – ދެވަނަ ބައި

Next
June 1, 2026

ހިތުގެ ސިއްރު – ދެވަނަ ބައި

Previews
June 1, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 11

42 Comments!

  1. Amnu says:
    June 1, 2026 at 5:25 pm

    Ahhh first 🥹omg did he find sumy and his convo 😩 when next

    1. White rose White rose says:
      June 1, 2026 at 5:34 pm

      He did find sommin 😏😏
      IA next Thursday
      Shukran Amnu ✨✨

  2. pumpkin says:
    June 1, 2026 at 5:46 pm

    hadha curious kohlafa eyy thinimaalee😭😭😭
    vrh ves reethi mi part ves
    whn next?
    waiting for next ep😊
    🤍🤍🤍🤍🤍🤍
    oh wow eleven and nau so cute finaaly together

    1. White rose White rose says:
      June 1, 2026 at 7:13 pm

      Hehe, I luv to end in cliffhangers 😅😅
      Yeh, it took long for noory and eleven to get together 😌😌
      IA next Thursday
      Shukran pumpkin ✨✨

  3. Futtaki says:
    June 1, 2026 at 6:21 pm

    Issey ah hageegai inguny dhww???? Alheyyy😭😭😭😭
    So happy enmen gulhunyma, but sad bcuz i know this story is almost finished…
    Curiously waiting for the nxt prt
    Whn nxt?????
    Tc.. Lyy💙💚

    1. White rose White rose says:
      June 1, 2026 at 7:15 pm

      Glad to know 🥰🥰
      It seems like isse found out the truth 🙃🙃
      IA next Thursday
      Shukran Futtaki ✨✨
      Lyt darl 🫰🏻🫰🏻

  4. Anonymous says:
    June 1, 2026 at 7:10 pm

    Total how many parts

    1. White rose White rose says:
      June 1, 2026 at 7:16 pm

      80 sommin 🙃🙃
      Shukran Anonymous ✨✨

  5. xxx_dodo_xxx says:
    June 1, 2026 at 7:20 pm

    Omg omg vrh vrh reeethi.
    Finally after days of waiting finally Leevaan n Nau so cute.
    Also cover pic is damn epic.
    Reen ge hurihaa memory thah emburi are tha ???
    Issey ah fenunee anekka kon ehcheh. Keevve Issey ah rovunee e fenifa ????
    When next ???
    Super curious
    Ly.. tc.

    1. White rose White rose says:
      June 1, 2026 at 7:27 pm

      I’m delighted to hear that 🥰🥰
      Dhww, vrh gina dhuvahuge inthizaarakah fahu leevan ah naureen haasil kurevuny mi 😌😌
      Nope, not all of her memory is recovered yet 😒😒
      We’ll know the details of wht isse saw in the next ep, stay tuned 😅😅
      IA next Thursday
      Shukran xxx_dodo_xxx ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  6. Leeshaa says:
    June 1, 2026 at 7:27 pm

    Wow wow.
    🤩🤩🤩🤩
    Very good.
    Luv U
    When next ??..

    1. White rose White rose says:
      June 1, 2026 at 7:28 pm

      I’m ecstatic to hear that 🥰🥰
      IA Thursday
      Shukran Leeshaa ✨✨
      Lyt darl 🫰🏻🫰🏻

  7. Exxo says:
    June 1, 2026 at 7:35 pm

    Heyyyyy.
    This ep is super gurrlll.
    Leevaan had to sacrifice n risk a lot for the one he love. It’s a hard love.
    Sumee finally told someone about it.
    Issey ah truth enguny hen heevanee dhww.
    Vrh mysterious…..
    Anyways
    Lsm & tc

    1. White rose White rose says:
      June 1, 2026 at 7:42 pm

      I’m overjoyed to hear that 🥰🥰
      Frr, eleven yearned a lot for her 🥹🥹
      Yhh, sumee finally revealed it to her bestie 😌😌
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  8. Exxo says:
    June 1, 2026 at 7:36 pm

    BTW the cover poster is blooming like heavenly.
    The edit is on a nother level.
    💯

    1. White rose White rose says:
      June 1, 2026 at 7:43 pm

      Owhhh, super delighted to know 🥹🥹

  9. Your fav bab Your fav bab says:
    June 1, 2026 at 7:45 pm

    Gurrrll! I ah thihen hadhan heyo nuvaaneyy😭😭
    Curiosity left earth! What did isse find?? Did he find out the truth?? Alheyy!! Well I think he did cox cover ga they r together ehnu? Hehe.. V n IU💖
    Eleven congra man🎉🎉 finally got what he longed for!
    I guess now I have to wait for the next part!
    Next tmrw, plzz…
    Love ya n take care darll💖💗

    1. White rose White rose says:
      June 1, 2026 at 7:54 pm

      Keehkuraany, I just luv ending episodes like this 😅😅
      We’ll know wht isse saw from next ep, stay tuned 😄😄
      Yhh, eleven finally started dating his love 😌😌
      I’m afraid we have to wait until Thursday for the next ep 😕😕
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  10. Caspian says:
    June 1, 2026 at 8:15 pm

    Oh hiiiii.
    Vrh vrh furihama mi Bai vx Maashaa Allah.
    Good luck with the next episode.
    Luv u

    1. White rose White rose says:
      June 2, 2026 at 7:13 am

      Happy to hear that 🥰🥰
      Shukran Caspian ✨✨
      Lyt darl 🫰🏻🫰🏻

  11. DINO says:
    June 1, 2026 at 8:17 pm

    Heyyy.
    Is that Naail n Shaula together in the cover.
    Also Sumee n Issey gulheyne dhww vrh avahah. Cuz they both together in the cover too.
    Story vrh reethwhen next.
    Kiyaa hiyvaavarun Moya vedhaane. Pls thankolhen avahah up kohla dheebala pls just pls.

    1. White rose White rose says:
      June 2, 2026 at 7:15 am

      Yeah, emyhun eh bai vegen ulheythi cover ga ves ehkoh 🙃🙃
      Umm, let’s see how it goes with sumee and isse in the upcoming ep 😅😅
      Thursday ah submit kurevey varu vaany 🫠🫠
      Shukran DINO ✨✨

  12. Lulu says:
    June 1, 2026 at 8:42 pm

    Luv it.

    1. White rose White rose says:
      June 2, 2026 at 7:16 am

      Shukran Lulu ✨✨

  13. Gurrllyyy says:
    June 1, 2026 at 8:48 pm

    Plzzzzzzzz
    Tmr ah avas koh levidhaane tha ????
    Vrh curious. The curiosity is killing me. Ketheh nuvaane Thursday vaan dheneh. Vrh kiyaa hiyy vey eba.
    Only next ep visas avas koh dheeba. If ud not mind.

    1. White rose White rose says:
      June 2, 2026 at 7:18 am

      I’m sincerely sorry, I still need time to finish up that ep, let’s wait until Thursday 🫠🫠
      Shukran Gurrllyyy ✨✨

  14. Anonymous says:
    June 1, 2026 at 9:15 pm

    Cover pic fenifa vs hithah eri Naureen and Eleven finally gulhunee eyy
    They’re soo cuteee😍😍
    Love the way Eleven stood for their relationship
    Sumee finally Reen ah kiyaidhinee dhw hurihaa vhk eh
    Ihsaan ah fenunee kon ehcheh baa?? 🤔🤔
    Mi part vs vrh reethi MA!
    Last paragraph in kuda kameh faahaga v ma bunelaanan.
    “E kotaraih evves badhaleh aisfakaa netheve”
    Mi he ineema kinda odd
    “E kotaraih evves badhaleh aisfa eh netheve”
    Mi gothah liyuneema it would be better
    I want you to improve your writing skills day by day
    Ehen ve hama bunelee
    Can’t wait till Thursday
    Luv u 💗

  15. 🥀 says:
    June 1, 2026 at 9:16 pm

    Cover pic fenifa vs hithah eri Naureen and Eleven finally gulhunee eyy
    They’re soo cuteee😍😍
    Love the way Eleven stood for their relationship
    Sumee finally Reen ah kiyaidhinee dhw hurihaa vhk eh
    Ihsaan ah fenunee kon ehcheh baa?? 🤔🤔
    Mi part vs vrh reethi MA!
    Last paragraph in kuda kameh faahaga v ma bunelaanan.
    “E kotaraih evves badhaleh aisfakaa netheve”
    Mi he ineema kinda odd
    “E kotaraih evves badhaleh aisfa eh netheve”
    Mi gothah liyuneema it would be better
    I want you to improve your writing skills day by day
    Ehen ve hama bunelee
    Can’t wait till Thursday
    Luv u 💗

    1. Hamna says:
      June 1, 2026 at 9:35 pm

      Aisfaka netheve Ehen kanne bodah rangalhy alhuganadah heevaa gothun

    2. White rose White rose says:
      June 2, 2026 at 7:21 am

      Yhh, they are truly one sweet couple 🥹🥹
      Aan mifaharu areen ah e kanthah kiyaidheefi 😌😌
      Let’s see details of wht he saw in the next ep, stay tuned 😄😄
      Owhh, will correct my mistake, thnx for pointing out 🥰🥰
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  16. BLOSSOM says:
    June 1, 2026 at 9:19 pm

    the cover is sooooooooo cute

    1. White rose White rose says:
      June 2, 2026 at 7:21 am

      Shukran BLOSSOM ✨✨

  17. Demon says:
    June 2, 2026 at 1:37 pm

    4th cover ????

    1. White rose White rose says:
      June 2, 2026 at 1:59 pm

      Yes.
      Shukran Demon ✨✨

  18. Me; says:
    June 2, 2026 at 3:06 pm

    MashaAllah.🩶🌷
    Next part? Bravo keep it up!
    Arinn

    1. White rose White rose says:
      June 2, 2026 at 4:26 pm

      IA next Thursday
      Shukran Arinn ✨✨

  19. Cutie girl says:
    June 3, 2026 at 5:54 pm

    Mi part ves varah reethi masha Allah
    Curiously waiting for next part
    Aslu leevan and nau gulhey they both are made for each other
    Sumy n isse gulhuvachey
    Reen n Zev ves dhuru nukurache
    Haadha curious kohlaafa thi nihmaaly
    Kuhverinah adabu dhee
    Emmenah Justice libeyne dhuvaheh ge intizaaru ga
    Mi part kiyaafa rovijje
    Miayee varah saugu veri kamakaa eku kiyaa vaahaka eh
    Really appreciated your hard work 🥰
    When next

    1. White rose White rose says:
      June 3, 2026 at 7:14 pm

      I’m delighted to hear that 🥰🥰
      Dhww, eleven and noory, one cute couple 🥹🥹
      Let’s hope everyone gets justice 😄😄
      IA tomorrow
      Shukran Cutie girl ✨✨

  20. Anonymous says:
    June 3, 2026 at 6:30 pm

    Submitted?

    1. White rose White rose says:
      June 3, 2026 at 7:17 pm

      Not, yet mirey submit kohlaanan IA
      Shukran Anonymous ✨✨

  21. Exxo says:
    June 3, 2026 at 7:00 pm

    Tmr right?????
    Or is it today.

    1. White rose White rose says:
      June 3, 2026 at 7:17 pm

      Aiming for tmr 🙃🙃
      Shukran Exxo ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 72←


All Right Reserved!