ހޮސްޕިޓަލުން ނުކުމެގެން ދުއްވާ ގޮނޑީގެ އެހީގައި ޝަހީމް އެމްބިއުލާންސާއި ހަމައަށް ގެނެސްދިނީ އާތިޔާއެވެ.އެ ދެލޮލުގައިވާ އަސަރުތަކުން އެއީ ޝަހީމާއި ކުރާނޭ ވަދާޢުގެ ސަލާމް ކަމުގައި އޭނާ ނިންމައިގެން ހުރި ކަހަލައެވެ.އަދިވެސް ޝަހީމަކަށް އެ ކައިވެނި ރޫޅިފައިވާކަމުގެ ހިލަމެއް ނުވެއެވެ.އޭނާ ހިތުން އާތިޔާ އެއީ އަދިވެސް އޭނާގެ އަނބިމީހާއެވެ. ”ދަރިފުޅާ…މަންމަ ދެން ދަނީ އިނގޭ… ދަރިފުޅުމެން ބައްޕަ ގެޔަށް ގެންގޮސް ގޭތެރޭގެ ކަންކަން ހަމަ ޖައްސާލަދީބަލަ އިނގޭ…ބޮޑު ކަމެއް ޖެހިއްޖިއްޔާ ގުޅާލާ…“ ފުރޮޅު ލީ ގޮނޑިން އަތް ދޫކޮށްލުމަށްފަހު […]
ޝަފްކާ ކުއްލިއަކަށް ކުރިއަށް ޖެހިލައި އަތު ހުރި ބާރެއްލައި ލެއޯރާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ވީއްލައިލައިފިއެވެ.އަހަންނާއި އާތިޔާއަށްވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އާތިޔާ އަވަސް އަވަހަށް ނުހައިކުގެ މޫނުމަތީގައި އަތް އަޅައި ޝަފްކާއޭ ކިޔައި ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ.އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ހާސްކަމެވެ.އޭރު ޝަހީމް އިނީ ވާނުވާ ނޭނގި ކަންތައް ބޮޑުވެފައެެވެ.އަހަރެންވެސް ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ.ޝަހީމް ކުއްލިއަކަށް ހިތްހަމަ ނުޖެހިގެން ކިހިނެއްހޭ މިވަނީ ކިޔައި އޭތި މީތި ކިޔަން ފަށައިފިއެވެ.އަހަރެމެން އެންމެނަށްވެސް […]
”އާކި އަހަރެން ބޭނުމެއްނޫން ބައްޕައަށް ދެރަގޮތެއް ވާކަށް… އަހަރެން ބިރުގަނޭ…“ ޝަފްކާގެ ބަޑި ފަޅައިގެން ދިޔައެވެ. ”އަނހާ… އަވަހަށް ހުއްޓާލާ ދޫނީ… އިރާދަކުރެއްވިޔާ ރަނގަޅުވާނެ…ބަލާ ޝަފް ރޯތީ ނޫކްވެސް ހޭލީއެ… އަވަހަށް ހުއްޓާލާ…ހިޒް ގޮނަ ބީ އޯކޭ ލަވް..ނުރޮއެ ހުއްޓާލާ…ދުޢާކުރޭ… ހިނގާ ނޫކް ރެޑީކޮށްލައިގެން އަވަހަށް ދަމާ…“ އަހަރެން ބުނެލީމެވެ. ޝަފްކާ ކިތަންމެ އޭނާގެ ބައްޕަ ދެކެ ރުޅިއަންނަކަމަށް ހެދިގެން އުޅުނަސް އެ ހިތު ތެރޭގައި އޭނާގެ ބައްޕައަށްޓަކައި ފޮރުވިފައިވަނީ މިން ނުކުރެވޭނޭ ފަދަ ލޯތްބާއި ކުލުނުވެރިކަމެކެވެ.ޝަފްކާ […]
އެ ކުރިމަތިލުމަށްފަހު އަހަރެންގެ ބޯމަތިން ހީވީ ބޮޑު ބަރެއް ނެގިގެން ދިޔަހެންނެވެ.ނުބުނެވި ފިއްތައިގެން ހުރި އެތައް ވާހަކައެއް އެ ދެ މީހުންނާ ދިމާލަށް ބުނެލެވުމުން އަހަރެންގެ ހިތަށް ލިބިފައިވަނީ ބަޔާން ކުރަންވެސް ދަތި ތަސައްލީއެކެވެ. **** ކޯޓުން މައްސަލަ ބަލަން ފެށި ނަމަވެސް އެ މައްސަލަ ހިންގާ ނިންމަން ދިގު މުއްދަތެއް ނަގާނެކަމީ އެނގި ޔަގީންވާ ކަމެކެވެ.އެންމެ މައްސަލައެއް ދެ މައްސަލައެއް ނޫންވިއްޔާއެވެ.ޖާނާ މާލުން ގުރުބާން ވެގެން ވިޔަސް އެ މައްސަލަތައް ކުރިއަށް ދިޔަ ނުދޭން މުހުސިނު […]
ބޮޑުދައިތައަކީ އޭނާ ގެންގުޅޭ ކުޅޭ ކުޅޭ ބުދެއް ފަދައެވެ.ހެދިހާ ގޮތެއް ހެދިގެން، ބުނިހާ ކަމެއް ކޮށްގެން އުޅޭއިރު އަމިއްލަ ލެޔާއި އާއިލާއަށް އެއްވެސް ކަހަަލަ އަގަލެއް ކުލުނެއް ނެތެވެ. އޭނާގެ ވެސް ހުރިހާވެސް އެއްޗަކީ މުދަލާ ފައިސާ ކަހަލައެވެ. އެ ދެމީހުންގެ ދަރިންވެސް ހަމަ އެފަދައެވެ. ރިޝްވަތާއި ނުފޫޒުގެ ބާރުގައި ކޮންމެ ފަހަރަކުވެސް ގޮޅީގައި ހައްޔަރުނުވެ ސަލާމަތް ވިޔެއްކަމަކު އެ މީހުންވެސް ދަނީ ތަކުރާރުކޮށް އެތައް ކުށަކަށް އަރައިގަންނަމުންނެވެ. **** މުހުސިނުމެންގެ ގެއަށް ދާން ކިޔާފައި އޮތް […]
”ހާސްކަނޑާލާ…ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހޭ ކަންކަން އަންގާފައި މިހާރު އޮންނާނީ…ހެކި ވެސް އެބަހުރި ބޯކޮށް… ލާހިކެއް ނޫން ދެން ރެކި ގަންނާކަށް… އިރާދަކުރެއްވިޔާ އަހަރެން އެމީހުން ޖަވާބުދާރީ ކުރުވާނަން… އެމީހުންގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަވެސް ކޮށްދޭނަން…އާކިލަށް އިންސާފުވެސް ހޯދައިދޭނަން“ ޝާމިންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ކާމިޔާބު އޮތީ މާ ދުރެއްގަ ނޫނޭ ބުނެލާ ފަދަ ގޮތަކަށެވެ. ”ވެއިޓް…ތިބުނީއެއްނު މިހާރު މައްސަލަ ހުށައަޅާފަ އޮތް ވާހަކަ.އެމީހުންނަށް ކޮންމެވެސް ގޮތަކުން މިހާރު އެނގިފައެއްނޫންތަ އޮންނާނީ…؟“ ޝަފްކާގެ […]
”ޝްޝްޝްޝް“ އަހަރެން ޝަފްކާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެއްވެސް އެއްޗެކޭ ނުބުނުމަށް އަންގާލީމެވެ. ޝަފްކާ ހިންދިރުވާލިތަން ފެނި އޭނާގެ ހިތް އަވަސްވެފައި ހުރި މިންވަރު އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.އެ މަންޒަރު ފެނި އިސާހިތަކު އަހަރެންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ބޮލަށް ވަދެގަތް ލާނެތް ޚިޔާލުތަކެއްގެ ސަބަބުންނެވެ. އަހަރެން ޝަފްކާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލާފައި އިނގިލިތަކުގެ ކުރިން މަޑު މަޑުން އެ މޫނުގައި ބީހިލީމެވެ.އެއާއެކު ޝަފްކާ ލައި ލައި ހުރި ނޭވާވެސް […]
އަހަރެންގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލި ފަދަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެެވެ.އަހަރެންވެސް ޝަފްކާއާއި އެކުގައި މުސްކުޅިވެ މުޅި އުމުރު ހޭދަކޮށްލަން ބޭނުމެވެ.ނުހައިކު ފުރާ ފުރިހަމަވެ ކާމިޔާބު ކުއްޖަކަށް ވާތަންވެސް ދެކެން ބޭނުމެވެ.އެހެނަސް ޝަފްކާގެ އެ އެދުމަށް އަހަރެން އިޖާބަދޭނީ ކިހިނެއް ހެއްޔެވެ؟އެ ހަށީގައި އެންމެ ލަކުނެއްވެސް ލައްވާލާކަށް އަހަރެން ބޭނުމެއްނޫނެވެ. ”ޝަފް…އަމް ސޮރީ… އަހަރެންގެ ޖަވާބު ބަދަލެއް ނުވާނެ… އަހަންނަކަށް ތިކަމަށް އޯކޭ އެއް ނުދެވޭނެ…ޕްލީޒް އަހަންނާ ދޭތެރޭ ހިތް ބުރަކަމެއް ނުބާއްވާތި…މީ އަހަރެންގެ ނިންމުން.“ދެލޯ […]
ކަކުލުން ތިރިއަށް ގައިގެ ބައްޓަމަށް ހިފާލާފައި ހުރި ކަޅުކުލައިގެ ’އޯފް ޝޯލްޑަރ‘ ހެދުމުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.ފަލަމަސްގަނޑާއި ހިސާބުން ހެދުމުގައި ފަޅާލާފައި ހުރި ކުޑަ ތަންކޮޅުން ޝަފްކާގެ ދޮން ފަލަމަސްގަނޑުގެ ބައެއް ފެނިލި ހިނދު އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.މި އަންހެން ކުއްޖާ މިއުޅެނީ އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަކޮށްލަންބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.އޭނާގެ ފަން އިސްތަށިގަނޑަށް ހިސާބެއްގެ ރާޅުބާނިކަމެއް ގެނެސް ސުޓައިލުކޮށްލާފައިވާ ގޮތުން އޭނާގެ އެ ’ލުކަށް‘ އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.ލުއި ލުއި މޭކަޕުވެސް […]